މާޝާ ހުރިތަނަށް ގަނޑުވިއެވެ. ރަތް ޓީޝާޓަކާއި ކަޅު ސޯޓެއްގައި ހުރީ މާޝާގެ ކުރީގެ ލޯބި ވެރިޔާ ޖައިލަމް އެވެ. ޖައިލަމް ފެނުމުން މާޝާއަށް މާޒީ ހަނދާން ވި ކަމުގައި ވީނަމަވެސް މެހެމާންދާރީ އަދާކުރިއެވެ. ޖައިލަމްގެ އުޅުން ހުރި ގޮތުން މާޝާއަށް ޖައިލަމްގެ ދިރިއުޅުމައިގެން ކުރިއަށް ދިޔަކަން އެނގުނެވެ. އަދި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮއްލިއެވެ.
އިޝާނަމާދަށް ބަންގި ގޮވައި ނިމުމުން ފައިހާ ދިޔައީ ވުޟޫކޮށްލައިގެން ނަމާދުކުރާށެވެ. ނަމާދު ކޮށް ނިމިގެން ފައިހާ ފޯނުނަގައި މާޝާއަށް ގުޅާލިއެވެ. މާޝާ ފޯނުނަގައި ވާހަކަ ދެއްކުމުގެ ކުރިން ފައިހާ ވާހަކަ ދައްކަން ފެށިއެވެ. "މާޝާ އަހަރެން މާޝާ ކައިރީ ވާހަކައެއް ބުނަންވެފަ އެބައޮތް." "ހޫމް ބުނެބަލަ" މާޝާ ބުނެފިއެވެ. އަނެއްކައިވެސް ފައިހާ ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން މިއުޅެނީ ކުއްޖަކާ ރައްޓެހިވެގެން. އެއީ މާޝާގެ ކުރީގެ ލޯބި ވެރިޔާ. ޖައިލަމް. ތި ދެމީހުން ވަކިވާން ދިމާވި ސަބަބެއް އަހަރެން ނަކަށް ނޭނގެ. އަދި އެ ސަބަބެއް ބަލާކަށްވެސްް އަހަރެންނެއް ނޫޅެން. އަދި އަހަރެންނާ ފުރަތަމަ އިސްވެ ވާހަކަ ދެއްކީ ވެސް ޖައިލަމް. އަހަރެން ޖައިލަމް އާ ރައްޓެހިވެގެން އުޅޭތާ އަދިވީ 1 މަަަސް.މާޝް މިގުޅުމަށް ރުހެންތަ؟" މާޝާ އެއްޗެކޭ ނުބުނުމުން އަނެއްކާވެސް މާޝާ އަށް ގޮވާލިއެވެ. މާޝާ ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން ހިތްހަމަ ނުޖެހޭންވީ އެއްވެސް ސަބަބެއް ނެތް. ތިއީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ. އަހަރެންނަށް ހަމަ ޔަގީން ފައިހާ ދިރިއުޅުމެއް ފަށާއިރު ވަރަށް ވިސްނާފަކަން ގޮތެއް ނިންމާނީ. އަހަރެން ވަރަށް އުފާކުރަން ފައިހާ ޖައިލަމް ކަހަލަ ރަނގަޅު ކުއްޖަކު އިބްތިޔާރު ކުރިތީ. މާތްﷲ ފައިހާ އާއި ޖައިލަމް އަށް ދެރަ ގޮތެއް މިންވަރު ނުކޮށްދެއްވާންދޭއެވެ. މާޝާ ވާހަކަ ދައްކައި ނިމުމުން ފައިހާ ފޯނު ބޭއްވީ ވަރަށް އުފަލުން ހުރެއެވެ.
ހަސީނާ އާއި މާޝާ އުޅެނީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމުގައެވެ. ކެއުން އިންސާފު ކުރަން ތިބި ޖައިލަމް، ހަސީނާ، މާޝާ އަދި މުހައްމަދުގެ ނަޒަރު ހުއްޓުނީ ގޭދޮރާއި ދިމާއަށެވެ. ޖައިލަމް ބޭއިޙްތިޔާރުގައި ކޮޅައްތެދުވިއެވެ. މި މަންޒަރު ބަލަން އިން މާޝާ ހިތުތެރޭގައި އެތައް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ.
(ނުނިމޭ)
@އަމީރާ އަލީ
ފުރަތަމަ ވާހަކަ ދޯ ،🤓 ކުރުކަން އެކަނި މައްސަލަ އަކީ
އިރާދަ ކުރެއްވިއްޔާ ކުރިއަށް ހުރި ބައިތައް ދިގުވާނެ ކަމަށް އުންމީދު ކުރަން.. މިއީ އަޅުގަނޑު އެސްފިޔަ.ކޮމް އަށް ލަމުން އަންނަ ވާހަކަ އެއް...
ތަން ކޮޅެއް އަވަހަށް އެސްފިޔައަށް އަޕްލޯޑު ކޮށްދެއްވިއްޔާ ރަގަޅު
އެސްފިޔައަށް އިންނާނެ 32 އެޕިސޯޑްސް މިހާތަނަށް އަޕްލޯޑް ކޮށްފަ 😊
މީ ދެން ވާހަކަތަ؟
ވަރަށް ސަޅި މި ވާހަކަ🙂🙃
ތެންކިއު ހިފުމަށް 😊
ވަރައް ރީތި މި ބައިވެސް.. ކުރި އައް އޮތް ބައިތައް ކީމަ ދޯ އިނގޭނީ މި ވާހަކަ ހަޑި ތޯ ރީތިތޯ..ބައި ދަ ވޭ ޒައިނަބް ކުރި އައް އޮތް ބައިތައް ކިޔާ އޭރުން އިނގޭނެ މީ ވާހަކަ އެއް ކަން
😊😊
😍❤️
ކަމަކު ނުދޭ