އާދައިގެ މަތިން މާޝާ އިނީ ކޮލެޖްގައެވެ. ނަމަވެސް ކުލާސް ތެރެއަށް ވަނީ ހަމަ ހިމޭން ކަން ވެރިވެފައެވެ. ކުލާސް ލެކްޗަރަރ ކްލާހަށް ވަނުމަށް ފަހު އަޑު އެހުމަށް އެދުނެވެ. ލެކްޗަރަރގެ އިޝާރާތަކުން ވަދެގެން އަންނަ މޫނަށް ކަޅި ޖަހާނުލައި ބަލަން ތިބި ކުދިން މަދެއް ނޫނެވެ. ވާނީވެސް އެހެންތާ އެވެ. މަޑު މުށި ކުލައިގެ ކަޅި ފެނި އާޝޯހުނުވާ އަންހެން ކުއްޖަކު ނުހުންނާނެ ކަން ޔަގީނެވެ. ނޫކުލައިގެ ގަމީސް ކަޅު ފަޓުލޫނާއެކު ބެގީ ކޮށްލައިފައި ހުރުމުން ވަރަށްވެސް ފިރިހެންވަންތަ ވެފައި ސްމާޓެވެ.
އެ ފިރިހެންކުއްޖާ ކުދިންނާއި ކުރިމަތީގައި ހުއްޓި ތަޢާރަފް ވެލިއެވެ ." އަޅުގަނޑަށް ކިޔާނީ އަޒާން އަލީ". އެހެން ބުނުމަށް ފަހު ހުސް ޑެސްކެއް ކައިރީ ގޮސް އިށީނެވެ. ފައިހާ މާޝާއަށް ވައި އަޑުން ގޮވާލިއެވެ. މާޝާ ފަސް އެނބުރި ބަލާލިއެވެ. އަދި ފައިހާ އަޒާންގެ ފިރިހެންވަންތަ ކަމުގެ ވާހަކަ ދައްކަން ފެށިއެވެ. ފައިހާގެ ހުރިހާ ވާހަކަ ތަކެއް އަޑު އަހަން މާޝާ އިނީ ވަރަށް ފޫހި ގޮތަކަށްށެވެ. އަޒާން ދެކެ ފޫހިވާންވީ ސަބަބެއް ހުދު މާޝާ އަކަށް ވެސް ނޭނގެއެވެ.
ކޮލެޖް ގަޑި ނިމުމުން މާޝާ މިސްރާބުޖެހީ ގެއާއި ދިމާއަށެވެ. ފަހަތުން ފައިހާ ވެސް ނިކުތެވެ. ފައިހާ އާއި މާޝާ އަކީ ކުޑަ އިރުއްސުރެ އެކީ އުޅެމުން އައި ގާތް ދެ ރަހްމަތްތެރިންނެވެ. ގެއަށް ދިޔަ މަގުމަތީގައި ދެމީހުންގެ މެދުގައިވެސް ވަނީ މަރުވެފަ ހިމޭން ކަމެކެވެ. ފަނަރަ މިނެޓުގެ ހިނގުމަށް ފަހު ގެއަށް ދެވިއްޖެ އެވެ. ހަސީނާއަށް މާޝާ ގެއަށް އައިސްފިކަން އެނގުމުން ކާން އައުމަށް އެދުނެވެ. " ދަރިފުޅާ މާޝާ. ކައިގެން ގޮސް މަންމަ އަށް ގެސްޓުރޫމް ފޮޅާލަ ދީބަލަ. އިރުކޮޅަކުން ކުއްޖަކު އަންނާނެ.". ޖަވާބު ގައި މާޝާ "ހޫމް" އަޅުވާލިއެވެ. ކައިގެން މާޝާ ދިޔައީ ގެސްޓުރޫމް ފޮޅާ ގޮނދަޑި މަތި ސާފު ކޮށްލާށެވެ. "ދަރިފުޅާ. މިހުރީ އެކުއްޖާ އައިސް. އަވަސްކޮށްލަބަލަ.". ހަސީނާ މާޝާއަށް ބުނެލިއެވެ. " މަންމާ ނިމިއްޖެއޭ. މިދަނީއޭ." މާޝާ. އަވަސްކޮށްލާފައި ނިކުންނަމުން ބުނެލިއެވެ. އަދި އެކުއްޖާ ފެނުމުން ހުރިތަނަށް ގަނޑުވިއެވެ.
- ނުނިމޭ -
ވަރަށް ރީތި ވާހަކައެއް މާޝާﷲ❤️. މެލޯ އެސްފިޔަ އިން ވެސް ކިޔާ ވާހަކަ އެއް މީ🙂🙂🙂
ވަރަށް އުފާވެއްޖެ ވާހަކަ ކަމުދިޔައީތި. ތެންކިއު މެލޯ
ސްޓޭ ސޭފް 😊
ޙާދަ ކުރޭ
ޓެންކިޔު"ރީޑާރ"
ވ ސަޅި ބްރޭވޯ.. ކީޕް އަޕް ދި ގުޑް ވޯކް
ފޯކެއް😒