ބެހެނާ

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ފަޅުވެފައިވާ އެ ކިއްލާއަށް އަހަރެން ވަނީމެވެ. އެކިއްލާގެ އެއްކައިރީ ހެދިފައިވާ ނޫރާނީމާގަހާ ދިމާލަށް ބަލައިލީމެވެ. ސާބިތުކަމާއެކު އެގަހުގައި ގިނިކަންޏާ ފޮޅިފައި އިން މަލާ ދިމާލަށެވެ. ނަމަވެސް، އެ މަލުގެ ތާޒާކަން ވަނީ ގެއްލިފައެވެ. އެމަލުގެ ބުޑާ ދިމާލުން ކަޅުކުލަ ފެވެމުން ދާއިރު ކަރުގަނޑު ދަނީ މިލަމުންނެވެ. މަރުވަމުންނެވެ. އަދި އެގަހުގެ ތިރިއަށް މަރުވެ، މިލާފައިވާ މަލެއް ވެއްޓިފައި އޮތްތަން އަހަރެން ދުށީމެވެ. އެމަލުގެ އަޖަލު ޖެހުނީތާއެވެ. ކުޑަ ދުވަސްކޮޅަކަށް ގަހުގައި ތާޒާކަމާއެކު ފޮޅެމުން، މާބޫރުތަކާ ކޮކާތަކާއި ބަޅިނދުތަކާއި އެކު މަޖާކުރަމުން ދިޔައިރު، މާދަމާ ގަހުން ލުހިގެން ބިންމައްޗަށް ވެއްޓިދާނެކަމަށް ހީކުރާނީ ކޮން މަލެއްހެއްޔެވެ؟ އެކަނިވެރިކަމާއި ފަޅުކަން އިހުސާސްކުރެވޭނީ އެމަލުގެ ކައިރީ ފޮޅިފައި އިން އެކަނިވެރި މަލަށް އެކަނިކަން ޔަޤީނެވެ. ކުރަމުންދާ ހިތާމަޔާއި އެކަމުގެ ހިތްދަތިކަން އެމަލުގެ ބުޑުން ފާޅުވަމުންދާ ކަޅުކުލައިގެ ދިހުންތަކުން ހާމަވަގެންދެއެވެ.

އަހަރެންނާއި ރީމާއަކީ ވެސް އެފަދަ ދެމަލެވެ. އަބަދުވެސް އުޅެނީ އެކީގައެވެ. ކަނީ އެކައްޗެކެވެ. ލަމުން ގެންދިޔައީ އެކަކު އަނެއްކަކުގެ ހެދުމެވެ. ނިދަނީ އެއްކޮޓަރީ އެއް އެނދެއްގައެވެ. ހިއްސާކުރަމުންދިޔައީ ލޭގެ ގުޅުމެވެ. އެއްބަނޑު އެއްބަފާގެ ގުޅުމެވެ. ރީމާއަކީ އަހަރެންގެ ދޮންތައެވެ. ދޮންތަ އަހަރެންނަށް ވުރެއް ދޮށިވާނީ އެންމެ 02 އަހަރެވެ. ނަމަވެސް، އުމުރުގެ ފަރަޤަކުން މިގުޅުމުގައި ކޫރުމެއް އެޅޭކަށް ވެސް ލާހިއްކެއް ނޫނެވެ. މިގުޅުމުގައިވަނީ ވަގޮށްޖެހި ބާރުކުރެވިފައެވެ.

********************************************************************************

ވަރުބަލިވެއްޖެއެވެ. ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ދެއަތް އައްސިވެއްޖެއެވެ. ފައިގެ ފަލަމަސްގަނޑާ ދިމާލުން އަކުނިވަޔަށް ދަމާހެންވެސް ހީވޭބައެވެ. ނަމަވެސް އިތުރު ހިތްވަރެއްލީ ކުރެވެމުންދާ ހަނގުރާމާގައި ބަލިވުމަށްނޭދޭތީއެވެ. ދުނިޔޭގެ ވަގުތީ ޖަރީ ކުލަތައް ބަލައިލުމަށް ހިތްއެދޭތީއެވެ.

"މަންމާ…."

މަންމަ ފެންނަން ނެތްކަމަކު އަހަރެންގެ ދުލުން ފުރަތަމަ ވެސް ނިކުތް ބަހަކީ އެއީއެވެ. ނަމަވެސް އަނގައިން ނިކުތް އެލަފުޒާއެކު އަނގައަށް އެތެރެވެގެން ދިޔައީ ލޮނު ފެނެވެ. އޯކަށްދެމުނެވެ. ނޭވާނުލެވި ހަށިގަނޑު މަރަށް ތެޅެމުންދާއިރު، މަރުގެ ވޭނާއި ކެކުޅުން އިހުސާސްކުރެވެމުންދިޔައެވެ.

****************************************************************************

އަހަރެމެން މިއަދު ފޯރިނަގަނަގާފައި ތައްޔާރުވީ މަރަށް ހެއްޔެވެ؟ ހެނދުނު ހޭލިއްސުރެއް ދޮންތައާ ދެމީހުން ދަތުރުހެދުމުގައި އުޅުނީ ހއ ކެލާއަށް ދިއުމަށެވެ. ފަސްގަނޑުގެ ތެރެއަށް ދާކަށެއް ނޫނެވެ. ތައްޔާރުވީ ފުޓްބޯޅަ މެޗެއް ބެލުމަށެވެ. މަންމަ އާއި ބައްޕަގެ ހުއްދައާއެކު ރަށުން ފުރީ ހާދަހާ އުފަލުންނެވެ. ހާދަ ފޮނި އުއްމީދުތަކާއެކުއެވެ.

ނަމަވެސް ހަތް އުޑުގެ މަތީގައިވާ، ލައުޙުލްމަހުފޫޘް ގައި ލިޔެވިފައިވާ ތަޤްދީރަށް ބަދަލުގެނެވޭނީ ކާކަށް ހެއްޔެވެ؟ އުޑުމަތި ކަޅު ވިލާތަކުން ބަރާކޮށް، ވައިގަދަވެ، ކަނޑުގަދަވާން ފެށީ ހަމަ ކުއްލިއަކަށެވެ. ފޯރިއާއި ޖޯޝާއަކު ކިޔަމުން އައި އަންބާތައް ސަލަވާތްތަކާ ރުއިމުގެ އަޑަށް ބަދަލުވީ އެހިނދުކޮޅެވެ. ދޯނީގެ ކައްޕިތާން ދިން ހަބަރުން އެތަށް ހިތްތަކެއް ދެފަޅިވެގެން ދިޔައެވެ. މިއަދުގެ ދަތުރަށް ފުރީ ސަލާމަތްތެރިކަމުގެ ގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނާޅައެވެ.
މެރި ބާރުކުރެވިފައިވާ ދެލޯ ހުޅުވާލީމެވެ. ތުއްތު ކުދިންތައް ބިރުން ރޮނީއެވެ. މައިންތައް އެކުދިންގެ ގައިގައި ބައްދައިގެން އެހުރީ އެއްވެސް ހާލެއްގައި ދޫކުރާކަށެއް ނޫނެވެ. އަޑުން އަޑުނަގައި ރޮމުން، އެކުދިންގެ ބޮލަށް ބޮސްދެމުން، މާތް ﷲ އަށް ދުއާދަންނަވާ މަންޒަރު ބަލަން ކެތްވާނީ ކޮން ލަނގޮޑިއަކަށް ހެއްޔެވެ؟ އަހަރެންވެސް އިނީ ދޮންތަގެ ގައިގައި ބާރުބާރަށް ބައްދައިގެންނެވެ. ދޮންތަގެ ލޮލުންވެސް ކަރުނަ ފައިބަމުންދާއިރު، މާތް ﷲ އަށް ދަންނަވާ ދުއާގެ އަޑު ސާފުކޮށް އަހަންނަށް އިވެމުން ދިޔައެވެ. ނަމަވެސް، ވަޔާދެކޮޅަށް މާސިންގާ ކަނޑުގައި ދަތުރުކުރަމުންދިޔަ 50 ފޫޓުގެ އެ ދޯންޏަށް ސާބިތުކަމާއެކު ކަނޑުގައި ފައި ވިއްދައިގެން ހުރެވުނީ މަދު ސިކުންތުކޮޅަކަށެވެ. ދޯނީގެ ދިރުނބާ ކޮޅުން ބިޔަ ރާޅެއް އަރައި ދޯނި ބަންޑުން ޖަހައިލީ ހުދު އަހަރެންގެ ކުރިމަތީގައެވެ. އަހަރެން ބަލަން ހުއްޓައެވެ.

**********************************************************************

ނުލެވުނެވެ. ނޭވާއެއް ނުލެވުނެވެ. ނޭވާލުމަށް އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު އަނގަޔަށް އެޅެނީ ލޮނެވެ. އަހަރެންގެ އަޖަލު ޖެހިއްޖެއެވެ. މަރު އަހަރެންގެ ލޯ ކުރިމަތިން ފެންނަން ފަށައިފިއިއެވެ. މަދު ސިކުންތުކޮޅެއް ވަންދެން ވެސް ލޮންފެންމަތީގައި މިއޮވެވުނީ ފައިންނާއި އަތުން ކުރެވުނު ހަރަކާތްތަކުންނެވެ. ނަމަވެސް އެ ހަރަކާތްތައް މިފަހަރަކު އަހަންނަށް ވާގިވެރިއެއްނުވިއެވެ. އަހަންނަކަށް ފަތާކަށް ނޭނގެއެވެ. ދޮންތައަކަށް ވެސް ފަތާކަށެއް ނޭނގޭނެއެވެ. އަވަހަށް ޝަހާދަތުގެ ދެކަލިމަ ކިޔޭތޯ މަސައްކަތްފެށީމެވެ.

"ނުހާ………"

އަހަންނަށް އިވުނީ ދެވަނަ އެހެން މީހެއްގެ އަޑެއް ނޫނެވެ. އެއީ ދޮންތަގެ އަޑެވެ. ނަމަވެސް ދޮންތަ ކައިރި ބަލައިލުމަށް އަހަރެންވަނީ ނުކުޅެދިފައެވެ. އަހަރެންގެ މޫނު ލޮނުފެނުން ހިއްލާލުމުގެ ބާރެއް އަހަރަންނަކަށް ލިބިގެންނެއް ނުވެއެވެ. އަދި ދޮންތައަށް އިޖާބަދިނުމަށް އަހަރެންގެ އަނގަވެސް ވަނީ ލޮނުފެނުން ބަންދުވެފައެވެ.

"ދޮން.ތަ………ވަރަށް….ލޯބިވޭ….ނުހާ….ދެކެ…"

ދޮންތަ އެހެން ބުނި އަޑު ގައިމުވެސް އަހަރެން އެހީމެވެ. އަހަރެންގެ ހަށިގަނޑު ލޮނު ފެނުން މައްޗަށް އަރަމުންދާކަމުގެ އިހުސާސް އަހަންނަށް ކުރެވެން ފަށައިފިއެވެ. އަހަރެންގެ ދަށްބަނޑުގައި އަޅާގަނެފައިވާ ކޮންމެވެސް އެއްޗެއްގެ ބާރުންނެވެ.
*******************************************************

 

"ދަރިފުޅާ!! ހިތްވަރުކުރޭ!.. ވަގުތު ކުޑަތަންވެއްޖެ! އަވަހަށްދޭ!....."

ވަނެގެން އައި ކިއްލާގައި ވަކި ހިސާބެއްގައި އަހަރެން ތާށިވެފައިހުރުމުން ކުރިއަށް ދިއުމަށް މަންމަ ނަސޭހަތްތެރިވިއެވެ. ނަމަވެސް އަހަރެން އެ ކިއްލާގެ ތެރެއަށް ވަންނާނީ ކިހިނެއް ހެއްޔެވެ؟ އެކިއްލާގައި ހެދިފައިވަނީ ކަށިގަސްތަކެކެވެ. އެ ކަށިގަސްތަކުގައި އަޅާފައިހުރީ ކަށިބޮޑު މައު ތަކެކެވެ. ފުރިފައިވަނީ ހިތްދަތިކަމާއި ނުތަނަވަސްކަމުންނެވެ. އެކިއްލާގައި އިވޭނެހާވެސް އަޑަކީ ގިސްލުމާއި ރުއިމެވެ. ދުވާނެހާވެސް ވަހަކީ ކަރަންފުލާއި ކާފޫރުތޮޅީގެ ދުންވަހެވެ.
ކަށިން ހިތްވަރުނެރެ އަޅަމުންދިޔަ ލޭ ފިޔަވަޅުތަކާއެކު އަހަރެން އެ ކިއްލާއަށް ވަނީމެވެ. 25 ފޫޓޫގެ ބޮޑު މޭޒުމަތީގައި، ތިން ކަފުންކޮށް ހިނަވާފައިވާ މީހާގެ މޫނު ފަހުފަހަރަށް ނަމަވެސް ބަލައިލުމަށެވެ. ދުނިޔޭގެ އުފާތަކާއި މަޖާތަކަށްވުރެއް ވެސް އަހަރެންގެ ފުރާނައިގެ އަގު ބޮޑުވި މީހާއަށް އެންމެ ފަހުގެ ސަލާންގަލާން ކޮށްލުމަށެވެ. އަމިއްލައަށް ފަތަން ނޭނގޭ ހާލު، އަމިއްލަ ސަލާމަތްތެރިކަމަށް ގެންގުޅު ދަތުރުގައި ގެންދިޔަ ކުޑަ ފުޅި މަދު ފޮށިގަނޑު، އެއްވެސް ހިތްބުރަކަމެއް ނެތި އަހަންނަށް ވަޤުފުކޮށްދިން މީހާއަށް ޝުކުރުއަދާކޮށްދިނުމަށްޓަކައެވެ. އާއެކެވެ. ދޮންތަގެ ސަލާމަތްތެރިކަމަށް ވުރެއް ދޮންތައަށް މުހިއްމުވީ އަހަރެން ސަލާމަތްކުރުމެވެ. އެ ފުޅިމަދު ފޮށިގަނޑުން ދެމީހުންނަށް ސަލާމަތްތެރިކަން ނުލިބޭނެކަން ޔަޤީންވުމުން، ދޮންތަ ނިންމީ އަހަންނަށް އޭގެއިން ސަލާމަތްތެރިކަން ދިނުމަށެވެ. ދޮންތަގެ ފުރާނަ އަހަންނަށްޓަކައި ޤުރުބާންކުރުމަށެވެ.

ދޮންތަގެ މޫނުފެނުމުން ކެތްކޮށްލައިގެން އަހަންނަކަށް ނުހުރެވުނެވެ. އަޑުން އަޑު ނަގައި ރޯންފެށުނެވެ. އެއީ ކޮންފަދަ މާތް އިންސާނެއް ހެއްޔެވެ؟ ކޮންފަދަ އަގުހުރި ދައްތައެއް ހެއްޔެވެ؟ ކޮންފަދަ މާތް ދަރިއެއް ހެއްޔެވެ؟ މިފަދަ ކަމެއް ކުރުމަށް ކުޅެދިގެންވަނީ މިއަދު ކާކަށް ހެއްޔެވެ؟ ފުރާނަ ކިޔެއްކުރަން ގެންގުޅޭ މެޓައެއް ވެސް މީހަކަށް ދޭންއެދެނީ މިއަދު މަދުބަޔެކެވެ. ދޮންތަގެ މޫނުމަތިން ފާޅުވަނީ އުޖާލާކަމެވެ. ލުއިލުއި ހިނިތުންވުމެކެވެ. ޝަހީދެއްގެ މަރަކުން މަރުވުމަކީ ކޮންމެ ނަފްސަކަށްވެސް ލިބިގެންދާނެ ހިތްހަމަ ޖެހުމެކެވެ. ޝަހީދަކަށްވަނީ ހަމައެކަނި ހަނގުރާމައިގެ މައިދާނުގައި މަރުވާ މީހުންއެކަންޏެއް ނޫނެވެ. ގެނބިގެން މަރުވާ މީހުންވެސް މާތް ﷲ ހަޞްރަތުގައިވަނީ ޝަހީދުންނަށެވެ.
ދޮންތަ ފަސްގަނޑު ދަށަށްލާ ވަޅުލިއެއްކަމަކު، އެ ދޮންތަގެ ހަނދާންތައް ވަޅުލެވިގެން ދިއުމަކީ ނުވާނެކަމެކެވެ. އަހަރެން އެ ދޮންތައަށް ހެޔޮ ދުއާތައް ކޮށްދޭނަމެވެ. އެހުރިހާ ހަނދާންތަކެއް ދިރުވާނަމެވެ. ދޮންތަގެ ޒިކުރާ އާކުރާނަމެވެ. ދަރިންނާއި މާމަދަރިންނަށް އެވާހަކަތައް ކިޔައިދޭނަމެވެ.

    Please log in or register to bookmark.
    6k

    9 ޚިޔާލު

    ޚިޔާލު

    Your email address will not be published. Required fields are marked *