kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.com

ބެސްޓް ފްރެންޑު

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ހަހަހަ..ހަހަ.. ސާ އާދޭ އަތްލާން.. ހަހަހަހަ..” ބާރަ އަހަރުގެ މީޝާ ދުވަމުން ދިޔައީ ސާރާއަށް އަތުނުވާށެވެ. ދުވަމުން ދިޔައިރު މުޅި ފަޒާގައި ގުގުމާލާފައިވަނީ ދެއެކުވެރިންގެ ހުނުމުގެ އަޑެވެ. ދުވަމުން ދަނިކޮށް މީޝާ ވެއްޓުނީ ގާގަނޑަކު ފެއްސިފައެވެ. “އާހް…” ސާރާ ދުވެފައި ދިޔައީ މީޝާގެ ހަޅޭކުގެ އަޑަށެވެ. “އަޅޭ މީޝް.. ތަދުވިތަ؟ ސާ ބުނަމެއްނު ބަލައިގެން އުޅެއްޗޭ!” މީޝާ ވެއްޓުމުން ސާރާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. “ދެންވެސް އަތް ދައްކަބަލަ ތެދުވާން.. ހަމަ ބަލަން އެބަހުރޭ..” ސާރާއާއި ދިމާލަށް އަތް ދިއްކުރަމުން މީޝާ ބުނެލިއެވެ. މީޝާ ސާރާގެ އެހީގައި ތެދުވުމަށްފަހު ވެލި ފޮޅާލިއެވެ. “ސާ ހުންނައްޗޭ އަބަދުވެސް މީޝްއަށް ހެލްޕްވާން.. މީޝްވެސް ސާއަށް ދެރަގޮތެއް ނަހަދާނަން.. އަބަދުވެސް ހެލްޕްވާނަން..” ދެކުދިން އެކީ ހިނގައިގަންނަމުން މީޝާ ބުނެލިއެވެ. “ޔަގީނެއްނު.. ބެސްޓް ފުރެންޑްސް ފޯ އެވާ..” މީޝާގެ އަތުގައި ހިފާލަމުން ސާރާ ބުނެލިއެވެ.

“ސާރާ..” ހިޔާލަކަށް ގެއްލިފައި އިން ސާރާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގޮވާލިހެން ހީވުމުންނެވެ. “ކިހާއިރެއް ގޮވާތާ.. ކޮން ހިޔާލަކަށް ގެއްލިފަ؟..” ސާރާ ކައިރީ އައިސް އިށީންނަމުން ސާރާގެ ބޮޑުދައިތަގެ އަންހެން ދަރިފުޅު ބުނެލިއެވެ. “ސާ.. ކާން ހިނގާ.. ފޮތް އަތަށްލައިގެން އިނދެގެން ކިޔަނީއެއްވެސް ނޫން ވިއްޔަ..” ސާރާ ކިޔަންގެންގުޅުން ފޮތް ދަމައިގަންނަމުން ސަހާ ބުނެލިއެވެ. އެވަގުތު ފޮތުތެރެއިން އެއްޗެއް ވެއްޓުނުހެން ހީވެގެން ތިރި ބަލައިލިއެވެ. ފޮތުތެރެއިން ވެއްޓުނީ ފޮޓޯގަނޑެކެވެ. ސަހާ އެ ފޮޓޯގަނޑަށް ބަލާލުމަށްފަހު ހީލިއެވެ. “އަހަރެން އަދިވެސް ހަނދާންހުރޭ ކުޑަކުޑަ ސާރާއާއި ކުޑަކުޑަ މީޝާ މަތިން… ތި ދެމީހުން ހާދަ މަޖަލޭ އޭރުގަ.. އަބަދު އެކީ އުޅޭނީވެސް… އަހަރެން ވަރަށް ޖޭ ވެސް ވޭ އަހަރެންގެ އެހާ ކްލޯސް ބެސްޓް ފްރެންޑެއް ނުހުންނާތީ.. މީޝް މަތިން މިސްވެސް ނުވޭތަ؟” ސާރާއާއި މީޝާގެ ކުޑައިރުގެ ފޮޓޯއަށް ބަލަން އިނދެގެން ސަހާ ވާހަކަ ދެއްކިއެވެ. އޭރުވެސް އެއްޗެއް ނުބުނެ ދުރުބަލަން ސާރާއިނެވެ. “ސާރާ.. އަހަރެންނަކަށް ނޭންގުން ސާރާ ކުއްލިޔަކަށް މިރަށަށް އަންނަންޖެހުން ސަބަބެއް.. ބޯވެސް ތިހުރީ ކޮށާފަ.. އެކަމަކު އެއީ ސާރާ އެންމެ ލޯބިން ގެންގުޅޭ އެކަތި.. ކައިވެނީގެ ވާހަކަ ދައްކާފަ ކީއްވެ މިރަށަށް ތިއައީ؟.. މިހާރު މަސްދުވަސްވީ މިރަށުގަ އުޅޭތާ ވެސް.. މަންމަ ބުނީ އެންމެ ފަހަރަކުވެސް ސާރާއެއް މީޝާ އަކަށް ގުޅައެއްވެސް ނުލައޭ.. އަނެއްކޮޅުން އަހަރެން އައީމަ އަހަރެންނާ ރީތިކޮށް ވާހަކަ ވެސް ނުދައްކަ ހަމަ ހިޔާލަކަށް ގެއްލިފަ އަބަދު ތި އިންނަނީ.. ކީއްވެ ކައިވެނި ނުކުރީ؟ ކީއްވެ މިރަށަށް އައިސް ނުދާން ތި ހުރީ؟ ސާރާ އަހަރެން ކައިރީ ބުނެބަލަ.. އަހަރެންމީ ސާރާގެ ފޭވަރިޓް ކަޒިން އެއްނު.. ކިހިނެއްތަވީ؟” ސަހާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއް އެއްފަހަރާ އަމުނާލިއެވެ. އޭރު ސާރާގެ ލޮލުން ވެއްޓެންއައި ކަރުނަ ތިކި އަތުގެ ނުފުށުން ފުހެލަމުން ދިޔަ މަންޒަރު ސަހާއަށް ވަރަށް ރީއްޗަށް ފެނުނެވެ. “ޔޫ ކްރަޔިންގ؟ އަނެއްކާ އަހަރެންނަށް ސާ ދެރަވާ ކަހަލަ އެއްޗެއް ބުނެވުނީތަ؟ ސޯ ސޮރީ ބޭބީ..” ސާރާގެ އަތުގައި ހިފާލަމުން ސަހާ ބުނެލިއެވެ.
“ސާ ބޭނުމީ ދުވަސްކޮޅަކު މިރަށުގަ މަޑުކޮށްލަން.. ސަހާއަށް ނޭންގުނަސް ސާގެ ލައިފްގަ ވަރަށް ގަބޫލު ކުރަން ދަތި ކަންތައްތަކެއް ހިނގައިފި.. އަދިވެސް ގަބޫލެއް ނުކުރެވޭ އެއީ އަސްލަށް ވީ ކަންތައްތަކެއްބާއޭ ވެސް.. ބައެއްފަހަރު ހިތަށްއަރާ އެއީ ބިރުވެރި ހުވަފެނަކަށް ވާނެ ނަމައޭ ވެސް…” މިހެން ބުނުމަށް ފަހު ސާރާ އިސްޖަހައިލިއެވެ.

“ސާ… ކިޔާދީބަލަ. ޓްރަސްޓް މީ..” ސަހާ އަނެއްކާވެސް އާދޭސް ކުރާ ރާގަކަށް ބުނެލިއެވެ. “ޓްރަސްޓް ކުރިން އޭނައަށްވެސް… އެހެން އެކަކަށްވުރެ ބޮޑަށް.. އެކަމަކު…” ސާރާއަށް ހަމަ ރަގަޅަށްވެސް ރޮވެއްޖެއެވެ. ވީ ދެރައިން ސަހާގެ ކޮނޑުގައި ބޯ އަޅައިންގެން ހިތް ފުރެންދެން ރޯލިއެވެ. އިރުކޮޅަކު މިހެން އިނުމަށްފަހު ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ. ސަހާވެސް ސާރާގެ ފަހަތުން ސާރާގެ ކޮޓަރިއަށްވަނެވެ. ސާރާ އަލަމާރި ހުޅުވުމަށްފަހު ނޯޓް ފޮތެއް ނެގިއެވެ. “މީ ސާ މިރަށަށް އައިސް ލިޔާންފެށި ސާގެ ލައިފްގެ ޑައިރީ… މި ކީމަ ސަހާޔަށް ތި ކުރާ ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެ…” އަލަމާރި ތެރެއިން ނެގި ފޮތް ސަހާއަށް ދިއްކޮށްލަމުން ސާރާ ބުނެލިއެވެ.

ފޮތް ހިފައިގެން ސަހާ ގޮސް ހަމަޖެހިލީ އޭނާގެ ކޮޓަރީގެ އެނދުމަތީއެވެ. ފޮތް ހުޅުވާލިއިރު ފުރަތަމަ ގަނޑުގައި ބޮޑު އަކުރުން “ބެސްޓް ފުރެންޑު” މިހެން ޖަހާފައި އިނެވެ. އަދި ސާރާއާއި މީޝާގެ ފޮޓޯއެއް ތަތް ކޮށްފައި އިނެވެ. ސަހާ ގަނޑު އެއްލައި ކިޔަންފެށިއެވެ…….

ސާރާއާއި މީޝާގެ އެކުވެރިކަމަކީ މުޅި ރަށް ދަންނަ ނަމޫނާ އެކުވެރިކަމެކެވެ. ރައްޓެހިކަމުގެ މިސާލު ނަގަންޏާ ރަށުގެ ބޮޑު ބޮޑެތިންވެސް ނަގާނީ މި ދެ އެކުވެރިންގެ މިސާލެވެ. އެހާވެސް ވަރުގަދަ ގުޅުމެކެވެ. ޚުދު މި ދެ ރަޙްމަތްތެރިންވެސް މިކަމާ ފަޚުރުވެރިވެޔެވެ. ނަމަވެސް މިއަދު ކޮންމެ މީހަކުވެސް މިކަހަލަ އެކުވެރިކަމެއް ނުދެއްވުމަށް އެދި ދުޢާ ކުރާނެކަން ކަށަވަރެވެ. ކުއްލިޔަކަށް މިވީ ކިހިނެއް ހެއްޔެވެ؟ ނަމޫނާ އެކުވެރިކަމަށް މިއައީ ކޮންފަދަ އިންގިލާބެއް ހެއްޔެވެ؟

ސާރާގެ ބައްޕަވަނީ ސާރާއަށް ދެއަހަރުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މިދުނިޔެ ދޫކޮށްފައެވެ. އޭގެފަހުން މަންމަ ނިޔާވީ ސާރާއަށް 10 އަހަރުގައެވެ. އޭރުވެސް ސާރާއާއި މީޝާ އަކީ އެކަކު އަނެކަކުގެ ހިޔަނި ފަދައިން އެކީ އުޅޭ ދެމީހުންނެވެ. ސާރާގެ ބައްޕަ ފަރާތު އެއްވެސް އާއިލާގެ މީހަކު މިރަށަކު ނޫޅެއެވެ. އެންމެންވެސް އުޅެނީ މާލޭގައެވެ. ސާރާގެ މަންމަގެ މަރަށްފަހު ސާރާގެ ބޮޑުދައިތަ ކައިރިޔަށް ސާރާ ގެންދެވޭތޯ ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އުމުރުން 10 އަހަރުގެ ކުޑަކުޑަ ސާރާ އޭރުވެސް ބޮޑާހޭކީ މީޝާއާއި ދުރަށް ނުދާށެވެ. މީޝާގެ މައިންބަފައިން ސާރާގެ ބޮޑުދައިތަޔަށް ސާރާ ފުރިހަމަ ގޮތުގައި ބަލައިދޭނެ ކަމުގެ ޔަގީންކަން ދިނެވެ. އޭރުންސުރެ ސާރާ ދިރިއުޅެމުން ދިޔައީ މީޝާއާއި އެކީގައި އެގޭގައެވެ. ސާރާ އަކަށް އެގޭގައި އެއްވެސް ކަމެއް މަދެއް ނޫނެވެ. އާއިލާ މީހެއް ފަދައިން އުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. ސުކޫލު ނިމުންއިރު ސާރާ ރާއްޖެ ފަޚުރުވެރިވާ ވަރުގެ ނަތީޖާއެއް ހޯދިއިރު، މީޝާގެ ނަތީޖާ އެހާ ރަގަޅެއްނޫނެވެ. ނަމަވެސް ސާރާ މީޝާއަށް ވަރަށް ހިތްވަރު ދިނެވެ. ޙަޔާތުގައި ކުރިޔަށްދާނީ އެކީގައި ކަމަށް ބުންޏެވެ. ސާރާ ކިތަންމެ މޮޅުކަމުގައިވިޔަސް ދިރިއުޅުމުގައި މީޝާއާއި ނުލައި އެއްވެސް ފިޔަވަޅެއް ނާޅާނެކަމަށް ސާރާ އަބަދުވެސް ބުނެއެވެ. އިތުރަށް ކިޔަވަން ސާރާ ކިތަންމެ ބޭނުން ނަމަވެސް، މީޝާ އަދިވެސް ކިޔަވާތީ ސާރާ މަޑުކޮށްގެން ހުރީ މީޝާ ނިމެންދެންނެވެ. އުމުރުން 18 އަހަރު ވެގެން ދިޔައިރު ސާރާގެ ދިރިއުޅުމުގައި ވަނީ އިތުރު ބޮތްކެއް ދިއްލިފައެވެ. އިޒާންއާއި ސާރާ ގުޅުނީ ފަސް އަހަރުގެ ރަޙްމަތްތެރިކަމަށް ފަހުގައެވެ. އިޒާން އަކީ މީޝާގެވެސް ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. ސާރާގެ ދިރިއުޅުމުގައި އެތައް ކަމެއް ބިނާކުރަމުން ދިޔައިރު މީޝާއަކަށް ހަމަ އެއްގޮތަކަށްވެސް ކުރިއެރޭ ގޮތެއް ނުވެއެވެ. ކިޔެވުމުގައާއި ލޯބީގެ މައިދާނުގައިވެސް ސާރާ އުޅުނީ މީޝާއަށްވުރެ އެތައް ހަރުފަތެއް ކުރީގައެވެ. ސާރާ އަބަދުވެސް މީޝާއަށް ހިތްވަރުދެއެވެ. ރަގަޅު ކަންތައްތަކަށް ވަގުތު ނަގާނެ ކަމަށް ބުނެ އަބަދުވެސް ވިސްނައިދެއެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ދެރަޙްމަތްތެރިންނަށް ވިހި އަހަރުވެގެން ދިޔައިރުވެސް ސާރާއަށް އިތުރަށް ކިޔެވުމުގެ ފުރުސަތެއް ނުލިބުނެވެ. ފުރުސަތު ނުލިބުނީ އެއް ނޫނެވެ. ފުރުސަތުގެ ބޭނުން ނުހިފީއެވެ.

މީޝާއަށް ބަލަން ހަދައިގެން ތިން އަހަރު ބޭކާރުވެގެން ދިޔައިރު، ޝަކުވާއެއްވެސް ނުކޮށް ހުރީ މީޝާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެހާ ހިސާބުން ސާރާ ދެން ނިންމީ އިޒާންގެ އެދުމުގެ މަތިން ދެމީހުން ކައިވެނި ކުރާށެވެ.

“ސާ ބުނީމެއްނު ހުރިހާ ކަމެއްވެސް ކުރާނީ މީޝްއާ އެކީގައޭ.. އަދި މީޝްގެ ލައިފްގަ ނެތޭ ޕާޓްނާ އެއްވެސް.. ވެއިޓް ފޯ މީ..” ސާރާ ކައިވެނީގެ ވާހަކަ ދެއްކުމުން މީޝާ ބުނީ މިހެންނެވެ. ސާރާ ކިތަންމެ ބޭނުންވިޔަސް މީޝާ ދެރަކޮށްލާކަށް އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. މިއަދު މިހާ ހިސާބަށް އައި އިރު އެންމެ ކައިރީގައި ހުރީ މީޝާއެވެ. މިވީހާ ދުވަހަކު އުޅުނީ މީޝާގެ އާއިލާގެ ބެލުމުގެ ދަށުގައެވެ. އެއްގޮތަކަށްވެސް މީޝާ ދެރަކޮށްލާކަށް ސާރާ އަކަށް ލާހިކެއްނޫނެވެ.

“ދެން އެ މީޝާއަށް ބަލަން ހަދައިގެން މުޅި އުމުރު ހުސްކޮށްލާނީތަ؟ ކިޔެވުނީއެއްނޫން.. އެޓްލީސްޓް އަހަރެންނަށް ވިސްނާލަބަލަ ސާ…” ސާރާ ކައިވެނި ފަސް ކުރަން ބުނުމުން އިޒާން ހިތްހަމަ ނުޖެހިފައި ސާރާއާއި ދިމާލަށް ވަރަށް އެއްޗެހި ކިޔެވެ. އިޒާން ހުރީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވެފައެވެ. އެއްކޮޅުގައި ސާރާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަނެއްކޮޅުގައި ސާރާ ފުރާނަ ފަދައިން ލޯބިވާ އިޒާންއެވެ. ހަމަ ރަގަޅަށްވެސް ސާރާގެ ބޯ ގޮވާވަރުވިއެވެ. ކައިވެންޏަކަށް ދާން ބޭނުންވާ ވާހަކަ ސާރާ ދިޔައީ ކޮންމެވެސް ވަރަކަށް އާއިލާގެ މީހުން ކައިރީ ދައްކަމުންނެވެ. ކިތަންމެ ބޭނުންވިޔަސް މީޝާ ބޭނުން ނުވަންޏާ ކުރާނީވެސް ކިހިނެއް ހެއްޔެވެ.
“ސާރާ ކިހިނެއްވެގެން ތި އުޅެނީ؟ ގޮސް މަންމަމެން ކައިރީ ކައިވެނީގެ ވާހަކަ ތި ދައްކަނީ ކީއްވެގެންތަ؟” ސާރާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ މީޝާގެ އާއިލާގެ މީހުން ކައިރީ ބުނުމުން މީޝާ ރުޅިއައިސްގެން ސާރާއަށް ވަރަށް އެއްޗެހި ގޮވާލިއެވެ. ސާރާ ހުރީ ހަމަ ބުނާނެ އެއްޗެއް ވެސް ނޭންގިފައެވެ. ކުއްލިއަކަށް މީޝާއަށް މިވަނީ ކިހިނެއް ހެއްޔެވެ. މީޝާގެ މިޒާޖު ވެސް ބަދަލުވާކަން ސާރާއަށް ފާހަގަ ކުރެވެއެވެ. ތަންތަނަށް ދާއިރު އަބަދުވެސް ސާރާ ގޮވައިގެންދާ މީހާ މިހާރު ދަނީ އެކަންޏެވެ. ދާނަންތޯވެސް އަހާނުލައެވެ. ރީތިކޮށް ވާހަކަވެސް ދައްކާ ނުލައެވެ. ކޮންމެއަކަސް ސާރާ މުޅިންހެން ގޭތެރޭ ބާކީ ވާން ފެށިއެވެ. އިޒާންއާއި ވާހަކަ ދައްކާލާ ވަގުތުތަކުގައި ނޫނީ ސާރާ ވަރަށް އެކަނިވެއެވެ. މީޝާގެ މަންމައަކީ ވަޒީފާގައި އުޅޭ މީހެއްކަމުން ގޭތެރެ ވަރަށް ފަޅެވެ. މިގޮތަށް ކަންތައްތައް ހިނގާތާ ހަފްތާއެއް ފަހުން ސާރާ މީޝާ ކައިރީ ޝަކުވާ ކުރިއެވެ. “ފޫހިވަންޏާ އިޒާން ކައިރިޔަށް ދޭބަލަ.. އަހަރެން ނޫޅެމޭ ކޮންމެހެން ސާރާގެ ހެޕީ ލައިފްއަށް ވަންނާކަށް.. އަހަރެން އެއްޗެއް ބުންޏަސް ގޯސްވޭ.. އަވަހަށް އިނދެގެން ދޭ މިގެއިން..” އެދުވަހުވެސް ވަރަށް ރުޅި އައިސްފައި ސާރާއާއި ދިމާލަށް މީޝާ އެއްޗެހި ކިޔެވެ. ނަމަވެސް ކެތްކޮށްލައިގެން ހުރީ ރައްދު ދިނުމަކީ ސާރާ ކުރާކަމެއް ނޫން ވީމައެވެ.

ހަމަ މިކަހަލަ އާދައިގެ ދުވަހެކެވެ. ސާރާ ގޭތެރޭގައި ފޫހިވެގެން ގޭގެ ފުރަގަހުގައި މީޝާގެ މަންމަ ހައްދާފައި ހުރި ގަސްތަކަށް ފެންދޭންވެގެން ދިޔައެވެ. އެތާ އޮންނަނީ ހުސް މީޝާގެ މަންމަ އިންދާފައި ހުންނަ ތަފާތު ވައްތަރުގެ ގަސްގަހެވެ. އެތާންގައި ބޮޑު ބަނބުކެޔޮ ގަހަކާއި ކުންނާރު ގަހެއްވެސް ހުރެއެވެ. ސާރާ ދިޔައީ ކުންނާރުކޮޅެއްވެސް ބިނދެލާށާއެކީގައެވެ. އެހިސާބަށް ދެވުމާއިއެކީ ސާރާއަށް ދުވަންފެށީ އެއްޗެއް އަނދާވަހެވެ. ކޮންމެވެސް ވަރަކަށް ދުމުގެ އަސަރުވެސް މުޅި ހިސާބުގައި ހިފާލާފައި ހުއްޓެވެ. ސާރާ ވަސް އަންނަ ދިމާލަށް ހިނގައިގަތެވެ. ދުންގަނޑު އޮލަވެފައި ހުރީ ބަނބުކެޔޮގަސް ފުރަގަހުންނެވެ. ސާރާ ދިޔައިރު އަނދަމުން ދިޔަ އެއްޗެއް އަނދާ ހުލިވެއްޖެއެވެ. އެކަމަކު މިތާ މީހަކު އެއްޗެއް އަންދާނީ ކީއްވެބާއޭ ސާރާގެ ހިތަށްއެރިއެވެ. ބަނބުކެޔޮގަސް ކައިރީ އިން ކުޑަކުޑަ ކުރުދާސް ކޮޅެއް ސާރާ ލޮލުގައި އަޅައިގަތެވެ. އެއީ ސާރާގެ އަތްތިލަ ވަރުގެ ކަރުދާސް ކޮޅެކެވެ. ސާރާ އެކަރުދާސްކޮޅު ނެގުމަށްފަހު ބަލައިލިއެވެ. އެޔަށްފަހު އަނދާހުލިވެފައިވާ އަޅިތަކަށް ބަލައިލުމަށްފަހު އަނގަމަތީ އަތްއެޅިއެވެ. އިރުކޮޅަކުން ފައިގައި ހުރިބާލެއްލާފައި ގެޔާއި ދިމަޔަށް ދުއްވައިގަތެވެ. އެދިޔަގޮތަށްގޮސް ކޮޓަރިތެރެޔަށް ވަދެ އަލަމާރިތެރެ ހާވަންފެށިއެވެ. އޭރުވެސް އެކުޑަ ކަރުދާސްކޮޅު ސާރާގެ އަތުގައި އޮތެވެ. މުޅި ކޮޓަރިތެރެ ހޭވިއިރުވެސް ސާރާގެ ތަޢުލީމީ ސެޓްފިކެޓްތަކެއް ނުފެނުނެވެ. އެލިޔުންތަކަކީ ސާރާގެ އުމުރުދުވަހުގެ މަސައްކަތެވެ. ސާރާގެ އަތުގައިވެސް އެއޮތީ އޭގެއިން ސެޓްފިކެޓެއްގެ އެތިކޮޅެކެވެ. އެއީ އޯލެވެލް ނަތީޖާ ގެ އެތިކޮޅެކެވެ. ސާރާގެ ހުރިހާ މަސައްކަތެއް އަނދާ ހުލިވެގެން ދިޔައީއެވެ. ސާރާ ވީދެރައިން ބާރަށް ރޮއެގަނެފައި ތަޅަންމައްޗައް ތިރިވިއެވެ. މުޅިމީހާގައިން ވާގި ދިޔަކަލައެވެ. މިވަރު ބޮޑު ކެއްސެއް އޭނާއަށް ދޭނީ ކާކު ހެއްޔެވެ. “މީޝާ” ކުއްލިއަކަށް މީޝާ މަތިން ހަނދާންވެގެން ސާރާ ކޮޓަރިން ބޭރަށް ނިކުތެވެ. އެއިރު މީޝާ ގެޔަށް އައިސް ވަންނަނީއެވެ. “މީޝް އަހަރެންގެ ސެޓްފިކެޓްތަށް..” ސާރާއަށް ބުނެވުނީ މިހިސާބަށެވެ. އަނެއްކާވެސް ސާރާ ދިޔައީ ބަޑި ފަޅައިގެންނެވެ. މީޝާގެ މޫނުމަތިން އަރައި ފޭބި ކުލަވަރު ފެނުންނަމަ ސާރާއަށް އެއީ މީޝާ ކުރިކަމެއްކަން ޔަގީންވާނެއެވެ. ނަމަވެސް ސާރާހުރީ އެޔަށްވުރެ ބޮޑަށް ހިތުގައި ޖެހިފައެވެ.

“ކިހިނެއްވެގެންތަ ތި އުޅެނީ؟” މީޝާ ހަޖެހޭގޮތް ދައްކާލަމުން މިހެން ބުނުމަށްފަހު ވަނީ ގޭތެރެޔަށެވެ.

އެދުވަހު ސާރާ ރުއިވަރެއްވެސް ނޭންގޭނެއެވެ. ގޭތެރޭގައި ދައްތަމެންވެސް އުޅުނީ އެކަން ކުރިމީހެއް ނޭންގިގެންނެވެ. ނަމަވެސް އެންމެން އެކަމާ ހިތާމަކުރިއިރު މީޝާހުރީ ވަރަށް ހަމަޖެހިލާފައެވެ. އެންމެ ގާތް އެކުވެރިޔާގެ ހިތާމައިގައި އޭނާ ބައިވެރިވާން ބޭނުންނުވާ ކަހަލައެވެ. ނޫނީ އެއީ އެނާ ބޭނުންވާގޮތެވެ. މީޝާގެ ހިތުގައި ހިނގަމުންދިޔަ ޝުޢޫރުތަކެއް ހަމަ އެކަކަށްވެސް ނޭންގެއެވެ.

އޭގެ ދެދުވަސްފަހެވެ. ސާރާ ހެނދުނު ނިދާހޭލިއިރު ކަރުދޮށް ކޮންމެވެސް ވަރަކަށް ކަހައެވެ. އެއްފަހަރު ކަހާލުމަށްފަހު އަތް ބަލައިލިއިރު އަތުގައި ހުރީ ހުސް އިސްތައްޓެވެ. ސާރާ ކުޑަކޮށް ތެދުވުމަށްފަހު ބޮލުގައި އަތްހާކާލިއެވެ. އިސްތަށިގަނޑުން އެއްބައި މަދުހެން ހީވެގެން ދުވެލާފައިގޮސް ލޯގަނޑު ކުރިމަތީ މަޑުކޮށްލިއެވެ. އާނ އެކެވެ. އިސްތަށިގަނޑު މިހުރީ ކޮންމެވެސް މީހަކު އެކިގޮތްގޮތަށް ކޮށާފައެވެ. ސާރާއަށް ބާރުބާރަށް ހަޅޭތްލާވާގަނެވުނެވެ. އޭނާގެ އިސްތަށިގަނޑު ކޮށާލާނީ ކާކުހެއްޔެވެ. އެހުރިގޮތަށް އަމިއްލަ ސޫރަޔަށް ބަލަން ހުރެގެން ސާރާ ވަރަށް ރުޔެވެ. އޭނާއާއި ހެދި މިހާ އުނދަގޫވެގެން މިއުޅެނީ ކާކު ހެއްޔެވެ. ސާރާ އެންމެ ލޯބިވާ އެކައްޗަކީ އިސްތަށިގަނޑެވެ. ނަމަވެސް ކޮންމެވެސް މީހަކު ހަސަދަވެރިކަމުން އޭނާގެ އިސްތަށިގަނޑުވެސް ކޮށާލީއެވެ. ނުވިތާކަށް ސެޓްފިކެޓްތަށްވެސް އަންދާލީއެވެ.

އެދުވަހު ސާރާ އިޒާންއަށް ގުޅައިގެންވެސް ވަރަށް ރުޔެވެ. އިޒާން ތަކުރާރުކޮށް ބުނަމުން ދިޔައީ އެއީ މީޝާގެ ކަމެއްކަމުގައެވެ. ނަމަވެސް އެއީ ސާރާގެ “ބެސްޓް ފޮރެންޑު”އެވެ. އެވަރުގެކަމެއް މީޝާ ނުކުރާނެކަމަށް ސާރާ ދިޔައީ ބުނަމުންނެވެ. އެންމެފަހުން އެދުވަހު ސާރާ ފޯނު ބޭއްވީ އިޒާންއާއި ދެބަސްވެގެންނެވެ. އެދުވަހު ސާރާ ކޮނޑާއިހަމަޔަށް އިސްތަށިގަނޑު ކޮށާ އެއްވަރުކުރިއެވެ. މިމަންޒަރު ބަލަން އަބަދުވެސް ހުންނަފަދައިން އެންމެ ކައިރީގައި ހުރީ މީޝާއެވެ. މީޝާ ބުނަމުން ދިޔައީ މިހާރު މާރީތި ކަމުގައެވެ. ނަމަވެސް އެހިތުގައި އޮތް އެއްޗެއް އިގޭނީ ކާކަށް ހެއްޔެވެ.

ހަމަ އެދުވަހު ސާރާ އިޒާންއާއި ބައްދަލު ކުރަންދިޔައެވެ. ސާރާގެ ކޮށާލެވިފައިވާ އިސްތަށިގަނޑު ފެނިފައި އިޒާން ބަލަން ހުރީ ފާޑަކަށެވެ. މިހެން ހުރުމަށްފަހު ސާރާއާއި އެދުވަހު ވަކިވެގެންދިޔައީ ތިޔައީ އަހަރެން އެއްއިރެއްގައި ލޯބިވި ސާރާ ނޫންކަމުގައި ބުނަމުންނެވެ. ސާރާގެ ބޮލުގައިވާ ރީތި އިސްތަށިގަނޑު ނެތުމުން އިޒާން ސާރާ ދެކެ ފޫހިވީއެވެ. ނަމަވެސް އެއީ ކޮންކަހަލަ ލޯތްބެއް ހެއްޔެވެ. އިޒާން ލޯބިވީ އޭނަގެ ރީތި އިސްތަށިގަނޑުދެކެ ހެއްޔެވެ. ސާރާ ހަމަ އެކަށްވެސް ކުދިކުދިވެގެން ދިޔައެވެ. ސާރާ ލޯބިވާ ހުރިހާ އެއްޗެއް ސާރާއަށް ގެއްލިއްޖެއެވެ. މިއިން އެއްވެސް ކަމެއްގައި މީޝާ ބައިވެރިއެއްނުވެއެވެ. ސާރާއަށް ހިތްވަރުގެ ގޮތުންވެސް ބަހެއްނުބުނެއެވެ. އެހެންކަމުން މީޝާއާއި ދޭތެރޭ ސާރާ ކުޑަކޮށް ވިސްނައިލިއެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ މީޝާއޭ ފުރަތަމަ ފަހަރަށް ސާރާގެ ހިތް ބުނެލިއެވެ. އެހާ ހިސާބުން ސާރާ މީޝާއަށް ފާރަލާންފެށިއެވެ.

އޭގެ އަނެއްދުވަހު ހަވީރު ގޭ ދޮރުމަތި ކުނި ކަހާލުމަށްފަހު ސާރާ ކޮޓަރިޔަށް ދިޔައީ ފެންވަރާލާށެވެ. ނަމަވެސް ކޮޓަރި ދޮރުމައްޗައް އަރާފައި ހުއްޓުނީ މީޝާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
“އަހަރެން ދެން އުކާލާނީ އޭނަ ލާންގެންގުޅޭ ހެދުންތަށް..” ފޯނުން ވާހަކަ ދައްކަމުން މީޝާ ބުނެލިއަޑު ސާރާއަށް ކިތަންމެ ރީއްޗަކަށްވެސް އިވުނެވެ. “ނޫން.. ދެން މިގޭގަ އުޅެންޏާ އަހަރެންނާ ދެކޮޅަށް އެއްޗެއް ބުނާކަށްވެސް ނުކެރޭނެތާ! އެހެންނޫނަސް އޭނަ އަހަރެންދެކެ އެޔަށްވުރެ މާ ލޯބިވާނެ..” އަނެއްކާވެސް މީޝާ ބުނެލި އަޑުއިވުނެވެ. “ހާދަ ހިތްހަމަ ޖެހިއްޖެއޭ އިޒާންވެސް ރުޅިވީމަ.. އަޅޭ ޖަހާ ވައްތަރު.. އާޔާ ދެކުނިންތަ އޭނަ؟” ހިނިގަނޑެއް ޖަހާލަމުން މީޝާ ބުނެލިއެވެ. މީޝާ މި ވާހަކަ ދައްކާ މީހެއްވެސް ސާރާއަށް އިނގެއްޖެއެވެ. އާޔާއަކީ ސުކޫލުގައި އުޅުންއިރު ސާރާއާއި އެންމެ ބޮޑަށް ކިޔެވުމުގައި ވާދަކުރި އެކަކުއެވެ. އަބަދުވެސް އާޔާ އުޅެނީ ދެވަނައިގައެވެ. އެހެންކަމުން އާޔާ އަބަދުވެސް ސާރާއަށް ހަސަދަވެރިވެއެވެ. ސާރާއަށް ރޮވޭގޮތްވިއެވެ. ސާރާ ހަޔާތުގައި އެންމެ އިތުބާރުކުރީ މީޝާއަށެވެ. މީޝާ މިވަރު ބޮޑު ލަނޑެއް އޭނަޔަށް ދޭނެކަމަކަށް ދުވަހަކުވެސް ހިތަކަށް ނާރުވައެވެ. މީހަކަށް މިކަހަލަ ކަމެއް ހުވަފެނުގައިވެސް ނުދެއްކުމަށް ސާރާ ދުޢާކުރިއެވެ. ކެތް ނުވެގެން ސާރާ އެދުވަހު ގެއިން ނިކުމެގެން ދިޔައީ ބޭރަށެވެ…….

މިހާހިސާބަށް ކިޔައި ނިމުންއިރު ސަހާއަށްވެސް ހަމަ ރަގަޅަށް ރޮވެއްޖެއެވެ. އޭނާގެ ކޮއްކޮއަށް މިވަރުގެ ބޮޑު ދެރަޔެއް މީޝާ ދޭންވީ ކީއްވެގެން ހެއްޔެވެ. އެކަމަކު އެއީ އެކަކު އަނެކަކުގެ ހިޔަނިފަދައިން އުޅުން ދެމީހުންނެވެ. ސަހާ އަނެއްގަނޑަށް އެއްލިއިރު ދެން ފެނުނީ ހުސްގަނޑުތަކެކެވެ. އިތުރަށް ލިޔެފައި ނެތުމުން ދެންވީގޮތް ސާރާ ކައިރިން އަހަހަން އޭނާ ދިޔައީ ސާރާގެ ކޮޓަރިއަށެވެ. އޭރު ސާރާ އެނދުމަތީ އޮށޯވެލައިގެން ފަންކާއަށް ބަލަން އޮތެވެ.

“ސާ” ސާރާ ކައިރީ އިށީންނަމުން ސަހާ ގޮވާލިއެވެ. “ދެންވީ ކިހިނެއް؟” ސަހާ ވެސް ސާރާ ކައިރީ އެނދުމަތީ އޮށޯވެލަމުން އަހާލިއެވެ.
“ސާ ގެއިން ނިކުމެގެން ދިޔަގޮތަށް އިނީ ގޮނޑުދޮށުގަ.. އިރު އޮއްސުނީމަ ގެޔަށް ގޮއްސަ ފުރަތަމަވެސް ގުޅީ މިގޭ ދައްތައަށް.. ބުނިން ސާ މާދަން ފެރީއިން ތި ރަށަށް ދާނަމޭ.. ދެން އެރޭ ނިދަން އޮވެފަ މީޝާއަށް ގޮވާލާފަ އެހީ ކީއްވެގެންހޭ ސާ ދެކެ އެހާ ރުޅި އަންނަނީ.. އަނގަޔަކުން ނުބުނި. ސާ ނިދީ ދެން..” މިހެން ބުނުމަށްފަހު ސާރާ ބަލައިލީ ސަހާއަށެވެ. “ގަބޫލު ކުރެވޭތަ؟” ސާރާ މިހެން ބުނުމުން ސަހާ ބޯހޫރާލިއެވެ.

“ސާ އަކީ ޒުވާބު ކުރާހިތްވާ މީހެއްނޫން.. އެހުރިހާ ކަމެއް އެނގިހުރެވެސް މީޝްދެކެ ވަރަށް ލޯބިވޭ.. މީޝް އެގޮތަށް ކަންތައްކުރީ ކޯސް ޝީ ވޯސް ޖެލަސް. އިނގޭ.. މޭ ބީ އައިމް ބެޓާ ދެން ހާ..” މިހެން ބުނެ ނިމުންއިރު ސާރާއަށް ރޮވިއްޖެއެވެ. “ޔެސް ޔޫ އާރ ބެޓާ ދެން ހާ” ސަހާ ބުނެލިއެވެ. “ދެން އަނެއްދުވަހު އައީމި މިރަށަށް.. އެގޭ ދައްތަ ކައިރީ ބުނެފަ އައީ.. ބުނިންދެން އެހާ އަވަހަކަށް ނާންނާނަމޭ ވެސް.. ސާ ފުރަން އައިއިރު އެގޭ އެންމެންވެސް އައި ފުރުވަން.. މީޝާވެސް އައި.. ލޯންޗަށް އަރަން ދަމުން މީޝާ ކައިރިޔަށް ޖެހިލާފައި ބުނިން ސާއަށް ހުރިހާ ކަމެއްވެސް އިނގެޔޭ.. ޔޫ އާރ ދި ވޯސް އޭ! އަދި ބުނިން އެހެން މީހެއް ނަމަ މިހާރު ގަޔަށް ބޮލަށްވެސް އެރީހޭ.. ޔޫ ހެވް ނޯ މޯ ބެސްޓް ފޮރެންޑޭ… އެންޑް ޔޫ ޑޯންޓް ޑިޒާވް އެނީ ފްރެނޑްޝިޕްއޭ!” ސާރާ ކިޔައިދިނެވެ.

ސަހާ ސާރާއަށް ވަރަށް ހިތްވަރުދިނެވެ. ކިޔެވުމުގެ ފުރުސަތު އަދިވެސް ލިބޭނެކަމަށްބުނެ ވަރަށް ވިސްނައިދިނެވެ. ނަމަވެސް ވިސްނޭނީ ކިހިނެއް ހެއްޔެވެ. އެންމެ ލޯބިވާ އެކަކު މިއަދު އޭނަޔަށް ހަދާލިގޮތުން އެހެން ކަމަކާ ވިސްނާނީ ކިހިނެއް ހެއްޔެވެ. މީހެއްގެ މޮޅުކަމާއި ކުރިއެރުމުގެ ސަބަބުން އަނެއްމީހާ ހަސަދަވެރިވުން އެއީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން އެމީހަކަށް ގެއްލުންވާފަދަ އަމަލުތަށް ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. ސާރާ މީޝާ ދެކެ ލޯބިވީ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދައިންނެވެ. ކިޔެވުމުގެ ފުރުސަތުތަށް ހަތަރުފަރާތުން ލިބެމުންދިޔައިރު މީޝާއަށްޓަކައި އެކަންވެސް މަޑުޖައްސާލީ ހަމަ ވީ މަތިވެރި ލޯތްބެއްގެ ބޮޑުކަމުންނެވެ. ލޯބިވެރިޔާވެސް ގެއްލުނީއެވެ. ކުރި ހުރިހާ މަސައްކަތެއްވެސް ބީވެގެން ދިޔައީއެވެ. މަންމައާއި ބައްޕަނެތް ދުނިޔޭގައި އެންމެ ލޯބިވި މީޝާއެހުރިހާ ކަމެއް ކުރިއިރުވެސް ބަހެއް ނުބުނެ ފުރައިގެން އައީ މީހުންގެ ކުރިމަތީ މީޝާގެ އަގު ވެއްޓިދާނެތީއެވެ. އަސްލު އެއީ މީހުންނަށް އިނގެންވެސް ޖެހޭނެ ކަމެކެވެ. ނަމަވެސް ސާރާއަކީ ވަރަށް މާތް ކުއްޖެކެވެ.

މިއީ އެންމެ ކައިރީގައި އުޅޭ މީހުންނަށްވެސް އިތުބާރު ކުރެވޭނެ ޒަމާނެއްނޫނެވެ. މީހުންގެ ވިސްނުން މިހާރު މާ ނުރައްކަލެވެ. ސާރާ އެދެމުންދިޔައީ އޭނަޔަށް ޖެހުނު ކަހަލަ މުސީބާތެއް އެކަކަށްވެސް ނުޖެހުމަށެވެ. މީޝާކަހަލަ އަމިއްލަ އެދުމުން ފޯވެފައިވާ އެކުވެރިޔެއް އެކަކަށްވެސް ނުލިބުމެވެ. ކިތަންމެ ގިނަދުވަހު އެކުގައި އުޅުނަސް މީހެއްގެ ހިތެއް ނޭންގޭނެއެވެ. (ނިމުނީ)

Please log in or register to bookmark.
8k

10 ޚިޔާލު

 1. އަސްލު ވެސް ވ ރީތިކޮށް.އަހަންނަށްވެސް ދިމާވި ތިކަހަލަ ކަމެއް.އެދުވަހު ވ ދެރަވި. މިހާރު ބޭނުމެއްނޫން އެއްވެސް ފްރެންޑެއް

  26
  3
 2. Yeah me too I mean I also experienced it and we are not even friends now we are Enemies I wish that I could reunite with her again
  And vaahaka varah reethi

  4
  4
 3. ނައު އަ ޑޭސް ޕީޕަލް ތިންކް ފުރެޑްޝިޕް އިސް ޖަސްޓް އަ ނޭމް........ ވ ރީތި ހާރޓް ޓަޗިޖް ސްޓޯރީއެއް❤️❤️😢😢

ޚިޔާލު

Your email address will not be published.

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy