އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދައެއް ނޫނެވެ. މޫސުމީގޮތުން އެދުވަހާއި އެއްގޮތްކަމެއް ހުއްޓަސް، މީގެ 3 އަހަރު ކުރިން "ނިޔާމަ" ބޯޓުގައި މާލެ ދާން ފުރި ދުވަހު، ސަނާއަށް ކުރެވޭ އިހުސާާސާ ވަރަށް ތަފާތެވެ. އުފަންރަށާއި މައިންބަފައިން ދޫކޮށް، އެދުވަހު ދަތުރަށްފުރީ ފުރާހިތަކުން ނޫނެވެ. ނަމަވެސް މިއަދު މާލެއިން އުފަންރަށަށް ދާން އެ ފުރަނީ ފުރާހިތުންނެވެ.
މިއަދު ސަނާގެ މޫނުމަތިން ފެންނަމުން ދަނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. ބޯޓު ރަށާއި ކައިރި ކޮށްފައި ގެއަށް ދިޔުމުގެ އުއްމީދެވެ. އާއިލާ ގާތަށް ދިޔުމުގެ އުއްމީދެވެ. ކަނޑުގެ ރާޅުތަކަށް ގެއްލިފައި މާޒީވެ ސަފުހާއަކަށް ސަނާ ވަނެވެ.
***
"ނޯ….! އަހަރެން ބަލި ނުވާނެ! ސަނާ މަކަރުހެދީ! " ސިނާން، ސަނާގެ ދޮންބެ ހިތާމަ ފާޅުކުރިއެވެ."ނޫން،ސަނާ މަކަރެއް ނަހަދާ، މިހުރީ ބަލައިގެން ، ދޮންބޭ ބަލިވީ!" ސާރާ، ސަނާގެ ދައްތަ ހެމުން ބުންޏެވެ. "ވަރުގަދަ މެޗަކުން އެންމެ ފުރިހަމަ ވަނަ ކާމިޔާބު ހާސިލުކޮށްފައިވާ.. ރާޒުވާގެ ރާނީ!" ސަނާ ފަހުރުވެރިކަމާއެކު މަޖަލަކަށް ހުށަހެޅިއެވެ. ސިނާން އާއި ސާރާ ހޭން ފެށިއެވެ.
***
އެދުވަހަކީ ސަނާއާއި، ސަނާގެ ދައްތަ އާއި ބޭބެ ރާޒުވާ ކުޅުނު އެންމެ ފަހު ދުވަހެވެ. އެއީ ސަނާ އެންމެ ހަނދާންވާ ދުވަހެވެ. އެދުވަސް މަތިން ހަނދާންވަނީ އެ ދުވަހަކީ އާއިލާގެ އެންމެން އެކުގައި މަޖާކުރުން ލިބުނު ދުވަހެވެ. އެއީ މާލެ ދިޔުމުގެ ކުރިން އާއިލާ އެއްކޮށް އުޅެން ލިބުނު ދުވަހެވެ. ސާރާއަކީ ސަނާގެ ދައްތަ އަށް ވިޔަސް ، ސަނާ ބަލަނީ އެއަށްވުރެ ބޮޑަށެވެ. ސާރާއަކީ ސަނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ސިނާން އަކީ ހުރިހާ ކޮއްކޮއެއް ބޭނުންވާނެ ފަދަ އެކުވެރި، ހިތްހަމަ ޖައްސައިދިނުމަށް ހުންނަ އޯގާތެރި ދޮންބެއެކެވެ. ފުރިހަމަ އާއިލާއެކެވެ.
🔪🔪🔪
ރަށަށް ބޯޓު ލެފުމާއެކު މަންމަޔާއެކު ސައިކަލުގައި ސަނާ ދިޔައީ ގެއަށެވެ. ގެއަށްވަން އިރު މަންމަ ހުރީ ސަނާއަށް އެންމެ މީރު ވައްތަރުގެ ފްރައިޑް ނޫޑުލިސް އަދި ޕާސްތާވެސް ހަދާފައެވެ. ސިނާން ހުރީ ކޯހުގެ މަސައްކަތެއް ނުނިމިގެން އެކަމުގައެވެ. ސަނާ މިސްރާބު ޖެހީ ސާރާގެ ކޮޓަރިއާ ދިމާއަށެވެ. ފެނުނު މަންޒަރުން ހިތް ގުޑެން ފަށާނެއެވެ. ސާރާއޮތީ ބިންމައްޗައް ވެއްޓިފައެވެ. މޭގައި ހިފަހައްޓައިގެންނެވެ. މޫނުމަތިން ކުލަވަރު ގެއްލިފައެވެ. "ސާރާ!" ސަނާ ސަރާ ގާތަށް ދުއްވައިގަތެވެ. ފަހަތުން މަންމައާއި ސިނާން އަވަހަށް ކޮޓަރިއަށް ވަނެވެ. އިތުރު ވަގުތެއް އިސްރާފް ނޮކޮށް ސާރާ ގެންދިޔަައީ ހޮސްޕިޓަލަށެވެ.
🔪🔪
މަންމައާއި ދޮންބެއާއެކު ސާރާ ހަމަހިމޭނުން ވެއިޓިންގ ރޫމޮގައި ސާރާގެ ހަބަރެއް ލިބޭތޯ ބަލަންތިބިއެވެ. ޑޮކްޓަރ ލަފާދިންގޮތުގަތި ސާރާގެ މައްސަލައާއި ބެހޭގޮތުން ނަރުހެއް ސާރާއާއި ސުވާލުކުރަމުން އެބަދެއެވެ. ޑޮކްޓަރުގެ މޫނުމަތިން ފެންނަނީ ހަމްދަރުދީއެވެ. ވެދާނެ ކަމުގެ ބިރެވެ. ބަލިމީހާ ޑޮކްޓަރުގެ އަތްމަތީ ދުނިޔެ ދޫކުރާނެ ކަމުގެ ބިރެވެ. ސަނާއަށް ކުރެވޭނެކަމަކީ ދުޢާކުރުމެވެ. ވަކީލުކުރުމެވެ. ކޮންމެ ކަމެއްވެސް ވާނީ އިރާދަކުރެއްވި ގޮތަކަށެވެ.
🔪
ސާރާގެ އާއިލާއާއި ދިމާއަށް ބާރު ހިނގުމަކުން ނަރުހެއްއައިސް މަޑުކުރިއެވެ. ބުނަންއުޅޭ ވާހަކަ މޫނުމަތިން އެނގޭކަހަލަ ގޮތެކަށެވެ. ނަރުސް ބުނީ ސާރާގެ ޖަވާބުން އެނގުނީ ސާރާ ޑިޕްރެޝަނާއި ހަނގުރާމަކުރާ ކަމެވެ. ސާރާގެ ކުރީގެ މިތުރުންނަކީ ހަތުރުންނެވެ. ސަނާ މާލެ ދިޔުމުން ސާރާ އުޅެނީ އެކަނިއެވެ. ސާރާއާއި ހަނގާކުރާ ކުދިން ގިނައެވެ. އެއްވެސް މީހެއް ގާތު މިވާހަކަތައް ހިއްސާ ނުކުރައެވެ. ދެން އެކަން އެގުނަސް ކުރާނެ ކަމެއް ނެތެވެ. ސަނާގެ ލޯބިވާ ދައްތައެވެ. އެކުވެރިޔާއެވެ. ހިތާމާއި އުފަލުގެ ބައިވެރިޔާއެވެ. ސަނާގެ ހިތް ކުދިކުދިވިއެވެ.
ސަނާ ކަޅި ހިންގާލީ ސިނާންއާ ދިމާލަށެވެ. ސިނާން ހުރީ ފޮތެް ނަގައިގެންނެވެ. އެފޮތަކީ ސާރާގެ ޑައިރީއެވެ. ފަހު ސަފްހާގައި ލިޔާފައިން ގުމްލަ ކިޔާލިއެވެ. "އަހަރެން އެހެން މީހުންނަށް ގަދަރު ކުރީމެވެ. ބަދަލުގައި ލިބެނީ ހިތަށް ހެރޭ ތޫނު ވަޅިއެކެވެ. ނުފެނުނަސް އެއީ ވަޅިއެކެވެ."
🕛
މިއީ އަހަރެންެ ގްރޭޑް 9އެއްގެ ދިވެހި ފޮތުގައި 163 ވަނަ ސަފުހާގައިއޮތް ފިލާވަޅުގެ މަސައްކަތް...
ވާހަކައިން ކުށެއް ފެނިއްޖެނަމަ ބުލެނާތި ✌
ކޮމެންޓް ކޮށް ޝެއާކޮއްލާތި...🗨
ކޮޕީކުރަން ބޭބުންވާނަމަ... ބުނެލާތި 😅
🖤

ވަރަށް ސަޅި ވާހަކަ އެއް މީ....😊😊
ހާދިސާ ގެނެސްދިނުން ރަނގަޅެއް ނޫން. ބޭކާރު ވާހަކަ ގިނަ 4/10
ރީތި
ފަކް
ހަހަހަހަ😅
ހަގީގަތުގައި މި ވާހަކަ ގެނެސްދީފައިވާ ގޮތް ވަރަށްވެސް ފުރިހަމަ... މި ހަފުތާ ބަންދަށް އަޅުގަނޑު މެން ރަށުގަ މި ފެށުމަށް ވާހަކަ ލިޔަން ދިނީ.... ވާހަކަ ލިޔާނެ ޚިޔާލެއް ނުލިބިގެން އުޅެނިކޮށް މި ވާހަކަ މި ފެނުނީ.. 😅😅
މީއީ ވަރަށް ރީތި ވާހަކައެތް👍👍👍👍👍👍
Getter
އޯކޭތަ ކޮފީ ކޮއްގެން ވާހަކައެއް ލިޔުނަސް
ވަރަށް ސަޅި ވާހަކައެއް މާޝާ ﷲ
މާޝާﷲ ވަރަށް ރީތި❤️❤️