ވޭނުން ހިތް ކުދިކުދި - 6

ބުރަހެލި ގޮތަކަށް ތެދުވެގެން ގޮސް ފާހާނަޔައް ވަދެ ފެންވަރައިގެން ނުކުމެ އަހަރެން ލީ ކަޅުކުލައިގެ ޓީޝާޓަކާ ނޫކުލައިގެ ރިޕް ޖިންސު ސޯޓެކެވެ.
އޭރު ވެސް މީހުންތަކެއް ވާހަކަ ދައްކާ އަޑު އިވެއެވެ. ކިތަންމެ ވަރަކަށް ކޮޓަރިން ނުކުންނަން ބޭނުން ނުވިއަސް ހިނގާފައި ގޮސް ކޮޓަރިން ނުކުމެ ކުރިޔަށް އެޅުނީ ހަމަ އެންމެ ފިޔަވަޅެކެވެ. ހުއްޓެން މަޖުބޫރު ވީ ފެނުނު މަންޒަރަކުންނެވެ. މަންމަ ވާހަކަ ދައްކަން އެހުރީ ދެ ފުލުހުންނާއެވެ. އޭރު ނަވާ ރޮމުން ގިސްލަމުން ދިޔައެވެ. އަހަރެން ވެސް އެތާގައި އިތުރަށް މަޑުނުކޮއް ގޮސް ކޮއްކޮ ކައިރީ މަޑުކޮށްލީ މެވެ.
"ކިހިނެށް ވީ ؟" އަހަރެން އިތުރަށް ކެތް ނުވެގެން ކޮއްކޮ އާއި ސުވާލު ކޮއްލީމެވެ. ނަމަވެސް އެކަކު ވެސް ޖަވާބެއް ނުދިނެވެ. އެހެންކަމުން އަހަރެން އަނެއްކާވެސް ސުވާލު ތަކުރާރު ކޮއްލީމެވެ. އެއްވެސް މީހަކު ޖަވާބު ނުދިނުމުން އަހަރެން އެތާގައި ހުރި ފުލުހުންގެ މީހާ ކަމަށް ވާ އަނީލް ކައިރީ ކިހިނެށް ވީހޭ ސުވާލު ކޮއްލީ މެވެ.

"ދެންމެ ވަގުތެއްގައި ވިއްސާރަ ވުމުގެ ސަބަބުން "ބުލޫ ސްކައި " ލޯންޗް ބަންޑުން ޖެހުނީ. އެ ލޯންޗް ގައި ޔައިން ވެސް އިން ކަމަށް ބެލެވެނީ. ލޯންޗައް ވީނުވީގޮތެއް ނޭގޭ. އެހެންކަމުން ޔައިން ވެސް ވަނީ ގެއްލިފަ. ފުލުހުންގެ ޓީމެއް ތަޙުޤީޤު ކުރިޔަށް އެބަގެން ދާ . ނަމަވެސް މިހާތަނަށް ފެނިފައި ވަނީ އެންމެ 3 މީހުން. ގެއްލިފައިވާ މީހުންގެ ތެރޭގައި ޔައިން އާއި އިތުރު 2 މީހަކު ހިމެނޭ...
އަނީލް އެހެން ބުނެލީ ބޮލުގައި އަޅާފައި އޮތް ތޮފި އަތަށް ނަގަމުން، އިސްދަށަށް ޖަހައި ލަމުންނެވެ. އަހަރެން ނަށް ހީވީ މުޅި ދުނިޔެ ހުއްޓުނު ކަހަލަ އެވެ. ކިތަންމެ ވަރަކަށް ކެތްކުރިން ނަމަވެސް ލޮލުން ކަރުނަ ފައިބަމުން ދިޔައީ ފެން ކޯރެއް ހެންނެވެ. ފިރިހެނެއް ނަމަވެސް ކެތް ކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ.

އޭރު ވެސް މަންމަ އާއި ނަވާ ދިޔައީ ރޮމުން ހަޅޭލަވަމުންނެވެ. އެންމެ ލޯބިވާ ދަރިފުޅަށް އެހެން ވުމުގެ ނޮރޯނީ ދެން ކާކު ހެއްޔެވެ. ހިތްވަރު ކޮއްލާށޭ ބުނުމަށް ފަހު އަނީލް އާއި ދެންހުރި ފުލުހުންގެ މީހާ އެކުއެކީގައި ހިގައިގަތީ ޔައިން ހޯދުމަށް މަސައްކަތް ކުރާނެކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ހަފްތާއެއް ވީއިރު ވެސް ތަޙުޤީޤަށް ކުރިއެރުމެއް ނުލިބުނެވެ. އެގުނުހާވެސް ކަމަކީ ގެއްލިފައިވާ 2 މީހަކު ހޯދުނު ކަމެވެ. ނުހޯދެނީ ހަމައެކަނި ޔައިން އެވެ. އެއީ ހަމަ އަހަރުމެންގެ ބަދުނަސީބެވެ.

"މިހާރު"

ދެލޯ ހުޅުވުމާއެކު ކަރުނަ ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ. ފިރިހެނެއް ނަމަވެސް އަބަދަކު ކެތް ކުރާނީ ކިހިނެއް ހެއްޔެވެ. ޔައިން އައް މިހާތަނަށް ވީގޮތެއް ނޭނގެއެވެ. ފުލުހުން ވެސް ފަހުން ހިތްވަރު ދޫކޮށްލީއެވެ. މިހާތަނަށް ޔައިން މަރުވި ނުވަތަ ނޫން ކަމެއްވެސް ނޭނގެއެވެ. ފުލުހުން ބުނަނީ ޔައިން ދެން ނުފެންނާނެ ކަމަށެވެ. ސަބަބަކީ ޔައިން އަކީ ފަތަން އޭގެ މީހެއް ވެސް ނޫނެވެ.
އަހަންނަށް އެ ހިޔާލުތަކުން ނުކުމެވުނީ ފޯނަށް ނޮޓްފިކޭށަން އެއް އައުމުންމެވެ. ބެލި އިރު އެއީ ކުއްލި ހަބަރެ ކެވެ. އެހެން ކަމުން އެ ކިޔާލާ ހިތްވިއެވެ.ނަމަވެސް ހަބަރުގެ ތަފްސީލު ކިޔާލި ވަގުތު އަހަންނަށް ބޭއިޚްތިޔާރުގައި ބޮލުގައި އަތް އަޅާ ލެވުނެވެ. މިހެން ވާނީ ކިހިނެއް ހެއްޔެވެ. ހަބަރުގައި ލިޔެފައިވާ ގޮތުން ނަމަ މީގެ 30 މިނެޓު ކުރިން އަނޫމް ކިޔާ ފިރިހެން ކުއްޖަކު އަމިއްލައަށް ދަންޖެހިގެން މަރުވީ އެވެ . މީ އަނެއްކާ ކޮކެއި ބާއެވެ. ކޮކެއި ބުނި ގޮތުން ނަމަ ކޮކެއިގެ އަސްލު ނަމަކީ އަނޫމް އެވެ.

(ނުނިމޭ..)

  Please log in or register to bookmark.
  967

  2 ޚިޔާލު

  1. ވަރަށް އިންޓްރެސްޓި
   އެންޑް ވާހަކަ ވަރަށް ރީތި
   ވެން ނެސްޓް ޕާރޓް

  ޚިޔާލު

  Your email address will not be published.