ރަޔާން ނަމާދުން ނިމިގެން އައިސް ސޯފާގައި
އިށީނދެލީ ޒައިނާގެ އިންތިޒާރުގައި އިންނަ ފަދަ ގޮތަކަ
ށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.އޭނާގެ ހިތް އެދެނީ .އެސޫރަ އަބަދުމެ ދެކިލާށެވެ
ސޯފާގައި އިށީނދެ އިން ރަޔާން ސިއްސައިގެން
ދިޔައީ ކައިރީއިން ގޮޑީގައި އިލްޔާ އައިސް އިށީނދެލުމު
ންނެވެ.ކިހިނެއް ވެފަ ތަ ތި ހުރީ؟؟؟...ޒައި ގެ އިންތިޒާ
ރުގަ ދޯ!!! އިލްޔާ ސަމާސާ ކޮށްލިއެވެ.އިލްޔާ ވެސް
އެދެމީހުން އަޅުވާ ކިޔައެވެ.ރަޔާން އިސްޖަހާލީ އާއެކޭ .ބުނާ ފަދަ ގޮތަކަށޭވެ
ރަޔާންގެ ލޯ އަމާޒުވެގެން ދިޔައީ ދޮރުން ވަދެގެން
އައި މީހުންނަށެވެ.ފުރަތަމަ މަޑު ހިނގުމެއްގައި ގޮސް
ވަނީ ވާރިޝް އެވެ.އެއީ ޒައިނަގެ ބައްޕައެވެ.އޭނާގެ ފަހަތު
ން ސާނިހާ ވަންއިރު ރަޔާންގެ ހިތުގެ ވެރިޔާ ޒައިނާ .ވެސް ވަނެވެ
ޒައިނާ ގޮސް އިލްޔާ ކައިރީ އިށީން ކަމުގައި
ވިޔަސް ހިތް އެދެނީ ދުރުގައި އިން ރަޔާން ގާތުގައި
އިށީނުމެވެ.ރަޔާންވެސް ޒައިނާ އަށް ބަލައިލި ވަގުތު ޒައި
ނާ އަށް ވެސް ބަލައިލެވުނެވެ.ދެމީހުން ވެސް ބެލި
ބެލުމަށްވުރެން އަވަހަށް ކަޅި އެހެން ދިމާލަކަށް މިސްރާބު ބަދަލު ކޮށްލިއެވެ
ފަހީމާ އަދި ބައްސާމުގެ އެދުމުގެ މަތުން އެންމެން
ވެސް ކާން ދާން ނިންމިއެވެ.އެންމެ ފަހުން ކާތަނަށް
ވަން އިލްޔާ އަދި ޒައިނާ އަށް ހުރީ ހުސް ދެ ގޮނޑިއެވެ
އެއީ ރަޔާން ކައިރީ އިން ގޮނޑީގެ އިތުރުން
ފަހީމާ ކައިރީ އިން ގޮޑިއެވެ.އިލްޔާ ގަސްތުގައި އޭނާގެ
މަންމަ ފަހީމާ ގާތުގައި އިށީނީ ޒައިނާ ރަޔާން ގެ ގާތުގައި .ބޭނދުމެވެ
ރަޔާންގެ ފޯނަށް ފޯނެއް އައުމުން ރަޔާން
ބެލިއިރު ފޯނު އޮތީ ކާ އަތާ ވާކޮޅުގައި ކަމުން އެ ފޯނު
ނަގަން ރަޔާން އަށް އިނދަގޫ ވިއެވެ.ޒައިނާ އެ ފޯނު
ރަޔާން އަށް ދިއްކޮށްދިނެވެ.ކާން އިން އިރު ދެމީހުންގެ .ހިތް ވެސް ވަނީ ތެޅިތެޅިއެވެ
ރަޔާން ކައިގެން ކޮޓަރި އަށް ވަނީ ދެ އާއިލާ
މީހުން އެކި އެކި ވާހަކަ ތައް ދައްކަން ސިޓިން ރޫމުގައި
ތިބީމައެވެ.ރަޔާން ކޮޓަރީ އެނދުގައި ހަމަ ޖެހިލިތަނާ
ދޮރު ހުޅުވުނު އަޑު އިވުނެވެ.ރަޔާންގެ ލޯ އެދިމާލަށް
ހިނގާލިއިރު ވަނީ އިލްޔާ އެވެ.ރަޔާން ސިއްސައިގެން
ދާފަދަ ގޮތަކަށް ބެލުނީ ޒައިނާ ވެސް ވަނުމުންނެވެ
އިލްޔާގެ އެދުމުގެ މަތިން ޒައިނާ އެނދުގެ އެއް ފަޅިގައި .އިށީނދެލިއެވެ
*******************
ޒައިނާ ކުއްލިއަކަށް ރަޔާން އާއި ކައިރި
ވެލިއެވެ.އަދި ރަޔާން ގެ މޭގައި އިނގިލި ހާއްކިއެވެ
އަދި ރަޔާންގެ އުނގުގައި ބޯ އަޅާލިއެވެ.ރަޔާން ހުރީވެސް ވާނުވާގައެެވެ
******************
އޭ ދޮންބޭ!! ކޮންތާކަށް ގެއްލިފަތަ؟؟؟
އިލްޔާ އެެހެން ބުނިއަޑައް ރަޔާން އަށް ހޭވެރިކަންވިއެވެ
ރަޔާން އަށް އެ ފެނުނީ އަސްލެއް ނޫންކަން ޔަގީންވެސް
ވިއެވެ.އާ ކިހިނެއްވީ؟؟؟ ރަޔާން ބުންޏެވެ.ދެން
އަހަރުމެން މިހެން ތިބެން ވީތަ މިތަނަށް ވަދެ..ހިނގާ !!ކެރަމް ކުޅެން އިލްޔާ އެހެން ބުނެފައި ކެރަން ބޯޑުފޮތި
ތައް ނަގަން ފެށިއެވެ.އަދި ރަޔާންގޮސް ބޯޑު ނަގާ މޭޒު މަތީ ބެހެއްޓިއެވެ
ހޫމް އަދި ޓީވީން އަންނާނެ ކިތަންމ ގިނަ
އާދަތައް ޒަމާނާ އެކު ބަދަލު ވިޔަސް ބައެއް އާދަތައް
ޒަމާންތަކައް ދެމިގެންދެޔޭ!!!ކެރަމް ބޯޑު އިސްތިހާރުން
އިލްޔާ ބުނީ ޓީވީން އަންނަ ދިރާގު އިސްތިހާރެއް ވާހަކަ
އެކެވެ.އަދި އަންނާނެ ދޮންކޭލާ ބަތާ ވެސް.... ޒައިނާ .ވެސް ބައިވެރިވެލިއެވެ
ކެރަމް ކުޅެގެން އިލްޔާ 2 ބުރު މޮޅުވިއެވެ
އަދި ރަޔާން އާ ޒައިނާ 1 ބުރު މޮޅުވިއެވެ..އޭ ހާދަ ލަކީ
ދެމީހުންދޯ މިއުޅެނީ އެއްވަރަކަށް މޮޅުވެގެން..އަނެއްކާ
ހުރިހާ ކަމެއްގަވެސް ތީ ލަކީ ދެމީހުންތަ؟؟ އިލްޔާ
މަލާމާތް ކޮށްލިއެވެ.ޒައިނާ އިސްޖަހާލީ އިތުރަށް އެއްްޗެއް ބުނެފާ ނެ ތީވެއެވެ
ރަޔާން ގެ ފޯނަށް ފޯނެއް އައެވެ.މި ގުޅަނީ
އިލްޔާގެ ނައުޝަމް..ރަޔާން މަލާމާތް ކޮށްލިއެެވެ.އާ ދެން
ދޮންބެގެ މީހާނު ކައިރީގަ ތިއިނީ..އިލްޔާ އެހެން ބުނުމު
ން ރަޔާންވެސް ވަރަށް ލަދުގަތެވެ.ނަމަވެސް އަވަހަށް ފޯނު ނެގީ އެކަމުން ސަލާމަތް ވާންށެވެ
އަހަރުމެން ދެން ދާންވީ މިހާރު 3 ޖަހަނީ
އަދި އެހެން ދުވަހަކު އާދެވޭތޯ ބަލާނަން..ސާނިހާ މިސްރާ
ބު ޖެހީ ކޮޓަރީ އާ ދިމާލަށެވެ.އެއީ ޒައިނަ އަށް ގޮވުމަށެވެ
ޒައިނާ އިލްޔާ އަށް ވުރެ 2 އަހަރު ހަގެވެ.ސާނިހާ
އައުމުން ޒައިނާ އެމީހުންނާއި އެކު ގެޔައް ދިޔައެވެ
ހަވީރުގެ ހިއްގައިމު ވަގުތުގެ ހިއްގައިމު ކަން
އިތުރު ކުރުވަނީ ބޭރު ދޮރު ކައިރީގައި ހުރި އަންހެން
ކުއްޖާއެވެ.ދުނިޔޭގައި ވާ އެއްވެސް އެއްޗެއް ޒައިނާ އާ
އަޅާވެސް ނުކިޔޭނެކަން ޔަގީނެވެ.ޒައިނާ އެތާ ހުރީ
ހަވީރުގެ ހިއްގައިމު ފިނި ވަގުތު ކަމުން ވަރަށަ ހިތް ހަމަ ޖައްސާލައިގެންނެވެ
ނަމަވެސް މި ހިއްގައިމު ކަން ބަދަލު ވީ
ދުރުން ސައިކަލެއްގައި އަންނަ މީހާ ފެނުމުންނެވެ
އެއީ ސައިފެވެ.ސައިފަކީ ކުރީއްސުރެ ޒައިނާ އަށް ލޯބި
ހުށަހަޅާފަައި ވާ މީހެކެވެ.އެއީ ޒައިނާގެ އުމުރުގެ ކުއްޖެކެވެ
ޒައިނާ ސައިފުދެކެ ފޫހި ވަނީ ސަފުގެ މިޒާޖުންނެވެ
މަގު މަތީ ގުރޫޕު ހަދައިގެން އުޅުމާ ރަނގަޅައް ނުކިޔަވާ
ހުރުމާއި ހަރުދަނާކަން ނެތި އެގޮތް މިގޮތައް އުޅޭތީއެވެ
ނަމަވެސް ސައިފު އަދިވެސް މަސައްކަތް ކުރަނީ ޒައިނާ ލިބޭތޯއެވެ
ސައިފު އެ އައި ގޮތައް އައިސް ޒައިނާ
ކައިރި އަށް ސައިކަލު މަޑު ކޮށްލިއެވެ.ކިތަންމެ ފަހަރަކު
ސާނިހާ އާއި ވާރިޝް ވެސް އެހެން ނައުމަށް ވަނީ ބުނެފ އެވެ
ހައި .. ކޮބާ ކޮންއިރަކު މަށައް ޖަވާބު ދޭނީ؟؟
ސައިފު އައިސް ދެއްކީކީ ޒައިނާ އަޑު އަހަން ބޭނުންވާ
ވާހަކަ އެއް ނޫނެވެ.މަ ކަލެޔަށް ޖަވާބު ނުދީގެންތަ މަގޭ
ފަހަތުން އުނދަގޫ ކުރަމުން އަބަދު ތި ދުވަނީ؟؟
މަގޭ ޖަވާބު ވަރަށް ސާފު ނޯ!!އަހަރެން ކަލެޔާ ރަށްޓެހި
ނުވާނަން.. ދެން ދާންވީނު.. ރުޅި އައިސްގެން ހުރި
ކަމުގައި ވިޔަސް ޒައިނާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ .އެއީ ގޭ މީހުންނަށް އަޑު އިވިދާނެތީއެވެ
ސައިފު އިތުރަށް ވާހަަކަ ނުދައްކާ ދިޔައެވެ
ނަމަވެސް އޭނާ ހުރީ ގޮތް ދޫކުރާ ފަދަ ގޮތަކަށް ނޫނެވެ
ކޮންމެ ގޮތަކަށް ވިޔަސް އެ ލޯބި ހޯދަން އޭނާ ނުހަނު .ބޭނުންވެއެވެ
އިލްޔާ އިނީ ފޯނުން ވާހަކަ އެއް ކިޔާށެވެ
ކޮން ވާހަކަ އެއް ތަ ތި ކިޔަނީ؟؟؟.. ރަޔާން ބޭރަށް
ދަމުން އަހާލިއެވެ.މީ "ތިޔަ ލޮތްބައް އެދެމޭ" ކިޔާ
ވާހަކަަ އެއް. ރަޔާން އަނެއްކާ ވެސް ސުވާލު ކުރަން އަނ
ގަ ހުޅުވާލިއެވެ.އިލްޔާ ކާކުގެ ލޮތްބައްތަ އެދެނީ
ދެންންންން .. ދެން ދޭބަލަ.ރަޔާން ސަމާސާ ކުރުމުން
އިލްޔާ ބޭނުންވީ އިތުރަށް ވާހަކަ ކިޔުން ކުރިޔަށް ގެންދިޔުމަށެވެ
އަދި ކިރިޔާ؟؟ ބުލޫ ކެފޭ ކިޔާ ރެސްޓޯރެން
ޓުގައި ރަޔާންގެ އިންތިޒާރުގައި އިން ނައުޝަމް ޝަކުވާ
ކުރިއެވެ.އޭއި..ކޮބާ އިލްޔާ..އޭނަ ވެސް ގޮވައިގެން އައި
ނަމަ!! ނައުޝަމް ވާހަކަ ދެއްކިއެވެ.އޭނަ ކައިރި ގޮސް
...ބުނެބަލަ ތި ނުވެގެން އުޅޭ ކަންތައް ވޭތޯ އަޅެ ރަޔާން ވެސް ވާހަކަ ދެއްކިއެވެ
ހޫމް... އަމިއްލަ އަށް ގޮސް ބުނަންވީނު
ދޯ؟؟ މީހުން ކައިރި ބުނާއިރު އަމިއްލަ އަށް ވެސް
ތި އިންނަނީނު ނުކެރިފަ .. ނައުޝަމް ވާހަކަ ދެއްމީ
ޒައިނާ އާއި ބެހޭ ގޮތުންނެވެ.އޭނަ އައޭ މިއަދު މެންދުރު
މިގެޔަށް..އީދު ވީމަ މަންމަމެން ދައުވަތު ދިނީ ކެޔުމަށް
އައިސް ކެރަމް ވެސް ކުޅުނު.. ރަޔާން ބުންޏެވެ
ރަނގަޅެއްނު..ކައެ އުފާވެއްޖެ އެންނު.. އެހެން
ވެސް މަށަކަންނު ނެތީ..ނައުޝަމް އާއި ރަޔާން ކޮފީ
ތަށި ހުސްވަންދެން ވެސް އެކަހަލަ ވާހަކަ ތަކެއްގައި ތިއްބެވެ
ދުވާލުގެ އަލިކަން ގެއްލި އިރު އޮއްސިއްޖެއެވެ
ޒައިނާ ނަމާދު ކޮށްގެން ފޯނުން ގުރުއާން ކިޔަވަން
ފެށިއެވެ.ކުއްލިއަކަށް ފޯނައް މެސެޖެއް އައެެވެ.ގުރުއާން
ކިޔަވައި ނިމުމުން ޒައިނާ އަވަސްވެގަތީ މެސެޖު ބަލާށެވެ
ހައި.. އެއީ ރަޔާންގެ މެސެޖެކެވެ.ޒައިނާ
ގެ ތުންފަތްމައްޗައް ލުއި ހިނިތުންވުމެއް ކުޅެލިއެވެ.އަދި
ރިޕްލައި ގައި ހައި ޖަހާލިއެވެ.ރަޔާން ދެން ކުރި
މެސެޖުގައި އިނީ މާދަން ބައްދަލު ކޮށްލަން ބޭނުންވާ
ވާހަަކައެވެ.ޒައިނާ އުފަލުން ގޮސް ޖަވާބުގައި އާއެކީ ބުނެލާފައި ބޭރަށް ނުކުތެވެ
ރަޔާންް މެސެޖު ކުރުމަށްފަހު ފާހާނާއަށް ވަނެވެ
އިލްޔާ ރަޔާން ގެ ފޯނުގަ ތިބި މެސެޖުތައް ހުޅުވާލިއެވެ
ޒައިނާ އަށް ކޮއްފައިވަ މެސެޖު ތައް ބެލުމަށްފަހު އިލްޔާ އެ ފޯނު ބޭއްވިއެވެ
ދޮންބެ މިހާރު ޒައި އާ ބައްދަލު ކުރާ
ހިސާބައްވެސް ފޮނުވާލީ ދޯ.. އިލްޔާ ސަމާސާ ކޮށްލުމުން
ރަޔާން އަށް ފޯނު ހޭވިކަން ޔަގީން ވިއެވެ.ބުނެފީމެންނު
ދޮންބެގެ ފޯނު ނުބަލާށޭ.. ރަޔާން ގެ ގާތައް ކުޑަކޮށް .ރުޅި އައެވެ
ރަޔާން ދިޔައީ އިޝާ ނަމާދަށެވެ.ރަޔާން
މިސްކިތުން ނިމުމުން ދެން ގެޔަށް އަންނަން މިސްރާބު
ޖެހިއެވެ.ވަކި ހިސާބަކުން ޒައިނާ މެން ގެޔާ ހަމަ ވި ތަނާ
ޒައިނާ ފެނުމުން ޒައިނާ ކައިިރި އަށް ރަޔާން ދިޔައެވެ
ކިހިނެއްވީ ބައްދަލު ކޮށްލަން ބުނީ؟؟
ޒައިނާ ނުކެރި ހުރެ ފުރަތަމަ ވާހަކަ ދެއްކިއެވެ.ކަމެއް
ނުވޭ އަނެއްހެން!! ހަމަ ވާހަކަ ދައްކާލާ ހިތުން
ރަޔާން އެހެން ބުނި ތަނާ ވާރިޝް ބޭރަށް ނުކުތީ ސައިފު އަނެއްކާ އައީ ކަމަށް ހީކޮށެވެ
އަހަ ރަޔާން ތަ؟؟ ވާރިޝްބެ ހީކުރީ
އެއުޅޭ ސައިފު ކަމަށް.އޭނަގެ އާދައެއް ވިއްޔާ ޒައިނާ
އަށް އުނދަގޫ ކުރުމަކީ..ކިހިނެއްވީ ރަޔާން؟؟؟
ވާރިޝް ބުންޏެވެ.ކަމެއް ނުވޭ ޒައިނާ ފެނުނީމަ ހަމަ
މަޑު ކޮށްލީ.... ރަޔާން ބުންޏެވެ.ރަޔަން އެނބުރި
ދިޔައީ ދެން ގެޔަށެވެ.ޒައިނާ ވެސް ގޭތެރެއަށް ވަނެވެ
މިއައީ ޒައިނާ އާ ވާހަކަ ދައްކާލާފަ
ރަޔާން އިލްޔާ އާއި ވާހަކަ ދެއްކިއެވެ.ހޫމް.. އެއީތަ މިހާރު
މިސްކިތަކީވެސް..ކޮބާ މިހާރު ބުނެފިންތަ؟؟ އިލްޔާ
ސަމާސާ ކޮށްލިއެވެ.ކޯންޗެއްތަ ؟؟ ރަޔާން ނޭނގޭ
ކަމަށް ހަދާފައި އެހިއެވެ.ލޯބިވާ ވާހަކަ އެންނު..
އިލްޔާ ބުންޏެވެ.އެވަގުތު ރަޔާން ކުޑަކޮށް ލަދު ގަންނަ ގޮތައް ހީލާފައި ފޯނާއި ކުޅެން ފެށިއެވެ
އލްޔާ އަދި ރަޔާން ތިބީ ޓީވީން އަންނަ
ޕުރޮގުރާމެއް ބަލާށެވެ.މާ ދަން ވާން ފެށުމުން ނިދަން
ދިޔުމަށް ދެ މީހުންވެސް ނިންމިއެވެ.އެއިރު 12 ޖަހައިފި
އެވެ.ރަޔާން ވެސް ނިދަން އިށޯވެ ބުލޭންކެޓުން މީހާ
ނިވާވެގަތެވެ.އަދި އިލްޔާ ވެސް އިލްޔާގެ ކޮޓަރިއަށް ވަދެ .ނިދަން އޮށޯތެވެ
މެންދަމު 3 ޖަހާފިއެވެ.ގޭ އެންމެން ތިބީ
ގަދަ ނިންޖަކުން ނިދާފައެވެ.3 ކޮޓަރި ހިމެނޭ މިގޭގެ
ސިޓިންރޫމު އޮތީ އަލިކަމެއް ނެތް ހާލުގައިއެވެ.އިލްޔާ
އަށް ހޭލެވުނީ ފާހާނަ އަކަށް ދާނޖެހިގެންނެވެ.ފާހާނާ
އަށް ވަދެ ނިމިގެން ނުކުމެ އެނދައް އަރަން އުޅުނު ވަގު
ތު ދުވާ އެއްޗެއް ފައިގައި ޖެހުނެވެ.ފޯނުން ފުލެޝް ލައިޓު .ދިއްލައިގެން ބެލިއެވެ
އެއީ ބޮޑު ކުރައްޕެކެވެ.އިލްޔާ އަކި ކުރައްޕައް
ބިރު ގަންނަ ކުއްޖެކެވެ.އެހެންކަމުން ބޭރުން ގެޔަށް
ކުރަފި ވަންނަން އޮންނަ ހުރިހާ ގޮތެއް ހުންނަނީ
އިލްޔާ ބަނދު ކޮށްފައެވެ.ނިދާއިރު ކޮޓަރީގެ ދޮރު
ދަށުގައި ވެސް ދާވެފަ އޮންނަ ހެދުމެއް ބާއްވައެވެ.އެއީ ވެސް ސުއިއްޕެއް ވަދެދާނެތީވެއެވެ
އިލްޔާ ގަތީ ކުޑަ ފަދަ ބިރެއްވެސް ނޫނެވެ
ދުވެފައި ގޮސް ކޮޓަރިން ނިކުތެވެ.އަދި ރަޔާްންގެ ކޮޓަރީ
ދޮރުގައި ޖަހަން ފެށިއެވެ.ރަޔާން އަށް ހޭލެވުނީ ދޮރުގައި
ޓަކި ޖަހާ އަޑަށެވެ.ރަޔާން ގޮސް ދޮރު ހުޅުވާލިއެވެ
ކު ކުރަތްޕެއް... އެނދު ކައިރީގަ.. އިލްޔާ
ބިރުން ހުރެ ބުންޏެވެ.ސާބަސް.އެ ފެނިގެން ތިއައީ
މިއޮތް ދަންވަރު؟؟ ޔަގީން ތީ އިލްޔާ ގެ ގައިގައި
އޮތް އެއްޗެއް... ރަޔާން ސަމާސާ ކުރުމުން އިލްޔާ ރުޅި އައެވެ
ދެން އެ މަރާބަލަ އަވަހަށް .... އިލްޔާ
ރުޅި އައުމުން ބުންޏެވެ.ރަޔާން ގޮސް ފިހިގަނޑުން ޖަހާ
އެ މަރާލިއެވެ.އިލްޔާ ވެސް އިތުރު އެއްޗެއް ނުބުނެ
ކޮޓަރިއަށް ވަނުމުން ،ރަޔާން ވެސް ނިދަން ވަނެވެ
އާދުވަހަކައް އިރު އަރައިފިއެވެ.މިއަދަކީ ފިތުރު
އީދުގެ 2 ވަަނަ ދުވަހެވެ.ބައްސާމު އަދި ސާނިހާ ހޭލައިގެން .އަވަސްވެގަތީ ދަރިންނަށް ގޮވަންށެވެ
ރަޔާން އަށް ހޭލެވުނީ ދޮރުގައި ޓަކި ޖަހާ
އަޑަށެވެ.މަންމާ މި ތެދުވަނީޔޭ .. ރަޔާން ގޮވާފައި ބުންޏެ
ވެ.އަދި ފާހާނާ އަަށް ވަދެ ދަތް އުނގޫޅައިގެން ނިކުތެވެ
އެވަގުތު އިލްޔާ ވެސް ކޮޓަރިން ނުކުތެވެ
ދެމީހުންވެސް ބަދިގެޔަށް ދިޔައީ އެއްކޮށެވެ.ރަޔާން
ދަމުން އިލްޔާ ފައި މައްޗައް އެރީ ދިމާކޮށްލުމަށެވެ
އެންމެން ތިބީ ސައިބޯންށެވެ.މަންމަމެންއަށް
އިނގޭތަ ރޭ ދަންވަރު 3 ޖެހި ހާުއިރު މި އިލްޔާ ޓަކި
ޖަހާތީ ދޮރު ހުޅުވިއިރު ހުރީ ކުރަތްޕެއް ފެނިގެން ބިރުން ވިރިވިރި.. ރަޔާންދިމާކޮށްލިއެވެ
އިލްޔާ އިނީ ފޫހި ގޮތަކަށެވެ.ބައްސާމާއި
ފަހީމާ ވެސް ހުރީ ރަޔާން އާ ބައިވެގެން އިލްޔާ އަަށް
މަލާމާތް ކޮށް ކޮށެވެ.އިލްޔާ ސައިބޮއިގެން އަތްދޮންނަންް ..ދިޔައެވެ
****************
ޒައިނާ ވެސް އިނީ ސައިބޯންށެވެ.ޕާނާއި
ޖޭމު އަކީ ހެނދުނުގެ ނާސްތާ އަށް އޭނާގެ އެންމެ
ކަމުދާ އެއްޗެވެ.ވާރިޝް އާއި ސާނިހާ ވެސް ސައިބޯން
ތިއްބެވެ.ދަރިފުޅު މީހަކާ ރަށްޓެހިވަނީ ކޮންއިރަކު؟؟؟
ސާނިހާގެ އަނގައިން ބޭރުވި ޖުމުލައިން ހީވީ ޒައިނާގެ
ކަރުން ޕާންކޮޅު ވެސް ދިރުވަން އުނދަގޫ ވިހެންނެވެ
އަދި ކިރިޔާނު 20 އަހަރު މިވީ.. އަދި ރަށްޓެހިވެވިދާނެ
އެންނު.. ޒައިނާ ދިނީ ކުރު ޖަވާބެކެވެ.ދަރިފުޅު އަށް
ރަނގަޅު ކުއްޖެއްް ނުފެނޭތަ؟؟ ..އަނެއްކާވެސް ސާނިހާ
އެ މައުޟޫގައި ވާހަކަ ކުރިޔައް ގެންދިޔުމުން ޒައިނާ .އަށް އުނދަގޫވިއެވެ
*****************
މެންދުރު ނަމާދައް ބަންގި ގޮވީ ރަޔާން އާއި
އިލްޔާ ފޯނާއި ކުޅެން ތިއްބައެވެ.އީދު ޗުއްޓީކަމުން ރަޔާ
ން ވެސް ހުންނަނީ ވަޒީފާއިން ދުރުގައި ކަމުން ފޫހި
ވެފައިއެވެ.އިލްޔާ ވެސް ސުކޫލުގެ ވަގުތީ ޓީޗަރެއްގެ
މަގާމް އަދާކުރަމުން ދިޔަޔަސް އީދުޗުއްޓީކަމުން ހުރީ ފޫހިވެފައިއެވެ
ރަޔާން ދިޔައީ ސައިކަލުން މިސްކިތަށެވެ
ރަޔާން ދިޔަ ވަގުތު ނައުޝަމް ވެސް މިސްކިތައް ދިޔައެވެ
ރަޔާން އާއި ނައުޝަމް ނިންމީ ކުޑަކޮށް ސައިކަލު ބުރެއް ޖަހައިލަންށެވެ
ޒައިނާ މެން ގެޔާ އަރާ ހަމަވުމުން ނައުޝަމް
ރަޔާން އަށް ވައްކަޅިން ބަލާލި ތަން ރަޔާން އަށް ފެނު
ނެވެ.ރަޔާން އެކަމާ އަޅާނުލީ ނައުޝަމް ދިމާ ކުރާނެކަން އިނގޭ ތީއެވެ
ރަޔާން އައިސް ގެޔަށް ވަނުމުން އިލްޔާ
އަނެއްކާ ދިމާކޮށްލާ ހިތް ވިއެވެ.ޒައިނާ ކައިރިންދޯ ތި އަ
އީ؟؟ .. ނޫން ރަޔާން ބުންޏެވެ.ޒައިނާ ކައިރިއަށޭ އެ
ކީއްކުރަން އަނެއްކާ .. އިލްޔާ މެން ދެއކި ވާހަކަ ސާނިހާ އަށް އަޑު އިވުނެވެ
ރަޔާން އަށް ބުނާނެ އެއްޗެއް ނޭނގުނެވެ
އެއީ އިލްޔާ ބުނެގެން އެއްޗެއް ދޭން ވެގެން.. ރަޔާން
ދޮގު ހަދާލިއެވެ.އިލްޔާ ވެސް އެއާ އެއްބައިވެލިއެވެ
މެންދުރު ކައިގެން ރަޔާން ދިޔައީ ނައުޝަމް
މެން ގެޔަށް ދިޔުމަށް ސައިކަލަށް އަރާށެވެ.އަދި ސައިކަ
ލު ދުއްވާލިއެވެ.އެހެންނަމަވެސް ވަކި ހިސާބަކުން
ސައިކަލު ޕެޓުރޯލު ހުސްވިއެވެ.ޕެޓުރޯލު އަޅާތަން ހުންނަނީ ވަރަށް ދުރުގައެވެ
ވާރިޝް ގެއިން ބޭރަށް ނުކުތެވެ.އެ ވަގުތު
ރަޔާން ބޭރުގައި ހުރިތަން ފެނުނެވެ.ރަޔާން ..ޕެޓުރޯލް
ހުސްވެގެންދޯ.. ހާދަ ހޫނޭ މިގަޑީ ދެން މާދުރަށް ކިހިނެއް
ދާނީ ތި ދަމަމުން..އާދޭ މިގެޔަށް ފަހުން ދެން .ޕެޓުރޯލު އަޅަން ދާނީ
ވާރިޝް ރަޔާން ގޮވައިގެން ގެޔަށް ވަނެވެ
ރަޔާން ގެ ހިތުގެ ތެޅުން ބާރު ވަމުން ދިޔައެވެ.ވަންނަން
ގެޔާ ކައިރިވީ ވަރަކަށް ހިތުގެ ތެޅުން ކުރިޔަށްވުރެ
ބާރުވެގެންދެއެވެ.ޒައިނާ ފެނޭތޯ އޭނާގެ ހިތް ދަނީ .އެދެމުންނެވެ
(ނުނިމޭ)
ماشاءالله
" ދޮންކޭލާ ބަތާ" މި ރަށު ބަހެއް ދޯ.....😐😐
ކުދިކުދި މިސްޓޭކް އެބަހުރި ... ދެން ފަހަރު ރަނގަޅު ކޮށްލަތްޗޭ ....🤗🤗
އެނީވޭސް މި ވާހަކަ ރީތި.....💛
ދޮންކޭލާ ބަތާ
އެއީ ހަމަ މާލޭ ބަހުން ވެސް ކިޔާ ގޮތް
މިސްޓޭކު ރަނގަޅު ކުރާނަން
ޝުކުރިއްޔާ ހަޒްމަ😍😍😍😍😍😍😍
ޕެރެގްރާފް ކުރުމުގައި ވެސް މައްސަލަ ހުރިކަން ފާހަގަ ކޮށްލަވޭ.... 🤗🤗 އަދި ފުލުސްޓޮޕް ޖެހުމުގައި ވެސް މައްސަލަ...🤗🤗
އަދި "ހިއްގައިމު" އޮންނަ އިރު އޮންނާނީ " ހިތްގައިމު"
ޑޯންޓް މައިންޑް މިސްޓޭކް ކިޔާދިނީމަ ދޯ އިނގޭނީ... 😐
ދެން އަންނަ ފަހަރަކު ރަނގަޅު ކުރެވޭތޯ
ބަލާނަން .. ފުލުސްޓޮޕް އެއީ ބައެއްފަހަރު ޑިވައިސް މައްސލަ އަކުން ނުބައި ތަނަށް މޫވް ވެފަ ހުންނާތީވެ
އެހެން ހުރީ..ތެންކިޔު ފޯ ޔުއާ ކޮމެންޓު😍😍😍
ކަޑަ
ޝުކުރިއްޔާ "ކަޑަ" އަށް ދެއްްވި ކޮމެންޓައް🙂🙂
ހީވަނީ ވާހަކަ ލިޔާ ޒައިނާގެ ވާހަކަހެން މިއޮތީ ލިޔެފަ
ކީއްވެ އެހެންތިބުނީ
އެއާ މުޅިން ތަފާތުވާނެ