ވޭނުން ހިތް ކުދިކުދި - 5

ނޫޅެން ޓެބްކޯ އާއި ވާހަކަ ދައްކަން. މަށަށް އެނގޭ ކައެ އަގައިން އަރައި ނުގަންނާނެ ކަން ". އެންމެ ފަހުން ބޯ ހާސް ވެގެން ކޮކެއި ހަޅޭއްލަވައި ގަތެވެ. އަހަރެން ބާރަށް ހޭން ފެށީމެވެ. ކޮންޓްރޯލް ނުވީއެވެ. އޭރު ވެސް ކޮކެއި ދެބުމަ ގޮށް ޖަހައިގެން ބަލަން ހުއްޓެވެ. ގޭންގުގެ ބައެއް މެމްބަރުން ކުޅި ބަލަން ތިއްބެވެ. ކޮކެއި ބަލި ގަބޫލު ކުރުމުން އަހަރެން އަނެއްކާވެސް ދެލޯ މަރާލީ މެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަންނަށް ހީވީ ދެންމެ ހިނގި ހާދިސާ ހަނދާނުން ފޮހެވިގެން ދިޔަ ހެންނެވެ.
"އޭ ބަލަ ޓެބްކޯ! " އަހަރެން ދެލޯ ހުޅުވާލީ ކޮކެއި އަނެއްކާވެސް ގޮވާލީމައެވެ.
" ކިހިނެށް ވީ؟" ސުވާލު ކޮއްލީ ލާނެތް ގޮތަކަށެވެ.
"މާދަމާ ރޭ 3 ޖަހާ އިރަށް ހަމަ މިގެއަށް އަންނަން ވީ. މާދަމާ މާރާމާރީ އާއި އެހެނިހެން ގޭންގުގެ މީހުންނަށް ހަމަލާދޭނެ ގޮތުގެ ޓްރެއިނިގް ކަލެއަށް އޮންނާނެ". ކޮކެއި އެހެން ބުނެލީ ސީރިއަސް ކަމާއެކު އެވެ. އެހެންކަމުން އަހަރެން ވެސް ސަކަރާތް ދޫކޮށް ލުމަށް ފަހު ސީރިއަސް ކަމާއެކު ކޮކެއި ދައްކަމުން ދިޔަ ވާހަކަ އަށް ކަނުލާ އަޑުއަހަން އިނީ ބަސްއަހާ ކުޑަކުއްޖަކު ފަދައިން ނެވެ. ޓްރެއިނިގް އަށް ވަކި ހާއްސަ ބައެއް ގޭންގުގެ މެންބަރުން ތިބޭނެ ކަމާ ، މަސައްކަތް ކުރަން ޖެހޭނީ ވަރަށް ހުޝިޔާރު ކަމާއެކު ކަމަށް ކޮކެއި ބުނިއެވެ. ކޮކެއި ގެ އެ ބޮޑު ހުލާސާ ކިޔާނިމުމުން އަހަރެން ގެޔަށް ދާން ނައްޓާލީ މާދަމާ ރޭ އަންނާނެ ކަމަށް ބުނެފައެވެ.

އަހަރެން މަގުމަތީގައި ހިގަމުންދިޔަ ގަޑީގައި އަހަންނަށް ފާހަގަ ވި އެއް ކަމަކީ މަގުގެ އެއްފަރާތުގައި ތިބި ދެ ފިރިހެނުން އަހަރެން ނަށް ބަލަމުން ދިޔަ ކަމެވެ. އެހާބޮޑު ކަމަކަށް ނުހަދާ އަހަރެން ހިގައިގަތީ މެވެ. ގެޔަށް ދެވުނުއިރު ބަރާބަރު ދަންވަރު 4 ޖެހީއެވެ.
ވަރުބަލި ވެފައި ވާ ވަރުން ކޮޓަރިއައް ވަދެ އެދުގައި އޮށޯވެ ލީމެވެ. ނިދޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ނިންޖެއް ނާންނާ ތީ ކޮޓަރީގައި ހުރި ބެލްކަންޏައް ގޮސް ބޭރު ބަލައިލީ މެވެ. އަހަރެންގެ ލޮލުގައި އަޅައި ގާތީ ހަމަ އެއްކަލަ 2 ފިރިހެނުންނެވެ. ހަމަ ދެންމެ މަގުމަތިން ފެނުނު ދެ މީހުންނެވެ. އަހަރެން ފާޑަކަށް ބަލަން ހުރުމުން އެދެމީހުން ކޮންމެވެސް ވާހަކަތަކެއް ދައްކާ ލުމަށް ފަހު ސައިކަލުގައި އެތަނުން ނައްޓާލިއެވެ. އަހަރެންވެސް އެކަމާ ދޭތެރޭ އެހާ ބޮޑަށް ނުވިސްނާ ގޮސް ގެޔަށް ވަނީމެވެ. އަދި ބެލްކަންޏައް ގޮސް ފިނި ވައިގެ ތެރޭގައި ދެލޯ މަރާލީ މާޒީ ހަނދާންކޮށް ލުމަށެވެ.

2 އަހަރު ކުރިން

އަހަރެން އިނީ އަޅާވެސް ނުލައި ކުރާނެ ކަމެއް ނެތިފައި ބޭރުގެ ޖޯލީގައެވެ. މިއަދު ހަވީރު އަހަރެންގެ ބޭބެ ޔައިން މާލެ އަންނާނެ ކަމުގެ ހަބަރު ލިބިފައިވާ ތީ އަހަރެން ހުރީ އިންތިޒާރުގައި އެވެ. މީގެ 3 ހަފްތާގެ ކުރިން ބޭބެ މެލޭޝިޔާ އަށް ދިޔައީ ވަރަށް ބޮޑު މަސައްކަތެއް ގައި އެވެ. ޔައިން އަކީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖަކަށް ވުމުން ސްކޫލް ނިންމާފައި ބޭބެ ކިޔެވީވެސް މެލޭޝިޔާ ގައެވެ. ހިޔާލުތަކުން އަހަރެން ނަށް ނުކުމެވުނީ މަންމަ ގޮވާ އަޑަށެވެ.
"އާލް!! އާދެބަލަ ބަދިގެއަށް....
ކިތަންމެ ވަރަކަށް ބޭނުން ނުވިއަސް އަހަރެން ޖެހުނީ ތެދުވެގެން ދާށެވެ. ނޫނީ އިލޮށިފަތި ހިފައިގެން ނާންނާނެ ކަމެއްވެސް ނޭނގެއެވެ.
"މި އަންނަނީ އޭ މަންމާ!. އަހަރެން އެހެން ބުނަމުން ދުވެފައި ގޮސް ބަދިގެއަށް ވަނީ މެވެ. އަހަރެން ވަނުމާއެކު މަންމަ އަހަރެން ކައިރީ ޔައިން މިހާރު ރަށަށް ލޯންޗު ގައި އެބަ އަންނަ ވާހަކަ ބުންޏެވެ. އަހަރެން ހިނިތުން ވެލަމުން ގޮސް ކޮޓަރި އަށް ވަނީ މެވެ. ކެތް މަދު ވެފައިވާ ހާލު ގައެވެ. އެހެން އޮއްވާ އަހަރެން ނިދުނީ ކިހިނެށް ކަމެއްވެސް ނޭނގެއެވެ. ހޭލެވުނީ ގޭތެރޭގައި މީހުން ތަކެއް ވާހަކަ ދައްކާ އަޑަށެވެ. ބުރަހެލި ގޮތަކަށް ތެދުވެގެން ގޮސް ފާހާނަޔައް ވަދެ ފެންވަރައިގެން ނުކުމެ އަހަރެން ލީ ކަޅުކުލައިގެ ޓީޝާޓަކާ ނޫކުލައިގެ ރިޕް ޖިންސު ސޯޓެކެވެ.

(ނުނިމޭ...)

    Please log in or register to bookmark.
    1k

    1 ޚިޔާލު

    ޚިޔާލު

    Your email address will not be published.