kralbetbetturkeyikimislibahis1xbetm.infohipas.infohttps://www.wiibet.com/restbetcdn.com

ރަތްގެރިފުޅު – 1

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

ނޯޓު: ރަތްގެރިފުޅު ޓީސާރ ގައި ލިޔެވިފައިވާ ”… އެންމެ ކައިރީގައިވި އަތޮޅެއްގެ ރަށަކަށެވެ.“ މިޖުމްލަ ލިޔެވިފައިވަނީ ނުބައިކޮށެވެ. ރަނގަޅު ގޮތަކީ ”… ކުޑަރަށާއި ކައިރީގައިވި އަތޮޅެއްގެ ރަށަކަށެވެ.“ މިއެވެ. ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ.

ރުކުގައި އޮތް ރާވެރިއަލީ ރުކުން ފޭބީ ދެގުޑި ރުކުރާ ހިފައިގެންނެވެ. ބޮޑު ދެ ނާށީގައި، ރޯނު ފުރައިގެން ހަދާފައިވާ ބޮޑު ދެރާގުޑިއެވެ. އެ ރުއް ކައިރީގައި ތިން ފޫޓޫ ދިގު ދަނޑިއެއް ޖަހާފައި ހުއްޓެވެ. އަދި އެ ދަނޑީގެ ކޮޅުގައި އޮތް ހުރަސް ދަނޑިއެއްގައި ހަތަރު ރާގުޑިއާއި، ހުދުކުލައިގެ ތުވާލިކޮޅެއް އަޅުވާލެވިފައި ހުއްޓެވެ. ރުކުން ފައިބައިގެންގޮސް އަލީގެ އަތުގައި އޮތް ރާދެގުޑިއާއި ރާގުޑި ސާފުކުރުމަށް ގެންގުޅޭ ފިންދަނޑިވެސް އެ ދަނޑީގައި އަޅުވާލިއެވެ. އެއަށްފަހު ތުވާލިކޮޅު ނަގާ މޫނުގައިވީ ދާތަށް ފުހެލިއެވެ. އަދި އަރުވާޖަހާފައިހުރި މުންޑުގަނޑު ރަނގަޅު ކޮށްލިއެެވެ. ހަމައެއާއެކު ކަނާތު ކޮނޑުމައްޗަށް ތުވާލިކޮޅު ލުމަށްފަހު، ދަނޑީގައި އަޅުވާލާފައިހުރި ރާގުޑިތަށް ދެއަތުން ހިފިއެވެ. ކޮންމެ އަތަކަށް ތިން ރާގުޑި ވާގޮތަށެވެ. ދެން ހިނގައިގަތީ އަތިރިމަގުން ތުނޑިއަށް ދިއުމަށެވެ. އޭނަގެ މުންޑުގެ ކަނާތްފަރާތުގައި ކުޑަ ފިޔޮށްސެއް ޖަހާލައިފައި އިނެވެ.

ރާވެރިއަލީގެ ހިނގުމުގައިވީ މަޑުމައިތިރިކަމެވެ. ކޮނޑާއި ހަމައަށް އޮތް ވަރުގަދަ, ބާނިލާފައިހުރި އިސްތަށިގަނޑުގެ ކަޅުކުލަ ގަދައެވެ. ލިބިފައިވަނީ ހަތަރެސްކަން މޫނެކެވެ. ލޮލުގެ ކަޅި ހުރީ މަޑު ޗޮކުލެޓު ކުލައިގައެވެ. އޭނަގެ މަތިމަހާއި ތުނބުޅި ހުރީ ކުރުކޮށް ކޮށާފައެވެ. މެދު މިނެއްގެ އިސްކޮޅަކާއި ހަށިގަނޑެއް ލިބިފައިވާ މީހެކެވެ. ހަމުގެ ކުލަ ދިވެހި ނަސްލުގެ މީހުންގެ ކުލައާއި އެއްގޮތެވެ. ހަށިގަނޑުގެ އެކި ހިސާބު ގައި އެކި ތޮތްގޮތުން ލިބިފައިވާ ޒަހަމްތަކުގެ ލަކުނު ހުއްޓެވެ.

ތުނޑިއާއި ހަމާލަށް ދެވުނުއިރު އޭނަގެ ދެ ދަރިން ކަމުގައިވާ ފަރީޝާ އާއި މޫސަ ދުވެ ސަކަރާތުގައި ކުޅެން އުޅުނެވެ. ދެކުދިންނަށް އަލީ ފެނުމާއިއެކު ކުޅުން ހުއްޓާލިއެވެ. އަދި ދުވެފައި އެކުދިންގެ ބައްޕަ ގާތަށް ދިޔައެވެ. އެހިނދު އަލީ ގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. ދެކުދިންނާ ދިމާލަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަލީގެ އަތުގައި ހުރި ރާގުޑިތަކުން ދެ ރާގުޑި ފަރީޝާ ހިފިއެވެ. އެއަށްފަހު ރަށުގެ ތުނޑިއަށް ނިކުތުމަށް ކޮށާފައިވި މަގުން ރަށުގެ އެތެރެއަށް ދިޔުމަށް, ތިން މީހުން އެކުގައި ހިނގައިގަތެވެ. މި ރަށުގައި އެމީހުން ދިރިއުޅޭ ގެއާދިމާލަށް ދިޔުމަށެވެ.

ރާވެރި އަލީ އާއި އޭނަގެ ދެކުދިންގެ ވަޒަނަކީ މި ކުޑަކުޑަ ނާއިންފަރަވެ. އެރަށަކީ އަލީގެ އުފަން ރަށްކަމުގައިވާ ށ.މަރޮށީގެ ހުޅަނގުން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. ނާއިންފަރަށް އަލީ ބަދަލުވީ އޭނަގެ ދަރިންގެ އުމުރުން އެންމެ ދެ އަހަރުގައެވެ. މަރޮށީގައި ދިމާވި ހާދިސާއެއްގެ ސަބަބުން، އެ ރަށުގައި އަލީއަށް އުޅެން އުނދަގޫވެގެންނެވެ. މިރަށަށް ބަދަލުވުމަށްފަހު، އެދެކުދިން ބަލާ ބޮޑު ކުރީ އޭނަގެ އަމިއްލަ މަސައްކަތުންނެވެ. އެއްވެސް މީހެއްގެ އެހީއަކާ ނުލައެވެ.

"ކޮއިފުޅާ، ބައްޕަ ބުނީމެއްނުދޯ އެގޮތަށް އަލިފާންގެރިއަށް ބަދަލު ނުވާށޭ. ދަރިފުޅަށް އެނގޭންނު ކީއްވެކަން ބައްޕަ މިހެން މިބުނަނީ؟"

ވަލުތެރޭގައި ކޮށާފައިވާ ހަނި މަގުން ދަމުން ރައިވެރި އަލީ އޭނާގެ ދަރިފުޅު މޫސާއާއި ވާހަކަދެއްކިއެވެ. މޫސާ އިސްޖަހާލައިފަ ހުރެ ބުންޏެވެ.

"އަޅުގަނޑު ބަދަލުވީ ތުނޑީގަ ހުރެފައޭ ބައްޕާ. ގަސްތަކުގެ އެތެރޭގަ ހުރެފައެއް ނޫނެއްނު؟"

ބިޔަ އަލިފާންގެރިއަށް ބަދަލުވުމުން ރަށުގެ ގަސްތަކުގައި ރޯވެދާނެތީ، ރަށުގެ ވަލުތެރޭގައި ހުރެ އަލިފާންގެރިއަށް ބަދަލު ނުވުމަށް އަލީ ވަނީ މޫސާގާތު ބުނެދީފައެވެ.

މޫސާ ދިން ޖަވާބުގެ ސަބަބުން، ރަށުގެ ހުޅަނގު ފަރާތުން ދިޔަ ރިޔާ ދޯނި އެކުދިންނަށް ފެނިފައި ނުވާކަން އެނގުނެވެ. މިހެންވެ އިތުރަށް ތުނޑީގައި ހިނގާދިޔަ ކަންކަމުގެ ވާހަކަ ދައްކަން އަލީ ބޭނުންމެއް ނުވިއެވެ. އަލީގެ ފަހަތުން އެ ދެކުދިންވެސް މަޑު ހިނގުމެއްގައި ގެއާދިމާލަށް ދިޔައެވެ.

އެމީހުން ދިރިއުޅޭ ގެ ހުންނަނީ ރަށުގެ މެދާކަށް ހިސާބުގައެވެ. ތެޅިގަލާއި އުވަ ބޭނުންކޮށްގެން ހަދާފައި ހުރި އެ ގޭގައި, ތިން ކޮޓަރިއާއި, ގިފިއްޔަކާއި, މައިގެއެއް ހުރެއެވެ. މި ގެ ހިޔާކޮށްފައިވަނީ, އިރުމައްޗަށާއި ހުޅަނގަށް ވާގޮތަށް ފަނުގެ ފުރާޅަކުންނެވެ. ގޭގެ އުތުރުފަރާތުގައި މާދުރުނޫން ހިސާބެއްގައި ކާގެއަކާއި ބަދިގެއެއް ހަދާފައި ހުރެއެވެ. އެ ދެގެވެސް ހަދާފައިވަނީ ތެޅި ގަލުންނެވެ. ހިޔާކޮށްފައިވަނީ ފަނުގެ ފުރާޅަކުންނެވެ. އަލީމެން ދިރުއުޅޭ ގޭގެ އިރުމަތީފަރާތުގައި ގެއާ ވަރަށް ދުރުގައި ވީރާނާވެފައިވާ ފަންގެއެއް ހުއްޓެވެ.

ތިންމީހުންނަށް ގެއާއި ހިސާބަށް އާދެވުނުއިރު ގާތްގަނޑަކަށް ހަވީރު ފަހެއް ޖަހާދާނެއެވެ. ގެއަށް އައިސް އަލީ ވަނީ ބަދިގެއަށެވެ. ބަދިގޭގެ އުތުރުފަރާތުގައި މަހަށް ދިލަ އަރުވުމަށް ހަދާފައި ހުންނަ ކަހަލަގެ ދުމަށްޓެއް ހުއްޓެވެ. އެދުމަށީގެ ދަށުގައި އަޅިން ހަދާފައި ހުރި ދެ އުނދުން ހުއްޓެވެ. އުނދުނުގެ މަތީގައި އެއްޗެހި ކެއްކުމަށް، މުށި ދެ ތެލި ބަހައްޓާފައި ހުއްޓެވެ. ބަދިގޭގެ އެއްފަރާތުގައި މުށި ރުނބާތަކަކަށް ދިޔާހަކުރު އަޅާފައި، ހިނިފަދަ ކުދި ސުއިއްޕަށް ނުވަދެވޭނެހެން މަތީގައި ކެޔޮފަތް އޮޅާ ރޯނުން ބަނދެފައި ހުއްޓެވެ. އަލީ ގެނައި ރާގުޑިތަށް ބަދިގޭގައި، ރާގުޑި އަޅުވަން ހަދާފައިހުރި ހަރެއްގައި އެޅުވުމަށްފަހު ނިކުތެވެ. އެއިރު ފަރީޝާ އަތުގައި އޮތް ދެރާގުޑި ގެނެސް ކާގޭގައި އަޅުވާލުމަށްފަހު, ދެކުދިން ގޭގެ ކުރިމަތީގައި ހަދާފައިހުރި ޖޯލިފަތީގައި އިށީންނަނީއެވެ. ތިން ޖޯލީގެ އެ ޖޯލިފަތި ހަދާފައި ހުރީ ފަންތޮށްޓާއި ގަސްގަހުގެ ދަނޑިންނެވެ. ޖޯލިތަށް ގަތާފައިހުރީ ދިއްގާގަހުގެ ވަކައިންނެވެ.

ދެކުދިންނަށް ހަވީރުގަޑީގައި އެއްޗެއް ކެއުމަށް އައުމަށް ގޮވުމަށްފަހު އަލީ ވަނީ ކާގެއަށެވެ. ކާގޭގެ މެދުގައި، އޮށިން ހަދާފައި ހުރި މޭޒެއް ހުއްޓެެވެ. އެމޭޒުގެ ދެފަރާތުގައި އޮށިން ހަދާފައިހުރި ދިގު ދެގޮނޑި ހުއްޓެެވެ. އަލީގޮސް މޭޒުމަތީގައި ހުރި, ކަށިކެޔޮ ފަތުން ވިޔެފައިވާ ވައްޓަކުން ހިއްކާފައިހުރި ބަނބުކެޔޮ ކޮޅެއް ނެގިއެވެ. އަދި ހަމަ އެކަހަލަގެ ވައްޓަކުން ހިއްކާފައި ހުރި ކަޑުމަސްވެސް ނެގި އެވެ. އެއަށްފަހު ތަށި ބެހެއްޓުމަށް ކާގޭގައި ހަދާފައިހުރި ހަރަކުން, މުށި ދެތަށި ނަގާފައި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ކޮންމެ ތަށްޓަކަށް ހިއްކާފައިހުރި ބަނބުކެޔޮލާއި ހިކިމަސް އެޅިއެވެ. އެއަށްފަހު މުށި ދެޖޯޑު ނެގުމަށްފަހު ފަރީޝާ ގެނައި ރާގުޑިއަކުން ދެޖޯޑަށް ރާއެޅުމަށްފަހު, މުށި ދެތަށި ކައިރީގައި ބެހެއްޓިއެވެ.

ފަރީޝާއާއި މޫސަވެސް ކާގެއަށް އައެވެ. ހުޅަނގަށް ހުރި ދިގު ގޮނޑީގައި ދެކުދިން އިށީނުމުން އަލީވެސް ދެންހުރި ގޮނޑީގައި އިށީނެވެ. ފަރީޝާއާއި އަލީ ކާން ފެށިއެވެ. މޫސައިނީ އެމީހުން ކާތަން ބަލާށެވެ. ކެމުގެ ތެރެއިން އަލީ އެކުދިންނާ ވާހަކަދެއްކިއެވެ.

”ދަރިފުޅުމެންނޭ. މިހާރު ކުދެލި ބައްތި ތަކަށް އަޅާ މިޔަރުތެޔޮ ހުރީ ހުސްވާން ގާތްވެފަ. ބައްޕަ އެބަ ވިސްނަން ކައިރި ރަށަކަށް ގޮސް ދިޔާހަކުރު ވިއްކައިގެން ތެޔޮކޮޅެއް ލިބޭތޯ. މާދަމާ ވީންނު ދެކުނުގެ ރަށަކަށް ދިޔުމަށް ދަތުރު ހަދަން. ވައިވެސް ޖެހެނީ ދެކުނުގެ ރަށްތަކަށް ދާން ފަސޭހަގޮތަކަށްނު.“

”އަޅުގަނޑު އެހާ ދާހިތެއްނެތް ބައްޕާ. ކޮންމެ ރަށަކަށް ދިޔަސް މީހުން އަހަރަމެންނަށް ކަންތައް ކުރަނީ އިހާނެތިކޮށެއްނު.“

ހިކި މަސްކޮޅެއް ކާލަމުން ފަރީޝާ ޖަވާބުދިނުވެ. ފަރީޝާގެ ވާހަކަ ނިމުމުން އަލީގެ ކަނާތުއަތުން ރާ ޖޯޑު ނަގާފައި ރާ ފޮދެއް ބޯލުމަށް ފަހު ބުނެލިއެވެ.

”ކަނބުލޯ ފަރީޝާ. އަހަރަމެންނަށް އެމީހުން އިހާނެތިކޮށް ހިތާފިނަމަ ކަންކުރަންވީ ގޮތް ބައްޕަ ކިޔައިދިނީމެއްނުދޯ. އެހެންނޫނަސް ބައްޕައަކަށް ހިޔެއްނުވޭ ދެކުނުގެ މީހުން އެހާ ގޯސްވެދާނެ ހެނެއް.“

”ތިހެންވީއިރު އަޅުގަނޑުގެ މައްސަލައެއްނެތް. އެކަމަކު ކޮއްކޮވެސް ދަންޏާ އަޅުގަނޑު ދާނީ. މޫސާ ދާނަންތަ؟“

މޫސާއާދިމާއަށް ބަލާލުމަށްފަހު ފަރީޝަ އަހާލިއެވެ. އެހިނދު މަޖާ ރާގަކަށް ހިނިތުންވެލާފައި މޫސާ ޖަވާބުދިނެވެ.

”ދޮންތަ ދަންޏާ އަޅުގަނޑުވެސް ދާނެއްއްނު ދޯ.“

މޫސާގެ އެ ޖަވާބުން އަލީގެ މޫނުމަތިންވެސް އުފާވެރިކަން ފެނުނެވެ. ކައިނިމުމުން އަލީގެ އެދުމުގެ މަތިން ފަރީޝާއާއި މޫސާ ދިޔައީ އަތިރިއަށް އަކިރި ހޮވާށެވެ. އިރު އޮށްސުމުން ގެއަށް އަންނަގޮތަށް ސަރުތުކޮށްފައެވެ. އަލީ ދެން އަވަސްވެގަތީ ބަދިގެ ކައިރީގައިހުރި ވަޅުން ފެންނަގައިގެން ތަށިތަށް ދޮވެ ސާފު ކުރުމަށެވެ. އެއަށްފަހު ދިޔައީ ގިފިއްޔަށް ވަދެ ފެންވަރާށެވެ.

ގިފިލީގެ އިރުމަތީ ކަނުގައި ފެންނަގަން ވަޅެއް ހަދާފައި ހުއްޓެވެ. އެވަޅު އެހާ ފުނެއްނޫނެވެ. ވަޅުގެ ވަށައިގެން ތިން ފޫޓު އުސް ތެޅިގަލުގެ ފާރެއް ރާނާފައި ހުއްޓެވެ. ފެންވަރާ ނިމިގެން އެގޭގެ ދެކުނުނަށް ހުރި ދެ ކޮޓަރިން އިރުމައްޗަށް ހުރި ކޮޓަރިއަށް ވަނެވެ. ގިފިލިން މި ކޮޓަރިއަށް ވަންނަން ދޮރެއް ހުރެއެވެ. އެ ކޮޓަރީގެ ދެކުނު ފާރުން އުތުރު ފާރަށް އަންނައުނު އެޅުވުމަށް ރޯނުތަކެއް ދަމާފައި ހުއްޓެވެ. އެ ރޯނުތަކުގައި އަލީއާއި ފަރީޝާގެ އަންނައުނުތައް އަޅުވާފައި ހުއްޓެވެ. ނަމަވެސް މޫސާގެ އެއްވެސް އަންނައުނެއް އެ ރޯނުތަކަކު ނެތެވެ.

ރޯނުގައި އަޅުވާފައި ހުރި ހުދާއި ނޫކުލައިގެ މުންޑެއް އަލީ އަނދުނެވެ. އަދި އަޅިފުސް ކުލައިގެ ޓީޝާޓެއް އަލީ ލިއެވެ. އެއަށްފަހު އެ ކޮޓަރިން ނިކުމެގެން މައިގެއަށް ދިއައެވެ. މައި ގޭގެ އިރުމަތީފަރާތުގައި އޮށިން ހަދާފައިވާ ކުޑަ އެނދެއްހުއްޓެވެ. އެއަށީގެ މަތީގައި ކަށިކެޔޮފަތުން ވިޔެފައިވާ ސާންތިއަކާއި, ހުދު ކުލައިގެ ފޮތީގެ ކަންނެޔޮއަކާއި ދެބާލިސް އޮތެވެ. އެނދުގެ ބޯލާ ކޮޅުގައި އޮށިން ހަދާފައި ހުރި ތިން ގޮނޑި ބަހައްޓާފައި ހުއްޓެވެ. އަދި މައިގޭގެ ހުޅަނގު ފަރާތުގައި އޮށިން ހަދާފައިހުރި މޭޒެއް ހުއްޓެވެ. އެ މޭޒާއި ވީ ދިމާ މަތީގައި ބޮޑު ކުދެލި, މިޔަރުތެޔޮ ބައްތިއެއް އެލުވާފައި ހުއްޓެވެ. އެ ކުދެލީގެ އެތެރޭގައި އުއި ފުއްތަކެއް ކުދެލީގެ އެކި ފަރާތްތަކަށްވާހެން އެލިފައި ހުއްޓެވެ. މައިގޭގެ ހުޅަނގު ދޮރުން ނުކުމެގެންގޮސް ގޭބޭރުގައި ހުރި ޖޯލީގައި އަލީ އިށީނެވެ. އެއިރު އިރު އޮށްސެން ގާތްވަނީއެވެ.

ފަރީޝާއާއި މޫސާ އަތިރިމަތީގައި އަކިރި ހޮވަން އުޅުނެވެ. އެއިރު އުޑުމަތީގައި ވީ ވިލާތަކުގައި ހުރީ އޮރެންޖު ކުލަ އަރާފައެވެ. ހީވަނީ އުޑުގައި ރޯވެފައި ހުރި ހެނެވެ. ނަމެވެސް އެރީތި މަންޒަރު ބަލަން ނުތިބެ އެދެކުދިން ގެއަށް ދިއުމަށް ހިނގައިގަތެވެ. އެކުދިންނަށް އެ މަންޒަރު ފެނިފެނި ބާވެފަ ހުރި ކަހަލައެވެ.

ދެކުދިން ސަކަރާތުގައި ގެއާ ހިސާބަށް ދެވުނުއިރު އިރު އޮށްސި އަނދިރި ވަނީއެވެ. ގެނައި އަކިރިތަށް ބަދިގެއަށް ލުމަށްފަހު ދެކުދިން ގެއަށް ވަނެވެ. ގެއަށް ވަދުނުއިރު އެކުދިންގެ ބައްޕަ އުޅުނީ އޭނަގެ ކޮޓަރީގައެވެ. އަލީގެ ކޮޓަރިއަކީ ގޭގެ އުތުރުގައި ހުންނަ ކޮޓަރިއެވެ. އެ ކޮޓަރީގެ އުތުރު ފަރާތުގައި މައިގޭގައި ހުންނަ ކަހަލަގެ އެނދެއް ހުއްޓެވެ. އެއެނދު ތަންދަށުގައި ބޮޑު ފޮއްޓެއް ހުރެއެވެ. އަލީ އިނީ އެ ފޮށި ނެރެގެން އެއިން އެއްޗެއް ހޯދާށެވެ. ދެކުދިން ފެނުމުން ފެންވަރަން ދާށޭ ފަރީޝާ ގާތު ބުންޏެވެ.

ފަރީޝާ ފެންވަރައިގެން ނިކުމެ ނޫ ލިބާހަކާއި ކަޅު ކަނޑިއްކެއް ލިއެވެ. އެއަށްފަހު އެކުދިންގެ ކޮޓަރިކަމުގައިވި ދެކުނުފަރާތުގައި ދެކޮޓަރިން ހުޅަނގަށްވީ ކޮޓަރިއަށް ދިއައެވެ. އެއިރު އަލީގެ އެހީއާއެކު މޫސާ އުޅެނީ ކޮޓަރިތަކުގައާއި މައިގޭގައި އެލުވާފައިހުރި ބޮޑު ކުދެލި ބައްތިތަށް ދިއްލާށެވެ. މައިގޭގައި ހުރި ގޮނޑިއެއް އަލީ ގެންގޮސް ބައްތި ދަށުގައި ބެހެއްޓުމުން އެއަށް އަރާހުރެއެވެ. އެސޮރުގެ އަތުން އަލިފާން ހުޅެއް އުފެއްދުމަށްފަހު ކޮންމެ އުއި ފުކަކު ރޯކުރަމުން ދިއައެވެ. އިސާހިތަކު މައިގެއާއި ކޮޓަރިތަށް އަލިފާނުގެ އަލިން ދިއްލާލިއެވެ.

މޫސައާއި ފަރީޝާ ނިދާ ކޮޓަރީގައިވެސް މައިގޭގައި ހުންނަ ކަހަލަގެ ދެ އެނދު ހުރެއެވެ. އެއް އެނދު ހުންނަނީ ހުޅަނގު ފަރާތުގައެެވެ. އަނެއް އެނދު ހުންނަނީ އިރުމަތީ ފަރާތުގައެވެ. ކާގޭގައިހުރި ބައްތި ދިއްލާ ނިމުމުން މޫސާ ދިއައީ ކޮޓަރިއަށެވެ. އަލީ ދެން އަވަސްވެގަތީ ރޭގަނޑުގެ ކެއުން ތައްޔާރުކުރާށެވެ.

އިޝާ ވަގުތަށް ފަހު ތިންބެއިން އެއްކޮށް ކެއުމަށް ކާގެއަށް ދިއައެވެ. މޭޒުމަތީގައި ކެއުމަށް ބަނބުކެޔޮ މޮޑެވަފައި ހުއްޓެވެ. އަލީއާއި ފަރީޝާ ކައި ނިމެންދެން މޫސާވެސް ކާގޭގައި އިނެވެ. މާދަމާގެ ދަތުރު ފަށަން ހަމަޖެހިފައި އޮތީ ވީހާވެސް ހެނދުނާއެވެ. މިހެންވެ ދެކުދިން ކައިނިމިގެން ދިޔައީ ނިދާށެވެ.

ތަށިތަށް ދޮވުމަށް ފަހު, މިއަދު ގެނައި ރާތަށް ފޮނުފޮޅުވާލުމަށް ބަދިގެއަށް އަލީ ވަނެވެ. ތެޔޮބައްތިއެއްގެ އެހީގައި އުނދުން ރޯކުރުމަށްފަހު ރާކޮޅު ކުޑަކޮށް ކެކިލަންދެން ދަރު އެޅިއެވެ. އެއަށްފަހު އުނދުން ނިއްވާލުމަށްފަހު ތެލީގެ މަތިން ލަކުޑި ފިޔަނެއް ޖެހުމަށްފަހު ގެއަށްވަނެވެ. ދެކުދިންގެ ކޮޓަރިއަށް ބޯދީ ބަލާލިއިރު އެކުދިން ތިބީ ނިދާފައެވެ. އަލީވެސް ނިދޭތޯ ބެލުމަށް މައި ގޭގައި ހުރި އެނދުގައި އޮށޯވެލިއެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ވިސްނެނީ މިއަދު ހަވީރު ވަގުތު ފެނުނު ރިޔާ ދޯނި އެދިޔަ ރަށާއި މެދުއެވެ. އިރު ކޮޅަކު ވިސްނަން އޮވެފައި އެނދުން ތެދުވެގެން އޭނަގެ ކޮޓަރިއަށް ދިއައެވެ. އެނދު ތަންދަށުގައިހުރި ފޮށިން ކަށިކެޔޮފަތްތަކެއް އެއްފަތާއި އަނެއްފަތް ގުޅުވައިގެން ހަދާފައިއޮތް ދިގު ޗާޓެއް ނެގިއެވެ. ދިވެހި ރާއްޖޭގެ ޗާޓެކެވެ.

އެ ޗާޓު ހިފައިގެން ގޮސް މައިގޭގައި ހުރި މޭޒުމަތީގައި އެ ޗާޓު ފަތުރާލިއެވެ. އަދި ނާއިންފަރުން ގާތްގަނޑަކަށް 27 ކިލޯމީޓަރު ދުރުގައިވާ އަލިފުށީގައި އިނގިލި ޖެއްސިއެވެ. އަދި ދިގު ދެލިގަނޑެއް ނަގައި އެރަށުގައި ބޮޅެއް އަޅާލިއެެވެ. އެޗާޓަށް ނަޒަރު ހިންގާލުމުން ފެނިގެން ދިޔައީ ށ އަތޮޅުގެ ވަރަށް ގިނަ ރަށްތަކުގައި ކަޅުދެލިން ބޮޅު އެޅުމަށްފަހު ރަސްގެ ފާހަގަ ޖަހާފައި ހުރި ތަނެވެ. އަލީ އެ ޗާޓު އޮޅާލުމަށްފަހު ފޮށީގެ ތެރެއަށްލިއެވެ. އެއަށްފަހު ނިދޭތޯ އޭނަގެ ކޮޓަރީގައި ހުރި އެނދުގައި އޮށޯތެވެ. އިސާހިތަކު އޭނައަށްވެސް ނިދުނެވެ.

-ނުނިމޭ-

  Please log in or register to bookmark.
  3k

  24 ޚިޔާލު

  1. މިބައި ވަރަށް ކަމުދިޔަ.
   "ތައް" ލިޔާ އިރު އިންނާނީ އަލިފު ސުކުނެއް އިނގޭ.
   ރަނގަޅު ކޮށްލައްޗޭ. ✌️✌️

  2. ވަރަށް އުފެއްދުންތެރި ވަރަށް ކަމުދޭ

  3. މި ސައިޓުގައި ދެން އެއްްވެސް ވާހަކަ އެއް ޝާއިއު ނުކުރާނެތަ؟ ޙަތްފާއެއްވީ ސައިޓުގެ ހަބަރެއް ދަބަރެއް ނެތް

  4. އެޑްމިން... ކީއްވެގެންތަ މި ސައިޓަށް ވާހަކަތައް އަޕްނުވަނީ.. މިހާރު ހަފްތާއެއްވަނީ އާ ވާހަކައެއް އަޕްނުވާތާ.. މި ސައިޓް މިހާރު ވަރަށް ފީކަޅާވެއްޖެ..

  5. ކޮންއިރަކުންތައް 2 ވަނަ ބައި ކިޔާލަން ލިބޭނީ؟؟🥺

  6. ވާހަކައިގެ 2 ވަނަ ބައި ކިޔާލަން ލިބޭނީ ކޮންއިރަކުންތައް؟

  ޚިޔާލު

  Your email address will not be published.

  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy
  Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy