kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ރަތްގެރިފުޅު - 6

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

އިރު އަރަމުންއައި ވަގުތެވެ. ފެންނަމުންދަނީ, ބިލެއްފަހީގެ ރުއްވާ ތެރެއެވެ. އެވަގުތު, މަޑުހިނގުމެއްގައި ވަލުގެތެރެއިން އެހެރަ ދަނީ އަލީއެވެ. އިއްޔެގެ ހަވީރެކޭ އެއްފަދައިން, ރުއްތަކަށް ބަލަމުންނެވެ. މިފަހަރު އަލީގެ ހިނގުމަށް ހުއްޓުންއައީ, ރާ ބޭލުމަށް ރުކަށް އަރައި އޮތް މީހަކު ފެނިގެންނެވެ. އެއީ އިއްޔެ ފެނުނު ތިން މީހުންގެ ތެރެއިން މީހެއް ނޫނެވެ. ރުކުގައި އޮތީ މެދު އުމުރު ފުރާގެ ފިރެހެނެކެވެ. ކުޑަކޮށްފަލަ, ހަމުގެ ކުލަ ކަޅު, ބޮލުގެ އިސްތަށިގަނޑުން ކޮންމެ ވެސް ވަރަކަށް ތަލަ ފެންނަ, އާދައިގެ އިސްކޮޅެއްގެ ވެރިމީހެކެވެ. ހުސްގަޔާއި އޮތް އިރު, އަނދެފައިވާ ނޫކުލައާއި ހުދުކުލައިގެ ގޮޅިޖެހި މުންޑުގަނޑު އޮތީ އަރުވާ ޖަހާލާފައެވެ. އެއް އަތުގައި ފެން އުނބަކާއި އަދި އިތުރު އުނބެއް އޮތްއިރު, އަނެއް އަތުގައި ފިންދަނޑިއެއް އޮތެވެ. އަދި އުނަގަނޑުގައި ކުޑަ ފިޔޮށްސެއް ޖަހާލައިފައި އިނެވެ.

ރުކާއި ތަންކޮޅެއް ދުރުގައި, އެ މީހާގެ ހަރަކާތްތައް ބަލަން, އަލީ މަޑުކޮށްލިއެވެ. ރުކުގައި އޮތް މީހާ, ރުކުގެ އެތުގައި އަޅުވާފައި އޮތް ގޮށި ނެގުމަށްފަހު, ރާ އެޅި ފުރިފައިވާ އުނބު އެތުން ނެގިއެވެ. އަދި އަތުގައި އޮތް އުނބުގެ ތެރެއަށް އެ ރާ އުނބުގައި ހުރި ރާތައް އެޅިއެވެ. އަދި އެއަށްފަހު ފެންއުނބުން, ރާ ނެގި އުނބަށް ފެންއަޅާ, ފިންދަނޑިން ރީތިކޮށް ސާފުކޮށް ދޮވެލިއެވެ. އުނަގަނޑުގައި އޮތް ފިޔޮހިން އެތުގެ ކުރި ކުޑަކޮށް ކަނޑާލާ, ފެންއަޅާ ސާފުކޮށްލިއެވެ. އެއަށްފަހު ކުރިން އެތުގައި އިން އުނބު އެޅުވުމަށްފަހު, އެތުގައި ގޮށި އެޅުވިއެވެ. ދެން އެމީހާ އަވަސްވެގަތީ, ރުކުގައި ބަނދެފައިވާ ހަރުތަކުގެ އެހީގައި ރުކުން ފޭބުމަށެވެ. ރުކުން ފޭބުމަށްފަހު, ރުއްކައިރީގައި ހުރި ކަނިގަނޑުގައި އަޅުވާލާފައިވާ, ރާގުޑިއަކަށް ރާ އުނބުގައިހުރި ރާތައް, ރުކުގެ އިލާއިން ހަދާފައިވާ ފުރޭންޏަކުން ފުރާނައިގެން އަޅަންފެށިއެވެ. އެވަގުތު މަޑު ހިނގުމެއްގައި އަލީ އައިސް އެ މީހާއާއި އަރާ ހަމަވަނީއެވެ. މީހެއްގެ ހިލަމެއް ވެގެން އެ މީހާ ވެސް ކުއްލިއަކަށް އަލީއާއި ދިމާއަށް ބަލާލިއެވެ.

އެ މީހާގެ އަތުގައި އޮތް ރާގުޑި ކަނިގަނޑުގައި އަޅުވާލަމުން ބުނެލިއެވެ.

”އަހާން, ކޮއެފުޅާ. މި ވަލުން ހާދަ ނުފެންނަ މޫނެކޭ. އަނެއްކާ ކޮންރަށަކު ކުއްޖެއް؟ ދުރުގަ މާރީއްޗަށް ބަލަން ތިހުރީ, ރާވެރިކަން ދަސްކުރުމުގެ ބޭނުމަގަތަ؟“

ހިނިތުންވެލާފައި އަލީ ބުނެލިއެވެ.

”ނޫނޭ, އެހެނެއްނޫން. އަހަރެންގެ ނަމަކީ އަލީ އާދަނު. މަރޮށީ މީހެއް. ރާވެރި އާއިލާއަކަށް އުފަން މީހެއްކަމުން ރާއަރާއުޅެން. މި ރަށަށް އައީ އިއްޔެގަ, ޅިޔަނުގެ މަސްދޯނީގެ މަރާމާތަކަށް. މި ރަށުގެ ރާވެރިކަން ކުރާ މީހަކާ ދިމާވޭތޯ އިއްޔެވެސް ވަލަށް ވަނިން. މިރަށުގެ ރާވެރިން ކޮށްއުޅޭ މަސައްކަތް ބަލާލާ ހިތުން. އެކަމަކު އިއްޔެ ދިމާވި މީހުންގެ ފަރާތުން އެހާ ހިތްހަމަ ޖެހޭ މަންޒަރެއް ނުފެނުނެ. ބޭބޭ, ބޭބެގެ ނަމަކީ ކޮބައިތޯ؟“

ކަނިގަނޑުގައި އަޅުވާފައި ހުރި ހުސް އުނބަކާއި, ފެން އުނބު ނަގައި ހިނގައިގަންނަމުން ޖަވާބު ދިނެވެ.

”ނަމަކީ އަބްދުالله އަޙްމަދު, ރަށުގެ މީހުން ކިޔާ އުޅެނީ ކަޅު އަށްޅޯހިބެ. އަހަރެންނަކީ ވެސް ރާވެރި އާއިލާއަކަށް އުފަން މީހެއް. އާން, އިއްޔެ ތިދިމާވީ މިރަށުމީހުން ކިޔާ ރުއްވަލު ފުރޭތައިންނާ. އެތަނުން އެކަކީ ރާވެރިއެކޭ ބުނަން ވެސް ހެޔުނުވާނެވަރުގެ މީހެއް. އަނެއް ދެމީހުންނަކީ ރަށަށް ގިނަވެގެން އުޅޭ ދެ ފިރެހެނުން. އެމީހުންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. ކޮއެފުޅު ބޭނުމިއްޔާ ބޭބެމެން ރާވެރިކަން ކޮށް އުޅޭގޮތް ބަލާލަން ބަހީ.“

އަށްޅޯހިބެ މިހެން ބުނުމުން އަލީ ވެސް އެބޭބެގެ ފަހަތުން ހިނގައިގަތެވެ. ވަލުގައިހުރި ރުއްތަކަށް ބަލަމުން އަލީ ސުވާލެއް ކޮަށްލިއެވެ.

”އަށްޅޯހިބޭ, މިރަށުގެ ވަލުން އަހަރެންނަށް ފެނިއްޖެ ވަރަށް ގިނަ ވައްތަރުގެ ރުއްތަކުގަ އެތްބަނދެފަ ހުއްޓާ. އެކަމަކު އަޅުގަނޑު ރާ ކުރާ ރުއްތަކަކީ ހުސްވެސް ރަތުރުއް.“

އަލީއާއި ދިމާލަށް ހިނިތުންވެލާ ބަލާލަމުން އަށްޅޯހިބެ ބުނެލިއެވެ.

”ވަކި ވައްތަރުގެ ރުކަކީ މޮޅު ރާރުކެކޭ ނުބުނެވޭނެ. ރުކުގައި އަޅާ އެއްޗެއްސަށް ބަލައިގެނެއްނޫން ރުކުގެ ރާ މޮޅުދެރަ ބޭބެމެން ބަލާ އުޅެނީ. އެގޮތުން މިސާލަކަށް, *ރުކުގައި އެތް ފޮޅޭއިރު އެއިން ނުކުންނަ ރާމާތައް ގާތްގާތުގައި ކުދިކޮށް ހުންނަނަމަ އެރުކަކީ ރާކުރަން ރަނގަޅު ރުކެއް.“

އެމީހުން ހިނގަމުންދިއަ ހިސާބުގައި ހުރި ރުކެއްގައި އަތްލަމުން އެ ބޭބެގެ ވާހަކަ ކުރިއަށް ގެންދިއައެވެ.

”*ރުކުގެ ބިންމަތީ މުލުގެ ކައިރިއާހަމަށް ފައިބާފައިވާ, ރުކުގެ ބޭރުތޮށިފަށުގެ ނިމޭހިސާބުގެ ކައިރިފަށް, ބޭރަށް ފުރޮޅިފައި ހުންނަ ރުކަކީވެސް ރާކުރުން ރަނގަޅު ރުއްރުއް. އަދި އެނޫން ގޮތްގޮތަށް ވެސް ރާކުރަން ރަނގަޅު ރުއް ބެލިދާނެ. ކޮއެފުޅު ތިބުނާ ކަހަލަ ރަތުރުކަކީ, އެ ރުކުގައި އަޅާ އެއްޗެހި ފަންޑިތަވެރިކުގައާއި ބޭސްވެރިކަމުގަ ބޭނުން ކުރާ ރުކެއް. ތި އާއިލާގެ ހުރޭތަ ފަންޑިތަ ނޫނީ ބޭސްވެރިކަން ދަންނަ މީހެއް؟“

އަލީގެ ހިނގުމަށް މަޑުޖެހުމެއް އައިސް އަނެއްކާ ވެސް ހިނގައިގަންނަމުން ޖަވާބުދިނެވެ.

”ނޫން. އަހަރެންގެ ބައްޕައަކީ ފަންޑިތަ ހަދަން ދަންނަ މީހެއްނޫން, އަދި އާއިލާގަ ނޫޅޭ ބޭސްވެރިކަމުގެ މީހެއް ވެސް. އަހަރެންގެ ކާފަ ފަންޑިތަ ހަދާކަމެއް ނުދެނަހުރިން. އަދި އަހަރެންގެ ކާބަފައިން ވެސް ފަންޑިތަ ހަދައި އުޅުނުކަމެއް އަހަރެންނަކަށް އެނގިފައެއް ނެތް.“

އެ ބޭބެ ރާބާލާ ރުކަކާއި އަރާ ހަމަވެފައި, އެ ރުކަން އަރަމުން ބުނެލިއެވެ.

”ތިހެން ވީއިރު ބޭބެއަކަށް ނުވިސްނުނު ހުސް ރަތުރުއް ހުރުމުގެ ބޭނުމެއް. އެކަމަކު ރަނގަޅަށް ރާވަންޏާ އޭގަ މައްސަލައެއް ނެތެއްނު.“

މިހެން ބުނަމުން އެބޭބެ އެ ރުކަށް އެރިއެވެ. އަލީ ރުކުގެ ކައިރީގައި މަޑުކޮށްލިއެވެ.

ކޮންމެ ރުކަކުން ވެސް ރާބާލާ ނިމިގެން އޮލަވާހަކައިގައި ދެމީހުން އެކުގައި އަނެއް ރުއްކައިރިއަށް ދެއެވެ. މިގޮތަށް އަށްޅޯހިބެގެ ހުރިހާ ރުއްތަކުން ރާބާލާ ނިމުނެވެ. އެއަށްފަހު, ކަނިގަނޑުތަކުގައި އަޅުވާފައިވާ ރާގުޑިތައް ރާދަނޑީގައި އަޅުވަމުން ރަށުގެ މީހުން އުޅޭ ސަރަހައްދަށް ދިއުމަށް ހިނގައިގަތެވެ. އަދި އަލީ ގާތު އެ ބޭބެގެ ގެއަށް ހެނދުނުގެ ނާސްތާއަށް އައުމަށް ބުންޏެވެ. އަލީ އެއިރު ހުރީ ބަނޑުހައި ވެފައިވުމުން އެ ބޭބެގެ އެދުމަށް އާނއެކޭ ބުންޏެވެ.

ދެމީހުން އެކުގައި އަށްޅޯހިބެގެ ގެއަށް ދިއައެވެ. އެ ގެ އަކީ އާދައިގެ ކުޑަ ގެއެކެވެ. ގޭގެ ބައެއް ބިތްތައް އުވަގަލުން ރާނާފައި ވާއިރު, ދެންހުރި ބިއްތައް ހަދާފައި ހުރީ ފަނުންނެވެ. އަދި ގެ ހިޔާކޮށްފައިވަނީ ވެސް ފަނުންނެވެ. ގެއަށް އާދެވުމުން ގޭގެ ކުރިމަތީގައި ހުރި ޖޯއްޔެއްގައި އަލީ ބޭންދުމަށްފަހު, އަށްޅޯހިބެ ދިޔައީ ބަދިގޭގައި ރާގުޑިތައް ބަހައްޓާށެވެ. އަދި އިރުކޮޅެއް ފަހުން އަލީގެ ގާތައް އެ ބޭބެ އައެވެ. އައިސް ކާގެއަށް އައުމަށް އަލީގާތު ބުންޏެވެ. މިހެންވެ އަށްޅޯހިބެގެ ފަހަތުން ކާގެއަށް ދިއައެވެ. ކާގެއަށް ވަންނަމުން ”ޒުލްފާ މަންޖޭ, ކާގެއަށް ބަހިބަލަ“ އޭ ކިޔާ އަޑުހަރުކޮށް އަށްޅޯހިބެ ގޮވާލިއެވެ. ދެ މީހުން ކާގެއަށް ވަދެ އިށީނެވެ. އެހިނދު ކާގޭގެ ދޮރުން އެތެރެއަށް އެވަނީ އިއްޔެ އަލީއަށް ފެނުނު ހޫރުޕަރީއެވެ. އަލީގެ ނަޒަރުގޮސް ހުއްޓުނީ އެ މަންޖެއަށެވެ. ހަމަ އެގޮތައް އެ މަންޖެގެ ނަޒަރު ވެސް އަލީއަށް ހުއްޓި, ވަގުތުކޮޅަކަށް ހުއްޓުން އެރިއެވެ. ފަޒާގެ ތެރޭގައި މަޑުމަޑު ލޯބީގެ ރާގެއް ކުޅެވިގެން ދިޔަހެން ހީވިއެވެ.

އެ ހަމަހިމޭން ޖާދުވީ ވަގުތުކޮޅު ނިމުމަކަށް އައީ އަށްޅޯހިބެގެ ސަބަބުންނެވެ.

”މަންޖޭ, ދޭބަލަ ބަދިގެއަށް ގޮސް ދިޔާ ހަކުރު ކޮޅަކާއި, ބަންބުކެޔޮ ކޮޅެއް ގެނެސްދޭން. އަދި ބަދިގެއަށް ގޮސް ދައްތަ ގާތު ކާގެއަށް އައުމަށް ބުނެފަ އަންނަންޗޭ.“

ޒުލްފާގެ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެ ކާގެއިން ނިކުތެވެ. އަދި ބަދިގެއަށް ގޮސް އަށްޅޯހިބެ އެ ބުނި އެއްޗެހި ހިފައިގެން އައެވެ. އައިސް މުށިތައްޓަކަށް ބަނބުކެޔޮއަޅާ, ދިޔާ ހަކުރު އުނބާއެކު މޭޒުމަތީގައި ބެހެއްޓިއެވެ. އޭގެފަހުން ދެ މުށިތަށި ނަގާ މޭޒުމަތީގައި ދެ މީހުންގެ ކުރިމަތީގައި ބެހެއްޓިއެވެ. އެ ވަގުތު ޒުލްފާ އުޅުނީ ވަރަށް ލަދުރަކި ގޮތަކަށެވެ. ކާގެއަށް އަށްޅޯހިބެގެ އަންހެނުން އައިސް ވަންއިރު, ޒުލްފާ ކާގެއިން ނިކުންނަނީއެވެ.

އަށްޅޯހިބެގެ އަންހެނުން ކާގެއަށް އައުމުން, އަލީގެ ތައާރަފެއް ދިނެވެ. އަދި ދުވަސް ކޮޅަކަށް މިރަށުގައި މަޑު ކޮށްގެން ހުންނާނެ ވާހަކަ ބުންޏެވެ. ވީއިރު މީގެފަހުން އަލީ އަކީ އެ މީހުންގެ އެކުވެރިއެއްކަމަށް ބަލައިގެން އުޅުމަށް ބުންޏެވެ. ދޭތެރެ ދޭތެރެއިން މިގެއަށް އަންނަންވާނޭ ވެސް އަލީ ގާތު ބުންޏެވެ. އަށްޅޯހިބެގެ އަންހެނުން ވެސް ހިނިތުންވެ އަލީއާއި ވާހަކަ ދައްކާ ހާލު އަހުވާލު އަހާލިއެވެ. އަލީވެސް ހިނިތުންވެ އޭނަގެ ސުވާލުތަކަށް ޖަވާބު ދެމުންދިއައެވެ.

ހެނދުނުގެ ނާސްތާ ނިމުމުން އަލީ ބޭނުންވީ, މި ގޭގައި ރާކައްކާ އުޅޭ ގޮތް ބަލާލާށެވެ. ނޫނީ, ޒުލްފާ އިތުރަށް ދެކިލަން ބޭނުމުގައި ދެއްކި އުޒުރަކަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް އަށްޅޯހިބޭގެ އަންހެނުންގެ ހުއްދައާއެކު އެގޭގެ ބަދިގޭގައި ވަގުތު ހޭދަކޮށްލިއެވެ. ރާކެއްކުމުގައި ޒުލްފާ ވެސް އެހީވިއެވެ. ޒުލްފާ އެ ދައްތަ އާއި ދިމާއަށް މަންމަ އަދި އަށްޅޯހިބެއާއި ދިމާއަށް ބައްޕައެއް ނުކިޔައެވެ. އަބަދު ވެސް މުހާތަބު ކުރަނީ ބޭބެ އަދި ދައްތަ ކިޔާފައެވެ. މިހެންވެ އަލީ ނިންމީ ޒުލްފާ އަކީ އެގެއަށް ރާކެއްކުމުގައި އެހީވާން ގެނެއްސައި ހުރި މަންޖެއެއް ކަމުގައެވެ.

އަށްޅޯހިބެގެ ގެއިން އެދުވަހު އަލީ ދިއައީ މެންދުރުވާން ގާތްވެފައި ހުއްޓައެވެ. ނަމަވެސް އެ ގޭގައި ހޭދަވި ވަގުތު އަލީއަށްވީ ފަޅި ސިކުންތަކަށް ވުރެ ވެސް ކުޑަ ވަގުތު ކޮޅަކަށެވެ. ސަބަބަކީ ޒުލްފާގެ އެ ޖާޒުބީ މަސްތުގައި ޖެހި ވަގުތުުތައް ދިޔަގޮށް އަލީއަށް ނޭނގުނީމައެވެ. އެ ގެއިން ދިއައިރު އަލީގެ ހިތް އެދެމުން އައީ, އެ މަންޖެއާއި އެކަހެރިވެ ވާހަކަ ދައްކާލާނެ ވަގުތެއް ލިބޭނެ ވަގުތަކަށެވެ.

އެ ދުވަހުގެ ހަވީރުގެ އަލީ އަނެއްކާ ވެސް ރުއްވަލަށް ދިއައެވެ. މިފަހަރު ދިއައީ އަށްޅޯހިބެއާއި ދިމާކުރާކަށް ނޫނެވެ. މިހާރު އަލީގެ ހިތް އެ އެދެނީ ރާބާލަން ރުކަކަށް އަރާކަށް ނޫނެވެ. ގޮތް ނޭނގޭ އެހެން އިހުސާސުތަކަކުން އަލީގެ ހިތައް ތަދު ކުރަމުން ގެންދާތީ އެ ހިތައް ފިނިކަމެއް ލިބޭނެ ގޮތެއް ހޯދުމަށެވެ. މިހެންވެ އެ ހިތައް ފުރަތަމަ އެ އަސަރުކުރުވި ހިސާބައް ގޮސް މަޑުކޮށްލައިގެން ހުއްޓެވެ. އެ ހޫރުޕަރީގެ ހިލަމެއް ވޭތޯއެވެ. ނަސީބު ކަންދިމާކުރި ގޮތުން, ޒުލްފާ އެތަނަށް އަންނާކަށް މާކަށް ގިނަ އިރުތަކެއް ނުނެގިއެވެ. ސަބަބަކީ އޭނާގެ ހިތައް ގޮތްނޭނގޭ އިހުސާސުތަކެއް ކުރުވަންފެށި އެ ޒުވާނާއާއި ބައްދަލު ކުރަން ޒުލްފާ ވެސް ހުރީ ކެތްމަދުވެފައެވެ.

ދެމީހުންނަށް އެކަކު އަނެކަކު ފެނި ލަދުރަކި ވެވުނެވެ. ވަގުތުކޮޅަކު އެކަކު ވެސް އެއްޗެކޭ ނުބުނެ ތިބުމަށްފަހު, ކެރިގެން އިސްނަގާ ވާހަކަ ދައްކަން ފެށީ އަލީއެވެ. މަޖާ ރާގަކަށް އަލީ ބުންޏެވެ.

”އެނގޭތަ, އަހަރެންނަށް މިރަށުން ހަމައެކަނި ދެވުނު ހާއްސަ ތަނަކީ މި ވަލުތެރެ. ތިހާ ފުރިހަމަ ކަމެއް މި ވަލުން ފެންނަންޏާ, އަދި މިރަށުގެ އެހެން ތަންތަނުގެ ހާލަތަކީ ކޮބައިބާ؟ މި ރަށް ބަލާލަން އަހަރެންނާއެކު ދެވިދާނެތަ؟“

ލަދުރަކި ގޮތަކަށް އަލީ ގާތު އާނއެކޭ ޒުލްފާ ބުނެލިއެވެ. އެ ވަގުތު އެ ރީތި އަޑުގެ ޖަޒްބާތުން އަލީގެ ހިތުގައި ބިންވަޅު ނެގިގެން ދިއައެވެ. ދެ މީހުން އެކުގައި ރަށުގެ އެކި ތަންތަން ބަލާލުމަށް ގަސްތުކޮށް ހިނގައި ގަތެވެ.

އެ ދެމީހުން ހިނގާފައި ދިއައިރު އެކި ކަހަލަ ސުވާލުތައް އަލީ, ޒުލްފާއާއި ކުރަމުން ގެންދިއައެވެ. އަދި ހަމަ އެ ގޮތައް ޒުލްފާ ވެސް , އަލީއާއި އެކި ސުވާލުތައް ކުރަމުން ގެންދިއައެވެ. އިސާހިތަކު އެކަކު އަނެކަކަށް ދެމީހުން އެނގި, ކުރިން ލަދުރަކިކޮށް ވާހަކަ ދެއްކި ދެއްކުން ކެނޑެމުން ދިއައެވެ.

ޒުލްފާގެ ވާހަކަ ތަކުން އަލީއަށް އެނގުނީ, ޒުލްފާގެ މައިންބަފައިން ވަނީ އޭނަގެ ވަރަށް ކުޑައިރު ނިޔާވެފައެވެ. އަދި އޭގެފަހުން އޭނާ ބެލީ, އޭނާގެ ބޮޑުބޭބޭ ކަމުގައިވާ, އަށްޅޯހިބެއެވެ. މިހެންވެ ޒުލްފާ އުޅެބޮޑުވީ އެ ގޭގައެވެ. އެކަން އެނގުމުން އަލީ ވެސް އޭނަގެ މައިންބަފައިން ދުނިޔޭގައި ނެތް ވާހަކަ ބުންޏެވެ.

ދެ މީހުން އެ ދުވަހު ވަކިވީ ރާބާލައިގެން އަށްޅޯހިބެ ގެއަށް ދާންވާއިރަށް ޒުލްފާ ދާންޖެހޭތީއެވެ. މާދަމާ ވެސް ބައްދަލު ވާނެކަމަށް ވައުދުވެ އެ ދުވަހު ޒުލްފާ ގެއަށް ދިއައެވެ.

އެ ދުވަހަށް ފަހު އިރު އަރާގަޑީގައި އަށްޅޯހިބެއާއި އެކު ރާވެރިކަމުގައި އުޅުނެއްކަމަކު އަބަދު ވެސް އިންތިޒާރު ކުރެވެނީ ޒުލްފާއާއި ބައްދަލު ވާނެ ވަގުތަކާއެވެ. އެގެއަށް ހެނދުނު ސައިބޯން ދަނީ ވެސް އެ ސަބަބާ ހުރެއެވެ. އަދި ކޮންމެ ދުވަހަކު ހަވީރު ގަޑީގައި އެމީހުން ބައްދަލުވާން ނިންމާފައިވާ ހާއްސަތަނަށް, ބޭއިހްތިޔާރުގައި ދެވެނީ ވެސް ހަމަ އެހެންވެއެވެ. އަލީއަށް ޒުލްފާދެކެ ލޯބި ވެވިއްޖެއެވެ. މިހެންވެ އަލީ ބޭނުންވީ ޒުލްފާގާތު އެ ވާހަކަ ބުނާށެވެ.

ބިލެއްފަށްސަށް އައިތާ ދެ ހަފުތާވާން ގާތްވަނީއެވެ. އަލީއާއި ޒުލްފާގެ ގުޅުން ދިއައީ އިތުރަށް ވަރުގަދަ ވަމުންނެވެ. އަލީގެ ދެ ޅިޔަނުންނަށް ވެސް މިހާރު އަލީއަށް އަންހެން ކުއްޖަކު ކަމުގޮސްގެން އުޅޭހެން ހީވާން ފަށައިފިއެވެ. މިހެންވެ ދެ ޅިޔަނުން އަލީ އާއި މައްލަވަކޮށް އުޅުނެވެ. ނަމަވެސް އަލީއަށް ޒުލްފާގާތު ލޯބިވާ ވާހަކަ ބުންނަން ނުކެރިފައި އަދި ވެސް ހުރެވެނީއެވެ. އަށްޅޯހިބެ ހިތައް އަރާފާނެ, ނޫނީ ބުނެފާނެ އެއްޗަކަށް ވިސްނި ޖެހިލުން ވަނީއެވެ. އެންމެފަހުން ޅިޔަނުންގެ ކަންތައް ބޮޑުވެގެން އަލީ ނިންމީ ޒުލްފާގާތު ކައިވެންޏަށް އެހުމަށެވެ.

އާދައިގެ މަތިން ހަވީރުގެ ފިނި ވައިރޯޅި ޖެހެމުން ދިއަ ވަގުތުގައި, އަލީއާއި ޒުލްފާ އުޅުނީ ވަލުތެރޭގައެވެ. މިއަދު އަލީ ނިންމީ ހިތްވަރުކޮށް ޒުލްފާގާތު ކައިވެންޏަށް އެހުމަށެވެ. އަލީ ނިންމުމާއި އެއްގޮތައް ކައިވެންޏާ ރުހޭތޯ ޒުލްފާގާތު އެހުމުން, ލިބުނު ޖަވާބު ވަރަށް ވެސް ފޮންޏެވެ. އަލީއަށް އެ ވަގުތު ހީވީ އެހެން ދުނިއެއަކަށް ދެވުނުހެނެވެ. އެކަމަކު އަނބުރާ ހަމަ ބިމަށް އާދެވުނީ ޒުލްފާ ބުނި އެއްޗަކުންނެވެ. އަށްޅޯހިބެ އެއްބަސް ވާނެ ބާއެވެ. ސަބަބަކީ ޒުލްފާގެ ބައްޕަ ނިޔާވެފައި ވުމާއެކު, ކައިވެންޏަށް ވަލީ ދެވެން ދެން ހުރި މީހަކީ އަށްޅޯހިބެ ކަމުގައި ވީމައެވެ.

ކޮންމެއަކަސް އެމީހުން ނިންމީ, ދެމީހުން އެކުގައި ގޮސް އަށްޅޯހިބެ ގާތު އެމީހުން ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނުމަށެވެ. އަށްޅޯހިބެ އެ ދުވަހު ރާބާލައިގެން ގެއަށް އައި ވަގުތާއި ދިމާކޮށް އެވާހަކަ އޭނައާއި ހިއްސާކުރިއެވެ.

-ނުނިމޭ-

* ހޮޅުއަށި 32, ދިވެހި މަސައްކަތް ތެރިކަމުގައި ރާވެރިކަން (ސަފްހާ: 10 - 11)

  Please log in or register to bookmark.
  1k

  ޚިޔާލު

  Your email address will not be published. Required fields are marked *

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy