އަވާ

އަލީ އަކީ މަރިޔަމަށާއި މުހައްމަދަށް ލިބުނު 2 ތެރެއިން ލިބުނު ފިރިހެން ކުއްޖާއެވެ.އަލީ އަކީ 20 އަހަރުގެ ކުއްޖެކެވެ.ދެން ހުންނަނީ ގުރޭޑް 9 ގައި ކިޔަވަމުން ދާ ހުދާއެ.

އަލީ އަށް ހޭލެވުނީ ފަތިސް ނަމާދައް ބަންގި ގޮވަނިކޮނިކޮށެވެ.އަލީ ތެދުވެގެން ފާހަނައަށް ވަދެ ވުލޫކޮށްގެން ނަމާދަށް ދާން ތައްޔާރު ވިއެވެ.އަލީ ލައިގެން ހުޜީ މަޑު ފެހިކުލައިގެ އައްދިގު ގަމީހެކެވެ.އަލީ ނިކުންނަން ދޮރުހުލހުވާލިތަނުން އަލީގެ ބައްޕަ މުހައްމަދު ވެސް ނިކުންނަނި ކޮށެވެ.އަލީ އޭނަގެ ބައްޕަ އާއެއްކޮށް މިސްކިތައް ދިޔައެވެ.އަލީ މިސްކިތައް ގޮސް ނަމާދު ކޮއްގެން އަލީ ބައްޕަ ކައިރީ ގެޔައް ދާށެ ބުންޏެވެ.އެހެންބުނުމުން އަލީ ބައްޕަ ގެޔައް ދިޔައެވެ.

ދެން އަލީ ދިޔައީ އަތިރިމަތި ބަލާލަންށެވެ.އަލީ އަތިރިޔަށް ގޮސް އުދޯޔެއް ގައި އިންދާ އަލީ ގެ އެކުވެރި ނައިސަމް އައެ.ނައިސަމު އަކީ އަލީ ގެ އެކުވެރި ކުއްޖެކެވެ.ނަިސަމް އަކީ މާލެގެ ނަން މަސްހޫރު ގެންގް މީހެކެވެ."އަލީ ދުވަހެއް ވެއްޖެއެއްނު ވާހަކަ ނުދައްކާތަ"ނައިސަމް ބުންޏެވެ."އަހަ ނައިޓޭ ކަލޭ ކީއްކުރަނީ މިތާ"އަލީ ބުންޏެވެ."އަހަރެން ހަމަ އައީ މިތަނަށް އަޅީ ފެނުނީމާ"މިހެން އިރުކޮޅަކައި އިދެ ދެމީހެން ވެސް ގެއަށް ދިޔައީ ނައިސަމް ހަވީރު އޭނަ އައިއެއްކޮއް ތާކައް ދާން ބުނެފަ އެވެ.އަލީ ގެއައް ގޮސް ވައްއިރު މުހައްމަދު އިނީ ޓީވީ ބަލާށެވެ.

އަލީ ކައިގެން ދިޔައީ ކޮޓަރި އަށެވެ.ކޮޓަރިއައް ގޮސް ގަމީސް ބޭލުމައް ފަހު އެދުގައި އޮށޯތެ.މިހެން އޮއްވާ އަލީ އަށް ނިދުނެވެ.އަލީ އަށް ހޭލެވުނީ 12 ޖަހަނިކޮށެވެ.ދެން އަލީ ދިޔައީ ޓީސާޓެއް ލައިގެން ބޭރަށެވެ.ގޮސް ކައިގެން ދިޔައީ މިސްކިތަށެވެ.ނަމާދު ކޮއްގެން އަލީ ިއިނީ މިސްކިތުގައި އަސުރައް ގޮވަންދެން ގުރުއާން ކިޔަވަންށެވެ.ދެން އަސުރު ނަމާދު ކޮށްގެން ނައިސަމް ބުނި އެޑްރެހައް ދިޔައެވެ.އެއީ މީހުން ނޫޅެ ހިސާބެކެ.މި އުޅެނީ ކިހިނެއް ވާކަށް އަލީ އަކަށް ނެންގެޔެ.

އަލީ ދިޔައިރު ނައިސަމް ހުރީ ރުފިޔާ ދަބަހާއި އޭނަގެ ގޭންގު ބައެއް މީހުން ގޮވައިގެނެ.ދެން އަލީ ގޮވައިގެން ކައިރިގާ ހުރި ރެސްޓޯރެންޓަށެވެ.ދެން ނައިސަމް އަލީ އަތަށް ދިނީ ރުފިޔާ ދަބަހެ."މީ ކީއްކުރަން ދިން އެއްޗެއް"އަލީ ބުންޏެވެ."ތީ ގައި ހުނަނާ ނެ 1 ލައްކަ ރުފިޔާ.ކަލޭ ޖެހެނީ މަށައް ކަމެއް ކޮއްދޭން"ނައިސަމް ހިނިގަނޑެއް ޖަހާލުނައް ފަހު ބުންޏެ."ކޮންކަމެއް"އަލީ ބުންޏެވެ."މީހަކު މަރާލަން"ނައިސަމް މަޑުމަޑުން ބުންޏެވެ."ކީކޭ މަރާލަންށޭ"އަލީ ބިރުން ހުރެ ބުންޏެވެ."އެހެރީ މާލެގައި ވަރަށް ލާރި ކިނަ މީހެއް."ނައިސަމް އެތާ ހުރި ހުސައިން އައި ދިމާއައް އިގިލި ދިއްކޮއްލަމުން ބުންޏެވެ."އަހަންނަކައްނުކެރޭ ނެ ހުސެއިން މަރާލަކައް."އަލީ އެހެން ބުނުމުން އެތާގައި ން ނައިސަމް ގެ ގޭންގު ގެ މީހެއް ވަޅިއެއް އަލީ ގެ ބަނޑުގައި ޖައްސާ ލުމަށް ފަހު ބުންޏެވެ."ކަލޭ ހުސައިން މަރާލާނިތަ ނޫނި އަހަރެމެން ކަލޭ މަރާލަންވީތަ"އެ މީހާ ރުޅިވެރި ރާގެއްގައި ބުންޏެ."އަހަރެން ހުސެން މަރާލާނަން"އަލީ ވަރަށް ބިރުން އެހެން ބުނުމުން އެމީހާ އަލީ ބަޑުން ވަޅި ދުރުކޮށް ލި އެވެ. ދެން އެމީހާ ބުންޏެ ހުސެން ފަހަތުގައި މަޑުކުރަން ދާށެވެ."އަހަރުމެން ގުޅީމަ ހުސެން ގަޔައް ވަޅި ހަރާފަ ކަލޭ ނިކުމޭ ދުވެފަ"އެމީހުން އެހެން ބުނެފަ ނިކުތެވެ.ދެން އެމީހުން ގުޅިއެވެ."ނައޮ"އެ މީހާ އެހެން ބުނުމުން އަލީ ގޮސް ހުސެން ގެ ގަޔައް ވަލިން ހަމަލާ ދީފަ ބޭރައް ނިކުންނަނިކޮއް ޕޮލިސް ހިފެއްޓިއެވެ.އޭރު އަލީ ގެ މަންމަ އާއި ބައްޕަ ދުވަމުން އަންނަނީ އެވެ.އޭރު އަލީ ޕޮލިހުންގެ ޖިޕު ދުއްވާލިއެވެ.އޭގެ އަނެއް ދުވަހު އަޅީ ކޯޓައް ގެންގޮސް އުމުރު ދުވަހައް ޖަލައް ލިއެވެ. އޭގެ އަނެއް ދުވަހު މުޅި ނޫހުގައި އޮތީ މާލެގެ ވިޔަފާރިވެރިޔާ ހުސެން މަރާލި ވާހަކައެވެ.

މި ވާހަކަ އަކީ އަޅުގަނޑު ގެ ފުރަތަމަ ވާހަކައެވެ.ކުށް ހުރުން އެކަށީގެން ވޭ

    Please log in or register to bookmark.
    2k

    4 ޚިޔާލު

    1. މީ ކުރިން ކިޔާފަ އޮތް ވާހަކަ އެއް..އަމިއްލަ ޙިޔާލާ އެއްގޮތައް ވާހަކަ ލިޔުން ރަނގަޅު!! މި ކޮމެންޓު ނެގެޓިވް ކޮއް ނުނަގާނެ ކަމަށް އުއްމީދު ކުރަން😊

      5
      2
    2. ވާހަކައިގައި ވަރަށް ބައިވަރު މިސްޓޭކްސް އެބަހުރި އިނގޭ.... ފާހަގަ ކޮށްލަ ދޭނަން ބައެއް ކަންކަން....
      * ފުރަތަމަ ކަމަކަށް ޖުމްލަ "އެވެ. ށެވެ. " ލައިގެން ނިންމަން ހަނދާން ކޮށްލާ..
      * ދެވަނަ ކަމަކަށް ބަސްތަކުގެ ފިއްޔަށް އަދި އަކުރުތަކަށް ވިސްނައިގެން ލިޔެލާ.. ލިޔެ ނިންމާފައި ވާހަކަ ފަރުވާތެރިކަމާއެކު ކިޔާލާ.. އޭރަށް މި ކަހަލަ މިސްޓޭކްސް ފެނި ރަނގަޅު ކޮށްލެވޭނެ..
      * ދެން ސުވާލު ކުރާއިރު ސުވާލު މާކް ފަދަ ނިޝާންތަށް ޖަހަން ހަނދާނުގައި ބަހައްޓާ..
      * ދެން ދެ މީހަކު ދައްކާ ވާހަކައެއް އެއް ޕެރެގްރާފެއްގަ ނުލިޔާނެ އިނގޭ.. މިސާލަކަށް "އާނ" "ނޫން" މި ދެ ބަސް ވެސް މީ ދެ މީހަކު ބުނާ ވާހަކައެއް ނަމަ އެއިން ކޮންމެ ބަހަކީ ވަކި ޕެރެގްރާފެއް..މި ކޮމެންޓް ނެގެޓިވްކޮށް ނުނަގާނެ ކަމަށް އުއްމީދު ކުރަން..
      ތި ލިޔުންތެރިޔާގެ އިތުރު ވާހަކަތަކެއް ވެސް އަވަސް މުސްތަގްބަލެއްގައި ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަން.. އަދި މިފާހަގަ ކޮށްލި ކަންތައްތަކަށް ވިސްނާލާނެ ކަމަށް ވެސް އުއްމީދު ކުރަން 😊😊😊😊

      13
    3. ކުށް އެބަހުރި ކިތައްމެހާވެސް. ފްރީކޮށް ވާހަކަ ކިޔެވޭ ސައިޓެއް ހުރީތީ ވާހަކަ ލިޔަން ރަނގަޅަށް ނޭނގޭ އިރު ވެސް ޖެހުނު ގޮތަކަށް މި ސައިޓްގަ ވާހަކަ ލިޔަނީ ވިއްޔަ ކިތައްމެ ބަޔަކު. އިހަށް ސައިޓްތަކުގަ ވާހަކަ ނުލިޔެ ރަނގަޅަށް ފަރިތަވެލީމަ ސައިޓްތަކަށް ލިޔަން މަޑުކޮށްލަން ވީނު. ޔޫ ހޭވް އަ ލޮޓް ޓު ލާރން

      2
      10

    ޚިޔާލު

    Your email address will not be published.