kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

އެކަނިވެރިޔަކީމެވެ.

59

+ އ-

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

މެޝިނުތަކުގެ ބީޕް އަޑު ގަދަވެއްޖެއެވެ. އަހަރެންގެ ނޭވާ ފުންވާން ފަށައިފިއެވެ. މޭމަތީގައި އޮތް ދަރިފުޅު ބޯހިއްލާލާފައި އަހަންނަށް ބަލައިލިއެވެ. އެ ތުއްތު އަޑުން މަންމި ބަލީހޭ އަހައިލިއެވެ. ގައިގައި ނެތް ހިތްވަރު ނެރެމުން އަހަރެން ދަރިފުޅުގެ ބޮލުގައި ފިރުމާލީމެވެ. އަދި މަންމަ މިއުޅެނީ ނިދާލާށޭ ބުނީމެވެ. އެ ދަރިފުޅަށް މިއީ އަހަންނަާއެކު ހޭދަކުރެވޭނެ ފަހު ވަގުތުކޮޅުކަމެއް ނޭނގޭނެއެވެ. ދަރިފުޅުގެ މޫނަށް ބޮސްދިނުމަށްފަހު، ވަރަށް ބަސްއަހާ ކުއްޖަކަށް ވައްޗޭ ބުނެލީމެވެ. ދަރިފުޅުގެ އުމުރުން އެންމެ ދެއަހަރު ކަމަށް ވެފައި އަހަރެންގެ ވަސިއްޔަތް އެ ތުއްތު ސިކުނޑިއަށް އެހާ ސީރިއަސްކޮށް ނަގަައިނުގަނެވުނަސް އަހަރެންގެ ހަޔާތުގައި އިތުރު ވަގުތެއް ނެތުމުން ފަހުފަހަރަށް ދަރިފުޅު ގާތު އެހެން ބުނަން ޖެހުނީއެވެ. އޭރު ޑޮކްޓަރުންނާއި ނަރުހުންގެ ހަރަކާތްތައް އަވަސްވެފައިވަނީ އަހަންނަށް އަވަސް ފަރުވާ ދިނުމަށެވެ. އެކަމަށް ހުރަސް އަޅަމުން ދިޔައީ އަހަންނެވެ. ބޭނުންވަނީ އަހަރެންގެ އަތުތެރޭގައި ދަރިފުޅު އޮއްވާ އަހަރެންގެ ފަހު ނޭވާ ދޫކޮށްލާށެވެ. މި ދުނިޔެމަތީގައި ހުރި އަހަރެން ދެކެ ހަމައެކަނި ލޯބިވާނެ ފަރާތަކީ އެއީއެވެ. ނަމަވެސް އަހަރެންގެ ވަރު ދޫވެފައިވާ ދެއަތުގެ ތެރެއިން ނަރުހެއް އައިސް އަހަރެންގެ ދަރިފުޅު ނެގިއެވެ. އަދި ކައިރީގައި ހުރި ފިރިމީހާގެ އަތަށް ދަރިފުޅު ދިނެވެ. ހުއްޓުން އަރާފައި ހުރި ފިރިމީހާއަށް ހޭވެރިކަންވީ ދަރިފުޅުގެ ތުއްތު އަޑުން އަދި މަންމަ ގާތަށް އަންނާނަމޭ ބުނުމުންނެވެ. އެ ދަރިފުޅަށް މިއީ އަހަރެންގެ ފަހު ވަގުތުކޮޅު ކަމެއް ނޭނގޭނެއެވެ. އޭރުވެސް އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. ފުސްވަމުން އައި ދެލޮލުން ނަރުހަކު އަހަރެންގެ ފިރިމީހާ އާއި ދަރިފުޅު ބޭރަށް ނެރުނު ތަން ދެކުނީމެވެ.

ހަޔާތުގެ އެންމެ ފަހުވަގުތުކޮޅު އަހަރެންގެ މާޒީ ލޯކުރިމަތިން ސިފަވާން ފެށިއެވެ. އަހަރެންގެ ހަޔާތަކީ މާ އުފާވެރި ހަޔާތެެއް ނޫނެވެ. ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެއެވެ. އެހިސާބުން ބައްޕަގެ ފަރާތުން ލިބެމުން އައި ލޯބިވެސް ހުއްޓުނީއެވެ. އެއްބަނޑުގައި ހުރި ދައްތަގެ ފަރާތުން އަޅާލުމެއް ނުލިބެއެވެ. ގާތްތިމާގެ މީހުންގެ ފަރާތުންވެސް ލިބުނީ އަޅާލުން ކުޑަކަމެވެ. މި ހުރިހާ ކަމެއްގެ އަސަރު އަހަރެންގެ ކިޔެވުމަށް ކުރިއެވެ. އޯލެވެލް ނިންމާލި އިރު ފާސްވީ އެންމެ ތިން މާއްދާއިންނެވެ. މީހުން އިނގިލި ދިއްކުރީ އަހަންނަށެވެ. އަހަރެން ކިޔަވަން މަސައްކަތް ކުރިނަމަ މިއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނޭ ބުންޏެވެ. އަހަރެން ދިރިއުޅެން ޖެހިފައިވާ ހާލަތާއި މެދު އެކަކުވެސް ނުވިސްނާލައެވެ. އަހަންނާ ދޭތެރޭ ކަންތައް ވަމުން އަންނަ ގޮތެއް އެކަކަށްވެސް ނުފެނެއެވެ.

އޯލެވެލް ނިމުމާއެކު ވަޒީފާއަކަށް ވަނީމެވެ. ސޭލްސް ގާލްއެއްގެ ވަޒީފާއެކެވެ. ފެށުނީއްސުރެ އަހަންނަކީ މާ ގާތް ރައްޓެހިން ހުންނަ މީހެއް ނޫނެވެ. މީހުން އަހަންނަށް ނަފްރަތު ކުރެއެވެ. ސަބަބެއް ނޭނގެއެވެ. އަހަރެންގެ ހިތާމަތައް ހިއްސާކޮށް އަހަންނާއެކު ވަގުތު ހޭދަކުރާނެ ރައްޓެއްސެއް ނެތެވެ. އަހަރެން ލޯބީގެ ގޮތުން ގުޅުނީވެސް މުޅިންވެސް ރަށުން ބޭރު މީހުންނާއެވެ. ނަމަވެސް އެ އެންމެންގެ ފަރާތުންވެސް އަހަންނަށް ލިބުނީ ދޯކާއެވެ.

އަހަރެންގެ ނަސީބު އަތުގައި ހިފީ ކަޔާލް އާއި ދިމާވުމުންނެވެ. ކަޔާލް އަހަރެން ދެކެ ވަރަށް ލޯބިވިއެވެ. އަވަހަށް ކައިވެނި ކުރަން ބޭނުން ވާހަކަވެސް ބުންޏެވެ. އަހަރެންވެސް ކަޔާލްދެކެ ލޯބިވީމެވެ. އަހަރެންގެ ހާލަތު ކަޔާލް އަށް ކިޔައިދިނީމެވެ. އަދި އަހަރެން އުޅެ ބޮޑުވި ގޮތުން އަހަންނަކަށް އެއްވެސް މަސައްކަތެއް ކުރަން ނޭނގޭ ވާހަކަ ލަދުވެތިކަމާއެކު ބުނީމެވެ. ކަޔާލް އަހަންނާއި ކައިވެނި ކުރަން އުޅޭއިރު މި ހުރިހާ ކަމެއް އޭނާއަށް އެގެން ޖެހޭނެއެވެ. ކަޔާލްގެ ޖަވާބު ވަރަށް ސާދާއެވެ. ކަޔާލް އާއި ކައިވެނިކޮށްގެން ކަޔާލްގެ މަންމަ ގާތުން ގޭތެރޭގެ މަސައްކަތްތައް ދަސްކުރެވޭނޭ ބުންޏެވެ. އަހަރެން ހުރީ އުފަލުންނެވެ. ހަޔާތަށް ބަހާރު މޫސުމް އައިކަމުގައި ގަބޫލުކުރެވުނެވެ. ނަމަވެސް އެއީވެސް ކުށްހީއެކެވެ.

ކަޔާލް އާއި ކައިވެނިކޮށްގެން އުޅެބޮޑުވި ފަސްގަނޑާއި އުމުރަށް އަލްވަދާއު ކިޔުމަށްފަހު އަހަރެން މާލެ އައިމެވެ. ކައިވެނީގެ ފުރަތަމަކޮޅު ކަޔާލް ވަރަށް ރަނގަޅެވެ. އޭނާ ބަދަލުވީ އަހަރެންގެ ސަބަބުންނެވެ.

އަހަންނަކަށް މާ ބޮޑަކަށް ގޭތޭރޭގެ މަސައްކަތްތަކާ ނޫޅެވެއެވެ. އަހަރެން ބޭނުންވަނީ ބަދިގޭ މަސައްކަތްކުރާއިރުވެސް އަހަރެން އެކަނި ހުންނާށެވެ. ކަޔާލްގެ މަންމާ އާއިއެކު މަސައްކަތް ކުރަން އަހަންނަށް އުނދަގޫވަނީއެވެ. ފެށުނީއްސުރެ އަހަރެންނާއެކު އެއްވެސް މީހަކު މާ ގާތްކޮށް އުޅެފައި ނެތީމަ ކަމަށް ވެދާނެއެވެ. ނަމަވެސް މަސައްކަތް ދަސްވާނީ ކަޔާލްގެ މަންމަ އާއި އެކު މަސައްކަތް ކޮށްގެން ނޫންހެއްޔެވެ؟ އަހަންނަށް ހަމަ އުނދަގޫވަނީއެވެ.

ކަޔާލްގެ އަޅާލުން ކުޑަވިއެވެ. ޖެހުނު މައްސަލައެއްގައި އަހަންނާ ދިމާލަށް އޭނާގެ ހުރިހާ ކަމެއް ކޮށްދެނީ މަންމަ ކަމަށް ބުނެލިއެވެ. މީހަކާ ނީނދެ ހުރުމެކޭ ތަފާތެއް ނެތްކަމަށް ބުންޏެވެ. އަހަރެންގެ ހިތުގައި ޖެހުނެވެ. ނަމަވެސް އެއީ އަހަރެންގެ ކުށް ކަމަށް ގަބޫލު ކުރެވުނެވެ. އެކަމަކު އަހަރެންގެ ހިތަށް އެރިއެވެ. މިފަދަ ކުޑަ ކުޑަ ތަންކޮޅެއްގައި ކަޔާލްގެ މުޅި އާއިލާ އާއި އެކީ މާ ތަނަވަސް ނޫން ދިރިއުޅުމެއް އުޅޭއިރުވެސް އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އަހަރެން މިހެން މި އުޅެނީ ކަޔާލް ދެކެ ހަގީގަތުގައިވެސް ލޯބިވާތީކަން ކަޔާލްއަށް ނުވިސްނެނީހެއްޔެވެ؟ އަހަރެން ނޫން އަންހެން ކުއްޖެއް ނަމަ މިހާރު ކަޔާލްއަށް އަބަދު ޖެހިފައި ވާނީ ޝަކުވާތައް އަޑުއެހުމަށެވެ. ކަޔާލްގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ. ގޭގައި ހުރި އެއްޗެއް ކާލައިގެން، އަހަންނަށް ބޭނުންވާ ޒަރޫރީ އެއްޗެހި ކަޔާލްއަށް ހޯދައިނުދެވުނަސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. ރީތިވާ ސާމާނު ހޯދާކަށް ނުބުނަމެވެ. އަހަރެން މިހުރީ ކޮންމެ ހާލެއްގައިވެސް ކަޔާލްއާއި އެކީ އުޅޭށެވެ.

ކައިވެންޏަށް ދެމަސް ވީއިރު އަހަރެން ބަލިވެ އިނެވެ. އަހަރެން ވަރަށް ބިރުގަތެވެ. އެއީ އަހަރެމެން ތައްޔާރުވެގެން ލިބުނު ކުއްޖެއް ނޫނެވެ. އަހަރެންގެ އުމުރުން އެންމެ 19 އަހަރެވެ. ކަޔާލްވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކަޔާލްއަށް އެދުވަސްކޮޅު ވަޒީފާއެއް ލިބުނީ ރެސްޓޯރެންޓަކުންނެވެ. ކަޔާލްގެ މާ ބޮޑު ލޯތްބެއް އަހަންނަކަށް ނުލިބެއެވެ. އަހަރެން ކަޔާލް ގާތު އެވާހަކަ ދައްކަން ބޭނުމެވެ. ކުރިމަތީ ހުރެގެން ދެއްކުމަށްވުރެ އަހަންނަށް ފަސޭހަވާނީ މެސެޖުކޮށްގެން އެވާހަކަ ދެއްކުމެވެ. ވުމާއެކު ކަޔާލް ޑިއުޓީގައި އުޅުނު ގަޑީ މެސެޖެއް ކޮށްލާފައި މިހާރު އަހަރެން ދެކެ ފޫހިވަނީތޯ އަދި އަހަންނާއެކު އުޅެން ބޭނުން ނުވަނީތޯ އަހައިލީމެވެ. ކަޔާލްގެ ޖަވާބުން ހިތް ކުދިކުދިވިއެވެ. އަހަންނާއެކު މިހާރު އުޅެން ބޭނުން ނުވާކަމަށާއި އެކަމަކު ކަޔާލްގެ ދަރިއަކަށް އަހަރެން ބަލިވެ އިނުމުން ދޫކޮށްލެވެން ނެތް ކަމަށް ބުންޏެވެ. ކަޔާލް އަހަންނާއިއެކު އުޅެނީ ބޭނުންވެގެންނެއް ނޫންކަން އެނގުމުން އަހަންނަށް ކުރި އަސަރު މިހެން ލިޔުމަކުން ބަޔާން ނުކޮށްދެވޭނެއެވެ. އަހަރެން ރޮއިރޮއިފައި އަހަރެން ރަށަށް ފޮނުވާށޭ ބުނީމެވެ. އަހަރެން އެކަނި އުޅެފާނަން ކަމަށާއި ކަޔާލްއަށް އުނދަގޫ ކުރާކަށް ބޭނުން ނޫންކަމަށް ބުނީމެވެ. ޖަވާބުގައި ރަށަށް ފޮނުވައިގެން ވަކި އަހަރެން ބަލާނެ މީހަކު ހުންނާނެހޭ ކަޔާލް ބުންޏެވެ. އަހަރެން ވަރިކުރެވެން ނެތްކަމަށާއި އޭނާގެ ދަރިފުޅަށް މަންމަ އާއި ބައްޕަވެސް ބޭނުންވާނެ ކަމަށް ބުންޏެވެ. އަހަރެންގެ ހާލަތު ކަޔާލްއަށް ރަނގަޅަށް އެނގޭނެއެވެ. އަހަރެން ދެކެ ލޯބިވާނެ ހުރި ހަމައެކަނި މީހަކީ ކަޔާލް ކަމާއި އަހަންނަށް އަޅާލާނެ އިތުރު މީހަކު ނެތްކަންވެސް އެނގޭނެއެވެ. ނަމަވެސް އެ ލޯބިވެސް އަހަންނަށް ގެއްލުނީއެވެ. ކައްކަން ނޭނގުނަަސް ކަޔާލްގެ އެއްޗެހި ދޮވެ އިސްތިރިކޮށް ކަޔާލްގެ އެހެން ހުރިހާ ކަމެއް ކޮށްދެނީ އަހަންނެވެ. ކަޔާލްގެ ނަޒަރުގައި އެއީ މަސައްކަތެއް ނޫނެވެ. އޭނާގެ ފޫހިކަން އައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަހަރެންނަށްވެސް ބަދަލު އައެވެ. ދިރިއުޅުން މަތިން ފޫހިވެ މުޅި މީހާ ހަމަހިމޭންވިއެވެ. މިހާރު އަހަރެންގެ ހުރިހާވެސް އުއްމީދަކީ ބަނޑުގައިވާ ދަރިފުޅެވެ.

އެ ދަރިފުޅު އުފަންވި ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ ބިރުވެރި އަދި އެންމެ އުފާވެރި ދުވަހެވެ. ވިހެއުމުގެ ގަދަފަދަވެގެންވާ ވޭނުގެ ތެރޭގައި އެތައް ފަހަރަކު ފުރާނަ ހަށިގަނޑާއި ވަކިވަނީއޭ ހީވިއެވެ. އެ ވޭން ގަދަކަމުން ދަރިފުޅު ވިހެވުނު އިރުވެސް އަހަންނަށް ނޭނގުނެވެ. ޑޮކޮޓަރު ދަރިފުޅު އަހަރެންގެ މޭމަތީ ބާއްވައިލުމާއެކު ދެލޯ ބޮޑުވިއެވެ. އުފަލުން ގޮސް ރޮވުނެވެ. ދަރިފުޅުގެ މޫނުގައި ބޮސް ދިނީމެވެ. އަހަރެން ސާފުކޮށްފައި ކުރަން ޖެހޭ އެހެން ކަންތައް ކުރުމަށްފަހު ވާޑަށް ބަދަލުކުރިއެވެ.

ވާޑުތެރޭގައި ހުރި ކަޔާލް އާއި އޭނާގެ އާއިލާ އެންމެން ވެސް ތިބީ ދަރިފުޅު އޮތް ކުޑަ އެނދު ވަށާލައިގެންނެވެ. އެކަކުވެސް އަހަރެންގެ ހާލު ބާކަށް ނޫޅެއެވެ. ހުދު ކަޔާލްއަށްވެސް އަހަރެން މީ ނެތް މީހެއް ފަދައެވެ. ހިތަށް ކިތައްމެ ތަދުވިޔަސް ކިތައްމެ އަސަރު ކުރިޔަސް އަހަރެން ކެތްތެރިވީމެވެ. ކަޔާލްގެ ފަރާތުން ލޯތްބާއި އޯގާތެރިކަމަކަށް އަހަރެން އުއްމީދެއް ނުކުރަމެވެ.

ދަރިފުޅަށް ތިންމަސް ވީތަނާ ކަޔާލް އެހެން ކައިވެންޏެއް ކުރި އެވެ. ހަޔާތުގައިވެސް އެހާ ބޮޑަށް ކަރުނަ އެޅި ދުވަހެއް އަހަރެން ހަނދާނުގައި ނެތެވެ. ނަމަވެސް އަހަރެން ރުއީ އެކަނި އިނދެގެންނެވެ. ދަރިފުޅާއި އެކު އެހެން ކޮޓަރިއަކަށް އަހަރެން ބަދަލުވީ މެވެ. ކަޔާލް އާއި އަހަރެން ހަމައެކަނި ވަރިނުވެ ތިބިކަމެވެ. ދެމަފިރިން ދެމެދު އޮންނަން ޖެހޭ އެއްވެސް ގުޅުމެއް އަހަރެމެންގެ މެދުގައި ނެތެވެ. ކަޔާލް އަހަރެން އުޅޭ ކޮޓަރިއަށް އަންނަނީ ހަމައެކަނި ދަރިފުޅު ގާތަށެވެ. ކަޔާލްގެ އާއިލާ މީހަކާއި ކުރިމަތިލާކަށްވެސް އަހަރެން ބޭނުމެއްނޫނެވެ. ކަޔާލް ބައެއް ވަގުތުތަކުގައި ދަރިފުޅު ގޮވައިގެން އާއިލާ މީހުން ތެރެއަށް ގެންދެއެވެ. ދަރިފުޅު ބަނޑުހައިވުމުން އަހަންނަށް ދަރިފުޅު ގެނެސްދެއެވެ. އަހަރެން މިހާރު ކާއެއްޗެއް ކަނީވެސް ދަރިފުޅަށްޓަކައެވެ. ކޮންމެ ގޮތެއް ވިޔަސް އެދަރިފުޅަށް ބޭނުންވާ ކާނާ ލިބޭނީ އަހަރެންގެ ފަރާތުންނެވެ. ކަޔާލް އަހަރެން ބޭނުންވާ އެއްޗެއް އޮތްތޯ ސުވާލުކުރިއެވެ. އަހަރެން އެއްވެސް އެއްޗެއް ބޭނުން ނޫންކަމަށް ބުނީމެވެ. އަހަރެން ކަހަލަ ބޭކާރު މީހަކަށް ކަޔާލް ހަރަދު ކުރާނެ ކަމެއްނެތެވެ. ކަޔާލްގެ ދެވަނަ އަނބި އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ބަލާކަށް ބޭނުމެއްވެސް ނޫނެވެ. ކަޔާލްއަށް އުފާވެރި ދިރިއުޅުމަކަށް އެދެމެވެ.

މިފަދަ ގޮތަކަށް ދިރިއުޅެމުން ގޮސް ދަރިފުޅުގެ އުމުރުން ދެއަހަރު ވީއިރު އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. ނޭފަތުން ލޭއައުމާއި ކުއްލިއަކަށް މެޔަށް ތަދު އަރައި އަނބުރައިގަތުން އާއްމުވިއެވެ. ކަޔާލް ދަރިފުޅު ގެންގޮސްގެން އުޅޭ ވަގުތެއްގައި އަހަރެން ހޮސްޕިޓަލަށް ދިޔައީމެވެ.

ޑޮކްޓަރުގެ ވާހަކައިން އަހަންނަކީ ކުޑަ ދުވަސްކޮޅެއްގެ މެހުމާނެއްކަން އެނގުނެވެ. އަހަރެންގެ ހިތް އަންނަނީ ފެއިލްވަމުންނެވެ. ކަންކަމާ ނުވިސްނުމަށާއި އަބަދުވެސް އުފަލުގައި ހުރުމަށް ޑޮކްޓަރު ލަފާދިނެވެ. އަހަރެންގެ އެހީތެރިއަކު ހޯދަން ޑޮކްޓަރު ބުނުމުން އަހަރެންގެ އެއްވެސް އެހީތެރިޔަކު ނެތޭ ބުނީމެވެ. އަހަރެން ދެރަވީ އަހަރެން ބަލިވެގެންނެއް ނޫނެވެ. ދަރިފުޅާ ވަކިވާން ޖެހޭތީއެވެ.

ހޮސްޕިޓަލުން ނިކުތްތަނާ ކަޔާލް ގުޅިއެވެ. އަހަރެން ފޯނު ނެގުމުން އަހަރެން ހުރީ ކޮންތާކުތޯ އެހިއެވެ. އަހަރެން ހޮސްޕިޓަލުގައި ކަމަށް ބުނީމެވެ. ދަރިފުލުގެ ރުއިމުގެ އަޑުވެސް އިވެމުންދިޔައެވެ. މިދަނީ ކަމަށް ބުނަމުން ކަޔާލްއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތު ނުދީ ފޯނު ކަނޑައިލީމެވެ.

އަހަރެން ގޮސް ކޮޓަރިއަށް ވަންއިރު ރޮމުން ދިޔަ ދަރިފުޅު އުރައިގެން ކަޔާލް ހުއްޓެވެ. އަހަރެން ނުފެނި މާ ގިނައިރުވުމުން ދަރިފުޅަށް ރޮވެނީއެވެ. އަހަރެން ގޮސް ހަމަ އުރާލިތަނާ ދަރިފުޅުގެ ރުއިން ހުއްޓުނެވެ. ކަޔާލް އަހަންނަށް ބަލަން ހުއްޓެވެ. އަހަރެން ހިކިކަމުން ކަންނޭނގެއެވެ. ނޫނީ މޫނުމަތި މިލާފައި ލޯ ކައިރި ކަޅުވެފައި ހުރުމުން ބިރުވެރި ވައްތަރެއް ޖަހަނީ ކަންނޭނގެއެވެ. އެ ހުރިގޮތަށް ހުރެފައި ހޮސްޕިޓަލަށް ދިޔައީ ކީއްވެތޯ ސުވާލުކުރިއެވެ. އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ކަޔާލް ހިތްހަމަނުޖެހިފައި އޭނާ އެބަ ވާހަކަ ދައްކަން ކަމުގައި ބުނެލި އެވެ. އަހަންނަށްވެސް އެބަ އަޑުއިވެއެވެ. އަހަރެން މަޑުން މިހުންނަނީ ޖަވާބެއް ދޭން ބޭނުން ނުވާތީކަމަށް ބަލާފައި ކަޔާލް މިތަނުން ދާންވީނުންހެއްޔެވެ. އަހަރެން ކިތައްމެ ލޯބިވިޔަސް ކަޔާލްގެ ހިތުގައި މިހާރު އަހަންނާ ދޭތެރޭ އެއްވެސް އިހުސާސެއް ނުވެއެވެ. ކަޔާލް އަށް އަޑުގަދަ ކުރަން ނުކެރުނީ ދަރިފުޅަށް ނިދެމުން ދާތީއެވެ. އަހަރެން ޖަވާބު ނުދޭނެކަން ޔަގީންވުމުން ކަޔާލް ނުކުމެގެން ދިޔައެވެ. އަހަންނަށް ނޭނގުނީ އަހަރެން ހޮސްޕިޓަލަށް ގެންދާ ފައިލު ކަޔާލް ގެންދިޔަކަމެވެ.

ކަޔާލް ނުކުމެގެން ދިއުމާއެކު އަހަަންނަށް ރޮވެން ފެށިއެވެ. ދަރިފުޅު އެނދުގައި ބާއްވާލާފައި އަހަރެންވެސް ދަރިފުޅު ގާތު އޮށޯވެލީމެވެ. ނިދާަފައި އޮތް ދަރިފުޅަށް ބަލަން އޮވެ އަހަންނަށް ހުއްޓުމެއް ނެތި ރޮވެނީއެވެ. އެ ދަރިފުލާއި ވަކިވުނުގެ ވަގުތު ގާތްވަނީއެވެ. މަންމަ ނެތަސް މަންމަ ދެކެ ލޯބިވައްޗޭ ބުނެލީމެވެ. އަހަރެންގެ އެއްވެސް މީހެއް ނެތްކަމަށާއި ހުރިހާވެސް މީހަކީ ދަރިފުޅު ކަމުގައި ބުނީމެވެ. އަދި ދަރިފުޅު ދެކެ ވާ ލޯބި ބަޔާންކޮށްދިނީމެވެ. ދަރިފުޅު ނިދާފައި އޮއްވާ އެ މޫނުގެ އެތަންމިތަނުގައި ބޮސްދިނީމެވެ. ދަރިފުޅު ނިދީގައިވެސް ހިނިތުންވެލީ އަހަރެންގެ އެ ލޯބި އިހުސާސްވެގެން ކަންނޭނގެއެވެ.

ކުއްލިއަކަށް އަހަރެންގެ މެޔަށް ތަދުއެރިއެވެ. މޭގައި އަތް އަޅާލައިގެން އަހަންނަށް އިށީނދެވުނެވެ. ރިހުން އައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. ކެއްސަން ފެށުމާއެކު އަހަރެން ދުރަށް ޖެހިލަން އުޅުނީ އެއަޑު އިވިގެން ދަރިފުޅަށް ހޭލެވިދާނެތީއެވެ. ނަމަވެސް ތެދުވި ވަގުތު ބޮލަށް އެނބުރުން އަރައިގެން އަހަރެން ވެއްޓުނެވެ. އޭރު ނޭފަތުން ހޯސްލާފައި ލޭ އަންނަމުން ދިޔައެވެ. މަންޒަރު ދިޔައީ ފުސްވަމުންނެވެ. އެވަގުތު ބާރަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ކަޔާލް ލޮލުގައި އަޅައިގަތެވެ. އެ ލޯ ވަނީ ބޮޑުވެފައެވެ. ޝޮކެއް ލިބިފައިވާ މީހަކު ފަދައިންނެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ ކަޔާލް އަތުގައި އޮތް ފައިލަށެވެ. ކަޔާލްއަށް ހުރިހާކަމެއް ފަޅާއެރީކަން އަހަންނަށް އެނގުނެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑުގައި ބަހެއް ބުނާނެ ހިތްވަރުވެސް ނެތެވެ. ކަޔާލް ދުވެފައި އައިސް އަހަރެން ގާތު ކަކޫ ޖަހައިލުމާއިއެކު ދެން ވީގޮތެއް ނޭނގުނެވެ.

ހޭއެރިއިރު އަހަރެން މިއޮތީ އައިސީޔޫގައެވެ. ޑޮކްޓަރުންގެ ޓީމަކާއި ނަރުހުން ހަރަކާތްތެރިވަމުން ދިޔައީ އަހަރެންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. އެއްލި ކަޅިއަކުން ދޮރުގެ ބިއްލޫރިގަނޑުން ބޭރުގައި ދަރިފުޅު އުރައިގެން ހުރި ކަޔާލް ފެނުނެވެ. އަހަރެންގެ އެތައް އާދޭހަކަށްފަހު ފަހު ފަހަރާ ދަރިފުޅާ ބައްދަލުވެލުމުގެ ފުރުސަތު ޑޮކްޓަރު ދިނެވެ. ދަރިފުޅު ގޮވައިގެން ވަދެގެން އައި ކަޔާލްއަށް އަހަރެންގެ ނަޒަރު ކުޑަވަގުތުކޮޅަކަށް ހުއްޓުނެވެ. އަހަރެން ބުނަން ބޭނުންވިއެވެ. ކަޔާލްއެވެ. ދެން ކަޔާލްއަށް އުނދަގޫކުރާކަށް މި ޔަލާއެއް ނުހުންނާނެއެވެ. އަހަރެން މިދަނީއެވެ. އަބަދުގެ އަބަދަށެވެ. އަހަރެންގެ އާއިލާގެ މީހުންނަށް މި އުފާވެރި ހަބަރު ދެއްޗެވެ. އެމީހުން ވެސް ވަރަށް އުފާކުރާނެއެވެ. ނަމަވެސް ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ. އަހަރެންގެ އެދުމުގެ މަތިން ނަރުހަކު ވަރަށް ބަލައިގެން އަހަރެންގެ މޭމަތީގައި ދަރިފުޅު ބާއްވައިދިނެވެ. އެވަގުތު އެ ދަރިފުޅުގެ ތުއްތު އަޑުން އެ ދަރިފުޅުގެ ބަހުރުވައިން އަހަންނާ ސުވާލުކުރަން ފެށިއެވެ. ގެއަށް ދާން ހިނގާށެ ބުންޏެވެ. އަހަރެންގެ ފަހު ވަގުތުކޮޅު އެ ތުއްތު އަޑު އަހާލަން ލިބުނީތީ އުފާކުރީމެވެ.

ލިޔުންތެރިޔާގެ ނަޒަރުން**

ބޭރު ގޮނޑީގައި ދަރިފުޅު ގޮވައިގެން އިން ކަޔާލްއަށް ޑޮކްޓަރު ނިކުތްތަން ފެނި ފުންމައިގެން ތެދުވެވުނެވެ. "އައި އޭމް ސޮރީ..ޔަލާ އިޒް ނޯ މޯ.." ޑޮކްޓަރުގެ ޖުމްލައިން ކަޔާލް ގަނޑުވިއެވެ. ގަބޫލުކުރަން ދަތިވިއެވެ.

އޭނާގެ ސިކުނޑިއަށް ޔަަލާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތް ސިފަވާންފެށިއެވެ. އެ ނިކަމެތި އަންހެން ކުއްޖާ އެކަނިކޮށްލެވުނު ވަރު ހަނދާންވެ ރޮވުނެވެ. ޔަލާ އޭނާ ދެކެ ކިހާ ލޯބިވިހެއްޔެވެ؟ ހިތާއި ހިތުން ޔަލާ އެނބުރި އައުމަށް އެދެވުނެވެ. ޔަލާ އެނބުރި އައިސްފިނަމަ އޭނާގެ ލޯބިން ޔަލާގެ ހިތްފުރާލަދޭނެއެވެ. އޭނާ މާފަށް އެދެން ބޭނުމެވެ. އުރުގައި އިން ދަރުފުޅުވެސް ރޯންފެށީ އެވެގުތުއެވެ. އެ ދަރިފުޅަށްވެސް މަންމަ ވަކިވީކަން އިހުސާސްވީކަންނޭނގެއެވެ. ކަޔާލްގެ ކޮނޑުގައި ފިރުމާލަމުން ޑޮކްޓަރު ހިތްވަރުދިނެވެ. މިކޮޅުން ނިންމަންޖެހޭ ކަންތައް ނިންމުމަށްފަހު ބޮޑީ ހަވާލުކުރާނެ ކަމަށް ބުންޏެވެ. ޑޮކްޓަރު އެތެރެއަށް ވަނުމާއެކު ކަޔާލްއަށް ގޮނޑިއަށް ތިރިވެވުނެވެ. ރޮމުން ދިޔަ ދަރިފުޅު މަސަލަސް ކުރެވޭވަރަށްވުރެ އޭނާގެ ހިތަށް ކޮށްފައިވާ އަސަރު ބޮޑެވެ. ޔަލާ އެދިޔައީއެވެ. އަބަދުގެ އަބަދަށެވެ. މާތް ﷲ މި ދުނިޔޭގެ އަނިޔާވެރިކަމުން އެ ނިކަމެތި އަންހެން ކުއްޖާ ސަލާމަތް ކުރެއްވީއެވެ.

ނިމުނީ

  Please log in or register to bookmark.
  5k

  7 ޚިޔާލު

  ޚިޔާލު

  Your email address will not be published. Required fields are marked *

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy