އެންމެ ކުޑައިރުއްސުރެންވެސް އަހަރެންނަކީ ވަރަށް ވާހަކަކިޔާހިތްވާ ކުއްޖެކެވެ. މީގެ އިތުރުން ވާހަކަލިޔުމަކީވެސް އަހަރެން ވަރަށް ކުރާ ހިތްވާ ކަމެކެވެ. ވާހަކަ ކިޔާއިރު ނުވަތަ ވާހަކަ ލިޔާއިރު އަހަރެންނަށް ހުރެވެނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އެ ވާހަކައިގެ ތެރެއަކަށް ވަދެވިފައެވެ.
އެއްދުވަހެއްގެ ހެދުނު ފިނިހިތްގައިމު ވައިޖެހޭ ވަގުތެކެވެ. ބޭރު ޖޯލީގައި ދިވެހި ބިރުވެރި ވާހަކަ ފޮތެއް ހިފައިގެން އަހަރެން ޖައްސާލީ މިފޮތް ކިޔައިނިންމާލަން ގަސްތުކޮއްގެންނެވެ. އިރުކޮޅެއްވީތަނާ އަހަރެންގެ އެސްފިޔަތަކަށް ބަރުވެ ލޮލަށް ނިދި ސަވާރުވާގޮތް ވިއެވެ. މަޑުމަޑުން ލޯ މެރެމުންގޮސް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ. ސިއްސައިގެންގޮސް އަހަރެންނަށް ހޭލެވުނީ ކަންފަތް ކާރިން ވަރަށް ބާރަށް މީހަކު ހޭއަޑު އިވުމުންނެވެ. ލޯ އުނގުޅަމުން އަހަރެން ރަނގަޅަށް ބަލައިލިހިނދު މޭގަނޑު އަގަޔަށް ނައީ ހަމަކިރިޔާއެވެ. ކައިރީގައިހުރީ ބިރުވެރި ޒާތަކަށް ހުރި މަހުލޫގެކެވެ. އޭތީގެ ގައިގައި ބޯ ކެހެރިފަޅާފައި ހުރިއިރު ދެލޯ ހުންނަންވީ ތަނުގައި ވަނީ ލޭރަތްކުލައިން ދިއްލިފައެވެ. އަނގަ ތަތްމިނަށް ހުޅުވައިގެން ބިރުވެރި އަޑަކުން ހީހީ ހުރިއިރު ދެ މިޔަކަނުން ސޮނި ޒާތަކަށް ކަޅުކުލައިގެ އެއްޗެއްފައިބައެވެ. އަހަރެން ހުއްޓުން އެރީ އަހަންނަށް ހުރެވުނު ތަން އެނގުމުންނެވެ. އާއެކެވެ.
އަހަންނަށް މިހުރެވުނީ ބިޔަ ޖަންގަށްޔެއް ތެރޭގައެވެ.
ކުއްލިއަކަށް އޭތި ވާހަކަދައްކަން ފެށިއެވެ. " ހަނާ.... ހަނާ.... ތެދުވެބަ... ކޮއްކޮ ބަލާ ސްކޫލަށްދާގަޑި ޖެހެނީ.." އަހަރެންނަށް ހައިރާން ކަމާއެކު ބަލަން ހުރެވުނީއެވެ.
މީހެއް ވަރަށް ބާރަށް އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ދެބަދޭތެރޭގައި އޮވެގެން އަހަރެން އަހަރެންގެ ސަލާމަތައް އެދި އާދޭސްކުރަމުން ގެންދިޔާއީމެވެ.
ދެން ހީވީ އަހަރެންގެ ހިތް ފަޅާލާފައި ނިކުތްހެންނެވެ. އެބިރުވެރި މަހުލޫގުގެ އަނގައިން އަހަރެންގެ ގަޔަށް ބޮޑު ލޭކޯރެެއް ބަންޑުންކޮއްލިއެވެ. "އޭތް... ތެދުވެބަލަ.... ސާބަސް ... މީނަ ވާހަކަފޮތެއް ކިޔަން ފައްޓައިފިއްޔާ ހުންނާނީ އެވާހަކައިގެ ދުނިޔޭގައި...."
މަންމަގެ އަޑަށް ސިހިގެންގޮސް ހޭލެވުނުއިރު އަހަރެން އޮތީ ޖޯލިފަތީގައި ތެމިފޯވެގެންނެވެ. ކިޔަން އޮތް ވާހަކަ ފޮތްވެސް އޮތީ ހަމަ އެހާލެއްގައެވެ. މަންމަ ހުރީ ބޮޑު ބާލިދީއެއް ހިފައިގެންނެވެ. އާއެކެވެ. މަންމަ އަހަރެން ހުވަފެން ބަލަން އޮއްވާ ފެން ޖެހީއެވެ.
ވާހަކަ ފޮތް ހަލާކުވުމުން އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ކުދިކިޔަމުން ގެއަށް ވަދެ ހެދުން ބަދަލު ކުރުމަށްޓަކައި ކޮޓަރިއާ ދިމާލަށް މިސްރާބުޖެހީމެވެ. އަހަރެން ކުރާނީކީއްހެއްޔެވެ. މިއޮތީ ވާ ކަމަކަށް ދެވިހިފާފައެވެ.
ނިމުނީ.
މާޝާ ﷲ... ވަރަށް ރީތި ވާހަކައެއް
Lol😅
Btw nice and funny story
ތޭންކިޔު 🙂🙂🙂
އަސްލު ވެސް މީ ވާގޮތް.. ވާހަކަ ކިޔަން ފަށައިފިއްޔާ މާ ބޮޑަށް ވެސް ވާހަކަ ތެރެއަށް ވަދެވޭ.. ☺️☺️☺️☺️☺️
އަހަ ދެޓް ހެޕެންސް ޓު މީ ޓޫ 😂😂
ވ ރީތި އިނގޭ! ❤️
😂 ތޭންކިޔު 🙂❤️
ދެޓް ހެޕެންސް ޓު މީ.. ވާހަކަ ވަރަށް ރީތި❤️
އައި އޭމް ޖަސްޓް ހިއާ ޓު ސީ އޯލް ދަ ލަވްލީ ކޮމެންޓްސް🤗
ާވަރަށް ރީތި
މިކަހަލަ ކަމެއް ނަސީބަކުން ވެފައެއްނެތް. ބަޓް ހަމަ ވެދާނެ. ސޯ އައި ލައިކް އިޓް👍😂
ވވވ ރީތި❤
ތޭންކިޔު ❤️
އޯއެމްޖީ ރާޔޫ ދައްތާ! ހާދަ މޮޅޭ
ތޭންކިޔު 🙂🙂❤️
މީ އަސްލު ވީ ކަމެއްތަ
ނޫނޭ...މީ ހަމަ ހިޔާލަށް އައި ވާހަކައެެއް....އެކަމަކު ވާހަކަ ކިޔާއިރު އަދި ވާހަކަ ލިޔާއިރު ހަމަ ހުންނަނީ ވާހަކައިގެ ތެރޭގަ 🙂
😁😁
ޙެހެހެހެހެހެހެހެހެހެހެ
އެހެން ވާހަކަ އެއްގެ ދުނިޔެއަކަށް ދެވޭނީ ކޮން އިރަކުން😌
ސޫން 🙂
އޯކެއި
ކީއްވެތަ މި ސަައިޓަށް ވާހަކަތައް އަޕްނުވަނީ މިހާރު..
މީ ވާހަކަ އަޕްވާ ތަނެއްނޫންތަ. ހާދަ ލަހޭ
ޜީތި ޥާހަކައެއު
ތޭންކިޔު
ސޯ މަޗް ރިލޭޓަބަލް