މިއަދަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ
އާނާ އަވަހަށް ހޭލައިގެން ވަނީ ފާހާނާ އަށެވެެ.ފާހާނައިން
ނިމިގެން އާނާ މިސްރާބު ޖެހީ ބޭރަށެވެ.ސިޓިންރޫމަށް
ނިކުމެ ލަސްފިޔަވަޅު ތަކެއް އަޅަމުންގޮސް ހުއްޓުނީ ދެން
ހުރި ކޮޓަރީގަ އެވެ.އާނާ ގެ އިތުރުން އާނާގެ ބޭބެ
ވެސް އުޅެނީ މިގޭގައެެވެ
ނަވީން އަކީ އާނާގެ 27 އަހަރުގެ ބޭބެއެވެ
ނަވީން އުޅެނީ އާދައިގެ ކުންފުންްޏެއްގެ ވަޒީފާއެއްގައެވެ
އާނަ އަކީ 24 އަހަރުގެ ރީތި ކުއްޖެކެވެ.އާނާ މާލޭގައި
އުޅެމުންދަނީ ކިޔަވާށެވެ.ނަވީން ވެސް އާނާ ދެކެ ވަރަށް
ލޯބިވެއެވެ.ދެ މީހުން އަބަދުވެސް އުޅެނީ ކުޑައިރުއްސުރެ
އެއްކޮށެވެ.ރުޅިވެރިކަމެއް ދުވަހަކުވެސް ނުގެންގުޅެެއެވެ
އާނާ ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ.ނަވީން
ނިދި މޫޑުގައި ހުރުމުން މޫނުގައި އަތް އުނގުޅާލަމުން
އެނދުން ތެދުވެ ދޮރާއި ދިމާލަށް ހިނގައިގަތެވެ.ދޮރު
ހުޅުވިއިރު އާނަ ހުރުމުން ހީލިއެވެ.އަދި މިއަންނަނީ އޭ
ބުނެ އެތެރެއަށް ވަނެވެ.އާނާ ނަވީން އަށް ގޮވީ
ހާރުކާށެވެ.އާނަ ގޮސް ފޯނުން ބަންޤި ގޮވާ ގަޑި ބަލާލިއެވެ
ބަންޤި ގޮވަން 30 މިނަޓަށް ވީއެވެ.އާނާ އަނެއްކާ ގޮސް
ނަވީން ގެ ކޮޓަރިއަށް ވަން އިރު ނަވީން ވީ ފާހާނައިގަ
އެވެ.އެނދުގައި އޮތް ވޮލެޓު ފެނުނެވެ.އާނާ އެ ނަގަން
އަވަސްވެގަތީ ރޭގައި އާނާ ގެ އަތުން ނަވީން ހޯދި
ރުފިޔާގެ ބަދަލު ނެގުމަށެވެ.އާނަ އަށް އެތެރެއިން ގަނޑުކޮޅެއް ފެނުނެވެ.
ގަނޑުކޮޅުގެ ހަޤީޤަތް ދެނެގަތުނުގެ ބޭނުމުގައި
އާނާ ގަނޑުކޮޅު ހުޅުވާލިއެވެ."އައި ލޮވް ޔޫ ރިޒޫ.އޭގައި ވަނީ ލޮވް ލެޓޭރ އެކެވެ.އާނާ ދެން ބޭނުންވީ ރިޒޫ އަކީ
ކާކު ތޯ ބަލާށެވެ.އާނާ އަކީ އަބަދުވެސް ނަވީން އަށް ދެރަ ގޮތެއް ވުމަށް ނޭދޭ ކޮއްކޮއެެކެވެ.އާނާ ވޮލެޓު ބޭއްވި
އެވެ
ނަވީން ކޮޓަރިން ނިކުތެވެ.ކާން ހަދާފައި ހުރީ
ދޮންކޭލާއި ބަތާ ފިހުނު މަހެވެ.ނަވީން ކާންފެށިއެވެ.އަދި
އާނާ ވެސް އެވެ.ކައި ނިމިގެން އަތް ދޮވެގެން އާނާ ގޮސް
ނަވީން ގާތު ސޯފާގައި އިށީނެވެ.އާނާ ލައިގެން ހުރީ ކަޅު
ޓައިޓަކާއި،ފިޔާތޮށި ކުލައިގެ ޓޮޮޕެކެވެ.އެއީ އާނާގެ ނިދާ
ހެދުމެވެ.ނަވީން ސޯފާއިން ތެދުވެ ނަމާދު ކުރަން ދަނީ
އޭ ބުނެ އާނާ ތެދުވުމުން އާނާ ގެ ގައިގައި ހިފާލިއެވެ
އަދި ބައްދާލިއެވެ.ކޮން އިރަކުންތަ މީހަކާއި އިންނަނީ؟
އާނާ ބުންޏެވެ.އާނާ ބުނި ދުވަހަކުން.ނަވީން ބުންޏެވެ
އާނާ އުތުރު ސުވާލެއް ނުކުރެއެވެ.އާނާ
ބޮލުގެ ރީތި އިސްތަށިގަނޑު ގައި އަތް ހާކާލަަމުން ގިސް
ކޮޓަރިއަށް ވަނެވެ.އެއިރު އާނާގެ އައިފޯނު 12 ރޮމުން
ގެންދިޔަ އަޑު އިވުނެވެ.އާނާ ބެލިއިތު އެއީ ނުދަންނަ
ނަމްބަރެކެވެ.އާނާ ފޯނު ނެގިއެވެ.އެއިރު އެއީ ރަޔާން
އެވެ.ރަޔާން އަކީ ގުރޭޑު 10 ގައި އޭނަގެ ކުލާސްމޭޓެކެވެ
ނުވަތަ އެއީ އާނާގެ އެއިރުގެ ލޯބިވެރިކެވެ.ނަމަވެސް ރަޔާން އަކަށް އާނާ ވާ ލޯބި އެއް ނޭނގެއެވެ
( ނުނިމޭ)
😍😍😍ކުރިޔަށް ހުރި ބައިތަށް ދިގު ކޮށްލަދޭނަން
އާނާތަ ..އަނާތަ؟ ނެއިގުނު 🤔
އަނާ؟ އާނާ؟ މިއިން ކާކު😊😁
ޢެނީވޭސް ވާހަކަ އޯވަރޯލް ކޮށް ރީތި💛
ތެންކިޔު
އަސްލު އާނާ
ފޮޓޯގަ އިންނަނީ އަނާ ޖަހާފަ މި ސައިޓުން
ނައިސް❤❤❤❤❤❤
ތެންކިޔު އެނޮނީމްސު
ވާހަކަ ކަވާރގަ އިނީ އަނާ.
ވާހަކައިގައި އުޅޭނީ އާނާ.
މިސްޓޭކްއެއް
ނޫން އަސްލު ޖެހީ އާނާ
އެކަމު ކަވާ ޕިކް ގަ ޖަހާފަ އިނީ "އަނާ"
އެއީ މި ސައިޓުގެ މައްސަލަ އެއް