ކްރަޝް

ރުޅި އަރަން ބޭނުމެވެ. ފޫހި ވާން ވެސް ބޭނުމެވެ. ބަދަލު ހިފަން ބޭނުމެވެ. އެއްފަހަރު ނަމަވެސް މޫނު ކުނިކޮށްލަން ބޭނުމެވެ. އަހަރެން ހިތަށް އަރައެވެ. އޭނާއަށް ހަމަ އަހަރެން ގަޔާވާ ކަން ނުވިސްނެނީ ހެއްޔެވެ. ނޭނގި ނުހުންނާނެއެވެ.

ކްރަޝް އޭ މިގޮވަނީ ކީއްވެ ހެއްޔެވެ. އެއީ ތިމާގެ ހިތުގައި ހާއްސަ އިހްސާސް ތަކެއް އެމީހަކަށް އުފެދޭއިރު އެމީހެއްގެ ހިތުގައި ތިމާއާއި މެދު އެކަހަލަ ހަގީގީ އިހްސާސްތަކެއް ނެތީމައެވެ. ނޫނެކެވެ. އަހަރެންގެ ހަނދާން ކޮއްޓެއް ނޫނެވެ. އަހަރެން މި ދައްކަނީ ތޯތޯ ވާހަކަތަކެއް ނޫނެވެ. މިއީ އަހަރެންގެ ހިތުގެ ހާލަތެވެ.

އެއީ އުމުރުން އަށް އަހަރުގައެވެ. އަހަރެންގެ ޅަހިތުގައި އެމީހާއަށް ޓަކައި އެކުވެރި ކަމުގެ އާ ވިންދެއް ޖަހަން ފެށިއެވެ. އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. ފިރިހެން ކުއްޖެކޭ މީހަކު ބުނެފިއްޔާ ފުރަތަމަ ވެސް ބޮލަށް އަންނާނީ އޭނާއެވެ.

އޭނާގެ ރީތި ކަމާއިމެދު ވިސްނެން ފެށީ ތަންކޮޅެއް ބޮޑުވި ފަހުންނެވެ. ދިހަ ވަރަކަށް އަހަރު ވުމުންނެވެ. އޭރު އަހަރެންގެ އެކުވެރިންގެ މެދުގައި އިޝްޤީ ލޯތްބޭ މިކިޔާ ކުޅިގަނޑު ފަށައިފިއެވެ. އަހަރެން ހަނދާން އެބަހުއްޓެވެ. އޭނަ އަހަރެން ދެކެ ދުވަހަކު ވެސް ރުޅިއެއް ނާދެއެވެ. ރުޅި އަރައިފައި ހުންނައިރުވެސް ހަތަރު ކަޅި ބައްދަލު ވެއްޖެނަމަ އޭނާ ހިނިތުން ވެލާނެއެވެ.

ޖެއްސުންކޮށް މަޖާ ކުރާއިރު ވެސް އޭނާ އަހަންނަށް ބަލަމުންދާ ނަޒަރު އަހަރެން ހަނދާން ނެތޭނީ ކިހިނަކުން ހެއްޔެވެ. ޓެގް ކުޅޭއިރު ފަހަތުން ދުވާގޮތް ހިތަށް އައުމުން އަހަންނަށް މިހާރު ވެސް ހެވެއެވެ. އެ ސަމާސާ ތަކުގެ ސަބަބުން އެކުވެރިން އަޅުވައި ކިޔަން ފަށައިދާނެއެވެ.

ތަންކޮޅެއް ބޮޑުވުމުން އަހަރެން އެހެން ކުއްޖަކަށް އާނ ބަސް ބުނީމެވެ. ނަމަވެސް އޭނާ ވަނީ އަބަދުވެސް އަހަރެންގެ ހިތުގައެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާ އަށް ވުރެ ބޮޑަށް އޭނާއާއި މެދު ވިސްނެއެވެ. އެއީ އަހަރެންގެ ސެކަންޑް ޗޮއިސްއެވެ. އެހެން ހުރިހާ ކްރަޝްތައް ބަދަލުވަމުންދިޔަ ނަމަވެސް މިކުއްޖާގެ ނަން އަހަރެންގެ ހިތަކުން ނުދެއެވެ. ނުވެސް ދާނެއެވެ.

އަހަރެން އެންމެ ހާސްވީ އެކުވެރިންތައް މި މީހާ ދެކެ ލައިކް ވޭތޯ އަހަންފެށުމުންނެވެ. އަހަރެން އަވަސްއަވަހަށް ދޮގު ހެދީމެވެ. އެހެން މީހަކަށް އަންގާކަށް ބޭނުމެއް ނޫނެވެ. އެއީ އަހަރެންގެ ހިތުގައި ވާ އެއްޗެކެވެ.

އެކުގައި އުޅޭ ބައެއް ކުދިން އޭނާއަށް ހިތްކިޔަން ފެށުމުން އަހަރެންގެ ބޮލަށް އުނދަގޫ ވެއެވެ. ޖަހައި ބޯ ފަޅައިލާނަމޭ ވެސް ހިތަށް އަރައެވެ. ނަމަވެސް އަހަރެން ރައްދު ކޮށްލަނީ ފޭކް ހިނިތުންވުމެކެވެ. އެތައް ފަހަރަކު ހިތަށް އަރައެވެ. އެތައް އަންހެން ކުދިންނެއް ދަނީ އޭނާއަށް ކަޅި އަޅަމުންނެވެ. އެހެންވީމާ އަހަރެން އޭނާގެ މަތިން ހަނދާން ނައްތައިލާންވީ ނޫންހެއްޔެވެ.

ކުޑަކޮށް މަސައްކަތް ކޮށްލެވުނު ތަނާ ވެސް އެކުވެރިޔަކު އައިސް ބުންޏެވެ. އޭނާ އަހަރެން ދެކެ ލޯބި ވާއިރު އަހަރެންގެ ހިތަށް އެކައްޗެއް ވެސް ނާރަނީހެއްޔެވެ. ނާރަނީ ކީއެއް ނޫނެވެ. އަހަރެންގެ ގާތް އެކުވެރިން އިން ފެށިގެން ގާތް ތިމާގެ މީހުން ވެސް އޭނާގެ ލޯބި ހޯދަން މަސައްކަތް ކުރާއިރު އަހަރެން ބޭނުންނުވަނީއެވެ. 'ޕީސް' އަށް ޓަކައެވެ.

އަހަރެން ފުންކޮށް ވިސްނައިލީމެވެ. އަހަރެން އެހެން ފިރިހެން ކުދިންނާއިއެކު އުޅޭ އިރު އޭނާ އަޅައި އެބަ ލާ ހެއްޔެވެ. ރުޅިއެއް ނާދެއެވެ. އެއްވެސް ތަފާތެއް ވެސް ފާހަގައެއް ނުކުރެވެއެވެ.

އަހަރެން ޝާޔާ ކައިރީގައި ބުނެލީމެވެ. އަހަރެން ލައިކް ވެއެވެ. އިތުރު އެއްޗެކޭ ނުބުނަމެވެ. ޝާޔާ ގޮސް މިވާހަކަ ބުނީ އެހެން ކުއްޖެއްގެ ކައިރީގައެވެ. އެގޮތަށް ތުންތުން މަތިން ގޮސް އޭނާއާއި އަޅައިގަނެގެން އުޅޭ ދެތިން ކުއްޖަކަށް މި ވާހަކަ ފޯރިއެވެ.

ނަތީޖާ އަކަށް ވީ އެމީހުން އަހަންނާއި ގުޅުން ކަނޑައިލުމެވެ. ވާހަކަ ވެސް ދައްކަނީ ވަރަށް ފާޑަކަށެވެ. ހިތް ވަރަށް ނުބައި ކަން ވެސް އަހަންނަށް އެނގެއެވެ. އަހަރެންގެ އިހްސާސްތައް ހިއްސާކުރީ 'ބެސްޓީ' އާއިއެވެ. މިކަމުގެ ސަބަބުން އަހަރެންގެ ހިތަށް އުނދަގޫވާ ވާހަކަ ބުނީމެވެ. އޭނާގެ މަތިން ހަނދާން ނައްތައިލާންވީ ކަންނޭނގެ އެވެ. ނުފެންނަ ކަމަށް ހަދައި ދެލޮލަށް އިނގިލި ޖަހައިގެން ހުންނަންވީއެވެ. ބެސްޓީ އަބަދު ވެސް ބުނެއެވެ. "ތި ކިޔާ ވާހަކަތަކުގައި އުޅޭ ނިކީ ބްރޭންޑަން ދޫކޮށެއް ނުލައެއް ނޫންހެއްޔެވެ."

އަހަރެން ބޯޖަހައިލީމެވެ. އެބުނި އެތީގެ މާނަ އަހަންނަށް ފުންކޮށް އެނގެއެވެ. އިތުރު އެއްޗެކޭ ބުނަން ހިތަށް ނޭރީ އެހެން ވެއެވެ. އަހަންނަށް އޭރު އެނގެއެވެ. އޭނާގެ ހިތް އެތަނުން އަންހެން ކުއްޖަކަށް މަޑުމަޑުން ލެބެމުން ދާ ކަމެވެ. އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތެވެ. ނަމަވެސް އެ އަންހެން ކުއްޖާގެ ރައްޓެހިން އަހަންނަށް ބަލަނީ ކުއްވެރިޔަކަށް ބަލާ ހެންނެވެ. އަހަރެން ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ މީހެއް ދެކެ 'ލައިކް' ވުމަކީ ކުށެއް ހެއްޔެވެ.

އަހަރެންގެ ބޮލަށް ވަންނަމުން ދިޔަ ވަސްވާސް ތައް ހަގީގަތަކަށް ވެއްޖެއެވެ. ހަގީގަތަކީ އޭނާ ވެސް އެ އަންހެން ކުއްޖާ ދެކެ ލައިކްވާ ކަމެވެ. އަހަރެން ކައިރީގައި ބުނީ އަހަރެންގެ އެކުވެރިޔެކެވެ. އަހަންނަށް ހީވީ ބޮލަށް ގާގަނޑެއް ވެއްޓުނު ހެންނެވެ. ވަރަށް އުނދަގުލުން ކަރުނަތައް ހިފަހައްޓައިލީމެވެ. އަވަހަށް އެ ހަބަރު ބެސްޓީ އަށް ދީފައި ފޯނު ކަނޑައިލީމެވެ.

އަހަރެން ހުރީ ގޭގައެއް ނޫނެވެ. ގެއަށް އާދެވުމާއިއެކު އަހަރެންނަށް ބޭއިޙްތިޔާރުގައި ރޮވެން ފެށުނެވެ. ރޯކަށް ބޭނުމެއް ނޫނެވެ. އެއީ ބޭނުން ކަމެއް ނޫނެވެ. އަހަރެންނަކީ ވަރަށް ހިތްބަލި ކުއްޖެއް ކަމުން ރޮވުނީ ކަންނޭނގެއެވެ. އަހަރެން މިވާހަކަ ހިއްސާކުރީ ޝާޔާއާއިއެވެ. ޝާޔާ ގަބޫލެއް ނުކުރިއެވެ. އިތުރު ކުއްޖަކާ ކުރުމުން އެކުއްޖާ ވެސް ގަބޫލެއް ނުކުރިއެވެ.

ބެސްޓީ އާއި ވާހަކަ ދައްކައިލެވުމުން ހިތަށް ފިނިކަން ލިބުނެވެ. އަހަރެން އޭނާ ކައިރީގައި ބުނީމެވެ. އަހަރެން ބަދަލު ހިފާނަމެވެ. މި ބުނެވުނީ ކީކޭ ކަމެއް ވެސް ނޭނގެ އެވެ. ނަމަވެސް އަހަރެން ދޭތެރެއަކަށް ނުވަންނާނަމެވެ. އެމީހަކު ލޯބިވާ މީހަކާއި އެކީގައި އުޅުމުގެ ހައްގު އޮންނާނެ ނޫންހެއްޔެވެ. އަހަރެންގެ އިހްސާސްތައް ދެނެގަނެގެން ބެސްޓީ އިތުރު ކުއްޖަކާއި އަޅުވައި ކިޔަން ވެސް ފެށިއެވެ.

އަހަރެން ވެސް އެގޮތް ކަމުދިޔައެވެ. ނަމަވެސް ކިތަންމެ މޮޅު ރީތި ފިރިހެން ކުދިންނެއް ތިއްބެއް ކަމަކު އެއީ އޭނާ އަކަށް ނުވެއެވެ. އަހަންނަށް ހަމަ އޭނާ ކަމުދަނީއެވެ. އެހެން މީހުންގެ ރީތި ކަން އަހަންނަށް އަހަންނަށް ނުފެނެނީ ކަންނޭނގެ އެވެ. އެއީ އަހަރެން ބަލާކަށް ވެސް ބޭނުމެއް ނޫނެވެ.

އަހަރެން ދެން ވިސްނީ އޭނާ އަށް ހަދަންވީ ގޮތަކާއި މެދުގައެވެ. ހަމަ ޔަގީނުން ވެސް އެކުވެރިކަމެއް ދެން މި ހިތެއްގައެއް ނޯންނާނެއެވެ. ޑޫއާ ލިޕާގެ 'ނިއު ރޫލްސް' އަޑު އެހިން ހެއްޔެވެ. ދެން އަހަރެން އަމަލު ކުރަންވީ ނިއު ރޫލްސް އަށެވެ. ރޫލް ނަމްބަރ ތިނެކެވެ. އޭނާގެ އެކުވެރިޔަކަށް ނުވާށެވެ!

އަހަރެން އަޒުމު ކަނޑައެޅީމެވެ. އޭނާއަކަށް ބަލައެއް ނުލާނަމެވެ. ހީވެސް ނުލާނަމެވެ. ނަމަވެސް އޭނާ ފެނުމުން އަހަންނަށް ވަނީ އެހެންގޮތެކެވެ. ހަތަރުކަޅި ހަމަވުމުން ހިނިތުންވެވެނީ އަމިއްލަ ބާރަކުންނެއް ނޫނެވެ. އަހަރެންގެ ނިއު ރޫލްސް ހަނދާން ނެތެއެވެ. އެކުގައި ހުންނަން ބޭނުންވެއެވެ. އަހަރެން ހަނދާން ވާ އަވަހަކަށް ދުރަށް ދެވޭތޯ ބަލަމެވެ. އަހަރެން އަމިއްލަ ނަފުސަށް ވިސްނައިދެމެވެ. "ނޫން ނިކީ.. ނިއު ރޫލްސް ހަނދާން ނެތުނީ ހެއްޔެވެ؟ އަހަރެންގެ އެއްވެސް ޕްލޭނެއް ވޯކް ނުކުރަނީ ކީއްވެހެއްޔެވެ؟ އަހަރެން ސަތޭކަ ކަންތަކާއި ވިސްނަމެވެ. އެތަނުން ނުވަދިހަ ނުވަ ތޯޓްސް ވަނީ އޭނާ އާއި އެކުގައެވެ.

އަހަރެން މަސައްކަތް ކޮށްފީމެވެ. އިންސާނަކަށް ކުރެވޭ ވަރަށެވެ. ހަނދާން ނައްތައެއް ނުލެވުނެވެ. އަބަދުވެސް ސިކުނޑީގައި ގޮވަނީ އެކައްޗެކެވެ. ލޫޒަރ އަކީ އަހަންނެވެ. އަހަންނަށް ކޮން ކަމެއް ހެއްޔެވެ. ކްރަޝް އަކަސް ބްރަޝް އަކަސް ލައިކް އެއް ދެނެއް ނުވެވޭނެއެވެ. ނަމަވެސް އޭނާގެ ނަން އަހަރެންގެ ހިތުން އެއްކޮށް ފޮހެވިގެނެއް ނުދާނެއެވެ. ފޮހެވޭނެ ފަދަ ފޮހޭ ރަބަރެއް މި ދުނިޔެއަކު ނެތެވެ. އަހަންނަކީ އަދި ޓީން ކުއްޖެކެވެ. ސްކޫލް ކުއްޖެކެވެ. ކުރިއަށް އޮތް ތާގައި އަހަރެންގެ ހިތުން އޭނާ ނެރެ އެއްލައިލާނަމެވެ.

**ދިސް އިޒް ދި ޓްރުތް.. އީވެސް އިފް މި ވާހަކަ ލިޔުމުން ރުޅިއައި ކުދިންގެ ކައިރިން ވަރަށް ބޮޑަށް މައާފަށް އެދެން.. މީ އަޅުގަނޑު ހަދަހަދައިގެން ލިޔުނު ވާހަކައެއް ނޫން. މި ވާހަކައިގެ ކޮންމެ އަކުރެއްވެސް އެއީ ހަމަ ހަގީގަތް.. އަޅުގަނޑުގެ ހިތުގައި އުފެދެމުން އައި އިހްސާސްތައް.. އެ ފީލިންގްސް ހިތުން ނެރެން ވެގެން ވާހަކައެއްގެ ސިފައިގައި ގެނައީ.. ސޮރީ ފޯރ ދަ ވަން ހޫ ގެޓް ހަރޓް**
😍😍😍😉😍😍😉😭😍😋😋

  Please log in or register to bookmark.
  8k

  211 ޚިޔާލު

  1. ވާވާވަވް😍!!
   ހާދަ ސޭޑް އޭ ދޯ ނިކީގެ ލައިފް😭
   ބައި ދަ ވޭ ވާހަކަ ހަމަ ވަރަށް އޮބި✌🤩
   ލައްކަ ދުވަސް ކޮއްފަ ވާހަކަ އެއް ލިއީމަ ހަމަ ވވވވ ހެޕީ ވެއްޖެ🙂🙂🙂
   އައި އެމް ޔުއާރ ބިގެސްޓް ފޭން މެކްސް...
   ޔޫ އަރ މައި އިންސްޕިރޭސަން🤩🤩 ލަވް ދިސް ސްޓޯރީ🙂🙂
   May allah heal your wounds in ur heart

   25
   2
  2. ވަރަށް ސަޅި ވާހަކައެއް. ތެންކިޔުފޯ ސެއަރިންޔުއާ ސްޓޯރީ😍

   6
   1
  3. ވާވް...😍😍..ވާހަކަ އިސް އޮބިނެސް ޓު ދަ މެކްސް..
   އެކްމް ސޭޑް ޓޫ..😭😭
   އެކްމް ސީރިއަސްލީ ޓެލްމީ ނިކީ..ޑޫ ޔޫ ސްޓިލް ލައިކް ބްރޭންޑަން؟؟؟

   9
   2
  4. ވާވް….މައި ސިޓުއޭޝަން އާ ވަރަށް ވައްތަރު އިޓްސް ގުޑް ދެޓް ޔޫ ރޯޓް އިޓް އޭސް އަ ސްޓޯރީ♥️👏🏻👏🏻✊🏻✊🏻

  5. އޭމަވެސް މީ އިސްގީ ލޮބި ޖެހިފަ ހުރި މީހެކޭ އެކަމް ކިއެ މެން ތިއުޅޭ ހެނެއް ނޫޅެމޭ🤣

   ބިރޯ ފަހުން ރަނގަޅު ވާނެ.. ބިޓުން ވެސް ލިބޭނެ.. ކެތް ކޮއްލާ

  6. ކީއްވެހޭ މަގޭ ކްރަސް އާ އެހެން ގާރްލްސް އަޅައިގަނެގެން މިއުޅެނީ..ހަމަ ހިތަށް އަރާ ބޯމަތީގައި ދަގަޑު ބުރިއަކުން ޖަހަން ވެސް....މޭސަން އިސް މައިންއޭ އޯލް މައިން..އިނގިއްޖެ؟؟؟
   އެހެން މީހަކަށް ނުލިބޭނެ..މެކެންޒީ އަކަށްވެސް ނުލިބޭނެ..
   😡😠😡😠🤬🤬

  7. މި ވާހަކަ އައިގެ ލައިފް އާއި އެހާ ގުޅެނީ ކިއްވެ ކަމެއް ނޭގެ ބަޓް އައި އޭމް ހެޕީ މިހާރު އައި ފޮގެޓް އެބައުޓް ކުރިގެ އައިގެ ކުރަސް މަތިން
   މިހާރު އައި ޑޯންްްޓް ހޭވް ކްރަސް އޮން އެނީ ވަން
   އެންޑް މި ވާހަކަ ވ ވ ވ ވ ވ ރީތި
   އޭން ލޯންގް ޓައިމް ނޯ ޓޯކް
   އެންޑް ހައު އާޔޫ
   އައި ޖަސްޓް މިސް ޔޫ ސޯމަޗް އޭން އެންޑް ޔުން

   💜💜💜💚💛💛💚😍😍😍😍

    • ރިއަލީ ހެޕި ބާރތް ޑޭ ޔުން 😍😍😍
     ޖަސްޓް މިސްޔާ ސޯ މަޗް😜😜😜

    • ހެޕި ބާތްޑޭ ޔުން

     އަޅެ މެސެޖް ކާންޓް ބީ ސެންޑް އޭދޯ
     އައި ޑޯންނޯ ހައުމެނި ޓައިމް އައި ކޮމެންޓް ހިއަރ

    • ސޮރީ މެއިލް ނުކުރެވޭތީ
     😉😉😉😉

    • 😊😊😊😊

    • 😊😊😊😊😊😊
     އޭން ކިހިނެއްތަ
     ސޮރީ މެއިލް ނުކުރެވޭތީ
     😘😘😘😘

    • 😊😊😊ޓެންކްސް😍😝😝😝

  8. އަޅެ ޔުންގެ އީމެއިލް މައްސަލަ ޖެހުނިތަ 😲😲😲😲
   އައިގެ މެއިލް ވެސް މައްސަލަ ޖެހުނި 😥😥😥
   އެހެންވެ މިހާރު މެއިލް ނުކުރަނި😢😢😢
   ސޭޑް ދޯ😭😭😭😭

  9. އެންޑް ޔުން ޔޫނޯ 😮😮
   ޔަސްޓަޑޭ އިޒް މައި ޑޭޑް ބާތްޑޭ😘😘😘
   އެންޑް މައި ކުލާސްމޭޓް އަކާ އާންޓް އަކާ އެންޑް އައިގެ ކަސިންއެއްގެ ފްރެންޑްއެއްގެ ބާރތްޑޭ އިއްޔެ އެއި😝😝😝😍

  10. ހެއި އާ ޔޫ ގާއިސް އާރ ފްރޮމް ލާމް އެޓޯލް؟؟؟
   😐😐😐

  11. ޔުން
   އޭން

  12. " އެމީހަކު ލޯބިވާ މީހަކާއެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ ނޫންހެއްޔެވެ."
   އެހެންވީމާ މިވާހަކައިގަ މެންޝަން ކޮށްފަ އޮތް ކުއްޖަކަށް ވެސް އެ ފުރުސަތު އޮންނާނެނުން.. ޙަޤީޤީ ވާހަކައެއް ނަމަ އެފަރާތަކަށް އިރާދަކުރެއްވިޔާ މި ކަމެއް ވާނެ. އިންޝާﷲ.
   ވާހަކަ ހަމަ ބެސްޓް ކީޕް އިޓް އަޕް.
   ގުޑް ޖޮބް ވެލް ޑަން.
   އެހެން ވާހަކައެއް އަދި ފެންނާނެ ކަމަށް އުންމީދު ކުރަން

  ޚިޔާލު

  Your email address will not be published.