ލޯބިވެވުމުން - 12

ލަޔާނީ ސިހިފައި ލޯ ހުޅުވާލީ މީހަކު ލަޔާނީގެ ކޮނޑުގައި އަތް ބާއްވައިލުމުންނެވެ. ހެދުމުގެ ފަސްބައިން ވެލި ފޮޅަމުން ތެދުވެ ފަހަތް ބަލައިލިއިރު އާތިފާ ހިނިތުންވެލާފައި ލަޔާނީއާއި ދިމާލަށް ބަލަހައްޓައިގެން ހުރިއެވެ. "ދަރިފުޅާ...ލަޔާ...ހިނގާ ސައިބޯން.މަންމަ މިއައީ ސައި ހަދާފަ.. ގޭތެރެއިން ދަރިފުޅު ހޯދަހޯދާ ނުފެނިގެން މަންމަ މިއައީވެސް..ދެން ހިނގާ." ދެމައިން އެކުގައި ގެއާ ދިމާލަށް ހިގައިގަތެވެ.
ސައިބޯން އިންއިރު ލަޔާނީ އިނީ ނެގިމަޑުވެފައެވެ. ބުނެދޭން ނޭނގޭކަހަލަ ގޮތްނޭނގޭ އިހުސާސެއް ވާތީއެވެ. ވަރުގަދަ ތޫފާނެއްގެ ކޮޅުމަތި ފެންނަހެން ހީވާތީއެވެ. ލަޔާނީގެ ހިޔާލީ ދުނިޔެއިން ނުކުއްމާލީ
އަނެއްކާވެސް އާތިފާގެ އަޑެވެ. "މަންމަ އަޑުއެހިން އައިހަމް މެލޭޝިޔާއިން އަންނަ ވާހަކަ...އަންހެނުންނާއެއްކޮށް." ލަޔާނީ އާތިފާއަށް ލުއި ހިނިތުންވުމެއް ދިނެވެ. "ރަނގަޅުތާ...އަހަރެންވެސް ވަރަށް އުފާވޭ އައިހަމްއަށް ރަނގަޅު ދިރިއުޅުމެއް ލިބުނީމަ.. އައިހަމްއަކީ އަސްލު ވަރަށް ރަނގަޅު މީހެއް... އައިހަމްގެ އަންހެނުންވަރަށް ނަސީބުގަދަ."
ދެމައިން އޮލަ ވާހަކައިގައި ތިބެ ސައިބޮއެ ނިންމާލިއިރު އިރުއޮއްސި މައުރިބަށް ގޮވަން އުޅެނީއެވެ. ތަށިތަށް ދޮވެ ނިންމާލުމަށްފަހު އާތިފާ ނަމާދަށް ވަނުމުން ލަޔާނީވެސް ވަނީ ކޮޓަރިއަށެވެ. އެނދުމަތީގައި އޮށޯވެލައިގެން އޮވެ ލޯމަރާލިއެވެ. ކުއްލިއަކަށް ބާރުއަޑުފަތްގަނޑަކާއިއެކު އާތިފާގެ ހަޅޭކުގެ އަޑު މުޅިގޭތެރޭގައި ގުގުމައިގެން ދިޔައެވެ. ލަޔާނީ ދުވެފައި ކޮޓަރިން ނުކުމެގެން ގޮސް އާތިފާގެ ކޮޓަރިއަށް ވަން އިރު ފާހަން ދޮރުމައްޗަށް ގުޅައަކަށް ޖެހިފައި މަންމަ އޮތެވެ. އަނގައިގެ އެއްމިކަނުން ހޯސްލާފައި ލޭކޯރެއް ފައިބަމުން ދިޔައެވެ. "މަންމާ!!! " ބޮލުގައި ދެއަތް އަޅާ ބާރުބާރަށް ލަޔާނީއަށް ހަޅޭއްލަވައިގަނެވުނެވެ.
ނުނިމޭ.

    Please log in or register to bookmark.
    2k

    ޚިޔާލު

    Your email address will not be published.