ވެމްޕަޔާ - 11

* އަދި މިލާން އެހެން ދިމާއަކަށް ދިޔުމުގެ ކުރިން މިލާން ގެ އަތުގައި ހިފީމެވެ. " ގޮޓް ޔޫ" ކައިޒަން އެހެން ބުނުމަށް ފަހު ހޭން ފެށިއެވެ. މިލާން ވެސް އެހުނުމުގައި ބާއިވެރި ވިއެވެ. ދެ މީހުން ވެސް ސިއްސާގެން ދިޔައީ އަފާ އާއި ޒިމާމް ވަރަށް ލާނެތް ރާގަކަށް އިޔާން އާއި އީވާގެ އަށް ގޮވާލުމުންނެވެ.

" އިޔާންންން… އީވާ." *

އީވާ އިޔާން ގެ ކަޅު އަނދުން ކޮޅެއް ފަދަ ލޮލަށް ބެލެވެމުން ދިޔައީ އިހްތިޔާރުން ބޭރުގައެވެ. އިޔާން ވެސް އީވާއަށް ބަލައިގެން އޮތުމުން އީވާ ލަދުގަންނަ ގޮތް ވިއެވެ. ދެން އީވާ މަސައްކަތް ކުރަން ފެށީ އިޔާން އީވާގެ ގައިމަތިން ނޭގޭ ތޯ އެވެ. ނަމަވެސް އިޔާން މާ ބަރެވެ. މި މަންޒަރު ފެންނަ މީހަކަށް އެންމެ ފުރަތަމަ ވެސް ހިޔާލު ކޮށްލެވޭނީ ކުޑަކުޑަ ހިންޏެ ވަރަށް ބަރު އެއްޗެއް ނަގަން މަސައްކަތް ކުރާ ތަނެވެ.

ކުއްލިއަކަށް އާންޓް އާއި އަންކަލް ގެ އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދެން އަހަރެން ބަލައިލީ އީވާ އަށް ށެވެ. އެއިރު އީވާ ދިޔައީ އަހަރެން ނޭގޭ ތޯ މަސައްކަތް ކުރަމުންނެވެ. އީވާގެ ލޮލު ގައި ހުރި ވަޅުފެހި ކުލަ ފެނުމުން އަހަރެން ގެ ބޮލަށް ބަރުވަން ފެއްޓިއެވެ. ހީވާ ގޮތުން އަހަރެންގެ ސިކުނޑި އަހަރެން ހަނދާ ކުރަން ބޭނުން ނުވާ އެއްޗެއް ހަނދާ ކޮށްދޭން އުޅޭހެންނެވެ.

އަހަރެންގެ ހިތް ދިޔައީ އާދަޔާ ޚިލާފު ބާރުމިނެއްގަ ތެޅެމުން ނެވެ. ހީވަނީ ދެންމެ ދެންމެ މޭގަނޑު ފަޅާފައި ހިތް ނުކުމެދާނެ ހެންނެވެ. އަހަރެން ލޯ މަރާ ބާރުކޮށް ފިއްތާލީ ބޮލުން ނަގަމުން ދިޔަ ދިލަ ތަދެއް ގެ ސަބަބުން ނެވެ. އެހުރިގޮތަށް ހުރެ އަހަރެން އީވާގެ ހަށިގަނޑު މަތިން ތެދުވީމެވެ. އަދި އެއްވެސް މީހަކަށް ބަލާލުމެއް ނެތި ސިޑިން މައްޗަށް އަރައިގެން ދިޔައީމެވެ.

އިޔާން އެހެން ލޯމަރާ ބާރުކޮށްގެން ހުރެ ދިޔުމުން ކައިޒަން އަށް ކަމެއް ގޯސްވެއްޖެކަން އެންގުމުން އިޔާން ގެ ފަހަތުން ދިޔައެވެ. އެއިރު އަފާ އާއި ޒިމާމް ތިބީ ވަރަށް ލާނެތް ގޮތަކަށް ހިނިއައިސްފައެވެ. އީވާ އަފާ އާއި ޒިމާމް އަށް ބަލާލުމަށްފަހު އެތަނުން ދިޔުމަށް ހިންގާ ގަތެއެވެ. އެވަގުތު މިލާން އީވާގެ އަތުގައި ހިފައިގެން ސިޑިން މައްޗަށް އަރައިގެން ދިޔައީ އީވާ އަށް ހާއްސަ ކުރެވިފަވާ ކޮޓަރިއަށް ށެވެ.

******************************

" ހޭ…. ޔާން އާރޔޫ އޯކޭ ބްރޯ " ކައިޒަން އިޔާން ގެ ކޮޓަރިއަށް ވަންނަމުން އަހާލިއެވެ." ޔާ އަމް ފައިން " އިޔާން ވަގުތުން ޖަވާބު ދިނެވެ." ވަޓް ދަ ޓައިމް އަމް 4:30……. އޯކޭ ސޯ އިފް ޔޫ އާ ފައިން ދެން ހިންގާބަ މަށާ އެކީ ކޮމްޕެނީއަށް " ކައިޒަން ބޯކަހާލަމުން ބުނެލިއެވެ. ކައިޒަން އެހެން ބުނުމުން އިޔާން އަށް ކުޑަކޮށް ހިނި އައެވެ. އެއީ ކައިޒަން ލައިގެން ހުރި އެއްޗެހި ފެނުމުންނެވެ.

" ކޮމްޕެނީއަށް އަށް ތަނޫނީ އެހެން ތަނަކަށް ތަ " އިޔާން އެހެން ބުނުމުން ކައިޒަން އަށް އިޔާން އެ ބުނި އެއްޗެއް ފަހުމެއްނުވިއެވެ." ތި ބުނީ ؟ " ކައިޒަން އެހެން އަހާލުމުން އިޔާން ބުނެލިއެވެ." މި ބުނީ އެންމެ ގިނައިން މީސިމީހުން ކޮމްޕެނީއަށް ދަނީ އެހެންޏާ ހުޑީ އާއި ޖިންސް ބުރި ލައިގެން ވާ ……… ދެން ބުނަން ވީ އެއްނު ދޯ ތި އުޅެނީ މަ ހިފައިގެން ކައިގެ ޖީ އެފް އަށް އިންޓްރޯ ކޮށް ދޭން ށޭ……… އެއީ ލަދު ގަންނަން ޖެހޭނެ ވަރުގެ ކަމެއް ތަ " އިޔާން ހުރިހާއެއްޗެއް އެއްފަހަރާ ކިޔައި އަޅާލުމަށް ކައިޒަން އިޔާން ގެ އަނގަ މަތީ ގައި އަތް އަޅަމުން އެއްވެސް މީހަކު ހުރިތޯ ބެލުމަށް ދެފަރާތަށް ބަލާލިއެވެ.

ކައިޒަން އުޅެމުން ދިޔަ ގޮތުން ހީވީ ވަރަށް އަގުބޮޑު އެއްޗެއް ވަގަށް ނަގައިގެން އުޅޭކަން އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާ ހެންނެވެ. "ޕިސް ޕިސް ޕިސް މީހަކަށް އަޑު އިވި ދާނެ…. އެހެން ނޫނަސް ހަމަ ސާބަސް ހަމަ އަސްލަށް ވެސް ކޮމްޕެނީއަށް ދާންށޭ………… އެހެންނޫނަސް ކ އަދި އިންޓްރޯ ނުކުރެވިފައެއް ނެތެއްނު…. ދެން ހިންގާ ބަލަ އަހަރެންނާ އެކު ކޮމްޕެނީއަށް އެހާފޯމަލް ކޮށް ނުދިޔަސް ރަނގަޅުވާނެ" ކައިޒަން އެހެން ބުނަމުން އިޔާން ގެ އަނގަމަތިން އަތް ނެގިއެވެ.

" އޯކޭ ހިންގާ ތި ދާތާކަށް ދަމާ އެހެންނޫނީ އިރު އޮއްސިދާނެ" އިޔާން އެހެން ބުނަމުން ޖެކެޓެއް ނަގައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ކައިޒަން ވެސް އިޔާން ގެ ފަހަތުން ކާރުގެ ތަޅުދަނޑި މައްޗަށް އެއްލަމުން ނިކުންނި އެވެ.

*******************************

" އެހެމް…….. އީވާ " މިލާން އީވާ އެންދުމަތީގައިި ބައިންދަފައި ބުނެލިއެވެ ." އޯއި މިނީ " އީވާ މިލާން އަށް ޖަވާބުދިނެވެ." ކޮން ކަމަކާ ތި ވިސްނަނީ……. ޔާން އާ މެދުތަ އަނެއްކާ ތިހުރީ އާންޓް ކިޔައެއްނު ލަވައެއް އެގޮތަށް ވެފަތަ " މިލާން ބުނެލިއެވެ." ކޮން ލަވައެއް " އީވާ އަހާލިއެވެ." މި ލަވަ " މިލާން އެހެން ބުނުމަށް ފަހު މޭމަތީގައި ދެއަތް ބޮނޑިކޮށް ގެން ހުރެ މައްޗަށް ބަލަމުން ލަވަކިޔަން ފެށިއެވެ.

" ތީ ތީއެ މަގޭ އެންމެ އެދޭ ހިތުގަ

މިވާ ސޫރަ ތެދޭ، ލޯބި މި ވާވަރު

ބުނަން ދެން ، ލޯބިން އެއީ ގޯހެއް ހޭ

އޯއޯ އަންނާށޭ އިސްނަގާ ރޭ މި ވަނީ

ދަން ވެފާ ، އޯއޯ އަންނާށޭ އިސްނަގާ

ރޭ "

މިލާން އަށް ކިޔުނީ ހަމައެކަނި ލަވައިގެ އެހިސާބަށް ށެވެ. އެއީ އީވާ އެންދުމަތީގައިި އޮތް ބާލީސް ނަގާ މިލާންގެ މޫނުމައްޗަށް އެއްލަމުން ނެވެ." އޯ ޕްލީސް މައެބަ އުޅެންތަ އެ ސައިކޯ އާ ހެދި… އޮހް އެންޑް ހީއިސް ނޮޓް މައި ޓައިޕް އަދި މިނީ ތީ މީހަކާ ކިޔާވަރުގެ މީހެއް ނޫނޭ " އީވާ މިލާން ސައްކުގެ ނަޒަރަކުން ބަލައިލީ އީވާ އަށް ނޭންގޭތީއެއް ނޫނެވެ.

" މަ…. ތިކަހަލަގެ ކަމެއް އަދި މިހާރަކުނެތް " މިލާން ވަރަށް ނުވާކަމަށް ވެލާފައި ބުނެލިއެވެ." އޮހް ސޯ ޔޫ ހޭވް ނަތިން…ހައް ދެން ޕްލީސް ގިވް މީދަ އޯނާރް އޮފް ޓެލިން ވަޓް ޔޫ އާރް……. ސޯ ލެޓް މީ އިންޓްރޯޑިޔުސް ޔޫ ކައިލާން " އީވާ އެހެން ބުނުމުން މިލާން ބުނެލި އެވެ.

" ހޫސް ކައިލާން " " އިޓްސް ޔޫ އެން ކައިޒަން އޮބްވިޔެސްލީ ދެ މީހުންގެ ނަން މިކްސް ކޮއްފަ ކައިޒަންގެ ކައި. މިލާން ގެ ލާން "އީވާ ނުލަފާ ވައްތަރަކަށް އެހެން ބުނެލަމުން ލަވަ ކިޔަން ފެށިއެވެ.

" ދެއްވާތޯ ތިޔަ ލޯތްބާ ވަފާ

ޙަޞްރަތުގައި އަޅާ ދަންނަން

ލެއްވުން އެދި މަ ކުރަމޭ ދުޢާ

ޖަންނަތުގައި ދެހިތް އެކު އެތާ

ދުރުވާ ކަށް ތިޔަ ލޯތްބަށް މަ ނޭދެން

ދުރުގައި ވާން ހިތެއް އަދު މަ ނޭދެން

ހުރުމަށް އަރިހުގައި ލޯބިވާ އަދު

ބޭނުންވޭ ވުމަށް ގާތުގައި

އާދޭތޯ އިންނާނަން ލޯބިން

ތިޔަ އިންތިޒާރުގައި…

ލިބިދޭ ތޯ އިންނާނަން ލޯބިން

ތިޔައިންތިހާ އުފާ "

------ނުނިމޭ--------

--------------------------------

ލިރިކްސް ގައި އެއްވެސް މައްސަލައެއް އުޅެންޏާ ބުނެލަދޭތި☺️ .
އަދި ކިޔުންތެރިން ކުރާ ކޮމެންޓް ތަކަށް ޖަވާބު ނުދެވޭތީ ކިޔުންތެރިންނަށް ނިހާޔަތަށް މާފަށް އެދެން 😞 🙏🏻 🙏🏻 🙏🏻 🙏🏻

  Please log in or register to bookmark.
  1k

  11 ޚިޔާލު

  1. ހާދަ ފޫހި ވާހަކަ އެއްކޭ.ކިޔާ ހިތެއް ވެސްނެތް.އެއްވެސް ސިފަކުރުމެތް ވެސްނެތް.......Lots of mistake....
   Why you Wasting time....

   1
   2
  2. 🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴😋😜😋😜

  3. ޥަރަށް ރީތި ކޮން އިރަކުންތޯ އަނެއްބާ؟؟

  ޚިޔާލު

  Your email address will not be published.