ތުރުތް އޯރ ޑެއާރ

މާހާ އާއި ރައިސާ އާއި އިޒާން އަދި މާހިލް އަކީ ވަރަށް އެމެރިކާގައި ދިރިއުޅެމުން އަންނަ ވަރަށް ގާތް ހަތަރު އެކުވެރިންތަކެކެވެ. ހުރިހާ ކުދިންނަށް ވެސް މިހާރު ވަނީ ސޯޅަ އަހަރުވެފައެވެ. މި ހަތަރު މީހުން އުޅެމުން އަންނަނީ އެއްގެއެއްގައެވެ. ސަބަބަކީ ހަތަރު މީހުންނަކީ ވެސް މައިންބަފައިންނާއި ދުރުގައި އުޅޭ ބަަޔަކަށް ވުމެވެ. އެއްގެއެއްގައި އުޅެމުން އަންނަތާ މިހާރު މިވީ ފަސް އަހަރެވެ. އެހެންވެ ހަތަރު މީހުން ނިންމީ އާގެއަކަށް ބަދަލު ވާށެވެ. ބަދަލު ވާން އެމީހުން ނިންމި ގެއަކީ ކުރީގައި މީހުންތަކެއް ދިރިއުޅުން ގެއެކެވެ. އެމީހުންނަށް ވީ ކިހިނެއް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. އަދި މިގެއަކީ އެ ގައުމުގައި ހުންނަ އެންމެ އެކަހެރި ގެތަކުގެ ތެރެއިން ގެއެކެވެ. މިސަބަބުތަކާއި އެކު ގައިވެސް އެގެއަށް ބަދަލުވާން ނިންމީ އެގެއަކީ ވަރަށް ތަނަވަސް އެހާމެ ރީތި ގެއަކަށް ވާތީއެވެ.

އާދުވަހަކަށް އެމެރިކާ އަށް އިރު އަރައިފިއެވެ. ބޮޑު ޕިކަޕަކަށް ހުރިހާ ސާމާނެއް އަޅައިގެން ހުރިހާ އެކުވެރިން ނައްޓާލީ އާ ގެއަށް ދިއުމަށެވެ. އެގެއަށް ދެވުމުން އެއްޗެހިތައް ބޭލުމައްފަހު ހަތަރު މީހުން އެގެއަށް ވަދުނެވެ. ކުރިން ބުނިހެން އެގެއަކީ ތަނަވަސް ރީތި ގެއެކެވެ. ގޭގެކ ކުރިމަތީ ގައި ބަޤީޗާ ހައްދާލާފައި އޮތީ ނުހަނު ނަލަކޮށެވެ. މުޅި ގޭގައި ލާފައި ވަނީ އަޅި ކުލައާއި ކަޅު ކުލައެވެ. އެކަމަކު ގޭތެރެއިން ދުވަމުން ދިޔަ މުޅަ ވަސް އެކަކަށް ވެސް ނުދުވިއެވެ.

ހުރިހާ ތާކަށް އެއްޗެހި ލުމައްފަހު އެންމެން ހަމަޖެހިލީ ސިޓިންގްރޫމް ގައެވެ. " ރަނގަޅު ދޯ ދެން މިގެ!" އެންމެެ އަނގަގަދަ މާހިލް ބުނެލިއެވެ. އެންެމެންގެ ބޮލުން އާއެކޭ ބުނެލީ އަނގައިން ބުނާނެ ވަރެއް ގައިގައި ނެތީމައެވެ.

ނަަމަވެސް ވާހަކަ ނުދައްކާ ތިބޭ ހިތެއް ނުވިއެވެ. " ހިނގާބަ ތުރުތް އޯރ ޑެއާރ ކުޅެން! ވަރަށް މަޖާ ވާނެ!" ރައިސާ އެހެން ބުނުމުން އެއްބަސް ކިޔާފައި ހުރިހާ އެންމެން އެކަމަށް ތައްޔާރު ވިއެވެ. އިޒާން ބޯން އިން އެނާޒީ ޑްރިންކް ބިއްލޫރި ފުޅި އެންމެންގެ މެދުގައި ބާއްވާ ވައްބުރެއް ހަދާ ކުޅިވަރު ކުޅެން ފެއްޓިއެވެ. ފުޅި އަނބުރާ ލުމުން ފުރަތަމަ ފުޅި ގޮސް ހުއްޓުނީ މާހާގެ ކުރިމައްޗަށެވެ. " ޑެއާރ" މާހާ ގެ އަނގައިން ބަހެއް ބޭރުވިއެވެ. " އޯކޭ! މިރޭ މާހާ ޖެހޭނެ މިގެއަށް ޖިންނި އެއް ގެންނަން!" ރައިސާ ހިނިއައިސް ހުރެ ބުނެލިއެވެ. މާޙާ ވަގުތުން އާންއެކޭ ބުނެލިއެވެ. ނަމަވެސް އިޒާން ތެދުވެ މާހާ ގާތު ތި ބަދަލު ކުރާށޭ ބުނެލިއެވެ. އެހެން ބުނުމުން މާހާ މަޖާ ވެފައި ނުކުރާނަމޭ ބުނުމުން އިޒާން އެ ކުޅިވަރު ކުޅެން ހުއްޓާލުމަށް އެންގިއެވެ. " މަނުކުޅޭނަން ތިއެއް! ކަލޭމެން ކުޅެންޔާ ކުޅޭ ! އަހަރެން މިދަނީ ކޮޓަރިއަށް!" އިޒާން ނުރުހުންވެ ހުރެ ކުޅިވަރު ނިންމާލުމައްފަހު ގޮސް ކޮޓަރިއަށް ވަދުނެވެ.

ހަތަރު މީހުން ނޫނީ މިއެއް ނުކުޅެވޭނޭ ރައިސާ ބުނުމުން މާހިލް ދެން މީތި ނިންމާލާށޭ ބުނުމުން ތިން މީހުން އެނިންމާލުމައްފަހު އެމީހެއްގެ ކޮޓަރިއާއި ދިމާއަށް ހިނގައިގައތެވެ. ނުރުހުންވެ ހުރެއެވެ. ރައިސާ އާއި މާހާ އެއްކޮޓަރިއަށް ވަދެ އެނދުއިށީނެވެ. މާހިލް ވެސް ގޮސް ކޮޓަރިއަށް ވަންއިރު އިޒާން ރުޅި މޫނު ހަނދައިގެން އޮތެވެ. މާހިލް އަޅާ ނުލާ ގޮސް އޭނާގެ އެނދުގައި އިށީނެވެ.

ގަޑިން މެންދުރު ފަސް ވީއެވެ. ގަޑި އޭގެ ބާރު މިނުގައި ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އިޒާން ލައިގެން ހުރި ސޯޓް ބޭލެން ފެށިއެވެ.

އޮތްތާލައިގެން އޮތް `އިޒާން އަށް އޭނާގެ ސޯޓް ނެތްކަމުގެ އިހްސާސް ކުރެވުނެވެ. ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އޭނާގެ ސޯޓް އެއްނެތެވެ. އެތާކު ފެންނާކަށް ވެސް ނެތެވެ. އައި ރުޅީގައި ހޫރާލި އަތް ގޮސް ޖެހުނީ އޭނާ ކައިރީ ގައި ނިދާފައި އޮތް މާހިލް ބުރިމަސްގަނޑުގައެވެ. އެޖެހި މާހިލް ކުއްލި އަކަށް ތެދުވެ އިޒާން އާއި ދިމާއަށް ގޮވާލެވުނީ ބޭއަދަބީ ބަހެކެވެ. ސަބަބަކާއި ނުލާ އެހާ ބާރަށް އޭނާ ގެ ބުރީގައި ޖެހުމުން އެކަލަ އެއްޗެހި ވެސް ގޮވޭނެތާއެ!". " ކަލޭ ކީއްތި ކުރީ! އަނެއްކާ މޮޔަ ބޮލަށް އެރީތަ!" މާހިލް ރުޅި އައިސް ހުރެ ބުނެލިއެވެ. ދެވަނަ ސިކުންތްގައި އޭނާ ގެ ލޮލުގައި އަޅައިގަތީ އިޒާން ލައިގެން ހުރި ބޮކްސާއެވެ. ހިނިގަނޑު ފަޅާލި ގޮތަށް "މަތަ"ނުވިއެވެ. " ކޮބާ ކަލޭގެ ސޯ...ޓް ހިހެހެހިހެ!" މާހިލް އަށް ހެވޭ ވަރުން އެހެން ބުނެވުނީ ކިރިޔާއެވެ. " ކަލޭދޯ މަގޭ ސޯޓް ނެގީ! އިޒާން އެހެން ބުނެ މާހިލް ގައިގައި ޖަހަން ދުއްވައިގަތެވެ. މާހިލް ވެސް އަތުނުވާން ވެގެން ކޮޓަރިން ނިކުމެ ދުއްވައިގަތެވެ. ތަނަވަސް ގެއެއް ކަމުން ދުވެވޭނެ ޖާގަ އޮންނާނެ ތާއެވެ.

މިދެ މީހުން ގުންފައި ޖަހާ ދުވާ އަޑަށް އެހެން ކޮޓަރިއެއްގައި ނިދާފައި ތިބި ދެ އަންހެން ކުދިންނަށް ހޭލެވުނެވެ. " އަނެއްކާ ކާކުބާ މިތާ އެ ދުވަނީ!" ރައިސާ ސިއްރު ސިއްރުން މާހާ ގާތުގައި ބުނެލިއެވެ.

" ހިނގާބަ ބަލާލަން ދާން!" މާހާ ބުނެލިއެވެ. ދެ މީހުން މަޑުމަޑުން ގޮސް ދޮރު ހުޅުވާ ބޭރު ބަލާލިއެވެ. އޭރު މާހިލް ދުވަމުން މިކޮޅަށް އާދެއެވެ. ފަހަތުން އިޒާން ވެސް ދުވަމުން އާދެއެވެ. މާހިލް ދުވަމުން އައިސް މާހާމެން ކައިރީގައި މަޑުކޮއްލިއެވެ. ފަހަތުން އިޒާން ވެެސް އައިސް މަޑުކޮއްލިއެވެ.
މާހާ އާއި ރައިސާ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ އިޒާން ލައިގެން ހުރި ބޮކްސާއެވެ. ހަމަ ފެނުމާ އެކު ދެމީހުން ހިނިގަނޑު ފަޅާލިއެވެ. `" އެކަމާ މިދުވަނީ ވެސް ހެހެހެހ!!!" އިޒާން ހީކުރީ މަކަމަށް ސޯޓް ނެގީ އެކަމަކު މަށެއް ނުނަގަން އޭނާ ސޯޓެއްވެސް! މިހާރު މަ މަރައިފި މީނަ!." މާހިލް ހީޙީފަ ހުރެ ރައިސާ މެންނަށް ކިޔައިދިނެވެ. " ސީރިއަސް ވެބަ ! މާހިލް ކަލޭ ތިބުނީ ކަލެއެއް ނޫނޭ މަގޭ ސޯޓް ނެގީ! ދެން ކާކު ނަގާނީ!" އިޒާން ވަރަށް ސީރިއަސް ވެ ހުރެ ބުނެލިއެވެ. " އަހަންނަށް ދޮ އެނގެނީ!" މާހިލް ބުނެލިއެވެ. " އެކަމަކު މަ އޮތްތާލީވެސް ސޯޓް ލައިގެން! މާހިލް އައިއިރުވެސް މަ އޮންނާނީ ސޯޓްލައިގެން! މާހިލް އޮތްތާލިފަހުން މިކަންވީ! " އިޒާން ބުނެލިއެވެ. " އާން! ކޮބާ މިއޮތީ މަ ހީކުރި ގޮތަށް ވެފައި ! މާހާ ބުނީމެއްްނު މިރޭ ޖިންނި ގެންނާނަމޭ! މިހާރު މި އޮތީ މާކުރިން ޒިންނި އައިސްފަ އެއްނު! އެހެންވެ އޭރު މަބުނިން ދޯ!" އިޒާން އަނެއްކާ ވެސް ބުނެލިއެވެ. " ދެން އަހަރެމެން ބިރު ގަންނުވަން ނޫޅެ ދޭބަ ނިދަން އަމިއްލަ ކޮޓަރިއަށް!" މާހާ އެހެން ބުނުމުން އިޒާން އާއި މާހިލް މާޔޫސްވެ ހުރެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ

ހަވީރުގެ ވަޤުތު ފެށިއްޖެއެވެ. ހަވީރު ފެންވަރައިގެން ހިނގާލަންދާން އެންމެން ފެންވަރައި ނިމިއްޖެއެވެ. އެންމެން ރީތިވެ ނިމިގެން ކޮޓަރިން ނިކުތެވެ. މާހިލް ގޮސް ގޭގެ މައިދޮރު ދޮރު ހުޅުވާލަން ތަޅު އަނބުރާލިއެވެ. ނަމަވެސް ދޮރެއް ނުހުޅުވުނެވެ. " މީހަކު ހައިރާނެއް ނުވާނުން ! މިދޮރެއް ނުއެއް ހޮޅުވުން!" މާހިލް އެންމެންނަަށް ގޮވާލާފަ ބުންޏެވެ. " ހުވާތަ! އަނެއްކާ ކޯއްޗެއްވީ! " އިޒާން ވަރަށް ސީރިއަސް ވެ ހުރެ ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. ނަމަވެސް ދޮރެއް ނުހުޅެވުނެވެ. " ދެން ކިހިނެއް ހަދާނީ ! މަ ބިރު ގަންނަން ފަށައިފި!" ރައިސާ ބިރުން ހުރެ ބުނެލިއެވެ. ދެފިރިހެނުން ވެގެން ދޮރު ހުޅުވަން މަސައްކަތް ކުރަނިކޮށް ދޮރުު ތަޅު އަނބުރާލިގޮތަށް ތަޅު ނައްޓައިގެން ތަޅު އައީ އަތަށެވެ. " އަނެއްކާ އަނެއް ކަންތަކޭ މި ޖެހުނީ! ނުވާނެ ދެން މި ކަމެއް!" އިޒާން ނުރުހުންވެ ހުރެ ބުނެލިއެވެ. މަސައްކަތް ކޮއް ލޮޑު ވެގެން އެންެމެންވެސް އައިސް ސިޓިންގްރޫމް ގައި ޖައްސާލިއެވެ. ރައިސާ އާއި މާހާ ފިނި ކޮފީ ހަދައިގެން އަންނާނަމޭ ބުނެ ބަދިގެއަށް ހިނގައިގަތެވެ.

އިޒާން އާއި މާހިލް ކުރާނެ ކަމެއް ނެތިފައި ތިއްބައި ކުއްލި އަކަށް ބަދިގެ ތެރެއިން ވަރަށް ބާރަށް އަންހެން ކުއްޖެއް ހަޅޭއްލަވައިގަތެވެ. އަވަސް އަވަހަށް އިޒާން އާއި މާހިލް ދުވެފައި ބަދިގެއަށް ދިޔައިރު މާހާ އަތުން ލޭގެ ކޯރެއް ފައިބަމުންދިޔައެވެ. " ކިހިނެއް ވީ މާހާ!" މާހިލް އަވަސް އަވަހަށް ބުނެލިއެވެ. މާހިލް ލައިގެން ހުރިި ގަމީސް ބާލައި ފޮތިކޮޅެއް އިރާލާ އެތާގައި އައްސާލިއެވެ. " ވަޅި ނަގަން އުޅެނިކޮށް ވަޅި ގެ ކޮޅު އައިސް ހެރުނީ އޭނާގެ އަތަށް!" ރައިސާ ކިޔައިދިނެވެ. އެންމެން ވެގެން މާހާ ކޮޓަރިއަށް ގެންގޮސް އެނދުގައި ބޭއްވިއެވެ.

އެންމެންގެ މޫނުމަތިން ފެންނަމުން ދަނީ މަޔޫސްކަމާއި ބިރުވެރިކަމުގެ ކުލަވަރެވެ. އެކަކު އަނެކަކާއި މެދު ފެންނަމުން ދަނީ އޯގާތެރިކަމާއި ހަމްދަރްދީއެވެ. އިރު އޮއްސިއްޖެއެވެ. ނަމާދު ކުރާކަށް އެކަކުވެސް ހަނދާނެއް ނެތެވެ. ކުޑައިރުއްސުރެ ނަމާދު ކުރާކަށްް އެކަކު ނޫޅެއެވެ. އެންމެންވެސް ބަނޑުހައިވުމުން ދަބަހަށް ލައިގެން ގެނައި ލުއި ކާނާތައް ކައިކައި ތިއްބެވެ. އެކަކު ވެސް އަނގައިން ބަހެއް ނުބުނިތާ ހިރުވާ ވެސް ނުލައެވެ. އެކި ކަހަލަ ފިކުރު ތަކުގައި ދެނަމާދު ދޭތެރެ ގަޑީގައި ހޭދަކުރަމުން ދިޔައެވެ.

އެހެން ތިއްބައި އިޝާ ވަޤުތު ވެ ނިމިއްޖެއެވެ. މަޑުމައިތިރިކޮށް އޮތް މާހައުލު ތެރެއިން ކުއްލިއަކަށް ފާޑުފާޑުގެ އަޑުތައް އިވެން ފެށި އެވެ. އިވެމުން ދަނީ މީހުން ހޭ އަޑާއި ރޮއި ހޭރޭ އަޑެވެ. ކާޅު ގޮވާ އަޑާއި ގަސްތަށް ހެލޭއަޑެވެ. ފަހަރަކަށް ވުރެ ފަހަރެއް އެ އަޑު އައީ ގަދަ ވަމުންނެވެ. ކުއްލި އަކަށް އެނދުކައިރިން ކަޅު ކުލައިގެ ދުންގަނޑެއް އަރައިގަތެވެ.

ދުންތައް ނިވި ސާފުވިއިރު އެތާކު މާހާއެއް ނެތެވެ. " ކޮބާ މާހާ" މާހިލް ވައި އަޑުން ބުނެލިއެވެ. އިޒާން އާއި ރައިސާ ކޮނޑު މައްޗަށް އަރުވާލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ. " ހައްހައްހާ!!!! މާހާ އެއީ އަހަަރުންގެ މީހެއް ! މާހާ ބުނުމުން އަހަރެން މި އައީ !!" ފަހަތުން ބަރު އަޑަކުން މީހަކު ވާހަކަ ދެއްކި އަޑަށް ފަހަތް ބަލާލިއިރު ރަތް ކުލައިގަ ދުންގަނޑެއް ތެރޭ ޒިންނި އެއް ހުއްޓެވެ. އަދި ކުއްލިއަކަށް ގެއްލިފައި ފާޅުވިއެވެ. އިޒާން ގެ ކުރިމަތިންނެވެ. އެއާ އެކު ދުންގަނޑެއް އަރައި އިޒާން ވެސް ގެއްްލިއްޖެއެވެ.

އެނދު ބަލާލިއިރު އެނދުގައި އިޒާން އާއި މާހާ މަސްގަނޑު ކާން މީހަކު އިނެވެ. މުޅަ މަސް ކާން އިނދެފައި ދެން އަރައިގަތީ މާހިލް ގަޔަށެވެ.

އެރިގޮތަށް އޭނާގެ ހަށިގަނޑު އެއްކޮށް ކާލާ ރައިސާ އާއި ދިމާއަށް އޭނާ ދެ ފޭރާ ދަތް ދައްކާލިއެވެ. އަނގައިން ދެފޭޜާ ދަތް ފެންނަން އިން އިރު އަނގައިން ލޭތައް ފައިފައިބައި ހުއްޓެވެ. ރައިސާ އާއި ދިމާއަށް އަށް އޭތި ބަލާލިއިރު ރައިސާ ހުރީ ވާގަނޑެއް ހިގައިގެން ގޮނޑިއެއްގެ މައްޗަށް އަރައެވެ. އޭތި އޭނާ ކައިރިއަށް އައުމުގެ ކުރިން ފަންކަލުގައި ވާގަނޑު އެއްކޮޅު އައްސައި އަނެއްކޮޅު އޭނާގެ ކަރުގައި އަތްސައި ގޮނޑިން ފުންމާލިއެވެ.

އެއާއެކު ފަންކާ އޭނާގެ ބޮލުގައި ޖެހި ސިކުނޑި ނިކުމެ ކުފުރު މަރަކުން އޭނާ މަރުވެއްޖެއެވެ. މިނިކާ މީހާ ރައިސާގެ މަރުވެފައިވާ މަސްގަނޑު ހިފައިގެން ގެއްލިއްޖެއެވެ. އެޔާއެކު މުޅި މާހައުލަށް ވެރިވެގެންދިޔައީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ.

--- ނިމުނީ ---

    Please log in or register to bookmark.
    3k

    46 ޚިޔާލު

    1. ފޯފޯ ޓޫ ސިކްސް އާ ވައްތަރު ގޮތެއް ހުރޭ

        • ކީކޭ؟ މަ ނުބުނަން މިއީ އެހެން މީހެއްގެ ހިޔާލަށް ލިޔުނު ވާހަކަ އެކޭ.. އަހަންނަށް ކީއްތަ މިއި ކަލޭގެ އަމިއްލަ ހިޔަލަށް ލިޔުނު ވަހަކަ އަކަށް ވިޔަސް މަށަސް ފެންނަ ގޮތް މަ ބުނީ..

          1
          1
    2. އެމެރިކާ ގަ ޕިކަޕު ދުއްވާ ބާ ؟؟ 🤔🤔

    3. މި އެހާއެއް ނޫން ދޮ ޓީންސް އަކަށް. ކުޑަ ކކދިންނަށް ސަޅި ވާނެ. އެކަމު ހަޑިއެއް ނޫން ❤

    4. ހޭއި ޔޫހާން👋 ވަރަށް ގިނަ ދުވަހަށް ފަހު ވާހަކަ.ކޮމް އަށް މި ލޮގިން ވެލީ. އެންމެ ފުރަތަމަ ވެސް ފެނުނީ މިވާހަކަ. ވަރަށް ރީތި. ވަރަށް ރެފްރެޝިން.

    ޚިޔާލު

    Your email address will not be published.