ޔަލާ - 12

މި ބައި އެހާ ލަސްވި ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.

****

"ހުނ.. އަދި ކޮން ކަމަކާތަ އޭނަ އެ ފުއްޕަނީ.. އޭނަ އާ ދުރުގަ ހުންނާށޯ.. އޭނަ އޭ މާ މަތީ މީހެއްތަ.. ކުރިން ފަހަރު އެހެން ވިޔަކަސް މިފަހަރު.. މިކަން ކާމިޔާބު ކުރާނަން..އޭނަ އަކަށް ނުކުރެވޭނެ އެއްކަމެއްވެސް.." ނޯޓް ފޮތެއް ހިފައިގެން އިން ރީޝް އޭނާގެ 'ޕްލޭން' ލިޔަމުން ދިޔައެވެ. އައިސްފައިވާ ރުޅިން އަތުގައި އޮތް ގަލަން ބިންދައިގެން ދިޔައިރުވެސް ނޭނގުނެވެ. އޭނާގެ ރުޅިގަނޑު އެ ފޮތަށް ބާލަމުން ދިޔައިރު ހިތުގައި ވަނީ އެންމެ ކަމެކެވެ. ބަދަލު ހިފުމެވެ. އަދި އޭނާގެ ލޯބި ހާސިލް ކުރުމެވެ. ކޮންމެ ގޮތަކުން ވިޔަސް އެއީ އޭނާގެ މީހަކަށް ވާން އޭނާ ނުހަނު ބޭނުމެވެ. އެކަމށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް މެއެވެ.
***
މެންދުރުގެ ވަގުތެވެ. ޔަލާ ހުރީ އިނާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ބަރާބަރު އެއްގަޑި ބައިވިއިރު އިނާ ހުރީ ޔަލާގެ ގޭގައެވެ. މާދަމާ އަކީ ޒެއިންގެ އުފަންދުވަހެވެ. އެހެންކަމުން އެ ދުވަސް ފާހަގަ ކުރުމަށް ތައްޔާރުވުމަށް އޭނާއަށް އިނާގެ އެހީތެރިކަން ބޭނުންވެއެވެ. އޭނާގެ އުފަންދުވަސް އެހާ ޚާއްސަ ކޮށްދިނުމުން އޭނާވެސް އެދުވަސް އެހާ ޚާއްސަ ކޮށްދެން ބޭނުމެވެ. ދެމީހުން އެކީގައި ބަދިގެއަށް ވަދެ މަސައްކަތް ކުރަން ފެށީ އެކިވާހަކައިގައި ތިބެއެވެ.
"ހޭ ޔަލޫ.." ޔަލާ ބަދިގެއަށް ވަތްތާ މާ ގިނައިރެއް ނުވަނިސް ޒެއިން ޔަލާ އަށް ގުޅިއެވެ. "ހެއި ޒެން.." ޔަލާ ހީލަމުން ވާހަކަ ދެއްކިއެވެ. "ކީއް ތި ކޮށްލަނީ.. ޔަލް ފްރީތަ މިއަދު.." ޒެއިން އެހިއެވެ. "އަމް.. މިހާރު މިއުޅެނީ ކުޑަކަމަކު.. ކިހިނެއްވީ.." ޔަލާވެސް ސުވާލެއް ކޮށްލިއެވެ. "އޮހް.. އޯކޭ.. ތަނަކަށް ދާން ކަމަށް.. ހަވީރު ފްރީވާނެތަ.." ޒެއިން ހީލަމުން ބުންޏެވެ. " ސޮރީ.. ހިޔެއް ނުވޭ ހަވީރުވެސް ނިމޭނެ ހެނެއް.." ޔަލާ މަޑުމަޑުން ބުނެލިއެވެ. "އިޓްސް އޯކޭ.. ދެން އެހެން ފަހަރަކުން ދޯ.." ޒެއިން އެކަން މާ ބޮޑުކަމަކަށް ނުހަދައެވެ. "ތޭންކްސް.." ޔަލާ މިހެން ބުނަމުން ފޯނު ބޭއްވިއެވެ.
"ޒެންތަ؟.." ފޯނު ބާއްވަމުން ގޮނޑީގައި އިށީނދެލި ޔަލާ އަށް ބަލާލަމުން އިނާ އަހާލިއެވެ. "އާނ.." ޔަލާ މަޑުމަޑުން ބުންޏެވެ. "ކީއްވިއްޔޯ.." އިނާ ހީލަމުން އެހިއެވެ. "ކޮންމެސް ތާކަށް ދާން.. ފްރީހޯ.. އަޅެ ހަމަ މިއަދުތަ އިނގުނީ ތި ތަނަކަށް ދާންވެސް.." ޒެއިން އާ އެކީގައި ނުދެވޭތީ ޔަލާ ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް މިރޭ ޒެއިން ފެންނާނެކަން ހަނދާންކޮށް އޭނަ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. " ހޫމް.. ދެން ރުޅިނައިސް އާދެބަލަ މި ނިންމަން.." އިނާ ޔަލާގެ ގައިގައި ޖެހިގަންނަމުން ހީގަތެވެ. ޔަލާވެސް ހިނިތުންވެލަމުން އިނާ އާއެކީގައި މަސައްކަތް ކުރަން ފެށިއެވެ.
ދެތިންގަޑިއިރުގެ މަސައްކަތަށްފަހު އެދެމީހުން ހަދަމުން ދިޔަ ކޭކު ނިމުނެވެ. ކަޅާއި ނޫކުލައިން ޑިޒައިންކޮށްފައިވާ އެ ކޭކުގެ އެއް އަރި މަތީގައި މަޑު ނޫކުލައިން ރާޅު ތަކެއްގެ ބައްޓަން ހަދާފައިވެއެވެ. އަދި ކޭކުގެ މަތީގައި ރީތި ފޮންޓަކުން 'ހެޕީބާރތްޑޭ ޒެން' ޖަހާފައިވެއެވެ. ކޭކު ބެހެއްޓުމަށްފަހު ދެން އެމީހުން މިސްރާބު ޖެހީ ރަށުގެ ތުނޑިއާ ދިމާއަށެވެ. އާއްމުކޮށް މީހުން އުޅޭހިސާބާއި ތަންކޮޅެއްދުރުގައި ރީތިގޮތަކަށް ހަދާފައި ހުރި ޓްރީހައުސް އެއް ކައިރީގައި އެދެމީހުން ހުއްޓިލިއެވެ.
އެ ޓްރީހައުސްގައި ހުރި ކުޑަ މޭޒު މަތީގައި އެމީހުން ގެންދިޔަ އުއްބައްތިތައް ޖަހާލިއެވެ. ހަޓްގެ ވަށައިގެން ވެސް އުއްބައްތިތައް ރީތި ގޮތަކަށް އަތުރާލުމަށްފަހު އެތަނަށް އަރަން ހުރި ސިޑިކޮޅުމަތީގައި ރަތާއި ފިޔާތޮށި ކުލައިގެ ފިނިފެންމާ ފިޔަތައް އަޅާލިއެވެ.
ބޭނުންވާވަރަށް އެތަން ރީތިކުރެވުމުން ދެމީހުން އެކީގައި ގެއަށް ދާން ހިނގައިގަތްއިރު ހުރީ އިރުއޮއްސިފައެވެ. ވެފައި ހުރި ވަރުބައްޔާއިއެކު ގެއަށް ދިޔަ މަގުމަތީގައި ހުރި ކެފޭއަކަށް ދެމީހުން ވަދެލީ އެއްޗެއް ބޯލުމަށެވެ.
"ޓޫ ބަނާނާ މިލްކްޝޭކް.." ޔަލާ ކައުންޓަރ ކައިރީގައި ހުއްޓިލާ އޯޑާރ ދިނުމަށްފަހު ގޮސް ބޭރުގައި ހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. އަތްދޮވެލުމަށްކަމަށްބުނެ އިނާ އެތެރޭގައި ހުރި ސިންކް ކައިރިއަށް ދިއުމުން ޔަލާ އިށީނދެލައިގެން އިން ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ޖީބުގައި އޮތް ފޯނު ނަގައި ފޭސްބުކަށް ވަދެ ލިބިފައިވާ ބައެއް މެސެޖުތަކަށް ރިޕްލައިކުރަންފެށިއެވެ.
ޔަލާ ސިހުނީ ކުއްލިއަކަށް މީހަކު އޭނަގެ ނަމުން ގޮވާލުމުންނެވެ. "ޔަލް.." ފަހަތް ބަލާލި ޔަލާގެ މޫނުމަތި ބަނަވެގެން ދިޔައީ ފަހަތުގައި ހުރި އަލޫކް ފެނިފައެވެ. އަދި އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރި ފޯނަށް ނަޒަރު ހުއްޓާލިއެވެ. "ޔަލް.. ކީއްވެތަ މަ އިގްނޯ ކުރަނީ ތި..؟" އަލޫކްގެ އަޑުގައި މާޔޫސްކަން އެކުލެވިފައިވާކަހަލައެވެ. ނަމަވެސް ޔަލާ އަށް އަލޫކް ކިޔާ އެއްޗެއްގެ އަޑު އިވޭކަމަށްވެސް ހަދާ ނުލައި އެއިންގޮތަށް އިނެވެ. "ޔަލް.. ." އަލޫކް މަޑުމަޑުން ކުރިއަށް ޖެހިލާފައި ޔަލާގެ އަތުގައި ހިފައިލިއެވެ. ޔަލާ ސިހިފައި އަތް ދަމައިގަތެވެ. މީގެ ކުރީގައި ކިތަންމެ އުނދަގޫ ކުރިނަމަވެސް އަލޫކް އޭނަގެ ގައިގައި އަތްލާފައެއް ނުވެއެވެ. ޔަލާ ރުޅިވެރި ނަޒަރަކުން އަލޫކް އާއި ދިމާއަށް ބަލާލުމަށްފަހު އަނެއްކާވެސް ފޯނަށް ބަލައިލިއެވެ. އަލޫކް އިތުރު އެއްޗއް ބުނަން އުޅެނިކޮށް އެދިމާއަށް އައި އިނާ ފެނިފައި އެތަނުން ދުރަށް ދިޔައެވެ. "ޔޫ ވިލް ބީ މައިން.. ބޭބީ ޑޯލް.." ޔަލާ އާ ދިމާއަށް ބަލާލުމަށްފަހު އެއްމިޔަކަނުން ހީލަމުން އަލޫކް އެތަނުން ދިޔައެވެ.
"ކީއްވީ..؟" ޔަލާގެ މޫނުމަތީގައިވި ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނިފައި އިނާ އަހާލިއެވެ. "ދެންމެ އެ އަލޫކް އައި.. އެންޑް ހީ އިވެން.. ޓަޗްޑް މީ.. އަގްހް.." ޔަލާ ހިފަހައްޓައިގެން އިން ފޯނު މޭޒުމަތީގައި ބާއްވަމުން ވާހަކަ ދެއްކިއެވެ. "ވަޓް..؟ އޭނަ ކަންތައް މާ މައްޗަށް ތި ދަނީ.. ދެން ޖެހޭނި ޒެން ކާރީގަ ބުނަން.." އިނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމާއި ރުޅިވެރިކަމުގެ ކުލަވަރުތަކެވެ. "އާނ.. އެކަމް ދެން މިރެއަކު ނޫނެއްނު.." ޔަލާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު އެމީހުންގެ މިލްކްޝޭކް ގެނައުމުން އެ ބުއިމަށްފަހު ދެމީހުން އެކުގައި ނިކުމެ ގެއާއި ދިމާއަށް ހިނގައިގަތެވެ.
"މިތާކު ނެތް ލާނެ ހެދުމެއްވެސް.." ޔަލާ ކްލޮސެޓް ކުރިމަތީގައި ހުރެގެން ފަހަރަކު ހެދުމެއް ނަގާ އުކަމުން ދިޔައެވެ. "އަޅޭ.. ތީނދީވެސް ނުލާހިކު ލޯބި ހެދުމެއް.." ފެހިކުލައިގެ ކަކުލާ ހަމައަށް އަންނަވަރުގެ ހެދުމެއް ދައްކަމުން އިނާ ބުންޏެވެ. "ނޯ.." ޔަލާ ރުޅި މޫނު ހަދާލިއެވެ. "މިޔޯ..؟" ރަތްކުލައިގެ ޓޮޕްކޮޅެއް އިނާ ދައްކާލިއެވެ. ނަމަވެސް ޔަލާއަށް އެވެސް ކަމަކު ނުދިޔައެވެ. އެތައް އިރެއްފަހުން ޔަލާއަށް ކަމުދާ ހެދުމެއް ފެނުމުން އިނާ ގެއަށް ދިޔައެވެ.
"ހޭ ނާއްކޮ.. މިރޭ ބިޒީތަ..؟" ވަރުބަލިކަމާއިއެކު އެނދުގައި އޮށޯވެލައިގެން އޮތް އިނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައީ ފޯނަށް އައި ވިޝާލްގެ މެސެޖު ފެނިފައެވެ. "ނޯ.." އިނާ އަވަހަށް ރިޕްލައި ކޮށްލިއެވެ. "ކެން ޔޫ ގޯ ފޮރ އަ ރައިޑް ވިތް މީ ޓުނައިޓް..؟" ވިޝާލްގެ މެސެޖު ލިބުމުން އިނާގެ ތުންފަތްމައްޗަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި އަވަސް އަވަހަށް ރިޕްލައި ކުރަން އުޅެނިކޮށް އޭނަގެ ފޯނުން ޗާޖު ގޮސްގެން ނިވުނެވެ. "އާހް.. ޑޭމް އިޓް.." އިނާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އަވަހަށް ފޯނު ޗާޖަށް ޖެހިއެވެ.
އަތިރިމަތީގައި އިން ވިޝާލް ކަންބޮޑުވެފައި އިނީ އިނާގެ ޖަވާބެއް ނުލިބުމުންނެވެ. އިނާ އެއްބަސް ނުވީކަމަށް ހީކޮށް އެހެން އެހުނު މޮޔަ ހީވެފައި އިންދައި އިނާގެ މެސެޖެއް ލިބުނެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު ވިޝާލް އެ މެސެޖު ބަލައިލިއެވެ. "ޝުއަރ.." އިނާގެ މި މެސެޖު ފެނިފައި ވިޝާލް އަށް އުފަލުން ފުންމައިގެން ތެދުވެ ނަށާލެވުނެވެ. އަދި އިނާ ކައިރީގައި ނުވަގަޑި ބަޔަށް ތައްޔާރުވެގެން ހުރުމަށް ބުނެފައި ގެއާ ދިމާލަށް މިސްރާބު ޖެހި ވިޝާލްގެ މޫނުމަތީގައި ކާމިޔާބީގެ ހިނިތުންވުމެއް ވެއެވެ.
"އިނާ.." ޔަލާ އިނާ އަށް ގުޅައިލިއެވެ. "ޔާހް.." އިނާ ފޯނު ނެގުމަށްފަހު ވާހަކަ ދެއްކިއެވެ. "އަމް.. ޔަލް ބުނީ ކިހިނެއްތަ ކޭކު ގެންދާނި އެތަނަށް..؟ އިނާ އަށް ގެންގޮސް ދެވިދާނެތަ..؟" ޔަލާ ގުޅި ބޭނުން ހާމަ ކޮށްލިއެވެ. "އިނާ.. މިރޭ.. ބިޒީވެއްޖެ.. ހަނާ ކައިރީ ބުނަންވީނު.." އިނާ ހީލަމުން ބުންޏެވެ. " ކުއްލިއަކަށް ކޮންކަމަކާ ބިޒީ ވީ..؟" ޔަލާ އަހާލިއެވެ. "އަމް.. އެއީ.. މި.. ކުޑަކަމަކުއޭ.." އިނާ އަޅައަޅައި ގަންނަމުން ބުންޏެވެ. "އޫހް.. އެކަމް ހިޔެއްނުވޭ އެހާ ކުޑަކަމެއްހެނެއް.." ޔަލާ ހީގަތެވެ. "ދެން ހަމަ.." އިނާ ބުނެލިއެވެ. "ހެއްހެއް.. އޯކޭ.. ދެން ހަނާ ކައިރީ ބުނާނީ ދޯ.. ބާއި.." ޔަލާ ހީލާފައި ފޯނު ބޭއްވިއެވެ. އަދި ހަނާއަށް ގުޅައި ކޭކު ގެންދިއުމުގެ ކަންކަން ހަމަޖެއްސިއެވެ. ޔަލާ މަޑުމަޑުން ހިނގާލާފައި ގޮސް ކާގެއަށްވަދެ މޭޒުމަތީގައި އޮތް ކޭކު ކައިރީގައި ވަޅިއަކާއި ކޭކުގައި ޖެހުމަށް އުއްބައްތިތަކެއް ބޭއްވިއެވެ. އަދި އަނެއް ފަރާތުގައި ޕެކް ކޮށްފައި އޮތް ހަދިޔާ ބާއްވާފައި ނިކުމެގެން ގޮސް ކޮޓަރިއަށް ވަނެވެ.
"ހޭއި ޔަލޫ.." ފޫހިވެފައި އޮތް ޒެއިން އަށް ޔަލާ ގުޅުމުން އުފާވެރިކަމެއް ލިބުނެވެ. "ހޭ ޒެން.. އަމް.. މިރޭ ފްރީތަ.." ޔަލާ މަޑުމަޑުން އަހާލިއެވެ. "ޔާހް.. ކީއްވީ.." ޒެއިން ހީލިއެވެ. "ބޭރަށް ގޮސްލަން ކަމަށް.. .؟" ޔަލާ ހީލަމުން އެހިއެވެ. "ޔާހް.. އޯކޭ.. ދާނަން.. ޓެންގަ. .؟" ޒެއިން ބުންޏެވެ. ޔަލާ އޯކޭ އޭ ބުނަމުން ފޯނު ބޭއްވިއެވެ. އަދި އަވަހަށް ތައްޔާރުވާން ފެށިއެވެ.
ނުވަގަޑި ބައިވިއިރު ވިޝާލް އިނާގެ ގޭގެ ކުރިމަތީގައި އިނީ އިނާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަޅިކުލައިގެ ގަމީހަކާއި ޖިންސެއްގައި އިން ވިޝާލް ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. އޭނާއަށް މާ ގިނައިރު އެހެން އިންނާކަށް ނުޖެހުނެވެ. މަޑުމަޑުން ހިނގާލާފައި އެދިމާލަށް އައި އިނާއާއި ދިމާއަށް ބަލައިލި ވިޝާލް އަށް ހިނިތުންވެލެވުނެވެ. "ޔޫ ލުކް ގޯޖަސް.." ދަނބު ކުލައިގެ ގަމީސް ޓޮޕް ކޮޅަކާއި ޖިންސެއްގައި ހުރި އިނާގެ ކަޅުކަންގަދަ އިސްތަށިގަނޑުގެ ތެރެއިން އޭނަގެ ދޮން މޫނު ހާމަވާން ހުރިލެއް ފުރިހަމަކަމުން ވިޝާލް އަށް ތައުރީފު ނުކޮށްލާ ނުހުރެވުނެވެ. "ޔޫ ޓޫ.." އިނާ ލަދުން ހުރެ އިސްޖަހާލަމުން ވަރަށް ހިތްވަރު ކޮށްގެން އެ ދެ ލަފުޒު އޭނަ އަށް ބުނެވުނެވެ. އަދި އިނާ އެރުމުން ވިޝާލް ސައިކަލު ދުއްވާލިއެވެ.
"ޔަލް.. ޔަލޫ.." ޒެއިން ޔަލާ ބަލައި ދިޔައިރު ޔަލާ ފެންނަން ނެތުމުން ޒެއިން އެތެރެއަށް ވަންނަމުން ޔަލާ އަށް ގޮވައިލިއެވެ. "ވަން މިނެޓް.." ޔަލާ ކޮޓަރީގައި ހުރެފައި ގޮވާލިއެވެ. ހުދުކުލައިގެ ޓީޝާޓަކާއި ރިޕްޑް ޖިންސެއް ލައިގެން ހުރި ޒެއިން ބޯ ހޫރާލަމުން ސިޓިންގ ރޫމްގައި ހުރި ސޯފާގައި އިށީނދެލިއެވެ.
"ހިނގާ ދާން.." ޔަލާ ކޮޓަރިން ނިކުންނަމުން މިހެން ބުނި އަޑު އިވިފައި ސޯފާގައި އިން ޒެއިން ތެދުވިއެވެ. ނަމަވެސް ޔަލާ އަށް ބަލާލަމުން އޭނާ ނެގި ފިޔަވަޅު މަތީގައި ހުއްޓިލެވުނެވެ. ހުދުކުލައިގެ ޓޮޕްކޮޅަކާއި މަޑުނޫކުލައިގެ ކަކުލާހަމައަށް އަންނަ ވަރުގެ ސްކާޓްކޮޅެއް ލައިގެން ހުރި ޔަލާގެ ދިގު އިސްތަށިގަނޑު ހާމައަށް ދޫކޮށްލާފައި ވުމުން ޖާދުވީ ގޮތެއް ހުއްޓެވެ. "ހްމް.. ކީއްތަ ވީ.. .؟" ޔަލާ ހުރީ ޒެއިން ބަލަހައްޓައިގެން ހުރުމުން ރަކިވެފައެވެ. "ހެހެ.." ޒެއިން އިތުރު އެއްޗެއް ނުބުނެ ބޭރަށް ނިކުންނަން ހިނގައިގަތެވެ. "ޔޫ ލުކް ބިއުޓިފުލް.. މާޝާ ﷲ.." ޒެއިން ބޭރަށް ނިކުމެ ޔަލާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. "ތޭންކްސް.. ޔޫ ޓޫ.." ޔަލާ ޒެއިން އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ޒެއިން ތޭންކްސް އޭ ބުނަމުން ގޮސް ސައިކަލަށް އެރުމުން ޔަލާ އޭނަގެ ފަހަތަށް އަރައި އިށީނެވެ. އެއާއެކު ޒެއިން ޕާކާއި ދިމާއަށް ސައިކަލު ދުއްވާލިއެވެ.
ރެސްޓޯރެންޓެއްގެ ކުރިމައްޗަށް ސައިކަލު މަޑުކޮށްލުމުން އިނާއަށް ހައިރާންކަމެއް ލިބުނެވެ. ނަމަވެސް ސުވާލެއް ނުކޮށް ވިޝާލްގެ ފަހަތުން ހިނގައިގަތެވެ. "ކޯޗެއް ބޭނުމީ.. .؟" ވިޝާލް ރެސްޓޯރެންޓް ތެރެއަށް ވަދެ އިށީނުމަށްފައި އިނާ ކައިރީގައި އަހާލިއެވެ. "އަމް.. ވިޝް އަށް ގެންނަ އެއްޗެއް އޯކޭވާނެ.." އިނާ ހީލަމުން ދުރު ބަލާލިއެވެ. ވިޝާލް އޯކޭ އޭ ބުނަމުން މެނޫ އަށް ނަޒަރު ހިންގާލިއެވެ. "ޓޫ ފްރައިޑް ނޫޑްލްސް އެންޑް އައިސް ކޮފީ.." ވިޝާލް މިހެން ބުނި އަޑު އިވުމުން އިނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. ފްރައިޑް ނޫޑްލްސް އަކީ އެ ރެސްޓޯރެންޓްއިން އޭނާއަށް އެންމެ ކަމުނުދާ އެއްޗެވެ. އެކަމަކު އެހެން ބުނެވުމުން ދެން ޖެހޭނީ ކާންތާއެވެ.. އިނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
ޕާކު ތެރެއަށް ވަދެ ބެންޗެއްގައި ޔަލާ އާއި ޒެއިން އިށީނެވެ. ރޭގަނޑުގެ ވަގުތަށް ވުމުން އެހިސާބުން ދެތިން މީހެއް ފިޔަވައި ނުފެނެއެވެ. "މިއަދު ކީއްކޮށްލީ.." ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ކަނޑުވާލީ ޒެއިންގެ މި ސުވާލުންނެވެ. "އެއީ.. މި.. ކުޑަ ކަމަކު އުޅުނީ.." ނުވިސްނައި އިންދައި އެފަދަ ސުވާލެއް ކުރުމުން ޔަލާއަށް ސިހުން ލިބުނެވެ. "ހޫމް.. ކޮން ކަމެއްތަ.." ޒެއިން އަނެއްކާވެސް އަހާލިއެވެ. "އެއީ ދެން.. ކޮންމެސް ކަމެކޭ.." ޔަލާ ތުން އޫކޮށްލަމުން ބުންޏެވެ. "ހޫމް.." ޒެއިން ލޯ ހަނިކޮށްލަމުން ޔަލާއަށް ބަލާލިއެވެ. ޔަލާ ރައްދުގައި ދޫނެރެލަމުން ހީލިއެވެ. "ޒެން ކޮންތާކަށް ދާންތަ މިއަދު އެގަޑީގަ އުޅުނީ.." ޔަލާ އެހިއެވެ. "އެއީ ފްރެންޑްސް ކޮޅަކާއެކީގަ ޖޫގޯ ބޯން ދާން އުޅުނީ.. ދެން ޔަލްވެސް ގެންދަން ކަމަށް.." ޒެއިން ހީލިއެވެ. "އޮވހް.. އެހެން ދޯ.." ޔަލާ ވެސް ހީލަމުން ދުރުބަލާލިއެވެ. ޒެއިން އަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ޔަލާގެ ފޯނަށް މެސެޖެއް އައުމުން ޔަލާ އަވަހަށް ފޯނު ނަގައި ބަލާލިއެވެ. "ކޮން އިރަކު ގެންދަންވީ.." ލިބިފައި ވަނީ ހަނާގެ މެސެޖެކެވެ. "އިލެވެންގަ އޯކޭވާނެ.." ޔަލާ އަވަސްއަވަހަށް ރިޕްލައިކޮށްލުމަށްފަހު ޒެއިން އަށް ފެނުމުގެ ކުރިން ފޯނު ލޮކްކޮށްލުމަށްފަހު ބާއްވައިފިއެވެ.
އެއީ ކާކުކަން އިނގެން ބޭނުންވެފައި ހުރިނަމަވެސް ޒެއިން އެކަމާއި ބެހޭގޮތުން ސުވާލެއް ނުކޮށް އިނެވެ. "ދެން މިގަޑީގަ ހިނގާބަ.." ޒެއިން ބުންޏެވެ. "ކޮންތާކަށް.." ޒެއިން ބުނި އެއްޗެއް ޔަލާ އަކަށް ނުވިސްނުނެވެ. "ޖޫގޯ ބޯން.. .؟" ޒެއިން ހީލަމުން ޔަލާ އާ ދިމާލަށް ބަލާލިއެވެ. "އޯކޭ.. ހިނގާ.." ޔަލާ ތެދުވިއެވެ. ދެމީހުން އެކުގައި ގޮސް ސައިކަލަށް އަރައި ރެސްޓޯރެންޓާއި ދިމާއަށް މިސްރާބުޖެހީ ޖޫގޯ ގަތުމަށެވެ.
ކުރިމަތީގައި ހުރި ކާއެއްޗިއްސަށް ބަލަހައްޓައިގެން އިނާ އިނީ އޭނަގެ ކޮފީތަށީގައި އިން ހޮޅި ހަފާލަހަފާލައެވެ. "ނުކަނީ.. .؟" އިނާ ކޮފީތަށި ނެގި ގޮތަށް އިނުމުން ވިޝާލް އަހާލިއެވެ. "އުހުމް.." އިނާ މަޑުމަޑުން ކޮފީތަށި ބަހައްޓަމުން ކައިރީގައި އޮތް އޫ ނެގުމަށްފަހު ނޫޑްލްސް ކޮޅެއް ނަގައި އަނގައަށް ލިއެވެ. އެތައް އިރެއް ވަންދެން އެ ހަފަހަފާ އިނދެފައި ވަރަށް ހިތްވަރުކޮށްގެން ދިރުވާލިއެވެ. އިނާ އިސް އުފުލާ ބަލާލިއިރު ވިޝާލް ހެވިފައި އޭނަ އާ ދިމާއަށް ބަލަހައްޓައިގެން އިންތަން ފެނިފައި ހީލަމުން އަނެއްކާ ކާންފެށިއެވެ.
"ޓޫ ސްޓްރޯބެރީ ޖޫގޯ.." ޒެއިން ޔަލާ އާ އެކީގައި ރެސްޓޯރެންޓަށް ވަދެ ކައުންޓަރ ކައިރީގައި މަޑުކޮށްލުމަށްފަހު ބުނެލިއެވެ. އަދި އެތާނގައި ހުރި މޭޒެއް ކައިރީގައި އިށީނެވެ. "އެތިބީ.. އިނާ މެން.. ..؟" ޔަލާ އަށް އެއްލި ކަޅިއަކުން ތަންކޮޅެއް ދުރުގައި ތިބި އިނާ އާއި ވިޝާލް ފެނުނެވެ. ޒެއިން ހައިރާން ވެފައި ފަހަތަށް އެނބުރި ބަލައިލިއެވެ. "އެއީ ދޯ މާ ބިޒީ ވެގެން އެ ކުރާކަމަކީ މިރޭ.. ހުނ.." ޔަލާ ތުން އަނބުރާލަމުން ޒެއިން ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އެވަގުތު ޒެއިންގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އަދި އޭނަގެ ފޯނު ނަގައި ވިޝާލްގެ ނަމްބަރަށް ގުޅައިލިއެވެ.
"ހޭ ބްރޯ.." ވިޝާލް ފޯނު ނެގުމާއެކީގައި ޒެއިން ބުންޏެވެ. "ހޫމް.. .؟" ވިޝާލް މަޑުމަޑުން ބުނެލިއެވެ. "ކޮންތާކު ތިއުޅެނީ.. .؟" ޒެއިން ނުހުނުމަށް މަސައްކަތް ކުރަމުން އެހިއެވެ. "އަމް.. މި އުޅެނީ ގެއަކު ނޫން މިހާރަކު.. ކީއްތަވީ..؟" ވިޝާލް ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުންނެވެ. "ވަރަށް ބޮޑު ކަމަކު އޭ.." ޒެއިން ބުނެލިއެވެ. "އަޅެ.. ދެން މިހާރަކު ނުދެވޭނެ.. އަނެއްކާ ކިހިނެތް ވީ.." ވިޝާލްގެ އަޑުގައި ކަންބޮޑުވުން އެކުލެވިފައިވެއެވެ. "ހޫމް.. ދެން އަޅާ ނުލާ ދޯ.. އެކަމް އަހަރުންނަށް ވެސް އަންގާލައިގެން އުޅެބަލަ އަޅެ.." ޒެއިން ޔަލާއާ ދިމާއަށް ބަލާލާފައި ހީލަމުން ވިޝާލްއާއި ވާހަކަ ދައްކަމުން ދިޔައެވެ. "އޭނ.. .؟" ވިޝާލް ރެސްޓޯރެންޓްގެ ތެރެއަށް ނަޒަރު ހިންގައިލިއެވެ. ޒެއިން ފޯނު ކަނޑާލަމުން މޭޒުގައި ބޯ ޖަހާލިއެވެ. އެމީހުން ތިބީ ވިޝާލް އާއި ފުރަގަސް ވާގޮތަށް ކަމުން ވިޝާލް އަށް އެމީހުން ފެންނަގޮތެއް ނުވިއެވެ. އެވަގުތު އެމީހުންގެ ޖޫގޯ ގެނައުމުން ރުފިޔާ ދެއްކުމަށްފަހު އަވަސްއަވަހަށް އެތަނުން ނިކުތެވެ. ބޭރަށް ނިކުމެވުމާއިއެކީގައި ދެމީހުންނަށް ބާރުބާރަށް ހެވެން ފެށުނެވެ.
"އަނެއްކާ އޭނަ އަށް އިނގުނީތަ މިތާ އަހަރުން ތިބިކަން.. .؟" ވިޝާލް ފޯނު ބާއްވާފައި އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. "ކިހިނެއްވީ.." ވިޝާލް ހިޔާލަކަށް ގެއްލިފައި އިންހެން ހީވުމުން އިނާ އަހާލިއެވެ. "ކަމެއް ނުވޭ.." ވިޝާލް ހިނިތުންވެލިއެވެ.
ރެސްޓޯރެންޓުން ނިކުމެގެން އަނެއްކާވެސް ޒެއިން އާއި ޔަލާ މިސްރާބު ޖެހީ ޕާކާއި ދިމާއަށެވެ. ޕާކަށް ވަދެ ބެންޗެއްގައި އިށީނދެލުމަށްފަހު ޔަލާ ފޯނު ނަގައި ގަޑި ބަލައިލިއެވެ. އޭރު އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. "މި އުއްބައްތިތައް ރޯކުރަންވީތަ.." ޔަލާ އަށް ލިބުނީ ހަނާގެ މެސެޖެކެވެ. "ޔާހް.. އެންޑް ގެއަށް ގޮއްސަ އަންގާލައްޗޭ.." ޔަލާ އިނާގެ މެސެޖަށް ރިޕްލައި ކޮށްލުމަށްފަހު ފޯނު ބޭއްވިއެވެ.
ވިޝާލް އާއި އިނާ ރެސްޓޯރެންޓްއިން ނިކުމެގެން މިސްރާބު ޖެހީ ބަނދަރާއި ދިމާއަށެވެ. އެތަނުގައި އެތައް އިރެއް ވަންދެން އެކި ވާހަކަ ދައްކަން ދެމީހުން ތިއްބެވެ. "ހާދަ ލަސްވެއްޖޭ.. ހިނގާ ދާން.." އިނާ ތެދުވަމުން ވިޝާލް އަށް ބުނެލިއެވެ. ބޯ ޖަހާލަމުން ވިޝާލް ތެދުވިއެވެ. އިނާ ހީލަމުން ގޮސް ސައިކަލު ކައިރީގައި މަޑުކޮށްލިއެވެ. ވިޝާލް އިނާ އަށް ބަލައިލިއެވެ. މިރޭ އޭނަ ކުރަން ދިޔަ ކަންތައް ކޮންމެހެންވެސް ކުރަން ވިޝާލް ބޭނުންވިއެވެ. ޖެހިލުންވެ ހުރެ ވިޝާލް އިނާއާއި ދިމާއަށް މަޑުމަޑުން ހިނގައިގަތެވެ.
"އައިމް ހޯމް.." އިރުކޮޅެއްގެ ފަހުން ޔަލާ އަށް ހަނާގެ މެސެޖު ލިބުނެވެ. "ތޭންކްސް.." ޒެއިން އާއި ދައްކަން އިން ވާހަކަ ހުއްޓާލުމަށްފަހު ޔަލާ ހަނާގެ މެސެޖަށް ރިޕްލައި ކޮށްލިއެވެ. "އެއީ ކާކު.. .؟" ޒެއިން އަށް އަހާލެވުނެވެ. "ހަނާ.." ޔަލާ ބުންޏެވެ. "ހިނގާބަ ހިނގާލަން ދާން.." ޔަލާ އެދުނެވެ. ޒެއިން އޯކޭ އޭ ބުނެލަމުން ތެދުވެ ޔަލާއާ އެކީގައި ޕާކުން ނިކުންނަން ހިނގައިގަތީ ހުސްވެފައިވާ ޖޫގޯ ތަށި ޑަސްބިނަށް ލަމުންނެވެ.
ތުނޑިއާ ހަމައަށް ދެވުމުން ޔަލާ ސައިކަލުން ފައިބައިގެން ޒެއިން އާ އެކީގައި އަތިރިމައްޗާއި ދިމާއަށް ހިނގައިގަތެވެ. ޒެއިންގެ އަތުގައި ހިފައިގެން ހުރެ މޫދު ކައިރިން ހިނގަމުން ދިޔައިރު އެ ކިރުކޮޅެއްފަދަ ދޮންވެލިގަނޑުގެ މަތީގައި އަޅާލާ ކޮންމެ ފިޔަވަޅަކާއި އެކު ޖަހާލާ ކުދި ކުދި ރާޅުތައް އޭނަގެ ފައިތިލައާއި ސަމާސާ ކުރަމުން ދިޔައެވެ. ޔަލާ ގަޑި ބަލައިލިއެވެ. ބާރަޖަހަން ބާކީ ހުރީ ހަތް މިނެޓެވެ. އެހެންކަމުން މަޑުމަޑުން އޭނަ އެމީހުން ޑެކަރޭޓް ކޮށްފައިވާ ޓްރީހައުސް އާ ދިމާލަށް މިސްރާބު ބަދަލުކޮށްލިއެވެ. ޒެއިންގެ ލޯމަތީގައި އަތް އަޅައިގެން ހުރެ ޔަލާ ކުރިއަށް ދިޔައީ ޒެއިން ކުރަމުން ދިޔަ އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއް ނެތިއެވެ. އެހިސާބަށް ދެވުމުން ޔަލާ ޒެއިންގެ ލޯމަތިން އަތް ނެގިއެވެ. "ހެޕީ ބާރތްޑޭ.." ޔަލާ ރީތި ހިނިތުން ވުމަކާއި އެކު ބުނެލިއެވެ.
ޒެއިން އަށް އެއްފަހަރު ޓްރީހައުސް އާ ދިމާއަށް އަނެއްފަހަރު ހިނިތުންވެލައިގެން ހުރި ޔަލާ އާ ދިމާއަށް ބަލާލެވުނެވެ. "ތޭންކްސް ބޭބީ.." ޔަލާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އަދި ކޭކުގެ މަތީގައި ޖަހައިފައިވާ '22' ޖަހައިފައިވާ އުއްބައްތިއަށް ފުމެލަމުން ކޭކު ފަޅައިލިއެވެ. އެތައް ސަކަރާތެއްގައި ތިބެފައި ޔަލާ އަށް ޒެއިން އަށް ދޭން ގެންދިޔަ ހަދިޔާ ނުދެވޭކަން ހަނދާންވުމުން އަވަސްއަވަހަށް ގޮސް ޒެއިން އެ ދިނެވެ. ޒެއިން ހީލަމުން އެ ކަނޑާލިއިރު އޭގައި އޮތް ގަޑި ފެނިފައި ގަބޫލު ނުކުރެވޭފަދަ ގޮތަކަށް ޔަލާ އާ ދިމާއަށް ބަލާލިއެވެ. ޔަލާ ގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. "ތޭންކްސް.." ޒެއިން އަނެއްކާވެސް އެ ގަޑިއަށް ބަލައިލަމުން ބުންޏެވެ. "އެކަމް.. މިއެއް ނޫން ޒެން ބޭނުމީ.. ." ޒެއިން މޫނު މަތިން ދެރަވާކަމުގެ ކުލަވަރު ދައްކާލަމުން ވާހަކަ ދެއްކިއެވެ.
ޔަލާ ހައިރާންވިއެވެ. އޭނާ ކައިރީގައި އަބަދު އެ ގަޑީގެ ރީތި ކަމުގެ ވާހަކަ އާއި އެ ބޭނުންވާވަރު ބުނެއެވެ. "ސޮރީ.. ދެން ކޯޗެއް ބޭނުމީ.." ޔަލާ ވެސް ޒެއިންގެ މޫނު މަތީގައިވި ކުލަވަރު އޭނަގެ މޫނަށް ގެންނަމުން އެހިއެވެ. "ބޭނުމީ.. .." ޒެއިން އެ ގަޑި އެއް ފަރާތެއްގައި ބާއްވާލަމުން ޔަލާ އާއި ކައިރިވެލިއެވެ. ޔަލާ އަށް ޒެއިންގެ ބޭނުމަކީ ކޮބައިކަން އިނގުމުން އިސްޖަހާލެވުނެވެ. "ޒެންން.. ." ޔަލާގެ އަޑުން އޭނަ ލަދުގަނެފައި ވާކަން ހާމަވެއެވެ. "ޔަލޫ.. ދެން ޕްލީޒް.. ޖަސްޓް ވަން ޓައިމް އޭ.. ޕްލީޒް.. .؟" ޒެއިން ގެ މޫނުމަތީގައި އާދޭހުގެ ކުލަވަރުން ޔަލާއަށް އެއްބަސްވުމަށް މަޖުބޫރު ކުރުވި ފަދައެވެ.
ވިޝާލް މަޑުމަޑުން ގޮސް އިނާގެ ކައިރީގައި މަޑުކޮށްލިއެވެ. "ނާއްކޮ.." ވިޝާލް މަޑުމަޑުން ގޮވައިލިއެވެ. "ޔާ.. .؟" އިނާ ފަހަތަށް އެނބުރި ވިޝާލް އާ ދިމާއަށް ބަލައިލިއެވެ. "އަމް.. ވި.. ވިލް.. ޔޫ.. ބީ މައި.. ގް.. ގާރލްފްރެންޑް.. ؟" ވިޝާލް ވަރަށް ހިއްވަރު ކޮށްލާފައި އޭނާ ފަހަތަށް ލާފައިވާ އަތުގައި ވި މާ އިނާ އަށް ދިއްކޮށްލަމުން އަހާލިއެވެ. އިނާއަށް ހައިރާން ކަމާއި އެކުގައި ވިޝާލް އާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. އަދި ވިޝާލް ކައިރިއަށް ޖެހިލުމަށް ފަހު އޭނަ ދިއްކޮށްލައިގެން ހުރި މަލުގައި ހިފިއެވެ. "ޔެސް.." އިނާ ހިނިތުންވެލަމުން ބުނެލިއެވެ. ވިޝާލް އަށް ލިބުނު އުފާވެރި ކަމާއިއެކު އިނާގެ ގައިގައި ބައްދާލެވުނެވެ. އިނާގެ މޫނުމައްޗަށް ރަތްކުލަ ފާއްދާލިއެވެ. އަދި މަޑުމަޑުން ވިޝާލްގެ ގައިގައި އަތް އަޅުވައިލިއެވެ.
ޒެއިން އަށް ޔަލާގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. ހަނދުވަރުގެ ރިހި އައްޔާއި އެތަނުގައިވާ އުއްބައްތިތަކުގެ ރަން އަލިން ޔަލާގެ ދޮން މޫނު ވިދަމުން ދިޔަގޮތުން ޒެއިން އަށް އިތުރަށް ދުރުގައެއް ނުހުރެވުނެވެ. ޒެއިން ކައިރިވަމުން ދިޔަ ވަރަކަށް ޔަލާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ޒެއިންގެ ހޫނު ނޭވާ ޔަލާގެ މޫނަށް އެޅެންފެށުމުން ބޭއިޚްތިޔާރުގައި އޭނައަށް ލޯމަރާލެވުނެވެ. އެވަގުތު ޒެއިންގެ ތުންފަތުގެ ހަދިޔާއެއް ލިބުމުން ޔަލާ އަށް ތަފާތު އިހުސާސް ތަކެއް ކުރެވުނެވެ. އަތްފައި ފިނިވެ ބަނޑުގައި ކުޑަ ހީލިކެރުވުމެއް އުފެދިގެން ދިޔައެވެ. ޒެއިން ދުރުވެލަމުން ޔަލާ އާއި ދިމާއަށް ލޯބިންފުރިގެންވާ ނަޒަރަކުން ބަލާލިއެވެ. އޭރު ޔަލާގެ މޫނު ޗެރީއަކަށްވުރެ ރަތްވެފައިވާއިރު އޭނަގެ ތުންފަތުގެ ތަރްކަން އިތުރުވެފައިވެއެވެ. "އައި ލަވް ޔޫ.." ޒެއިން ވައި އަޑުން ޔަލާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. "ލަވް ޔޫ ޓޫ.." ޔަލާގެ އަޑު ނިކުތީވެސް ކިރިޔަ ކިރިޔާއެވެ. އަދި އަވަސްއަވަހަށް ޒެއިންގެ މޭގައި މޫނު ފޮރުވައިލިއެވެ.
"ހިނގާ ދާން.." ވިޝާލް އިނާ އާއި ދުރުވެލަމުން ސައިކަލަށް އަރައި އިނާ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އެގެއާ ހިސާބަށް ދެވުމުން އިނާ ސައިކަލުން ފޭބިއެވެ. އަދި ގެއަށް ވަނުމަށް ހިނގައިގަތެވެ. "ގުޑްނައިޓް.." ވިޝާލް ހިނިތުންވެ ހުރެ އިނާ އަށް ހަނާއަޅާލިއެވެ. "ގުޑްނައިޓް.." އިނާ ހީލަމުން ގޭތެރެއަށް ވަނެވެ. ވިޝާލް ގެއަށް ދާން ދުއްވައިލީ އިނާ ގެއަށް ވަތްތަން ބަލަން ހުރެފައެވެ.
"ބާއި.." ޔަލާ ގެއަށް ވަންނަން ހިނގައިގަތުމުން ޒެއިން ބުނެލިއެވެ. "ބާއި.." ޔަލާ ފަހަތަށް އެނބުރި ޒެއިންއާ ދިމާއަށް ބަލާލަމުން ހީލިއެވެ. ޔަލާ ގެއަށް ވަނުމުން ޒެއިން އޭނަގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
"ޒެން.." ސައިކަލު ބެހެއްޓުމަށްފަހު އެތެރެއަށް ވަނުމަށް ހިނގައިގަތް ޒެއިން އަށް ހުއްޓެވުނީ މީހަކު އޭނަގެ ނަމުން ގޮވައިލުމުންނެވެ. ފަހަތް ބަލާލިއިރު އޭނައަށް ފެނުނީ ގަހެއްގައި ލެނގިލައިގެން ހެވިފައި ހުރި ރީޝްއެވެ. "ކައެ ކީއްތިކުރަނީ މިތާ.. ؟" ޒެއިންގެ އަޑުގައި ވަނީ ނުރުހުމުގެ އަސަރެވެ. "މި އައީ ވިޝްކޮށްލަން.." ރީޝް ބުންޏެވެ. "މަށަށް ހެޔޮ ކަލޭ ވިޝް ނުކުރިއަކަސް.. މިތަނުން ދާންއުޅޭ.." ޒެއިން ގެއަށް ވަނުމަށް ހިނގައިގަތެވެ. "ހެޕީ ބާރތްޑޭ.." ރީޝް ކުރިއަށް ޖެހިލައި ޒެއިންގެ އަތުގައި ހިފާލަމުން ބުންޏެވެ. "ކިހާ ދެރަކަމެއް..؟ މަ ކީ އެއްޗެއް އަޑު ނީވެނީތަ.. .؟ ވަޓް ދަ ހެކް ޑޫޔޫ ވޯންޓް ފްރޮމް މީ.. .؟" ޒެއިން ރުޅި އައިސްފައި އަތް ފޮޅުވާލަމުން ބުންޏެވެ. "ޔޫ ނޯ ވަޓް އައި ވޯންޓް.." ޒެއިން އާއި ދިމާއަށް ބަލާލާފައި ހީލަމުން ރީޝް ބުނެލިއެވެ. "އެއީ ވާނެ ކަމެއް ނޫނޭ.." ޒެއިން ރުޅިއައިސް ހަލާކު ވާވަރުވެފައިވިނަމަވެސް މަޑުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. "އޯހ.. އިޓްސް އޯކޭ.. ޔަލާ.. .." ރީޝް އެހާ ހިސާބަށް ބުނެލުމަށްފަހު ޒެއިން އާ ދިމާއަށް ބަލައިލީ އެއްމިޔަކަނުން ހީލައިގެން ހުރެއެވެ. "ޔަލް އާ ބެހޭކަށް ހަދާނެކަމެއް ނެތް.. އޭނަ އާ ދުރުގަ ހުރޭ.." ޒެއިން ރީޝްގެ ގައިގައި ޖަހަން އަތް މަޅާލާފައިވެސް ތިރި ކޮށްލިއެވެ. "ޔާހް ޔާހް.. މަ ނޫޅެމޭ އޭނަ އާ ބެހޭކަށް.. ދެން ނުޖެހޭނެ އެކަކަށްވެސް.." ރީޝް ނުލަފާގޮތަކަށް ހީލަމުން ބުނެލިއެވެ. ޒެއިން އަށް ރީޝް ބުނި އެއްޗެއް ދޭހަވުމުން އޭނަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ސައިކަލަށް އަރައިގެން އަނެއްކާ ޔަލާގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
"ޒެން.. .؟" މަޑުމަޑުން ދޮރު ހުޅުވައިލި ޔަލާ އަށް ޒެއިން ފެނުމުން ހައިރާންވިއެވެ. "ޔަލް.. ކެން އައި ސްޓޭ ހިއަރ.؟" ޒެއިން މަޑުމަޑުން އަހައިލިއެވެ. "ޔާހް.. ކިހިނެތް ވީ.. .؟" ޔަލާ އަހާލިއެވެ. ޒެއިން ޔަލާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ޒެއިން އެތެރެއަށް ވަނެވެ. ޔަލާ ދެލޯ ހަނިކޮށްލަމުން ޒެއިންގެ ފަހަތުން ހިނގައިގަތެވެ. "އާރ ޔޫ އޯކޭ.. ؟" ޒެއިން ޔަލާ ކައިރީގައި އެހިއެވެ. "އައިމް ފައިން.." ޔަލާ ހީލިއެވެ. ޒެއިން ބޭރުގައި އޮތުމަށް ދެކޮޅު ހެދުމުން ޔަލާ އަށް ޖެހުނީ އޭނާގެ ކޮޓަރީގައި ޒެއިން ބާއްވާށެވެ. ޒެއިން ތިރީގައި އޮއްތުމުން ޔަލާ އެނދަށް އަރައި އޮށޯތެވެ.
ފަތިސް ނަމާދަށް ގޮވުމުން ޒެއިން އަށް ހޭލެވުނެވެ. "ޔަލް.." ޒެއިން މަޑުމަޑުން ނިދިފައި އޮތް ޔަލާއަށް ގޮވައިލިއެވެ. "ހޫމް.. ؟" ޔަލާ މޯޅިއަކަށް ދެމިލަމުން ތެދުވިއެވެ. "ނަމާދަށް ގޮވައިފި.." ޒެއިން ހީލިއެވެ. އަދި މިސްކިތަށް ދިއުމަށް ނިކުތެވެ. ޒެއިން ދިއުމުން ޔަލާ ނަމާދު ކޮށްލިއެވެ. އަދި ކަޅުކުލައިގެ ޓީޝާޓްކޮޅަކާއި ޖިންސެއް ލުމަށްފަހު ބަދިގެއަށް ދިޔައެވެ.
"ޔަލް.." ކުއްލިއަކަށް ޒެއިން ގޮވައިލުމުން ޔަލާ ސިއްސައިގެން ދިޔައެވެ. "ކީއްތި ކުރަނީ.." ޔަލާގެ ފަހަތުގައި ހުއްޓިލަމުން ޒެއިން އަހައިލިއެވެ. "މިއުޅެނީ ކޮފީ ހަދަން.. ބޭނުން.. .؟" ޔަލާ އަތުގައި އޮތް ކޮފީ ދަޅު ދައްކައިލަމުން އެހިއެވެ. ޒެއިން ބޯޖަހާލަމުން ގޮސް ގޮނޑިއެއްގައި އިށީނެވެ. ކޮފީ ހަދައިގެން ދެމީހުން އެކި ވާހަކައިގައި ތިބި އިރު ވަގުތު ދިޔަގޮތް ވެސް ނޭނގުނެވެ. "ދަނީ އިނގޭ.. ބީ ސޭފް.." ޒެއިން ނިކުމެގެން ދަމުން ބުނެލިއެވެ. "ޔާހް.. ބާއި.." ޔަލާ ހީލަމުން އެތެރެއަށް ވަނެވެ.
ގެއަށްގޮސް ވަނުމާއި އެކީގައި ޒެއިންގެ ލޮލުގައި އަޅައިގަތީ އޭނަ ހޯދަން ގޮސް އިން ވިޝާލްއެވެ. "ހޭ ބްރޯ.." ޒެއިން ހީލަމުން ވިޝާލް އަށް ގޮވާލިއެވެ. "ބްރޯ އޯ.. ކޮންތާކުން ތި އައީ.. ފޯނު ނެގީކީ ނޫން ގުޅާގުޅާ.." ވިޝާލް ދެބުމަ ގޮށްޖަހާލަމުން އެހިއެވެ. "މަ އުޅޭހާ ތަނެއް ބަލަންޖެހޭތަ.. ކަލެއަށް ވެސް ރޭގަ ނުބުނެވުން ވިއްޔަ އުޅުނު ތަނެއް.." ޒެއިން ބުންޏެވެ. "ރޭގަ.. އުޅުނީ ނާއްކޮ އާ އެކީ ބޭރުގައޭ.." ވިޝާލް ބުނެލިއެވެ. "އޯވ.. ސެޓުކޮށްލީތަ މިހާރު..؟" ޒެއިން ކޮޓަރިއަށް ވަންނަމުން އަހައިލިއެވެ. "އާނ.." ވިޝާލް ވެސް ޒެއިންގެ ފަހަތުން ކޮޓަރިއަށް ވަނެވެ. "ކޮންގްރާ ބްރޯ.." ޒެއިން ނިވިފައި އޮތް އޭނަގެ ފޯނު ޗާޖަށް ޖެހިއެވެ. "ހޫމް. ދެން ބުނެބަލަ.. ކޮންތާކުން ތަ ތި އައީ.."ވިޝާލް އަނެއްކާވެސް އަހާލިއެވެ. "ޔަލް ގެއިން.." ޒެއިން ޖަވާބު ދިނެވެ. "ކަލޭ މިހާރު އަބަދު އެތާ ތަ އުޅެނީ.." ވިޝާލް އެހިއެވެ. "އުހުމް.. ރޭގަ ރީޝް އާ ހެދި ދިޔައީ.." ޒެއިން ރީޝްގެ ނަން ކިޔައިލިއިރު އޭނަގެ އަޑުން ރުޅިވެރިކަން ހާމަވިއެވެ. "ރީޝް އޭ.. ؟ އަދިވެސް އޭނަ އެކަމެއް ނުހުއްޓާތަ.. ކުރިން ފަހަރު ދިޔައީމަ މަ ހީކުރީ ނިމުނީ އޭ.." ވިޝާލް ހައިރާން ކަމާއެކު އަހާލިއެވެ. "އާނ.. ބޮޑުކަމެއް.." ޒެއިން ބުންޏެވެ. އެކި ވާހަކައިގައި ތިބެފައި ވިޝާލް ގެއަށް ދިއުމުން ޒެއިން އެނދުގައި އިށީނދެލިއެވެ.
ވިޝާލް ދިޔަތާ އިރުކޮޅެއްފަހުން ޒެއިން އަށް ފޯނެއް އައެވެ. "ހޭ ޒުކް.." ގުޅައިގެން ހުރީ އޭނަގެ ކޮއްކޮ ޒުކާން އެވެ. ވާހަކަ ދައްކަމުން ދަނިކޮށް ޒުކާން ބުނި އެއްޗަކުން ޒެއިންގެ ދެލޯ ބޮޑުވިއެވެ. "ބަޓް.. ރިއަލީ.. ޒުކް.. .؟" ޒެއިންގެ އަޑުގައި ކަންބޮޑުވުން އެކުލެވިފައި ވެއެވެ. "ޔެސް ކުޑަބޭ.." ޒުކާންގެ މި ޖަވާބުން ޒެއިން މާޔޫސް ވިއެވެ. "އޯކޭ.." ޒެއިން ފޯނު ބޭއްވިއެވެ. އެއާއެކު އޭނާއަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. އޭނަގެ މޫނުމަތީގައި ވީ ހާސްކަމެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޭނާއަށް އެހެން އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.
އިރުކޮޅަކާ އޭނަގެ ފޯނު ރިންގްވާ އަޑު އިވެމުން ދިޔަނަމަވެސް ޒެއިން އެއޮތް ގޮތަށް އޮތީ ތެދުވަން ބޭނުން ނުވެފައެވެ. ހިތްވަރުކޮށްލާފައި އޭނާ ތެދުވެގެންގޮސް ފޯނު ނަގައި ބަލައިލިއެވެ. ޔަލާގެ ބައިވަރު މިސްޑްކޯލްތައް ލިބިފައި ވެއެވެ. ޒެއިން ފުން ނޭވާއެއް ދޫކޮށްލަމުން ޔަލާ އަށް ގުޅައިލިއެވެ.
"ހޭ ޔަލޫ.." ޒެއިން ގުޅިތަނާ ޔަލާ ފޯނު ނެގިއެވެ. "ޒެން.. ކިހިނެއްވީ.. ކަމެއް ގޯސްވީތަ.. ކީއްވެ ފޯނު ނުނެގީ.. ކޮންތާކު ތިހުރީ.. އޯކޭތަ ޒެން.." ޒެއިން ގެ އަޑު އިވުމާއެކީގައި ޔަލާ އަށް ބައިވަރު ސުވާލުތަކެއް ކޮށްލެވުނެވެ. ޔަލާ އޭނާ އަށްޓަކައި ކަންބޮޑުވެފައި ވާވަރު ފެނުމުން ޒެއިންގެ ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. "އޯކޭ އޭ ޒެން.." ޒެއިން މަޑުމަޑުން ބުނެލިއެވެ. "އާރ ޔޫ ޝުއަރ.. .؟" ޔަލާ ޝައްކުގެ ރާގެއްގައި އެހިއެވެ. "ޔަ.. .. އަ.. .." ޒެއިންގެ އަޑުބެދި ވާހަކަ ދައްކަން އުނދަގުވުމުން އަވަސްއަވަހަށް އޭނަ ފޯނު ކަނޑާލިއެވެ.
"ސޮރީ.. ޔަލް.." ޒެއިން ޔަލާއަށް މެސެޖު ކޮށްލިއެވެ. "އިޓްސް އޯކޭ.." ޔަލާގެ ޖަވާބު ލިބުނެވެ. "ޒެން.. ވަޓްސް ރޯންގް ވިތް ޔޫ.." ޒެއިން މެސެޖު ޓައިޕް ކުރަމުން ދަނިކޮށް ޔަލާ އަނެއްކާވެސް މެސެޖު ކުރިއެވެ. "އައިމް ފައިން އޭ.. ޔަލް މާ ހާސްވަނީ ތި.. ކަމަކާނުލާ.." ޒެއިން ބުންޏެވެ. "ޒެން.. ޑޯންޓް ލައި ޓު މީ.." ޔަލާ ޒެއިން ބުނި އެއްޗެއް ގަބޫލު ނުކުރާކަން ހާމަވެގެން ދިޔައެވެ. "އަޅެ.. ޒެން އޯކޭ އޭ.. ކަމެއް ނުވެއޭ ޒެން އަކަށް.." ހީލާފައި އިން އިމޯޖީ އަކާއި އެކީގައި ޒެއިން މެސެޖު ކޮށްލިއެވެ. މިގޮތަށް ވާހަކަ ދައްކަން ދެމީހުން ތިއްބައި ޒެއިން އަށް ނިދުނެވެ.
ޒެއިން އަށް ހޭލެވުމާއި އެކު ގަޑި ބަލައިލިއެވެ. ގަޑިން ނުވައެއް ޖެހީއެވެ. އޭނަ ފެންވަރާލައިގެން ބޭރަށް ނިކުމެލިއެވެ. ހެނދުނު ޔަލާގެ ގެއިން ބުއި ކޮފީތަށި ފިޔަވައި އިތުރު އެއްޗެއް ނުކައި ހުރުމުން ޒެއިން ކާގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް ކާހިތް ނެތުމުން ފިހާރައަކަށް ގޮސް ދަޅެއް ގަނެގެން އަތިރިއަށް ދިޔައެވެ. އެކަނި އިނދެ އެކި ކަންކަމާއި ވިސްނަމުން ދަޅު ބޮއި ނިންމާލުމަށްފަހު ޔަލާގެ ގެއާދިމާއަށް މިސްރާބު ޖެހީ މިރޭ ކޮންމެހެންވެސް ޔަލާއާ ބައްދަލުކޮށްލަން ބޭނުންވުމުންނެވެ.
"ބާއި މޯމް.. މާދަން ހަބަރެއް ވާނަން އިނގޭ.." އެތެރެއަށް ވަދެގެން އައި ޒެއިން ފެނުމުން ޔަލާ ފޯނު ބޭއްވިއެވެ. "ޔަލް.." ޔަލާ ކައިރީގައި ސޯފާގައި އިށީނދެލަމުން ޒެއިން ޔަލާއަށް ގޮވައިލިއެވެ. ޖަވާބެއް ނުދީ ރުޅިމޫނު ހަދައިގެން ޔަލާ އިނެވެ. "ކީއްވީތަ ޔަލް.. .؟" ޒެއިން ޔަލާގެ ކޮނޑުގައި ހިފައި އޭނައާ ދިމާއަށް އަނބުރައިލިއެވެ. "ޔަލް.. ވާހަކަ ނުދައްކާނަންތަ.. ޔަލް..؟" ޒެއިން އަނެއްކާވެސް ޔަލާ އަށް ގޮވާލިއެވެ. ޔަލާ އިސް އުފުލާލުމަށްފަހު ޒެއިން އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. "ޔަލް އަށް ތަ ކަމެއް ވީ.. ޒެން އަށް ކިހިނެއް ވީ ތަ.. ޔަލް ކައިރީ އެއްވެސް އެއްޗެއް ނުބުނަނީ ކީއްވެތަ.. ޔަލް އަށް ޓްރަސްޓް ނުކުރަނީތަ..؟" ޔަލާގެ ސުވާލުތައް އަޑުއިވިފައި ޒެއިން އަށް އިސްޖަހާލެވުނެވެ. "ޒެން.. ޕްލީޒް.. ޔަލް އަށް އިނގޭ ކޮންމެސް ކަމެއް ވެއްޖެކަން.. ޕްލީޒް.. ޓެލް މީ.. އައިލް އޯލްވޭސް ބީ ހިއަރ ފޮރ ޔޫ.." ޔަލާ ބުނެލިއެވެ. "އަ.. .. އަ.. .." ޒެއިން އެއްޗެއް ބުނަން ކުރި މަސައްކަތް ބޭކާރު ވުމުން ޔަލާ އާ ކައިރިވެލުމަށްފަހު ބައްދާލިއެވެ. "ޒެން.. އާރ ޔޫ ކްރައިއިންގ.. .؟ އައިމް ސޮރީ.. އައި ޑިޑިންޓް މީން ޓު.. .. އައިމް ޖަސްޓް ވޮރިޑް ފޮރ ޔޫ.." ޔަލާއަށް ޒެއިންގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތަށް ފޮހެދެމުން ބުންޏެވެ. "އިޓްސް އޯކޭ.." ޒެއިން ވަރަށް ހިތްވަރު ކޮށްލާފައި ބުނެލިއެވެ.
"ޔަލް.. ޒެން އަށް ކިހާވަރަކަށް ޓްރަސްޓް ކުރަންތަ..؟" ޒެއިން ޔަލާއާއި ސުވާލު ކޮށްލިއެވެ. "ޔަލް އަށް ޓްރަސްޓް ކުރެވޭ އެންމެ ބޮޑަކަށް.. ޔަލް ޒެން އަށް އެންމެ ބޮޑަށް ޓްރަސްޓް ކުރަނީ.." ޔަލާ ކުޑަ ހިނިތުންވުމަކާއި އެކު ބުންޏެވެ. "ޔަލޫ.. ޒެން އަށް އަދިވެސް ހަމަ ތިގޮތަށް ޓްރަސްޓް ކުރައްޗޭ.. އައި ލަވް ޔޫ.." ޒެއިން ޔަލާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. "ޔާ.. ލަވް ޔޫ ޓޫ.." ޔަލާ ހީލަމުން ބުންޏެވެ.
ޒެއިން ޔަލާ އާއި އެކީގައި ވަގުތު ހޭދަ ކޮށްލުމަށްފަހު ގެއަށް ދިއުމަށް ނިކުތީ ބާރަވެސް ޖެހި ފަހުންނެވެ. "ބާއި.. ބީ ސޭފް.. އެންޑް ޕްލީޒް ޔަލް.. ރީޝް އާ އެހާ ކްލޯޒް ނުވައްޗޭ.." ޒެއިން ދިއުމުގެ ކުރިން ޔަލާ ކައިރީގައި އެދުނެވެ. "އޯކޭ.." ޔަލާ ހީލިއެވެ. "ބާއި.. އައި ލަވް ޔޫ ސޯ މަޗް.." ޒެއިން ޔަލާގެ ގައިގައި އަދި އެއްފަހަރު ބައްދާލިއެވެ. "ލަވް ޔޫ މޯރ.." ޔަލާ މަޑުމަޑުން ބުންޏެވެ. ޒެއިން ޔަލާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ނިކުމެގެން ސައިކަލަށް އަރައި ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ޔަލާ ކުޑަ ހިނިތުންވުމަކާއި އެކު ޒެއިން ދާތަން ބަލަން ހުއްޓެވެ. އެތެރެއަށް ވަނުމަށް އެނބުރުނު ޔަލާއަށް އޭނަގެ ފަހަތުގައި މީހަކު ހުރިހެން ހީވުމުން ފަހަތަށް އެނބުރި ބަލައިލިއެވެ. ނަމަވެސް މީހަކު ފެންނަން ނެތުމުން ހީވިގޮތެއްކަމަށް ނިންމައި މަޑުމަޑުން ހިނގާލާފައި ގޮސް ގެއަށް ވަނެވެ.
***
"އައްޞަލާތު ޚައިރުން މިނައް ނައުމް.." ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ޔަލާ އަށް ހޭލެވުނެވެ. މޯޅިއަކަށް ދެމިލަމުން ތެދުވެ އޭނަ ފޯނު ނަގައި ފޭސްބުކް އިން އޮންލައިންވެލީ އާއްމު ގޮތެއްގައި އެގަޑީގައި ޒެއިން އޮންލައިންގައި އިންނާތީއެވެ. ނަމަވެސް މިއަދު އޮފްލައިންގައި އިނުމުން ޔަލާ ހައިރާންވިއެވެ. ޒެއިން އަށް އަދި ނުހޭލެވެނީ ކަމަށް ނިންމާފައި ޔަލާ ނަމާދު ކުރުމަށް އަވަސްވެގަތެވެ.
މެންދުރުފަހުގެ ވަގުތެވެ. ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔަ ޔަލާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ ކުލަވަރު ތަކެވެ. މިއަދު ޒެއިންގެ ހަބަރެއް ނުވުމުން އޭނަ ހާސްވަމުން ދިޔައެވެ. އެތައް ފަހަރު ޒެއިން އަށް ގުޅިއްޖެއެވެ. އެތައް މެސެޖެއް ކުރެވިއްޖެއެވެ. ނަމަވެސް ޖަވާބެއް ނުލިބެއެވެ. ޔަލާ އަށް ހަދާނެގޮތެއް ނޭނގުމުން ވިޝާލް އަށް ގުޅައިލީ އޭނައަށް ޒެއިން ވީތަނެއް އެނގިދާނެ ކަމަށެވެ.
"ހަލޯ.." ދެތިން ފަހަރަކު ރިންގް ވެލުމުން ވިޝާލް ފޯނަށް ޖަވާބު ދިނެވެ. "ވިޝް.. ޒެން ވީ ތަނެއް އިނގޭތަ.. ޒެން ހަބަރެއް ނުވޭ މިއަދަކު އެހެންވެ.." ޔަލާ އޭނާގެ ކަންބޮޑުވުން ފޮރުވަން މަސައްކަތް ކުރަމުން ވިޝާލް ކައިރީގައި އެހިއެވެ. "އެހެންތަ.. ވިޝް އަކަށްވެސް ނުގުޅާ މިއަދަކު.. މަޑުކުރޭ އެބަ ބަލާލަން.." ވިޝާލް ފޯނު ކަނޑާލުމަށްފަހު ޒެއިން އަށް ގުޅޭތޯ މަސައްކަތް ކުރަން ފެށިއެވެ.
ދިހަވަރަކަށް މިނެޓު ފަހުން ވިޝާލް ޔަލާ އަށް ގުޅިއެވެ. "ވިޝް.. .؟" ޔަލާ އަވަސްއަވަހަށް ފޯނު ނެގިއެވެ. "ސޮރީ ޔަލް.. ޒެން އަކަށް ނުގުޅުން.." ވިޝާލްގެ މި ޖަވާބުން ޔަލާ މާޔޫސްވިއެވެ. "ގެއަކު ނެތްތަ.." ޔަލާ އަށް އަހާލެވުނެވެ. "އަމް.. މިހާރު މިއުޅެނީ ރަށަކު ނޫން.. ތަންކޮޅެއް ފަހުން ރަށަށް ދެވޭނީ.. ގޮސްފަ ބަލާލަދީފާނަން.. .؟" ވިޝާލް ބުންޏެވެ. ޔަލާ ހޫމް އޭ ބުނެލަމުން ފޯނު ކަނޑައިލިއެވެ. އަދި އަނެއްކާވެސް ޒެއިންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ލިބެނީ އެއް ޖަވާބެކެވެ. "ތިޔަ ގުޅުއްވި ނަމްބަރު މިވަގުތު ވަނީ ނިއްވާލާފައި.. ފަހުން.. .." ޔަލާ ފޯނު ކަނޑާލުމަށްފަހު އެނދުމައްޗަށް ފޯނު ޖެހިއެވެ. ޒެއިން އަކީ އެހެންޏާ ފޯނު ނިއްވާލައިގެން އުޅޭ މީހެއް ނޫނެވެ. އެހެންކަމުން ކޮންމެސް ކަމެއް ގޯސްވެއްޖެ ކަމަށް ޔަލާއަށް ހީވަމުން ދިޔައެވެ.
"ޒެން.. ފޯނު ހަލާކުވީ ކަންނޭގެ.. ނޫނީ ނިދުނީ ކަންނޭގެ.. މާ ބިޒީވީ ކަންނޭގެ.."ޒެއިން އަށް ކަމެއް ނުވާކަމަށް ޔަލާ އަމިއްލަ ނަފްސަށް ވިސްނައިދެން މަސައްކަތް ކުރިއެވެ. ނަމަވެސް ޒެއިންއަށް ކަމެއް ވެއްޖެއޭ ހިތް ބުނަމުން ދިޔައެވެ. އެކަމަކު ވިޝާލް ރަށަށް އަންނަދެން މަޑުކުރުމަށް ޔަލާ ނިންމިއެވެ. އަދި އެ ޚިޔާލުތަކުން ދުރުވެވޭތޯ މަޑުމަޑުން ގޮސް އޭނަގެ ހެޑްފޯން ނަގައި ޕްލޭލިސްޓްގައި އިން އެންމެ ފުރަތަމަ ލަވަ ޖަހައިލިއެވެ. "ކުޑް ޔޫ ފައިންޑް އަ ވޭ ޓު ލެޓް މީ ޑައުން ސްލޯލީ.. އަ ލިޓްލް ސިމްޕަތީ އައި ހޯޕް ޔު ކެން ޝޯ މީ.. އިފް ޔޫ ވޮނަ ގޯ ދެން އަލް ބީ ސޯ ލޯންލީ.. އިފް ޔޮރ ލީވިން ބޭބީ ލެޓް މީ ޑައުން ސްލޯލީ.. ލެޓް މީ ޑައުން ޑައުން ލެޓް މީ ޑައުން ޑައުން.. ލެޓް މީ ޑައު.. .." ޔަލާ ހެޑްފޯން މޭޒުމަތީގައި ބޭއްވުމަށްފަހު ބޭރަށް ހިނގައިގަތީ ޖެހެމުންދިޔަ ލަވަ ނިއްވާލުމަށްފަހުއެވެ. "އާގހް.." ޔަލާ ބޭރަށް ނިކުމެ ސޯފާ އަށް ވެއްޓިގަތެވެ.
ގަޑިން ފަސްގަޑި ބައިވަނީއެވެ. ޒެއިންގެ ފަރާތުންވެސް ވިޝާލްގެ ފަރާތުންވެސް ހަބަރެއް ނުވިއެވެ. ޔަލާ އަށް އިތުރަށް މަޑު ނުކުރެވުމުން ބޭރަށް ނިކުމެ ޒެއިންގެ ގެއާ ދިމާއަށް ހިނގައިގަތެވެ. ބާރުބާރަށް ހިނގާފައި ދިޔަ ޔަލާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެމުން ދިޔަ ނަމަވެސް އެކަމަށް އަޅާލުމެއްނެތި އޭނަ ދިޔައެވެ. "އައްސަލާމު އަލައިކުމް.." ޒެއިންގެ ގޭ ކުރިމަތީގައި ހުއްޓިލުމަށްފަހު ސަލާމް ގޮވައިލިއެވެ. "ވައަލައިކުމުއް ސަލާމް.." ގޭތެރެއިން ނިކުތް ޒެއިންގެ މަންމަ، ނަހުޒާ ސަލާމް ބަލައިގަތެވެ. "ޔަލާ.. އާދޭ އެތެރެއަށް.." ޔަލާ ފެނުމުން ނަހުޒާ ހިނިތުންވެލުމަށްފަހު ބުންޏެވެ. "އަމް.. ޒެއިން.. ކޮބާތަ.."އެތެރެއަށް ވަދެ އިށީންނަމުން ޔަލާ މަޑުމަޑުން އަހައިލިއެވެ. ޔަލާގެ މި ސުވާލާއި އެކު ނަހުޒާ ހައިރާން ކަމާއިއެކު އޭނަ އާއި ދިމާއަށް ބަލައިލިއެވެ. "ޒެއިން އެއް ނުބުނޭތަ.. .؟" ޔަލާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނަހުޒާ މި ކޮށްލި ސުވާލުން ޔަލާ އަށް ސިހުން ލިބުނެވެ. "ކޯޗެއް.. ނުބުނޭ.. .؟" ޔަލާ އަށް ލަސްލަހުން އަހާލެވުނެވެ. "ޒެއި.. .." ނަހުޒާގެ ވާހަކަ މެދު ކެނޑުނީ ދުވެފައި އެދިމާއަށް އައި ޒައިލް ފެނުމުންނެވެ. "ކުޑަބެ ގުޅަނީ.." އަށް އަހަރުގެ ކުޑަކުޑަ ޒައިކް އައިސް ނަހުޒާގެ ފޯނު ދިނެވެ.
"މަންމާ.." ނަހުޒާ ފޯނުގައި ހިފުމާއިއެކު ޒެއިން ގޮވައިލިއެވެ. ޒެއިންގެ އަޑު އިވުމުން ޔަލާ އަށް ބޭއިޚްތިޔާރުގައި ނަހުޒާގެ ކައިރިއަށް ދެވުނެވެ. "ޒެން.." ޔަލާ އަށް މަޑުމަޑުން ބުނެލެވުނެވެ. ޔަލާގެ މޫނު ފެނުމާއި އެކީގައި ޒެއިން އަވަސްއަވަހަށް ފޯނު ކަނޑައިލިއެވެ. ޒެއިންގެ މިއަމަލުން ޔަލާ ނުހަނު ދެރަވިއެވެ. "ޒެން.. ކީއްވެތަ އެހެން އެހެދީ.. ކޮބާތަ .. ޒެން.." ނަހުޒާ އާ ދިމާއަށް ބަލައިލަމުން ޔަލާ މަޑުމަޑުން އަހައިލިއެވެ. "ޒެއިން.. ދިޔައީ.. ރާއްޖެއިން ބޭރަށް.. ޔަލާ ކަ.. .." ނަހުޒާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ނަމަވެސް ޔަލާ އަށް އިތުރު އެއްޗެއް އަޑެއް ނީވުނެވެ. ދެފައިގައި ހުރި ބާރެއްލުމަށްފަހު ބޭރަށް ދުއްވައިގަނެވުނީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. މަޑުކުރުމަށް ނަހުޒާ ބުނަމުން ދިޔަ ނަމަވެސް އެއަޑުވެސް ޔަލާގެ ކަންފަތާއި ހަމައަށް ނުފޯރާ ކަހަލައެވެ.
ޔަލާގެ މިސްރާބު ހުރީ އަތިރިމައްޗާއި ދިމާލަށެވެ. އެދިޔަގޮތަށްގޮސް މޫދުކައިރީ ވެލިގަނޑުމައްޗަށް ވެއްޓިގަނެވުނު އިރު އޭނަގެ ދެލޮލުގައި ގިނަވެފައިވި ކަރުނަތައް އޭނަގެ ދޮން ކޯތާފަތްމަތި ތެތްމަމުން ދިޔައެވެ. އެތައް ސުވާލު ތަކަކުން އޭނަގެ ސިކުނޑި ފުރެމުން ދިޔައެވެ. އެތަށް ޝަކުވާތަކެއް އޭނަގެ ހިތުގައި އުފެދެމުން ދިޔައެވެ. ނަމަވެސް ކުރާނެ އިތުރު ކަމެއް ނޭނގިފައި އެތަނުގައި އެއިންގޮތަށް އޭނައަށް އިނދެވުނެވެ. އެއްލި ކަޅިއަކުން ޔަލާގެ ލޮލުގައި އަޅައިގަތީ އޭނަގެ އުފަންދުވަހުގައި ޒެއިންއާއި އެކު ވަގުތު ހޭދަކުރި ހަޓެވެ. ބޭއިޚްތިޔާރުގައި ޔަލާއަށް ތެދުވެ އެދިމާއަށް ހިނގައި ގަނެވުނުއިރު ވެފައިވާ އަނދިރިކަމަށް އޭނަގެ އެއްވެސް ފަރުވާލެއް ނެތްފަދައެވެ. ހަޓްގައި އިށީނދެލެވުމާއި އެކީގައި އޭނައަށް އެރޭގެ މަތިން ހަނދާންވެ އިތުރަށް ރޮވެން ފެށުނެވެ. އެގޮތަށް އެތާނގައި އޭނައަށް އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.
ޔަލާ ސިއްސައިގެން ދިޔައީ އޭނަގެ ކޮނޑުމަތީގައި މީހަކު އަތް ބާއްވާލުމުންނެވެ. ފަހަތަށް އެނބުރި ބަލައިލި ޔަލާ އަށް ސިހުމެއް ލިބުނީ ހިނިތުންވެލައިގެން ހުރި ޒެއިން ފެނިފައެވެ. ޔަލާ އަށް ލިބުނު އުފާވެރިކަމާއިއެކު ޒެއިންގެ ގައިގައި ބައްދައިގަނެވުނެވެ. ނަމަވެސް ޔަލާ ހައިރާންވީ އަބަދުވެސް ޒެއިންގެ ގައިން ދުވާ ލުއިލުއި މީރުވަސް އޭނަގެ ނޭފަތުގައި ނުޖެހުމުންނެވެ. ދުރަށް ޖެހިލުމަށްފަހު ޔަލާ ކަރުނައިގެ ސަބަބުން ފުސްވެފައިވާ އޭނަގެ ދެލޯ ފުހެލަމުން ކުރިމަތީގައި ހުރި މީހާއަށް ބަލައިލެވުނެވެ. ވެރިވެފައިވި އަނދިރިކަމުގެ ތެރެއިން އެއީ ކާކުކަން އިނގެން ޔަލާއަށް ކުޑަ ވަގުތުކޮޅެއް ނެގިއެވެ. އަނދިރީގެ ތެރެއަށް ލޯ ހޭނުމާއި އެކު އޭނަގެ ދާދި ގާތުގައި ހުރި މީހާ ފެނުމުން ޔަލާ އަށް ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލެވުނެވެ.
-ނުނިމޭ-

    Please log in or register to bookmark.
    2k

    ޚިޔާލު

    Your email address will not be published.