ވާރިޝް އާއި އެކު ރަޔާން ގެޔަށް ވަނުމަށް
ހުރަަސް އެޅީ ފޯނެއް އައުމުންނެވެ.ރަޔާން ފޯނު ނެގީ
އެއީ ނައުޝަމަށް ވާތީއެވެ.ރަޔާން ފޯނު ހިފައިގެން ބޭރުގަ
އި މަޑުކޮށްލިއެވެ.ހަލޯ..ހާދަ ލަހޭ. ނައުޝަމް ޝަކުވާ
ކުރިއެވެ.ސައިކަލު ޕެޓުރޯލު ހުސްވެގެންނޭ.. ރަޔާން ބުންޏެވެ.މަ މިއަންނަނީ ކައެ ބަލާ. ނައުޝަމް
ގެއިން ބޭރަށް ނުކުމެ ސައިކަލަށް އެރިއެވެ
މި ނައުޝަމާއި ހެެދި ލިބުނު ފުރުސަތުވެސް މި
ދިޔައީ.. އެހެންނޫންނަމަ ޒައި އާ ދިމާވީސް. ރަޔާން
ހިތުން ކިޔާލިއެވެ.ނައުޝަމް އެބަ އާދެޔޯ ބަލާ.ފަހުން
އަންނާނަން އަދި މިގެޔަށް.. ރަޔާން ވާރިޝް އާއި
.ވާހަކަ ދެއްކިއެވެ
މާ ގިނަ އިރުތަކެއް ނުވެ ނައުޝަމް އައިސް
ރަޔާން ގޮވައިގެން ދިޔައެވެ.ރަޔާން ސައިކަލު ހަވީރު
ފިނިޖެހުމުން ނަގުމަށްޓަކައި ބެހެއްޓުމަށްފަހު
ނައުޝަމާއި އެކު ދިޔައީ އޭނާގެ ގެޔަށެވެ
ހަވީރު ވަގުތު އައިސް ޖެހުނު އިރުވެސް
ނައުޝަމާއި ރަޔާން ތިބީ ތާސްކުޅުމުގައިއެވެ.އޭއި ދެން
ހިނގާ މަގޭ ސައިކަލަށް ޕެޓުރޯލު އަޅަން.ފަހަރަކު
ޒައިނާ ވެސް އެހިސާބުން ފެނިދާނެ އެންނު... ރަޔާން
ބުންޏެވެ
އާ ހިނގާ.. އެންމެ ކެރޭ މީހާ ވިއްޔާ ތީ
ގޮސް ބުނެބަލަ ކެރެންޏާ ލޯބި ވާ ވާހަކަ އޭނަ ކައިރީ
އޭރުންތާ އޭނަ ވަންޏާ ވެސް އިނގޭނީ.. ނައުޝަމް
ދިމާކޮށްލިއެވެ.އިލްޔާ ކައިރި ކަލޭ ފުރަތަމަ އަހަންވީނު
ދޯ؟؟ ރަޔާން ސަމާސާ ކުރަމުން ނައުޝަމަދޯ އެއްލިއެވެ
އިލްޔާ ގޮސް ކޮޓަރީ އޭސީ ޖައްސާލިއެވެ
އަދި ބުރުގާ ނެގުމަށްފަހު، އެނދުގައި އޮށޯވެލިއެވެ
އަދި ބުލޭންކެޓުން މީހާ ނިވާވެގަތެވެ.ހަވީރުގެ ވަގުތުގައި
ފޫހި ކަމުން އިލްޔާ ބޭނުންވީ ކުޑަކޮށް ނިދާލުމަށެވެ
ރަޔާން އާއި ނައުޝަމް ގޮސް ސައިކަލުގެ ކައިރި
އަށް މަޑުކޮށްލިއެވެ.ރަޔާން ނައުޝަމްގެ ސައިކަލުން އެރި
ގެން ގޮސް ޕެޓުރޯލު ހުސްވެފައިވާ އަމިއްލަ ސައިކަލު
.ނަގާ ހިނގާފައި ސައިކަލު ދަމަމުން ހިނގައިގަތެވެ
ރަޔާން ހުއްޓުން އެރީ ކުރިމަތިން ހިނގާފައި
އަންނަ އަންހެން ކުއްޖާ ފެނުމުންނެވެ.އެއީ އޭނާގެ ހިތް
ކަތިލާފައި ވާ ޒައިނާ އެވެ.އެއީ އެނޫން ދެވަނަ ސޫރައެއް
ނޫނެވެ.އޭއި! ރަޔާން ބުނީ ވަރަށް ރީއްޗޯ ޒައި..!ނައުޝަ
މް ގޮވާފައި ޒައިނާ ގާތު ބުނުމުން ލަދުންހުރެ އަވަހަށް
.ގޮސް ގެޔަށް ވަނީ އިތުރު އެއްްޗެއް ނުބުނެއެވެ
ހުވާ މި ކުރަނީ ގޮސް ވަގުތުން އިލްޔާ
ކައިރީ ކަލޭގެ ވާހަކަ ބުނާނަން.. ރަޔާން ރުޅި އަންނަ
ގޮތް ވިއެވެެ.ރަޔާނަންނު ފައިދާ ލިބުނީ..މިހާރު
އޭނަ އަށް އިނގޭނެ އެންނު ރަޔާން އޭނަ ދެކެ ލައިކު
ވާކަން. ނައުޝަމް ރަޔާން ހައްދާލިއެެވެ
************* އެއް މަސް ފަސް
ރަޔާން އަށް ހޭލެވުނީ މީހަކު ކޮޓަރީ
ދޮރުގައި ޓަކިޖަހާ އަޑަށެވެ.ރަޔާންއަށް އެއީ އިލްޔާ ކަން
ޔަގީން ވިއެވެ.ގޮސް ދޮރު ހުޅުވާލިއިރު ހުރީ ހަމަ އިލްޔާ
އެވެ.މަންމަމެން ބުނި ކޮންމެވެސް ކަމަކު އަވަހަށް އާދެ
ބަލާށޯ.... އިލްޔާ އެހެން ބުނުމުން ރަޔާން އަވަސްވެގަތީ
ފާހާނައަށް ވަންނާށެވެ.ދަތް އުނގުޅައިގެން ހެދުން
.ބަދަލު ކޮށްގެން ރަޔާން ބޭރަށް ނުކުތެވެ
ރަޔާން ގޮސް ސޯފާގައި އިށީނެވެ.އިނގޭތަ
ރަށުތެރޭ މި އަޑު އިވޭ ވާހަކަ؟؟؟ ރަޔާންގެ މަންމަ ފަހީމާ
ބުންޏެވެ.އިލްޔާ އަށް ވެސް އެ ބުނަން އުޅޭ ބޮޑު ސިއްރު
ނޭނގޭ ހާލު އަޑުއަހަން އިނީ ކެތްމަދު ވެފައި އެވެ
ނައުޝަމް މި ރަށު ރީމް ގެ ގައިގައި
ނުރުހުމުގައި އަތްލީ އޯ.. އޭނަ މަންމަ އަށް ފަޅާއެރީޔޯ
ރީމް ގަޔަށް ނައުޝަމް އަރައިގެން އުޅެނިކޮށް..މުޅި
ރަށުގައި ކާޅު ގޮވާހެން އެބަ ގޮވާ އެހެން ކިޔާފަ
ފަހީމާ ބުނި ވާހަކަ ތަކުން ރަޔާން އާއި ނައުޝަމްގެ
ލޯތްބައް އިންތިޒާރުކުރަމުން ދާ އިލްޔާ އަށް ވެސް
.ޝޮކެއް ލިބުނެވެ
ކީކޭ.. ހަމަ އަސްލުވެސްތަ؟؟ އެކަމު ކުރިން
ނުވެސް އެނގޭ އެކަހަލަ ކަންތައް ނައުޝަމް ކުރާކަމެއް
ހަމަ އަސްލުވެސްތަ؟؟ ރަޔާން އިނީ ގަބޫލު ކުރަންދަތި
ވެފައިއެވެ
.ރަޔާން ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ
ނައުޝަމް އެކަހަލަ ކަމެއް ކޮށްފާނެބާ؟؟ . ނައުޝަމަކީ
ކުދިން ގަޔަށް އަރާ މުޑުދާރު މީހެއްބާ؟؟ މިފަދަ އެތަށް
ސުވާލުތަކެއް ރަޔާންގެ ބޮލުގެރޭގައި އުފެދެމުން ދިޔައެވެ
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ
ރަޔާންގެ ލޯބިވާ ކޮއްކޮ އިލްޔާ އެތެރެއަށް ވަދެގެން އައެ
ވެ.އަދި އެނދުގައި އިށީނެވެ
ދޮންބެއަށް އަަހަރެން ސިއްރު ކޮށްގެން ހުރި
!ވާހަކަ އެއް ބުނަން މިއައީ.. ޔަގީނެއްނޫން.އެކަމު ހީވަނީ
އިލްޔާ ބުންޏެވެ.ކީކޭ؟؟ ކޮންވާހަކައެއް؟؟ .ރަޔާން
ހުރީ ދައްކަން އުޅޭ ވާހަކަ އެއް އަޑު އަހާ ހިތުން ކެތްމަދު
ވެފައި އެވެ.އަދި ރަނގަޅައް އެނދުގައި ހަމަޖެހިލިއެވެ
އިލްޔާ އަށް ހީވަނީ ކޮންއެއްޗެއް ބާ؟؟
އިލްޔާ ދައްކަން އުޅެނީ ކޮން ވާހަކަތަކެއް ބާ؟؟
(ނުނިމޭ)
ދެން އަންނަ ބައި މިއަށްވުރެ ދިގުކޮށްލަދޭނަން
ކިޔުންތެރިން އަޅުގަނޑުގެ ވާހަކަ ކިޔުމަށްފަހު
ކޮމެންޓު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު
🙂🙂🙂🙂🙂 .އެދުމެކެވެ
ވަރަށް ކުށްގިނަ... މަނުބުނާނަން ހަމަ ކިޔާލާފަ ވަރަށް ރީއްޗެކޭ.. މަގޭ ހިތަށް އަރާ ކޮން ދިމާ އަކުންބާއޭ ބައެއް ކުދިން ރީއްޗޭ އެކިޔަނީ. ކުށްގިނަކަމުން ދައްކާނީ ކޮން ކުށެއް ކަމެއް ވެސް ނޭނގޭ
އަޅުގަނޑަށް ހީވަނީ އިލްޔާ ބުނަން އެ އުޅެނީ އިލްޔާ ނައުޝަމް ދެކެ ލޯބިވާ ވާހަކަ ކަންނޭނގެ🤔
ماشاءالله ވަރަށް ރީތި
ވެއިޓިން ފޯރ ނެކްސްޓް ޕާޓް
💖💖👌💖💖
Reethi🖤
ޝުކުރިއްޔާ😍😍
މިއަށްވުރެންވެސް ރީތި ކުރެވޭތޯ ބަލާނަން
ނައިސް
ވވ. ރީތި ❤️❤️❤️
ޝުކުރިއްޔާ