އަޑު - 2

ކިލާހުގައި މާކްއިންނަން ޖެހުނީ ކ/ނއާއި ޖެހިގެނެވެ. މިއާއެކު އޭނަގެ 'ބެސްޓް ފްރެންޑަކީ' ކ/ނ ކަމުގައި އޭނަ ނިންމިއެވެ. މިސަބަބަށްޓަކައި ކޮންމެ ދުވަހަކުވެސް ކ/ނ މާކްއާއި ކުރިމަތިލާން ޖެހުނެވެ. މާކަށް ނޭނގުނު ކަމަކީ ކިތަންމެ ރީތި ދުވަހެއްވެސް މާކާއި ހެދި ކ/ނއަށް ހަރާބުވެގެންދާ ކަމެވެ.
ކ/ނ އިށީތެގެން އިނީ ދެވަނަ ބަރީގެ ކުޑަދޮރާ ޖެހިގެންއިން ގޮނޑީގައެވެ. އޭނަ އިނީ ބޭރުން ފެންނަ މަންޒަރަށް ގެއްލިފައެވެ. ވިހެމުންދާ ވަޔާއެކު ނަށަމުންދިޔަ ގަސްތަކާއި އޭގެ ފަތްތަށް ނުލާހިކު ރީއްޗެވެ. އެކުއްޖާގެ ޙަޔާތައް އަރާމާއި ލައްޒަތު ގެނެސް ދިނެވެ. ނަމަވެސް އެ ހިނދުކޮޅުގެ އަރާމުކަމުން މާކް ގެ ބަރު-އެކަމަކު-ކ/ނ-ބުނާނަމަ-ވަރަށް-ވަރަށް-ހަޑި އަޑު ކ/ނ ނެރެލިއެވެ. "އޮއި، ކ/ނ ކިހިނެއްތަ؟"
ކ/ނ މާކަށް ބަލާވެސް ނުލާ ކުރުކޮށް ޖަވާބުދިނެވެ. "ރަނގަޅު".
މާކްގެ ލޯ ކ/ނ ގެ ސޫރަމަތީ ހިނދުކޮޅަކަށް ނަށާލިއެވެ. އަދި އެއަށް ފަހު ދަބަސް ބާލާ ފަހަތަށް އެނބުރި އޭތި ބިންމަތީނގައި ބޭއްވިއެވެ. ގޮނޑި މޭޒާ ކައިރިކޮއްލާ އަނެއްކާވެސް ބުންޏެވެ. "ކޯޗަކަށްތަ ތި ބަލަނީ ތިހާވަރަށް؟"
އަނެއްކާވެސް ޖަވާބުގައި މާކަށް ލިބުނީ އެންމެ ލަފުޒެކެވެ. "ބޭރަށް". އެކަމާ މާބޮޑަށް ނުވިސްނަ ކުރިއަށް ގެންދިޔައެވެ، "އޭ އަޅެ މިއަދު މޫސުން ހާދަ ރީއްޗޭ، ދޯ؟ އެ ފަތްތަށް ހީވަނީ ހަމަ ވަޔާއެކު ނަށާހެން، އަދި ބަލަ! އިރުގެ އަލި އެ ފަތްތަކުގެ 'ވެކްސީ ކިއުޓިކަލް' ތަކުން ރިފްލެކްޓް ވެގެންދާ ގޮތް، ކިހާ ރީތި؟ އޭ ފެނުނުތަ؟ އެދިޔައީ މުގޮށި މީދަލެއް. އަހަރެން އަބަދުވެސް ވަރަށް ބޭނުންވި އޭގެ އެއްޗެއް އޮޅުކޮއްގެން ގެންގުޅެން، އެކަމަކު އެއީ މާ ރަނގަޅު ޚިޔާލެއް ނޫން ކަންނޭނގެ. ކުރިން މަ ކުއްތާއެއް ގެނގުޅުނިން އެކަމަކު އެސޮރު ބަލިވެގެން ނިންދަވާލަން ޖެހުނީ. އެ ވީގޮތެއް މާ ބޮޑަކަށް ހަނދާނެއްނެތް އެކަމަކު އެދުވަހު ވަރަށް ރޮވުނު ކަން ހަނދާންވޭ. އެރޭ ދޮންބެގެ އުނގުމަތީ ނިދުނީ، ރޮމުން. ވަރަށް ދެރަވި އަސްލު. އޭ ބަލަ، މިސް ޖޯންސަން އައިއްސި." ނަސީބަކުން މިއާއެކު މާކް އަނގަ ހުއްޓާލިއެވެ.
މިސް ޖޯންސަން އަކީ އެމީހުންގެ ފިޒިކްސް ޓީޗަރެވެ. ކުރީގެ އަހަރުތަކުގައި ކޮމްބައިންޑް ސައިންސް ހަދާފައިވުމުގެ ސަބަބުން މި ކިލާސް ވާނީ ކ/ނއަށް އައު އަދި އެންމެ އުނދަގު ކިލާހަށެވެ. ކެމިސްޓްރީ އާއި ބައޮލޮޖީ އަކީ ކ/ނއަށް އުނދަގޫ ކަމަކަށް ނުވިއެވެ. ނަމަވެސް ފިޒިކްސްގެ ބައިތަށް އޭނާއަށް އުޅެ އުޅެވެސް ދަސްވާނެ ވަރެއް ނުވިއެވެ. އެ ސެކްޝަނާއި ހެދި ފުރިހަމަ މާކެއް ލިބުނު މާކަށް ވުރެ ދަށްކޮށް ލިބެން ދިމާވީއެވެ.
"މިސް ކިޔާ ހުރިހާ އެއްޗަކަށް ކަނުލާ އަޑުއަހާތި، މިސް ބުނާ ހުރިހާ އެއްޗެއް ޓެސްޓުގަ އަންނާނެ!" ހިނިތުން ވެލައި 'ހުރިހާ' އަށް ބާރުލާފައި މިސް ޖޯންސަން ވިދާޅުވިއެވެ.
"އޯކޭ!" ކިލާސް ކުދިންގެ އަޑު ތަކުން އެންމެ ޖޯޝާއި ފޯރީގައި ޖަވާބުދިނީ ކ/ނއެވެ.
އަހަރު ކުރިއަށް ދަމުން ދިޔައިރު ސްކޫލް ނިންމާފައި ލައިބްރަރީގައި ކިޔަވަން ކ/ނ ކޮންމެ ދުވަހަކު މަޑު ކުރިއެވެ. ބައެއަފަހަރު މާކް އޭނައާއެކު އެތަނަށް ދެއެވެ، ނަމަވެސް އޭގެ ސަބަބުން ކ/ނއަކަށް ކުރަންހުރި އެއްވެސް ކަމެއް ނުނިންމެއެވެ، އަދި ނިދުންވެސް އެތާ ވަގުތު އިސްރާފުކުރުމަށްވުރެ ރަނގަޅުވާނެ ކަމަށް ވިސްނައެވެ.
ހާމަކޮށްވެސް އެނގެއެވެ، އެހެން ސަބްޖެކްޓްތަށްވެސް ކ/ނ ދަސްކުރިއެވެ. ނަމަވެސް ގިނަ ވަގުތު ހޭދަކުރީ ފިޒިކްސްގައެވެ. ސިލަބަހުގެ ތެރެއިންނާއި ބޭރުން ކިޔާ ހޯދިއެވެ. ވީޑިއޯތަށް ބަލައި ޕޮޑްކާސްޓްތަށް އަޑުއެހިއެވެ. އެއްރޭ ދަންވަރު ކިޔެވުމުގެ ތެރޭގައި މިސް ޖޯންސަނަށް ގުޅިއެވެ، އަދި މިކަމާ އެމުދައްރިސް ވަރަށް އުފާވިއެވެ.
ޓާމް އެގްޒޭމްތަށް ކައިރި ވަމުން އައެވެ. މިއާއެކު ކ/ނގެ ދުވަސްތައަ ބުރަވެ ކިޔެވުމުން ފުރިގެން ދިޔައެވެ. މާކް ވެސް ހަމަ ކިޔެވުމުގައި އާލާސްވިއެވެ، އެހެންވެ އޭނަ ވެސް މާ ގިނައަކުން ނުފެނެއެވެ. ތެދަށްބުނާނަމަ އެހެން އެކަކުވެސް ނުފެނެއެވެ، އެއީ ސްޓަޑީ ގްރޫޕުގެ އެހެން ކުދިން، އެމެންޑާ، ރެޗެލް، ކްލެއާރ އަދި ކެވިން ފިޔަވައެވެ.
އެމީހުން އިނީ އާންމުކޮށް ދިމާވާ ތަނުގައެވެ. އެއީ ސްކޫލު ކައިރީ ކަންމަތީ ފިހާރައެއްގެ ބޭރުގައި ގޮނޑިޖަހާފައި ހުރި ހިސާބެވެ. ނޫޑުލީސް ހުސްކުރި ޕްލާސޓިކް ތަށިތަކާއި އެނޭޖީ ޑރިންކްސް އަދި ކޮފީ ދަޅުތަށް މޭޒު މައްޗަށް ކަންފަސޭހަކޮށް އުކާލެވިފައިވިއެވެ. ކެއުން ނިމި ހަނދު އަރައިފިއެވެ، ނަމަވެސް ކުދިން ގެޔަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެއެވެ.
"ހިނގާ ފަހު ފަހަރަށް ހުރިހާ އެއްޗެއް ބަލާލަން؟" ކ/ނ އެއްސެވެ.
"އާނން!" އެންމެން އެއްފަހަރާ ފޯރީގައި ބުންޏެވެ.
"އާނ... ފުރަތަމަ މިއޮތީ، ޖެނެރަލް ފިޒިކްސް، މި ޔުނިޓްގަ އެކުލެވޭ ފޯމުލާ ތަކަކީ..." މިހެން ބުނެ ޗެކްލިސްޓްގަ ހުރި ހުރިހާ ޓޮޕިކެއް ކިޔަމުން ކ/ނ ގެންދިޔައެވެ. އެއްވެސް އެއްޗެއް މިސް ވެފަ އިންތޯ ބެލުމަށެވެ.
ނިދިއެކުދިންގެ މައްޗަށް ވެރިވެ ގަންނަން ފެށި ހިސާބުން ކޮންސެޕްޓް ތަކާއި ފޯމިއުލާ ތަކުގެ ދިގު ލިސްޓު ބަލާ ނިމުނެވެ. ކޮންމެ ކުއަޖެއްވެސް އަނެއް ކުއަޖާއަށް އިމްތިހާނުގައި ކާމިޔާބަށް އެދި "ގުޑްލަކް" ތައް ބުނެ އަލްވަދާއު ކިޔެވެ.

    Please log in or register to bookmark.
    920

    1 ޚިޔާލު

    1. ކަލޭނޭ ހެޔޮނުވާނެ ވާހަކަ ނުލިޔޭ
      އިނގިރޭސި ފިލްމު ބެލިބެލީނުން ތިހުރި ދިވެހި އޮޅިފަ

      3
      1

    ޚިޔާލު

    Your email address will not be published.