kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.com

ބޭވަފާތެރި ވުމުން ޔާރާ - 23

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ޖައުޝްގެ ޙާލަކީ ތޯއެވެ. އެހިތުގެ މަލިކާ ދެކެލުމަށް އެހިތް ކެނޑިނޭޅި ދިޔައީ އެދެމުންނެވެ. އެ ރީތި ސޫރަ ދެކެލުމަށް އެހިތް ބޭޤަރާރު ވަމުން ދިޔައެވެ. މިއަދަށްފަހު އީނާއަކީ އޭނާގެ ހައްގެއްކަން ހަނދާން ވެލުމާއެކު ތުންފަތަށް ލުއި ހިނތުންވުމެއް ވެރިވިއެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނާއި ހުދު ގަމީހުގައި ޖައުޝް ފެންނަނީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ގޮތަކަށެވެ. ފުދޭވަރަކަށް ދިގުވެފައިވާ އިސްތަށިގަނޑު ރީތި ސްޓައިލަކަށް ހުރިއިރު ތުނބުޅި މަތިމަސްވެސް ރީތި ވަރަކަށް ހުއްޓެވެ.

ކުއްލިއަކަށް ސިޑިން ތިރިއަށް ފައިބަމުން އަންނަ އީނާ  ޖައުޝްގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ވަށައިގެންވާ މާހައުލުގައި ހިނގަމުންދިޔަ ހުރިހާކަމެއް ޖައުޝްއަށް ހުއްޓިގެން ދިޔަފަދައެވެ. ކައިވެނީގެ ހުދު ހެދުމުގައި އީނާ ހީވަނީ އުޑުން ފައިބައިގެން އައިސްފައި ހުރި ހޫރުޕަރީއެއް ހެންނެވެ.

ކަޅި ޖަހައި ނުލާ އީނާއަށް ބަލަހައްޓައިގެން ހުރި ޖައުޝް ފެނި އީނާއަށް ލަދުން އިސްޖަހައިލެވިއްޖެއެވެ. ޖައުޝްގެ ރީތިކަމާއި ފިރިހެންވަންތަކަން ފެނި އޭނާގެ ހިތުގައި ހަސަދަވެރިކަމެއް ވެސް އުފެދިގެން ހިނގައްޖެއެވެ. އަންހެންކުދިން ލޯތަކުން ޖައުޝް ސަލާމަތް ކޮށްދެއްވުމަށްއެދި އީނާއަށް ދުއާކޮށްލެވުނެވެ.

"ކޮބާ.. ބޭރުގައި އެބައޮތް ކާރު.. ދަރިފުޅުމެން ދޭ އަރަން.." އަސްމާ ގޮވާލިއެވެ. އެދެމީހުން ކާރަށް އެރުމާއެކު ކާރު މިސްރާބުޖެހީ ދަރުބާރު ގެއަށެވެ. ދަރުބާރުގެ ރަންނަބަނޑޭރި މާލަމަށް އީނާގެ އަތުގައި ހިފާލައިގެން ވަން ޖައުޝް ފެނުމާއެކު އެންމެންނަށްވެސް މާޝާﷲ ބުނެލެވުނެވެ. އެދެމީހުން ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައި ތިބި ދެމީހުން ހެންނެވެ. ކައިވެނި ކުރެވެން ތައްޔާރު ކޮށްފައި ހުރި ދިގު މޭޒުގައި އެންމެން އިށީނދެލިއެވެ. ހުރިހާ އެންމެން ހަމަވުމާއެކު ޤާޟީ ޚުތުބާ ފެށިއެވެ. އެއާޢެކު މާހައުލު އެއްކޮށް ހިމޭންވެގެން ދިޔައެވެ. ޚުތުބާ ކިޔަމުން ދިޔައިރު އޭގައި ކިޔަމުންދާ ކޮންމެ އެއްޗެއް ދެމީހުން ކަނުލާ އަޑުއަހަމުން ގެންދިޔައެވެ. "އަނބި ޤަބޫލު ކޮށްފިންތަ؟" ޤާޟީ އަހާލިއެވެ. "އަނބި ޤަބޫލު ކޮށްފިން" ޖައުޝްގެ ފިރިހެންވަންތަ އަޑުން އެހެން ބުނެލުމާއެކު އީނާއަށް އުދުއްސައި ގަނެވުނުހެން ހީވިއެވެ. އާދަޔާއި ޚިލާފު އުފާވެރިކަމެއް މުޅި ހަށިގަނޑުގައި ދުވެލިއެވެ. ހިތްހަމަޖެހުމުގެ ފުން ހުވާސެއް ދޫކޮށްލެވުނެވެ. މިހުރިހާ ދުވަހު ކުރަމުންދިޔަ އިންތިޒާރު ނިމި އައު ހަޔާތެއް ފެށުނީއެވެ. އެހަޔާތް ދެން އެހައި އޮމާންކޮށް ދާނެކަމަށް އީނާއަށް ހީކުރެވުނެވެ. މީހެއްގެ އުނދަގޫ ދެން ނުޖެހޭނެޔޭ އީނާގެ ހިތް ބުނެލިއެވެ. ނަމަވެސް ދެންމެ ދެންމެ އެދިރިއުޅުމަށް ވިހަލާން ތައްޔާރުވެފައި އޮތް ނާގަ ހަރުފައެއް އޮތްކަން އެއިން އެކަކަށްވެސް ނޭނގެއެވެ. އެހެނީ އެހަރުފަ ވިހަލާނީ ކިހިނެއް ކޮންއިރަކު ކަމެއް ނޭނގޭތީއެވެ.

އެއަށްފަހު ކުރެވުނު ދުއާއަށްފަހު ޤާޟީން މާލަން ދޫކޮށް ދިޔައެވެ. އާއިލާ އެންމެން އެކަނިވުމުން ދެމަފިރިން ތިބެން ހަދާފައި ހުރި ކުޑަކުޑަ ސްޓޭޖުގައި ދެމަފިރިން ހަމަޖެހުނެވެ. އެންމެ ފުރަތަމަ އެދެމަފިރިންނަށް މަރުހަބާ ކިޔުމަށް އައީ ނައުރީންގެ ދެމަފިރިންނެވެ. ދެއެކުވެރިންނަށް ވެސް ރޮވުނެވެ. އެކުވެރިޔާވެސް އައު ހަޔާތެއް ފެށުމުން ނައުރީން އުފާކުރިއެވެ. އެތަކެއް ނަސޭހަތަކާއި ހެޔޮ ދުއާ ނައުރީންގެ ފުށުންވެސް އެދެމަފިރިންނަށް ލިބުނެވެ. އީނާގެ މައިންބަފައިންވެސް މަރުހަބާކިޔެވެ. އަދި ކޮންމެ ދިރިއުޅުމެއްގައިވެސް މައްސަލަތައް ޖެހޭނެކަމާއި ދެމަފިރިން ވާހަކަ ދައްކައިގެން މައްސަލަތައް ޖެހޭނީ ހައްލުކުރަންކަން ބުނެދިނެވެ. އަދި ދެމަފިރިންގެ ދެމެދުގައި ހިއްސާ ކުރެވެންނުވާ ކަމެއް ނޯންނާނެކަން ބުނެދިނެވެ.

ހަފްލާ ނިމިގެން ދިޔައިރު 11:30 ވެއްޖެއެވެ.ދެމަފިރިންވެސް ވަރުބަލިވެފައި ވުމާއެކު އެތަނުގައި ހުރި އުނދޯއްޔެއްގައި އިށީނދެލިއެވެ. އެއާއެކު ޖައުޝްއަށް އީނާގެ މޫނަށް ބަލާލެވުނެވެ. "ލޯބިވޭ އަނބިމީހާ.." ޖައުޝް ބުނެލިއެވވެ. "މާބޮޑަށް ލޯބިވޭ ފިރިމީހާ.." އީނާވެސް ބުނެލައިފިއެވެ. އެދެމީހުން ކެއުމަށްފަހު އާއިލީ ފޮޓޯ ނެގިއެވެ. ހުރިހާ ކަމެއް ނިންމާލެވުނުއިރު 11:45 ހިނގައިފިއެވެ.

ޕާޓީ ނިމުމުން ޖައުޝްއާއި އީނާ ދިޔައީ ނަޒްޔަކްގެ ދެމަފިރިންގެ ފަރާތުން ހަމަޖައްސައިދިން ރިސޯޓަށް ދިޔުމަށްޓަކައި ޖެޓީޢަށެވެ. އެންމެންނާއި ސަލާމްކޮށް ހަދައި ލޯންޗު އައުމުން އެމީހުން ފުރިއެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓްގެ ދަތުރަކަށްފަހު ރިސޯޓަކަށް ދެވުނެވެ. ކްރޮސްރޯޑް މޯލްޑިވްސް ރިސޯޓުގެ ފާލަމަށް ލޯންޗް ގާތްކުރުމާއެކު ޖައުޝްގެ އަތްދަނޑި މައްޗަށް އީނާ އުފުލާލިއެވެ. އަދި ދުވަމުން ގޮސް ދޮންވެލިގަނޑު މަތީ ބެހެއްޓިއެވެ. "ތިހުރީ އަހަރެމެންގެ ރޫމް.. ރޫމަށް ދާނީތަ އިހަށް މިތާ މަޑުކޮށްލާނީތަ؟" ޖައުޝް އަހާލިއެވެ. "މަޑުކޮށްލަން ބޭނުމީ.." އީނާ ބުނެލިއެވެ. އަދި ފައިވާން އަތަށް ނަގައިގެން ދޮންވެލިގަނޑު މަތީ ހިނގަން ފެށިއެވެ. "މޫދަށް އެރޭނަންތަ؟" ޖައުޝް އަހާލިއެވެ. "އާނ މޮޔަ ނުގޮވާ.. ކާކު މިގަޑީގައި މޫދަށް އެރޭނީ.." އީނާ ގޮވާލިއެވެ. "އަހަރެމެން ދެމީހުންނެއްނު.." ޖައުޝްވެސް އެއާއި ވިއްދާ ބުނެލިއެވެ. ދޮންވެލިގަނޑު މަތީ އީނާ ދުވާތަން ފެނި ޖައުޝްއަށް ހެވިފައި ބަލަހައްޓައިގެން ހުރެވުނެވެ. އީނާ އެހެން އުޅޭއިރު ހީވަނީ ކުޑަކުޑަ ކުއްޖެއް އަލަށް ތަނަކަށް އާދެވިގެން އުޅޭހެންނެވެ.

ދުވެދުވެ ހުރި އީނާގެ ފަހަތުން ޖައުޝްވެސް ދުއްވައިގަތުމާއެކު އީނާގެ ދުވުން ބާރުކޮށްލިއެވެ. ޖައުޝްގެ އަތުނުވާން ދުއްވައިގަތް އީނާ އެންމެފަހުން ވަރުބަލިވެގެން ދުވުން ހުއްޓާލިއެވެ. "ކޮބާ މިއޮތި އަތުވެފައި.." ޖައުޝް ފުންނޭޥާތަކެއް ލަމުން ބުންޏެވެ. "އަތެއް ނުލެވުނު ދޯ އަސްލު.. އަހަރެން ދުވުން ހުއްޓާލީމަ ދޯ އަތުވީ.." ދޫ ނެރެލަމުން އީނާ ބުނެލިއެވެ. "ވަރިހަމައޭ.. ކޮންމެ ގޮތަކުންވެސް ތިއޮތީ އަތުލެވިފައި.. ދެނެއް ނުދެވޭނެ.. ޔޫ އަރ އޮންލީ މައިން.." ފަހު ދެޖުމްލަ ބުނެލިއިރު ޖައުޝްގެ އަޑުގައިވީ އަސަރަކުން އީނާއަށް ދެލޯ މަރައިލެވިއްޖެއެވެ. އަތްދަނޑި މައްޗަށް އީނާ ލައިގެން ޖައުޝް ކޮޓަރިއަށްވަދެ ޑޯންޓް ޑިސްޓާރބް ބޯޑް އަޅުވައިލިއެވެ.

އެމީހުންގެ ކޮޓަރިކައިރީ ހުރި ކްލަބުގައި އިން ލޫނާގެ ލޮލުގައި އެމަންޒަރު ނުހަނު ރީތިކޮށް އަޅައިގަތެވެ. އޭނާ ބޯންއިން ރާތަށިވެސް ދުރަށް ޖައްސާލެވުނެވެ. ލިބުނު ސިހުމުން އަނގައިގައި ހުރި ރާތަށް ބުރައިގެން ދިޔައެވެ. "ވަޓް ދަ.." ލޫނާއަށް ބުނެލެވުނެވެ. އެއީ އޭނާ މަސްތުގެ ހާލުގައި އިނުމުން ފެނުނު މަންޒަރެކޭ ހިތާ އެތައް ފަހަރަކު ގައިގައި ޖެހުނެވެ. އެހެނަސް އަމިއްލަ ހަށިގަނޑަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. އެއީ ހަގީގަތެއްކަން އެނގުމާއެކު އެންމެ ސިކުންތަކުވެސް އެދެމަފިރިން އެކުގައި ތިބުމަކަށް އޭނާގެ ހިތެއް ނުއެދުނެވެ. އައި ރުޅިން ފޯނުނަގައި ނަމްބަރަކަށް ގުޅާލުމަށްފަހު ހަދަންވީގޮތް ލޫނާ ކިޔައިދިނެވެ. އޭރު އެމޫނުމަތީގައި ވިހަ ހިނިތުންވުމެއް ވިޔަސް ފެނުނު މަންޒަރުން އޭނާގެ މުޅި މޫޑު ޚަރާބު ވެއްޖެއެވެ. ބާރު ހިނގުމެއްގައި ކްލަބުން ގޮސް ނުކުތްއިރު ބައެއް މީހުންގެ ނަޒަރުތައް ލޫނާއަށް އަމާޒުވެފައި ހުއްޓެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ އޭނާ ކްލަބުން ނުކުތެވެ. އޭރު އެދެލޮލުގައި ކަރުނައިގެ އަސަރު ވެލިހެން ހީވިއެވެ.

އީނާ ބިންމަތީގައި ބަހައްޓާލުމާއެކު ނުވެސް އެނގިތިބެ ދެމީހުންގެ އަންނައުނު ހަށިގަނޑާއި ވަކިވެގެން ދިޔައެވެ. "މަޑުކުރޭ.. ފެންވަރާލަން ބޭނުން އަހަރެން.." އީނާ ބުނެލިއެވެ. "ދެމީހުން އެކީ ފެންވަރާނީ.. އޭރުންނެއްނު އަވަސްވެސް ވާނީ.." ޖައުޝް ލާނެތް ގޮތަކަށް ބުނެލިއެވެ. "ދެން ޖައުޝްވެސް.." ލަދުން އީނާއަށް އިސްޖަހައިލެވުނެވެ. ފާހާނާއަށް ވަދެ ދެމީހުން އެކުގައި ފެންވަރަން ފެށިއެވެ. ފެންވަރައި ނިމުމާއެކު އީނާ އުރާލައިގެން ގެންގޮސް ޖައުޝް އެނދުމަތީ ބާއްވާލިއެވެ. ދެން ދެހަށިގަނޑު އެކުވެ އެދެމެދުގައި ބަސްމޮށުންތެރި ކަމަކާއިނުލައި އެތަކެއް ވާހަކައެއް ދެކެވުނެވެ. އެކަމުން އަވަދިވިއިރު ގަޑިން 3 ޖަހައިފިއެވެ. ވަރުބަލިކަމާއެކު ޖައުޝްގެ އަތްމަތީ އޮއްވައި އީނާގެ ދެލޯ މެރުނެވެ. މެރެމެމުން ދިޔަ ޖައުޝްގެ ދެލޮލުގެ ތެރެއިން ހިތްހަމަޖެހުން ފާޅުވަމުން ދިޔައިރު އެތުންފަތުގައިވެސް ވީ ލުއި ހިނިތުންވުމެކެވެ. އީނާ އޭނާގެ ގަޔާއި ގާތްކޮށްލަމުން ޖައުޝްވެސް ދެލޯ މަރާލީ ވެފައިހުރި ވަރުބަލިންނެވެ.

ހަފްތާއެއް އެރިސޯޓުގައި ހޭދަކުރުމަށްފަހު އެދެމަފިރިން މާލެދާން ފުރިއެވެ. އެދެހިތަށްވެސް އޭރު ބުނެދޭން ނޭނގޭ ފަދަ އުފަލެއް އިހްސާސްވެފައި ވިއެވެ. ހުރިހާ ދުވަހުގެ ފޮނި އިންތިޒާރު ނިމުމަކަށް އައުމުގެ އުފާވެރިކަން އެދެހިތުގައި ވިއެވެ. އޭޑީކޭ ހޮސްޕިޓަލުން ޖައުޝްގެ ވަޒީފާ ގެއްލިގެން ދިޔުމާއެކު ހެން އަމިއްލަ ކްލިނިކަކުން އޭނާއަށް ވަޒީފާ ލިބިގެން ދިޔައެވެ. ޖައުޝްއާއި އެއް ތަނެއްގައި މަސައްކަތް ކުރަން ބޭނުންވާތީ އީނާވެސް އޭޑީކޭ ވަޒީފާ ދޫކޮށްލުމަށްފަހު ބަދަލުވީ ކްލިނިކަށެވެ.

ހޮނިހިރު ދުވަހަކީ އީނާގެ އޮފް ދުވަސް ކަމުން އީނާ ހުރީ ބަދިގޭގައި ކައްކާށެވެ. އޭރު ޖައުޝްވީ ކްލިނިކްގައެވެ. ކުއްލިއަކަށް ދޮރުގައި ބެލްއަޅާލި އަޑުއިވި އީނާގެ ނިތަށް ރޫޖަމާވެލިއެވެ. މިގަޑީގައި އޭނާ ހޯދަން ދެން އަންނާނީވެސް ކާކު ބާވައޭ ހިތަށް އަރަމުން އީނާގޮސް ދޮރު ހުޅުވައިލިއެވެ. "ކީއްކުރަންތޯ؟" އީނާ އަހާލައިފިއެވެ. "މީ.. މިގޭގެ ފާހާނާ އަޅުގަނޑަށް ބޭނުން ކޮށްލެވިދާނެތޯ؟" އެމީހާ އަހައިލިއެވެ. ފައިން ފެށިގެން ބޮލަށް އީނާ ބަލައިލިއެވެ. ބަލާބެލުމަށް ވާނީ އީނާމެންނާއި އެއްވަރެކެވެ. މޫނުމަތިން ހިތްހެޔޮ ކަމެއް ހުއްޓެވެ.  ކޮނޑުގައި ދަބަސް އަޅުވައިގެން ހުރިއިރު ދެންމެ ތަނަކުން އައި މީހަކާއި ވައްތަރެވެ. "އަޅުގަނޑު އަންނަމުން ބުކް ކުރި ރޫމް ހުންނަ ގެސްޓް ހައުސް އަދި ނުހުޅުވާތީ ވަރަށް ބޮޑަށް ފާހާނާއަކަށް ދާންވެގެން.." އޭނާ ބުނެލިއެވެ. އީނާއަށް ހަދާނެ ގޮތް ހުސްވިއެވެ. ކައިވެންޏަށްފަހު އެދެމަފިރިން ބަދަލުވީ އެއްކޮޓާރީގެ އެޕާޓްމެންޓަށެވެ. ދެމަފިރިން ދިރިއުޅޭ ކޮޓަރި ފިޔަވައި އިތުރު ކޮޓަރިއެއް އެގޭގައި ނުހުންނާނެއެވެ. އޭނާ ދެމަފިރިންގެ ކޮޓަރިއަށް ވައްދާކަށް ބޭނުމެއް ނޫނެވެ. އެހެނަސް އެހީވާންވެސް ބޭނުމެވެ. އެންމެފަހުން އީނާ އެނުދަންނަ ޒުވާނާއަށް އެހީވާން ނިންމިއެވެ. "އޭނދީ ކޮޓަރި.. އެތެރޭގައި އިންނާނެ ފާހާނާ.. އަހަރެން މިހާރު މިދަނީ ބަތްތެލި ދުންގަންނާތީ.." އަވަސް ރާގެއްގައި އީނާ ވާހަކަ ދެއްކިއެވެ. "ޝުކުރިއްޔާ ވަރަށް ބޮޑަށް.." އޭނާ ހިނގައިގަންނަމުން ބުނެލިއެވެ. އީނާމެންގެ ކޮޓަރިއަށް ވަންނަން ދިޔަ ވިއާމްގެ ތުންފަތުގައި ނުލަފާ ހިނިތުންވުމެއް ކުޅެލިއެވެ. ހީކުރިވަރަށްވުރެ ފަސޭހައިން އޭނާގެ މަގްސަދު ހާސިލްވެދާނެޔޭ އޭނާގެ ހިތަކު ނެތެވެ.

ވިއާމް ކޮޓަރިއަށް އަވަސް އަވަހަށް ވަދެ ދޮރު ލައްޕާލަމުން ދަބަހުން ނެގީ ކުޑަކުޑަ ކެމެރާއެކެވެ. އެއީ މީހަކަށް ފާހަގަވެސް ކުރަން އުނދަގޫ ވާވަރުގެ ކެމެރާއެކެވެ. ވިއާމް ބޭނުންވީ ކޮޓަރީގައި އިން ގަޑީގެ ކައިރީގައި އެހަރު ކުރުމަށެވެ. އެންމެ ފާހަގަކުރަން އުނދަގޫ ތަނަކަށް ވާނީ އެތަންކަން އެނގޭތީއެވެ. އަދި އެތަނުން މުޅި ކޮޓަރީގެ 'ވިއު' ނުހަނު ސާފުކޮށް ފެންނާތީމެ އާއިވެސް އެކުގައެވެ. ދިގު އިސްކޮޅެއް ލިބިފައިވުމާއެކު އެކަން ކޮށްލުމަށް ވިއާމްއަކަށް މާ އުނދަގުލެއް ނުވިއެވެ. ހަރުކޮށް ނިންމާލުމަށްފަހު ދަބަހުން ނެގި ޓެބްލެޓަކާއި އެކެމެރާ ކަނެކްޓް ކޮށްލިއެވެ. އެއާއެކު އެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މިހާރު އެކޮޓަރީގެ ތެރޭ ހިނގާ ހުރިހާކަމެއް އޭނާއަށާއި ލޫނާއަށް ފެންނާނެއެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކު އަވަސް އަވަހަށް ދަބަސް އަޅުވާލަމުން ނުކުންނަން ހިނގައިގަތެވެ. "ޝުކުރިއްޔާ ވަރަށް ބޮޑަށް.. ތި ހެޔޮކަން ދުވަހަކުވެސް އަހަރެންގެ ހަނދާނުން ނުފިލާނެ.. އަން މިއޮތީ ދެން ކުޑަކުޑަ ހަދިޔާއެއް.." ޖީބުން ފަންސާސް ރުފިޔާ ނަގަމުން އީނާއަށް ވިއާމް ދިއްކޮށްލިއެވެ. "ހެހެ.. އެކަން މިކޮށްދިނީ ހިލެޔޭ.. ދެން އެއީ އެވަރުގެ ކަމެއްވެސް ނޫނެއްނު.." ފާޑަކަށް ހުރެ އީނާ ބުނެލިއެވެ. ވިއާމް ގޮސް ދޮރު ލައްޕާލުމާއެކު އީނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަވަސް އަވަހަށް ގޮސް ކޮޓަރިއަށްވަދެ ހުރިހާ އެއްޗެއް ހަމަތޯ ބެލިއެވެ. އެއްވެސް އެއްޗެއް މަދުވެފައި ނެތުމުން ހަމަނޭޥާއެއް އީނާއަށް ލެވުނެވެ.

"ތެންކިޔު ވިއާމް... މިއޮތީ 10000 ރުފިޔާ.. ދުވަހަކުވެސް ތިކަން ހަނދާން ނުނެތޭނެ.." ލޫނާ ބުނެލިއެވެ. ފައިސާ ފެނުމާއެކު ވިއާމްގެ ތަލިން ކުޅު ހިކިގެން ދިޔައެވެ. "ފައިސާއަށް ބޫތުކައިފަ.." ލޫނާއަށް މަޑުމަޑުން ކިޔައިލެވުނެވެ. "ހަހަ.. ލޫނާއަށް ލިބޭނެ ލަނޑުވެސް ވަކި ކުޑައެއް ނުވާނެ.." ވިއާމް މަޑުމަޑުން ކިޔާލައިފިއެވެ. "ބޭޒާރުވެ ފަޟީހަތް ވާނީވެސް ހަމަ ލޫނާ.." ހިތާހިތުން ވިއާމް ކިޔައިލިއެވެ. އަދި ލޫނާގެ ގެއިން ނުކުންނަން ހިނގައިގަތެވެ. "ޕުއަރ އީނާ.. ދެން ކަލޭ ރޯންޖެހޭ ދުވަސް އޮތީ ވަރަށް ކައިރީގައި.." ލޫނާ ވިހަ ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި އޭނާގެ ލެޕްޓޮޕުން ފެންނަމުންދިޔަ އީނާގެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ލޫނާއަށް ބާރުގަދަ ނުލަފާ ހިނިގަނޑެއް ޖަހައިލެވުނެވެ.

=ނުނިމޭ=

    Please log in or register to bookmark.
    8k

    25 ޚިޔާލު

    1. ޔޭސް 😄 ހަތަރު ވަރަކަށް އަހަރު ކޮށްލާފަ އަނެއްކާ ވެސް ވާހަކަ ކިޔާލަން ލިބިއްޖެ 😄😎 ވަރަށް ރީތި މިބައިވެސް 😘 މާޝާ ﷲ 💞

      11
      1
    2. މާޝާ ﷲ... ވަރަށް ރީތި....❤️❤️❤️ އެކަމް ހާދަ ލަހޭ އަޕް ވާލެއް...... ދެން އިން ޕާރޓްގެ އިންތިޒާރުގައި.... އަވަސް ކޮށްލާތި.!!!ޕްލީޒް...

    3. ހޭއި ރެއިންލަވާ 👋👋😃
      ވަރަށް ނައިސް މިޕާރޓް ވެސް މާޝާﷲ ❤️😃. ވަރަށް ވެއިޓް އެއް ކުރެވޭ ސްޓޯރީއެއް މީ ބަޓް އަޕްވާލެއް ލަހީދޯ 😆. ގަރުނަކުން އެއްފަހަރު މިކިޔާލަން ލިބެނީ ސްލޯކަމުން .😆😆 އެނީވޭސް ލުކިން ފޯވާރޑް ފޯދަ ނެކްސްޓް ވަން .☺️ ކީޕް އަޕްދަ ގުޑްވޯކް ☺️
      ސްޓޭސޭފް އެން ޓޭކް ކެއަރ😃

      3
      2
      • ރިލޫ އިންތިޒާރު ކުރާނެ ކަމެއް ވެސް ނެތް.. ދޯ ނާފް ބްރޯ 😂1 ގަރުނު ފަހުން ނެކްސްޓް ޕާރޓް އަޕް ވެދާނެ.. އެއަށް ވުރެ ކުރިންނެއް ނުވާނެ😂😂😂

        2
        1
    4. އޮހް ހޭއި ޔޯޖާ
      އޯއު.. ތެންކިޔު ވަރަށް ބޮޑަށް.. ޔެސް ދޯ.. ސައިޓްއިން ޕަބްލިޝް ކުރާލެއް ލަހީ.. ޔެސް އިންޝާﷲ ސައިޓުން އަޕްކުރިހާ އަވަހަކަށް އަނެއްބައި ކިޔާލަން ލިބޭނެ.. ޔެސް.. ސްޓެއި ސޭފް އެންޑް ޓެކް ކެއަރ 💕♥❤😁

    5. އެންމެފަހުން ޤަރުނެއް ފަހުން ވާހަކަ އަޕް ވެއްޖެ ތާ! ލިޔުންތެރިޔާ މައްސަލައެއް ނޫން އެއީ، ހަމަ ސައިޓުގެ އަޕްޑޭޓުތައް ހީވަނީ ފިނިހަކަ ދުވެލީގަ ދާހެން
      އަނެއްކާވެސް މައްސަލައެއް އުފެދުނީދޯ! މި ލޫނާއެއް ބޫނާއެއް ކިޔާ މީހަކު ހީވަނީ ހަމަ ދެ ދުނިޔެ ފެނިގެން އުޅޭހެން، ވަރުގަދަ އަންހެނެއް!! 😡😡😡
      ބުނާނީ ހަމަ ވަރަށް ރީއްޗަށޭ ވާހަކަ ކުރިއަށް ތި ގެންދަނީ ما شاء الله އަޅުގަނޑު ޤަވާޢިދުން ކިޔަން! 💚💚💚💚💚💚💚💚💚💚💚
      Just be content and do what your amazing at!! And be optimistic
      💚💚💚💚💚💚💚💚💚

      2
      1
    6. ހޭ ބްރޯ... ހައު އާރ ޔޫ؟؟ ވަރަށް ދުވަސް ވެއްޖެ ދޯ ކޮމެންޓެއް ނުކުރެވޭތާ... ހެހެ... ސޮރީ... މާޝާ ﷲ ހަމަ ވވވވވ ރީތި އިނގޭ މި ޕާރޓްވެސް.. އިޓްސް އަމޭޒިން.. ހަމަ ސްޕީޗްލެސް... ދެން ވާނެ ގޮތަކާ ދޭތެރޭ ވަރަށް ކިޔުރިޔަސް... މި ސައިޓުން ހަމަ ލަހީ ދޯ ވާހަކަ ޕަބްލިޝް ކުރާލެއް... މި ސައިޓުން މިހާރު ކިޔަނީވެސް މި ވާހަކައާ ދެން ނޭނގި ވެވުނީ ލޯތްބޭ އެކަނި.. އެކަމް ޕާރޓެއް މި އަޕް ވަނީ ގަރުނަކުން ގަރުނަކުން ކަހަލަ ގޮތަކަށް.. އިޓް ހޭޒް ބިކަމް ސޯ އެނޯޔިންގ ނައު ނޮޓް ގޮނަ ލައި.. އެނީވޭސް، ކީޕް އަޕް ދި ގުޑް ވޯރކް.. ވެއިޓިން ފޯރ ދި ނެކްސްޓް ޕާރޓް.. ސްޓޭ ސޭފް އެންޑް ޓޭކް ކެއަރ... ގުޑ ލަކް އޮން ދި އަޕްކަމިން ޕާރޓްސް! 🙂

      4
      1
    7. ވަރަށް ރީތި ވާހަކަ އެއް މައި ފޭވަރިޓް ލަވް ޔޫ ސުޓޭ ސޭފް ލިބިދާނެ ތަ މެއިލް ލިޔުންތެރިޔާގެ އައި ވޯންޓް ޓޯކު ޓުޔޫ

      2
      2
    8. ރެއިން ލަވާ ވާހަކަ ވަރަށް ރީތި ދެވިދާނެ ތައް މެއިލް އައި ވޯންޓް ޓޯކު ޓުޔޫ

      2
      1
    9. ކޮބައިތޯ އަދިވެސް އަޕްލޯޑް ނުވަނީތޯ؟

      1
      1
    10. ހާދަ ލަހުންނޭ މިހާރު އަޕްލޯޑު ވަނީ.މުޅިން ސަކަރާތް!!!!!

      2
      1
    11. ނުނިމެންޏާ ދެންކޮބާ އަނެއްބައި

    ޚިޔާލު

    Your email address will not be published.

    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
    Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy