އަހަރެންނަކީ އެންމެ ކުޑައިރުން ފެޝިގެން ވެސް ހަމައެކަނި މަންމަ އެއްގެ ލޯބި ލިބެމުން އައި ވަރަށް އަޙުލާޤު ރަނގަޅު ރަނގަޅު ކުއްޖެކެވެ. އަހަރެންނަކީ ކިޔަވަން މޮޅުކުއްޖެއް ކަމުން ކުލާހުގެ ގިނަ ކުދިން ތިބޭނީ އަހަންނާ ޖައްސާލާފައެވެ.
މިއަދުގެ އާރޓް ކުލާހުގައި މުދައްރިސް ހަވާލުކުރީ އެކުއްޖަކު ބޭނުން އެއްޗެއް ދެން އަންނަ އާރޓް ގަޑިއަކަށް ކުރަހައިގެން އައުމަށެވެ. އަހަރެނަންކީ އުމުރުން ސާދަ އަހަރުގެ ކުއްޖެއް ނަމަވެސް އަހަރެން އަދިވެސް ކާޓޫން ބަލަމެވެ.އަހަރެންނަކީ ކުރަހަން މޮޅު ކުއްޖެއް ކަމުން އަހަރެން ނިންމީ އަހަރެން ބަލާ ކާޓޫން ގެ މައިގަނޑު ކެރެކްޓާ ކުރަހަންށެވެ.އެހެންކަމުން އަހަރެންނަށް ކުރެހުނު އެންމެ ރީއްޗަކަށް އޭތި ކުރަހާ ނިންމާލީމެވެ.އަހަރެން އެދުވަހު ވަރަށް ހިތްހަމަޖެހުނެވެ.
މިއަދަކީ އާރޓް ކުލާސް އޮންނަ ދުވަހެވެ.މުދައްރިސް އައުމައްފަހު ހުރިހާ ކުދިންގެ މަސައްކަތްތައްވެސް ބެލިއެވެ.އަދި އޭގެ ތެރެއިން މުދައްރިސް އަށް އެންމެ ކަމުދާ ކުރެހުންތައް ކުލާހަށް ދައްކާލިއެވެ.އޭގެ ތެރޭގައި އަހަރެންގެ ކުރެހުން ވެސް ދައްކާލިއެވެ.އަހަރެން ވަރަށް އުފާވިއެވެ.ނަމަވެސް އަހަރެންގެ ހިނިތުންވުން ފިލައިގެން ދިޔައީ ހުރިހާ ކުދިންވެސް އަހަރެންގެ ކުރެހުމަށް ބަލާލާފަ ހިނައައިއްސަ އަހަރެންނާ ދިމާލައް ވައްތަރު ޖައްސަން ފެށުމުންނެވެ. އެއީ އަހަރެން ކުރަހާއިފަ އިން އެތީގެ ސަބަބުންކަން ނަގައިގަންނާކަށް މާ ގިނަ އިރެއް ނުނެގިއެވެ.އަހަރެން ދެރަވިވަރުން ދުވެފައި ކުލާހުން ނުކުންގޮތައް ދިޔައީ ގެއަށެވެ.މަންމަ އަހަންނާ ސުވާލުކުރުމުން ވެސް އަހަރެންނަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ.އެއީ އަހަރެން މިހާރު ބޮޑުކުއްޖަކަށް ވީއިރުވެސް އަދިވެސް ކާޓޫން ބެލުން އާދައަކަށް ވެފަ ވީއިރު މަންމަ ވެސް ހުންނަނީ ހިތްހަމަނުޖެހިފައެވެ. އެހެންކަމުން މަންމަ ރުޅިއަންނާނެވަރު އަހަރެންނަށް އިނގޭތީ ދުވެފައި ކޮޓަރި އަށް ވަތް ގޮތައް ތަޅުލީމެވެ. ކޮޓަރީގައި ހުރެގެން އަހަރެން ހިތް ފުރޭވަރަށް ބާރަށް ރޮއުނީމެވެ.އޭގެ ފަހުން އަހަރެން އާރޓް ގަޑި ދެކެ ވަރަށް ފޫހިވެއެވެ.ކުލާހަށް އާރޓް ފޮތް ނުވެސް ގެންދަމެވެ.އެރޭ ކާންވެސް ނުނިކުމެ އޮއްވާ އަހަރެންނަށް ނިދުނު އިރެއް ނޭނގުނެވެ.
އަހަރެން މިހާރު ސުކޫލަށް ދާހިތެއްނުވެއެވެ.ކިޔަވާ ހިތެއް ނުވެއެވެ.ގޭން ނުކުންނަ ހިތެއްވެސް ނުވެއެވެ.މިހާރު އަހަރެން ގެއިން ނުކުންނަނީ ހާހަކުން އެއްފަހަރުއެވެ.ނިކުންނަ ފަހަރުވެސް ކުދިން އަހަރެންނާ ދިމާ ކުރާ އަޑު ނޫން އަޑެއް ނީވެއެވެ.
މިގޮތުގެ މަތިން ދުވަސްތައް ފާއިތުވެއެވެ.ދެން އިވުނީ އަހަރެން އަޑުއަހަން ދުވަހަކުވެސް ބޭނުން ނުވާ އަޑެކެވެ.އަހަރެންގެ މަންމަ މީހާކާ އިންނަ ވާހަކައެވެ.އަހަރެން ދުވަހަކުވެސް ދޮން ބައްޕަ އެއް ބޭނުމެއް ނޫނެވެ.އަހަރެން ހިތައް އެރިއެވެ އަނެއްކާވެސް އަހަރެންނާ ދިމާކުރާނެ އިތުރު ކަމެއް ފެނުނީއެވެ.އަހަރެންގެ މަންމަ އެމީހައާ އިންފަހުން އަހަރެންނާ ވަރަށް ދުރުވެއެޖެއެވެ.އެހެން ހުއްޓާ އަހަރުގެ ފަހު އިމްތިހާން އައިސް ބޯމަތިވެއްޖެއެވެ. އަހަރެން ދެން ހަދާނީ ކިހިނެއްހެއްޔެވެ. ސުކޫލަށް ނުދިއުމުގެ ސަބަބުން އެތައް ފިލާވަޅުތަކެއް ގެއްލިއްޖެއެވެ.ދުވަސްތައް ފާއިތުވަމުން ގޮސް މިއަދު މީ އިމްތިހާން އޮންނަ ދުވަހެވެ.އަހަރެން ދެ ހިޔާލެއްގެ މަތީގައި ހުރެ ދިޔައީމެވެ. ޓެސްޓް ހަދަން ކަނޑައެޅިފަ އޮތްވަގުތު ފެށުނީއެވެ. ޕޭޕަރު ލިބުމުން އަހަރެންގެ ލޮލަށް ކަރުން ޖަމާވެއްޖެއެވެ.އަހަރެންނަށް މީގަ މިހުރީ ކޮން އެއްޗެއް ކަމެއްވެސް ނޭނގެއެވެ.އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ.
އަހަރުގެ ފަހު އިމްތިހާން ވެސް ނިމިއްޖެއެވެ.ނަތީޖާ ބަލާކަށްވެސް އަހަރެން ބޭނުމެއްނޫނެވެ.އަހަރެންގެ މަންމަ އަހަރެންނާ ވާހަކަ ނުދައްކާތާ މަހެއްވީ އެވެ.ޕޭޕަރު ބަލައި ހުރިހާ ކުދިންވެސް މަންމަ އާއި އެއްކޮށް ދިޔައިރު އަހަރެން ދާންޖެހުނީ އެކަނި މާ އެކަނި އެވެ.ޕޭޕަރު އަތަށް ލިބިއްޖެއެވެ.އަހަރެންނަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ.އެންމެ މާއްދާ އަކުންވެސް އަހަރެން ފާހެއް ނުވެއެވެ.ދެރަވެ ރޮމުން ގެއަށް ދެވުނު އިރު މަންމަ އާއި ދޮންބައްޕަ ފޮޝި ހިފައިގެން ދަނީއެވެ.ކޮންތާކައް ހެއްޔެވެ.އަހަރެން ކައިރި އަހާވެސް ނުލާ ނުވެސް ބުނެއެވެ.އަހަރެންގެ މަންމަ އަހަރެންނާ ދޭތެރޭ ނުވިސްނަނީހެއްޔެވެ.އަހަރެން އެކަނި މާއެކަނި އުޅޭނީ ކިހިނެއްހެއްޔެވެ. އަހަރެން އެކަނި ވީއެވެ.
ނޯޓް: މީ އަޅުގަނޑު މި ސައިޓަށް ލާ ފުރަތަމަ ވާހަކަ ކަމުން މި ވާހަކައިގަ އެއްވެސް ކުށެއް ވާނަމަ ކިޔުންތެރިންގެ ކިބައިން މާފައްއެދެމެވެ.ކިޔުންތެރިންނަށް މި ވާހަކަ ރީތި ވާނެކަމަށް އުއްމީދުކުރަމެވެ.
ރީތި... އަލަށް ލިޔާއިރު ކުށް ވެސް ހުރެދާނެ.... މައްސަލައެއް ނޫން.... ❤️
ރީތި... އަލަށް ލިޔާއިރު ކުށް ވެސް ހުރެދާނެ... މައްސަލައެއް ނޫން.. ❤️