ހައްގު - 3

އެއީ ކާކު ހެއްޔެވެ?އެމީހާއާއި އަހަރެންގެ ދަރިފުޅާ އޮތީ ކޮންގުޅުމެއްހެއްޔެވެ?? އެމީހާ އަހަރެންގެ އާއިލާއަށް އޮތީ ކޮން ހަސަދަ އެއްހެއްޔެވެ??

އިތުރު ހާސްކަމެއް ލިބުމުން ގޭގައި ނޯންނާންވެގެން އަހަރެން ބޭރައް ނުކުތީމެވެ. އަހަރެން އުޅޭގެ އަހަންނަށް މިހާރު ވަރަށް ނާމާންވެއްޖެއެވެ.

ބޭރައްނުކުތީ ދާނެވަކި ތަނެއް އޮވެގެނެއް ނޫނެވެ. ނަމަވެސް މަގުމަތީ ހަލަބޮލިކަން އަހަންނަށް މާފަސޭހައެވެ.

ޔުމްނާ!!އަހަރެންސިއްސައިގެން ދިޔައީ އެނަމުން މީހަކު އަހަންނާ މުހާތަބުކުރުމުންނެވެ. އެއީ ނާޒިމް އަހަންނާ މުހާތަބުކޮަށް ލޯބިން ކިޔާ ނަމެކެވެ. ހަމައެކަނި އަހަންނާ ނާޒިމްގެ ނަމެކެވެ. ހުއްޓުން އަރާފައި ހުރި އަހަރެންފެނި އެއަންހެން މީހާވެސް ކުޑަކޮށްހާސްވިއެވެ.

އޯހްްހް!! ސޮރީ އަހަރެން ހީކުރީ ޔުމްނާކަމަށް ! އަހަންނަށް ކިޔައީ ފާތުން.

އަހަންނާދިމާލަށް ބަލާލަމުން އެމީހާ ހިނިތުންވެލިއެވެ. ބަލާބެލުމަށް ވަރަށް ހިތްހެޔޮވައްތަރެއް ޖަހައެވެ.ދެބައިއުމުރުގެ އެއަންހެންމީހާ ފެންނަނީ ޒަމާނާއި ތަހުޒީބަށް ލޯބިކުރާމީހެއް ގޮތުގައެވެ. އަތުގައި ދެތިން ރަން އުޅަލަކާއި އެންމެ ޒަމާނީވައްތަރުގެ އެޕަލް ގަޑިއެއް އަޅާފައިއޮތްއިރު މޫނުމަތީގައި ހުރި ފައުންޑޭސަން ހީވަނީ ދަވާދެއް ހާކާފައި ހުރިހެންނެވެ.

މަޑުމަޑުން ހީލަމުން ސަލާމަށް އަހަރެންވެސް އަތްދިއްކޮށްލީމެވެ.

………………………………..

އަަހަރެން މިތާ ހުންނަތާ ކިހާ ދުވަހެއްވެއްޖެ?! އަދިވެސް އަހަރެންނަށް ޖަވާބެއްދޭކަށް ނުވޭތަ?!! އެއާއިލާގެ ދެމީހުން!!! ކީއްވެތަ?? ކީކުރަންތަ މަހުރިހާ ހައިޖާނުގަނޑަކަށް  ތިވައްދަނީ!!

ހުރިހާ އެއްޗެއް އެއްފައްޗަކަށް ކިޔާލުމުންވެސް އެކޮޅުން އައިޖަވާބު ވަރަށް ކުރެވެ.

އަދި ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެ! އައި ރުޅިން އަތުގައި ހުރިބާރެއްލާފައި ފޯނުފާރުގައި ޖެހިއެވެ. ރުޅިގަނޑު މަތަނުވެގެން ބެލްކަންޏަށް ނުކުތީ ހާސްވާތީއެވެ. މަގުމަތި ބަލަހައްޓައިގެން ހުއްޓައި ކުއްލިއަކަށް ލޮލުގައި އަޅާގަތީ މަގުމަތިން ހިގާފައި ދިޔަ ދެއަންހެނުންނެވެ. ފާތުން... ދުލައް އެނަން އައުމާއެކު އިތުރަށް ހާސްވިއެވެ. އަނެއްކާ އަނެއްކަންތަކާ ޖެހުނީއެވެ. މީނަމިތަނަށް އައިސް ކޮންމެވެސް ހައިޖާނުގަނޑެއް ހަދާނެއެވެ.

ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހުމަށްފަހު އަލަމާރި ހުޅުވާލިއެވެ. އަލަމާރީގެ އެއްކަބަނޑު އެއްކޮށް ފުރިފައި ހުރީ މުށި ކުލައިގެ ލެންސުންނެވެ. އެތަނުންއެއް ލެންސު ނަގާ ލޮލައް ލައްވާލިއެވެ. ބަލާބެލުމަށް މިސްރާބުހުރީ ބޭރައްދިޔުމަށެވެ.

…………………………

އަހަންނަށް ހީވަނީ އަލައް ރައްޓެއްސެއް ލިބުނު ހެންނެވެ .  ދުވަސްގަނޑަކަށްފަހު ވާހަކަދައްކާލާނެމީހަކު ލިބުނީމައި އަހަންނަށް ނޭނގޭ ހިންހަމަޖެހުމެއް ލިބުނެވެ. ފާތުންނާއެކިކަހަލަ ވާހަކަދައްކަމުން މިދެވުނީ ގެއާމާދުރައްކަންވެސް އެގުނީ ނުދަންނަ ފިހާރަތަކެއް ލޮލުގައި އަޅާގަތުމުންނެވެ.

ވަރަށް ލަސްވެއްެޖޯ! އަހަރެން މާގިނައިން ދުރުބަލަންފެށުމުން ފާތުންނަށް އެގުނުކަހަލައެވެ. މަޑުމަޑުން ބޯޖަހާލުމުން ދެންވެސް ވާހަކަދެއްކީ ފާތުންނެވެ.

އަހަރެންގެ ގެ ހުންނާނީ މިތާ ކައިރީގައި! މިހިސާބަށް އައިސް ކޮފީއެއްބޯލައިގެނެއްނު ދާނީ. އަހަންނަކީވެސް އެކަނި އުޅޭމީހެއް! މިހެން މަދުފުރުސަތެއް ލިބޭނީ މީހަކާ ފްރެންޑްވެލެން.

ފާތުން ދޫނުކޮށް ކިޔަންފެށުމުން އަހަންނަށްވެސް ޖެހުނީ އާބަސްްބުނާށެވެ. އެހެންނޫނަސް މިހާރު އަހަރެން ހޯދާނެމީހަކު މިމާލޭ ފަސްގަނޑަކު ނޫޅޭނެއެވެ.

5 ބުރިއަށް ހަދާފައި ހުރި އެއިމާރާތް ބޭރުންވެސް ފެންނަނީ ސާދާކަމެވެ. މިޒަމާނު މީހުން ކިޔާ 'މޮޑާން'' އެއިމާރާތައް އެކަނި ބަލާލުމުންވެސް ފެނިގެންދެއެވެ. ފާތުންބުނާގޮތުންނަމަ އޭނާ އުޅެނީ 3 ވަނަ ފަންގިފިލާގައި އެކަންޏެވެ.

އަހަންނާއެކީ ގޭތެރެއަށް ވަދެގެންދިޔަ ފާތުން ކުއްލިއަކަށް ހުއްޓުމުން އަހަރެން ފާތުންގެ މޫނަށް ބަލާލީމެވެ. ދެލޯ ބޮޑުވެފައި ހުރިއިރު އެމޫނުން އެހެންޏާ ނުފެންނަ ހާސްކަމެއް ފެންނަން ހުއްޓެވެ. ތަނަވަސް ސިޓިންރޫމްގެ ސޯފާގައި އިން ފިރިހެން ކުއްޖާ އަހަރެންގެ ލޮލުގައި އަޅާގަތީ ދެނެވެ. ބަލާބެލުމަށް ވާނީ 22 ވަރަކަށް އަހަރެެވެ. ސޯފާގައި ހަމަޖެހިލައިގެން އިންއިރު މޫނުމަތީގައި ފަވާލެވިފައިވާ ނުލަފާ ހިނިތުންވުމެކެވެ. ފާތުންގެ މޫނުމައްޗަށް އެކަނި ބެލުމުންވެސް އެޒުވާނާއަކީ މިގޭގައި މިވަގުތު ހުރެގެންވާނޭ މީހެއް ނޫންކަން އަހަންނަށް ރެޔަކާލިއެވެ.

    Please log in or register to bookmark.
    2k

    ޚިޔާލު

    Your email address will not be published.