ފުއާފް - 27

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

" ލީން. މަންމަގެ ރަންކޮޅު... " ހަފްތާއެއް ވަންދެކަށް ގެއްލިގެން ހޯދަމުން ދިޔަ އަސްރާ އޭނަ ފިލިތަނަކުން ނުކުމެގެން އައިސް ދިއްގަރުގެޔަށް ވަނެވެ. ދައްކާ ވާހަކަޔާއި ރާގު ހުރި ގޮތުން އޭނަ ބަދަލުވެފައިވާ މިންވަރު ހާމަވެއެވެ. ލަތީފާގެ އާއިލާގެ އެންމެން ހައިރާންކަންމަތީ ބަލަ ބަލާ ހުއްޓާ އަސްރާ ގޮސް ބޮޑު އަށިމަތީގައި އިން އަލައިނާ މޭގައި ޖައްސާލިއެވެ. މަންމަގެ ފިރުމުންތަކަށް ފެންބޮވައި ގަނެފައިވާ އަލައިނާއަށް އަސްރާގެ ގައިގައި ދެއަތް ވަށާލެވުނެވެ.
" މާފުކުރޭ ދައްތާ. މިހުރިހާ ކަމެއ މިވީ އަހަރެންގެ ސަބަބުން. ލީން ހިނގާ ގެޔަށް ދަމާ.. މަންމަ ހުންނާނެ ކުކުޅު ހަދާފައި " އަސްރާ ފައިގައި ބޭސް އަޅައިފައިވާ އަލައިނާ އުރާލިއެވެ. އަލައިނާ ހުންނަނީ އެއުމުރުގެ ކުދިންނަށްވުރެ ތަންކޮޅެއް ކުޑަކޮށް ކަމަށްވުމުން އޭނަގެ ބަރުދަން ލުއިވެ އަސްރާއަށް އޭނަ އުރަން ފަސޭހައެވެ. އަސްރާ އިތުރު ބަހެއް ނުބުނެ އަލައިނާ ގޮވައިގެން ގޮސް އެމަރަލްޑްއަށްވަނެވެ. ދިއްގަރުގެ އާއިލާ އަސްރާއަށް ވިސްނުނީ ކަމަށް ނިންމާ އުފާކުރަމުން އެމީހެއްގެ މަސައްކަތަށް އެނބުރި ރުޖޫޢަވިއެވެ.
އަސްރާ ރަނގަޅުވި ކަމުގެ މާސްކު ނަގައި އެއްލާލީ އަލައިނާ ގޮވައިގެން ބަދިގެޔަށް ވަނުމަށްފަހުއެވެ.
" ކަލޭ މިކައި. ނުކައިފިނަމަ ކުރާނެ އަނިޔާ ބޮޑުވާނެ.. " އަސްރާ އަލައިނާގެ އަނގަ ތެރެއަށް ނިންދަވާ ބޭސް ގުޅައެއް ކޮއްޕާލުމަށްފަހު ގަދަކަމުން ފެން ޖައްސާ އެގުޅަ ދިރުވާލާ ގޮތް ހެދިއެވެ.
---
"އިށީނދޭ މިތާ!!! " ރޭގަނޑު ދަންވަރު އަލައިނާ ހޭއެރި ވަގުތު އަލައިނާ ދަމާފައި ބޭރަށް ނެރެ އަސްރާ މެދުގޯތީގައި އަލިފާންގަނޑެއް ޖަހާފައި ހުރި ތަނަށް އަލައިނާ ކޮއްޕާލިއެވެ. އަލައިނާ ގިސްލަމުން ދިޔަ ހާލު އޭނަ މަންމަގެ އަމުރަށް ތަބާވެ ބިންމަތީގައި އިށީނެވެ. އަލިފާންގަނޑު ފިޔަވާ މެދުގޭގައިވާ އެހެން ތަންތަން އަނދިރިކޮށް ހުރުމާއިއެކު ހަށީގަނޑުގައި އަޅަމުން ދިޔަ ވޭނާ ހަންގަނޑުގެ މަތިން ފިނިވަމުން ދިއުމުން އަލައިނާގެ ހަށިގަނޑު ދިޔައީ ތުރުތުރުލަމުންނެވެ. ހަށިގަނޑު ހިކިގެން ގޮސްފައި ހުރުމުގެ ސަބަބުން އޭނަޔަށް ޤވައިދުން އަސްރާ ކާން ނުދޭކަން ފެންނަ މީހަކަށްވެސް އިނގޭނެއެވެ. އެކަނިމާ އެކަނި އަސްރާގެ އަނިޔާތަކަށް ތަހައްމަލު ކުރަމުން ދިޔަ އަލައިނާވަނީ ކުޑަކޮށް ވާނުވާ ނޭނގޭ އަތަށް އަޅާފައެވެ.
އަސްރާ ބިންމަތީގައި އިށީނދެ އޭނަ އަތުގައި އޮތް ސިހުރު ފޮތް ހުޅުވާލިއެވެ. އޭނަގެ މަޤްސަދަކަށްވީ އަލައިނާ ދުނިޔެއިން މޮޔަކޮށް ފުއާފްއާ ދުރުކޮއްގެން އޭނައަށް ފުއާފް ލިބޭ ގޮތް ހެދުމެވެ.
ފޮތް ހުޅުވާލި ގޮތަށް ލަސްނުކޮށް އަސްރާ ކިޔެވެއްޔެއް ކިޔަވަން ފެށިއެވެ. ކިޔަނީ ކޯޗެއްކަމެއް ކައިރީގައި ހުންނަ މީހަޔަށްވެސް ދޭހަ ނުވާފަދަ އެއްޗެހިތަކެއް ހަލުވިކޮށް ކިޔަމުން ދިޔަ އިރު މާހައުލު އިތުރަށް ފިނިވަމުން ދިޔައެވެ. ވައިރޯޅިއެއް ނުޖެހޭ އެރޭ ބާރުބާރަށް އެގޭގައިވާ ގަސްތައް ހެލެމުން ދިޔައީ ބިޔަ ބިރުވެރި އެއްޗެއް ނުކުމެދާނެ ހެންނެވެ. ބިރުން ގޮސް އަލައިނާއަށް އޭރު ގިސްލެވެނީއެވެ. މިވަނީ ކިހިނެތްކަމާމެދު އޭނަ ސުވާލުކުރަން ބޭނުން ވިޔަސް އަނގައިން ބަހެއް ވެސް ނުބުނުމަށް އަސްރާ އިންޒާރު ދީފައި އޮތުމުން އޭނަ މާހައުލުގައި ވަމުން ދިޔަ ކަންކަން ނުބަލަން ދެލޯ މަރާލިއެވެ.
އަސްރާ މާހައުލު ހިނގަމުން ދިޔަ ކަންތަކަށް ބަލާލުމަށްފަހު ލޯމަރާލައި ކުރިޔަށްވުރެ ތަންކޮޅެއް ހަލުވިކޮށް ކިޔަވަން ފެށިއެވެ. އިސާހިތަކު ދެން ހީވީ ގޭގެ ފުރާޅު ނަގައި އެމީހުންގެ ކުރިމައްޗަށް ވައްޓާލި ހެންނެވެ. ސިހިފައި ދެމައިންނަށް ލޯ ހުޅުވާލެވުނެވެ. ކުރިމަތީގައި ހުރި ރަތްކުލައިން ހައިލައިޓްވަމުން ބިޔަ ބިރުވެރި ސިފައެއްގައިވާ އެއްޗެއް ފެނި އަލައިނާ ވަގުތުން އެހުރިތަނަށް ހޭނެތިގެން ވެއްޓުނެވެ.
---
ބާރު އަޑެއް އިވިގެން ނިދިފައި އޮތް ހުސްނާއަށް ތެދުވެވުނެވެ. އެނދުގެ ކުރިމަތީގައި ބޮޑު ގަޑި ބަލާލި އިރު ދަންވަރު ދެއެއް ޖަހަން ދަނީއެވެ. ގުގުރަނީކަމަށް ހީކޮށް އިރުކޮޅަކުން އަޑު އަނެއްކާ އިވޭތޯ ބަލަން އޮއްވާ ދެލޮލަށް ނިދި ސަވާރުވެ އޭނައަށް ނިދި ޖެހުނީއެވެ. އެއީ އޭނަގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބުކަމެއް ނޭނގެއެވެ.
---
" ހާޒިރުކުރި ސަބަބު؟ " އެބިޔަ އެތީގެ އަޑުވެސް އެހާމެ ބަރެވެ. އަސްރާ ބިރުގަތެއްކަމަކު މަޤަސަދު ހަނދާންކޮށް ހިތްހަމަ ޖައްސާލިއެވެ. އެވަރަކުން އަދި އޭނަ ހުއްޓަލެއް ނުލާނެއެވެ.
" އަލައިނާ މޮޔަކޮށް އަލައިނާއާ ފުއާފް ދުރުކުރުވުން. އަދި އަހަރެންނާ ފުއާފް ގުޅުވުން.. " އަސްރާ މަޤްސަދު ކިޔައި ދިން އިރު ހިތުގައި އުތުރު އަރަމުން ދަނީ ފޮނި އިހުސާސްތަކެވެ. މަޤްސަދު ހާސިލްވާކަށް ދެން މާގިނަ ވަގުތެއް ނެތްކަން އޭނައަށް ހީވާ ކަހަލައެވެ.
" ކޭޒް! " ދުރުން ފުއާފްގެ އަޑު އިވި އޭނަ އަސްރާގެ ކުރިމައްޗަށް ފާޅުވީ ސިކުންތެއްހާ ހަލުވި ކަމާއެކުގައެވެ.
" ކަލޭ ވާހަކަތަ މިހިރަ އަންހެނާ މިކިޔަނީ؟ " ކޭޒް ނަމަކަށް ކިޔާ ބިޔަ ޖިންނި ފުއާފްކުރެ ސުވާލުކުރިއެވެ. ފުއާފް އާނއެކޭ ބުނެ ބޯޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.
" މީނައަކަށް އެއްވެސް އެހީތެރިކަމެއްވާނެ ކަމެއް ނެތް. ކަލޭ ދޭ.. " ފުއާފް ކޭޒްއަށް އަމުރުކުރީ އޭނަ އެކޭޒްއަކަށްވުރެ މަތީ މީހަކު އަމުރުކުރާ ފަދައިންނެވެ.
" ނޫން! ކަލޭ ނުވާނެ ގޮސްގެން.. " އަސްރާ ފޮތުން ފާޑެއްގެ އެއްޗެއް އަނެއްކާވެސް ކިޔަވަން ފެށިއެވެ. އަސްރާގެ ލޯމަތިން ގެއްލެމުން ދިޔަ ކޭޒްގެ ގައިގައި ފާޑެއްގެ ކަސްތޮޅެއް އެޅިގެން ދިޔައީ އެއީ ކޮންތަނަކުން އައި އެއްޗެއްކަން މީހަކަށް ނުވެސް އެނގި ހުއްޓައެވެ.
" އަސްރާ!!! ކިހިނެތްވެގެންތަ ތިއުޅެނީ؟ ކަލޭ ތީ ހާދަހާ ރަޙުމެއް ނެތް އަންހެނެކޭ!!! " ފުއާފް އަސްރާގެ ގައިގައި އެފަދައިން ކަސްތޮޅު އަޅުވަން އުޅުނެވެ. އެހެނަސް އެއަށްވުރެ އަވަހަށް އަސްރާ އޭނަގެ އަތުގައި އޮތް ތަވީދު ދައްކާލުމަށްފަހު އެއްކައިރީގައިވާ ފިޔޮއްސެއް ނެގިއެވެ. އަދި ފިޔޮހިން އަސްރާގެ އަތް ތިލައިގައި އަޅާލުމަށްފަހު އޭނަ ނުބައި ޒާތަކަށް ހެމުން ފުއާފްއަށް ބަލާލިއެވެ.
" ކަލޭ ތި ކޮނުނީ ކަލޭގެ އަމިއްލަ ކަށްވަޅު!! " މަންޒަރު ބަލަން ހުރި ފުއާފް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތުމާއެކު ލައުޑް ސުޕީކަރެއްހެން މުޅި ރަށުގައި އެއަޑު ގުގުމައިގެން ދިޔައެވެ. އަދި އޭނަގެ ގައިގައި ހުރި ބާރެއް ނެރެ އަސްރާގެ ގައިގައިވި ތަވީދު ބުރިކޮށް އެޔާއިއެކު ސިހުރު ފޮތްވެސް އަލިފާނަށްލާ އަންދާލިއެވެ. އަލި ދަތުރު ކުރާހާ ބާރުމިނުގައި ގޮސް އަސްރާގެ މެޔަށް ފިޔޮހި ހަރާލިއެވެ. ސުކުންތުކޮޅެއްގެ ތެރޭގައި އަސްރާގެ ހަރަކާތް ހުއްޓި މަޑުމަޑުން ފުއާފްގެ އަތުތެރެއިން އޭނަ ބިންމައްޗަށް ވެއްޓުނެވެ. ބިންމައްޗަށް ވެއްޓުނު އަސްރާއަށް ބަލާލައި ހިނިތުންވެލި ވަގުތު ފުއާފްގެ ހަށިގަނޑުގައި ވޭން އަޅަން ފެށިއެވެ. މަޑުމަޑުން މީހާގެ ސޫރަ ބަދަލުވެގެން ދިޔަ ވަގުތު ގައިން ފެހި އަލިތަކެއް ނިކުންނަން ފެށިއެވެ. އާނއެކެވެ. އޭނަގެ އެންމެ މުހިންމު ބާރުތައް ނެތި ދަނީއެވެ. މަންޒަރު ބަލަން ހުރި ކޭޒް ކަސްތޮޅުން މިނިވަންވެފައި ވުމާއިއެކު އޭނަ ފުއާފްގެ ގައިގައި ހިފަހައްޓާލާ ދެމީހުން އެއްކޮށް ދުންކޮޅަކަށްވެ މައްޗަށް އަރައިގެން ދިޔައެވެ.
" އަސްރާ!! މިދޮރު ހުޅުވާ.. އެމަންޖެއަށް ކީއްތިކުރަނީ؟ ކާކު ވައްދައިގެން ތިއުޅެނީ؟ " ރަށު މީހުނަށް ފުއާފްގެ ހަޅޭކުގެ އަޑު އިވިގެން އަސްރާގެ ދޮރުގައި އައިސް ތަޅަން ފެށިއެވެ.
" ފުއާދް ތިދޮރު ވައްޓާލާފައި ނަމަވެސް އެތެރެއަށް ވަދެބަލަ!! " ލަތީފާއަށާއި ހުސްނާއަށްވަނީ ރޮވިފައެވެ. ދެމައިންގެ ބަހަށް ފުއާދް އަވައްޓެރިންނާ ވާހަކަދެއްކުމަށްފަހު ދޮރާލި ހަލާކުކޮށްގެން އެތެރެއަށް ވަތް އިރު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ފެނިފައި އެމިހުން ހުއްޓުން އަރައިގެން ދިޔައެވެ. އަސްރާ އޮތް ގޮތް ފެނި އެތަނަށް އެއްވި އެތައް ބަޔަކު މޭނުބައިވެގެން ހޮޑުލަމުން ދިޔައެވެ. މީހާގެ ސިފަ ގެއްލި ހަންގަނޑު ކަޅުވެ ފެހި ޖަހާފައި ހުރިހެން ހީވާ އަސްރާއަށް ދެން ބަލާލާނެ އެއްވެސް ފިރިހެނަކު އެތާކު ނުވާނެއެވެ.
" ދަރިފުޅާ... " ހުސްނާ ގޮސް ހޭނެތިފައިވި އަލައިނާ ގެނެސް މޭގައި ޖައްސާލިއެވެ.
" މަންމަ ލީން މަރެއް ނުވޭ.. އަލްޙަމްދުލިﷲ " ލަތީފާއަކީ ނަރުހަކަށްވުމުން އޭނަ އަވަސް އަވަހަށް އަލައިނާގެ އަތުގައި އަތް ޖައްސާލާ ވިންދު ބަލާލުމަށްފަހު ހުސްނާއަށް އުފާވެރި ޙަބަރު ދިނެވެ. އަދި ދެމައިން ވެގެން އަލައިނާ ގޮވައިގެން ދިއްގަރުގެޔަށް ދިޔައިރު ބައެއް މީހުން އަސްރާގެ ކަށުނަމާދާމެދު ވާހަކަދައްކަމުން ދިޔައެވެ.
***
" އިބްރާހީމް... އަޙްމަދު... ލީން... އަހަރެންނަށް މާފުކުރޭ.. މިހުރިހާ ކަމެއްވެސް މިދިމާވީ ހަމަ އަހަރެންގެ ސަބަބުން.. އަހަރެން ތިމީހުންގެ ހަޔާތަށް ނައި ނަމަ މިގޮތަށް ކަންތައް ވާކަށް ނުޖެހުނީސް. " މާޒީގެ ހަޤީޤަތް ކިޔައިދިން އިރު ފުއާފްގެ ދެލޮލުން ކަރުނަ އޮހެނީއެވެ. އެކަމަށް އިންކާރުކޮށް ބަސްބުނާނެ އެކަކު ވެސް ނުވިއެވެ. އާނއެކެވެ. ފުއާފްގެ ސަބަބުން އާއިލާ ހަލާކުވެގެން ދިޔައީމައި އެކަމަށް އިންކާރުކޮށް ބަސް ބުނާނެ އެކަކުވެސް ނުވިއެވެ.
" އަސްލު ފައިޒަން ކޮބާ؟ " އަކްރަމް ފުންނޭވާއެއް ދޫކޮއްލަމުން އަހާލިއެވެ.
" ވީ މާލޭގައި. އިބްރާހީމް މެންނާއެކު މޫދަށް ދިޔަ ދުވަހުގެ ދަންވަރު އޭނަ ރައްޓެއްސަކާއެކު ކޮފީ ނިންމާފައި އަންނަނިކޮށް އަޒްކާގެ އާއިލާއިން ރައްޓެހިމީހާގެ ފޯނަށް ގުޅީމަ އަޒްކާގެ މަރުގެ ޙަބަރު ލިބިގެން މާލެ ގޮސްވީ. އިބްރާހީމް މެން ގާތުގައި އޭނަ ނުބުނެ ދާން ޖެހުނީ ކުއްލިއަކަށް އަވަހަށް ދާން ޖެހިގެން. ފޯނު ހަލާކުވެގެން މެސެޖު ވެސް ނުކޮއްލެވުނީ.. " ފުއާފް އަސްލު ފައިޒަންގެ ހަޤީޤަތް ކިޔައި ދިނުމުން އެންމެންގެ ހިތްތަކަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. އެހެނަސް އަޒްކާގެ މަރުގެ ޙަބަރު ލިބުމުން އެންމެންނަށް ފުން އަސަރުތަކެއް ކުރުވިއެވެ.
" އަދި އެއް ވާހަކަ... ލީންއަ... ލީންއަކީ ބައްޕަގެ ދަރިޔެއްތަ؟ " އަޙްމަދު ހިންދިރުވާލަމުން އަހާލިއެވެ. އެޖަވާބަކީ އަލައިނާގެ ހަޔާތުގެ ކުރިމަގު ބިނާވާނެ ހަޔާތެވެ.
ނުނިމޭ

    Please log in or register to bookmark.
    3k

    1 ޚިޔާލު

    1. އެންމެ ފަހު ޖުމްލައިގަ އެންމެ ފަހު ބަސް 'ހަޔާތެވެ' ބަދަލުގައި އިންނާނީ 'ޖަވާބެވެ.' އަދި އަސްރާގެ އަތުގައި ފިޔޮހި އެޅި ތަނުގައި އިންނާނީ އަލައިނާގެ އަތުގައި އަސްރާ ފިޔޮހި އެޅި ވާހަކަ. ވާހަކަ ޑޮޓް ކޮމްގެ ވެބްސައިޓް އަޕްޑޭޓުވި ފަހުން އަޅުގަނޑަށް ވާހަކަ އަޕްކުރުމަށްފަހު ދެވަނަ ފަހަރަށް އެޕިސޯޓުތަކުގައި މިސްޓޭކް ހުރިތޯ ޗެކް ނުކުރެވޭ. މިކަމަށް ކިޔުންތެރިންގެ ކިބައިން މާފަށް އެދެން.

    ޚިޔާލު

    Your email address will not be published. Required fields are marked *