އޭރު އަހަންނަކީ 19 އަހަރުގެ އަންހެން ކުއްޖެކެވެ. އަހަރެން ދިރިއުޅެމުން ދިޔައީ އުފާވެރި އާއިލާ އަކާ އެކުގައެވެ. އަހަންނަކީ މީހުން ބުނާ ގޮތުގައި ކުރު ނަމަވެސް ރީތި ހިމަ ހަށިގަނޑެއް ލިބިފައިވާ ދޮން ކުއްޖެކެވެ. އަހަންނަށް ލިބިފައި ވަނީ ރާއްޖޭގެ ވަރަށް މަދު ކުއްޖަކަށް ނޫނީ ލިބިފައި ނުވާ ފަދަ އިސްތަށިގަނޑެކެވެ. އަހަރެންގެ އިސްތަށިގަނޑުގައި ހުންނަނީ އޮރެންޖް ކުލައެކެވެ. އެއީ އަހަރެންގެ ރީތިކަމާއި ފުރިހަމަކަން އިތުރު ކޮއްދޭ އެއްކަމެވެ. ގިނަ މީހުންގެ ލޮލުގައި އަޅައިގަންނަނީ އަހަރެންގެ އިސްތަށި ގަނޑެވެ. މިހާރުވެސް މިއޮއް ބޮޑު މާލޭގައިވެސް އަހަންނަށް ހިތްއެދޭ އެތަށް ފިރިހެން ކުއްޖަކު އުޅޭނެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން ތައްޔާރު ވަމުން ދިޔައީ ރައްޓެއްސަކާއިއެކު ހިނގާލަން ދިއުމަށެވެ. އަހަރެން ރެޑީ ވެލައިގެން ނިކުތް އިރު މީރާ އަހަރެން ބަލައި އައިސް ހުއްޓެވެ. "މިހާރު ކޮން އިރެއްތަ މިތާ ހުންނަތާ.. މި ޔޫޝް އަދި ވަރަށް ތަތް ވާނެ.." މީރާ ހެމުން ބުނެލިއެވެ. "ދެން ވެސް މާ ވާހަކަ ގިނަ ނުކޮށް ހިނގާބަލަ ދާން.."
ދެމީހުން ހިނގަމުން ގޮސް ރަސްފަންނު ބީޗާ އަރާ ހަމަވުމުން މީރާ ބުންޏެވެ. "އޭ.. ބަލާ އެހެރަ ސޮރެއް ހާދަ ހޮޓޭ ދޯ.... ވާވް.." އަހަރެން މީރާ ދެއްކި ދިމަ ބަލައިލި ވަގުތު ފެނުނީ ހުދު ކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ހުރި އެހާމެ ރީތި ފިރިހެނެކެވެ. އޭނާ ބަލަހައްޓައިގެން ހުރީ ސީދާ އަހަރެންގެ މޫނަށެވެ.
"އައްދޭ.. އަދި ތިވަރުވާކަށް ނުވޭ..." އަހަރެން އެމީހާއާ ދިމަ ބަލަން ހުރުމުން މީރާ ޖެއްސިލިއެވެ. "ހްމްމް.. ދެން.." އަހަރެން ހިނގައިގަތީ ދުރަށެވެ. "އޭ.... މަގޮވައިގެންދާން މަޑުކުރޭ.." މީރާ އަހަރެން ފަހަތުން ދުއްވައިގަތެވެ. "އޭއި... މަށަށް ހީވަނީ ޔޫޝް އަށް އޭނަ ކަމުގޮއްސިހެން ދޯ؟؟..." "ދެން އެހާ ރީތި ކުދިން ފެނުނީމަ ކަމުދާނެދޯ... އޭނަ ހާދަ ރީއްޗޭ..." "މަށަށް ހީވަނީ އޭނައަށް ވެސް ޔޫޝް ކަމުދާނެހެން... ޔޫޝް ކަހަލަ ރީތި ކުދިންދޯ އެކަހަލަ ރީތި ސޮރުންނަށް ކަމުދާނީ..." މީރާ ހިނިގަނޑެއް ޖަހައިލިއެވެ. "އޭ.. އެއީ ކޮން ސޮރެއްތޯ ހޯދައިދެންތަ؟؟؟ އަހަރެން އެކަހަލަ ކަންކަމަށް ވަރަށް މޮޅުވާނެ... ޔޫޝްއާ ސެޓް ވެސް ކޮއްދީފާނަން.." "އޯއެމްޖީ ޔެސް....... އޭނަ ޔޫޝްއާ ރައްޓެހި ވިއްޔާތާ..." "ހާސް ނުވޭ ތިކަން ވެދާނެ.." ދެމީހުން ވާހަކަ ދައްކަމުން ދަނިކޮށް ބަންގި ގޮވުމުން އަހަރެން ދަނީކަމަށް ބުނެ ގެއަށް ދާން ހިނގައިގަތީމެވެ. މީރާގެ ގޭ ކައިރީ ހުރުމުން މީރާ ގެއަށް ވަނެވެ. އަހަރެންގެ ގޭ އިންނަނީ މީރާމެންގެއާ ވަރަށް ދުރުގައެވެ. އެހެންކަމުން އަހަރެން ޓެކްސީ އެއްގައި ދިއުމަށް ނިންމީމެވެ.
އަހަރެން ކައިރިއަށް މަޑުކުރީ މީހަކު އަރައި އިން ޓެކްސީއެކެވެ. ނަމަވެސް އަހަންނަށް އަރަން ތަން އޮތުމުން މަޑުކުރީއެވެ. އަހަރެން ޓެކްސީއަށް އަރާ ހަމަޖެހިލީމެވެ. އަދި ޑްރައިވަރު ގާތު ދާންވީތަން ބުނެ އަހަރެންގެ ކައިރީއިން މީހާއަށް ބަލައިލީމެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަހަރެންގެ ކައިރީ އިނީ އަހަންނަށް ރަސްފަންނުން ފެނުނު މީހާއެވެ. އޭނާއަކީ އަހަރެން ކަހަލަ ދޮން މީހެކެވެ. ނަމަވެސް އޭނާގެ އިސްތަށިގަނޑުގައި ވަނީ ގަދަ ކަޅުކުލައެކެވެ.
"ހައި... ކޮންނަމެއްތަ ކިޔަނީ؟؟؟" އަހަރެން ސިއްސައިގެން ދިޔައީ އެމީހާ އަހަންނާ ވާހަކަ ދައްކަ ފެށުމުންނެވެ. "ޔޫޝާ.." އަހަރެން މަޑުމަޑުން ބުނެލީމެވެ. "އަހަންނަށް ކިޔަނީ ލަޔާން... މީހުން ކިޔާނީ ޔާން... އެންމެ ރަނގަޅު ޔާން ކިޔަސް... އޯކޭދޯ ޔޫޝާއަށް ޔޫ ކިޔަސް.. ނިކްނޭމްއެއް މިދިނީ.... މިހާރު އަހަރުމެން ދެމީހުން މިއީ ފްރެންޑްސް..."ލަޔާން އޭނާގެ ނަންބަރުދެމުން ބުނެލިއެވެ. އަހަރެން ހިތަށް އެރިއެވެ. ނުދަންނަ މީހަކު މިހާގާތްކޮށް ވާހަކަ މިދައްކަނީ ކީއްވެބާއެވެ؟ އޭނައަކީ މީހުންނަށް ވަރަށް ރަނގަޅު މީހެއްތާއެވެ؟ ނޫނީ ރަސްފަންނުން ފެނުމުން މާވަރަކަށް ބެލީމަ ކަމަށްވެސް ވެދާނެއެވެ؟
-ނުނިމޭ-
މިއީ އަޅުގަނޑުގެ ފުރަތަމަ ސިލްސިލާ ވާހަކައެވެ. އެހެންކަމުން ކުށް ހުރުން އެކަށީގެން ވެއެވެ. ވާހަކައިގަވާ ކުއްތަކަށް ކިޔުންތެރިންގެ އަރިހުން މައާފަށް އެދެމެވެ.
ދެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ! ☺️💖
❤️
☺❤
❤️❤️👍👍😊😊☺️☺️
😊❤
ވާވް👍😍
Very nice story ⭐
ވަރަށް ރީތި