ޕޯޝަން - 10

އިސާހިތަކު ގަދަ ވައެއް މުޅި މާހައުލު ހިސޯރުކޮއްފިއެވެ. ދެތިން ސިކުންތު ވަންދެން އެވައި އެގޮތުގައި ދެމިހުރުމަށް ފަހު ހިނދިގެން ދިޔައިރު ރީހާނާގެ އަނގައިން ނިކުންނަމުން ދިޔައީ ދުވަހަކު ވެސް ޔޫވް އާއި ޔޫލީ އަޑު އެހި ބަސްތަކެއް ނޫނެވެ. ގުޑިލާން ވެސް ނުކެރިފައި އެދެކުދިން ތިއްބެވެ. އިރުކޮޅެއް އެގޮތުގައި ހޭދަކޮއްލުމަށްފަހު އަތުގައި އޮތް ތުނޑު ތޫނު ހިމަ ދިގު ފިޔޮހި ރިހާނާ ކޮއްޕާލީ ދޮލަނގު ތެރެއަށެވެ.

ބިރުވެރި ހަޅޭކެއްގެ އަޑާއި އެކު ދޮލަނގުން މައްޗަށް ފާޅުވީ އެއްކަލަ މުސްކުޅި ދައިތައެވެ. އެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އަދި ވަކީން ރީހާނާ ފެނިފައި އެ އަލިފާނަށް ތެޔޮ އެޅުނެ ފަދައެވެ. ރީހާނާގެ ގާތަށް ލާނެތް ހިންޏެއް އައިސްފައި ވާއިރު ޒާހިރާގެ މޫނުމަތި ވަނީ ބަނަވެ ފުސްވެފައެވެ.

"ވަރަށް ގިނަ ދުވަހު ތިގޮތަށް އުޅެވިއްޖެ ދޯ؟ .."

ރީހާނާ ހަޅޭއްލަވައިގަތެވެ. ހީވީ އެގެއަށް ބިންހެލުމެއް އައި ހެންނެވެ. ޔޫވް އާއި ޔޫލީ ހައިރާންވެ އަންތަރީސް ވިއެވެ. ޒާހިރާ ހީނގަތެވެ. މޮޔައަކާއި ތަފާތެއް ނެތޭ ރީހާނާގެ ހިތަށް އެރިއެވެ.

"އަދިވެސް ހޭން ދޯ އެނގެނީ؟ އަނާއަށް އެހާލު ޖައްސާފަ .."

ރީހާނާގެ އަޑު ބާރުވެގެން ދިޔައެވެ. ޒާހިރާ ހިނިގަނޑު މަޑުކޮއްލިއެވެ.

"ތިއުޅެނީ ކީއްކުރަން؟ .."

މިފަހަރު ވާހަކަ ދެއްކީ ޒާހިރާއެވެ.

"ކީއްކުރީ އަނާއަށް؟ .."

ބަދަލުގައި ރީހާނާ ކޮއްލީ ސުވާލެކެވެ. ޒާހިރާ އަނާއަށް ކުރި ކަންތައްތައް ކިޔައިދެމުން ދިޔައީ އަމިއްލަ ޙައިސިއްޔަތާއި މެދު ފަޚުރުވެރި ވެފައި ހުރެއެވެ. އޭނައަށް ނޭގުނީ ، އެވާހަކައިގެ އެއްވެސް އަކުރެއް ފިއްޔެއް ވައްޓައި ނުލައި ރީހާނާ ރިކޯޑް ކުރަމުން ދިޔަކަމެވެ.

"އަނހަ! .."

ޒާހިރާގެ ދުލުން ބޭރުވީ އެންމެ ލަފްޒެކެވެ. ހައިރާންވެގެންނެވެ. ކުރިމަތީ ހުރި ދޮރުން ވަދެގެން އައީ އެކިއްލާގެ ރަސްގެފާނެވެ. އޭނާ ދެންމެ ދެއްކި ވާހަކަތައް އަޑުއިވުނު ކަމެއްވެސް ނޭނގެއެވެ. ރީހާނާގެ މޫނަށް ބަލައިލެވުނީ ތެޅިގެންފައެވެ. ބަދަލުގައި ރީހާނާ ވެދުން ކޮއްލީ ލާނެތް ހިނިތުންވުމެކެވެ.

*******
ޒާހިރާ ޖަލަށް ލެވުނެވެ. ރީހާނާ ހެއްކަކަށް އެ ރެކޯޑިންގ ދެއްކީއެވެ. އޭގެން އެކަނިވެސް އެމައްސަލާ ބަލާ ނިމިގެން ދިޔައެވެ. އެވަރުން ފުދުނީ ރީހާނާއަށެވެ. ޒާހިރާ ޖަލަށް ލީއިރު އޭނަގެ ބާރުތަކާއި އެހެން ވެސް އެއްޗިހިތައް އޭގެ ހައްޤުވެރިނަނަށް ދޭން ރަސްގެފާނު މަޖުބޫރު ކުރެއްވިއެވެ. ދުނިޔެއިން ނެތިވެ ގޮސްފައިވާ މީހުންގެ ބާރުތައް ޚުދު އެމަނިކުފާނު އަމިއްލަފުޅަށް ރައްކާކުރެއްވީއެވެ.

މައްސަލަ ބަލާ ނިމިގެން ދިޔައިރު އަނާ ވެސް ކުރީގެ ހާލަތަށް އެނބުރި ރުޖޫޢަ ވިއެވެ. މަންމަ އަށް ޝުކުރުކޮށް މަންމަގެ ކިބައިން މަޢާފަށް އެދުނެވެ. ތިން ކުދިން ވެސް އަދަބެއް ލިބިގަންނަން ބޭނުންވީތީ ވިސްނާލަން އިރުކޮޅެއް ނެގުމަށްފަހު ރީހާނާ އަވަހަށް ގޮސް ދޮންނަ މެޝިނަށް އެގޭގަ ލެއްވިހާ އަންނައުނެއް އެޅިއެވެ. އެއަށްފަހު އޭގެ ތެރެއަށް ގަރުދިޔަ އެޅީ އަނާ ޔޫވް އަދި ޔޫލީގެ ކުރިމަތީގައެވެ. މިއަދު ރީހާނާ ހަވާލުކުރި އަދަބަކީ އެހުރިހާ އެއްޗެއް އަލުން ދޮވެ ހިއްކައި އިސްތިރިކޮށް ފަށްޖަހާފައި އަލަމާރިއަށް ލުމެވެ. ޔޫވްއަށް ހީނގަނެވުނެވެ.

-ނިމުނީ-

-މިބައި ތަންކޮޅެއް ކުރުވެދާނެއެވެ. އެކަމަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ. މިވާހަކަ ނިމެންދެން ފޫހިކަމެއް ނެތި ކިޔައިލެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ-

  Please log in or register to bookmark.
  1k

  8 ޚިޔާލު

  1. އަޅުގަނޑު ފުރަތަމަ ތަ....
   މާޝާ ﷲ ވ ރީތި...
   ދެން ކޮން އިރަކުން އިތުރު ވާހަކައެއް ފަށާނީ... ؟

   • ހެހެ.. ފަސްޓް ނޫން ސެކަންޑް ދޯ.. ވަރަށް ބޮޑަށް ޝުކުރިއްޔާ ޔަނާލް.. އިތުރު ވާހަކައެއް ވަރަށް އަވަހަށް ގެނެސްދޭނަން. އެކަމް އެއްކޮށް ލިޔެ ނިމުނީމަ.. އަދި ނުނިމޭ ލިޔެ.. ވަރަށް އަވަހަށް ނިމޭނެހެން ހީވަނީ

  2. ސޮރީ އެިނގޭ ކުރުވީމަ.. ތެންކްޔޫ ޔަޝްމީ.. ހަނގުރާމަ ވާހަކައިގެ ފަސްވަނަ ޕާޓަށް ވެސް އިންތިޒާރު ކުރަން ޔަޝްމީ.. މިހާރުވެސް މިހުރީ ހަމަ ކިޔާހިތުން.. ކޮންދުވަހަކު އެވާހަކަ ލިބޭނީ؟

  ޚިޔާލު

  Your email address will not be published.