ހުދު ކާފޫރެއް ފަދަ ދޮންވެލިގަނޑު މަތީ
ދެކޮޅައް ދުވެލަ ދުވެލާ ކަކުނި ތަކާއި ބީއްސާލާ ރާޅުތައް
އެ ދޮންވެލިގަނޑު އިތުރަށް ފުރިހަމަ ކޮއްލަދެއެވެ.އުޑުމަތި
ބަނަ މި ދުވަހުގައި ވާރޭން ގައި ތެއްމާލުމަށް ލީލާ ހުރީ
އޭނާގެ އެންމެ ގާތް ރަހުމަތްތެރިން ކަމުގައިވާ ރީމް އާއި
އާނާ އެކުގައި އެވެ.އެމީހުން ތިބީ ވާރެއިން ތެމި ފޯވެފައެވެ
ލީލާ ގެ ފޯނު ރިންގުވާންފެށިއެވެ.ލީލާގެ
މަންމަ ރަމްލާ ހުރީ ލީލާ މާ ލަސްވުމުން ކަންބޮޑުވެފައިއެވެ
"ދަރިފުޅާ..ކޮބާ އަންނާކަށް ނުވޭތަ؟؟ މިހާރު ކޮންއިރެއް"
ރަމްލާ ހުރީ އެގޭ ދޮރު ކުރިމަތީއެވެ.އެއީ ވާރޭ ނުވެހޭތީއެވެ
މިހާރު މިދަނީ.. .ކުރު ޖަވާބަކުން ލީލާ ނިންމާލިއެވެ
ލީލާމެންގެ މިސްރާބު ހުރީ ގެޔަަށެވެ.އެހެންނަމަވެސް
އެމީހުން ނިންމީ ފިހާރަ އަކަށް ވަދެ އައިސްކުރީމް
ގަންނާށެވެ.މިއޮތް ވިއްސާރަ ދުވަހު އައިސް ކުރީމް ކައިގެ
ން ދެންވާނީ ކިހިނެއް؟؟ ރީމް ހުރީ ވަރަށް ފިނިވެފައެވެ
ކަމޯން އެއީ އެހާބޮޑު ކަމެއްނޫނޭ ރީމް ގަނޑާ. އާނާ
ބޭނުންވީ އައިސްކުރީމް ނުކައި ނުދާށެވެ
ދޮރު ކުރިމަތީ ހުރި ރަމްލާ އަށް އައިސްކުރީމް
ކަމުން މާ ދުރުން އަންނަ ލީލާމެން ފެނުނެވެ.އަދި ޕިސް
ޕިސް ކިޔަމުން އެތެރެއަށްވަނީ ހެވޭ ހާލުގައިއެވެ
ކުޑަކުދިން ތަކޭ ތަފާތެއްނެތެވެ.މިއޮތް ވިއްސާރަދުވަހުވެސް
ފިނި އެއްޗެހި ބޮމުން އަންނަ ލިލާމެން ހީވަނީ ހަމަ
ކުޑަކުދިންތަކެއް ހެންނެވެ
*************
ވެލި ފުޓުބޯޅަ ދަނޑުގައި ތިބި ޗަކަ ފެންގަނޑު
ތެރެތެރެއިން ލާފައި ފުޓުބޯޅަކުޅެން އެތިބީ ޒުވާން ފިރިހެން ކުދިންތަކެކެވެ.ވާރޭތެރޭގައި މަޖާނަގަމުން އެ
ދަނީ ބޯޅަކުޅެމުންެނެވެ.މީހުން ކައިރިން ކޮއްޓާ ނައްޓަަމުން
ގޮސް ގޯލު ޖަހާފައި ސެލެބިރޭޝަނަކަށް ރޮނާލްޑޯގެ
ގޯލް ސެލެބްރޭޝަން ހަދާލީ ޒައިދެވެ
ޒައިދަކީ 20 އަހަރުގެ ޒުވާނެކެވެ.ރީތި
ހަށިގަނޑެއްގެ ވެރި ދޮން މީހެކެވެ.ބޯ ކޮންމެވެސް ވަރަކަށް
ދިގު ކޮށްފަ ހުރީ ރީއްޗައް ސުޕައިކުޖެއްސުމަށެވެ.ނަމަވެސް
އެރީތި އިސްތަށިގަނޑު އޮތީ ވިހުރުވާލެވިފައިއެވެ.އެއީ
ވާރޭގެ ސަބަބުންނެވެ.އޭނާ އަކީ އާދައިގެ ދިރިއުޅުމެއް
އުޅެމުންދާ މީހެކެވެ.އެ ރަށު އޮފީހެއްގައި އުޅެެގެން
ދިހަ ހާސް ރުފިޔާ ލިބެއެެވެ
އިރުގެ އަލިކަން ފަނޑުވަމުން ،ފަނޑުވަމުން ގޮސް
އެއްކޮށް އަލިކަން ގެއްލިއްޖެއެވެ.ރަށުގެ ގިނަ ފިރިހެނުން
ތިބީ މިސްކިތުގައިއެވެ.ޒައިދުވެސް ހުރީ މިސްކިތުގައިއެވެ
ގިނަ އަންހެންވެރިން ގޭގައި ނަމާދުކޮށް
ދެނަމާދު ދޭތެރޭ ގުރުއާން ކިޔެވުމުގައި އުޅުނެވެ.ލީލާ
ވެސް އުޅުނީ އެކަމުގައިއެވެ.ލީ.. ލީ.. ލީލާގެ މަންމަ ރަމްލާ
ގެ އަޑު ލީލާގެ ކަންފަތުގައި ޖެހުމާއި އެކު ކިޔެވުން
ހުއްޓަލުމަށްފަހު މަންމަ ގާތައް ދިޔައެވެ
ކީކޭ.. ލީލާ ގޮސް ހުއްޓުނީ ގޭ ސިޓިންރޫމުގައި
ކިޔަވަން އިން ރަމްލާ ގެ ގާތިގައި އެވެ.ފަހީމާއްތަ ބުނީ
ހެދުން ފަހާ ނިމިއްޖެޔޯ.. ދޭބަލަ އެ ހިފައިގެން އަންނަން
ރަމްލާގެ އެދުމުގެ މަތިން 18 އަހަރުގެ ލީލާ ދިޔައީ
ފަހީމާމެން ގެޔަށެވެ
ލީލާ މިސްކިތުގެ ދޮރާށްޓާ އަރާ ހަމަވި ވަގުތު
މީހަކު ދޮރުން ނިކުތެވެ.އެއީ ކުރިން ނުދަންނަ މޫނެކެވެ
އާއެކެވެ.ޒައިދަކީ ކުޑައިރުއްސުރެ މާލޭގައި ދިރިއުޅެފައި
ކިޔަވާ ނިމިގެން ރަށައް ބަދަލު ވި ކުއްޖެކެވެ.ނަމަވެސް
ޒައިދުގެ ނަން އެއީ ރަށައް އާ ނަމެއް ނޫނެވެ
ލީލާ ގެ ލޯ އެހެންދިމާލަކަށް ނުދެއެވެ
ގެއްލެންދެން ޒައިދު އަށް ބަލަން ހުރެވުނީއެވެ.ބަލަން
ހުރެވުނީ ކީއްވެ ކަމެއްވެސް ނޭނގޭ ހާލުގައިއެވެ.ޒައިދުގެ
ހާލަކީވެސް އެއެވެ.ދުވަހަކު އަންހެންކުއްޖެއް ނުދެކޭ
ފަދައެވެ.ޒައިދު ގޮސް ސައިކަލަށް އަރައިގެން ދިޔައީވެސް
ފަހު ފަހަރަށްވެސް ބަލާލާފައެވެ
މާގިނަ އިރުތަކެއް ނުވެ ރަމްލާގެ އިންތިޒާރަށް
ނިމުމެއް އައެވެ.ލީލާ ހެދުން ހިފައިގެން އައެވެ.ރަމްލާގެ
ފިރިމީހާ ވަނީ މީގެ 16 އަހަރުކުރިން ނިޔާވެފައިއެވެ.އެއީ
ފަހީމެވެ.އޭނާ ނިޔާވީ ލީލާގެ އުމުރުން 2 އަހަރުގައިއެވެ
ލީލާ އަކީ ޔަތީމު ހާލުގައި ބޮޑުވިކުއްޖެކަމަކު ލީލާ އަކީ
މިހާރު އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކުއްޖެކެވެ
މީގެ ކުރިން ރަމްލާގެ އިތުރު ދަރިއެއް ކަމުގައިވާ
ރަޔާްން ވަނީ އެކުސިޑެންޓެއްގައި ނިޔާވެފައިއެވެ.ރަޔާންއަ
ކީ ބައްޕަ ނެތް ކުއްޖެކެވެ.އެއީ ކާކުގެ ދަރިއެއްކަމެއް
ނޭނގެއެވެ.އެއީ ކާކުކަން ނޭނގޭ މީހެއް ރަމްލާ އަށް
ދިން ލަނޑެކެވެ.އެމީހަކު ރަމްލާގައިގައި ގަދަކަމުން އަތްލީ
އެެވެ.އެއީ މީހުންނަށް ނޭނގޭ ސިއްރެކެވެ.އެއިރު ރަމްލާގެ
ލޯބިވެރިޔާ ފަހީމު އޭނާ އާއި ކައިވެނި ކުރުމުން
އެކަން މީހުންނަށް ނޭނގުނެެވެ.އިނގޭ ގޮތުގައި އެއީވެސް
ފަހީމުގެ ދަރިއެކެވެ.ނަމަވެސް ފަހީމު ރަމްލާ ލަދަކުން
ސަލާމަތް ކޮށްދިނީއެވެ.ފަހީމަކީ ރަމްލާދެކެ ވަރަށް ލޯބިވާ
.........މީހެކެވެ.އެކަންތައް ލީލާ އަށް ވެސް ނޭނގެއެވެ
( ނުނިމޭ)
ވާހަކަ ލިޔަން ނޭނގުނަސް ވާނެ ވާހަަކަ ލިޔަން. ދުވަހަކު ރަޔާން އަކުން ނާރާ ދޯ. ލިޔާ ކޮންމެ ވާހަކައެއްގަ އެ ނަން ނުޖަހާ ވާހަކަ ފުރިހަމަ ނުވަނީތަ؟
ވަރަހަނަލަ
ރީތި ވާހަކަ އެއް...😁😁
ކޮންއިރަކު ނެކްސްޓް...