އަބަދަށްޓަކައި - 4

އާ ގޭގައި ހަފްތާއެއް ވޭތުވެގެން ދިޔަ ފަހުންވެސް އެތަނަން އަންނަން ޖެހުނު ސަބަބެއް އަހަންނަކަށް ނޭންގުނެވެ. ޝިކާރައަށް ފިޔަވާ އަހަރެން ގެއިން ބޭރަކަށް ނުނިކުންނަމެވެ. މުޅި ހަފްތާގައި ޝާދާބްވެސް އުޅުނީ ގޭގައެވެ. އެހެނަސް އެންމެ ފަހަރަކުވެސް އަހަންނާ އަނގައިންނެއް ނުބުނެއެވެ.
"ހައި ސިސް ވުޑް ޔޫ ލައިކް ޓު ހޭވް ސަމް ހިއުމަން ފުޑް؟" ޔޫމާއާ ކައިލީ ޕިއްޒާ ފޮށްޓެއް ހިފައިގެން އައިސް އަހަރެން ކުރިމަތީ ބެހެއްޓިއެވެ. އަހަރެން ފާޑަކަށް ބަލަން ފެށުމުން ދެމީހުންވެސް ހޭންފެށިއެވެ. "ޑިއާ ޔޫ ކޭން އީޓް ހިއުމަން ފުޑް. އެކަމު ސަވައިވް ވާނީ ބްލަޑްއިން" ޔޫމާއާ ކައިލީ ޕިއްޒާ ފޮއްޗެއް އަނގައަށް ލިއެވެ. ޕިއްޒާގެ ވަސް ޖެހުމުން ކުރިން ދުވާ މީރުވަހެއް އަހަންނަކަށް ނުދުވައެވެ. ޕިއްޒާއަކީ އަހަންނަށް އެންމެ މީރު ކެއުމެވެ. "ވާއު ދިސް ޓޭސްޓްސް ބެޓާރ ދޭން ސްމެލް" ޕިއްޒާގެ ރަހަ މީރެވެ. އަހަރުމެން ތިން އަންހެން ކުދިން ހަވީރު ގަޑީ ޕިއްޒާ ކަމުން މަޖާ ކުރީއެވެ. ކޭގަޑީ ފިލްމުވެސް ބެލީމެވެ.
ސާދަ ވިލޭރޭގެ ހަނދުވަރުގެ އަލިން މުޅި ސަރަހައްދަށް ވަނީ އަލިފެތުރިފައެވެ. ގަހެއްގެ ދަށުގައި އިށީންދެގެން އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކަށް ގެއްލިފައި އަހަރެން އިނީމެވެ. އުޑުގައި ހުންނަ ތަރި ގުނުމަށްޓަކައި އަހަންނާ ލޫކް ވަރަށް ގިނައިން ތިބެމެވެ. ލޫކްގެ ހަނދާންތައް އާވުމުން މި ފަހަރު އަހަރެންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މޭތެރޭގައި ރިހުމެއް އުފެދުނެވެ. ލޫކްއާ އެކީ މުޅި އުމުރު އެކީ ބިނާ ކުރަން މަސަައްކަތް ކުރި ގަނޑުވަރުގެ ބިންގާވެސް ނޭޅެނީސް މުޅިން ފުނޑު ފުނޑު ވެއްޖެއެވެ. އެމޭ ތެރޭ ބޮނޑިވެގެން ރޯލާނެ ފުރުސަތެއްވެސް އަހަންނަކަށް ނެތެވެ. މާޒީގެ ހަނދާންތައް އާވަމުން ދިޔަވަރަކަށް ގިސްލާ ރޮވެން ފެށުނެވެ. ކަރުނަތައް ހުއްޓުވަން ބޭނުންވިއެއް ކަމަކު ނުއެއްް ހުއްޓުނެވެ.
"އައިނާ" ނުހަނު ގާތުން އިވުނީ ޝާދާބްގެ އަޑެވެ. އެއަޑުގައި ކުލުނާ އޯގާތެރިކަން އެކުލެވެއެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު ހިނިތުންވުމަކާއެކީ ޝާދާބްއާ އަހަރެން ކުރިމަތިލީމެވެ. އޭރު ޝާދާބް އައިސް އަހަރެން ގާތު އިށީންނަނީއެވެ. "ހީ ޑަޒަންޓް ޑިޒާވް ޔުއަރ ޓިއާރސް" ސީދާ އަހަރެންގެ ލޮލަށް ބަލަން އިނދެ ޝާދާބް ބުންޏެވެ. ޝާދާބްގެ މޫނު މަތީގައި ވީ އަސަރު ދެނެގަންނާކަށް އަހަންނަކަށް ނޭންގުނެވެ. "ޔޫ ޑިޒާރވް ޓު ބީ ހެޕީ. ދަހުލާންއާ ސާޔާ އާހަރުމެން މިތަނަށް ގެނައީވެސް އައިނާއަށް ރަނގަޅު ލައިފްއެއް ހޯދަދޭން. އައިނާ ދެރަވާތީ ދަހުލާންމެންވެސް ދެރަވޭ. އަހަރުމެންގެ ތެރެއިންވެސް އައިނާއަށް ލޫކްއެއް ލިބިދާނެ. އީވަން އައި ލަވްޑް އަ ގާލް. އެކަމު އަހަރުމެން ދެމީހުން އެކީ ވާކަށް ތަގުދީރުގައެއް ނެތް. އަހަރެން ކުރިމާތީގަ އެންމެ ލޯބިވާ ކުއްޖާ މަރު ވެގެން ދިޔައީ" ޝާދާބްގެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. "ޔޫ ޝުޑް ގޯ އިންސައިޑް" އިތުރަށް ބޭރުގައި މަޑު ކުރަން ނުކެރުމުން އަހަރެން އެތެރެއަށް ވަނީމެވެ.
ސުހެއިލް ފޫހިވެގެން އަހަރެން ގާތު ޝިކާރައަށް ދާން ކިޔާވަރުން ސުހެއިލްއާ އެއްކޮށް ޖަންގައްޔަށް ދިޔައީމެވެ. ސުހެއިލްއަކީ ހިފި ނުހުރެވޭ މީހެއް ކަމުން އެންމެ ހިނދުކޮޅަކަށްވެސް މަޑަކުން ނީންދެވެއެވެ.
"ހައު އޯލްޑް އާޔޫ؟" ސުހެއިލް އުޅޭ ގޮތުން ބޮލަށް އުނދަގޫ ވެގެން އަހަރެން އެހީމެވެ. "އައި އޭމް ނައިންޓީން" ވަރަށް ވިސްނަން އިނުމަށްފަހު ބުންޏެވެ. އެއީ އަސްލު ޖަވާބު ނޫންކަން އެނގޭތީ އާހަރެން ސުހެއިލްއަށް ލޯ އަޅާލީމެވެ. "އޯކޭ އޯކޭ. އައި އޭމް ގޮއިން ޓު ބީ ޓުވެންޓީ ފައިވް ނެކްސްޓް މަންތް" ސުހެއިލް ދެއަތް މައްޗަށް ހިއްލާލަމުން ބުންޏެވެ. ސުހެއިލްގެ ހަޔާތާމެދު އަހަރެން ޝައުގުވެރިވިއެވެ. ސުހެއިލް ވެމްޕަޔަރަކަށް ބަދަލުވީ ކިހިނެއްތޯ ސުވާލު ކުރީމެވެ.
"ޔަގީންތަ އައިނާ އަޑު އަހަން ބޭނުންވާ ކަން؟" އަހަރެން ބޯ ޖަހާލުމުން ސުހެއިލް އޭނާގެ ވާހަކަ ފެށިއެވެ.
*******
ސުހެއިލް

އަހަންނަކީ ވަރަށް ފަގީރު އަވަށެއްގައި ޔަތީމެއްގެ ގޮތުގައި ބޮޑުވި ކުއްޖެކެވެ. ހަނދާން ހުންނަން ފެށުމުގެ ކުރިން މަންމަވެސް ބައްޕަވެސް ވަނީ ނިޔާވެފައެވެ. ބަލާ ބޮޑު ކުރަމުން އައީ މަންމަ ފަރާތު ބޮޑު ދައިތައެވެ. ބަޮޑު ދައިތަ އަހަންނަށް ވަރަށް ހެޔޮއެވެ. ބޮޑު ދައިތަގެ ދަރިފުޅާ އަހަންނާ އެއްވެސް ތަފާތެއް ނުކުރެއެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސަމުން އަހަންނާ ދައްތަގެ ދަރިފުޅު ބަލަމުން ދިޔައެވެ. އެގޭ ބޭބެ ވެސް އަހަންނަށް ވަރަށް ހެޔޮއެވެ. ކިޔެވުމުގައި އަހަންނަކީ މުޅި އަވަށުންވެސް އެންމެ ކުރީގައި އުޅޭ ކުއްޖާއެވެ. ކިޔެވުމަކީ އަހަރެން ވަރަށް ކުރާހިތުން ކުރަމުން އަންނަ ކަމެކެވެ. ބޮޑު ދައިތަ އަބަދުވެސް ބުނަމުން ދިޔައީ އަހަރެންގެ މަންމަ ދެކުނު ހުވަފެނެކޭ މަންމަގެ ދަރިފުޅު ބޮޑުވެގެން މޮޅު ޑަކުޓަރަކަށް ވުމަކީ. އަހަރެން މަސައްކަތް ވެސް ކުރަމުން ދިޔައީ މަންމަ ދުނިޔޭގައި ނެތަސް އެ މަންމަގެ ހުވަފެނުގައި ކުލަ ޖެއްސޭތޯއެވެ. ރެއާ ދުވާލު ނުކައި ނުބޮއެ ކިޔެވުމުގައި އަވަދިނެތި އުޅުނީމެވެ. އެކަމުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. ސަރުކާރުން އަހަންނަށް ފެންވަރު ރަނގަޅު ސްކޫލެއްގައި ކިޔެވުމުގެ ފުރުސަތު ލިބުނެވެ. ބޮޑުު ދައިތަ އެކަމާ ވަރަށް އުފާކުރިއެވެ. އެހެނަސް ބޮޑު ދައިތަގެ ފިރިމީހަާއާ ދަރިފުޅަށް އެކަންތައް ހަޖަމް ކުރެވޭ ގޮތެއް ނުވިއެވެ. އެ ހިސާބުން އަހަރެން މަރާލަން އެމީހުން ރޭވުންތައް ރާވަން ފެށިއެވެ.

ކިޔެވުން ބަންދު ދުވަސްކޮޅުގަ އަހަރެން އަވަށަށް ކުރި ޒިޔާރާތެއްގަ އެމީހުން އަހަރެން މަރާލަން މަސައްކަތް ކުރިއެވެ. ހައްލާލައިގެން އަހަރެން ގެންގޮސް ފަޅު ގެއަކަށް ވައްދާ އަނިޔާކުރިއެވެ. އަހަރެން މަރުވެއްޖެނަމަ ސްކޯލާޝިޕަށް ވީ ލާރި އެމީހުންނަށް ލިބޭނެތީއެވެ. ބޮލުގަޔާ އެތައް މިތާ ތަޅާ އަނިޔާ ކުރުމަށްފަހު ކޯރެއްގެ ތެރެއަށް އަހަރެން އެއްލާލިއެވެ. ކަންދިމާ ކުރި ގޮތުން އަހަރެން އޭރު މަރެއް ނުވެއެވެ. އަހަރެން އެހާލުގަ އޮއްވަ ކޯރުން ސަލާމަތްކޮށްދިނީ ކައިލީއެވެ. އަހަރެން ސަލާމަތް ކުރަން އިތުރު ގޮތެއް ނެތުމުން ކައިލީ އަހަރެން ވެންޕަޔަރަކަށް ބަދަލުކުރީއެވެ.

******
ސުހެއިލް ވާހަކަ ނިންމާލިއިރު އޭނާ ނުރޯން މަސައްކަތް ކުރާކަން އަހަންނަށް އެނގުނެވެ. "އައި މިސް މައި އާންޓް. އަހަރެން ގެއްލިގެން އާންޓް ވަރަށް ހިތާމަ ކުރި. މަހެއްހާ ދުވަސްވަންދެކަށް އަހަރެންގެ ހަށިގަނޑު ސިފައިން ހޯދި. އެކަމު ނުފެނުނީމަ މަރުވީ ކަމަށް ބަލާ ހޯދުން ހުއްޓާލީ" ސުހެއިލް ދުރު ބަލަން ފެށިއެވެ. ސުހެއިލްގެ ހާލާ މެދު އަހަރެން ދެރަވިއެވެ. "އެދުވަހަށް ފަހު ދަހުލާންއާ ސާޔާ އާހަރެން ބަލަން ފެށީ. ޝިވަމްއާ ޝާދާބްވެސް ކޮއްކޮއެއްހެން އަހަންނާ މެދު އާމާލުކުރީ. ޔޫމީ ވެސް ހަމަ އެފަދަ" ހަމައަކަށް އެޅެން ސުހެއިލު މަސައްކަތް ކުރިއެވެ. އެންމެ އިތުބާރު ކުރާ މީހުންގެ ފަރާތުން އަނިޔާ ލިބުނީމަ ވާނެ ދެރަ ހިތަށް އަރުވަންވެސް އަހަންނަކަށް ނޭންގެއެވެ. އަހަންނަކީ ދާ ކޮންމެ ތާކުން އެންމެގެ ލޯބި ލިބިފައި ހުރި ކުއްޖެކެވެ.
މުޅި އެރޭވެސް އަހަންނަށް ވިސްނުމުން ދިޔައީ ސުހެއިލްއަށް ދިމާވި ހާދިސާ މަތިންނެވެ. ވެމްޕަޔަރަކަށް ވީ ފަހުން ފުރަތަމަ ފަހަރަށް އަހަރެންގެ ލޮލަށް ނިދި ސަވާރުވީ އެދުވަހުއެވެ. "ސިސް ޔޫއާ ސްލީޕީ ދޯ. ދެން ޖެހޭނެ ކޮންމެ ރެއަކުވެސް ނިދަން" އަހަރެން އާފުރެން ފެށުމާއެކު ޝިވަމް ބުންޏެވެ.
އަހަންނަށް ހޭލެވުނީ އިރުގެ އަލި ލޮލަށް އެޅުމުންނެވެ. މޯޅި އަކަށް ދެމެމުން އެނދުން ތެދުވިއިރު ކައިލީއާ ޔޫމީ އައިސް ތިއްބެވެ. "ކޮފީ؟" ތަބަކަކަށް ތިން ކޮފީ ތަށްޓާ ބިސްކޯދު ލައިގެން އައިސް އެއް ފަރާތެއްގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ. "ސީރިއަސްލީ؟" ހައިރާންވެފައި އާހަރެން އެހީމެވެ. "ކަމޯން. ލެޓްސް ހޭވް ސަމް ހިއުމަން ޓައިމް!" ކައިލީ އަހަރެންގެ އަތަށް ދަމަމުން އައިސް އެނދުގައި ބެހެއްޓިއެވެ. ކައިލީގެ އެ އަމަލުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޔައުލާ މަތިން ހަނދާންވިއެވެ. ޔައުލާވެސް ވަރަށް ގިނައިން އަހަރެން ހެނދުނު ހޭލާއިރު ކޮފީ ހަދައިގެން ކޮޓަރިއަށް ގެނެއްސަ ހުންނާނެއެވެ. ޔައުލާ މަތިން ހަނދާންވުމާއެކު އަހަންނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.
"އައިން ޔޫ އޯކޭ!" ކައިލީ އެހުމުން އަހަރެން ހިނިތުން ވަމުން ބޯ ޖަހާލީމެވެ.
ދަހުލާން އެންމެންނަށް އެންގުމުން އެންމެން ސިޓިން ރޫމަށް ދިޔައީމެވެ.
"މިއަންނަ މަހަކީ ސުހެއިލްގެ އުފަން ދުވަސް އަންނަ މަހަށް ވުމުން އަހަރެން މި ގަސްތު ކުރަނީ ސެލެބްރޭޓް ކުރަން އެންމެ އެމެރިކާއަށް ދާން! އައިނާ މިއާއިލާއާ ގުޅުނު ފަހުން އަންނަ އެންމެ ފުރަތަމަ އުފަންދުވަސް މި އަންނަނީ ސުހެއިލްގެ ދޯ!" އެމެރިކާއަށް ދާވާހަކަ ބުނުމުން ޔޫމީ ނަށާލިއެވެ. ކައިލީ ވަގުތުން ދުއްވައިގަތީ ބޭނުންވާ އެއްޗިހި ހޯދާ ތައްޔާރުކުރާށެވެ. ޝިވަމްއާ ޝާދާބް ސުހެއިލްއާ ސަކަރާތް ޖަހަމުން ބޭރަށް ނުކުތެވެ. އަހަރެން ކޮޓަރިއާ ދިމާއަށް ދަން މިސްރާބް ޖެހުމުން އެކަން ހުއްޓުވީ ސާޔާއެވެ. ސާޔާ އަހަރެންނަށް އިޝާރާތް ކުރުމުން ސާޔާ ގާތު ސޯފާގައި އިށީނީމެވެ.
ސާޔާ ވަރަށް ލޯބިން އަހަރެންގެ ނިތުގައި ބޮސްދިނެވެ. އަހަންނަށް އިހްސާސްވީ ސާޔާއަކީ އަހަރެންގެ އަމިއްލަ މަންމަ ހެންނެވެ. "އައިނާ އަބަދުވެސް ހަނދާން ކުރާތި. އަހަންނާ ދަހުލާންއާ ދުވަހަކުވެސް އައިނާއަށް ދެގޮތެއް ވިޔަކަ ނުދޭނަން އަބަދަށް ޓަކައިވެސް އައިނާ ރައްކާތެރިކުރާނަން" އަހަރެންގެ އަތުގައި ހިފައިގެން އިނދެ އޯގާތެރިކަމާއެކު ސާޔާ ބުންޏެވެ. އަހަރެން ސާޔާގެ ވާހަކަ ގަބޫލު ކުރިކަން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލީމެވެ. އަދި ސާޔާ ގައިގައި ބައްދާލީ މަންމަ މަތިން މާ ބޮޑަށް ހަނދާން ވުމުންނެވެ. "މަމް އައި ލަވް ޔޫ" ސާޔާ އަހަރެންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. "އައި ލަވް ޔޫ ޓޫ މައި ޕްރީޝިއަސް ޑޯޓާރ"
އަހަންނަށް ނިދީގައި ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެނުނީ ޔައުލާއާ ލޫކްއެވެ. އެދެމީހުން އަހަންނާ ދިމާއަށް މަލާމާތް ކުރާ ފާޑަކަށް ހޭންތިއްބައެވެ. އެދެމީހުންވެސް ތިބީ އަތުގު ގުޅުވައިގެންނެވެ.
އަހަންނަށް ހޭލެވުނުއިރު ފުން ނޭވާ ލެވެމުން ދިޔައެވެ. ކިތަންމެ ގަބޫލުކުރަމް ދަތިވިއަސް ދާވެސް ހިއްލާފައި ހުއްޓެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑި ބަލާލިއިރު މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. ނިދާ ހެދުން މަތިން ޖެކެޓެއް ލައިގެން އަހަރެން ބޭރަށް ނުކުތީމެވެ. އަހަރެން ހައިރާންވީ ޝާދާބްވެސް އެގަޑީ ބޭރުގައި ހުރުމުންނެވެ.
"ޝާދާބް" ފުރަތަމަ ފަހަރަށް އަހަރެން ޝާދާބްއަށް ގޮވާލީމެވެ. ޝާދާބް ފަހަތަށް އެނބުރެމުން އަހަންނަށްވެސް ގޮވާލިއެވެ. "މިތާ ކީއްތިކުރަނީ؟" ޝާދާބް އަހަންނާ ސޫވާލު ކުރިއެވެ. "އަހަންނަށްވެސް އެހިދާނެކަން ނޭންގެ. ޝާދާބް މިތާ ކީއްތިކުރަނީ؟" އަހަރެން ރައްްދުގައި ބުނީމެވެ. "އައި ސޯ އަ ނައިޓް މެއަރ!" ދެއަތް ޖޯޑުކޮށްލަމުން ޝާދާބް ބުންޏެވެ. އަހަރެންވެސް ހުވަފެނެއް ފެނުނު ވާހަކަ ބުނީމެވެ. ކީއްވެ ކަމެއް ނޭންގެއެވެ. ހުވަފެނުގައި ފެނުނު ކަންތައް ތައްވެސް އަހަންނަށް ކިޔާދެވުނެވެ. ޝާދާބްގެ މޫނު މަތިން ހާސަކަން ފެނުނެވެ. "އައިނާ މާ ބޮޑަށް ވިސްނަނީ ދޯ އެދެމީހުންނާ މެދު. އެހެންވެ އެގޮތަށް އެފެނުނީ. ހިނގާބަ އަހަންނާ އެއްކޮށް ހިނގާލަން" އަހަރެން ޝާދާބްގެ ދައުވަތު ގަބޫލުކުރީމެވެ. ޝާދާބްއާ އެކީ ޖަންގަލީ ތެރެއަށް ހިނގާލަން ދިޔައީމެވެ.
ނުނިމޭ

    Please log in or register to bookmark.
    862

    ޚިޔާލު

    Your email address will not be published.