އެކަން އެހެން ނުވިނަމަ

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ނޯޓު:އައްސަލާމް ޢަލައިކުމް. މިއީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކަ އަކަށް ވީމާ ވަރަށް ގިނަ ކުއްތައް ހުރުން އެކަށީގެންވެއެވެ. މި ވާހަކަ އަކީ އަޅުގަނޑު ސުކޫލް ގައި އުޅުނު ދުވަސްވަރު ލިޔުނު ވާހަކަ އެކެވެ. އެހެންކަމުން އަޅުގަނޑު އުންމީދުކުރަނީ ހުރިހާ ކިޔުންތެރީންނަށް މި ވާހަކަ ކަމުދާނެ ކަމަށެވެެ.

*******************************

ފެން މާގަނޑު ދޫކޮށްލުމަށްފަހު ފާހާނާ މޫށިގަނޑު މައްޗަށް ވެއްޓިގަތީމެވެ. ލޮލުން ޖަމާވެފައި ވާ ކަރުނަތައް މިނިވަން ކަމާއެކު ލޮލުން އޮހޮރިގެން ދިޔަ އެވެ. އަހަރެން މިއަދު މިވަނީ މީހަކު ހީވެސް ނުކުރާ ކަހަލަ ލަދަކާ ކުރިމަތި ލާން ޖެހިފަ އެވެ. ކީއްކުރަނީ ހެއްޔެވެ. ރޮއެލަ ރޮއެލަ އޮވުން ނޫން ކަމެއްނުކުރެވޭނެއެވެ. އަޅާލާނެ އެކަކުވެސް މި ކެހިވެރި ދުނިޔެއަކު ނެތެވެ. އެމީހުން ހުއްޓަސް ނެތް ފަދައެއް. އަހަންނަށް އަހަރެންގެ އާއިލާ ވަނީ މަރުވެފައެވެ. އެ ކީއްވެގެން ކަން އެނގޭހެއްޔެވެ. އެއީ އަހަރެންގެ އާއިލާ އަހަންނަށް ދޯކާ އެއް ދީ، އަހަރެން ލައްވާ ބޮޑު ކުށެއް ކުރުއްވުމުންނެވެ. ފެން މާގަނޑުން އޮހޮރެމުން ދާ ފެން ތައް އަހަރެން ގެ ދޮން މޫނު ގައި ބޮސްދެމުން ދިޔައިރު އަހަންނަށް އަހަރެންގެ ހިތި މާޒީ ސިފަވަމުން ދިޔައެވެ.
އެއީ މީގެ ހަ އަހަރު ކުރިއެވެ. އަހަރެން ގުރޭޑް ދިހައެއް ނިމުމުން އިތުރަށް ކިޔަވަން ބޭނުން ވާތީ އަހަރެންގެ މަންމައާއި ބައްޕަ ދޫކޮއް މާލެ އައީމެވެ. އަހަންނަކީ އެ ދެމަފިރިންނަށް ލިބުނު ހަމައެކަނި ދަރިކަމުން މަންމަމެން ތިބީ އަހަރެން އެކަނި ފޮނުވާލަން ވެސް ނުކެރިފައެވެ. ނަމަވެސް އަހަރެން ކިޔާވަރުން މާލެ ފޮނުވީ އެވެ. އަހަރެން ހުންނަނީ މަންމަ ގެ ރައްޓެހި ޒުބޭދާ މެން ގޭގައެވެ. އެގޭ މީ ހުން ވަރަށް ވެސް ހިތް ހެވެ.

މިހާރު ކިޔަވަން ދާތާ މަހެއް ވެސް ވީއެވެ. ލަހުން ނިދުމުގެ ސަބަބުން ހޭލެވުނީ މާލަހުންނެވެ. އެހެންކަމުން ކުލާހަށް ދާން ގަޑިޖެހުނީ އެވެ. ނަމަވެސް ދާހިތްވާލޭ ބޮޑު ކަމުން ގަޑިޖެހުނަސް ދާން ނިންމީ މެވެ. ވަރަށް އަވަސް އަރުވާލާފައި ގެއިން ނިކުތް ވަގުތު ކުރިމަތިން އައި ޒުވާން ކުއްޖެއް ގައިގާ ޖެހި އަތުގައި އޮތް ފައިލު ވެއްޓުނެވެ. އަހަރެން ވަގުތުން އެފައިލު ނަގަން އުޅުނީމެވެ. ނަމަވެސް އެ ޒުވާނާ އަހަންނަށް އެ ފައިލު ނަގާ ދިނެވެ. " ސޮރީ " ހިނިތުން ވުމަކާއެކު އެ ޒުވާނާ ގެ ފިރިހެން ވަންތަ އަޑުން ބުންޏެވެ. އަހަރެން ވެސް އިޓްސް އޯކޭ އޭބުނެ ކުލާހަށް ދާން ހިގައިގަތީމެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެއްމަސް ދުވަސްވީއެވެ. އިންޓަވަލް ގަޑިކަމުން އަހަރެން ގެ ރައްޓެހި މާހީ އަ އެއްކޮށް ކެންޓީނަށް ގޮސް ކާން ބޭނުންވާ އެއްޗެހި ހިފައިގެން ހުސް މޭޒަކާ ދިމާލަށް ދިޔައީމެވެ. އަހަންނާއި މާހީ އޮލަވާހަކައެއް ގަ ތިއްބާ މީހަކު ސަލާމް ގޮވާލި އެވެ. އަހަރެމެން ދެމީހުން ކުރިމަތީ ހުރިޒުވާނާ އަށް ބަލާލީމެވެ.

" ދޮންބެ ގަޑު" މާހީ ފޫހި ރާގަކަށް ބުންޏެވެ. " އޭ ތިޔެއް ނޫނޭ ކީއް ކުރަން މިތަނަށް ތިއައީ... އަހަރެން ހުރީ ތަނެއް ގަ ހުންނަން ބޭނުން ނުވާ މީހާ ތީ" މާހީ އެ ޒުވާނާ އާ ދިމާލައް ބުންޏެވެ. " ހުމް އަސްލު މާހީ އާ އެކީ އެ އިނީ ކޮންކުއްޖެއްތޯ ބަލަން މިއައި... ހާދަ ސަޅި ކުއްޖެކޭ" އެ ޒުވާނާ ބުންޏެވެ. " އަޅެ ތީ ކޮން ކުއްޖެއް ތަ" މި ފަހަރު އެ ޒުވާނާ ވާހަކަ ދެއްކީ އަހަންނާއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އިންދާ މާހީ ބުންޏެވެ. " އޭނާ ނުދަންނަ މީހުންނާ ވާހަކަ ނުދައްކާ ނެ" " އެކަމް އަހަރެމެން ދަންނަ މެން ނޫން ތަ.... އެއްކަލަ ދުވަހު އަހަރެން ގައިގައި ޖެހުނު ކުއްޖާ އެއްނުން ތަ ތީ....ބައިދަ ވޭ އައި އޭމް މުއާދް...މާހީ ގެ ދޮންބެ.... ހާފް ސިބްލީން އިނގޭ.." އަހަންނާ ދިމާލަށް މިހެން ބުނެ ސަލާން ކުރަން އަތް ދިއްކުރިއެވެ. ނަމަވެސް ގަތް ފާހުރި ލަދުން އެއްޗެއް ނުބުނެ އެތަނުން ތެދުވެގެން ދިޔަ އީ އެވެ.

އޭގެ އަނެއް ދުވަހު އަހަރެން ކުލާސް ނިމުމުން ގެއަށް ދާން ހިގައިގަތީމެވެ. ނަމަވެސް އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކުއްލިއަކަށް އަހަރެންގެ ކުރިމައްޗަށް އެރުމުންނެވެ.
"ސިއްސައިގެން ދިޔައީ ތަ" އަހަރެން ކުރިމަތީގައި ހުރީ މާހީގެ ދޮންބެ މުއާދް ބުންޏެވެ. " އަހަރެން އެއްޗެކޭ ނުބުނެ އެތަނުން ދެވޭތޯ ބެލީމެވެ. ނަމަވެސް މުއާދް މާ ހުށިޔާރެވެ. އޭނާ އަހަރެން ގެ އަތުގަ ހިފާ އޭނަޔާ ވީ ފަރާތަށް ދަމާލިއެވެ. އެހެންކަމުން އަހަރެން ގޮސް ޖެހުނީ އޭނާ ގައިގައެވެ.

އެހެން އުޅުމުގެ ތެރެއިން ދުވަހެކެވެ. އަހަންނާއި މުއާދް ގެ ގުޅުން ވެސް މިހާރު ވަނީ އެކުވެރި ކަމަށް ވެސް ބަދަލު ވެފަ އެވެ. ނަމަވެސް އަހަރެން ގެ ހިތުގައި މުއާދައް ދެވިފައިވާ މަގާމަކީ އެކުވެރި ކަމެއް ނޫނެވެ. ލޯތްބެވެ. އަހަރެން ގެ ހިތުގައި ވާ އިހުސާސް ތައް އަހަރެން މާހީ އަށް ކިޔައިދިނީމެވެ. މާހީ ވެސް އަހަންނާ މުއާދް އަޅުވާކިޔާ ހަދާނެއެވެ.
ދުވަސްތައް މިގޮތަށް ފާއިތުވަމުން ގޮސް އަހަރެއް ހާ ދުވަސް ވެސް ވަނީ އެވެ. އަހަންނާއި މުއާދް ގެ ގުޅުން ވެސް މިހާރު ވަނީ އެކުވެރިކަން ލޯތްބަށް ވެފައެވެ. އަހަރެމެން ދެމީހުން އެކީގަ އުޅެނީ ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ހިތާމައާ އުފަލާ ދޭތެރޭ ވިސްނާލުމެއް ނެތިއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެންނާއި މުއާދް މާލޭ ޕާކެއްގެ ތެރޭގައި އިން ބެންޗެއްގައި އިނީމެވެ. ދެމީހުން ލޯބީގެ މާ ފޮޅުވަން ތިއްބާ އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އަހަރެން އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލީ އަހަރެން ގެ ލޯބިވާ މަންމަ ގުޅުމުންނެވެ. " ދަރިފުޅު މިހާރު ކިޔަވާ ވެސް ނިމޭނީ ދޯ... މަންމަ މެން އަންނަ ހަފްތާގައި މާލެ ދާނަން... މިހާރު ވެސް ދަރިފުޅު ދެކެލާހިތުން ކެއްމަދު ވެފަ މިތިބީ." އަހަރެން ގެ މަންމަގެ ދުލުން ނިކުތް ބަސް ތަކުން އަހަރެންގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ކުޅެލިއެވެ. " މަންމަ އަންނަ ވާހަކަ ބުނީމަ އަޅުގަނޑު ވަރަށް އުފާވެއްޖެ.... އަދި މަންމަމެން މާލެ އައީމަ އަޅުގަނޑު މަންމަމެންނަށް އަޅުގަނޑު ގެ ހިތުގައި ވަރަށް ހާއްސަ މީހެއް އިނޓުރޮޑިއުސް ކޮށްދޭނަން." އަހަރެން އެހެން ބުނުމުން މަންމަ ހޭންފެށިއެ އެވެ. " މަންމަ ގެ ކުޑަކުޑަ ދަރިފުޅު މީހެއް ދެކެ ލޯބި ވެވުނީ ތަ" މަންމަ އެހެން ބުނުމުން އަހަރެން ވަރަށް ލަދުގަތެވެ. އަހަރެން ފޯނު ކޯލް ނިމުމުން މުއާދް ވެސް ކުރީ މަލާމާތެވެ. އަހަރެން އިތުރަށް ގާތީ ލަދެވެ.

މިގޮތަށް ދުވަސް ތައް ފާއިތުވަމުން ގޮސް ހަފްތާއެއް ވީއެވެ. އަހަރެންނާއި އަހަރެންގެ އާއިލާގެ އިތުރުން ޒުބޭދާ ދައްތަ އާއި އޭނާ ފިރިމީހާ ލަތީފް ތިބީ އަހަރެން ގެ ލޯބިވެރިޔާ މުއާދް އާއި އޭނާ އާއިލާ ގެ އިންތިޒާރު ގައެވެ. އަހަރެމެން ގެ އިންތިޒާރަށް ނިމުމެއް އައީ ގޭގެ ދޮރު ގައި ޓަކި ޖެހުމުންނެވެ. އަހަރެން ދުވެފައި ގޮސް ދޮރު ހުޅުވާލީމެވެ. ކުރިމަތީގައިހުރި ޒުވާނާ އާއި އޭނާގެ އާއިލާ ފެނި އަހަރެންގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ކުޅެލިއެވެ. އަހަރެން އެމީހުން ވަންނަން ދޮރު ބޮޑަށް ހުޅުވާލީމެވެ. ބައްޕަ ސޯފާ އިން ތެދުވީ މުއާދް މެން އައިސް ވާދުނީމައެވެ. އަހަރެން މާ ބޮޑު ކަމަކަށް ނުހަދާ މަންމަމެން ނަށް މުއާދު ތައާރަފް ކޮއްދިނީމެވެ. " ޒީނިޔާ" އަހަރެން ގެ މަންމަ މުއާދު ގެ މަންމަ އަށް ނަމުން ގޮވާލި އެވެ. އަހަރެން ހިތަށް އެރިއެވެ. މަންމަ އަށް މީ ގެ ކުރިން ވެސް މުއާދް މަންމަ އެގެނީ ހެއްޔެވެ.

" މަންމާ،ބައްޕާ އަހަރެމެން ދެމީހުން ބޭނުން ވަރަށް އަވަހަށް ކައިވެނި ކުރަން" މުއާދު ގެ އެ ބަސް ތަކުން ލަދު ވެތި ގޮތަކަށް އަހަރެން ތުންފަތުގައި މަޑު މަޑުން ދަތް އަޅާލެވުނެވެ. އަހަރެން ވެސް އާންޏެކޭ ބުނާ ފަދައިން ބޯޖަހާ ލީމެވެ. " އަހަރެން އެއްގޮތަކަށްވެސް ތި ކައިވެޏަކަށް ގަބޫލެއް ނޫން" ފެން އިވިގެން ދިޔައީ ދުވަހަކު ވެސް އަޑުއަހަން ބޭނުން ވި ބަސް ތަކެއް ނޫނެވެ. " ބައް..." އަހަންނަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ބައްޕަ ބުންޏެވެ. " އަހަރެން އަހަރެންގެ ދަރިންނަށް ހަރާމް ކައިވެޏެއް ކުރެވިއަކަ ނުދޭނަން" ބައްޕަ އެބުނި އެއްޗެއް އަހަންނަށް ނޭގުނެވެ. އަހަރެން މުއާދް އާ ކައިވެނި ނުކުރެވޭނެ ހެއްޔެވެ. ހަރާމް ވާނެ ހެއްޔެވެ. " މީގެ ފަހުން ތި ދެ މީހުން އެކަކު އަނެކަކާ ބައްދަލުވެ ނެހެދޭނެ... އަދި ބުނަން ފޯނުން ވެސް ވާހަކަ ނުދައްކާތި... ދައްކާފިކަން އިގިއްޖއްޔާ އަހަރެންގަ ހުރި ނުބައިކަން ދައްކާނަން" އެހެން ބުނުމުން އަހަރެން ދުވެފަ ގޮސް ވަދުނީ އަހަރެން ގެ ކޮޓަރިއަށެވެ. ގޮސް ވަދުނީ އަހަރެން ގެ ކޮޓަރިއަށެވެ.

އެނދުމަތީގައި ބަންޑުން އޮވެ ރޮމުންދިޔައިރު ލޮލުން އޮހޮރޭ ކަރުނަތައް ބޯ އަޅައިގެން އޮތް ބާލިސް ފޯކުރަމުން ދިޔައެވެ. އަހަރެން ގިސްލަ ގިސްލާފައި ރޮމުންދިޔައިރު އަހަރެންގެ އަޑުގައިވަނީ ވޭނާއި ކެކުޅުމެވެ. އަހަރެން ގެ ރުއިން ހުއްޓުނީ މީހާކު ކުޑަދޮރުގައި ޓަކިދޭން ފެށުމުންނެވެ. އަހަރެން ހިތަށް އެރިއެވެ. މިއޮތް ދަންވަރު ކުޑަދޮރު ގައި ޓަކިދެނީ ކާކު ހެއްޔެވެ.

އަހަރެން ގޮސް ކުޑަދޮރު ހުޅުވީ މެވެ. ކުރިމަތީގައި ހުރީ މުއާދް ކޮޓަރި ތެރެއަށް ކުޑަދޮރުން ފުއްމާލިއެ އެވެ. " ރިޒޫ އަށް ކެރޭނެތަ އަހަންނާ އެކީ ފިލަން" މުއާދް ބުނި އެއްޗަކުން އަހަންނަށް ވި ގޮތެއް ވެސް ނޭގުނެވެ. " ފިލަންށޭ" އަހަންނަށް ހައިރާން ކަމާއެކު ބުނެވުނެވެ. އަހަރެން ވެސް މުއާދު އާ އެއްބާ ވެގެން ފިލަން ތައްޔާރުވީމެވެ.

އަހަރެން ގެއިން ފިލިތާ މަހެއް ވީއެވެ. އަހަރެން އުޅޭތަން މާހީ އަށް އިނގޭނެއެވެ. އެހެންކަމުން މަންމަމެން އުޅޭނޫޅޭގޮތް އަހަންނަށް މާހީ ކިޔައިދެއެވެ. އަހަންނަށް އެ ގިފައިވާ ގޮތުގައި އަހަރެމެން ދެމީހުން ގެ އާއިލާއިން އަހަރެމެން ހޯދަން މަސައްކަތް ކުރާ ކަމެވެ. ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔަވަރަކަށް މާހީ ވާހަކަ ދައްކާލޭ މަދުވަމުންދިޔައެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން މުއާދު އާ އެކީ ސީރީޒް އެއް ބަލަން އިނީމެވެ. ކުއްލިއަކަށް މީހަކު ޓަކި ދޭން ފެށުމާއެކީ އަހަރެން ދުވެފައިގޮސް ދޮރު ހުޅުވީ މާހީ ކަމަށް ހީކޮށެވެ. އަހަންނަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ މާހީ އެވެ. ނަމަވެސް މާހީ ގެ ފަހަތުގައި އެތިބީ އަހަންނާއި މުއާދް ގެ މައިންބަފައިން ނެވެ. އަހަރެން ނަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އެންމެން އެތެރެއަށް ވަނެވެ.

" ދަރިފުޅަށް އެނގޭތަ ތި ކުރެވެނީ ކޮންކަހަލަ ކުށެއް ކަން" އަހަރެން ގެ ބައްޕަ ރުޅިވެރި ގޮތަކަށް ބުންޏެވެ. " ނޭނގޭތީ ތާ މި ގޮތަށް މިއުޅެނީ.... އަޅެ ބުނެބަލަ.... އަހަރެމެން ދެ މީހުން ކައިވެނި ކުރުން ހަރާމް ވާ ސަބަބު... އަހަންނަށް ކޯންޗެއް ތި ފޮރުވަނީ" އަހަންނަށް ރޮވެން ފެށުނެވެ. ކައިރީގައި ހުރި މުއާދް ވެސް ހުރީ ރުޅިއައިސް ކެކި ކެކި އެވެ." މުއާދް ވެސް އެއްޗެއް ބުނަން އަނގަ ހުޅުވާލި ތަނާ ބައްޕަ ވާހަކަ ދައްކަން ފެށިއެވެ. " ދަރިފުޅު މެންނަށް ކައިވެނި ނުކުރެވޭނެ...އެއީ ތީ ބައްޕަގެ ދެ ދަރިންނަށް ވެފަ...ތި ދެމީހުން ނަކީ ކޮއްކޮ އާއި ބޭބެ އަށް ވާތީ...ބައްޕަ އާއި ޒީނިޔާ އަކީ ކުރީގެ ދެލޯބިވެރިން... އަހަރެމެން ގެ ކައިވެންޏަށް ކާފަ ގަބޫލު ނުވީ... އެހެވެ އަހަރެމެން ފިލައިގެން ކައިވެނި ކުރީ... ދެންއިވުނީ ކާފަ ވަރަށް ބޮޑަށް ބަލިވެ އުޅޭ ހަބަރު.. އޭރު ޒީނިޔާ އިނީ ބައްޕަގެ ދަރިއަކަށް ބަލިވެ. ކާފަ މާ ބޮޑަށް ބަލިވީމަ ޒީނިޔާ އެ ހާލުގައި ދޫކޮށް ބައްޕަ ކާފަ ކައިރިއަށްއައީ ...... ކާފަ މަރުމަތީ ކުރީ ވަސިއްޔަތެއް.... އެއީ ޒީނިޔާ ގެ އެންމެ ގާތް އެކުވެރިޔާ އަރުޒާއަށް...." ބައްޕަ ވާހަކަ ނިމުނުއިރު އަހަންނާއި މުއާދަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އަހަރެން އެތާ ހުންނަން ބޭނުން ނުވާތީ ގެއިން ނުކުމެގެން ދިޔައީމެވެ.

" ރިޒޫ ހާދަ ގިނައިރެކޭ ފެންވަރަން....ކާން ހަދާފަ ހުންނާނެ..އާދޭ ބަދިގެއަށް." އަހަރެން ގެ ރައްޓެހި އައިނީ ފާހާނައިގެ ދޮރުގައި ޓަކިދިން އަޑަށް އަހަންނަށް އަހަރެންގެ މާޒީ ތެރެއިން ނިކުމެވުނެވެ. އާންޏެކޭ ބުނެ އަހަރެން ގައިން ފެންފުހެން ފެށީމެވެ. އަހަރެން އޭރު ހިތަށް އަރަމުން ދިޔައެވެ. އެހެން އެކަން ނުވިނަމަ ކިހާ ރަނގަޅުވީ ހެއްޔެވެ.

ނިމުނީ

  Please log in or register to bookmark.
  9k

  19 ޚިޔާލު

  1. ސަޅި...ބައި ދަ ވޭ ކޮން ރަށު ކުއްޖެއް ތީ

   6
   1
  2. އުމުރުން ކިހާ ވަރެއް
   ވާހަކަ ވަރަށް ރީތި

   3
   2
  3. ރަނގަޅު ހާދިސާއެއް. އެކަމަކު އިމްލާ ކުށް ވަރަށް ގިނަ. ބައެއް ޖުމްލަ ހަމަނުޖެހޭ.

   6
   1
  4. ވާވް މިވާހަކަ ވވވވވވވވވވވވވވވވވވވވވ.ރީތި💗💗💗💗
   ލަވްޒާގެ އިތުރު ވާހަކަ އަކަށް އިންތިޒާރު ކުރަން☺️☺️☺️

   3
   2

  Leave a Reply to ބޭޑް ގާރލް X

  Your email address will not be published. Required fields are marked *