ތި ސޫރަ ނޫން - 6

* "މިލީ ލިސެން ކެއާފުލީ.. ވީ އާރ ނޮޓް އަސް އެނީމޯ.. ނޮޓް އެނީމޯ.. އައިމް ބްރޭކިންގ އަޕް ވިތް ޔޫ.." ޝަފްވާން އެންމެ ފަހުން ހިތަށްއެރި އެއްޗެއް ލިޔެލާފައި މެސެޖް ފޮނުވާލިއެވެ. *

އެފަދަ ކުރުކުރު އިބާރާތަކުން ބުނެލި ކަމުގައިވިޔަސް އޭނަ ބުނެދޭން ބޭނުންވާ ވާހަކަ މިލީންއަށް ނަގައިގަނެވޭނެކަން އެނގޭތީއެވެ. އެހެން މީހުން ހަދާހެން ވާހަކައެއްހާ ދިގުކޮށް ލިޔެފައި ކުޑަ މެސެޖެއް ފޮނުވާނެހާ ހިތްވަރު އޭނާގެ ގައިގައި ނެތީމައެވެ. "ވަޓް..؟؟؟" "ވައި..؟؟؟" "ވަޓް ދަ -- ހެޕެންޑް ޝަފްވާން..؟" މިލީންގެ މެސެޖްތައް ފުލުފުލުން އަންނަންފެށިއެވެ.

ހެވެއް ނުބައެއް ނުބަލައި މިލީން ޖެހުނުހާ އެއްޗެއް ކިޔަމުން މެސެޖް ކުރަން ފެށިއެވެ. ޝަފްވާނަށް މިލީން އެކުވެރި ފިރިހެން ކުދިންނާއި އެކީގައި ވަގުތު ހޭދަ ކުރާތީ މައްސަލައަކަށް ވަނީތޯ އެއްސެވެ. ޝަފްވާން އެދޭނަމަ އެކަންވެސް ހުއްޓާލާނެކަމަށް ބުނެފައިވެއެވެ. ނުވަތަ މިލީންއަށް ގޯސް ކޮށް ކުރެވުނު ކަމެއް ބުނަން އެދިފައި އޮތެވެ. ސިކުންތަކަށް ފަހު ސިކުންތަކު މެސެޖެއް އަންނަކަމުގެ ނޮޓިފިކޭޝަންތައް ލިބޭވަރުން ބޮލަށް އުނދަގޫވެގެން ޝަފްވާންއަށް ޖެހުނީ ފޯނު ނިއްވާލާށެވެ.

"ބްރޯ.. ފްރިޖެއް ތެރޭގައި ބާއްވާފައި އޮތް ފެންފުޅިއެއްހެން އެނދުމަތީގައި ތި އޮންނަނީ ކީއްވެޔޯ..؟" ބޭރުތެރޭ އުޅެލާފައި އައިގޮތަށް އައިސް އަހުނަފް ޝަފްވާންގެ ގާތަށް ވެއްޓިގަތެވެ. އަހުނަފަށް މިސާލެއް ނުކިޔާ ޖުމްލައެއް ބުނެވޭކަމަކަށް ނުވެއެވެ. އޭރު އަހުނަފް ވަނީ ދާހިއްލާފައެވެ. ހީވަނީ ވަރަށް ގަދަޔަށް ދުވެފައި އައިސް ހުރިހެންނެވެ. "މިލީންގެ ގާތު ވަކިވާން ބޭނުންވާ ވާހަކަ ވާހަކަ ބުނެ ބްރޭކް އަޕް ވެއްޖައިން.. ހުވާ މިހާރު ހީވަނީ ބޯމަތީ އޮތް ބަރު ގާގަނޑެއް އެއްފަރާތް ކޮށްލެވުނުހެން.. ގާގަނޑެއް ވެސް ނޫން... ބަރު ބަރު ހިލަގަނޑެއް.." ޝަފްވާން ބުނެލލިއެވެ. "ލޮލް.. އެ ފަކީރުގެ ހިތް ފަޅާލަން ބޭނުމިއްޔާ ކީއްކުރަން ވެގެންތަ އޭނައާއި ރައްޓެހިވީ..؟" އަހުނަފް ބާލީހުގައި ލެނގިލަމުން އަހާލިއެވެ. ''އޭނަ ރީތި ވީމައި.. މާ ފަހުން މަށަށް އެނގުނީ މަގޭ ޓައިޕެއް ނޫންކަން..'' ޝަފްވާން ބުނެލިއެވެ.

"ކީކޭ..؟ ކަލެއާއި މިލީން އަކީ ޕާރފެކްޓް ކަޕްލްސް.." އަހުނަފް ހައިރާންވެފައި ބުނެލިއެވެ. "ތިއޭ އެންމެ ބޮޑު މައްސަލައަކީ.. އެންމެވެސް ތިހެން ހީކުރާތީ.. ބޭރުފުށުން ހީވާނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައި ވާހެން.. އެންމެން ވެސް ބޭރުފުށުން ޖަޖް ކޮށްލާފައި އެކަކު އަނެކަކާއި ގުޅެޔޭ ކިޔާނެ.. އެކަމަކު އިން ދަ އިންސައިޑް.. އަހަންނާއި މިލީން އުޑާ ބިމާހާ ތަފާތު.. އަސްލު ފޫހިވަނީ އޭނަގެ އެޓިޓިޔުޑް ހުންނަގޮތުން.. މާ ޝަކުވާ ގިނައީ.. މަންމަމެންނަށް ވެސް އަޅާލުމެއް ނޯންނާނެ.. ރައްޓެހި ކުދިންނަށްވެސް އަބަދު އިގްނޯރ ކުރާނީ.. ދެން އަބަދު ފޮނިވެފައި.. އަދި ބޭރަށް ދާއިރު އެންމެ ހަޑި ވައްތަރަށް ހެދުން އަޅާނީ.. މަށަށް ހެޔޮ ތަންކޮޅެއް ކުރު އެއްޗެހި ލިޔަސް... ބޮޑަށް ޕްރިފަރ ކުރެވެނީ ވެސް ދިގު އެއްޗެހި ލައިއުޅޭ ކުދިން.. ގަޔަށް ހިފާފައި ހުންނަ ކުރުކުރު އެއްޗެހި ލީމަ އެ ދެން ކަޑަ.. މާ..... ދެން ނޭނގެ.. އިޓްސް ނޮޓް ނައިސް އެޓް އޯލް.. ޝީ އިޒް ޖަސްޓް ނޮޓް މައި ޓައިޕް..." ޝަފްވާން ބޯދަށަށް އަތް ލައްވާލަމުން ބުނެލިއެވެ. އޭނަ އާއި މިލީންގެ ތަފާތުތައް ކިޔާލަމުންނެވެ.

"އަދި އެއީ ބޮޑު މުއްސަންޖެއް.. މަމީ ލާރިފޮއްޗެއް ނެތް ފަގީރެއް.." ޝަފްވާން ކުކުރިލާފައި ބުންޏެވެ. "ކުރިން ފަހަރު ހޯދި ލާރިތަކާއި މި ލާރިތަކާއި އެއްކޮށްލައިގެން މިލިއަނެއް ހަމަވެދާނެ.. އަތުގައި އެހާ ބައިވަރު ލާރި ހުއްޓަސްވެސް ކަލެއަށް ވުރެ ފަގީރު މީހަކު މި އުޑުހިޔާ ދަށަކު ނޫޅޭނެ.. ދަ ބްރޯކް މިލިއަނަރ މިސްޓަރ ޝަފްވާން.." އަހުނަފް ބޯ ހޫރާލާފައި ބުނެލިއެވެ. "ހެހެ.." ޝަފްވާން ގާތަށް ހިނިއައެވެ. "އޭނަގެ ނޭދެވޭ ސިފަތައް އިސްލާހު ކުރެވޭތޯ ބެލިނަމަ ވަކިވުމުގެ ކުރިން..؟" އަހުނަފް އެއްސެވެ. ''މަށަށްޓަކައޭ ކިޔާފައި މަ ނެތިން މިލީ ބަދަލު ކުރާކަށް.. ކުރިމަގުގައި މިލީއަށް މަށަށް ވުރެ ރަނގަޅު ފިރިހެނެއް ލިބޭނެ.. މިލީގެ ހުރިހާ ސިފައެއް ކަމުދާ ކަހަލަ ފިރިހެނެއް.." ޝަފްވާން ކުޑަވާ އިނގިލީގެ ނިޔަފައްޗާއި ކުޅެމުން ބުނެލިއެވެ.
"ހޫމް.. ދެން ގެޓު ވެއްޖެޔޭ ލައިފް ކޯޗްއެއް ހެން ތިވަރަށް މަގޭ ސިކުނޑި ނުގޮއްވިޔަސް.." އަހުނަފް ތެދުވެގެން ފެންވަރަން ވަނެވެ. އަހުނަފް ފެންވަރައި ނިމިގެން ނުކުތްއިރު ޝަފްވާން ސޯޝަލް މީޑިޔާގެ ހުރިހާ އެކައުންޓް އަކުން މިލީން ބްލޮކް ކޮށްލަނީއެވެ. އަހުނަފް އޮރެންޖް ކުލައިގެ ގަމީހަކާއި ޖިންސެއް ލައިގެން އިސްތަށި ގަނޑުގައި ޖެލް ލައިގެން އެކި ގޮތްގޮތަށް ހަދަން ފެށިއެވެ. އިސްތަށިގަނޑު ރީތި ކުރަން ފަށައިފިއްޔާ އަހުނަފް ދެން އަނގައިން ނުބުނާނެކަން އެނގޭތީ ޝަފްވާން ފެންވަރަން ވަނެވެ.

"މާތްކަލާކޯ.. ގައިގައި ސައިބޯނިކޮޅެއް ލައިގެންތަ ތި ނުކުތީ..؟" ޝަފްވާން ނުކުތްލެއް އަވަސްކަމުން އަހުނަފް އަހާލިއެވެ. "ހޫން.. މަ ރަނގަޅަށް ފެންވަރަމޭ.. ކޮންތާކަށް ދާން ކަލޭ ތި މާވަރަކަށް މޭކަޕް ކުރަނީ..؟" އަދިވެސް އަހުނަފް ލޯގަނޑު ކުރިމަތީގައި ހުރުމުން ލާނެތް އަޑަކުން ޝަފްވާން އަހާލިއެވެ. "ގޭގައި ހުރެހުރެ ފޫހިވެގެން.. އައިމް ހޯމް ސިކް.." އަހުނަފް ބުނެލިއެވެ. "އޯހް.. ޔަގީނޭ އަހޫވެސް ކަމެއް ހިންގާލައިގެން ކަން ތިއުޅެނީ.. ބުނޭ.. އެކުއްޖާގެ ނަމަކީ ކޮބާ..؟" ޝަފްވާން ނޭވީބްލޫ އަދި އަޅިކުލައިން ގޮޅިޖެހި ގަމީހެއް ލަމުން އަހާލިއެވެ. "މަ ކަމެއް ހިންގާލައިގެންނެއް ނޫނޭ މިއުޅެނީ.. އައިމް ލޯޔަލް.. މަ ތަނާއަށް ވަފާތެރި.. ބަލަ ކަލެއެއް ނޫންތަ ކަމެއް ނުހިނގައިގެން ތި އުޅެނީ.. މި އުޅެނީ ފޫހިވާވަރުން އަތިރިމައްޗަށް ހިނގާލަން ދާންވެގެންނޭ.. އަދި ފަހެއް ވެސް ނުޖަހައެއްނު..؟" އަހުނަފް ބުނެލިއެވެ. ތަނާއަކީ އަހުނަފް ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. އަހުނަފް ބުނާގޮތުންނަމަ "ދަ ވަން"އެވެ.

"ދޮގު ނުހަދައްޗޭ..! އެހެންވެގެންދޯ މަ މާދަމާ ރަށަށްދާން ބުނީމައި އަވަހަށް އެއްބަސްވީ..؟" ޝަފްވާން ހުރީ ކުޑަކޮށްވެސް ދެރަވެފައި ހެންނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ އޭނާ ވަނީ ހަމަޖެހިފައެވެ.

"އޭ އެހެންވެގެންނެއް ނޫނޭ.. މަ މިކޮޅުގައި މަޑުކުރަން އެއްބަސްވީ މަގޭ އެންމެ ގާތް ރަހުމަތްތެރިޔާގެ އެދުމަށްޓަކައި.. ދެންވެސް ބުނެބަލަ.. މަށާއެކީގައި ހިނގާލަން ދަންތަ..؟" އަހުނަފް އަހާލިއެވެ. "ޑިޑް ޔޫ ޖަސްޓް އާސްކް މީ އައުޓް..؟" ޝަފްވާންގެ ލާނެތްކަމުން އަހުނަފް ބޯ ހޫރާލިއެވެ. "ދެން އަސްލަށް ވެސް.. ދަންތަ..؟" އަހުނަފް ކުސް ތަޅާލިއެވެ. "ހާން.. ދޮރުތައް ތަޅުލާފައި ދާން ހަނދާން ކުރާތި.. މަ އެބަޖެހޭ އަދި އެއްކަލަ ގެއަށް ދާން........." ޝަފްވާން ބުނަން އުޅުނު ޖުމްލަ މެދުކަނޑާލިއެވެ. އަހުނަފް އެއްބުމަ އަރުވާލާފައި އެންމެ ރަނނގަޅޭ ބުނެލިއެވެ.

އެވަގުތު ޝަފްވާން އާއި ސުވާލު ނުކުރިޔަސް އެގެއަށް ދާށޭ ކިޔާ ޝަފްވާން ބުނެލި ޖުމްލައިގައި ސިއްރުވެރިކަމެއް ވާކަން އަހުނަފްއަށްވެސް ފާހަގަވިއެވެ.

ކިއަނާ ދޭތެރެދޭތެރެއަކުން ކުޑަކޮށް ފުންމާލާފައި ގަހެއްގެ ގޮފިގަނޑެއްގައި އެލިގަނެއެވެ. ނޫނީ ކޮންމެ ވެސް ގަހަކުން އަތްފޯރާފަށުގައި ހުންނަ މަލެއް ބިނދެލައެވެ. ކުރިއަށް ދަނީވެސް ސްކިޕް ކުރަމުންނެވެ. ކިއަނާއާއި އެއްވަރުކުރަން ވެގެން މިއަލް ޖެހެނީ ބާރުބާރަށް ހިނގާށެވެ. ނޫނީ ކިއަނާ އާއި އެއްވަރަކަށް ދުވާށެވެ. "އާނާ މަޑުކޮށްބަލަ.. ވަރުބަލި ވެއްޖެ.." މިއަލް ބުނނެލިއެވެ. އޭރުވެސް ކިއަނާ ހުރީ ހުރިހާ ދަތްކޮޅެއް ފެންނަވަރަށް ހީނލައިގެންނެވެ.

"މަގޭ ދޮންބެ ދެންމެ ގުޅާފައި މީޓްކުރަން ބުނެގެން އާނާއަށް ހާދަވަރެކޭ ތި ވަނީ..؟" ވެއްޓިފައިވާ ގަސްގަނޑެއްގެ މަތީގައި އިށީންނަމުން މިއަލް އަހާލިއެވެ.

"ދެން..!! އައި ހޭޑް އަ ކްރަޝް އޮން ހިމް ސިންސް އައި ވޯޒް ބޯރން.." ކިއަނާ ހީވަނީ އުފަލުން ގޮސް އުޑަށް އަރާފާނެ ހެންނެވެ. މިއަލް ގާތަށް ހިނިއައެވެ. ކިއަނާއަށް ރީއްޗަށް އިށީނދެގެން އިނދެވޭ ވަރެއް ނޫނެވެ. ދޭތެރެ ދޭތެރެއަކުން ފަރާތް ފަރާތަށް އެނބުރިލައެވެ. ނޫނީ ފައިން ދޮންވެލިގަނޑާއި ކުޅެލައެވެ. ސިކުންތަކުން ސިކުންތަކުން ގަޑިއަށް ބަލާލައެވެ. އެވަރުންވެސް ގަޑިން ފަސްގަޑި ބައިވުން ލަސްވެގެންނެވެ. ރީއަލް ކިއަނާ އާއި ބައްދަލު ކުރަން ވެގެން ގަޑި ކިޔާފައި ވަނީ ފަސްގަޑި ބަޔަށް ކަމަށް ވާތީއެވެ.

"އޯކޭ.. އަހަރެން މި ދަނީ.. އަހަރެން އަންނަންދެން މިތަނުގައި މަޑުކޮށްގެން ހުންނާތި..!" ފަސްގަޑި ބައިވުމާއެކީގައި ހީވީ ކިއަނާގެ ފޫކޮޅަށް ކަށްޓެއް ހެރުނުހެންނެވެ. ފުންމައިގެން ތެދުވެ ހެދުން ފޮޅަމުން އިސްތަށިގަނޑު ރީތި ކުރަމުން ދާން ކިއަނާ ރީއަލް ބައްދަލު ކުރަން ބުނި ދިމާލަށް ހިނގައިގަތެވެ.

ހަވީރުގަޑީގައި ކުރާނެ ކަމެއް ނެތިގެން ނަވާލްގެ ގާތުން ހުއްދަ ހޯދާފައި ރަށު ތެރޭގައި ހިނގާލުމުން ޔައުލާންގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އެކުވެރިވި ދެތިން ކުއްޖަކާއި އެކީގައި ޔައުލާން ވެސް ދިޔައީ އަތިރިމައްޗަށެވެ. "އޭތް.. ބަލަ އެހުރީ ރިޒޭމެން.." ޔައުލާން އާއި އެކީގައި ހުރި ތިން ކުދިންގެ ތެރެއިން އިފާ ބުނެލިއެވެ. ދެން އެތަނުގައި ހުރީ އިފާގެ ބޭބެ އަފްރާހު އއާއި އާޔަންއެވެ. އާޔަން އެއީ އިފާގެ ހާއްސަ އެކުވެރިޔާއެވެ.

"އިއްޔެވެސް ހަވީރު ކުޅެން އުޅެފައި ގެއަށް ދިޔަގަޑީ އަހަރެން ދެކުނިން ރިޒޭމެންގެ ގޭންގް މިއަލް އާއި ދިމާކޮށްގެން އުޅެނިކޮށް.." އަފްރާހު ބުނެލިއެވެ. "މިއަލްއޭ..؟" ޔައުލާން ވަށައިގެން ހޯދާލިއެވެ. "އެއްކަލަ މޮމްލެސް ގާރލްދޯ..؟" އާޔަން އެހެން ބުނެލުމުން އިފާ މަޑުމަޑުން އާޔަންގެ އަތުގައި ވިކާލިއެވެ. "އާން ދެން މޮމްލެސްއޭ ކިޔާކަށް ނުވާނެދޯ..؟ އިޓްސް ޖަސްޓް އަ ފޯރމް އޮފް ބުލީންގ.." އިފާ ނުލާހިކު ވިސްނުންތެރިކަމާއި އެކީގައި ބުނެލިއެވެ.

"ކޮއްކޮ އާއި ބޭބެވެސް އެއްބަހޭ.. އެކަމަކު ރިޒޭމެންނަކަށް އެއިން އިބްރަތެއް ނުލިބޭނެ.. އެމީހުންނަށް އިބްރަތެއް ލިބޭނީވެސް ލަނޑެއް ލިބުނީމައި..'' އަފްރާހު ބުނެލިއެވެ. "ރިޒޭއަކީ ކާކކުތަ..؟" ޔައުލާން އަކަށް ނޭނގުނެވެ. "ރިޒޭ އަކީ ރިޒުވާން ހާމިދު.. މިރަށުގެ މައިގޭންގުގެ އިސްކޮށް ހުންނަ މީހާ.. އަހަރެމެން ވަރުގެ މީހުން ރިޒޭއާއި ދެކޮޅަށް އެންމެ ބަހެއްވެސް ނުބުނާނެ.. ރިޒޭ އާއި ދެކޮޅަށް މީހަކު ބަހެއް ބުނެފިނަމަ އެމީހަކަށް ގެއިން ބޭރަށް ނުކުންނަންވެސް ނުކެރޭނެ.. އެހާ ވަރު ކޮށްލާނެ.. ބޭރަށް ނުކުމެއްޖެނަމަ ފޮށޭވަރުން އެކަނިވެސް އެމީހެއް ބޮލަށް އުނދަގޫ ވާނެ.." އާޔަން ކިޔައިދިނެވެ.

"ދެން ބޮޑެތި މީހުންނޯ..؟ މި ރަށުގައި އުޅޭ އުމުރުން ދުވަސްވީ މީހުންނޯ..؟ އެމީހުން އެއްޗެކޭ ނުކިޔަނީ..؟" ޔައުލާން ހައިރާންވިއެވެ. ބަޔަކު އެވަރަށް ބެހޭނަމަ އެކަމާއި ބެހޭގޮތުން އެއްޗެކޭ ނުބުނެ މީހަކު ހުރެފާނެ ހެއްޔެވެ.؟ ''ހޫން.. މިބުނީއޭ އެކަކުވެސް ނުކިޔާނެ އެއްޗެއް.. ހަމަ އެންމެ މީހެއް ފިޔަވާ.. މިރަށުގައި މައިޓީ ވެގެން އުޅޭ ރިޒޭގަނޑުވެސް ބިރުގަންނަ ހުރީ އެންމެ މީހަކު.." އިފާ އެއް ލޯ މަރާލަމުން ބުނެލިއެވެ. "އަދި އެވެސް އަންހެނެއް.." އަފްރާހު ބުނެލިއެވެ. ''ދެންމެ އާޔަން ތިބުނި މިއަލްތަ..؟" ޔައުލާން އަހާލިއެވެ. "އުހުމް.. އެއީ ފާއިޒާއްތަ.. ކަލޭވެސް ފާއިޒާއްތައަށް ބަލައިގެން އުޅޭތި.. އޭނަގެ ލޮލަށް މާފޮޅުވާ މަންޒަރެއް ފެނިއްޖެނަމަ މުޅި ރަށަށް އަޑު ފަތުރާނެ.. ކުރިން ދުވަހު މަށާއި އިފާއަށް ވެސް ވީ ހަމަ އެހެން.. ހަމަ ނަސީބެއް އެއީ މަންމަމެން ރުޅި ނައިސް ގަބޫލުވިކަން.." އާޔަން ބޯ ކަހާލަމުން ބުނެލިއެވެ.

"ފާއިޒާއްތައަކީ މިރަށުގެ ނޫސް.. އޭނަގެ ރައްޓެހިން ވަރަށް ގިނަ ވާނެ.. ހާއްސަކޮށް މީހުން އެއްކުރަން ވެއްޖެ ހާލަތެއްގައި ފާއިޒާއްތައަކީ މިރަށުގެ ސަންގު.. ދެން މިރަށުގެ ދެފައި ލާފައި ހުރި ނޫސް އެއީ.. ޚަބަރަކަށްފަހު ޚަބަރެއް ފަތުރަމުން ފާއިޒާއްތަ އުޅޭނީ.. ފާއިޒާއްތަ ގެއަށް ވަންނާނީ ނިދަން، ކާން އަދި ފެންވަރަން.. އެނޫން ހުރިހާވެސް ވަގުތެއްގައި އުޅޭނީ ރަށު ތެރޭގައި ހިނގުމުގައި.. ޚަބަރުތައް ފެތުރުމުގައި.. ރިޒޭގަނޑުވެސް ބިރުގަންނަނީ އެހެންވެ.. އޭނަ ހިންގާލާ މާރާމާރީތައް ފާއިޒާއްތައަށް ފެނިއްޖެނަމަ އޭނަގެ ދުވަސްދާނެކަން އެނގޭތީ.. މުޅި ރަށަށް އެކަންތައްތައް ފަތުރާލާނެކަން އެނގޭތީ.. ރިޒުވާން މިހާރު ގޭބަންދަށް ލާފައި ވެސް އެހުރީ ކުރިން ހަފްތާގައި ގެއަކަށް ވައްކަން ކުރަން ވަންނަން އުޅެނިކޮށް ފާއިޒާއްތައަށް ފެނިގެން.. އެހެންވެ އޭނަ ހުންނާނީ މިހާރު ވަރަށް ކަޓާފައި.." އަފްރާހު ފާއިޒާގެ ތަފްސީލު ދިންއިރު ޔައުލާނން ހުރީ އަނގަ ނެގިފައެވެ.

"ބައިދަވޭ ދެން ކަލޭވެސް ކަލޭ ބިޓު ގޮވައިގެން ދާނީ ވަރަށް ސިއްރުވެރި ތަނަކަށް އިނގޭ.. އެހެންނޫނީ ފާއިޒާއްތަގެ ނޫހަށް ކަލޭވެސް އަރާފާނެ.. ކަލޭ ތީ މި ރަށަށް އަލަށް އައި މީހަކަށް ވާތީ ފާއިޒާއްތަ ހުންނަނީ ކަލެއަށް ވަރަށް ކަޅި އަޅައަޅާ.. ކިރިޔާވެސް ކަމެއް ފެނިއްޖެއްޔާ ފަތުރާލާނެ.. މިއަދުވެސް ކަލޭ ސެޓިސްފައިޑް ފިހާރައިގެ ކަންކަން ހަމައަކަށް އަޅުވަން ދިޔަކަން ވެސް ފާއިޒާއްތަ ކިޔައިދީފި.." އާޔަން ލުއި ހުނުމަކާއި އެކީގައި ބުނެލިއެވެ.

"ދެން މިއަލްއަކީ ކާކު..؟" ޔައުލާން އަހާލިއެވެ. "މިއަލް އަކީ މިލްރީޝް ވޭލީ ގޭ ނަވާލްގެ ދަރިފުޅު.." އާޔަން އެހެން ބުނެލުމުން ޔައުލާން ކުޑަކޮށް ބޯ ކަހާލިއެވެ. "އައްދެ ކަލޭ ލައިކްވާ ކުއްޖަކީތަ..؟ ދެން ލައިކްވެސް ވެވޭނެ ދޯ.. މިއަލް އެހެން ޑިޕްރެސޯކޮށް ހުއްޓަސް އޭނަ އެއީ ވަރަށް ނައިސް ކުއްޖެއް.." އަފްރާހު އެހެން އަހާލިގަޑީ މިއަލްއަށް ތައުރީފްވވެސް ކޮށްލިއެވެ. "އުހުމް.. މަ ހުންނަ ގޭގައި އުޅޭ އަންހެން ކުއްޖާދޯ އެއީ..؟" ޔައުލާންއަށް އެހުނެވެ. އޭނަވެސް އުޅެނީ ނަވާލް އުޅޭ މިލްރީޝް ވޭލީ ގައި ކަމަށްވާތީއެވެ. "ކަލޭވެސް އުޅެނީ މިލްރީޝް ވޭލީގައިތަ..؟ ރީއަލްމެންގެ ގޭގައިތަ..؟" އާޔަން އަހާލިއެވެ.

"އަހަރެން އުޅެނީ ނަވާލްބޭ މެންގެ ގޭގައި.. ތި ބުނާ ރީއަލްއަކީ ސެޓިސްފައިޑް ފިހާރައިގައި އުޅޭ އެމްޕްލޯއީއެއްތަ..؟" ޔަގީންކުރަން ވެގެން ޔައުލާން އަހާލިއެވެ. "އާނ.. ރީއަލްބެ މަސައްކަތް ކުރަނީ އެ ފިހާރައިގައި.." އިފާ ޖަވާބުދާރީވިއެވެ. "އެހެންވީމައި ކަލެއާއި މިއަލް އުޅެނީ އެއް ގެއެއްގައެއްނު..؟ ރިޒޭމެންގެ ވާހަކަ އޭނަ ކަލެއަށް ނުކިޔައިދެނީތަ..؟ ރިޒޭމެންގެ މައިގަނޑު އެއް ޓާގެޓް މިއަލް އަކީ.." އިފާ ހުރެހުރެފައި އަހާލައިފިއެވެ. ''އަހަރެން އޭނައަކާއި ވާހަކައެއް ނުދައްކަން.. އެކަމް އުޅޭ އުޅުމުން ހީވަނީ ކޮންމެވެސް ކަންތައްގަނޑެއް ޖެހިފައި ހުރި ކުއްޖެއްހެން.. މިއަދު މަ ދެކުނިން އޭނާ ފޮޓޯ އަކާއި ވާހަކަ ދައްކަން އޮއްވާ.." ޔައުލާން ބުނެލިއެވެ. "އާނ މިއަލް ވާހަކަ ދެއްކީ އޭނަގެ މާމަގެ ފޮޓޯ އާއި ދޯ.." އިފާ އަށް އެނގުނެވެ. ''މަށަކަށް ނޭނގޭ.. އޭނަ ބިޓު ކަޓައިގެން ތޯއްޗެ.." އާޔަން ދެކޮނޑު އަރުވާލިއެވެ.

"މިއަލްގެ މަންމަ އެންޑް ބައްޕަ ޑިވޯސްޑް.. މަންމަ ދިޔަ ތަނެއް ނޭނގެ.. އެމީހުން ޑިވޯސްވީ ކީއްވެ ކަމެއްވެސް ނޭނގެ.. ދެން މިއަލް ބެލީ އޭނަގެ މާމަ.. ބަޓް އަންފޯޗުނޭޓްލީ އޭނަގެ އޭނަގެ މާމަ މަރުވީ އޭނަގެ އުމުރުން ތާރޓީން އަހަރުގަ.. ވަރަށް ކަޑަކޮށް އޭނަގެ މާމަ މަރުވީ ވެސް.. ދެން ނަފްސާނީވެފައި ހުންނަނީ ފާޑަކަށް.." އިފާ އަކީ މިއަލްއާއި އެއް ކްލާހެއްގައި ކިޔެވި ކުއްޖެއް ކަމަށްވާތީ އިފާއަށް އެ ހުރިހާ މައުލޫމާތެއް އެނގެއެވެ. "އޯވްވްހް.." އާޔަން ކުޑަކޮށް ބޯ ކަހާލިއެވެ.

"ބަލާލަ.. އެހެރަ ދަނީ ރިޒޭމެން.. ޔަގީނޭ އެތާ އިށީނދެގެން އެއިނީ މިއަލް ކަން.." އަފްރާހަށް ރިޒްވާން އާއި އޭނާގެ އެކުވެރިންތައް ދިމާލަކަށް މިސްރާބު ޖަހާފައިވާ މަންޒަރު ފެނުނެވެ. "ރިޒޭމެން ކީއްވެ އެވަރުން މިއަލް އާއި ޖައްސާލައިގެން އެ އުޅެނީ..؟؟" ޔައުލާންގެ ހިތުގައި އުފެދުނު ސުވާލު ބޭރުކޮށްލިއެވެ. "ނޭނގޭ ނޭނގޭ.. މަ އަޑު އެހިން އެ ރިޒޭ އުޅެނީ މިއަލް އާއި ހެދިއޭ ވެސް ކީއަޑު.. ދެން ނޭނގެދޯ.. އެހެންވެ ކަންނޭނގެ އެވަރަށް އެ ބެހި ހަދަނީ.. އިމެޗުއަރ ބޯއީޒްގެ ގޮތް.. ލައިކްވާ ކުއްޖާ އިމްޕްރެސް ކުރަން ހަދައިގެން އަމިއްލަ ޕްރައިޑަށް ހާރޓް ވެދާނެތީ އޭނަ އާއި ބެހޭނީ.. ޓާގެޓް ނަންބަރ ވަން އަށް ހަދާފަ.. ރިޒޭ ވަރަށް ކަންތައްބޮޑުވާނެ.. ހިނގާ އަވަހަށް ދާން.. ނޫނީ ރިޒޭމެން އައިސް އަހަރެމެންނާއި ވެސް ފޮށެން ފަށާފާނެ.." އިފާ އާޔަންގެ ގަމީހަށް ދަމާލަމުން ސައިކަލަށް އެރިއެވެ.

"އޭ ބިޒްނެސް މޭން.. އަހަރެމެން މިދަނީ އިނގޭ.. ފާއިޒާއްތަ އާއި ރިޒޭ މެންނަށް ބަލައިގެން ކަލޭ އުޅެއްޗޭ.." އަފްރާހުވެސް ހިނގައިގަންނަމުން ބުނެލިއެވެ. ޔައުލާން ކުޑަކޮށް ހިނިތުންވެލިއެވެ. މިރަށު ގިނަ ކުދިންނަކީ ގޯސްބަޔެއް ނޫނޭ ޔައުލާންގެ ހިތަށް އެރިއެވެ.

ކުރާނެކަމެއް ނެތިފައި އަތިރިމަތީގައި ޝަފްވާން އާއި އަހުނަފް އިނީ ގާތަކެއްގެ މަތީގައި އިށީނދެ ލައިގެންނެވެ. ގާތުގައި ހުރި އަކިރިތަކުން އަކިރިކޮޅަކަށް ފަހު އަކިރިކޮޅެއް މޫދަށް އެއްލަމުން ޝަފްވާން ހުރީ ފޫހި ވެފައެވެ. "މިތަންވެސް ވަކި މަޖަލެއް ނޫންދޯ.. އެކަމަކު ގޭގެ ބެދިފައި ހުރި ހަތަރުފާރުތެރޭ ބަންދުވެފައި އިނުމަށްވުރެ ދޫނިތަކާއި ގާތަކާއި ރީތި އަންހެން ކުދިން ހުރީމައި މާ ބޯ ހަމަޖެހެއެއްނު މިތަން..؟" ޝަފްވާން ފޫހިވެފައި ހުރުމުން އަހުނަފް ކޮންމެވެސް އެއްޗެއް ބުނެލިއެވެ. "އާނ ތެދު...!" ޝަފްވާން އަތުގެ ކޮޅަށް އަކިރިކޮޅެއް ހޫރާލިއެވެ. ފަތުއަޑު ކިޔާފައއި އަކިރިކޮޅު ގޮސް ލޮނުގަނޑުގައި ޕަސްލާފައި ޖެހުނެވެ.

"އެއްކަލަ މަންމަނެތް މިއަލް މިއަދުވެސް މިތަނަށް ކުޅޭއެއްޗެހި ހިފައިގެން އައިސްފިއެއްނު..؟" ސިޔައްޓެ މިއަލްއަށް އަޑު އިވޭ ވަރަށް ބުނެލިއެވެ. ކިއަނާގެ އިންތިޒާރުގައި އިން މިއަލް އިނީ ގިޓާރ ވެސް ހިފައިގެންނެވެ. މިއަލް އެއްޗެކޭ ނުބުނެ ހުރީ އެފަދަ ވާހަކަތަކަށް އޭނާ ހޭނިފައި ވާތީއެވެ. އަޅާވެސްނުލާ މިއަލް ގިޓާރ ކުޅެން އިނެވެ.

ރިޒްވާން ހުރީ ދުރުގައި ކުޅި ބަލާށެވެ. ކުލަ ފޭދިފައިވާ ދޫ ޖިންސަކާއި އެކި ދިމަދިމާއިން ވީދިފައިވާ އަޅި ޓީޝާޓާއި ހާވާލެވިފައިވާ ބޮލުން ރިޒްވާން ޖަހަނީ ނުބައި ވައްތަރެކެވެ. ރިޒްވާން ގޭބަންދުން ދޫކޮށްލިހާ އަވަހަކަށް މިހުރީ މި ތަނަށް އައިހެވެ. އެތަނުން އެކަކު އަނެއްކާވެސް މިއަލްގެ ގިޓާރއަށް ދަމައިގަތެވެ. މިއަލްގެ ގިޓާރ ދަމައިގަތުން މިހާރު އެ ފިރިހެން ސޮރުންނަށް ކުޅިވަރަކަށް ވެއްޖެއެވެ.

އެ މަންޒަރު ގެއަށް ދާން ވެގެން ކަމަށް ހިނގައިގަތް ޔައުލާންގެ ލޮލުގައި އަޅައިގަތެވެ. ރަށު އެކަކު ވެސް އަޅާ ނުލިޔަސް ނުވަތަ އެމީހުން ފަހުން ކިތަންމެ ހާނިއްކައެއްކޮށް ފޮށުނަސް ހެޔޮ ކަމަށް ހިތާ ޔައުލާން އެދިމާލަށް މިސްރާބު ޖެއްސެވެ. މިއަލް އެހެން އެކަނި ދޫކޮށްލަން ހިތް ނޭދުމުންނެވެ. އެ މޫނުން މިލީން ފެންނާތީ ޔައުލާންއަށް ކުރެވެނީ އެހެންކަހަލަ އިހުސާސެކެވެ. ފުންނޭވާއެއްލާފައި މިއަލް ކޮޅަށް ތެދުވެ އެމީހުންނާއި ކުރިމަތިލިއެވެ. "އޭތް އޭނަގެ އަތަށް ތި އަނބުރރާ ދީ.." މިއަލް ކޮންމެވެސް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާހެން ޔައުލާން އައިސްފައި ޖެހިލުންވުމެއްވެސް ނެތި ބުނެލިއެވެ.

މިއަލް ކުޑަކޮށް ހައިރާންވިއެވެ. މި ޔުއެލްއަށް މި އުޅެނީ ކިހިނެތް ވެގެން ހެއްޔެވެ.؟

= ނުނިމޭ =

    Please log in or register to bookmark.
    1k

    4 ޚިޔާލު

    1. މާ ފަހުންނޭ މި ފެނުނީ މިބައި😠😩... ސޮރީ😔😔😔... ކުރިން ބައި ތައް ވެސް ކިޔަމުން މި ގެންދަނީ😘.... ކުޑަކޮށް ބިޒީ ވީ މަ ކިޔޭލެއް ވެސް ލަސް ވީ😞....
      އެންޑް... ދިސް ޕާރޓް ވޯޒް އެމޭޒިންގ😍... ވަރަށް ކިއުރިޔަސް ކޮށްލާފަ ތި ނިންމާލީ😳...
      ކޮން އިރަކު ނެކްސްޓް ޕާރޓް ؟؟؟
      ކާންޓް ވެއިޓް ފޯ ދަ ނެކްސްޓް ޕާރޓް..
      ލަވް ޔާހ 💖 މައި ފޭވޮރިޓް އައުތާރ 😘😚
      ގުޑް ލަކް 💜

    ޚިޔާލު

    Your email address will not be published.