މެންދަން - ޓްރެއިލަރ

ނޯޓް : މާ އަވަހަށް މި ވާހަކަ ނިންމާލެވުމާއި ގުޅިގެން އަޅުގަނޑު ވިސްނާފައި މިވަނީ މި ވާހަކަ އަށް ބަދަލު ގެނެސްގެން ލިޔުމަށެވެ. ހުރިހާ ކިޔުންތެރިންގެ ސަޕޯޓް ލިބޭނެކަމަށް އުންމީދުކުރަން.
ޝާމް. (ޝަންކްސް)

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ފަނިފަކުސާ ތަކުގެ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. ބުންކް ބެޑް ގައި ނިދާފައި އޮތް ދެ އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ހީވަނީ ނޭވާ ނުލެވިގެން އުޅޭ ހެންނެވެ. އޭނާ މަރަށް ތެޅޭ ފަދައަކުން ތެޅިފައި އިރުކޮޅަކުން ފެނުނީ އޭނާ ހަޅޭއްލަވައިގަނެފައި ދެލޯ ހުޅުވާލި ތަނެވެ. އޭރު އޭނާގެ ކަޅުކުލައިގެ ކަޅި ވަނީ ރަތްކުލައަށް ބަދަލުވެފައެވެ. އޭނާ ދެފަހަރަކު އެސްފިޔަ ޖަހާލުމާއި އެކު ކުރިން ހުރި ގޮތަށް އިއާދަ ވިއެވެ. އޭނާ ފުރަތަމަވެސް ބަލައިލީ ތިރީގައި އޮތް އޭނާގެ ކޮއްކޮއަށް ހޭލެވުނު ތޯއެވެ. އެއަށްފަހު އޭނާ ވަރަށް ވަގުވަގަށް ކޮޓަރިން ނުކުމެގެން ދިއައެވެ.

ވިލާތަކުގެ މަތީގައި އިން ހުދު ވިލާކޮޅެއްގައި އިށީންދެލައިގެން އިން އަންހެން ކުއްޖާ އިނީ ހިޔާލީ ދުނިޔެއެއްގައެވެ. އޭނާ އަކީ ޖިންނި ބައްޕައަކާއި އިންސި މަންމަ އަކަށް ލިބިފައި ހުރި ދަރިއެކެވެ. އެހެން ކަމުން އޭނާ އެއްވެސް ރަހުމަތްތެރިއެއް ބޭނުމެއް ނުވެއެވެ. ވިލާތަކު މަތީގައި އޭނާ އިނދެފައި ފަތިސް ވަގުތު ވާން ކައިރިވިތަނާހެން އޭނާއަށް ލިބިފައިވާ އާދަޔާހިލާފު ބާރުގެ ބޭނުން ކޮށްގެން އޭނާގެ ކޮޓަރިއަށްގޮސް އެނދުގައި އޮށޯތެވެ. އޭރު އަދި އެކަކުވެސް ނުހޭލައެވެ. އޭނާ އަށް ނިދުނު އިރު ފަތިސްނަމާދު ބަންގި ގޮވަނީއެވެ.

ނޯޓް : މީގައި އުޅޭ ދެ އަންހެން ކުދިންނަށް ދޭނީ އެއްމެ ގިނަ ރީޑާސް އަށް ރީތި ދެނަމެއް. ކޮމެންޓްގައި އެއްމެ ގިނަ ލައިކްސް ލިބިފައިވާ ދެނަން އަޅުގަނޑު ލާނީ. ސޯ! އައި ލީވް އިޓް ޓޫ ދަ ރީޑާސް.

    Please log in or register to bookmark.
    1k

    3 ޚިޔާލު

    ޚިޔާލު

    Your email address will not be published.