"ޒެއިން އޮބްސެސް ވާންހުރި ކުއްޖެއް ނޫންއެއީ... ބޭނުންހައި ހުރިހައި އެއްޗެއް ނުލިބޭނެ..." ޒެއިޖް އަހަންނާއި ދެކޮޅަށް އެއްޗެއް ބުނިމީ ފުރަތަމަ ފަހަރެވެ.
"ޒެއިޖްއަށް އެނގެންވާނެ ދޯ އަހަރެން ބޭނުން ކޮންމެ އެއްޗެއް އަހަންނަށް ލިބޭނެކަން...." ދުރުގައި ބަހައްޓާފައި ހުރި ދަގަނޑު ޑޯރ ހޯލްޑަރ ނަގައި ޒެއިޖްއާއި ދިމާލަށް އެއްލަމުން އަހަރެން ބުނެލީމެވެ. ޢެތި ގޮސް ޒެއިޖްގެ ބޮލުގައި ޖެހުމާއެކު ލޭތަށް ހޯސްލާފައި ފައިބައި ގަނެއްޖެއެވެ.
ޔަޝްމު
ކަރުގައި އަތްހާކާލީ އަދިވެސް ނިއެރާ ހިފި ތަނުގައި ރިހުމެއް ހުރުމުންނެވެ. ކޮންކަހަލަ އަންހެނެއް ބާވައެވެ. ލޯމަރާލަމުން އަހަރެން ބޯހޫރުވާލީ އެކަން ހަނދާން ކުރަން ބޭނުން ނުވުމުންނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ކުރިމަތިން ހިނގާފައި އައި ޒެއިޖް ފެނުމުން އަހަންނަށް އެދިމާލަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. އެދިގު އިސްކޮޅާއި ފުޅާ ބައިމަތި ފެނިފައި ހިނދުކޮޅަކަށް ހިންދިރުވައި ލެވުނެއެވެ. އަހަންނަށް ބެލުމެއްވެސް ނެތި އައިސް ތިރިއަށް ވެއްޓިފައި އޮތް ތަށި ނަގާފައި ހަމަޖެހިލީ ވާހަކައެއް ބުނަން އުޅުނު ހެންނެވެ. ނަމަވެސް އަހަރެންގެ މޫނަށް ބަލާލުމާއެކު ވަގުތުން އެމޫނުގެ ކުލަވަރު ބަދަލު ވެއްޖެއެވެ. ބުމަ ކައިރި ކޮއްލަމުން އަހަންނަށް ބަލާލީ ކުރިންވެސް ބަލާ ގޮތަށެވެ. ކުއްލިއަކަށް އަހަރެން އަޅައިގައިތީ ޒެއިޖް ކަންފަތުގެ ކައިރީގައި ހުރި ލަކުނަށެވެ. ގިނަ ދުވަސް ވުމުން ފަނޑުވެފައި ހުރި ނަމަވެސް އެއީ ވަރަށް ބޮޑަށް އަނިޔާ ވެފައި ހުރި ތަނެއްކަން އެނގެއެވެ.
އަހަރެން އެމޫނަށް ބަލާލީމެވެ. އިހުނަށްވުރެ ކުރުކޮށްލާފައިވާ އިސްތަށިގަނޑުން މިހާރު އެލަކުނު ބޮޑަށް ފާޅުވާން ހުއްޓެވެ. އަހަރެން ބޭއިޙްތިޔާރުގައި އެތަނުގައި އިނގިލި ޖައްސާލެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. ވަގުތުން ޒެއިޖްހީވީ ހުރި ތަނުގައި ގަނޑުވި ހެންނެވެ. އަހަރެންގެ މޫނަށް ބަލާލެވެސް ނުލައި ޒެއިޖް ދުރަށް ޖެހުނީ ކުއްލިއަކަށެވެ. އެލޮލުން ދެން އަހަންނަށް ބަލާލީ ވަރަށް ދުވަހު އަހަރެން އެނގޭ މީހަކު ފަދައިންނެވެ. އަހަރެން ލޯމަރާލީމެވެ. އަދި ދުރަށް ޖެހެމުން މާފަށް އެދެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. އެއީ މުޅިއުމުރު އަހަރެންނަށް އެނގޭ މީހެކެވެ. އެކަމަކު ކިހިނެއް ހެއްޔެވެ. ކޮންގޮތަކުން ހެއްޔެވެ. އަހަރެން ކިތަންމެ އަހަން ބޭނުން ނަމަވެސް ބައެއް ވާހަކަ ތަކަކީ ނުދެއްކިއްޔާ ރަނގަޅުވާނޭ ވާހަކައެެވެ.
"އަމް ސޮރީ..." ކުރިއަށް ދެފިޔަވަޅު އެޅުނުތަނާހެން އެއިވުނީ ޒެއިޖްގެ އަޑެވެ. އަޑު މަޑުނަމަވެސް އަހަރެންގެ މުޅި ހަށިގަނޑަށްވެސް އެއަޑު އިވުނު ކަހަލައެވެ.
"އެންމެ ރަނގަޅު..." އަހަރެން އެހެންހުރެ ބުނެލީމެވެ. ޒެއިޖް އެބުނީ ނިއެރާގެ ވާހަކައެވެ. އަހަރެން ހިނިތުންވެލީމެވެ. ކޮންމެ އަންހެނަކަށްވެސް އެކަހަލަ ފިރިހެނެއް ލިބޭނެ ނަމައެވެ.
"ކޮންތާކަށް ތިދަނީ..." ހިނގާފައި އައިސް އަހަންނާއި އެއްވަރު ކޮއްލަމުން ޒެއިޖް އަހާލިއެވެ. އަހަރެން ހުއްޓިފައި ހިނދުކޮޅަކަށް އެމޫނަށް ބަލާލީމެވެ.
"ގަސްތައް ކައިރިއަށް..." ކުރު ޖަވާބެއް ނަމަވެސް ދެމީހުންނަށްވެސް އެވަރުން ފުދުނެވެ. އިތުރަށް އެކަކުވެސް ދެން އެއްޗެއް ނުބުންނޏެވެ.
"އަނބު މޫސުންވީމަ ދޯ އެގަސް ކައިރިން ނާރައިގެން ތިއުޅެނީ... ޔައްމުއަށް އަބަދުވެސް އަނބު މީރެއްނު..."
"ކީކޭ... ކީކޭ ތިބުނީ...." ބުރަކަށިން ބޮލަށް އަރައިގެން ދިޔަ ތޫނު ތަދާއެކު އެނަމަށް އަހަރެން ހުރިހައި ސަމާލުކަމެއް ހުއްޓުނެވެ. ހަމަގައިމުވެސް ޒެއިޖް އެބުނީ ޔައްމުއެވެ. އަހަރެން އެމޫނަށް ބަލައިލީމެވެ. އެއްވެސް ކުލައެއް އަރުވައި ނުލާ އެހެން ހުރުމުން ކުޑަކޮށް ބިރުގަންނަ ގޮތްވެސް ވިއެވެ. ހީވަނީ ކުރަން މަނާކަމެއް ކުރެވުމުން އެކަމާއި ހުރިހެންނެވެ. އެކަމަކު މިފަހަރު އެބުނީ ޔަޝްމުއެކޭ ނޫނެވެ.
ބަނަވެފައިވާ އުޑަށް އަހަރެން ބަލާލީ ބިރެއް ފެނިގެން ބަލާލާ ހެންނެވެ. އަހަންނަށް އެއީ ބިރެކެވެ. ފުރަތަމަ ކެރި އަހަރެންގެ އަތުގައި ޖެހުމާއެކު ދެފައި ހަރަކާތްކުރީ ގެއާއި ދިމާލަށް ދިއުމަށެވެ. ޒެއިޖްއަކާއި ޒެއިޖްއެކެވެ. ގެއާއި ހަމައަށް ފޯރުމުގެ ކުރިން ވާރޭ ތުނިކޮށް ވެހެން ފަށައިފިއެވެ. އަތިގައި ހުރި އަނބުތަށް ތިރީގައި ބަހައްޓާމުން އަހަރެން އުޅުނީ ވާރެއިން ހިޔާ ވެވޭތޯއެވެ. ގައިގައި ވާރޭކެރި ޖެހިފައި ހުރިތަނަށްވުރެ ގިނައީ އަހަރެން ބިރުން ދާހިއްލައިގެން ތެމިފައިވާ ތަނެވެ. ނަމަވެސް އޭގެ ކޮންމެ ކެރިއެއް ޖެހޭތަނުގައި އާދަޔާ ހިލާފު ވޭނީތަދެއް ހިފައިފިއެވެ. ފަހަތުން ޒެއިޖް ގޮވާހެންވެސް އަހަންނަށް ހީވެއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ކަންފަތުގައި ހަރުލާފައި ހުރީ އަމިއްލަ ހިތުގެ އަޑެވެ. ގައިން ވާރޭފެން ހިއްކަން އަވަސް ވެވުނީ އެހެންވެއެވެ. ގޭއޮޅިމަތީގައި އޮތް ފޮތިގަނޑެއް ނަގައިގެން އަހަރެންގައި ސާފު ކުރަންފެށީމެވެ. ނަމަވެސް ހަމައަކަށް އެޅޭ ގޮތެއް ނުވިއެވެ.
"ދަރިފުޅު ހަމަޖެހިބަލަ...." ކައިރިން އިވިގެން އެދިޔައީ މަންމަގެ އަޑެވެ. އަހަރެންގެ އަތުން ފޮތިގަނޑު ދަމައިގަންނަމުން މަންމަ އެހެން ބުނެލީ ހާސްވެފައެވެ.
"މި ކޯއްޗެއް މަންމާ... އައްޗީ...." ގައިގައި އުނގުޅިފައިވާ މަޑު ހުދުކުލައަކަށްހުރި އެއްޗެއް ފުހަމުން އަހަރެން ބުނެލީމެވެ. އަހަންނަށް ހަޑިވަނީއެވެ.
"ހަމަޖެހިބަލަ... ތިފޮހެފާނަމޭ މަންމަ...." އަހަރެންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން މަންމަ ބުނެލީ ވަރަށް ބާރަށެވެ. ހުރިހައި ހަރަކާތެއް ހުއްޓި އަހަރެން އެމޫނަށް ބަލައިލީމެވެ. އެމޫނުވަނީ ފުސްވެފައެވެ. އަހަންނަށް އެމޫނު ނުފެންނަނީ ކީއްވެ ހެއްޔެވެ.
"މަންމާ... އަޅުގަނޑު ބަނޑަށް ތަދުވަނީ... އަޅުގަނޑު ބަނޑަށް ވަރަށް ބޮޑަށް އެބަތަދުވޭ...." އަރުބުޑުގައި ތަދުވާން ފެށުމުން އަހަރެން ބުނެލީމެވެ. ލޮލުން ފައިބައިގެން ދިޔަ ކަރުނަތަކުން އޭރު އަހަންނަށް ތަން ނުފެންނަވަރަށް ފުސްވެއްޖެއެވެ. ގިސްލެވެން ފެށުމުން އަހަރެންގެ މަންމަގެ އުނަގަނޑުގައި އަތްވަށާލީމެވެ.
"މަންމަ ވަރަށް ޓްރައި ކުރަން ދަރިފުޅު... މަންމައަށް މާފު ކުރާނަންނަތަ...." އަހަރެންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުނެލީ ލޯބިންނެވެ. ނަމަވެސް އެއަޑުގައިވަނީ ކުއްވެރިކަމެވެ.
"ކީއްވެ މަންމަ ޓްރައި ކުރަންވީ.. ކީއްވެ އަޅުގަނޑު ބަނޑަށް ކޮންމެ ދުވަހަކު މިހެން ތަދުވާންނީ... ބުނަން ޖެހޭނީ މިއަދު" ޝަކުވާ ކުރިނަމަވެސް މަންމަ އިތުރަށް ޖަވާބެއް ނުދިނެވެ.
"ޔަޝްމު..... އިޓްސް އޯ.ކޭ.... އެވަރަކަށް ނުވެސް ތެމެއެއްނު...." އަހަރެން މަންމައާއި ދުރުވެލަމުން އެމޫނަށް ބަލައިލީމެވެ. އެއީ މަންމައެއް ނޫނެވެ. އެއީ ޒެއިޖްއެވެ. އެމޫނުން އަހަންނަށްޓަކައި ހާސްކަން ފާޅުވާން ހުއްޓެވެ. ވަގުތުން އުނަގަނޑުން އަތް ދޫކޮށްލަމުން އަހަރެން އިހުނަށްވުރެ ދުރަށް ޖެހިލީމެވެ. އަހަރެންގެ ބުއްދިފިލައި ދަނީ ބާވައެވެ. ރޯމާ ދުވާލު އަހަންނަށް ހުވަފެން ފެންނަނީއެވެ. އެވެސް ބިރުވެރި ހުވަފެނެވެ. މަންމަ ފެނެއެވެ. މޫނެއް ނުފެނެއެވެ.
ޒެއިޖްއާއި ކައިރިވާވަރަކަށް އަހަރެންގެ ހިތްބިރުގަނެއެވެ. އެއީ އަހަންނަށް އިނގޭ މީހެކޭ ހިތަށް އަރައެވެ. ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު ބޮޑުވި ވަރަކަށް އަހަރެން ދިޔައީ މޭނުބައި ކުރަމުންނެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އަހަރެން އައީ ވަރަށް ބާރަށެވެ. ދުވަހަކު އެހައި ބާރަށް ހިނގުނު ކަމެއްވެސް ނޭނގެއެވެ. ފާހަނައިގެ ދޮރު ހުޅުވުމާއެކު އަހަންނަށް ހޮޑު ލެވިއްޖެއެވެ. ލައިގެން ހުރި ހެދުން ހަށިގަނޑާއި ވަކި ކޮއްލީ ހަޑިވާން ފެށުމުންނެވެ. އަދިވެސް އަހަންނަށް އިހްސާސް ވަނީއެވެ. އެ ހުދުކުލައިގެ އެއްޗެހި އަހަރެންގެ ގައިގައި ޖެހުނީމައި ހަޑިވަނީއެވެ. މޫނު ބަލާ ލޯގަނޑު ކައިރީގައި ހުއްޓެމުން އަހަރެން ނަޒަރެއް ދިނީމެވެ. ހީވަނީ ނުވެސް ދަންނަ މީހަކާއި ދިމާލަށް ބެލޭ ހެންނެވެ. އަތާއި މޫނު ކިތަންމެ ވަރަކަށް ސާފު ކުރިއަސް އަހަންނަށް ހަޑިވަނީއެވެ. ފެންމާގަނޑު ދޫކޮއްލަމުން އަހަރެން އޭގެ ކައިރީގައި ހުއްޓިލީމެވެ. އަދި ލޯ މަރާލަމުން އަމިއްލަ ގައިގައި އަތް ވަށާލީމެވެ.
"ޔަޝްމު...." ސިހިފައި އަހަރެން ބަލާލީ ފާހަނައިގެ ދޮރާއި ދިމާލަށެވެ. އަހަންނަށް ދޮރު ނުޖެހި ކުރިކަން ރެއަކާލީ ދެނެވެ. އަވަހަށް ދޮރު ކައިރި ކޮއްލަމުން ތަޅުލައިފީމެވެ. އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވެއެވެ.
"ވާހަކަ ދައްކަން ބޭނުމިއްޔާ އަހަރެން މިހުރީ ހަމަ....." ޒެއިޖްގެ އަޑު އިވުނީ ތަންކޮޅެއް ދުރުންނެވެ. އަހަންނަށް ހުރެވުނީ އެދިމާލަށް ބަލާށެވެ. މީހަކާއި އަހަރެން ވާހަކަ ދައްކާނީ އަހަންނަށް ހުދު މިވާކަމެއް އެނގުނީމަ ނޫން ހެއްޔެވެ.
"ނޫން.. ކޮޓަރިން ބޭރަށް ނިކުމެވިދާނެތަ؟..." އަހަރެން އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. ދޮރު ހުޅުވިފައި ލެއްޕުނު އަޑު އިވުމުން އަހަރެން ނިކުމެ ހަށިގަނޑުން ތުވާލި ވަކިކޮއްލީމެވެ. ކޮޓަރީގެ އެކި ދިމަ ދިމާލުގައި ބަހައްޓާފައިވާ ގަސްތަކަށް ނަޒަރެއް ދެމުން އަހަރެން ނިކުމެ ކަކުލާ ހަމައަށް އަރާވަރުގެ ގަޔަށްދޫ ޓީޝާޓެއް ބޮލަށް މަހާލީމެވެ. އަދި ކަޅު ކުލައިގެ ލެގިންސްއެއް ލަމުން ކޮޓަރީގެ ދޮރުފަތް ހުޅުވީ ޖެހިލުންވެ ހުރެއެވެ. ހިތްބިރު ގަންނަނީއެވެ. އަހަންނަކީ މޮޔައެކޭ ޒެއިޖްގެ ހިތަށް އަރާފާނެއެވެ.
"ރަނގަޅުތަ؟ ހޮޑުލި އަޑު އެހިން...." ޒެއިޖް އެހެން ބުނެލީ މަޑުމަޑުންނެވެ. އެއަޑުގައި އަހަންނަށް އަޅާލާކަން ފާހަގަވާން ހުއްޓެވެ.
"ރަނގަޅު...އަޅުގަނޑު ބޭނުން ނިދާލަން...." ޒެއިޖް ފޮނުވާލަން ބޭނުންވެފައި ހުރިވަރުން އަހަންނަށް އެހެން ބުނެވުނީ ތަންކޮޅެއް އަވަހާއެވެ.
"ރިއަލީ.... އަހަރެން މިތަނުން ފޮނުވާލަން ދޯ....." ޒެއިޖް ހިނިތުންވަމުން ބުނެލިއެވެ. ހިނދުކޮޅަކަށް އަހަރެންގެ ނޭވާ އަރުގައި ތާށިވި ކަހަލައެވެ.
"އަހަ.... ކޮބާ އަހަރެން ފޮނުވާލަން ދޯ......" ދުރުދުރުން ފެންނަމުން ދިޔަ ގަސްތަކު ކައިރީގައި ހުއްޓިހުރި މީހާ އަހަންނަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ލޯ މަރާލީމެވެ. މިއީ ހުވަފެނެކެވެ. އަހަރެން މިހުރީ ކޮޓާރީގައެވެ. ޒެއިޖްގެ ކުރިމަތީގައެވެ. އަނެއްކާވެސް އެހެންވާން ފަށަނީކަން ޔަޤީނެވެ. މިމޫނު ނުފެންނަ މީހާއެއީ އަހަންނަށް ފެންނަ ނުބައި ހުވަފެނެކެވެ.
"ޔަޝްމު... ޔޫ އަރ ނޮޓް ހިއަރ އަގެއިން....." އަހަރެން ލޯ ހުޅުވާލީމެވެ. ޒެއިޖް އަހަރެންގެ މޫނަށް ބަލަންހުރީ ކުރިންވެސް ހުރި ފަދައިންނެވެ. ނަމަވެސް އިތުރަށް އެއްޗެއް ނުބުނެ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.
ޒެއިޖް ނިކުމެގެން ދިއުމުން އަހަރެން ދަބަހުގައި އޮތް ފޮތް ނަގައި ލިޔަން ފެށީމެވެ. އަހަންނަށް އަޑުއިވެމުން މިދާ އަޑު ތަކެވެ. އަހަންނަށް ސިފަވަމުން މިދާ ތަންތަނެވެ. އެތަންތަން ހުން ގޮތެވެ. އަހަރެންގެ މަންމައާއި ދެން ފެންނަ މީހާއެވެ. ނަމަވެސް އެއްވެސް މީހެއްގެ މޫނު އަހަންނަސް ނުފެންނަނީއެވެ. ލިޔަން ހުރެފައި އެކަން ހަނދާންވުމުން އަހަރެން ހުއްޓާލީމެވެ. އަދި އެނދުމައްޗަށް ވެއްޓި ގަންނަމުން ބަނޑުގައި އަތް ޖައްސާލީމެވެ. މިއަދު އަހަރެންގެ ބަނޑަށް ތިންމަސް ވާނެއެވެ. އެކަން ޒެއިޖްއަށް އެނގޭބާވައެވެ. އަހައިވެސް ނުލައި އެހެން ދާން ކެރޭނީ އެއްވެސް ވަރަކަށް މިކުއްޖާއަށް ރަހުމެއް ނެތީމައި ނޫން ހެއްޔެވެ.
ހެނދުނު ހެނދުނާއި އަހަރެން ތައްޔާރު ވެލީމެވެ. ނަމަވެސް ބޯއަނބުރާ ގޮތެއް ހުރުމުން ފުރަތަމަ ގަސްތުކުރީ ކުޑަ ނާސްތާއެއް ނަގާށެވެ. ކަޕް ނޫޑްލްސްއެއް ހިފައިގެން އައިސް އިންދައި ޒެއިޖް އަނެއް ފަރާތުގައި އިށީނީ ކޮންޓިނެންޓަލް ބްރެކްފަސްޓެއް ހިފައިގެންނެވެ. ގަސްތުގައި ނޫން ނަމަވެސް އަހަންނަށް އެވަގުތު ނިއްއަރުވައި ލެވުނެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއްވެސް ނެތެވެ. އެއް އަތުން ފޯނު ހިފައިގެން އަނެއް އަތުން ޖޫސްތައްޓެއް ހިފައިގެން އިންގޮތުން ހީވަނީ ތިމާއަކީ ފިޓްނަސް ޓެރިނަރއެއް ހެންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ބަލާލީ ކަޕް ނޫޑްލްސް ތައްޓަށެވެ. އޭގައި މިހާރު ފެންގަނޑު ނޫން އެއްޗެއް ފެންނާކަށް ނެތެވެ. އެހިފައިގެން ތެދުވެ އަހަރެން ސިންކު ކައިރީގައި ހުއްޓި އެ އޮއްސާލީމެވެ. ފަހަތުން މީހެއްގެ ހިލަން ވިހެން ހީވުމުން އަހަރެން އުޅުނީ ދުރަށް ޖެހިލާށެވެ. ނަމަވެސް ޒެއިޖް މަތީ ކަބަޑުން އެއްޗެއް ނަގަން ހުރުމުން އަހަންނަށް އެތަނުން ދެވޭ ގޮތެއް ނުވިއެވެ. ހިތުގައި އުފެދުނު ހާސްކަން ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން މޫނު މަތިން ހުރީ ހާމަވާށެވެ. ޒެއިޖް ދުރަށް ދިއުމުން އަހަންނަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކޮންމެ ފަހަރަކު އަހަންނަށް ކޮންމެވެސް ކަމެއް ޒެއިޖްއާއި ކައިރިވުމުން ވާނެއެވެ.
"ހޫމް... މީދޯ ނުވެފަ އޮތް ކަމަކީ...." ދުރުން އިވުނީ ނިއެރާގެ އަޑެވެ. އަނެއްކާވެސް ކަންތަކާ ޖެހުނީއެވެ. އަހަންނަށް ހިތްހަމަ ނުޖެގުނު ވަރުން ލޯމަރާލެވުނީއެވެ.
"ކިހިނެއް ނިއެރ މިގެއަށްވަނީ؟........" ބުމަ ކައިރި ކޮއްލަމުން ޒެއިޖްވެސް ކުރީ ސުވާލެކެވެ.
"އަމް... ގޭޓް ކައިރީގައި ހުރި ކުއްޖާ ކައރީގަ ބުނީ ދެޓް އަމް ޔުއަރ ވައިފްކަމަށް...." ނިއެރާ މޫނަށް ވެރިވީ ރަކި ހިނިތުން ވުމެކެވެ. އަހަރެން އިނީ ހަމަ އަޖައިބު ވެފައެވެ.
"އެންޑް އާރ ޔޫ؟..." ޒެއިޖް އަދިވެސް އިނީ ހިތްހަމަ ނުޖެހިފައިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އެހެން ނޫންނަމަ އަހަރެންގެ ކުރިމަތީގައި އެހެން ނިއެރާއާއި ވާހަކައެއް ނުދައްކާނެއެވެ.
"ރޭގަވެސް ޒެއިޖް އައިސް ތިހެނެއް ނޫން އަހަންނާ ވާހަކަ ދެއްކީ... އަހަރެން މޮޔަ ވެދާނެ...." ނިއެރާ ލޮލަށް ފުރައި ކަރުނަ އަޅައިގެން އެހެން ބުނި ގޮތުން އަހަރެންވެސް ދެރަވިއެވެ. ވަގުތުން ޒެއިޖްގެ މޫނުގައިވި ނުރުހުމުގެ އަސަރު ފިލައި ދިޔަ ކަހަލައެވެ. މަޑުމަޑުން ނިއެރާ ގެނެސް މޭގައި ޖައްސާލަމުން އެމޫނުގައި ފިރުމާލީ ނުހަނު ލޯބިންނެވެ. ދުވަހަކުވެސް އަހަންނަށް އެހައި ލޯބިވާނޭ މީހަކު ލިބޭނެ ބާވައެވެ. އަހަރެން އެތަނުން ނިކުމެގެން ދިޔައީ އެދެމީހުން އެހެން ތިއްބައެވެ. އެހެން ތިބިޔަ ދޭށެވެ. އެއީވެސް ރަނގަޅު ގޮތެކެވެ. އެދެމެދަށް ވަނީ އަހަންނެވެ.
ނުނިމޭ
ސަޅި ދެން
އިތުރު ބައެއް ނިކުންނާނެ ކަމަށް އުއްމީދު ކުރަން
މިހާ ހިސާބުން ވާހަކަ ނިމުނީތަ؟
އަނެއް ބައި ކޮން އިރަކުން ނުކުންނާނީ ؟
އަޅެ އަނެއްޕާޓް ކޮބާތަ
ކޮން އިރަކުން ނެކްސްޓު ޕާރޓު ކިޔާލަން ލިބޭނ
ނެކުސް ޕާރޓް ޕުލީސް!!!!!!!
މިބައި ވެސް ވަރަށް ރީތި.. ވެން ނެކްސްޓް؟
4 މަންތްސް ފަހުން
؟؟؟؟؟
ވަރަށް ރީތި! މާޝާ ﷲ.. ކޮން އިރަކުން 14 ވަނަ ބައި؟
ފްލެމިންގޯ ޕްލީޒް އެހެން ވެބްސައިޓެއްގަ ވިޔަސް އަޕް ކޮއްދޭން ވީއެއްނު އަޅެ…ވީ އާރ ވެއިޓިން ފްލެމިންގޯރރރދދދ
ކޮބާ އަނެއްބައި
ވާހަކަ ނުނިންމޭނެހެން ހީވަންޔާ ނުލިޔަންވީނު ދޯ
ވަރަށް ރީތި. އަވަހައް ދެން އަންނަ ބައި ގެނެސްދޭނެ ކަމައް އުއްމީދުކުރަން
ކޮންއިރަކުތަ ދެން އަންނަ ބައި ؟؟؟
3 މަސް ވެއްޖޭ އަޅެ... މިވަރުން ނުލިޔަންވީނު ދޯ
އަޅެ އަނެއްޕާޓް ކޮބާތަ
މަ ހަޔާތުގަވެސް ނުދެކެން މިހެން ވާހަކަ ލިޔާ މީހަކު.. ހުވާ
.. މިވަރުން ލިޔަން ވޭތަ
މިވާހަކަ ދެން ނުލިޔަނީތަ
ކޮބާ އަނެއް ބައި ؟؟؟
ކޮން އިރަކުންތަ އަނެއްބައި ގެންނަނީ ހާދަ ލަހޭ
ދެން ނުލިޔޭތަ😊😍
ދެން ލިޔަން ވީނު😊😁
ވާހަކަ ވަރަށް އަަވަހަށް އަޕްލޯޑް ކުރާނަން އެނގޭތޯ
ކޮބާ އަނެއްބާ؟؟؟؟؟
އަޕްލޯޑް ކޮއްފައި އެނގޭތޯ ވާނީ މިހާރު..