މާފު ހައްޤުވާނެބާ؟ - ޓުރެއިލަރ

އުމުރުން އެންމެ ފަންސަވީސް އަހަރުގެ ޖަނާޙްއަކީ އާދައިގެ ދިރިއުޅުމެއް އައި ޒުވާނެކެވެ. މައިންބަފައިންގެ ފުރިހަމަ ލޯތްބާއެކު ބޮޑުވި ޖަނާޙް ކައިވެންޏާއި ހަމަޔަށް ދިޔައިރު އޭނަގެ ހަޔާތުގައި ބޭނުންވާ ހުރިހާ ކަމެއްވަނީ އޭރު ފުރިހަމަވެފައެވެ. ނަމަވެސް އެއީ ކުޑަ ދުވަސްކޮޅެއް ވަންދެންނެވެ. ވީނުވީއެއް ނޭނގި އަލަތު ދަރިފުޅަށް ބަލިވެ އިންދާ ޖަނާޙްގެ އަންހެނުން ނަވާރް މިދުނިޔެއާ ވަކިވެ ދިޔައީއެވެ. އެދުވަހުން ފެށިގެން ޖަނާޙްގެ ހަޔާތް ފަޅުވެގެން ދިޔައެވެ. އާއިލާގެ ފަރާތުން ލިބުނު ނަސޭހަތްތަކަކުން އޭނަޔަށް ލިބުނު ފަސޭހައެއް ނެތެވެ. ނަމަވެސް އާއިލާއަށްވެސް ނޭނގި ހުއްޓާ ކުއްލިއަކަށް އޭނަޔާއި އެކުގައި ކިޔަވަން އުޅުނު އަންހެންކުއްޖެއް ކަމަށްވާ ދާނިޔާއާ ކައިވެނި ކުރީ ނަވާރް މަރުވިތާ މަހެއްވެސް ފާއިތު ނުވަނީހެވެ. އޭނަ ދަންނަ އެތައް ބަަޔަކު އޭނަގެ އެފެއާ ފޮރުވަން ނަވާރް މަރާލީ އޭނަޔޭ ކިޔައިގެން ވެސް އެތައް އަޑުތަކެއް ފެތުރުނެވެ. އަދި ރޯކަމަށް ހަދައިގެން އުޅުނީ މީހަކަށް ދައްކަން ކަމަށްވެސް އެތަކެއް ބަޔަކު ކިޔެވެ. ނަމަވެސް މިކަމަކަށް ޖަނާޙްގެ ސަމާލުކަމެއް ނެތެވެ. އޭނަގެ ވިސްނުން ހުރީ މުޅިން އެހެން ކަމަކަށެވެ. އެހެނަސް އަނެއްކާވެސް ދާނިޔާ ކުއްލިގޮތަކަށް ބަލިވާން ފެށުމުން މަޑުވެފައި އެންމެންގެ ދޫތައް އަނެއްކާ ހުޅުވެން ފެށިއެވެ. ދެން ވާނީ ކިހިނެތް ބާވައެވެ؟ ޖަނާޙްއަކީ އަންހެނުން މަރާ ޤާތިލެއް ބާވައެވެ؟ ނަވާރްގެ މަރުގެ ހަޤީޤަތަކީ ކޮބާ ބާވައެވެ؟ ދާނިޔާ ބަލިވާން ފެށީ ކީއްވެ ބާވައެވެ؟

މިހުރިހާ ހަޤީޤަތެއް ހޯދުމަށް މިވާހަކައަށް އިންތިޒާރު ކޮށްލައްވާ....

    Please log in or register to bookmark.
    767

    ޚިޔާލު

    Your email address will not be published.