ވޭނުން ހިތް ކުދިކުދި - 4

ނަމަވެސް އަހަރެން މީހަކު މަރާލާނީ ކިހިނެށް ހެއްޔެވެ ؟. އެއީ ވެސް އަހަންނަށް ދުވަހަކު ވެސް ގެއްލުމެއް ދީފައިވާ މީހެއް ނޫނެވެ. އެހެން ނޫނަސް އަހަރެން ދުވަހަކުވެސް މީހަކަށް ދެރައެއް ދޭކަށް ބޭނުމެއް ނޫނެވެ. އެވިސްނުމުގައި އިންދާ ކުއްލިއަކަށް އަހަރެންގެ އަތަށް ބަޑިއެއް ދިއްކޮލިއެވެ. އަހަރެން ނޫނޭ ބުނުމުގެ ގޮތުން ބޯ ހޫރުވާލީމެވެ.
"ޓެބްކޯ ޖެހޭނީ މިކަން ކުރަން. ނޫނީ ވާނެގޮތް އޭގެ އެއްނު ". ކޮކެއި އެހެން ބުނުމަށް ފަހު ބާރަށް ހޭން ފެށިއެވެ. އަހަންނާ ދިމާއަށް ޓެބްކޯ އޭ ކިޔަން މީ އަދި ކާކު ހެއްޔެވެ ؟. އެއަށް ވުރެ ރީތި ނަމެއް ދޭން މީނަޔަށް ނޭނގުނީ ހެއްޔެވެ އަހަރެން ހިތާ ހިތުން ބުނެލީމެވެ. ކޮންމެއަކަސް ވާނެގޮތް އެނގޭތީ އަހަރެން ލަސްލަހުން އެ ބަޑި ނެގީމެވެ.

"މިރޭ އޭނަ ދާނެ މީޓް ކިންގް ރެސްޓޯރެންޓަށް. ވަގުތުގެ ބޭނުން ހިފާފައި އޭނަގެ ދުވަސްދުއްވާލާ. ހަދާން ކުރާތީ މީހަކަށް ފެނިގެން ނުވާނެ".
ކޮކެއި އެހެން ބުނެ ލަމުން ބޭރަށް ނުކުމެގެން ދިޔައެވެ. އޭނާޔާ އެކީ މިތާގައި ހުރި ފިރިހެން ކުއްޖާ ވެސް ދިޔައެވެ. އަހަރެން އެކަނި އެތާގައި މަޑުނުކޮއް އަވަހަށް ބޭރަށް ނުކުމެ މިސްރާބުޖެހީ އެކިޔާ ރެސްޓޯރެންޓަށް ދިއުމަށެވެ.
އަހަންނަށް ދެވުނުއިރު ނަސީބު ރަނގަޅު ކަމުން އެތާނގައި އެހާ ގިނަ ބަޔަކު ނެތެވެ.

ތިބީ ހުސް އެހެނިހެން ގޭންގު ތަކުގެ މީހުންނެވެ. އަޅާނުލާ ބޭރުގައި އަހަރެން މަޑުކޮށްލީ އެއްކަލަ ފިރިހެން ކުއްޖާގެ އަންނާނެ އިންތިޒާރުގައެވެ. ނަމަވެސް އޭރު ވެސް އަހަރެން ވިސްނަމުން ދިޔައީ އެ ފިރިހެން ކުއްޖާ ދޭތެރޭ އެވެ. ފުރާނައެއްގެ ބަދަލުގައި ފުރާނައެއްގެ ދުވަސް އަހަރެން ދުއްވާލާ ނީ ކިހިނެށް ހެއްޔެވެ. އެ ހިޔާލަކަށް ގެއްލިފަ އިންދާ މަގުގެ އެއްފަރާތުން އެއްކަލަ ކުއްޖާ އަންނަ ތަން ފެނުމުން އަހަރެން އެތާގައި ޕާކް ކޮށްފައިވާ ީކާރެއްގެ ބިއްދޮށުގައި ފިލައިގެން ހުރެ ބަޑި ނެގުމަށްފަހު ތައްޔާރު ވެ ލީމެވެ. އޭރު ވެސް އަހަރެންގެ އަތް ދިޔައީ ތުރުތުރު އަޅަމުންނެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން އަތުގައި ަޮއޮތް ބަޑީގެ ވަޒަން ދުއްވާލީމެވެ. ވަޒަން ގޮސް ހެރުނީ ސީދާ އެކުއްޖާގެ ބޮލުގެ ނިތްކުރި އަށެވެ. މުޅި ސަރަޙައްދަށް ވެސް ހީވީ ހޮނުގުގުރި އެއް ޖެހި ހެންނެވެ.

ރެސްޓޯރެންޓު ގެ އެތެރޭގައި ތިބިހާ ޒުވާން ފިރިހެނުން ބޭރަށް ނުކުމެގެން އަންނަ ތަން ފެނުމުން އަހަރެން
އެތާގައި އިތުރަށް މަޑުނުކޮއް ދުއްވައިގަތީ މެވެ. އޭރު ވެސް އެ ފިރިހެން ކުއްޖާ ބިންމައްޗަށް ވެއްޓިފައި އޮތެވެ. މުޅި ތާނގައި ވެސް ވީ ލޭގެ ކޯރެއް ހެދިފައެވެ. އަހަރެން ދުވަމުން ދިޔައީ ދުވެވޭނެ އެންމެ ބާރަށެވެ. ލައިގެން ހުރި ނޫކުލައިގެ ހޫޑީ ބޮލުގައި އަޅުވާލަމުން ކުރިޔަށް ބަލާލި ތަނާ ކުރިމައްޗަށް ކާރެއް މަޑުކުރިއެވެ. ކާރުގެ ދޮރު ހުލުވާލީ ކޮކެއި އެވެ. އަހަރެން
ބަލަން ނުހުރެ ކާރައް ވަނީމެވެ. ވަނުމާ އެކު ބާރު ސުޕީޑް އެއްގައި ގޮސް ކާރު ހުއްޓުނީ ހަމަ އެއްކަލަ ފަޅު ގޭގެ ދޮރު މައްޗަށެވެ. އަހަރެންނާ ކޮކެއި އެއްކޮށް ކާރުން ނުކުމެ އެ ގެޔަށް ވަނީމެވެ. ވަނުމާ އެކު އަހަންނަށް ހީވީ މިއީ ހުވަފެނެއް ކަމަށެވެ. ސަބަބަކީ ،އެ ފަޅުގެ ހުރީ ވަރަށް ރީތި ގެޔެއް ހެންނެވެ. ކުރީގެ އެ ފަޅުގެ އެހާ ރީތި ވާނީ ކިހިނެއް ހެއްޔެވެ ؟. ދެ ސޯފާގޮނޑި އާއި ޓީވީގެ އިތުރުން އައިސް އަލަމާރި އާއި ދެ ފަންކާ ހުއްޓެވެ. ހަމައެކަނި ބިންމަތީގައި ތަށިމުށި ނުޖަހާ ހުރި ކަމެވެ. ކޮކެއި ދޮރު ލެއްޕުމުން އަހަރެން ދިޔައީ ކުއްލިއަކަށް ސިއްސައިގެން. ތެދު ތެދަށް ބުނާ ނަމަ ހެވެންވެސް ހެވުނެވެ. އޭރު ވެސް އެތާ ތެރޭގައި ގޭންގުގެ އެންމެ ސޯފާ އަށް ވެއްޓިގެން ތިއްބެވެ. ބައެއް މީހުން ތިބީ ވެސް ހަމާގައި ނޫނެވެ. ލަދުހަޔާތް ކުޑަކަމެވެ. އަހަރެން ލައްވާ މައުސޫމް ފިރިހެން ކުއްޖަކު މާރާ ލުމައްފަހު އެ ތިބީ ހިތްހަމަ ޖައްސާލާށެވެ. އެ ކުއްޖާ ގައިމުވެސް ސަލާމަތް ނޫވާނެކަނަ އެގުމުން ހިތަށް ވަރަށް ތަދުވިއެވެ. ސަބަބަކީ،ވަޒަން ގޮސް ހެރުނީ ސީދާ އެކުއްޖާގެ ބޮލަށް ކަމުންނެވެ. ތެދުތެދަށް ބުނާނަމަ ކަޑަ ވެ ، ހިތުގައި ވެސް ރިއްސާލިއެވެ. އިތުރަށް އެކަމާ ދޭތެރޭ ނުވިސްނާ އަހަރެން ވެސް ގޮސް އެއިން ސޯފާ އަކަށް ވެއްޓިގަތީ ވެފައިވާ ދެރައެއްގެ ސަބަބުންނެވެ. އަހަރެންނާ އެކު ކޮކެއި ވެސް އައިސް ސޯފާ ގައި އިށީނދެ ޓީވީގެ ރިމޯޓް ނަގާ އެ ހުޅުވާލިއެވެ. އަހަރެން ވެސް ޓީވީ ޔަށް ނަޒަރު ހިންގާ ލީމެވެ. މުޅި ހަބަރުގަވެސް އޮތީ މީގެ ދެގަޑިއެއްހައިއިރު ކުރިން ބޮލަށް ވަޒަނެއް ހެރި މަރުވި ޒުވާނާ ގެ ވާހަކައެވެ. އޭރު ވެސް ކޮކެއި ނުލަފާ ގޮތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ބޯ ގޮވި ވަރުން ، ކެތްނުކުރެވިގެން އެންމެ ފަހުން ކޮކެއި އަތުން ރިމޯޓް ޖަހައިގަނެގެން އެ ނިއްވާލީމެވެ.
މި ގަޑީގައި އަހަރެން ބޭނުމީ ހިތަށް ލުޔެއް ހޯދާށެވެ. ލޯ މަރާލީ ދެންމެ ހިނގި ހާދިސާ ހަނދާނުން ފޮހެލެވޭތޯ ބަލާށެވެ. ނަމަވެސް ހަމަ ވިސްނެނީ އެކަމާ ދޭތެރޭގަ އެވެ. އެ ފިރިހެން ކުއްޖާ ގެ ބޮލަށް ވަޒަން އެރި ހަދާނެވެ. ބިންމަތީގައި މަރުވެފައި އޮތް ބިރުވެރި ގޮތެވެ. އެ ސަރަޙައްދުގައި ތިބި މީހުން ދުވެފައި އައި ގޮތެވެ. ކޮންމެ ފަހަރަކު ވެސް އަހަންނަށް ބަލާލެވެނީ އަހަރެންގެ އަތަށެވެ. ބަޑި ހިފައިގެން ގޮސް އަހަރެން ކުރި ނުބައި ނުލަފާ ކަމެވެ. އުމުރަށް ވެސް އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސަށް މަޢާފު ނުކުރެވޭނެ ކަން ޔަގީންއެވެ
"އޭ ކޮބާ މި އޮތީ!! ". އަހަރެން ދެލޯ ހުޅުވާލީ މީހެއްގެ އަޑު އިވުމުން ނެވެ. ބެލި އިރު އެއީ ގޭންގުގެ މެންބަރަކު ހުދުކުލައިގެ ކުޑި ތަކެއް އަޅައިފައިވާ ބޮޑު ޕެކެޓް އެއް ހިފައިގެން އައިސް ކޮކެއި އަތަށް ދިއްކޮލީ އެވެ. އަހަރެން ހުރީ އެއީ ކޮން އެއްޗެއްކަން ނޭނގޭ ހާލުގައި ބަލާށެވެ. ނަމަވެސް އެއީ މަސްތުވާތަކެތި ކަން އެގެއެވެ. ހަމަ އެކަނި ނޭގެނީ އެއީ ކޮން ބާވަތެއް ކަމެވެ.

" ބަލަ ޓެބްކޯ މީ ކޮކެއިން އޭ!! "ކޮކެއި އެ ޕެކެޓް ގައި ހިފަމުން ބުނެލި އެވެ.
" ބަލަ މަށަށް އެގެ އޭ ތިކަން. އެހެން ނޫން ވާނީ ކައެ އާ ވައްތަރު ވިއްޔާ!! އަހަރެން އެހެން ބުނެލީ ކުޑަކުދިންގެ ރާގެއްގައި ތުން އަނބުރާލަމުން ނެވެ. "ކަލޭ އައީ މަށާ ދިމާލައް އެއްޗެހި ކިޔަން ޓްރެއިނިގް ހަދައިގެން ދޯ" ކޮކެއި އެހެން ބުނުމަށް ފަހު އަހަރެންގެ އަތަށް އެ ޕެކެޓް ދިއްކޮލިއެވެ.
"މަށަށް ؟" އަހަރެން ސުވާލު ކޮއްލީ ހައިރާން ވީ ވަރުންނެވެ. އަހަރެންނަކީ ދުވަހަކުވެސް މަސްތުވާތަކެތީގައި އަތްލި މީހެއް ނޫނެވެ. މީނަ މިއީ ކޮންފަދަ ލަދުހަޔާތް ކުޑަ އިންސާނެއް ބާއެވެ. ގޭންގުގެ އިސް ލީޑަރަކައް ވެހުރެ ހިތަށް އެރި ގޮތަކަށް އުޅެމުން އަންނަ މީހެކެވެ.
"ހޫމް މީގަ ލާރަހެއް ބަލާބަލަ!. ވަރަށް ފައްކާ ވާނެ" ކޮކެއި އެހެން ބުނުމުން އަހަރެން އޭނާޔާ ދިމާލައް ބަލައިލީ މެވެ.
"ކައެ މަގޭ މޫނުން ޓީވީ ބަލަނީތަ؟ އަހަރެން އިތުރު ދިމާއަކަށް ނުބަލާ ސީދާ ކޮކެއި އާ ދިމާލައް ބަލަން ހުރުމުން ކޮކެއި ބުނެލި އެވެ.
"ކައެ ވާ ރަގަޅު. ކައެ ހީކުރަނީ މަ ތި މަސްތުވާތަކެތި ބޭނުންކުރާނެ ކަމަށް ތަ؟ އެހެން ނޫނަސް މަ އެބަ ހުޅެންތަ ކައެ ކާހިތުން!. އަހަރެން ރައްދު ދިނީމެވެ.
" ޕިސްޕިސް ކައެ މަށާ ޖެހިގެން ދޯ ތި އުޅެނީ ". ކޮކެއި އެހެން ބުނެލީ ލާނެތް ގޮތަކަށެވެ.
" ބަލަ ކައެ އަށް ކިޔަނީ ކޮކެއި. މިޔަށް ކިޔަނީ ކޮކެއިން. ސޭމް އެއް ނޫންތަ ؟". އަހަރެން ދޫނުކޮށް ބުނެލީމެވެ.
"މަ ނޫޅެން ޓެބްކޯ އާއި ވާހަކަ ދައްކަން. މަށަށް އެނގޭ ކައެ އަގައިން އަރައި ނުގަންނާނެ ކަން ". އެންމެ ފަހުން ބޯ ހާސް ވެގެން ކޮކެއި ހަޅޭއްލަވައި ގަތެވެ. އަހަރެން ބާރަށް ހޭން ފެށީމެވެ. ކޮންޓްރޯލް ނުވީއެވެ. އޭރު ވެސް ކޮކެއި ދެބުމަ ގޮށް ޖަހައިގެން ބަލަން ހުއްޓެވެ.

(ނުނިމޭ..

  Please log in or register to bookmark.
  2k

  4 ޚިޔާލު

  1. ވާހަކައިގެ 5 ވަނަ ޕާޓް ސަބްމީޓް ކޮށްފި ތާ މިހާރު މިވަނީ 2 ވަނަ ދުވަސް...
   ހީވަނީ ވަރަށް އަވަހަށް އަޕް ވާނޭ ހެން...
   😢😢

  ޚިޔާލު

  Your email address will not be published.