އިލްޔާ ދައްކަން އެ އުޅެނީ ކޮން ވާހަކަ ތަކެއްބާ؟؟
************ ހަތަރު ވަނަ ޕާޓު
ދޮންބޭ..... އަހަރެންނާ މީހަކު ކުރިން ދުވަހު
ބެހިފި.. އިލްޔާ ވާހަކަ ދެއްކީ އަޅަ އަޅައިގަންނަމުންނެވެ
ރަޔާން އަށް މިއީ ހުވަފެނެއް ބާއޭ ހިތަށް އެރިއެވެ
ނައުޝަމް ގެ އެ ހުތުރު އަމަލާއި އިލްޔާގެ ދުލުން ބޭރުވި
ބަސްތަކުން ރަޔާން އަށް ލިބުނު ސިހުން ވަރަށް ވެސް
ބޮޑެވެ.ރަޔާން އަށް އިތުރު އެއްޗެއް ނުބުނެވެނީސް އިލްޔާ ކޮޓަރިން ނުކުމެގެން ދިޔައެވެ
މިއީ ހުވަފެނެއްބާ؟؟ ،މިއީ ޑުރާމާ އެއް ބާ؟
ނުވަތަ މިއީ ނުބައި ވަސްވާހެއްބާ؟؟ .. މިއީ އެމީހުން
މަޖަލަކަށް ދައްކާ ވާހަކަ ތަކެއް ބާ؟؟ . ރަޔާން ގެ
ބޮލުތެރޭގައި އެނބުރެމުން ދިޔަ ސުވާލުތައް މަޑުމަޑުން އަނގައިން ބޭރު ކޮށްލިއެވެ
ލީންގެ ފޯނު ރިންގުވާންފެށިއެވެ.ގަޑިން 7:30
ކަމުން ލީން އަދި އެއް ނުހޭލައެވެ.ނަމަވެސް ފޯނުގެ ރިނގުޓޯނު އޭނާ ހޭލައްވިއެވެ
ހާދަ ލޯބިންނޭ ހިނިތުންވަނީ އޭ އޭނ
ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ
ފެނިފާ ލޯބިވެވިއްޖޭ ދެލޮލާ ރީތި މޫނާ ގެއްލި ހިތްވަރު ކުޅެނީއޭ ހަނދާނާ..
ލަވައިގެ އެ އަޑު ކަންފަތުގައި ޖެހިގެން ފޯނު
ނެގި ލީންގެ ލޮލުގައި ވަނީ އަދިވެސް ނިދިބުރަ ކަމެވެ
ލީން ގެ ފޯނަށް ފޯނެއް އައިއްސިނަމަ އެ ހިތްގައިމު ލަވައިގެ އަޑު ނީވި ނުދާނެކަން ޔަގީނެވެ
ލީން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ
ހަލޯ.. އިލްޔާ ގެ އަޑު އައީ ހިތާމަވެރި ގޮތަކަށެވެ..ހަލޯ
ކިހިނެއްވީ މިގަޑީ؟؟ ލީން ވާހަކަ ދެއްކިއެވެ. ނޭނގޭތަ
ނައުޝަމް އޭ ކިޔާ މި ދައްކާ ވާހަކަތަކެއް؟؟ އިލްޔާ މައުޟޫއަށް ލަސްނުކޮށް މިސްރާބު ޖެހިއެވެ
ކީކޭ؟؟ ނައުޝަމް ކިހިނެއްވީ؟؟ ލީންވެެސް
ޝައުގުވެރިވެލިއެވެ. އެއްކަލަ ރީމް ގެ ގަޔަށް އަރަން އުޅެނިކޮށް ފަޅާއެރީޔޯ.. އޭނަ.. އެެ..ކަ..ހަލަ ކަމެއް
ކޮށްފާނެތަ؟؟ އިލްޔާ އަށް ގަބޫލުކުރަންވެސް ދަތިވެފައިވާ ހާލު ވާހަކަ ދެއްކިއެވެ.
ނައުޝަމްދެކެ އިލްޔާ ނުހަނު ލޯބިވެއެވެ
ނަމަވެސް ނައުޝަމް އިލްޔާ ދެކެ ލޯތްބެއް ނުވެއެވެ.އިލްޔާ
ގެ ރީތިކަމުގެ ނާޖާއިސްފައިދާ ނަގަން ނައުޝަމް ބޭނުންވީ
އެވެ.ނައުޝަމަކީ އޭނާގެ މަޅީގައި އަންހެންކުދިން ޖައްސައި
އެކުދިންގެ ރުހުމަކާއި ނުލައި އެކުދިން ގައިގައި އަތްލާ
މީހެކެވެ.އިލްޔާ އަށް ވެސް އެހެން ހަދަން އޭނާ ބޭނުމެވެ
އަސްލުތައް؟؟ ހަމަ ގަބޫލުކުރަންވެސް ހާދަ
އުނދަގުލޭ އެކަމު.. ނައުޝަމް .. އިލްޔާ އެކަމާ ދެރަ
ނުވޭ.. އޭނަ އެކަން ކުރިނަމަ އޭނަ އަށް ދެން އިނތިޒާ
ރު ނުކުރޭ.. ދެން އެކަން ޔަގީންވެސް ނުވެއެންނު
ލީން ބޭނުންވީ އިލްޔާ ހިތް ހަމަ ޖައްސާލެވޭތޯއެވެ
އެކަމު.. އައި ހޭވް އަ ސީކުރެޓް.. އެ ކަން
ބުނެވޭނީ މި ގެއަށް މިއަދު ލީން އައީމަ.. ކުރިން ސިއްރު
ކުރިން.. އެކަމު މިހާރު ބުނާހިތްވީ ރީމްގެ ވާހަކަ އަޑުއިވު
ނީމަ.. އިލްޔާ އެނދުން ތެދުވެލިއެވެ.. އަނެއްކާ.. ލީން
އަށް ނުބައެއް އުޅޭކަމުގެ ޝައްކުތަކެއް ވާން ފެށިއެވެ
އާ އަންނާނަން.. ދެން ދޭ ކޮޓަރިން ބޭރަށް
އިރާދަކުރެއްވިއްޔާ ނައުޝަމް އެކަހަލަ ކަމެއް ނުކުރާނެ
ލީން ދިޔައީ އޭނާގެ އެކުވެރިޔާއަށް އެންމެ ރަނގަޅު
ގޮތައް މި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ
ލީންގެ ސަބަބުން އިލްޔާގެ ބޮލަށް ލުއެއް ލިބުނެވެ
އިލްޔާގެ ބޮލަށް ލުއި ލިބުނު ނަމަވެސް ރަޔާން
އިނީ ފުންވިސްނުމަކަށް ގެއްލިފައިއެވެ.އަނެއްކާ ނައުޝަމް
ބާ އިލްޔާ އަށް އެހެންހެދީ.. ރަޔާންގެ ބޮލަށް ދެން ވަނީ
އެންމެ ނުބައި އެއް ވިސްނުމެވެ.ރަޔާން އަށް އިލްޔާ
ބުނީ ކީކޭ ކަން ވަނީ ފަހުމުވެފައެވެ.އިލްޔާއަށް މީހަކު ގޯނާތަކެއް ކޮށްފިކަން ޔަގީންވިއެވެ.
*******************
ބަދިގޭގައި ހެނދުނުގެ ނާސްތާ ތައްޔާރު
ކުރުމުގައި އުޅުނު ހިތްވަރުގަދަ ދެ ކަނބަލުން ގެޔަށް
އެނބުރި އައީ ވަރުބަލިކަމަކާއި ނުލައެވެ.ސާނިހާ ވެސް
އައިސް ވާރިޝް ގޮވައިގެން ކާން އައެވެ.ޒައިނާ ވެސް ކާން އިށީނެވެ.
ކައި ނިމުމުން ޒައިނާ ގޮސް ވަނީ ކޮޓަރިއަށެވެ
އެއިރު އޭނާގެ ފޯނަށް މިހަކު އެބަ ގުޅައެެވެ.ލަސްނުކޮށް
ފޯނު އަތަށް ހެޔޮވަރު ކޮށްލިއެވެ.އަދި އެއީ ލީން ކަން އެނގުމުން ފޯނު ނެގިއެވެ .
( ނުނިމޭ)
ކުރިޔަށް ހުރި ބައިތައް ދިގުކޮށްލަދޭނަން އިންޝާ ﷲ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🇰🇼🇰🇼ސުޓޭ ސޭފް ސުޓޭ ހޯމް.. ސޭވް
ސަޅި ❤️❤️❤️
ޝުކުރިއްޔާ އައިލޭންޑު ގާލް
ކޮބައި ޕާޓު 3
ޕާޓު 3 ވެސް ލިން މި ސައިޓައް
އެކަމު ފެންނާކަށް ނެތް ދޯ
ސޭޑް😟😟