ރޮނގު - 4

ނިޔާޒުގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބެއިންދީމެވެ. ނުތެދުވުމަށް
ބުނެފައި އަހަރެން ނުކުތީ ބޭރަށެވެ. އޭރު ދޮރުމަތީގައި ފިރިހެނަކު ހުއްޓެވެ. އަހަރެން
ފެނުމުން އޭނައަށް ލިބުނީ ސިހުމެކެވެ.
"ނިޔާއްޓޭ އެބަ އުޅޭތަ؟" ލޯ ހުޅުވާފައި ބަހައްޓަން މަސައްކަތް ކުރަމުން
އެ މީހާ ބުންޏެވެ.
އަހަރެން ނުކުތީ ނިޔާޒު ފޮނުވައިގެން ކަމަށް ހެދިފައި، ބުނި އަގެއް ދީފައި، އޭނަ
ގެނައި "ޕީސް" ގަތީ އަހަންނެވެ. އެ މީހާ ދިޔުމުން ޕެކެޓު ހަވާލުކުރީ ކާނަށެވެ.
ފިހާރައަކަށް ގޮސް ކާއެއްޗެހި ގަތީމެވެ. ހައްތަހާ ވެސް ނިޔާޒަށް މީރު ވާނެ ކަހަލަ
އެއްޗެއްސެވެ. ނިޔާޒުގެ ގެއަށް ގޮސް އޭނައަށް ކާންދިނީމެވެ. ކެއުން ނޫން އެހެން
ކަމެއް އޭނަ ނުކުރިއެވެ. އަހަންނާ ހަތަރުކަޅި ހަމަކޮށްލާނެ ހިތްވަރު ވެސް އޭނައަކަށް
ނުލިބުނެވެ.
ނިޔާޒުގެ ކޮޓަރި ސާފުކުރިއެވެ. އަހަރުމެންގެ ލޯތްބަށް ޓަކައި، މަސްތުގެ
ދުނިޔެއިން ނުކުންނަން ނިޔާޒު އެއްބަސް ވިއެވެ. ނިޔާޒަކީ ގޯސް މީހެއް ނޫނެވެ.
އަހަރެންގެ އަޑު އޭނަ އެހިއެވެ. ބައެއް ރައްޓެހިންނާ ނިޔާޒު ގުޅުންކަނޑައިލިއެވެ.
ބައެއް އާދަތަކުން ދުރުވިއެވެ. އެތައް ދުވަހެއް ވަންދެން ކުރަމުން އައި ކަމެއް
ހުއްޓައިލުމަކީ ފަސޭހަކަމަށް ނުވިއެވެ. ކުރިމަތި ވި އެއް މައްސަލައަކީ ނިޔާޒަށް ހުސް
ވަގުތު ގިނަ ވުމެވެ. އެހެންނަމަވެސް، އަލުން މަސްތު ވާނެ ފުރުޞަތު ދޭކަށް އަހަރެން
ބޭނުމެއް ނުވިއެވެ.
ގޭމް ކުޅުމަށް ޓަކައި، އެންމެ ފަހުން ނުކުތް ޕްލޭ ސްޓޭޝަނާއި އެތައް
ގޭމެއް ގަތެވެ. ސިކުނޑި ހަމަޖައްސައިލުމަށް ޓަކައި ލަންކާއަށް ނިޔާޒު ދިޔައެވެ.
ޚަރަދު ކުރީ އަހަންނެވެ. އެންމެ އުންމީދެއްގައެވެ. އަހަރެންގެ ލޯބި ސަލާމަތް
ކުރުމަށްޓަކައެވެ. ނިޔާޒުގެ ރައްޓެހިންގެ ފަރާތުން އަހަންނަށް އެނގުނު ގޮތުގައި،
ނިޔާޒު ބަދަލު ވެއްޖެއެވެ. ރަނގަޅު މަގު އޭނައަށް ފެނިއްޖެއެވެ. ނިޔާޒުގެ އަތުގައި
އަހަންނަށް ހިފުނީ ކިރިޔާއެވެ. ކުރިއަށް އޮތް ތަނުގައި އެ އަތުން ދޫކޮށް ނުލުމަށް
ވެސް ރައްޓެހިން އެދުނެވެ. އެ ހިސާބުން އަހަންނަކީ ނިޔާޒުގެ ދެވަނަ ހިޔަންޏެވެ.
އަހަރުމެން ދެ މީހުންގެ ދެމެދުގައި އޮތް ހަމަ އެކަނި ދުރުމިނަކީ ކައިވެނީގެ ސެޓުފިކެޓު
ނެތުމެވެ.
އެއްދުވަހަކު އަހަންނަށް ނިޔާޒު ގެއްލުނެވެ. ފޯނަށް ގުޅާއިރު ފޯނުގެ ލައިން
އޮންނަނީ ކެނޑިފައެވެ. ގެއަށް ދިޔައިރު ގެއަކު ވެސް ނިޔާޒު ނެތެވެ. ނިޔާޒުގެ
ރައްޓެހިންނަށް ގުޅައިގެން އެ އިން އެކަކަށް ވެސް ނިޔާޒު ވީ ތަން އެނގޭ ކަމަކަށް
ނުވިއެވެ. އެ ހިސާބުން އަހަންނަށް ޝައްކު ވިއެވެ. ހުރިހައި ރައްޓެހިންނަށް
ފިލައިގެން އުޅުމަކީ ނިޔާޒަށް ކުރެވޭނެ ކަމެއް ނޫނެވެ. އިރު އޮއްސެން ކައިރި ވެފައި
ހުއްޓައި ފައުޒީއާ ދިމާ ވިއެވެ. އަހައިލުމުން އޭނަ ވެސް އެނގޭ ކަމަކަށް ނުހެދިއެވެ.
އަހަރެން އިތުރު ސުވާލުތައް ކުރަން ފެށުމުން ވަގުތު ނެތްކަމަށް ބުނެފައި
ހިނގައިގަތީއެވެ. ނިޔާޒު ވީ ތަން އެނގުނީ ނޫހުންނެވެ. ފޮޓޯ ވެސް ޖަހައިފައި
އޮތެވެ. ގިނަ އަދަދެއްގެ މަސްތުވާ ސާމާނާ އެކުގައި ގެސްޓުހައުސްއަކުން ނިޔާޒު
އަތުލައިގަތް ވާހަކައެވެ. އެ ޚަބަރު ފެނުނުތާ އިރުކޮޅެއް ނުވަނީސް ފައުޒީ ގުޅިއެވެ.
"މަ ހިތަށްއެރީ ޙަޤީޤަތް އެނގުނީމަ މި ވާހަކަ ބުނުމަކުން ގޯހެއް ނެތޭ،"
ފައުޒީ ބުންޏެވެ. "އޭނަ ނުވޭ ބަދަލެއް. ރިފާ އަތުން ލިބޭ ހުރިހާ ލާރިއެއް އޭނަ ތަޅާ
ހުސްކޮށްލަނީ ޑްރަގަށް. ބައެއް ފަހަރު އެ އިން ވިޔަފާރި ކުރާނެ އަނެއްބައި ފަހަރުބޭނުން ކޮށްލާނީ.

5 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ 🖤🖤🖤

    Please log in or register to bookmark.
    3k

    ޚިޔާލު

    Your email address will not be published.