kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.comSupertotobetSahabetTarafbetMatadorbetTipobet365Deneme BonusuBetvoleMariobethack forumxumabetgiris.com

ރަތްގެރިފުޅު - 4

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ވާހަކަ ހިނގަމުންދާ ދުވަސްވަރުގެ 35 އަހަރު ކުރި.

ހަވީރުގެ ވަގުތެވެ. މަޑުމަޑުން ވައި ޖެހިލަ ޖެހިލާ ހުއްޓެވެ. ފެންނަމުންދަނީ ށ. މަރޮށީގެ ރުއް ގިނަ ވަލުތެރެއެވެ. ރާވެރި އާދަނު އެއިރު ވަލުގައި ހުރި އޭނަގެ ރާކުރާ ރާރުކަކުން ރާބާލައިގެން ފައިބަނީއެވެ. އެ ރުއްތަކަކީ ކާބަފައިންގެ ފުށުން ވާރުތަވެފައި ހުރި ރުއްތަކެވެ. އާދަނަކީ އާދައިގެ ހަށިގަނޑަކާއި އިސްކޮޅެއް ލިބިފައިވާ ޒުވާން އުމުރުފުރާގެ މީހެކެވެ. އޭނަގެ ކަޅުކުލަ ގަދަ އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށާލާފައެވެ. ހުސްގަޔާ ހުރި އިރު މީހާގެ މުޅިގައިން ހުރީ ދާހިއްލާފައެވެ. އަނދެގެން ހުރި އަޅިފުސް ކުލައިގެ މުންޑު އޮތީ އަރުވާ ޖަހާލާފައެވެ. ކުޑަ ފިޔޮށްސެއް މުންޑާއި އުނަގަނޑާ ދޭތެރެއަށް ޖަހާލާފައި އިނެވެ. ކަނާއަތުން ބިޔަ ދެ ރާގުޑި ހިފައިގެން ހުއްޓެވެ. ރާގުޑިތައް ދޮވުމަށް ގެންގުޅޭ ފިންދަނޑިއާއި ފެންއަޅައިގެން ގެންގުޅުނު ރާގުޑި އަނެއްއަތުގައި އޮތެވެ. އެ ތަކެތި ރުއްކައިރީގައި, ރާގުޑި އަޅުވަން ހަދާފައިހުރި ރާކަނިގަނޑުގައި އަޅުވާލިއެވެ. އެވަގުތު ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ފަހަތުން އައި ކުޑަކުއްޖަކު އޭނައަށް ބައްޕާއޭ ކިޔާ ގޮވާލި އަޑަށެވެ. ފަހެއް ބަލާލިއިރު އޭނަގެ އެންމެ ދޮށީ އަންހެން ދަރި, ފާތިމާ, ދުވަމުން ދުވަމުން އައިސް އޭނައާ އަރާ ހަމަވަނީއެވެ.

އެ ކުއްޖާގެ ކަޅުކުލަ ގަދަ ދިގު އިސްތަށިގަނޑު އޮތީ ފަހަތަށް ވާގޮތަށް ގަތާލާފައެވެ. އެ ލޮބުވެތި މޫނުމަތިން ފެންނަނީ ހާސްކަމެވެ. ލައިގެން ހުރި މަޑުފެހި ލިބާސް އޮތީ ދަލުން ފޯވެފައެވެ. އެ މަންޖެއަށް ހުރީ ދުވެ ދުވެ ވަރުބަލިވެގެން މާނޭވާ ލެވިލެވިއެވެ. އާދަނާއި އަރާހަމަވުމުން, މާނޭވާލަމުން, އަވަހަށް ގެއަށް އަންނާށޭ, މަންމަގެ ބަނޑުގައި ރިއްސާތީ އެބަ އުޅެއޭ އެ މަންޖެ ބުންޏެވެ. ވަގުތުން އާދަނުގެ އަތުގައި ހުރި ރާގުޑިތައް ރާކަނިގަނޑުގައި އަޅުވާލުމަށް ފަހު ފަޔަށް ބާރުލައި ދުއްވައިގަތެވެ. ފާތިމާ ވެސް ވަގުތުކޮޅަކު މަޑުކޮށްލުމަށް ފަހު އާދަނުގެ ފަހަތުން ދުވެފައި ދިޔައެވެ.

އާދަނަށް ގެއާއި ހިސަބާށް ދެވުނުއިރު ހުރީ ދާހިއްލާ ފޯވެ, މާނޭވާ ލެވިލެވިއެވެ. އެއިރު އޭނަގެ އެންމެ ހަގު އަންހެން ދަރި, ހަދީޖާ, ފޫޅުމައި ދައިތައާއި, އެހީތެރިއަކު ގޮވައިގެން އަންނަނީއެވެ. އެތަން ފެނި އާދަނުގެ ހިތައް ހަމަޖެހުމެއް ލިބޭ ގޮތްވިއެވެ. ހަދީޖާ ވެސް ލައިގެން ހުރީ މަޑުފެހި ލިބާހެކެވެ. އަދި އޭނަގެ އިސްތަށިގަނޑު ވެސް ހުރީ ފާތިމާގެ ބޮލުގެ އިސްތަށިގަނޑު ހުރި ގޮތަށް ގަތާލާފައެވެ. ފާތިމާގެ އުމުރަކީ 8 އަހަރެވެ. ހަދީޖާގެ އުމުރުން 6 އަހަރެވެ. ހަދީޖާމެން އާދަނާއި އަރާ ހަމަވުމުން, ހަދީޖާނޫން އެހެން އެންމެން އެކުގައި ގޭގެ އެތެރެއަށް ވަނުމަށް އަވަސްވެގަތެވެ. އެ ގެއަކީ ފަނުން ހަދާފައިހުރި ކުޑަ ގެއެކެވެ. ހިޔާކޮށްފައި ވަނީ ވެސް ފަނުންނެވެ. ހަދީޖާ އޭނަގެ ދައްތަ ދުވެފައި އަންނަތަން ފެނި ބޭރުގައި މަޑުކޮށްލިއެވެ.

ފޫޅުމައި ދައިތަ މެންނަށް, ގެއަށް ވަދެވުނު އިރު އާދަނުގެ އަންހެނުން މޫރިސާ, އޭނަގެ ކޮޓަރީގައި އޮވެ ބަނޑުގައި ރިއްސާތީ ރޮނީއެވެ. އާދަނު ގޮސް މޫރިސާގާތު އަހަރެން މިއައީއޭ ބުނެ މޫރިސާ ހަމައަކަށް އެޅުވޭތޯ އުޅުނެވެ. ފޫޅުމައި ދައިތަ އައިސް މޫރިސާގެ ބަނޑުގައި އަތްލާ ހޭނުމަށް މަސައްކަތް ފެށިއެވެ. އަދި އާދަނުގާތުގައި ފޫޅު ކާފައަކު ގެނެއުމަށާއި, އަލަފަތާއި ކެޔޮފަތް ގެނެއުމަށް ބުންޏެވެ. އަދި ކާށި ތެލާއި, ފެނާއި, ފޫޅު ކެނޑުމަށް ތިލައަކާއި, ރޮދި ގެނެއުމަށް ބުންޏެވެ. އޭގެ އިތުރުން ކުޑަ ގޮނޑިއަކާއި, ސާފު ތާހިރު ފޮށްޗާއި, ބޮޑު ތެއްޔެއް ގެނެއުމަށް ވެސް ބުންޏެވެ.

ފޫޅުމައި ދައިތަ އެހެން ބުނުމުން އާދަނު ގެއިން ނިކުތެވެ. އެއިރު އޭނަގެ ދެ ދަރިން ގޭގެ ބޭރުގައި ހުރި ޖޯލިފަތީގައި ތިއްބެވެ. އެ ދެކުދިން ގާތު ފޫޅު ކާފަގެ ގެއަށް ގޮސް އެބޭބެ ގާތު މިގެއަށް އައިސްދޭށޭ ބުނަން ދާށޭ ބުންޏެވެ. އެ ކުދިން އަވަސް އަވަހަށް ދުވެފައި ފޫޅުކާފަގެ ގެއާ ދިމާލަށް ދިއައެވެ. އާދަނު ދެން އަވެސްވެ ގަތީ ފޫޅުމައި ދައިތަ ގެންނަށް ބުނި އެއްޗެހި ހަމަ ކުރެވޭތޯއެވެ. މިހެންވެ ގޭގެ ބިއްދަށް ފަރާތަށް ގޮސް ކެޔޮފީނުން ކެޔޮފަތާއި, އަލަފީނުން އަލަފަތް ކަނޑައިގެން ގެނައެވެ. އަދި އެ ގޭގެ ބަދިގޭގައި ހުރި ކާށި ތެޔޮ ހޯދިއެވެ. އެޔަށް ފަހު ވަޅު ދޮށަށް ގޮސް މުށި ރުނބާއަކަށް ފެންއަޅައިގެން ގެންގޮސް ކޮޓަރިއަށް ލިއެވެ. އެއިރުވެސް އަދި މޫރިސާ ނުވިހައެވެ. ދެން އާދަނު އަވަސްވެ ގަތީ ރޮށްޖާއި, ތިލައެއް ހޯދުމަށެވެ. ތިލަ ހޯދައިގެން ގޮސް ރަނގަޅަށް ފެނު ކެއްކުމަށްފަހު, ސާފު ރީތި ހުދު ފޮތި ހިފައިގެން ކޮޓަރިއަށް ދިޔައެވެ. މޫރިސާ ވިހެއިމުގެ ވޭންވަރު އައި އިރު ފޫޅުމައި ދައިތައަށް ކުޑަ ގޮނޑިއަކާއި, ބޮޑު ތެއްޔެއް ހިފައިގެން އާދަނު އައިސް ކޮޓަރިއަށް ވަންނަނީއެވެ. އަދި އެވަގުތު ފޫޅުކާފައަށް ވެސް އާދަނުގެ ގެއަށް އާދެވިއްޖެއެވެ.

ފޫޅުކާފައާއި އެކު އާދަނު ވެސް މައިގޭގައި ކިޔަވަން އިނެވެ. އާދަނުގެ ދެކުދިން އޭރު ތިބީ ގޭގެ ބޭރު ޖޯލީގައި އެކުދިންގެ ކޮށްކޮ ދެކިލަން ބޭނުންވެ ކެތްމަދުވެފައެވެ. އިރުކޮޅެއް ފަހުން ކޮޓަރިން އިވިގެން ދިޔައީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެ އަޑު އިވުމާއެކު ފޫޅުމައި ދައިތަ އާއި ފޫޅުކާފަ އެކުގައި ބަންގި ގޮވަން ފެށިއެވެ. މަސްތުރަ ވަންދެން ފޫޅު ނުކަނޑާ ފޫޅުމައި ދައިތަ މަޑުކޮށްލިއެވެ. އެވަގުތު ކޮޓަރީގައި ތިބި މީހުނަށް ފެނުނު މަންޒަރުން ތިބީ ހައިރާންވެފައެވެ. އެ ކުޑަ ކުއްޖާގެ ކައިރިން ފާޅުވީ ކުޑަކުޑަ ޅަ ކޮވެއްޔެކެވެ. އާދައިގެ ކޮވެއްޔަށް ވުރެ ބޮޑު ކޮވެއްޔެކެވެ. އެ ކޮވެލި އޮތީ ބިހުން ކޮވެލި ނުކުންނައިރު އޮންނަ ގޮތަށް ފަތް ނުފަޅާ, ތެމިފައެވެ. އެކަމަކު އެތަނުން އެކަށް ވެސް ނޭނގޭކަމަކީ އެސޮރު އެތަނަށް އައި ގޮތެވެ. މިހެންވެ ފޫޅުމައި ދައިތައާއި އެހީތެރިއެއްގެ ގޮތުގައި ހުރި ދައިތަ ވެސް އަޖައިބުވެ އަންތަރީސް ވިއެވެ.

މަސްތުރަ ވުމުން ފޫޅު ކަނޑަމުން ފޫޅުމައި ދައިތަ ގޮވާލިއެވެ. ”އާދަނުގެ ފިރެހެން ދަރީގެ ފޫޅު ކަނޑަމެ“. އެ އަޑު އިވި އާދަނުގެ ހިތައް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ފިރެހެން ކުއްޖަކު ލިބުނީމައެވެ. ފޫޅު ކެނޑުމަށްފަހު ރޮދިން ފޫޅުގައި އެއްސިއެވެ. އެއަށްފަހު ކުއްޖާ ސާފު ކޮށް ސާފު ހުދު ފޮތިގަނޑަކަށް ކުއްޖާއާއި ކޮވެލި ލިއެވެ. އަދި އަލަ ފަތުގެ ތެރެއަަށް މަސް ލައި ބަންދުކުރިއެވެ. އެނދު ތަންމަތި ސާފުކޮށް ފޫޅުމައި ދައިތަ ކުޑަކުއްޖާ ގޮވައިގެން ކޮޓަރީގެ ދޮރު ކައިރިޔަށް ގޮސް, ދެވަނަފަހަރަށް ބަންގި ގޮވައިދިނުމަށް ފޫޅުކާފަގާތު ބުންޏެވެ. ބަންގި ގޮވާ ނިމުމުން އާދަނާއި, ފޫޅުކާފައާއި, އާދަނުގެ ދެކުދިން ގޮސް ކޮޓަރިއަށް ވަނެވެ. އެއިރު ފޫޅުމައިގެ އެހީތެރިޔާ މޫރިސާ ސާފުކޮށް ނިންމައިފިއެވެ.

އާދަނުމެން ކޮޓަރިއަށް ވަދެވުނުއިރު ކުޑަކުއްޖާ އޮތީ މޫރިސާ ގާތު ބާއްވާފައެވެ. ފާތިމާ އާއި ހަދީޖާ ދުވެފާ އެކުދިންގެ ކޮއްކޮ ބަލާލަން ދިޔައެވެ. އެއިރު ފޫޅުމައި ދައިތައާއި އެހީތެރިޔާ ފޮތިގަނޑަށް ލައިފައި އޮތް ކޮވެލި ހިފައިގެން އާދަނާއި ފޫޅުކާފަ ގާތަށް އަންނަނީއެވެ. ފޫޅުމައި ދައިތަ އައިސް އެ ކޮވެލި އާދަނު މެންނަށް ދައްކާ, އާދަނު މި ކޮޓަރީގައި ކޮވެއްޔެއް ގެންގުޅެނީހޭ އެހިއެވެ. ޖަވާބުގައި އާދަނު, ނޫނެކޭ, އަނެއްކާ ތި ކޮވެއްޔަކީ ކޮންތާކުން ގެނައި ކޮވެއްޔެއްހޭ އެހިއެވެ. ފޫޅުމައި ދައިތަ ބުނީ އެ ކޮވެލި ފާޅުވީ ކުއްޖާ ވިހާ އިރުކޮޅެއް ވީތަނާ އެކުއްޖާ ކައިރިން ކަމަށެވެ. އެ ކޮވެލި އެތަނަށް އައި ގޮތެއް އެމީހުންނަށް ނޭނގުމުން ތިބީ އެންމެން ވެސް ހައިރާންވެ ބިރު ގަންނަ ގޮތްވެފައެވެ. މިހެންވެ އެންމެން ވެސް ނިންމީ ރަށުގައި ހުރި މޮޅު ފަންޑިތަވެރިއެއް ގެނެސް އެ ކޮވެލީގެ ހަގީގެއް ހޯދުމަށެވެ.

އެގޮތަށް އެއްބަސްވެ ފޫޅުމައި ދައިތަގެ އެހީތެރިއާއި ފޫޅުކާފަ ދިޔައީ ގެޔަށެވެ. އާދަނުއަށް އެ ކޮވެލި ހަވާލު ކުރުމަށް ފަހު ފޫޅުމައި ދައިތަ ވެސް ދިޔައީ ގެޔަށެވެ. އާދަނު ކޮވެލި ހިފައިގެން މޫރިސާ ގާތަށް ގޮސް އެ ކޮވެލި ދައްކާ ވީގޮތް ކިޔައި ދިނެވެ. މޫރިސާގެ މޫނުމަތިން ވެސް ފެނުނީ އަޖައިބުވި ކަމުގެ ކުލަވަރު ތަކެވެ. ނަމަވެސް މިއަދު އާއިލާއަށް އިތުރުވި ކުޑަ ފިރެެހެން ސޮރު ފެނި އެންމެންގެ މޫނުމަތިން ދެން ފެންނިގެން ދިޔައީ އުފާވެރިކަމެވެ. މާދަމާ ފަންޑިތަވެރިޔާ އައުމުން ކޮވެލީގެ ހަގީގެއް ބަލަން ނިންމާ އެންމެ ވެސް ތިބީ ހަމަ ޖެހިލައިގެންނެވެ.

އޭގެ އަނެއް ދުވަހު ހެނދުނުގެ ވަގުތެވެ. އާދަނު އެއިރު އުޅުނީ އެ ރަށުގެ މޮޅު ފަންޑިތަވެރިއެއް ކަމުގައިވާ ހުސޭނުބޭ ގޭގައެވެ. ހުސޭނުބޭ ގާތު އިއްޔެ ވީކަންކަން ކިޔައިދިނުމުން އެ ކޮވެލި ބަލާލަން ބޭނުން ވިއެވެ. މިހެންވެ އަވަހަށް ދެމީހުން އެކުގައި ދިޔައީ އާދަނުގެ ގެއަށެވެ. ހުސޭނުބޭގެ ފަންޑިތަ ހެދުމަށް ގެންގުޅޭ ބައެއް ސާމާނު ހިފައިގެންނެވެ. ގޭ ދޮށަށް ދިޔައިރު މޫރިސާއާއި އޭނަގެ ދެ އަންހެން ކިދުން ތިބީ ކޮޓަރީގައި އެ ކުދިންގެ ކޮއްކޮގެ ގާތުގައެވެ. ކުޑަ ކޮވެލި އެ ކުޑަކުއްޖާގެ ގާތުގައި ބާއްވާފައި އޮތެވެ. އެ ކޮވެލީގެ އަޖައިބުވާ އެއްކަމަކީ ކާންދޭން ނުޖެހުމެވެ. އާދަނުއާއި ހުސޭނުބޭ ކޮޓަރިއަށް ވަނެވެ. އަދި އެ ކޮވެލި ފެނި ހުސޭނުބޭ ވެސް ހައިރާންވިއެވެ. އެއީ އެ ކޮވެލި އާދައިގެ ކޮވެއްޔަށް ވުރެ ބޮޑުކަމުންނެވެ. ހުސޭނުބޭގެ އެދުމުގެ މަތިން ކޮވެއްޔާއި އެ ކުޑަކުއްޖާ މައިގެއަށް ނެރި, މައިގޭގަައި ހުރި އެނދެއްގައި ބޭއްވިއެވެ. މޫރިސާއާއި ދެކުދިން ދުރުގައި ކުޅިބަލަން ތިއްބެވެ.

މޫސަބޭ ގެނައި, ކަށިކެޔޮ ފަތުން ވިޔެފައިވާ ވައްޓަކުން ދުންއަޅަން ގެންގުޅޭ ދުންކިބައެއް ނެގިއެވެ. ކުޑަ ކުއްޖާ ބާއްވާފައި އޮތް އެނދު މަތީގައި ދުންކިބަ ބެހެއްޓިއެވެ. އަދި ދުން އެޅުމަށް ބޫނުން ކުރާ ބައެއް ސާމާނު ވެސް އެއްކަލަ ވަށިން ނެގިއެވެ. ކުމުންޒާނިއާއި, ބޮކަރާއި, ހައިވަކަރާއި, ލާދަން އަދި ދުންސާމަރާނި ނެގިއެވެ. މިތަކެތި ނެގުމަށްފަހު ދުންކިބައަށް އެއެއްޗެހި އެޅިއެވެ. އަދި އަލިފާން ރޯކޮށްލިއެވެ. އިސާހިތަކު މުޅިގެއިގާ ހިފާލީ މީރުވަސް ގަނޑެވެ.

ދުންކިބައިން އަރަމުން ދިޔަ ދުންތައް މޫސަބޭގެ އެއްއަތުން އެ ކުޑަކުއްޖާއާއި ކޮވެއްޔާއި ދިމާލަށް ގެންދަމުން ދިޔައެވެ. އަދި މޫސަބޭ މަޑުމަޑުން އެއްޗެއް ކިޔަވާލަ ކިޔަވާލަ އިނެވެ. އެ ކޮވެއްޔަކީ ޖިންނިއެއްތޯ ނޫނީ އެ ކުޑަކުއްޖާއަށް ޖިންނިއެއްގެ އުނދަގުލެއް ވޭތޯ ބެލުމަށް ކިޔަވަނީއެވެ. ނަމަވެސް އެ ކިޔެވެލީގެ ސަބަބުން އެތަނުން އެކަކަށް ވެސް އަސަރެއް ކުރާތަން މޫސަބޭއަށް ނުފެނުނެވެ. މިހެންވެ މޫސަބޭގެ ކިޔެވުން އިހުނަށްވުރެ ވަރުގަދަ ކޮށްލިއެވެ. އެކަމަކު ވެސް އެއްވެސް ކަމެއް އެސޮރަށް ވެސް އަދި ކޮވެއްޔަށް ވެސް ނުވެއެވެ. ކުޑަމިނުން އުނދަގުލެއް ވެގެން ރޮއެ ވެސް ނުގަނެއެވެ. އެންމެ ފަހުން އާދަނުގެ މޫނަށް ބަލާލުމަށްފަހު, މޫސަބޭގެ ކިޔެވެލި ހުއްޓާލިއެވެ. އަދި އެ ކޮވެއްޖަކީ ޖިންނިއެއް ނޫންކަމަށާއި, އެ ކުޑަކުއްޖާއަށް ޖިންނިއެއްގެ އުނދަގޫ ޖެހިފައި ނުވާކަމުގައި ބުންޏެވެ. މޫސަބޭގެ އެބަހުން އެންމެން ވެސް ތިބީ ހިތްހަމަ ޖެހިފައެވެ. އާދަނުއާއި މޫރިސާ, މޫސަބެއަށް ޝުކުރުވެރި ވިއެވެ. މިހެންވެ ދުންއެޅުން ހުއްޓާލުމަށްފަހު މޫސަބޭ ގެނައި ތަކެތި ހިފައިގެން އެދުވަހު ގެއަށްދިޔައެވެ.

އާދަނުގެ ފިރެހެން ދަރިއަށް ހަތްދުވަސް ވީދުވަހު އެ ސޮރުގެ ބޯބާލާ, ކުކުޅުހާ ކަތިލުމަށް ފަހު އަލީ އާދަނުގެ ނަމުން ނަންކިޔުނެވެ. އަދި ކުޑަވަރެއްގެ ކެއުމެއް ކައްކާ އަވަށްޓެރި މީހުންނަށް ކާންދިނެވެ. އާދަނާއި މޫރިސާ އެއްކަލަ ކޮވެލި ގެންގުޅުނީ މީހުންނަށް ނުފެންނަހެން ފޮރުވައިގެންނެވެ. ނަމަވެސް ފޫޅުމައި ދައިތަގެ ފަރާތުންނާއި އޭނަގެ އެހީތެރި މީހާގެ ފަރާތުން ރަށުގެ އެހެން މީހުންނަށް އެ ކޮވެލީގެ ވާހަކަ އޮތީ އިވިފައެވެ. މިހެންވެ ގެއަށް އައި ކޮންމެ މީހަކު ވެސް އެ ކޮވެލި ބަލާލުމަށް ބޭނުންވިއެވެ. އާދަނު ފުރަތަމަ ހީކުރީ އެންމެން ވެސް އެ ކޮވެލި ފެނި ބިރުގަންނާނެ ކަމަށެވެ. ނަމަވެސް މޫސަބޭގެ ފަރާތުން އެ މީހުންނަށް އެއީ ޖިންނިއެއް ނޫންކަން ވަނީ އެނގިފައެވެ.

******************************************

އަލީގެ އުމުރުން އެއްއަހަރާއި ބައި ވީއިރު އެ ސޮރަށް ހިނގާބިނގާވެ އުޅެވެއެވެ. ނަމަވެސް އެއްކަލަ ކޮވެލި އަދިވެސް އޮތީ ކުޑަކުޑަ ކޮވެއްޔެއްގެ ގޮތުގައެވެ. އެކަމަކު ފަތްފަޅާ ޑިންޑިން ކޮވެއްޔެއްކަން އެނގޭވަރުވެއެވެ. އާދަނުމެން ހައިރާން ކުރުވާ ކަމެއް އެ ކޮވެލީގެ ފަރާތުން ފެންނަން ފެށީ މިދުވަސްވަރުއެވެ. އެއީ ކުއްލި ކުއްލިއަށް އާދަނުމެންގެ ލޯމަށްޗައް އެ ކޮވެލި ގެއްލުމެވެ. ގެއްލުމަށްފަހު ދެން އަނެއްކާވެސް ފެންނަނީ އަލީގެ ކައިރި ހިސާބަކުންނެވެ. ގެއްލޭ ކޮންމެ ފަހަރަކުހެން އަލީ ވެސް ނުފެންނަ އެއްޗަކާ ވާހަކަ ދައްކާ ކުޅެ ހަދާކަން އާދަނުމެންނަށް ފާހަގަ ކުރެވުނެވެ. މިކަމާ ބިރުން އަނެއްކާ ވެސް އާދަނުމެން ނިންމީ މޫސަބޭގެ އެހީއަކަށް އެދުމަށެވެ.

ކުރިއެކޭ އެއްފަދައިން މިފަހަރު ވެސް މޫސަބޭ ދުންއަޅާ ކިޔެވެލި ކިޔެވިއެވެ. ނަމަވެސް ޖިންނިއެއްގެ އެއްވެސް އުނދަގުލެއް އަލީއަށް ވާކަމަކަށް ނުފެނުނެވެ. މިހެންވެ މޫސަބޭ އެންމެ ފަހު ނިންމުމަކަށް އޭނަގެ އެކުވެރި ފަންޑިތަވެރިއެއް ކަމުގައިވާ ކާސިންބެގެ އެހީ ހޯދުމަށް އުޅެމާހޭ ބުންޏެވެ. ކާސިންބެ އަކީ ރ. އަލިފުށީގައި އުޅޭ މީހެއްކަމުން މަރޮށްޓައް އައުން ލަސްވިއެވެ. ދެ ހަފްތާއެއްހާ ދުވަސް ފަހުން ކާސިންބެއަށް މަރޮށްޓައް އާދެވުނެވެ.

ކާސިންބެ މަރޮށްޓައް އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އޭނާ ބަލާގޮސް, އާދަނުއާއި މޫސަބޭ އަތިރި މަތީގައި އެދުވަހު ތިއްބެވެ. ކާސިންބެގެ ރިޔާދޯނި މަރޮށީގެ ފަޅަށް ވަދަގެން އައިސް އަތިރިމަށްޗައް ބީއްސާލިއެވެ. ރުކުގެ ލަކުޑިން ބަނދެފައިވާ ބޮޑު ދޯންޏެކެވެ. އެ ދޯނީގައި ކާސިންބެގެ އިތުރުން ދެ ފަޅުވެރިޔަކު ތިއްބެވެ. ކާސިންބެ ލައިގެން ހުރީ ހުދުކުލައިގެ ގަމީހެކެވެ. އަނދެގެންހުރީ ކަޅާއި ހުދު ފޭއްޔެކެވެ. ބޮލުގައި ހުދު ރުމާލެއް އަށްސާލާފައި ހުއްޓެވެ. އުނަގަނޑުގައި އަށްސާލެވިފައިވާ ފޮތިގަނޑަކު އެތެރެއަށް ކުޑަ ފިޔޮށްސެއް ޖަހާލާފައި އިނެވެ. އެ ފިޔޮހީގެ އަތްގަނޑު އޮތީ ކަޅު އެނދެރިންނެވެ.

ކާސިންބެ މަރޮށްޓައް ފޭބުމުން މޫސަބޭ ގޮސް ސަލާމް ކޮށް ހާލު އަހުވާލު އަހާލިއެވެ. އަދި ކާސިންބެއަށް އާދަނު ތައާރަފު ކޮށްދިނެވެ. އެއަށްފަހު ދޯނީގެ ފަޅުވެރިން ގާތު ދޯނި އަޅާފައި ރަށަށް އަރާށޭ ބުނެ ކާސިންބެމެން މިސްރާބު ޖެހީ އާދަނުގެ ގެއާއި ދިމާލަށެވެ. އެއިރު އަތިރިމަތީގައި ތިބި މީހުންގެ ނަޒަރު ހުއްޓިފައި ހުރީ ކާސިންބެއާއި ދިމާލަށެވެ. އަތިރިމަތީގައި ތިބި މީހުން ރަށުގެތެރެއަށް ގޮސް އަލިފުށީން ދަންނަބޭކަލަކު އައިސްގެން އުޅޭ ވާހަކަ ބުންޏެވެ. އަދި އެބޭފުޅަކު މިހާރު އެދަނީ ރައިވެރި އާދަނުގެ ގޭދޮށަށޭ ބުންޏެވެ. މިހެންވެ ރަށުގެ ގިނަބަޔަކު ވެސް އާދަނުގެ ގޭ ދޮށަށް އެއްވާން ފެށިއެވެ.

އާދަނުގެ ގެއަށް ގޮސް މޫރިސާގާތު އަލީއާއި ކޮވެލި ގޮވައިގެން މައިގެއަށް އައުމަށް ބުންޏެވެ. އެއިރު މޫސަބެއާއި ކާސިންބެ ތިބީ ގޭގެ މައިގޭގައި ހުރި އޮށި ގޮނޑިތަކުގައި މަޑުކޮށްލައިގެންނެވެ. އަލީއާއި ކޮވެލި ގޮވައިގެން މޫރިސާއައެވެ. އަދި ކޮވެލި ގެނެސް ކާސިންބެއަށް ދެއްކިއެވެ. ކާސިންބެގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. ވަގުތުން ދުންއަޅާ ތަކެތި ގެނެސްދިނުމަށް މޫސަބޭ ގާތު ބުންޏެވެ. ތި ކޮވެއްޔަކީ ޖިންނިއެކޭ, ތިއީ ވަރަށް ނުރައްކާތެރި އެއްޗެކޭ ބުންޏެވެ. ކާސިންބެ މިހެން ބުނުމުން, ގައިމު އަހަރެން ވެސް ދުންއަޅައިގެން ކިޔެވެލި ކިޔެވީމޭ, އެކަމަކު އެސޮރަށް އެއްވެސް ގޮތެއް ނުވެއޭ މޫސަބޭ ބުނެލިއެވެ. ޖަވާބުގައި, ތިއައީ އާދައިގެ ޖިންނިއެއް ނޫނޭ, އާދައިގެ ފަންޑިތައަކުން ތި ކޮވެއްޔަކަށް އެއްވެސް ގެއްލުމެއް ނުވާނޭ, ކާސިންބެ ބުންޏެވެ. އަދި ގަބޫލު ނުކުރަންޏާ ހެކި ދައްކަފާނަމޭ ބުންޏެވެ. އެގޮތުން އޭނާ ބުނީ, އަލީގެ ގަޔަށް ތަދުކޮށްލާ ބާރަށް ވިކައިގަނެން ރޮށްވާލާ, ނޫނީ އެނޫން ގޮތަކުން ވެސް އަލީއަށް ތަދު ކޮށްލައިފިނަމަ އެސޮރުގެ އަސްލު ސިފައަށް ބަދަލުވާނެކަމުގައެވެ. މިހެންބުނެ އަލީގެ ކައިރިޔަށް ގޮސް, ކާސިންބެގެ އުނަގަނޑުގައި އޮތް ފިޔޮހިން އަލީގެ އަތުގައި ޖައްސާ ކުޑަކޮށް ކަނޑާލިއެވެ. އިސާހިތަކު އަލީގެ އަތުން ލޭއަންނަން ފެށިއެވެ. ވަގުތުން އަލީ ފެށީ ރޯށެވެ. އެހިނދު އެއްކަލަ ކޮވެލި ކުއްލިއަކަށް ބޮޑުވިއެވެ. އެއިރު އެސޮރުގެ އިސްކޮޅު އާދައިގެ އިންސާނަކާއި އެއްވަރެވެ. ބިޔަ އެ ކޮވެލި ވައްތަރީ ބޮޑު ޑިންޑިން ކޮވެއްޔަކާއެވެ. އެސޮރު ހުރީ ރުޅިއައިސް ކާސިންބެއާއި ދިމާލަށް ބަލާށެވެ. އޭތީގެ ލޯހުރީ ރަތްކުލައިގަ ނޫންކަމުން ކާސިންބެއަށް އެ ކޮވެލީގެ ބާރުތައް އަދި ފުރިހަމަ ނުވާކަން އެނގުނެވެ.

އާދަނުއާއި, މޫރިސާއާއި, ދެކުދިން ތިބީ ބިރުން އޭތީގެ ހަރަކާތަކަށް ބަލާށެވެ. މޫސަބޭ ވެސް ހުރީ ހައިރާންވެފައެވެ. އަދި ގޭގެ ބޭރުގައި އެއްވެ ތިބި މީހުންނަށް އެ މަންޒަރު ފެނި ބައެއްމީހުން ބިރުން އެ ގެއާއި ދުރަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އެ ބިޔަ ކޮވެލި ކުއްލިއަކަށް ބަރު އަޑަކުން ރުޅިއައިސް ގޮވާލުމަށް ފަހު ކާސިންބެއަށް ހަމަލާދޭން އުޅުނެވެ. އެހިނދު ކާސިންބެގެ ހުށިޔާރު ކަމުން އަވަހަށް އަލީގެ އަތުގައި ހިފާ ގެނެސް އަލީ އުރާލިއެވެ. ކާސިންބެއަށް އެކަމީ އައުކަމެއް ހެނެއް ހިޔެއްނުވެއެވެ. ކޮށްކޮށް އާދަވެފައި ހުރި ކަހަލައެވެ. އަލީ އުރާލުމުން އެ ކޮވެލި ކާސިންބެއަށް ހަމަލާނުދީ މަޑު ކޮށްލިއެވެ. އަދި ކާސިންބެ އަލީ މައްލަވަކޮށް ރުއިން ހުއްޓުވިއެވެ. އިސާހިތަކު އެ ކޮވެލި ކުޑަވެ ކުޑަ ކޮވެއްޔަށް ބަދަލު ވިއެވެ. މިހުރިހާކަމެއް ފެނި އާދަނު ހުރީ ބިރު ގަންފައެވެ. މިހެންވެ ކާސިންބެ ގާތު އޭނަގެ ދަރިފުޅު އެ ކޮވެލީގެ ފަރާތުން ސަލާމަތް ކޮށްދިނުމަށް އެދުނެވެ. އާދަނުގެ އެ އެދުމުގެ މަތިން މޫސަބޭގެ އެހީއާއެކު ދުންއަޅާ ކިޔެވެލި ކިޔަވަން ތައްޔާރުވިއެވެ.

މެންދުރުން އަނބުރާލި ވަގުތު ކާސިންބެއާއި މޫސަބޭއާއި ދެމީހުން ވެގެން ދުންއަޅާ ކިޔެވެލި ކިޔަވަން ފެށިއެވެ. އެ ރަށުގެ ގިނަ ބަޔަކުވެސް އެ ގޭގެ ކައިރިއަށް އެއްވެ ތިއްބެވެ. އާދަނު އާއި އޭނަގެ ދަރިންނާއި މޫރިސާ ވެސް ކުޅިބަލަން ތިއްބެވެ. އަލީ އެއިރު އޮތީ މައިގޭގައި ހުރި އެނދުގައި ނިންދަވާފައި ބާއްވާފައެވެ. އަދި ކުޑަ ކޮވެލި އަލީގެ ގާތުގައި އިނެވެ. ކާސިންބެ ކިޔެވެލި ކިޔަވަމުން ގޮސް ކޮވެލި ނަގައިގެން ގެނެސް އޭނަގެ ކަޅު އެންދެރި, ރިހި ތިލަ ލީ ފިޔޮހިން އެ ކޮވެލީގެ ކަރުގައި ޖައްސާ ކަތިލިއެވެ. އެވަގުތު ކުއްލިއަކަށް އަލީ ރޮއެގަނެފައި ހޭލިއެވެ. މޫރިސާ ދުވެފައި ގޮސް އަލީ ނެގިއެވެ. އެސޮރު ހީވަނީ ބޮޑު ކަމެއްވެގެން ރޯހެނެވެ. އެ ވަގުތު ކޮވެލި އޭތީގެ އެންމެ ބޮޑު ސިފައަށް އަނެއްކާވެސް ބަދަލު ވިއެވެ. ބާރު އަޑަކުން ރޮއެގަތެވެ. ނަމަވެސް ދެން ކުއްލިއަކަށް އެންމެގެ ލޯމައްޗަށް ކޮވެލި ގެއްލުނެވެ. ބިންމަތިން ހުދު ދުންތަކެއް އަރައިގެން ދިއައެވެ. އެއަަށްފަހު އަލީގެ ރުއިން ހުއްޓުނެވެ. ޑިންޑިން ކޮވެލި މަރުވީއެވެ.

ކާސިންބެ އާދަނު ގާތު އަލީ އެ ޖިންނީގެ ކިބައިން ސަލާމަތް ވިއްޔޭ ބުންޏެވެ. މިހެންވެ އާދަނުއާއި މޫރިސާ ވެސް ހުރީ އެކަމާ ވަރަށް ހިތްހަމަ ޖެހިފައެވެ. ގޭދޮށަށް އެއްވެ ތިބި މީހުން ވެސް އެކަމާ އުފާކުރާ ހާލު އެނބުރި ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އަދި އާދަނު ކާސިންބެ ގާތުން އެ ކޮށްދިން ކަންތަކުގެ ބަދަލުގައި ދޭންވީ ކޮންއެއްޗެއްތޯ އެހިއެވެ. އާދަނަކީ ރާވެރިއެއްކަން އެނގޭތީ, ކާސިންބެ އެދުނީ އާދަނުގެ ރުއްތަކުން ހަތަރު ބައިކޮށް އެއްބައި ކާސިންބެއަށް ދިނުމަށެވެ. އެ އަޑުއަހާ އާދަނު މޫރިސާއާއި ދިމާލަށް ބަލާލިއެވެ. އެހާ ބޮޑު ކަމެއް ކޮށްދިނުމުން ކާސިންބެގެ އެދުމަށް ނޫނެކޭ ބުނަން ނުކެރުނެވެ. މިހެންވެ ކާސިންބެއަށް އާދަނުގެ ރުއްތަކުން ހަތަރު ބައިކޮށް އެއްބައި ދިނެވެ. ކާސިންބެ އަކަމާ އުފާކޮށް, ރަށަށް ގޮސް އެ ރުއްތައް ކެނޑުމަށް ބަޔަކު ފޮނުވާނަމޭ ބުނެ މޫސަބޭގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

އޭގެ ދެ ހަފްތާ ފަހުން އަލިފުށިން ބަޔަކު އައިސް ކާސިންބެއަށް ދިން ރުއްތައް ކަނޑައިގެން ގެންދިޔައެވެ. އާދަނު ހުރީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ދީފައި ހުރި އެއްޗެއްގެ ބޭނުން ހިފާނީ އެ މީހަކު ބޭނުން ގޮތަކަށް ކަމުން އެއްޗެކޭ ނުބުނެ ހުރީއެވެ.

************************

އަލީގެ އުމުރުން ހަތް އަހަރު ވީ އިރު އޭނާގެ ބައްޕައާއި އެކު ރާވެރިކަމުގެ ކަންކަން ދަސްކުރަން ފަށައިފިއެވެ. އަލީގެ މާގިނަ ރަހުމަތްތެރިން ތަކެއް ނޫޅެއެވެ. ރާވެރިއެއްގެ ދަރިއެއް ވީމައެވެ. އަލީ ގިނަ ވަގުތު ހޭދަކުރަނީ އޭނާގެ ބައްޕައާއި އެކު ވަލުގައި ރާވެރިކަމުގައެވެ. ގެއަށް އައިސް އުޅޭ ވަގުތުތައް ހޭދަވަނީ އޭނަގެ ދައްތަ މެންނާއެކުއެވެ.

އާދަނުގެ އާއިލާއަށް އަންނަށް އުޅޭ ރޯޅީގެ ފެށުން އައީ މި ދުވަސް ވަރުއެވެ. މަރޮށީގެ މަސްވެރިކަމުގައި އުޅޭ މީހުންތަކެއް ދޯނިފަހަރު ބަންނަން ބޭނުންވެގެން އުޅުނު ދުވަސްވަރެވެ. އެގޮތުން އާދަނުގެ ކާބަފައިންގެ ފަރާތުން ވާރަތުވެފައި ހުރި ރުއްތަކުން ރުއް ކަނޑަންވެގެން ހުއްދަ ހޯދަން އާދަނު ގާތަށް އެ މީހުން އައެވެ. އާދަނު އެ މީހުން ގާތު އެ ރުއްތައް ދެވެން ނެތް ވާހަކަ ބުނުމުން އެ ދުވަހު އެކަން ގަބޫލު ކޮށްގެން ދިޔައެވެ. ނަމަވެސް އެ މީހުންގެ ހިތުގައި އާދަނުއާއި މެދު ހަސަދައިގެ އަލިފާންގަނޑު ރޯވެ އަނދަންފެށިއެވެ. ނަމަވެސް އެކަން އޭރު އާދަނަކަށް ނޭނގެއެވެ.

އޭގެ ހަތް އަހަރު ފަހެއެވެ. އެއިރު އަލީގެ އުމުރުން 14 އަހަރު ވެއްޖެއެވެ. އާދަނެކޭ އެއްފަދައިން އަލީއަށް ވެސް ލިބިފައިވަނީ އާދައިގެ ހަށިގަނޑެކެވެ. މޫނުމަތިން އާދަނާއި ވަރަށް ވައްތަރު ގޮތެއް ހުރެއެވެ. އަލީ ލައި އުޅެނީ މުންޑެވެ. އާދަނާ އެކު ރާވެރިކަމުގެ ކަންކަމުގައި ފުރިހަމައަށް ބައިވެރި ވެއެވެ. ރުކަށް އަރާ އުޅެނީ ފަރިތަކަމާއެކުއެވެ. އޭނަގެ ބައްޕައަށްވުރެ ވަކި ރާވެރިކަމުގައި އަލީގެ ހުނަރު ދެށެއް ނޫނެވެ. ބައްޕައާއި އެކު ހެދުނާއި ހަވީރު ބަރާބަރަށް ރުކަށް އަރާ ރާބޭލުމުގައި އުޅެއެވެ. އެކަން އަލީ ކުރަނީ ކުރާ ހިތުންނެެވެ.

އެގޮތުން ރާބާލަން ގޮސް އުޅުނު ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ރަށުގެ މީހުން އުޅޭ ހިސާބާ އެންމެ ދުރުގައި ހުރި ރުކުން ރާބާލައިގެން ދެމީހުން އެކުގައި ގެއާދިމާލަށް އަންނަނީއެވެ. އެ ވަގުތު މަރޮށީގެ މަސްވެރިކަމުގެ ބޮޑެތި ތިންމީހުން އާދަނުމެންނާ ދިމާލަށް އައެވެ. އެ މީހުން އައި ގޮތައް އައިސް އާދަނުމެންގެ އަތުގައި ހުރި ރާގުޑިތަކުގައި ޖަހައި ބިންމަށްޗައް ވައްޓާލިއެވެ. އަދި އާދަނު އާއި ދިމާލަށް އިނގިލި ދިއްކޮށް, ކަލޭ މާ ގަދަރުވެރި މީހެކޭ ހިތާ ނޫޅެންޖޭ, މާދަމާ އަހަރަމެން ކަލޭގެ ރުއްތަކުން ރުއް ކަނޑަށް އަންނާނަމޭ, ހުއްޓުވަން އުޅެފިނަމަ ކުޅި ދައްކާލާނަމޭ ބުނެ އާދަނުއަށް އިންޒާރުގެ ބަސްތައް އަމާޒުކޮށްލިއެވެ. ރައްދުގައި އާދަނު, ތިޔަހެނެއް ތިކަން ނުކުރެވޭނެ އޭ, އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު ތިޔަކަން ހުއްޓުވާނަމޭ ބުންޏެވެ. މިހެން ބުނުމުން އާދަނާއި ދިމާލަށް ފާޑަކަށް ބަލާލުމަށް ފަހު އެމީހުން އެ ދުވަހު ދިއައެވެ.

އޭގެ އަނެއް ދުވަހު ހެނދުނު ރުއްވަލަށް އާދަނާއި އަލީ ދިޔައިރު ކަމަކުދާކަށް ނެތެވެ. އެއްކަލަ މަސްވެރި ބޮޑެތި ތިންމީހުން އެ ވަގުތު އުޅުނީ ބޮޑެތި ފުރޯތައް ހިފައިގެން އައިސް އާދަނުގެ ރުއްތަކުން ރުއްކަނޑާށެވެ. ވަގުތުން އާދަނު ދުވެފަައި ގޮސް އެ މީހުންނާއި ދިމާލަށް ރުޅިއައިސް އެއްޗެހި ގޮވަންފެށިއެވެ. އެ މީހުންނަށް މީހަކު އެއްޗެއް ކިޔާހެންވެސް ހިޔެއްނުވިއެވެ. ކުރަމުން ދިޔަ މަސައްކަތް ކުރުމުގައި އެ މީހުން ތިއްބެވެ. މިހެންވެ އާދަނުގެ ރުޅިގަނޑު އިހުނަށް ވުރެ ގަދަވެ, އެ މީހުންގެ ގައިގާ އަތްލާ ހިސާބައް ކަންތައް ދިޔައެވެ. އެއީ ބޮޑެތި ތިން ފިރެހެންވެރިންނެވެ. އާދަނު ހުރީ އޭނައާއި އަލީއެވެ. އިސާހިތަކު އާދަނުއާއި އެ މީހުންގެ މެދުގައި ތަޅާ ފޮޅުން ފެށުނެވެ. އާދަނުގެ ހުށިޔާރު ކަމުން ފުރަތަމަ މީހާ ފިރޯއިން ދިން ހަމަލާއިން ރެކެ ގަނެވުނެވެ. އަލީ ވެސް މަޑުން ނުހުރެ ގޮސް އެތަނުން މީހެއްގެ އަތުގައި އަލީގެ އުނަގަނޑުގައި އޮތް ފިޔޮހި އެޅުމުން، އެ މީހާ އަތުގައި އޮތް ފުރޯ ބިންމަށްޗައް ވެއްޓުނެވެ. އެ މީހަކު އައި ރުޅިން އަލީ ނަގައި ބިއްމަށްޗައް ހޫރުވާލީ ކުޑަކުއްޖަކަސް ހެޔޮކަމަށެވެ. ބިންމަތީގައި ހުރި ހޯލިތަކުން ބައެއް ހޯލިތައް އަލީގެ ގައިގައި އެޅި މަށައިގެން ދިޔައެވެ.

އާދަނަށް އެމަންޒަރުފެނި އެ މީހާގެ ގައިގައި ޖެހީ ބިންމަތިން އަތުޖެހުނު ފަންތޮށި ގަނޑަކުންނެވެ. ހަމަ އެއާއެކު އެ މީހާ ބިންމަށްޗައް ވެއްޓުނެވެ. އަދި ދެންތިބި ދެމީހުން އައިސް އާދަނުގެ ގައިގައި އޮޅުލައިގަތެވެ. ބިންމަތިން އަލީ ތެދުވެގެން އައިސް އެ މީހުން ހުއްޓުވަން އުޅުމުގެ ތެރޭގައި އަލީގެ ބުރަކަށީގައި އެތަނުން އެކަކުގެ ފުރޯއިން އެޅި ކަނޑައިގެން ދިޔައެވެ. އެވަގުތު އަލީއަށް ބާރަށް ރޮއެގަނެވުނެވެ. އާދަނުގެ ލޭ ކެކި ގަތެވެ. އާދަނުގެ އަތުގައި ޖެހުނު ފަންތޮށިގަނޑަކުން ހިފަހައްޓައިގެން ތިބި މީހުންގެ ގައިގައި ޖަހަމުން ދިޔައެވެ. ކުއްލިއަކަށް އާދަނުގެ ހެޔަށް ގޮތެއްވީ ބިންމަތީގައި ވެއްޓިފައި އޮތް މީހާ ތެދުވެގެން އައިސް އޭނަގެ ފުރޯގެ ދަނޑިން އާދަނުގެ ބޮލުގައި ޖެހުމުންނެވެ. ވަގުތުން އާދަނު އަނބުރައިގަނެގެން ވެއްޓުނެވެ. އަލީއަށް އެތަން ފެނި ރުޅިއައިސް އެމީހުންނާއި ފަންތޮށިގަނޑަކުން ހަމަލާދޭން އުޅުމުން އެތަނުން ދެމީހުންވެގެން އަލީ ނަގައި ބިންމައްޗަށް ގުޅަކޮށްލިއެވެ. އަލީއަށް ވީތަދުން ހިރިލަންވެސް ނުކެރި އޮތެވެ.

އެތަނުން މީހަކު އައިސް އާދަނާއި ދިމާލަށް ބުންޏެވެ.

”ކަލޭ ހީކުރީ ކާސިންބޭ އެދުވަހު ކަލޭގެ ދަރިފުޅު އެ ޖިންނީގެ ކިބައިން ސަލާމަތް ކޮށްދިނީ, އެ ސޮރަށް ރަނގަޅަކަށް ކަމައްތަ އެން. ކަލޭ ހާދަ މޮޔައޭދޯ؟ އޭނާ އެކަން ކުރީ ކަލޭތީ ރާވެރިއެއްކަމުން, މިރަށައް ކަލޭ ގަދަވެގެންފާނެތީ އެކަމާ ބިރުން. ކަލޭގެ ތި ސިކުޑިއަށް ތި ވިސްނެނީ ކޯންޗެއްތަ؟ މިއަދު ވެސް, ދެން ކުރިއަށް އޮތް ދުވަސްތަކުގަ ވެސް ކަލޭ ތީ މި ރަށުގެ އެންމެ ދަށުދަރަޖައިގެ މީހުންކަން ހަދާން ބަހައްޓައިގެން އުޅެންޗޭ.“

މިހެން ބުނެ އެމީހާއާއި ދެންތިބި މީހުން އާދަނުގެ ބޮލުގައި ފައިން ޖެހި ޖެހީނުން ބޯފަޅާލިއެވެ. އަދި ހެމުން ހެމުން އެމީހުން ވަލުތެރެއިން ނިކުންނަށް ހިނގައިގަތެވެ. އެއިރު އާދަނުގެ ބޮލުން ހޯސްލާފައި ލޭފައިބަ ފައިބާ ހުއްޓެވެ. އަލީއަށް ހިރިލަން ކެރުމުން މަޑުމަޑުން އޭނަގެ ބައްޕަގެ ގާތައް ދިޔައެވެ. މުންޑުގަނޑު އިރާލުމަށްފަހު, ބައްޕަގެ ބޮލުގައި ލޭ ފައިބަމުން ދިޔަ ދިމާގައި އަށްސާލިއެވެ. އާދަނު ވަރަށް ބަލި އަޑަކުން ވާހަކަ ދެއްކިއެވެ.

”ދަރިފުޅާ, ބައްޕަ ނެތް ދުނިޔެއަކުވެސް މަންމައަށާއި ދައްތަމެންނަށް ބަލާތި. ރާވެރިކަން ދޫކޮށްނުލާތި. ބަސްއަހައިގެން އުޅޭތި. ދަރިފުޅަށް ކިޔައިދީފައި ހުންނާނެ މިރަށުގައި ހުރި އަހަރަމެންގެ ރުއްތައް. ވީވަރަކުން އެ ރުއްތައް ކެނޑިއަ ނުދޭތި. އެކަމަކު ދަރިފުޅުގެ އަމިއްލަ ސަލާމަތައް ބަލާތި. ބައްޕައަށް އެ ދުވަހު ދަރިފުޅާއި އެކު އުފަންވި ކޮވެލި މަރާ ނުލެވުނުނަމަ. ބައްޕަ ދަރިފުޅު ދެކެ އަބަދުވެސް ލޯބިވަން.“

އެ ހާ ހިސާބަށް އާދަނަށް ބުނެ ވުނުއިރު އާދަނުގެ ފަހު ވަގުތު އައިސް ޖެހިއްޖެއެވެ. އަލީއަށް އަޑުން އަޑުނަގާ ރޮއެ ގަނެވުނެވެ. މުޅި ވަލުތެރެއިން އިވިގެން ދިޔައީ އަލީގެ ރޮވުމުގެ އަޑެވެ.

-ނުނިމޭ-

    Please log in or register to bookmark.
    2k

    4 ޚިޔާލު

    1. މި ވާހަކަ ވަރަށް ރީތި ♥️ އުއްމީދުކުރަން ހަމަ މިކަހަލަ އެހެން ވާހަކައެއްވެސް ކިޔާލަން ލިބޭނެކަމަށް ♥️

    ޚިޔާލު

    Your email address will not be published. Required fields are marked *

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy