ވޭނުން ހިތް ކުދިކުދި - 8

ކޮކެއި ކޮންމެ ގޮތަކަށް އަހަންނާ ދޭތެރޭ ކަންތައް ކުރިޔަސް ޙަޤީގަތުގައި ކޮކެއި އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިޔެކެވެ. ކޮކެއި ގެ މަރުގެ ފަހަތުގައި ވާ ސިއްރު ފަރުދާ އަހަރެން ކަހާލާނަމެވެ. ކޮކެއިގެ މަރަށް އަހަރެން އިންސާފު ހޯދައި ދޭނަމެވެ. އިތުރަށް އެތާނގައި މަޑުނުކޮއް އަހަރެން ބޭރަށް ނުކުތީ ގެޔަށް ދާށެވެ. ގޮސް ސައިކަލައް އަރާ ނައްޓާލީމެވެ. މަގުގެ އެއްފަރާތުގައި ވާ ގޯޅިން އަޅައިލީ ގެޔަށް މާއަވަހަށް ދެވޭނެ ތީ އެވެ. ނަމަވެސް އަހަރެން ސައިކަލު ހުއްޓާލަން ޖެހުނީ ގޯޅީގެ އެއް ފަރާތުން ދިޔަ ދެމީހަކު ފެނުމުން ނެވެ. އެއީ ހަމަ އެއްކަލަ މީހުންނެވެ. މި ވަރުގެ މުސީބާތެއް އެއްވެސް މީހަކާ ކުރިމަތިވި ހެއްޔެވެ ؟. ގައިމުވެސް އަހަންނަށް ދިމާވެއްޖެ އެވެ. އަހަރެންގެ ފަސްފަހަތުން ނައްޓަން ނޭގިގެން މިއުޅެނީ ކޮންބައެއް ހެއްޔެވެ. ގައިމުވެސް އެމީހުންނަށް އަހަރެން ނުފެންނާނެ އެވެ. އެހެންކަމުން ލަސްނުކޮށް ސައިކަލު ޕާކު ކޮށްފައި އެމީހުންގެ ފަހަތުން އަހަރެން ވަގަށް ދިޔައީ ފާރަލުމުގެ ނިޔަތުގައެވެ.

ފަހަރަކު ކޮކެއިގެ މަރުގެ ސިއްރު މިމީހުންނަށް އެގިދާނޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ވަކިހިސާބަކަށް ދެވުނުތަނާ އެ ދެމީހުން ގެއްލިއްޖެއެވެ. ކަން ހިނގި ގޮތުން އަހަންނަށް ވީނުވީ އެއް ނޭގުނެވެ. އަނެއްކާ އެމީހުންނަށް އަހަރެން ފާރަލަމުން އައިކަން ބަސްޓު ވީ ހެއްޔެވެ ؟.
އަޅާނުލާ ގެޔަށް ދިޔަ މަގުމަތީގައި އެތާގައި ހުރި ފިހާރައަށް ވަދެލީ ސިކުޑިއަށް މޮޅު ހިޔާލެއް އައުމުންނެވެ. އެ ފިހާރައިން ހުސް ފެންނަން ތިބީ ޓެކްނޮލޮޖީގެ ސާމާނުތަކެކެވެ. ނަމަވެސް އެޔަށްވުރެ އަހަރެންގެ ލޮލުގައި އަޅައިގަތީ ކުޑަކުޑަ ސީސީޓވީ ކެމެރާއެވެ. ލަސްނުކޮށް އަވަހަށް ގޮސް އެތަނުން 5 ކެމެރާ ހިފައިގެން ގޮސް ސޭޓު އަތަށް ރުފިޔާ ދީފައި ގެޔަށް ދިޔައީ ރަގަޅު ޕްލޭނެއް ރާވާފައެވެ. އެއީ ނުހަނު ކުޑަކުޑަ ކެމެރާ ތަކެއް ކަމުން މީހުންގެ ލޮލުގައި އެހާ ފަސޭހައިން އަޅައި ނުގަންނާނެ އެވެ.

ގެޔަށް ގޮސް ކޮޓަރިއައް ވަދެ އަހަރެން ބެލްކަންޏާއީ ދިމާލައް ދިޔައީ އެތަނުން އެއް ކެމެރާ ހިފައިގެންނެވެ. ގޮސް ވަރަށް ސިއްރުން އެތާގައި ބޯގަންވިލާ ހައްދާފައިވާ ޕޮޓަކު އެ ހަރުކޮށް ލީމެވެ. އެޔަށް ފަހު ފޯނުން އެ ސީސީޓވީ ފެންނާނެ ގޮތަށް ހަދާ ލީމެވެ. ގައިމުވެސް ދެން އެއްކަލަ ދެމީހުން ގޭގެ ސަރަޙައްދުގައި އުޅޭނަމަ ފެންނާނެތާއެވެ. ހަމަ އެގޮތަށް ގޭގެ ބޮޑު ދޮރުގައި ވެސް އެއް ސީސީޓވީ ކެމެރާ ހަރުކޮށް ލީމެވެ. ކޮޓަރިއައް ވަދެ އެދުމަތީގައި ޖައްސާލީ ކޮކެއިގެ މަތިން ހަނދާން ކޮއްލުމުގެ ގޮތުންނެވެ. ކޮކެއި އަކީ ގޭންގުގެ ތެރެއިން އަހަރެންގެ އެންމެ ދަންނަ އަދި އޭގެ މީހާއެވެ. އަހަންނަށް ވުރެ ކުޑަ ވިޔަސް ގައިމުވެސް އަގަ ބޮޑު ވާނީ ކޮކެއި އެވެ.
އިރުކޮޅަކު އެހެން އިނދެފައި އަހަރެން ފޯނު ނަގާ ސަލްވީ އަށް މެސެޖް ކޮއްލީ މެވެ. ކޮކެއި ދަންޖެހިގެން އޮއްވާ ނަގާފައި އިން ފޮޓޯއެއް އިން ނަމަ ފޮނުވާ ދިނުމަށް އެދި އެވެ. ގައިމުވެސް އެމީހުން އަތުގައި ތިބޭނެއެވެ.
މާގިނަ އިރެއް ނުވަނީސް ސަލްވީ ފޮޓޯ ފޮނުވިކަން އެއީ ނަސީބެކެވެ. ފޮޓޯ ފެނުމާއެކު އަހަރެން ދެލޯ ބޮޑުވެގެން ދިޔައެވެ. ކޮކެއި އޮތީ ފަންކާ އެއްގައި ދަންޖެހިގެންނެވެ. ދެލޯ އޮތީ ބޮޑުވެފައިއެވެ. ލޯ ހީވަނީ ރަތް ވެގެން ގޮސް ނާރުތައް ނިކުންނަން ކައިރިވެފައިވާ ހެންނެވެ.
އަހަރެން ވަގުތުން ދެލޯ މަރާލީ ބަލަން ބޭނުން ނުވާތީއެވެ. ކޮކެއި އޮތް ހާލު ފެނުމުން ހިތަށް އަސަރު ކުރީއެވެ. ކިތަންމެ ކެތް ކުރި ނަމަވެސް ލޮލުން ކަރުނަ ފައިބަމުން ދިޔައީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ދެން ނެތެވެ.

(ނުނިމޭ...)

    Please log in or register to bookmark.
    1k

    2 ޚިޔާލު

    ޚިޔާލު

    Your email address will not be published.