ވޭނުން ހިތް ކުދިކުދި - 9

އަހަރެން ވަގުތުން ދެލޯ މަރާލީ ބަލަން ބޭނުން ނުވާތީއެވެ. ކޮކެއި އޮތް ހާލު ފެނުމުން ހިތަށް އަސަރު ކުރީއެވެ. ކިތަންމެ ކެތް ކުރި ނަމަވެސް ލޮލުން ކަރުނަ ފައިބަމުން ދިޔައީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ދެން ނެތެވެ. އެވިސްނުމުގައި އިންދާ އަހަރެންނަށް ނިދުނީ ކިހިނެށް ކަމެއްވެސް ނޭނގެއެވެ. ހޭލެވުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. ބެލި އިރު އެއީ ސަލްވީގެ މެސެޖެކެވެ.
"ބީ ރެޑީ މިރޭ.. "
ސަލްވީގެ މެސެޖުގައި ލިޔެފައި އޮތެވެ. މީނަ އަދި ކޮކެއި އަށް ވުރެ ނުބައި ތާއެވެ. ހެދުނު އިރު ނުއަރަނީސް މީނަ މަށަށް މެސެޖް ކުރަންޖެހޭ ހެއްޔެވެ ؟.
ނަމަވެސް އަހަރެން ހައިރާންވީ 5:30 ވީކަން އެގުނީމައެވެ. އެހާ ގިނައިރު ވަންދެން އަހަރެން މިއޮތީ ނިދާފަ ހެއްޔެވެ ؟. ރޭގަ މާލަހުން ނިދީމަ ކަންނޭގެ އެވެ. އަވަސް އަވަހަށް ގޮސް އަލަމާރި ތެރެއިން ކަޅުކުލައިގެ ހޫޑީ އަކާ ، ކަޅުކުލައިގެ ރިޕް ޖިންސު ސޯޓެއް ނަގާ ފާހާނަޔައް ވަނީމެވެ. ފެންވަރާލާށެވެ. ރޭގަ ވަރުބަލި ވެފައިވާ ވަރުން ހަދާން ނެތިވެ ފެންވެސް ނުވަރަމެވެ. ލަސްނުކޮށް އަވަހަށް ފެންވަރައިގެން ނުކުމެ އަހަރެން މިސްރާބު ޖެހީ ބަދިގެޔާ ދިމާލަށެވެ. ގޮސް ބެލި އިރު ނަސީބު ރަނގަޅު ކަމުން ކަޕް ނޫޑުލްސް ތައްޓެއް ހުއްޓެވެ. އަވަހަށް އެ ކެއުމަށް ފަހު ދެން އަހަރެން ދިޔައީ ބޭރަށެވެ. ސައިކަލުގައި އަހަރެން ދިޔައީ އަނާން އާއި ނާވާލްގެ ގެޔަށެވެ.
ގޮސް ލަސްނުކޮށް ދޮރުގައި ޓަކި ޖަހާލީމެވެ. ދޮރު ހުޅުވީ ސަކީނައްތަ އެވެ.
"ކޮބާ އާން އާއި ނާވާލް ؟". އަހަރެން ސުވާލު ކޮއްލީ މެވެ.
"އާލް ކޮން ދުވަހެއް ނާންނަ ތާ!!.... ކޮޓަރީގައި އެބަތިބި.. ދޭ ބަލަ".
ސަކީނައްތަ އެހެން ބުނެލީ ހިނިތުން ވެލަމުންނެވެ.
ޓަކި ވެސް ނުޖަހާ އަހަރެން ގޮސް ސީދާ ވަނީ އެދެމީހުންގެ ކޮޓަރިއަށެވެ. އެދެމީހުން ދިޔައީ ކުއްލިއަކަށް ސިއްސައިގެން ނެވެ.
" ކައެ މެން ތިބި ލަދުހަޔާތް ކުޑަކަން ދޯ... މި ދުނިޔޭގަ ވެސް އެބަ އުޅެން ތަ ؟. "
އަހަރެން ދެ ބުމަ ގޮށްޖަހާލަމުން ގޮސް އެދުމަތީގައި ތިބިހާ ބާލީސް ތަކެއް އުކަން ފެށީމެވެ.
" ބަލަ ކައެ އަށް ކިހިނެށް ވީ ؟". އާން އެހެން ބުނެލީ ލާނެތް ގޮތަކަށެވެ. އަހަންނަށް ޖެއްސުމަށް އުޅޭ ދެމީހުންނެވެ. މިހާ ދުވަހު އަހަންނާ އަގައިން ވެސް ބަހެއް ބުނެލީ އެއް ނޫނެވެ. ދެން ކީކޭ ކިޔާކައް ހެއްޔެވެ ؟. މިއަދު އެތަން އަންގާނަމެވެ.
"ކައެ މެން މަ މަތިން ހަނދާން ނައްތާލީ!!. "
އަހަރެން މައުސޫމް ގޮތަކަށް މޫނު ހަދާލަމުން ބުނެލީ ކުޑަކުއްޖެއް ހެންނެވެ.
" އޭ މާ ފާޑުފާޑަށް މައުސޫމް ހެން ހެދޭނެ ކަމެއް ނެތް!!". ނާވާލް އެހެން ބުނެލީ އަހަންނަށް މަލާމާތް ކުރަމުންނެވެ.
މި މީހުން އަގައިން އަރައި ނުގަންނާނެ ކަން އެގޭތީ އަޅާނުލާ ގޮސް އެދުމަތީގައި އިށީނދެ އެމީހުންނާ ވާހަކަ ދައްކަމުން ހެމުން ދިޔައީމެވެ. ހައްތާވެސް ހީވަނީ މީ އެމީހުންނާ ވާހަކަ ދައްކާލާ އެންމެ ފަހު ފަހަރު ހެންނެވެ. ކޮންމެ ފަހަރަކު ވެސް އަހަރެންގެ ހިތަށް އަރަނީ ހަމަ އެހެންނެވެ.
އެ ގެއިން ނުކުމެގެން އަހަރެން ގޭޔާ ހިސާބަށް ދެވުނުއިރު ދަންވަރު 12:30 ވެސް ވެއްޖެ އެވެ. އަވަސް އަވަހަށް ގޮސް މޫނުގައި މާސްކެއް އަޅައިގެން ، އަހަރެން އެ ގެއަށް ދިޔަ އިރު ބަރާބަރު 12:50 ވީއެވެ. ލަސްނުކޮށް އެތެރެއަށް ވަނީ ބޮލުގައި ކަޅުކުލައިގެ ހޫޑީ އަޅުވާލަމުންނެވެ. ވަން އިރު އެންމެން އަހަރެން ލަސްވެގެން ތިއްބެވެ.
މާގިނަ އިރު ނުވަނީސް އެކިޔާ ބޮސް އައެވެ. ހަމަ ބަރާބަރު ގަޑިއަށެވެ. ގޭންގުގެ އެންމެ އަވަސް އަވަހަށް އެއްތަނަކަށް އެއް ވިއެވެ. އަހަރެން ވެސް ގޮސް އެންމެ ކުރީގައި މަޑުކޮށްލީ އެމީހެއްގެ މޫނު ފެނޭތޯ ބަލާށެވެ. އެކިޔާ ބޮސް ހުރީ މޫނުގައި ފޮތިގަނޑެއް އަޅައިގެންނެވެ. އެންމެން އެއްތަނަކަށް އެއް ވުމުން އެމީހަކު މޫނުމަތިން ފޮތިގަނޑު ނަގާލިއެވެ. އަހަރެން ކުއްލިއަކަށް ދިޔައީ ސިއްސައިގެންނެވެ. މި ދިމާވީ ކޮންކަހަލަ ތޫފާނަކާ ހެއްޔެވެ ؟.

(ނުނިމޭ....)

    Please log in or register to bookmark.
    1k

    ޚިޔާލު

    Your email address will not be published.