ވޭނުން ހިތް ކުދިކުދި - 7

ހަބަރުގައި ލިޔެފައިވާ ގޮތުން ނަމަ މީގެ 30 މިނެޓު ކުރިން އަނޫމް ކިޔާ ފިރިހެން ކުއްޖަކު އަމިއްލައަށް ދަންޖެހިގެން މަރުވީ އެވެ . މީ އަނެއްކާ ކޮކެއި ބާއެވެ. ކޮކެއި ބުނި ގޮތުން ނަމަ ކޮކެއިގެ އަސްލު ނަމަކީ އަނޫމް އެވެ. އެކަމަކުވެސް ގަބޫލު ކުރަން ދަތިވިއެވެ. އިތުރު ވިސްނުމެއް އައީ ދެނެވެ. އެދުމަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ހިފައިގެން ބޭރަށް ނުކުމެ ސައިކަލުގައި އަހަރެމެންނަށް ހާއްސަ ކޮށްފައިވާ އެއްކަލަ ގެޔަށް ދިޔައީ މެވެ. ގެޔަށް ދެވުމާއެކު މަޑުކުރުމެއް ނެތި އެތެރެއަށް ވަނީމެވެ. ވަންއިރު ގޭންގުގެ ބައެއް މެންބަރުން ހާސް ވެތިބެ ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން ފެނުމާއެކު ކޮކެއި ކައިރީ އަބަދުވެސް އުޅޭ ސަލްވިޔާ ކިޔާ ފިރިހެން ކުއްޖާ ދުވެފައި ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނު އިރު އަހަރެން ހުރީ ވާނުވާ ޑޮޓް ކޮމް ގައެވެ.

" ޓެބްކޯ.. ކޮ.. ކޮކެއި! " ސަލްވީ ވާހަކަ ދައްކަން މަސައްކަތް ކުރި އެވެ. ވީގޮތް ކިޔާ ނުދިނަސް އަހަންނަށް ވިސްނެން މާގިނަ ވަގުތެއް ނުނެގިއެވެ.
" ހަބަރުގައި އެއޮތީ ކޮކެއި ގެ ވާހަކަ ތަ ؟". އަހަރެން ލަސްލަހުން ނަމަވެސް ބުނެލީ ގޭންގުގެ އެންމެނަށް އަޑުއިވޭނެ ގޮތަކަށެވެ. ވާހަކަ ރަގަޅަށް ނުނިމެނީސް ސަލްވީ ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ނަމަވެސް އަހަރެން މިކަން ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ ؟. ގައިމު މީގެ ހައެއްކަ ގަޑިއިރު ކުރިން ކޮކެއި ހުރީ އަހަންނާ އެކީ ވާހަކަ ދައްކާށެވެ. ދެމީހުން ސަކަރާތް ޖެހީ ވެސް ހަމަ ދެންމެ އެވެ. ހައްތާވެސް ހީވަނީ ކޮކެއި ދެންމެ ދެންމެ އަހަނާ ވާހަކަ ދައްކާލާ ހެންނެވެ. ނަމަވެސް އެއީ ބޮޑު ކުށް ހީއެކެވެ. އެޔަށް ވުރެ އަހަރެން ހަގުނަ އިތުރަށް ހައިރާން ވެވުނީ ކޮކެއި އަމިއްލަ އަށް ދަން ޖެހިގެން މަރު ވީމައެވެ. މިހެން ގައިމުވެސް ނުވާނެ އެވެ. ކޮކެއި އަމިއްލަ އަށް މަރުވާން ވީ ކީއްވެ ހެއްޔެވެ ؟. އާއިލާގެ މީހަކަށް ނުވިއަސް ޙަޤީގަތުގައި ބުނާނަމަ ހިތުގައި ރިއްސާލިއެވެ. ހުރިހާ އުދާސްތައް ހިތުގައި އެއްފަރާތް ކޮށްލުމަށް ފަހު އަހަރެން އަނެއްކާވެސް ސަލްވީ އާއި ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ.
"ކީއް ދެން ކުރާނީ... ގޭންގުގެ އިސް ލީޑަރެއް ދެން ނެތެއްނު... މަންމަ އާއި ކޮއްކޮ އަހަންނާ ހަވާލު ކުރަންވީނު... "
އަހަރެން ހިތަށް އެރި އެއްޗެއް ބުނެލީ މެވެ. ވަގުތުން ސަލްވީ ގެ މޫނުގެ ކުލަ އޮއްސުނެވެ.

" ޓެބްކޯ އަށް ތިއޮތީ އޮޅިފައި!!. ގޭންގުގެ އިސް ލީޑަރަކީ އަދި އެހެން މީހެއް.... މާނައަކީ ކޮކެއިގެ މަތިން ހުންނާނޭ އަދި އެހެން މީހެއް.... މިހާރު ހަބަރު ލިބިފައިވާ ގޮތުގައި މާދަމާ ރޭ 1:00 ޖަހާ އިރު އެމީހަކު އަހަރުމެން ނާ ބައްދަލު ކުރަން އަންނާނެ.. ޓެބްކޯ ވެސް ޖެހޭނެ އަންނަން.. ހަދާން ކުރާތި އަންނަނީ މޫނު ނުފެންނަ ކަހަލަ މާސްކެއް އަޅައިގެން.. އޭނާއަށް އެނގޭނީ ޓެބްކޯ ގެ މަންމަ އާއި ކޮއްކޮ ވީތަނެއް...

ސަލްވީ އެހެން ބުނުމަށް ފަހު ހިގައިގަތީ އެތާނގައި ތިބި އެހެން ބަޔަކު ސަލްވީ އަށް ގޮވާލީމައެވެ. އަހަރެން މިހާ ދުވަހު ހީކުރީ ކޮކެއި އަކީ ގޭންގުގެ އިސް ލީޑަރު ކަމަށެވެ. ނަމަވެސް ކަން ހިނގީ ދިމާ އިދިކޮޅަށެވެ. އަނެއްކާ އަސްލު ލީޑަރަކީ ކާކު ހެއްޔެވެ ؟. ކޮންމެއަކަސް ކޮކެއި މަރުވީ އަމިއްލަ އަކަށް ނޫނެވެ. ނުވިސްނޭ އެންމެ ކުޑަ ކުއްޖާ އަށް ވެސް އެކަން ވިސްނޭނެ ކަން ކަށަވަރެވެ. ކޮކެއި ކޮންމެ ގޮތަކަށް އަހަންނާ ދޭތެރޭ ކަންތައް ކުރިޔަސް ޙަޤީގަތުގައި ކޮކެއި އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިޔެކެވެ. ކޮކެއި ގެ މަރުގެ ފަހަތުގައި ވާ ފަރުދާ އަހަރެން ކަހާލާނަމެވެ. ކޮކެއިގެ މަރަށް އަހަރެން އިންސާފު ހޯދައި ދޭނަމެވެ.

(ނުނިމޭ..)

  Please log in or register to bookmark.
  1k

  7 ޚިޔާލު

  1. ވވވވވވ ރީތި ❤️❤️❤️❤️❤️
   އަނެއްބާ އަްކޮއްބަ.......

  2. ހާދަ ކުރޭ ޕާޓްތައް ތަންކޮޅެއް ދިގުކޮއްލެވިދާނެތަ😁😁

  3. ކިޔުންތެރީންގެ ކިބައިން މާފައްއެދެން.... މިހާ ލަސްވާތީ....
   ބަޓް 8 ވަނަ ޕާޓް ސަބްމީޓް ކޮށްފި ތާ މިހާރު ގަރުނެއް މިވަނީ... 🤯

  ޚިޔާލު

  Your email address will not be published.