ވެމްޕަޔާ - 10

* އިރުކޮޅެއް ވަންދެން އެހެން ހުރުމަށް ފަހު ކައިޒަން އުނަގަނޑުގައި ތުވާލި އޮޅާލައިގެން ފާހާނާއިން ނިކުންނި އެވެ. އެއިރު ކައިޒަން ގެ ފަން އިސްތަށިގަނޑު ގައި ރަން މުތި ތަކެއް ހެން ފެން ހަރުލާ ފައި ހުއްޓެވެ. އެއިރު ކައިޒަން ގެ ހިޔާލު ދަތުރު ކުރަމުން ދިޔައީ މީގެ 4 އަހަރުކުރިން ލީޔާނާ އާ ރައްޓެހި ވީ ވާހަކަ މިލާން ކައިރީ ބުނި ދުވަހެވެ. *

4 އަހަރު ކުރިން

" ކައިޒަން….. ކައިޒަން އިޒް ދެޓް ޓްރޫ " އެއަންހެން ކުއްޖާ ހާސްކަން މަތީގައި ހުރި އަހާލިއެވެ. " ކޯޗެއްތަ ޕިގީ " އަހަރެން ބެންޗު ގައި އިށިއްނަމުން އަހާލިއެވެ. " ޔޫއާރް ޑޭޓިންގް ލީޔާނާ " "ޔަޕް " ޕިގީ އެހެން އަހާލުމުން އަހަރެން ދިނީ ކުރު ޖަވާބެކެވެ.

އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ވާ އިޔާން ގެ ކޮއްކޮއެވެ. އޭނާ އަށް ޖެސުމަށް އަހަރެން ކިޔަނީ ޕިގްޓޭލްސް އެވެ. ކުރުކޮށް ޕިގީއެވެ. އެއީ އަހަރެން އިޔާން ގެ ކޮއްކޮ ދެކުނު އެންމެ ފުރަތަމަ ދުވަހު އިސްތަށިގަނޑު ދެފަރާތުގައި އައްސާފަ ހުރުމުންނެވެ. އޭނާ އައިސް އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ. އެއީ ކްލާސް ބޭރޭކް ގަޑި ކަމުން އަހަރެން އިނީ ސްކޫލް ގެ ބަގީޗާ ގައި އިން ބެންޗެއްގައެވެ.

" ކިހިނެއްވީ" ޕިގްޓޭލްސް ގެ އެއްވެސް އިޝާރާތެއް ނުވުމުން އަހަރެން އަހާލީމެވެ. " ކިހިނެއްހޭ ވީ އައި ޖަސްޓް ސޯ ހާ ފްލާޓިންގް ވިތް ޖިޔާން " ޕިގްޓޭލްސް އެހެން ބުނުމުން އަހަރެން ނަށް އިޙްތިޔާރު ކުރެވުނީ ރުޅިވެރިކަމެވެ. " ޕިގީ " އަހަރެންނަށް އެހެން ބުނެވުނީ ފުދޭވަރަކަށް ބާރަށްށެވެ." އިޓްސް ޓްރޫ އައި ސޯވިތް މައި އޯން އައިސް " ޕިގްޓޭލްސް އެހެން ބުނުމުން އަހަރެން ނަށް އިހުނަށްވުރެ ބޮޑަށް ރުޅިއާދެވުނެ އަދި އެއްޗެހިކިޔެން ފެށުނެވެ. ކާކަށް ރުޅިނާންނާނީ އެ މީހެއް ގެ އެންމެ ލޯބިވާ މީހާ އެހެން އެއްޗެހި ކިޔަންޏާ ހަމަ ގައިމު ވެސް އަހަރެން އަކަށް ކެތެއް ނުވާނެއެވެ.

" ވަޓް ދަ ޔޫސޯ ވިތް ޔުއާރް އޯން އައިސް…. އޯ ޕްލީސް ސާފުކޮށް ނުފެންނަ އިރުގައެއްނު ތިހުރީ ލޮލަށް ދެ ބޮޑުވާ ބިއްލޫރި ޖަހާފަ ….. އެހެންނޫނަސް ލީޔާނާ ބުނީ ހަމަ ތެދެއް…… ޔޫ ލައިކް މީ ދޯ އަހަރެން ދެކުނީމޭ ތިގެޔައް ދިޔަ ދުވަހު ޕިގީ ގެ ފޮތް ތަކުގެ ތެރެއިން އަހަރެން ގެ ފޮޓޯއެއް ………. ހައް ވަޓް ޑިޑް ޔޫ ތިންކް އަހަރެން ކަލޭ ކަހަލަ އަންހެނެއް ދެކެ ލޯބި ވެވިދާނެ ކަމަށް ޓެލްމީ އަހަރެން ކަލޭ އާ ވާހަކަ ދައްކާފަ އެހެން އަންހެން ކުދިން ނާ ވާހަކަ ނުދައްކާތީތަ…. އެހެން ވެއްޖެނަމަ ރަނގަޅަށް އަޑުއަހާ އަހަރެން ކަލޭ އާ ވާހަކަ ދައްކަނީ ހަމައެކަނި އަހަރެންގެ ބެސްޓީ ގެ ކޮއްކޮ އަކަށް ވީތީ… އެހެން ނޫނަމަ ވާވެސް ނޭޅޭނަން ލީޔާނާ އަހަރެ ކައިރީ ޕިގްޓޭލްސް އަހަރެ ދެކެ ލޯބިވާ ވާހަކަ ބުނުމުން….. އެކަމަކު އަހަރެން ހުރީ ގަބޫލު ނުކުރަން………… މިހާރު އެނގިއްޖެ… ޔޫނޯ ވަޓް ޓުޓެލް ޔޫދަ ޓްރުތް އަހަރެން ކަލޭ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އިރެޓޭޓް ވަނީ………. ތިކަހަލަގެ ފަލަ ކުރަ ނުވިތާކަށް އައިނު އަޅާ ކުއްޖަކާ ވާހަކަ ވެސް ނުދެއްކީސް އިޔާން ގެ ކޮއްކޮ އަކަށް ވީތީ ހައްތަހާވެސް ކެއްކުރީ " ކައިޒަން އެންމެ ފަހު ޖުމްލަ ބުނެލީ މަލާމާތުގެ ރާގަކަށްށެވެ.

" ހުއްޓާލާ ކައިޒަން އަށް ކޮން ޙައްޤެއް އޮތީ އަހަރެންގެ ގައިގަ ހުރި އުނި ސިފަތަކާ ކިޔާކަށް…. އާ އަހަރެން ފަލު ކުރު އައިނު އަޅަން އަދި ނުވިތާކަށް ކައިޒަން ދެކެ ލޯބިވީން އަދިވެސް ވަން.. އެކަމަކު ބުނެބަލަ އެއީ އަހަރެންގެ ކުށެއްތަ ކޮންމެ އިންސާނަކަށް ވެސް ލޯބިވެވިދާނެ…. އެކަމް އަހަރެން ނާ ތި ލީޔާނާ އަކާ ބަލާއިރު އަހަރެން މާ ރަނގަޅުވާނެ އަޚުލާގުން ވެސް އުޅުމުން ވެސް " އެ ހުރިހާ އެއްޗެއް ބުނި އިރު ޕިގްޓޭލްސް ގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަން ހުއްޓެ އަދި ލޯ ހުރީ ވިލުނޫކުލައަށް ދިއްލިފައެވެ." ބަލަ ތީ ހާފް ވެމްޕަޔާއެކޭ " އަހަރެން ޕިގްޓޭލްސް ގެ ކަންފަތް ދޮށައް ގުދުވެލަމުން ބުނެލީމެވެ. އަދި އެއަށްފަހު އެތަނުން ދިޔައީމެވެ.

~°~°~°~°~°~°~°~°~°~°~

********************

އެކި ހިޔާލުތަކަށް ގެއްލިފަ އިން ކައިޒަން އަށް އެއްޗެއް ހަނދާންވި މީހެއް ފަދައިން އަލަމާރި ހުޅުވާލުމަށް ފަހު ކަޅު ޖިންސް ސޯޓަކާ ކަޅުކުލާގެ ހުޑީއެއް ނެގުމަށް ފަހު އިސްތަށިގަނޑު ގައި ހުރި ފެންތައް ހެޔާ ޑްރަޔާއަކުން ހިއްކުމަށް ފަހު އެ ޖިންސް ސޯޓާއި ހުޑީ ލުމަށް ފަހު އިސްތަށިގަނޑު ސްޓައިލް ކޮއްލުމުން ގަޔަށް ބޮޑީ ސްޕްރޭ ޖަހާލަމުން ކާރުގެ ތަޅުދަނޑި ހިފައިގެން ނިކުމެގެން ދިޔައީ އިޔާން ގެ ކޮޓަރީއަށްށެވެ.

*****************************

"މިނީ…….. އިނގޭ މީ ރަނގަޅު ވަގުތެއް ނޫން ކަން އެކަމަކު ވެސް…….ސިންސިއަރލީ އާންސާ މީ ކިހިނެށް ލީޔާނާ އެނގެނީ " އީވާ ގެ ހިތުގައި މިއޮތް ހުރިހާ އިރު އޮތް ސުވާލު އެންމެ ފަހުން މިލާން އާ ކޮށްލިއެވެ. މިލާން އެނދުމަތީގައި އިންގޮތައް އިނުމުން އެ ސުވާލުގެ ޖަވާބު ދިނީ އިޔާން އެވެ." ކައި އާއި މިނީ……. ދެއާރް ފްރެންޑްސް ސިންސް ދަ ފަސްޓް ޑޭ އޮފް ސްކޫލް " އިޔާން އެހެން ބުނުމުން އީވާ އަށް ގަބޫލު ކުރަން ދަތި ވިއެވެ. އެއީ އީވާ ވެސް އެއީ ކައިޒަން އާއި މިލާން އުޅުނު ކުލާހުގައި އުޅުނު މީހެކެވެ. އެކަމަކު ޒަމާނެއްގެ ކޮޅުން ވެސް ކައިޒަން އާއި މިލާން ވާހަކަ ދައްކަން ތިއްބަކާ ފެނިފައެއް ނުވެއެވެ. " އަމް މިނީ " އީވާ ވާހަކަ ދައްކަން ފެށިއިރަށް މިލާންގެ ކޮޓަރީ ދޮރު ގައި މީހަކު ޓަކިޖަހަން ފެށުމުން އީވާ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.

**********************************

ކައިޒަން އިޔާން ގެ ކޮޓަރީގައި ތިން ފަހަރަށް ޓަކިޖެ ހުމުން ވެސް ޖަވާބެއް ނުލިބުމުން ކައިޒަން މާޔޫސް ވެފައި ބުނެލިއެވެ. " ޔާން އައިމް ސޮރީ" ކައިޒަން ހިތަށް އެރީ މިލާން އެހެން ބުނުމުން އިޔާން އެހުރީ ހިތްހަމަ ނުޖެހިގެން ހުރިކަމަށް އެހެންވެ ކައިޒަން ހުރީ އެކަމާ ވަރަށް ބޮޑަށް ދެރަވެ ފައެވެ. ދެން ކައިޒަން ދިޔައީ މިލާން ގެ ކޮޓަރި ކާއިރިއަށްށެވެ.

އެއިރު އީވާ އާއި އިޔާން ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. ދައްކާވާހަކަ އެއް ނޭގުނަސް އެ ދައްކަނީ މިލާން އާއި ކައިޒަން ގެ ވާހަކަ ކަން އެނގުނެވެ. އެއީ ދޮރާ ކުޑަކޮށް ކައިރީ ވީ ވަގުތު ކައިޒަން ގެ ނަން އަޑުއިވުމުން ނެވެ. ފުން ނޭވާއެއް ލުމަށްފަހު ކައިޒަން މިލާން އަށް ހާއްސަ ކުރެވިފަވާ ކޮޓަރި ދޮރުގައި ޓަކި ދިނުމުން ދޮރު ހުޅުވިގެން ދިޔައެވެ.

އީވާ ދޮރު ހުޅުވާލުމާއެކު މިލާން ދޮރާ ދިމާލަށް ބަލާލިއެވެ. ދޮރުކުރިމަތީގަ ހުރި ކައިޒަން ފެނުމުން މިލާން އިސްދަށަށް ޖަހައިލިއެވެ. މިލާން އަށް ނޭނގުނު ކަމަކީ މިލާން ގެ މިކުޑަ އަމަލުން ވެސް ކައިޒަން ގެ ހިތަށް ކުރި އަސަރެވެ.

މިލާން އެހެން އިސްދަށައް ޖަހާލުމުން ކައިޒަން ގެ މޫނުމަތިން މާޔޫސް ކަން ފެނުމުން އިޔާން އަށް ހިނިތުން ވެވުނެވެ. އަދި އެންދުން ތެދުވެގެން ގޮސް އީވާ ގެ ބޮލުގައި ހިފަހައްޓާލަމުން ކޮޓަރިން ބޭރަށް ނިކުންނަން ދިޔައެވެ. އެކަމަކު އެކަން ނާކާމިޔާބު ވީ އީވާ އިޔާން ގެ އަތް ދަށުން ސަލާމަތް ވެގެންގޮސް މިލާން ކައިރީ އިށީނުމުންނެވެ.

އިޔާން ގޮސް އީވާގެ އަތުގައި ހިފުމުން އީވާ އިޔާން އާ ދިމާ ބަލާލުމަށްފަހު ބުނެލިއެވެ. " ވަޓް އާރ ޔޫ ޑުއިންގް ޗިކަން ގަނޑާ" އީވާ އެހެން ބުނުމުން އިޔާން އީވާ ހިފައިގެން އެކޮޓަރިން ނިކުންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އީވާ ގަދަ ހަދާފައި ނުނިކުންނަން ހުރުމުން އެންމެ ފަހުން އިޔާން އަށް މަޖުބޫރު ވީ އީވާ ކޮނޑު މައްޗަށް ލައިގެން ނިކުންނަންށެވެ. ކޮޓަރީ ދޮރު ކައިރިއަށް ދެވުމުން އިޔާން ކައިޒަން އަށް ބަލާލަމުން ބުނެލިއެވެ. " އޯލް ދަ ބެސްޓް ކައި" އެހެން ބުނުމަށް ފަހު އީވާ ހިފައިގެން ކޮޓަރިން ނުކުތުމަށް ފަހު ކޮޓަރީ ދޮރު ލައްޕާލިއެވެ.

އިޔާން އީވާ ހިފައިގެން ދިޔަ ގޮތް ފެނުމުން ކައިޒަން އަށް މަޖާވިއެވެ. ދެން ކައިޒަން ބަލާލީ އެނދު މަތީ ގަ ދެފައި މެޔާ ބޮނޑި ކޮށްލާ ގެން އިން މިލާން އަށްށެވެ. ދެވިސްނުމެއްގަ ހުރެ ކައިޒަން މިލާން ކައިރިއަށް ގޮސް މިލާން ގެ ކުރިމަތީގައި އިށިންނިއެވެ. ކައިޒަން މިލާން ގެ ކުރިމަތީގައި އިށިންނުމަށްފަހު މިލާން އާ ވާހަކަ ދައްކަން ފެށިއެވެ.

" ޕިގްޓޭލްސް.. އަމް އައި މީ މިލާން…. އަމް……އަމް އައޭމް ސޮރީ ޕްލީސް ފޮގިވްމީ" ކައިޒަން އެހެން ބުނި އިރު ގަ ހުރީ ދެލޯ މަރާ ބާރުކޮށްގެންނެވެ. އެއީ މިލާން މާފު ނުކޮށް ފާނޭ ކަމަކުން ނޫނީ އަންހެން ކުއްޖަކު ކާއިރި އަލަށް މާފަށް އެދެމުން ކަމެއް ކައިޒަން އަކަށް ނޭނގުނެވެ.

ކައިޒަން މާފަށް އެދެމުން މިލާން ގެ ތުންފަތު މަތީގައި ވަނީ ކާމިޔާބީ ގެ ހިނިތުންވުމެކެވެ. މިލާން އިސްދަށަށް ޖަހައިގެން އިނުމުން ކައިޒަން އަކަށް މިލާންގެ މޫނުމަތީގައި ވާ ހިނިތުންވުމެއް ނުފެނުނެވެ. ކުއްލައަކަށް މިލާން ކައިޒަން ގެ ކަންފަތު ބުޑުގައި ހަޅޭލައްވާގަތުމުން ކައިޒަން ދިޔައީ ސިއްސައިގެންނެވެ.

" އާއާއާއާހް " ކައިޒަން މިލާން އަށް ބަލާލީ ސުވާލެއްގެ ނަޒަރުން ނެވެ. " ފައިނަލީ މި ކައިޒަން 4 އަހަރު ފަހުން މާފަށް އެދިއްޖެއެއްނު" މިލާން ކައިޒަން އަށް ނުލަފާ ހިނިތުންވުމެއް ރައްދު ކޮށް ލުމަށްފަހު ކޮޓަރިން ނިކުންނަ ދުއްވަގަތެވެ.

ވާނުވާ ނޭނގި ހުއްޓާ މިލާން 4 އަހަރު ފަހުން އެނގިއްޖެއްނޫންހޭ ބުނުމުން ކައިޒަން އަށް ހުރިހާކަމެއް ފަހުމުވިއެވެ. އެއީ މިލާން ކައިޒަން މީގެ 4 އަހަރުކުރިން ލީޔާނާ އާ ހެދި އެއްޗެހި ކިޔުމަށް ފަހު މާފަށް ނޭދުމުންކަން އެނގުނެވެ. ބަލާކަށް ނުހުރެ ކައިޒަން މިލާން ގެ ފަހަތުން ދުއްވަގަތެވެ.

*********************************

" ހޭ ޕުޓް މީ ޑައުން ހަމަމިހާރު ތިރިއަށް ބާލުވަން ވީ " އީވާ އިޔާން ގެ ކޮނޑު މަތީގައި އޮވެ އިޔާން ގެ ބުރަކަށީގައި ދެއަތުން ތަޅަމުން ތިރިޔައް ފޭބުވޭތޯ އުޅުނެވެ. އެކަމަކު އެކަން ނާކާމިޔާބު ވީ އީވާ އަށް ވުރެ އިޔާން މާ ބާރު ގަދަ ވީމައެވެ." ތި މަޑުން އޮވެބަލަ އަހަރިން ވެސް ވަކި ތި ބޯހަރު ކުއްޖާ ގަނޑު ކޮނޑު މައްޗަށް ލާހިތަކުން ނޫނޭ މި ލީ "އިޔާން ޖަވާބުދިނެވެ." ހެލްޕް ހެލްޕް ސަމްބަޑީ ހެލްޕް ހީ އިސް ކިޑްނޭޕިންގް މީ " އީވާ އަޑު ނެތް ތަނަށް ހަޅޭލައްވަމުން ދިޔައެވެ.

ކުއްލިއަކަށް އިޔާން ކިޔަން ފެށި އެއްޗެއްގެ ސަބަބުން އީވާ ގެ ހަޅޭކުގެ އަޑު ހުއްޓުނެވެ. ނޫނޭ އީވާ ހަޅޭލެއްވުނީ ހުއްޓުނީ އެއް ނޫނެވެ. ހުއްޓާލަން ޖެހުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ." ސަމްވަން ސަމްބަޑީ ހެލްޕް މީ ނޮޓް ހާ ޝީ އިސް ރޭޕިން މީ އާއާއާއާއާއާއާއާހް " އިޔާން ވެސް ހުރީ އެންމެ ތަންކޮޅެއް ވެސް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

ކުއްލިއަކަށް މިލާން ދުވަމުން ދުވަމުން އައިސް އިޔާން ގެ ކުރިމައްޗަށް އެރިއެވެ." ދޮންބޭ ސޭވް މީ " މިލާން އެހެން ބުނުމުން އިޔާން ކުޑަކޮށް ހައިރާން ވިއެވެ. އެއީ މިލާން އެންމެ ފަހުން އިޔާން އަށް ދޮންބެ ކީ ކޮން ގަރުނެއް ގަ ކަންވެސް ހަނދާން ނެތުމުންނެވެ. މިލާން އާމުކޮށް އިޔާން އަށް ދޮންބެ ކިޔާނީ ވެސް ކަމެއް ބޭނުން ވެއްޖިއްޔާ އެވެ. އެހެން ނޫނިއްޔާ ކިޔާނީ" ޔާން" އެވެ. ދެން އިޔާން އަށް ފެނުނީ ދުވެފައި ސިޑިން ފައިބަމުން އައި ކައިޒަން އެވެ. ކައިޒަން އައިސް މިލާން އަތުލަން އުޅުމުގެ ތެރޭގައި އިޔާން ގައިގާ ޖެހުނެވެ.

ކައިޒަން ޖެހުނުދެއް ބާރުކަމުން އިޔާން އަރިއަޅާލި އެވެ. އަދި ގޮސް ކައިރި ހުރި ކަޅު ކުލައިގެ ސޯފާ މައްޗަށް ވެއްޓުނެވެ. ކައިޒަން އަށް މީގެން ކަމެއްވެސް ރޭކާނުލާ މިލާން އަތު ޖެހޭ ތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެންމެ ފަހުން ކައިޒަން ވާޅު ވެގެން ހުއްޓުނެ އަދި އުނަގަނޑުގައި ދެއަތް ވިއްދާލަމުން މިލާން ކައިރީ މަޑުކުރުމަށް އެދުނެވެ. " ގިވް މީ އަ ބްރޭކް" ކައިޒަން އެހެން ބުނުމުން ހިން ދެމީލިއެވެ.

ދެން ކައިޒަން އަށް އައީ މާމޮޅުހިޔާލެކެވެ. " މިލާން އަތުލަން މީހާ މަސައްކަތް މި ކުރަނީ ކީއްކުރަން ހެއްޔެވެ. ލިބިފައިވާ ބާރު ވެސް ބޭނުން ކުރެވޭނެ އެއްނު…… ހޫމް ލެޓްސް ސީ ކޮން ކަހަލަ ޓްރިކެއްތަ.. އަމް ފުލް ކައުންޓާ…. ނޯނޯނޯ ޝީ އިސް ނޮޓް މައި އެނިމީ……. ޔެސް ގޮޓްއިޓް ޓެލިޕޮޓޭށަން" ކައިޒަން ހިތާއި ހިތުން ހުރިހާ އެއްޗެއް ކިޔުމަށް ފަހު މިލާން ގެ ކުރިމައްޗަށް ޓެލިޕޯޓް ވިއެވެ.

އަދި މިލާން އެހެން ދިމާއަކަށް ދިޔުމުގެ ކުރިން މިލާން ގެ އަތުގައި ހިފީމެވެ. " ގޮޓް ޔޫ" ކައިޒަން އެހެން ބުނުމަށް ފަހު ހޭން ފެށިއެވެ. މިލާން ވެސް އެހުނުމުގައި ބާއިވެރި ވިއެވެ. ދެ މީހުން ވެސް ސިއްސާގެން ދިޔައީ އަފާ އާއި ޒިމާމް ވަރަށް ލާނެތް ރާގަކަށް އިޔާން އާއި އީވާގެ އަށް ގޮވާލުމުންނެވެ.

" އިޔާންންން … އީވާ."

-----ނުނިމޭ--------

  Please log in or register to bookmark.
  1k

  6 ޚިޔާލު

  1. "އީވާ ހިފައިގެން" މިހެން ނުލިޔާނެ .. ލިޔާނީ "އީވާ ގޮވައިގެން" މިގޮތައް...

  2. ޕްލީޒް ނެކްސްޓް ޕާޓް ޕްލީޒް ޕްލީޒް އައި ބެގް

  ޚިޔާލު

  Your email address will not be published.