ތި ސޫރަ ނޫން - 7

* އެ މޫނުން މިލީން ފެންނާތީ ޔައުލާންއަށް ކުރެވެނީ އެހެންކަހަލަ އިހުސާސެކެވެ. ފުންނޭވާއެއްލާފައި މިއަލް ކޮޅަށް ތެދުވެ އެމީހުންނާއި ކުރިމަތިލިއެވެ. "އޭތް އޭނަގެ އަތަށް ތި އަނބުރާ ދީ.." މިއަލް ކޮންމެވެސް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާހެން ޔައުލާން އައިސްފައި ޖެހިލުންވުމެއްވެސް ނެތި ބުނެލިއެވެ. މިއަލް ކުޑަކޮށް ހައިރާންވިއެވެ. މި ޔުއެލްއަށް މި އުޅެނީ ކިހިނެތް ވެގެން ހެއްޔެވެ.؟ *

"ތީ ކާކުތަ..؟؟'' ސިޔައްޓެ ގޮވާލިއެވެ. ''ޔައުލާން ޒާމިން ހަލީމް.. ނައިސް ޓު މީޓް ޔޫ.." ޔައުލާންގެ އެ ތައާރަފާއިހުރެ ސިޔައްޓެގެ އަނގަ ބަންދު ވެއްޖެއެވެ. މިއަލް އިނީ ހަރަކާތެއް ކުރަން ނޭނގިފައެވެ. ނަމަވެސް ހިތާއި ހިތުން މިއަލްއަށް ޔައުލާންއަށް ޝުކުރު އަދާ ކުރެވުނެވެ. އެމީހުން ހަރަކާތެއް ގެންނަން ނޭނގިފައި ހުރުމުން ޔައުލާން ކުރިއަށް ޖެހިފައި ސިޔައްޓެގެ އަތުން ގިޓާރ އަތުލިއެވެ. މަންޒަރު ބަލަން ހުރެފައި ބަހެއް ނުކިޔާ ރިޒްވާން ދުރަށް ހިނގައިގަތުމުން ލޯ އަޅާލާފައި ސިޔައްޓެ ރިޒްވާންގެ ފަހަތުން ހިނގައިގަތެވެ. ޔައުލާންއަށް ބަލަމުން އެމީހުން ފާޑަކަށް ކުދި ކިޔަމުން އެތަނުން ދާން ހިނގައިގަތެވެ.

"އަން.." އެމީހުން ދާތަން ބަލަން ހުރި މިއަލްއަށް ހޭވެރި ކަމެއްވީ ޔައުލާން މިއަލްގެ އަތަށް ގިޓާރ ދިއްކޮށްލުމުންނެވެ. މިއަލް ގިޓާރގައި ހިފިއެވެ. "ކީއްވެގެންތަ މިތަނުގައި އެކަނި ތި އިންނަނީ..؟" ޔައުލާން އަމިއްލައަށް އިސްނަގައިގެން ފުރަތަމަ ވާހަކަ ދެއްކިއެވެ. ''ކަމެއް ނުވޭ.. ފްރެންޑެއް އަންނަން ދެން މިތަނުގައި މި އިނީ..." މިއަލް ބުނެލިއެވެ. "ތި ފްރެންޑް އަންނަންދެން އަހަރެން މިތަނުގައި އިށީނދެލިޔަސް އެންމެ ރަނގަޅުތަ..؟" ޔައުލާން އަހާލިއެވެ. ހައިރާންވެފައި މިއަލް ބޯ ޖަހާލިއެވެ.

"މިއަލް.. ދޯ ކިޔަނީ..؟" އިށީންނަމުން ޔައުލާން އަހާލިއެވެ. "ހްމްމް.." މިއަލް ކުރު ޖަވާބެއް ދިނެވެ. "ކިތަށް އަހަރު..؟'' ޔައުލާން އަހާލިއެވެ. "އެއިޓީން.. ނައިންޓީން ވަނީ.." މިއަލް ބުނެލިއެވެ. "އޯވްވް.. އެހެންވިއްޔާ ބުނެބަލަ.. އެމީހުން ކީއްވެގެންތަ މިއަލްއަށް އުނދަގޫ ކުރަނީ..؟" ޔައުލާން އެހި ސުވާލުން މިއަލްއަށް އުނދަގޫވިއެވެ. "ކަޑަ ސުވާލެއްނަމަ އޯކޭ ޖަވާބު ނުދިނަސް.." ޔައުލާން އެހެން ބުނެލުމުން މިއަލް އެއްޗެކޭ ނުބުނެ ނިޔަފަތިތަކާއި ކުޅެން ފެށިއެވެ. ''ޔައުލާން.. މިރަށަށް އައީ ކީއްކުރަން..؟'' މިއަލް ނުކެރިފައި ހުރެ އެއްސެވެ. ދެންމެ ޔައުލާން ތައާރަފްވީ އިރު ޔުއެލްގެ ބަދަލުގައި ޔައުލާންއޭ ބުނުމުން ޔުއެލް އަކީ ވަނަމެއްކަން މިއަލްއަށް ދޭހަވިއެވެ. ޔައުލާންގެ ގާތަށް ހިނިއައެވެ. "ކީއްވެ އަހަރެންނާއި ދިމާލަށް ޔުއެލްއޭ ކިޔާފައި ނުގޮވަނީ..؟" ޔައުލާން އަހާލިއެވެ. "އެއީ... އަހަރެން ކުރިން ހީކުރީ ޔައުލާންގެ އަސްލު ނަމަކީ ޔުއެލް ކަމަށް.." މިއަލް އެހެން ބުނެލުމުން އިޚްތިޔާރަކާއި ނުލާ ޔައުލާންއަށް ހެވިއްޖެއެވެ. މިއަލް ކުޑަކޮށް ރަކިވިއެވެ.
ނަވާލް ވެސް ޔައުލާން އާއި ޔުއެލް ނޫނީ ދަރިފުޅުގެ ނަމުން ނޫނީ މުޚާތަބު ނުކުރަންޏާ މިއަލްއަށް ހީވާނީ ވެސް އެހެންނެއް ނޫން ހެއްޔެވެ.؟

"އެ ނަމަކީ ފްރެންޑްސް އާއި ފެމެލީއަށް ޚާއްސަ ނަމެއް.. ދެން މިވެވުނީއެއްނު އެކުވެރިންނަށް.. ދެން އޯކޭވާނެ މިއަލް މަށަށް ޔުއެލްއޭ ކިޔާފައި ގޮވިޔަސް.." ޔައުލާން ކުޑަކޮށް ހީނލާފައި ސަލާމަށް އަތް ދިއްކޮށްލިއެވެ.

"އޭތް ބަލާލަ..!" އަހުނަފް ޝަފްވާންގެ އަތުގައި ކޮށްޓާލިއެވެ. ''ކޯޗަކަށް..؟ އިރުވާހުދެއް ފެނުނީތަ..؟" ޝަފްވާން އަހާލިއެވެ. "ނޫނެކޭ އިރުވާހުދެއް ނޫނޭ.. އޭނދީ މިލީން..!" އަހުނަފް އެހެން ބުނެލުމުން ޝަފްވާންގެ ގަޔަށް ހީވީ ކަރަންޓް ޝޮކެއް ޖެހިހެންނެވެ. ރޭ ދިމާވި "މިލީން" މިތަނުން ނަމަވެސް ފެންނާނެކަމުގެ އުންމީދު ކޮށްގެން އިން ޝަފްވާން ފުންމައިގެން ކޮޅަށް ތެދުވުމުން އަހުނަފް ވެސް ތެދުވިއެވެ. "އެއީ އެ އަންހެން ކުއްޖާ.." ޝަފްވާން ވަށައިގެން ހޯދާލިއެވެ. "ކަލޭ ކީއްވެގެންތަ މޫދާއި ދިމާލަށް ތި ބަލަނީ..؟ މިލީން އެކޮޅުގަޔޭ އެހުރީ..!'' ގަސްގަނޑުގެ މަތީގައި އިށީނދެގެން އިން މިއަލް ދައްކާލަންވެގެން އަހުނަފް އެދިމާލަށް އިނގިލި ދިއްކޮއްލިއެވެ. "ކަލޭ މިތާ މަޑުކުރާތި.. އެބަ އަންނަން ވަރަށް އަވަހަށް.." ޝަފްވާން އަވަހަށް އެ ދިމާލަށް ހިނގައިގަތެވެ.

މިލީން މިރަށުން ފެނުމާއި އެކީ ޝަފްވާން ކުއްލިގޮތަކަށް އެއްޗެކޭ ނުކިޔާ ދުއްވައިގަތުމުން އަހުނަފަށް ހުރެވުނީ ސުވާލުމާކުތަކެއް ސިކުނޑީގައި ޖަހައިގެންނެވެ. ނަމަވެސް ޝަފްވާންގެ ބަސް އަހައިގެން ހުރެ އަހުނަފް އަނެއްކާ ގާތަކުގެ މަތީގައި އިށީނެވެ. ވިސްނާށެވެ. "ލީން މިކޮޅުގައި..؟ އެވެސް އެހެން ފިރިހެން ކުއްޖަކާއި އެކީ..؟" "މިލީން" އާއި އެކީގައި އިން ފިރިހެން ކުއްޖާ އަހުނަފްގެ ލޮލުގައި އަޅައިގަތީ ދެނެވެ. "އައްދޭ.. ޝަފްވާން ބްރޭކް އަޕް ވީމައި ހާދަ އަވަހަކަށް ލީން އެހެން ކުއްޖަކާއި އެކީ އެހުރީ..؟؟" އަހުނަފް ޚިޔާލުގައި ކައްކަމުން ދިޔަ ރިހައިގެ ލޮނުރަހަ ހެޔޮވަރު ކުރަމުން ގެންދިޔައީ ހިތަށް އައިހާ ގޮތަކަށެވެ. އެންމެފަހަރަކުވެސް އެތަނުގައި އިށީނދެގެން އެ އިނީ މިލީން ނޫންކަމަށް ވިސްނައިގަންނާކަށް އަހުނަފް ހިތަކަށް ނޭރިއެވެ.

މިއަލް އެއްމިޔަނަކަށް ހީނލާފައި ޔައުލާންގެ އަތުގައި ހިފާ ސަލާމް ކޮށްލިއެވެ. ޔައުލާން އަދިވެސް ހުރީ މިއަލްގެ މޫނަށް ބަލާށެވެ. އެމޫނުން ޔައުލާންއަށް ހަމަ މިލީން ސިފަވާ ވަރުންނެވެ. ''މިއަލްގެ އެއްވެސް ދައްތައެއް ނުވަތަ އަންހެން ކޮއްކޮއެއް ހުރޭތަ..؟" ޔައުލާން ޝައްކެއް މަތީގައި ހުރެފައި އަހާލިއެވެ. މިލީން އާއި ވައްތަރުކަމުން އޭނާގެ ހިތަށް ވަހުމެއް ވަނީއެވެ. "ނޫން... އެކަމް ބޭބެއެއް ހުރޭ.." މިއަލް ބުނެލިއެވެ. އެ ދެމެދުގައިވާ ބީރައްޓެހިކަން މަޑުމަޑުން ނެތެމުން ދާންފެށިއެވެ.
ބާރު ހިނގުމެއްގައި ޝަފްވާން އެދިމާލަށް ދިޔައީ މިއަލް ދިޔުމުގެ ކުރިން މިއަލް އާއި ބައްދަލުވޭތޯއެވެ. ޝަފްވަންއަށް އެހިސާބަށް ދެވުނުއިރު ހީނލައިގެން އިން މިއަލް ފެނުމުން ޝަފްވާން މިއަލް ގާތަށް ނެގި ފިޔަވަޅު މަޑު ޖައްސާލަން ޖެހުނީ މިއަލްގެ ގާތުގައި އިން ފިރިހެން ކުއްޖާ ފެނިފައެވެ.

އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޝަފްވާން އަނބުރާ އައިކޮޅަށް ދާން ހިނގައިގަތެވެ. ވާނީވެސް އެހެންނެވެ. "މިލީ އަހަންނާއި ބްރޭކް އަޕް ވެފައި އެހާ އަވަހަށް އެހެން ފިރިހެން ކުއްޖަކާއި އެކީ..؟ ނޫން ހަމަ ޔަގީން.. އެއީ މިލީއެއް ނޫން.. އެއީ މިނީ ވައްތަރު ޖަހާ އެހެން އަންހެން ކުއްޖެއް..." ޝަފްވާންއަށް ބުނެވުނެވެ. ޝަފްވާންގެ ހިތުގައި "މިލީން" އާއި ދޭތެރޭ އުފެދުނު ޝައުގުވެރިކަން ވީ އިތުރެވެ. ޝަފްވާން ދާން ހިނގައިގަންނަން އުޅެފައިވެސް "މިލީން''އާއި ދިމާލަށް ބަލާލިއެވެ. ޔައުލާން އިނީ ޝަފްވާންއަށް ފުރަގަސްދީގެން ކަމުން ނަސީބު ދިމާކުރިގޮތުން ޝަފްވާންއަށް ޔައުލާންއެއް ނުފެނުނެވެ. ޔައުލާން ފެނުނު ނަމަ ވާނީ ކިހިނެތްކަން ބުނެދޭންވެސް ދައްޗެވެ. ދެމީހުންވެސް އެކަކު އަނެކަކު ދަންނާނެތީއެވެ.

މީހަކު ބަލަން ހުރިހެން ހީވެގެން މިއަލްއަށް ޔައުލާން އިން ދިމާއިން ފަހަތަށް ބަލާލެވުނެވެ. މިއަލްއަށް އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޝަފްވާން ފެނުނެވެ. "އިޓްސް ހިމް..!" އެންމެ ނަޒަރަކުން އެކަނިވެސް މިއަލްއަށް އެއީ ރޭ އޭނައަށް ފެނުނު ފިރިހެންކުއްޖާ ކަން އެނގުނެވެ. ވާނީ ވެސް އެހެންނެވެ. މިއަދު އިރުއެރީއްސުރެ ފަށައިގެން އެ ފިރިހެން ކުއްޖާ ނޫން މީހަކާއި ދޭތެރޭ މިއަލްއަކަށް ނުވިސްނެއެވެ.

އެ ފިރިހެން ކުއްޖާގެ މޫނުމަތިން ކުލަ ފަނޑުވެފައި ވާތަން ފެނިފައި މިއަލްގެ ތުންފަތުން ވެސް ހިނިތުންވުން ފޭދުނެވެ. އެ ފިރިހެން ކުއްޖާ އޭނާގެ މޫނަށް ބަލަން ހުރެހުރެފައި ދާން ހިނގައިގަތެވެ. އެ ފިރިހެން ކުއްޖާގެ ފަހަތުން ހިނގައިގަންނަން ބޭނުން ވިޔަސް މިއަލް އެތަނުގައި މަޑުކުރީ ޔައުލާން އާއި ވާހަކަ ދައްކަން އިންދާ ކުއްލިގޮތަކަށް ދިޔުމަކީ ރީތި ގޮތަކަށް ނުވެދާނެތީއެވެ. އަދި އިތުރުން އެތަނުން ދާނީ ކިއަނާ އައުމުން ކިއަނާ އާއި އެކީގައި ކަމަށް ކިއަނާއަށް ވައުދު ވެވިފައި ކަމަށް ވާތީއެވެ.

"ލީންގެ ގާތުގައި އިން ސޮރު ފެނުނީދޯ..؟" އަނބުރާ ގާތަކުގެ މައްޗަށް އައި ޝަފްވާން ފެނުމުން އަހުނަފް އަހާލިއެވެ. ޝަފްވާން ބޯ ޖަހާލިއެވެ. "މިލީން މިރަށުގައި ކީއްތަ ކުރަނީ..؟ އަނެއްކާ އޭނަ ކަލޭ ފަހަތުން ރޭ އައީތަ..؟" އަހުނަފް އެހެން އަހާލުމުން ޝަފްވާން އަނެއްކާ ވެސް ބޯ ހޫރާލިއެވެ. ''މަށަށް ހަމަ ޔަގީން އެއީ މިލީން ކަން.. ތިއޮތީ ބޮޑު ލަނޑު ލިބިފައެއްނު..؟" އަހުނަފް ހޭންފެށިއެވެ. "ތިދެލޯ ހުޅުވާފައި ރަނގަޅަށް ބަލާލަބަލަ.. އެއީ މިލީއެއް ނޫނޭ.. އެކުއްޖާގެ އިސްތަށިގަނޑު ފަނެއް ނޫނޭ.. އެހެންނޫނަސް ކަލެއަށްވެސް އިނގެއެއްނޫންތަ އިއްޔެ މިލީ މަގޭ ފަހަތުން ނާންނަކަން..؟؟" ޝަފްވާން އެހެން ބުނެލުމުން ހުނުން ހުއްޓާލާފައި އަހުނަފް މިއަލް އާއި ދިމާލަށް ބަލާލިއެވެ.

"ދޮގެއް ނޫން.. އެހެންވިއްޔާ އެއީ ހަންޑި އެއްތަ..؟ ޔަގީން ކަލެއާއި އަޅައިގަނެގެން ކަން އެއުޅެނީ.." އަހުނަފް އަނެއްކާވެސް ދިމާކުރިއެވެ. "އަހަރެން ހޮޓްވީމަ ޖިންނިންވެސް މިހާރު ފުލުން ނުނައްޓާދޯ..؟" ޝަފްވާން ހިނިގަނޑެއް ޖަހާލިއިރު އަހުނަފް އެއަށްވުރެ ގަދަޔަށް ހޭން ފަށައިފިއެވެ.

"އެލް..!!!" ކުއްލިއަކަށް ޖޯޝާއި ފޯރިން ފުރިފައިވީ ކިއަނާގެ އަޑު އިވުމުން މިއަލް ފަހަތް ބަލާލިއެވެ. "އެ..ލް.." ޔައުލާން ފެނި ކިއަނާ ކުޑަކޮށް އަނގަ ސަކަރާތްވިއެވެ. މިއަލްގެ ނަންވެސް ބޭރުވީ ފާޑެއްގެ ރާގަކަށެވެ. "އަހަރެން މިދަނީ ގެއަށް.. ދާނަންތަ.؟" ޔައުލާން ތެދުވަމުން އަހާލިއެވެ. "ނޫން.. އަހަރެން ގެއަށް ދާނީ ފަހުން.." މިއަލް އެހެން ބުނުމުން ޔައުލާން އަތްހޫރާލާފައި ދާން ހިނގައިގަތެވެ. "ޔެސް.. އަހަރެމެން ދެމީހުން އެއް ދުވަހެއްގައި އެނިވާރސެރީ އޮންނާނީ ދޯ..؟؟" ކިއަނާ އެހެން ބުނެލިގޮތަށް މިއަލްގެ އަތުގައި އޮޅުލައިގަތެވެ. "ކީކޭޔޭ..؟" މިއަލް އަހާލިއެވެ. ކިއަނާގެ ވާހަކަ މިއަލްއަށް ސިފަވީ އަރަތެއްގެ ގޮތުގައި ކަމަށް ވާތީއެވެ. "އެލް އަދި އެ ބޯއީ އާއި މަށާއި ރީއަލް އާއި.. އެއްދުވަހެއްގައި ދޯ އޭ ދެމީހުންގެ އެނިވާރސެރީ އޮންނާނީ.." އާނާ ބުނެލިއެވެ.

"އޭ ދޮންބެ އާއި އާނާ.. ކަމެއްތަ..؟" މިއަލް ވެސް އަހާލީ ސުވާލެކެވެ. "އާނ ޔެސް.. ދެން ބުނެބަލަ.. އެއީ ކޮން ނަމެއް ކިޔާ ކުއްޖެއްތަ..؟ އެހެން މީހަކަށް ނޭނގުނަސް މަށަށް އެނގެން ޖެހޭނެއްނު.." ކިއަނާ އަހާލިއެވެ. "އެއީ އަމް.. އަހުމަދު ޔައުލާން ހަލީމް.. އަހަރެންގެ އެކުވެރިއެއް.." މިއަލް ކުޑަކޮށް ހެވިފައި ހުރެ ބުނެލިއެވެ. "ޔޭ..! ޔައުލާން ދޯ..؟ ވެއިޓް..! އެކުވެރިޔެކޭ..؟ ޖަސްޓް ފްރެންޑްސްއޭ..؟" ކުރިންވެސް އަނގަ ސަކަރާތްވެފައި ހުރި އާނާ އިތުރަށް އަނގަ ސަކަރާތް ވެއްޖެއެވެ. "ހްމްމް.. އާނާ އިހަކަށް ގެއަށް ދޭ.. އަހަރެން ވަރަށް އަވަހަށް ގެއަށް ދާނަން.." އަދި ބަންގި ގޮވަން ކައިރި ނުވާތީ މިއަލް ބުނެލިއެވެ. "އެކަމަކު ރީއަލް ބުނީ އަހަރެންގެ ގާތު މިއަލްވެސް ގޮވައިގެން ގެއަށް ދާށޭ.. ބޮޑާ ނުހާކާ އާދޭ އަހަރެންނާއެކީގައި ގެއަށް ދާން.." އާނާ ކުސްތަޅާލާފައި ގެ އެކުވެރިއެއް..އާމިއަލްގެ އަތުގައި ހިފޭއްޓިއެވެ. "ދެން.. އިއްޔެހެން މާ ގިނައިރު މަޑެއް ނުކުރާނަމޭ... އާނާ ޔޫ ޓްރަސްޓް މީ ޑޯންޓް ޔޫ..؟" މިއަލް އެހެން ބުނުމުން ކިއަނާ ދުރަށް ދާން ހިނގައިގަތީ ދެލޯ ކުޑަކޮށްލާފައި މީ ހަމަ އެންމެ ފަހުފަހަރޭ ބުނެލަމުންނެވެ. މިއަލް ގަސްގަނޑު މަތީގައި އިށީނދެ ގިޓާރ ނެގިއެވެ.

ގެއަށް ދާން ތެދުވި ޝަފްވާންގެ ލޮލުގައި އެކަނި އިން މިއަލް އަޅައިގަތެވެ. "އައްދޭ އެ ހަންޑި އޭނަގެ ބިޓާއެކީ ގެއަށް ނުދަނީތަ..؟" އަހުނަފް ހީނގަނެފައި އަހާލިއެވެ. ޔައުލާން ވެސް ފެންނަން ނެތުމާއި އެކީގައެވެ. "ކަލޭ އިހަށް ގެއަށް ދޭބަލަ... މަ އެބަ ދަން ކުޑަ އިރުކޮޅަކުން.." ޝަފްވާން އެހެން ބުނެލުމުން ސާބަހޭ އައްސަރިބަހޭ ކިޔަމުން އަހުނަފްވެސް ގެއަށް ދާން ހިނގައިގަތެވެ.

"އޭތް އޯތް..! ސައިކެއް އެބައޮތްތަ..؟" އަހުނަފް ހިނގައިގަތުމުން ޝަފްވާން އަހާލިއެވެ. "ނޫން.. މަ ސައިކަލެއް ނުގެންނަން.. ކާރުވެސް ބަނދަރު ދޮށުގައި ހުރި ދިމާލެއްގައި ޕާރކު ކޮށްފައި މަ މި އައީ.. އެހެންވީމައި މި ރަށުން ކުއްޖެއްގެ ސައިކެއް ނަގަން ޖެހޭނީ.." އަހުނަފް އެހެން ބުނެލުމުން ޝަފްވާން މިއަލްގެ ގާތަށް ދާން ހިނގައިގަތެވެ. ހިތަށްއަރާ ފުރެމުން ދިޔަ ސުވާލުތަކަށް ޖަވާބެއްހާ ހިސާބު ނަމަވެސް ލިބޭތޯއެވެ. އެ އަންހެން ކުއްޖާ އަކީ ކާކުތޯ ބަލަން ބޭނުމެވެ. އެ އަންހެން ކުއްޖާ މިލީން އާއި ވައްތަރު ވާން ޖެހޭ ސަބަބު ހޯދަން ބޭނުމެވެ. "އެއީ އަހޫ ބުނިހެން ހަންޑި ހޫރަކަށް ވެއްޖެނަމަޔޯ..؟" ހިތަށް އެރި ސުވާލަކުން ޝަފްވާންއަށް ހީނގަނެވުނެވެ.

"އެ ޝަފްވާން ކީއްކުރީއޭ..؟" މިލީންގެ އެނދުގައި އިށީނދެލައިގެން އިނީ މިލީން އާއެކީގައި އޭލެވެލް ހަދާ ނިންމި ކުއްޖެކެވެ. ކްލާހުން މިލީން އާއި އެންމެ އެކުވެރި އައިރާއެވެ. ''ނޭނގޭ.. އިއްޔެ ޕާޓީ ގައި ކޮންމެވެސް ކަމެއް ވެގެން އުޅުނީ.. ފަހަކަށް އައިސް ހީވަނީ އެހެން މީހެއްހެން އުޅޭ ގޮތުން.. އިއްޔެ ޝަފްވާން ޕާރޓީ މެދުތެރެއިން ދިޔަ ގޮތަށް ނޭނގޭ ވީގޮތެއް.. ރޭގަނޑާއި ހެނދުނު އެކީ މަށަށް މެސެޖް ނުކޮށް މިއަދު ހަވީރު ވާން އުޅެނިކޮށް މަށަށް އޮތީ އެންމެ ޓެކްސްޓް އަކުން ބްރޭކްއަޕް ވާން ބޭނުންވާ ވާހަކަ ބުނެފައި.. އެހެން މެސެޖެއް ކުރިއަކަ ނުދިން.. ހުރިހާ އެއްޗަކުން ބްލޮކް ކޮށްލާފައި އޮތީ.. ނޭނގެ ކުއްލިއަކަށް ކިހިނެތްވީ ކަމެއް.." މިލީން ބުނެލިއެވެ.

"އެކަމަކު ލީން އާއި ޝަފްވާން.. ޔޫ ގައިޒް އެހާ ޕާރފެކްޓް އިރު ޝަފްވާންގެ ބޮލަށް ކޮން ޚިޔާލެއް އައިސްގެންތަ އެހެން ހެދީ..؟" ލައިރާވެސް އިނީ ހައިރާންވެފައެވެ. ޝަފްވާން އެހެން ހަދާފާނެކަމަށް އައިރާވެސް ހިޔެއް ނުކުރެއެވެ. ''ޝަފްވާން އަކީ އަހަރެން ޑޭޓް ކުރި މީހުންތަކުގެ ތެރެއިން ވެސް އަހަރެންނަށް ލޯބި ވެވުނު ހަމައެކަނި މީހަކީ.." މިލީން އެހެން ބުނެލާފައި މޫނުމަތީ ބާލީސް އެޅިއެވެ. އައިރާ ދެރަވާގޮތްވިއެވެ. ޝަފްވާން އާއި ހެދި މިލީން އުޅުނުގޮތް އެންމެ ގާތުން ފެނުނީ އޭނާއަށް ކަމަށް ވާތީއެވެ. ނަމަވެސް މިލީން އެހެން ފިރިހެން ކުދިންނާއި އެކީ ގައިގޯޅިކޮށް އުޅޭގޮތް ހިތަށް އެރުމުން އައިރާއަށް މޫނު ހަދާލެވުނެވެ.

"ދެރަ ނުވޭ... އެ ޝަފްވާންއަކީ ބޮޑު މޮޔައެއް.. އޭނައަށް ލީންގެ ރީތިކަން ރަނގަޅަށް ނުފެނުނީމައި އެހެން ހަދާނީ.. ޝަފްވާންއަށް ނޭނގެނީ އޭނައަށް އެ ދޫކޮށްލެވުނީ އަގުހުރި ޖަވާހިރެއްކަން.." އައިރާ ބުނެލިއެވެ. މިލީންގެ ހިތްހަމަޖައްސުވާދޭށެވެ. "އެކަމަކު... އަހަރެން އަދިވެސް ބޭނުންވަނީ ޝަފްވާން އާއިއެކީގައި އުޅޭށޭ.." މިލީން އެހެން ބުނެލުމުން އައިރާ ބޯ ހޫރާލިއެވެ. ބްލޫޓޫތް ސްޕީކަރުން އަލީ ގޭޓީގެ 'ޔޫސްޑް ޓު ޔޫ' އިވެމުން ދިޔައެވެ. އެވަރުން އެކަނިވެސް މިލީންގެ ހިތާމަތައް ބަޔާންކޮށްދެއެވެ. ލަވައިން އެ އިވެނީ މިވަގުތު މިލީންގެ ހިތުގެ ހާލަތެވެ.

"ހައު އޭމް އައި ސަޕޯޒްޑް ޓު ބީ އޯލްރައިޓް..؟"
"އެވަރ ސިންސް ވީ ސްޕްލިޓް އެޕާރޓް، ނޯ އައިމް ނޮޓް ޑުއިންގ ފައިން.."
"އެންޑް އައި ކާންޓް ލައި، މައި ލައިފްސް ބީން ރިއަލީ ހާރޑް..."
"އިޓްސް ޑިފިކަލްޓް ޓު ސީ ދަ ލައިޓް، ވެން ލައިފް އިޒް ފީލިންގ ޑާރކް..."
"އައި ގޮޓް ޔޫސްޑް ޓު ޔޫ.. ޔެއަ އައި ގޮޓް ޔޫސްޑް ޓު ޔޫ..."
"ޓު ޔޫ އެންޑް އައި.. އައި ގޮޓް ޔޫސްޑް ޓު ޔޫ.. ޔެއަ އައި ގޮޓް ޔޫސްޑް ޓު ޔޫ.."
"ޔެއަ އައި ގޮޓް ޔޫސްޑް ޓު ޔޫ... ސޯ ލޫސިންގ ޔޫ އިޓް ހާރޓްސް އިންސައިޑް.."
"ދެއަރސް ނަތިންގ ހާރޑާރ ދެން، ލޫސިންގ ދަ ވަން ޔޫ ލަވް ދަ މޯސްޓް.."
"ބަޓް އިފް އައި ހޭޑް އަ ޗާންސް، އައިޑް ޓްރައި އަގެއިން، އައިޑް ޓްރައި ސަމް މޯރ.."
"އައި ފީލް އިޓް އިން މައި ޗެސްޓް، އައި ފީލް އިޓް އިން މައި ބޯންސް."
"އައި ނޯ އައިމް ޔޫސްޑް ޓު ޕެއިން، އިޓްސް ޖަސްޓް ނެވަރ ހަރޓް ލައިކް ދިސް ބިިފޯރ.."
"އައި ގޮޓް ޔޫސްޑް ޓު ޔޫ.. ޔެއަ އައި ގޮޓް ޔޫސްޑް ޓު ޔޫ.. ޔެއަ އައި ގޮޓް ޔޫސްޑް ޓު ޔޫ.."
"ޓު ޔޫ އެންޑް އައި.. އައި ގޮޓް ޔޫސްޑް ޓު ޔޫ.. ޔެއަ އައި ގޮޓް ޔޫސްޑް ޓު ޔޫ.."
''ޔެއަ އައި ގޮޓް ޔޫސްޑް ޓު ޔޫ... ސޯ ލޫސިންގ ޔޫ، އިޓް ހާރޓްސް އިންސައިޑް..."

"އެއީ ކީއްވެގެންތަ ލީން..؟ ޝަފްވާންއަށް ވުރެ މާ ރީތި މީހުން އަދިވެސް ލީންގެ ފަހަތުން އެބަ ދުވޭ.." އައިރާ އެހެން ބުނެލުމުން މިލީން މޫނު މަތިން ބާލީސް ނެގިއެވެ. "އިޓްސް ބިކޯޒް އައި ލަވް ހިމް.." މިލީން އެހެން ބުނެލީ ހުވަފެނީ ރާގަކަށެވެ. ޝަފްވާންގެ އެ ކުޑަކުޑަ މެސެޖް އޭނާގެ ހިތާއި ހަމައަށް ފޯރީ ހަންޖަރެއްގެ ގޮތުގައެވެ. އެފަހުން އޭނާ ހިތާމަ ކުރިވަރު ދެނެވޮޑިގަންނަވާނީ ހުރިހާ ކަމެއްވެސް ބައްލަވާ ވޮޑިގެންވާ މާތް ﷲއެވެ.

"އަހަރެން މި ދަނީ ގެއަށް ދާން އިނގޭ ލީން.." އައިރާއަށް ނުހުރެވުނީ ކަންނޭނގެއެވެ. އަތްދަބަސް ކޮނޑުގައި އަޅުވާލަމުން އައިރާ ދޮރާއި ދިމާލަށް ހިނގައިގަތެވެ. "ލީން މިރޭ ޕްރެކްޓިސްއަށް ދަން..؟" އައިރާ ދޮރު ހުޅުވާލަމުން އެއްސެވެ. "ކޮން ޕްރެކްޓިސްއެއް..؟" މިލީން ބާލީހުން މޫނު ނެގިއިރު މަޑު ކުލައެއްގެ އުރައެއް ލައްވާފައިވާ އެ ބާލީހުގައި މިލީންގެ ކަރުނަތައް ރަނގަޅަށް އެނގެން ހުއްޓެވެ.

"ސްވިމިންގ ޕްރެކްޓިސްއަށް.." އައިރާ ބުނެލިއެވެ. "އަހަންނަކަށް ނުދެވޭނެ.." މިލީން ބުނެލިއެވެ. ދެލޯ ފޮހެލަމުންނެވެ. "އެކަމަކު ލީން.. ޝަފްވާނާއި ވަކިވީއޭ ކިޔާފައި އޭގެ މާނައަކީ ލީންގެ ދިރިއުޅުން ހަލާކުކޮށްލާށެކޭއެއް ނޫންދޯ..؟ އާފްޓަރ އަ ބްރޭކް އަޕް އިޓްސް ބެޓަރ ޓު ޖަސްޓް މޫވް އޮން ވިތް ޔުއަރ ލައިފް.. ދަ ވަން ހޫ ލެފްޓް ޔޫ ވިތް ނޯ ގުޑް ރީޒަން އެއިންޓް ގޮނަ ރިޓާރން.. ޔޫ ޖަސްޓް ހޭވް ޓު އެކްސެޕްޓް ދެޓް ފެކްޓް އެންޑް މޭކް ޔުއަރ ފިއުޗަރ ބްރައިޓަރ އިންސްޓެޑް އޮފް ކްރައިން އޯވަރ ދެޓް ޖަރކް އެންޑް ރުއިނިންގ ޔުއަރ ލައިފް.." އައިރާ ހިތްހަމަ ނުޖެހިފައި ބުނެލައިފިއެވެ. އައިރާ އެ ބުނީ ވެސް ދޮގު ވާހަކައެއް ނޫނެވެ.

"އައިރާއަށް ކޯޗެއްތަ އެނގެނީ..؟ އައިރާ ދުވަހަކުވެސް މީހަކާއި ވަކިވިންތަ..؟ މިހާރު މަގޭ ހިތުގައި މިއަޅާ ވޭން އައިރާއަށް ތަޖުރިބާ ކުރެވިފައި ވަނީތަ..؟؟" މިލީން ދެރަވެފައި ހުރެވެސް ރުޅިއައެވެ. "އަހަންނަކަށް ނޭނގޭ.. އެކަމަކު އަހަރެން މި ދެއްކި ވާހަކައެއް މިދެއްކީ ލީން ދެރަކުރާކަށް ނޫން.. ލީންއަށް ހަމަ ރަނގަޅަކަށް މި ބުނީ މިހެން.. ގެޓް އޯވަރ ހިމް.." އައިރާ ބުނެލިއެވެ. މިލީން ހިތްހަމަ ނުޖެހިފައި ދުރު ބަލާލިއެވެ. އޭނައަކީ އެކަހަލަ މީހެއް ނޫނެވެ. މިލީން ދެކޭގޮތުގައި ލޯބިވާ މީހާ ދޫކޮށް ދިޔައީމައި އެކަން ގަބޫލުކޮށް އަނެއްކާ ދިރިއުޅުމައިގެން ކުރިއަށް ދިޔުމަކީ މިލީން ދެކޭގޮތުގައި ލޯތްބެއް ނޫނެވެ. "އެހެންނޫނަސް.. ލީން ޕްރެކްޓިސްއަށް އަންނައްޗޭ.. ފައިނަލްސް މިހާ ގާތްވެފައި އޮއްވާ ނައީމަ ކަޑައެއްނު..؟ އަދި ލީން ތީ ޓީމް ގައި ހުރި އެންމެ މޮޅު ފެތުންތެރިޔާ.. ލީން ނެތިއްޔާ ޓީމަށްވެސް ކިހާ ބޮޑު ގެއްލުމެއްދޯ އެވަނީ..؟ ކޯޗް ވެސް ނިކަން ހިތްހަމަނުޖެހޭނެ.." އައިރާ ވިސްނައިދިނެވެ.

"އާނ އޯކޭ.. އަހަރެން ދާނަން.." މިލީން ކުރަކި އަޑަކުން ބުނެލިއެވެ. "ލީން އަދިވެސް އެއްފަހަރު ޝަފްވާން މައްސަލައާއި ދޭތެރޭ ވިސްނާނެކަމަށް އަހަރެން އުންމީދު ކުރަން.. ސީ ޔޫ އެޓް ޕްރެކްޓިސް އެންޑް ބާއި.." އައިރާ ހިތްހަމަ ޖެހިފައި ހަނާ އަޅާލަމުން ކޮޓަރިން ނުކުތެވެ.

ކައިރާ ދަންދެން މިލީން ގަދަކަމުން ހިފާއްޓައިގެން ހުރިހާ ކަރުނައެއް ބޭރުކޮށްލީ އެވަގުތެވެ. ސަބަބެއް ވެސް ނުބުނެ ޝަފްވާން އޭނައާއި ވަކިވީ ކީއްވެ ހެއްޔެވެ.؟ އެވަގުތު ޔައުލާން ނެތްކަމުގެ ފަޅުކަން މިލީންއަށް އިހުސާސްވިއެވެ. ދިމާވާ ކޮންމެ ކަމެއް ގައި ޔައުލާންގެ އެހީތެރިކަން މިލީންއަށް ލިބެއެވެ. ދެރަވިވަރުން މިލީން ފޯނު ނަގާ ޝަފްވާން އާއެކީ ނަގާފައި ހުރި ފޮޓޯތައް ބަލަން ފެށިއެވެ. ހިނިތުން ވެގެން ހުރެ ދެމީހުން ނަގާފައިވާ ފޮޓޯތަކަށް މިލީން ވަރަކަށް ބެލިއެވެ. ނަމަވެސް މައްސަލައެކޭ ކިޔާ އެއްޗެއް މިލީންގެ ލޮލަކު އަޅައެއް ނުގަތެވެ. ޝަފްވާންގެ މޫނު ފެންނަމުން ދިޔަ ވަރަކަށް މިލީންގެ ހިތް ދިޔައީ ޒަހަމްވަމުންނެވެ.

އަހުނަފް ދިޔަކަން ޔަގީންކޮށްފައި ޝަފްވާން މަޑުމަޑުން ހިނގާފައި ގޮސް މިއަލް ފެންނަފަށުގައި މަޑުކޮށްލިއެވެ. ޝަފްވާން އެވަގުތު ހުރީ މިއަލްގެ ފަހަތުގައި ކަމުން މިއަލްއަށް ޝަފްވާން އައިކަމެއް ނޭނގެއެވެ. މިއަލްގެ އުނގުމަތީގައި އޮތް ގިޓާރ ޝަފްވާންގެ ލޮލުގައި އަޅައިގަތީ މާފަހުންނެވެ. "މަގޭ ގިޓާ.." އެރަށަށް އާދެވުނީ ގިޓާރ ބާއްވާފައިކަން ޝަފްވާން ހަނދާންވީ މާ ފަހުންނެވެ.

މީހަކު އެއްޗެކޭ ބުނެލިހެން ހީވެގެން މިއަލް ފަހަތަށް ބަލާލިއެވެ. ޝަފްވާން މިއަލްގެ މޫނަށް ބަލާލިއެވެ. މިއަލްއަށްވެސް އިރުކޮޅަކު ޝަފްވާންގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެ ގަދަ ނޫ ކުލައިގެ ދެލޮލަށް ގެނބިފައި އިނދެ މިއަލްއަށް ހަމަހޭވެރިކަން ލިބުނީ މަޣްރިބް ނަމާދަށް ބަންގި ގޮވި އަޑަށެވެ. ޝަފްވާން ވެސް ދިޔައީ ސިއްސައިގެންނެވެ. އެ ހިމޭން ވެފައިވާ މާހައުލުގެ ހިމޭންކަން ކުއްލިއަކަށް ނެތުމުންނެވެ. މިއަލް މަޑުމަޑުން އިސްއޮބާލާފައި ގެއަށްދާން ހިނގައިގަތެވެ.

ޝަފްވާން ހުރަސްކޮށްފައި ގޭ މަގަށް އެޅިއިރު މިއަލްގެ ހިތް ބާރުބާރަށް ތެޅެނީއެވެ. ޝަފްވާންއަށްވެސް އެ އަޑު ނީވޭ ކަމެއް ނޭނގެއެވެ. މިއަލް ގޯޅިން ލަނބާލަންދެން ޝަފްވާން ހުރީ ބަލަހައްޓައިގެންނެވެ. މިއަލް ދިޔުމުން ކުޑަ ހީލުމަކުން ޝަފްވާން ހިނިތުންވެލިއެވެ. އަދި ޝަފްވާން މިއަލް އިށީނދެލައިގެން އިން ތަނުގައި އިށީނދެލިއެވެ. މިއަލް ދިޔައީ އެތަނުގައި އޭނާގެ ގިޓާރ ބާއްވާފައިކަން ޝަފްވާނަށް ޔަގީންވީ އެ ގަސްގަނޑު މަތީގައި ލައްގާލާފައި ހުރި ގިޓާރ ފެނިފައެވެ.

= ނުނިމޭ =

    Please log in or register to bookmark.
    1k

    1 ޚިޔާލު

    ޚިޔާލު

    Your email address will not be published.