ޑިޕްރެޝަން - 4

ކޮބާ ޝައިނާގެ ހަސްބެންޓް އޭނަ އަށް ވެސް އަންގަންވާނެއްނު އޭނަ ވެސް ދެރަވާނެ އަސްލު މިހާރު މިހާރު މާލަސް ވެސް ވެއްޖެ އޭނަ އަށް އަންގަން " އަހަރެންގެ ލޮލުން ކަރުނަ އޮހިގެން ދިޔައެވެ މ އަހަރެމން ރޮނީ ކީވެ ތޯ ނިއުމާން ސުވާލް ކުރިއެވެ .އަހަރެން ގެ ހަޔާތުގެ އަދިރި ދުވަސްތައް ނިއުމާން އަށް ކިޔައިދޭން ވީ ހެއްޔެވެ ނޫނީ ނޫން ހެއްޔެވެ؟
***
" އަ...އަ..އަހަރެން ގެ ހަސްބެންޓެއް ނުހުރޭ!" އަހަރެން ބުނީމެވެ.
އޭރު ވެސް އަހަރެންގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަތައްފައިބަމުން ދިޔައެވެ.
"އޯހް ސޮރީ ޑިވޯޒް ދޯ" ނިއުމާން ބުނެލިއެވެ.
އެއްވެސް އިހުތިޔާރަކާއި ނުލައި އަހަރެންނަށް ބޯހޫރާލެވުނެވެ. ކުރަނީ ކީ ހެއްޔެވެ؟ ނިއުމާން ގެ މޫނަށް އަރައިފައިގެން ދިޔަ ކުލަވަރު އަހަރެން ވަރަށް ރަނގަޅަށް ދުށީމެވެ. ނިއުމާންގެ ފަރާތުން އިތުރު ސުވާލު ތަކަކާ ކުރިމަތި ވާނެކަން ޔަޤީނެވެ. ކަން ވީ ހަމަ އަހަރެން ހީކުރި ފަދައިންނެވެ.
"ޝައިނާ! އަހަރެންނަށް އިތުބާރުކޮށް ފައި ޝައިނާގެ ހިތުތެރޭގައި ފޮރުވާފައިވާ ހުރިހާ ވާހަކަ ތަކެއް އަހަރެންނަށް ޝެއަރ ކޮންބާ! އޭރުން ފަހަރެއްގައި އަހަރެންނަށް ވެސް ޝައިނާ ވެ ތި ހިތާމަތަކަށް ލުއިއެއް ހޯދައިދެވިދާނެ ކަންނޭގެ! "
ދުވަސްކޮޅަކީ މީހެއްގެ އެހީއަށް އަހަރެންވެސް ވަރަށް ބޭނުންވެފައިވާ ދުވަސްކޮޅެކެވެ. ނަމަވެސް އިތުބާރުކުރެވޭ ވަރުގެ މީހަކު ނެތެވެ. އަހަރެން އިތުބާރު ކުރި އެންމެން ވެސް އަހަރެންނަށް ދިނީ ކެއްސެވެ. އެމީހުންގެ އެހީ އަހަރެން އެންމެ ބޭނުން ވި ދުވަހު އެމީހުން އަހަރެންނަށް ކުރީ މަލާމާތެވެ. ދިނީ ހިތާމައެވެ. ކޮންމެއަކަސް އަހަރެން މި ހާލަތުން އަހަރައިގަންނަން ބޭނުމެވެ. ތައުބާ ވާން ބޭނުމެވެ. ނާސިން ކޯސް ފުރިހަމަ ކުރަން ބޭނުމެވެ. ޒިންމާދާރު މީހަކަށް ވާން ބޭނުމެވެ. ވަރަށް ހިތްވަރާއިއެކު އަހަރެން ގެ ހަޔާތުގެ އަދިރިދުވަސްތައް ނިއުމާން އަށް ކިޔައިދިނީމެވެ. ކަންވީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އަހަރެން ހީކުރީ އަހަރެންގެ މި ވާހަކަތައް އަޑުއަހާފައި ނިއުމާން ވެސް އެހެންމީހުންހެން އަހަރެން ދުނިޔެއަށް އެކަނި ކޮންލާނީ ކަމަށެވެ. ނަމަވެސް ނިއުމާން އަހަރެންނަށް އެހީ ބޭނުންވާ ވާހަކަ ބުންޏެވެ. އަހަރެން ނިއުމާން އަށް އެ ފުރުސަތު ދިނީމެވެ. އޭގެ ދެމަހެއްހާ ދުވަސް ފަހުން އަހަރެން ހައްދު ޖެހީމެވެ. ﷲ ގެ ހަސްރަތުން ތައުބާ ވީމެވެ.
ކިޔުންތެރިންނޭ ޑިޕްރެޝަން އިން އަރައިގަންނަށް އަހަރެން ތެރަޕިސްޓެއްގެ އެހީ ހޯދީމެވެ. އަދި ޕެރަޕިސްޓް ގެ އިރުޝާދު ތަކަށް ބޯލަބާ އެއާއެއްގޮތައް އަމަލު ކުރީމެވެ. މީގެ އިތުރުން އަބަދުވެސް ކޮންމެވެސް ކަމެއްކުރުމައިގެ އަހަރެން އުޅުނީމެވެ. މިއިން ކޮންމެ ވަގުތެއްގައި ވެސް އަހަރެން ކައިރީގައި ނިއުމާން ހުރެއެވެ. މީހުން ގެ ތެރެއަށް ނިކުންނަށް ފެށީމެވެ. މީހުން އަހަރެންނޭ ކިޔައިގެން ދައްކާ ވާހަކަތަށް ބީރުކަންފަތެއްދިނީމެވެ.މީހުންކިޔާ އެއްޗެއް އެމީހަކަށްށެވެ. އަހަރެންނަށް ކޮން ކަމެއް ހެއްޔެވެ.
ކިޔުން ތެރިންނޭ މީ އަހަރެން ޑިޕްރެޝަން އަށް ދިޔަދުވަސް ވަރުގައި އަހަރެން ކުރިއަށް ދިޔަގޮތެވެ.

=ނިމުނީ=

  Please log in or register to bookmark.
  1k

  10 ޚިޔާލު

  1. ދެން ތައުބާވާން ބެނުން ނުވަންޏާ މިބުނީ ހައްދު ބޭނުންވިއެޔާ

  ޚިޔާލު

  Your email address will not be published.