އެމޮންގް އަސް

ކޯޑް ޖަހާލުމަށްފަހު ނޫހު އެންޓާއަށް ފިތާލިއެވެ. މާ ގިނައިރު ތަކެއް ނުވަނީސް ސްޕޭސް ޝިޕް ގެ އެތެރެއަށް އޭނާ ސްޕޯން ވެއްޖެއެވެ. ޝިޕުގައި ތިބީ ހަމައެކަނި އެންމެ ދެމީހުނެވެ. ގޭމްފަށަން އެންމެ މަދުވެގެން ފަސް މީހުން ބޭނުން ވެއެވެ. އެހެން ތިއްބާ މީހުންތައް އައީ ބަޑިތަކުރު ވިހޭރޭ އަލަފަތް އައި ހެނެވެ. ޝިޕް ފުލްވުމުން ޗެޓް ބޮކްސްގައި "ސްޓާޓް" އޭ ލިޔުމާއި އެކު ގޭމް ހޯސްޓް މެޗު ފެށިއެވެ.

ކަން ދިމާކުރި ގޮތުން މިފަހަރު އިމްޕޯސްތަރ އަކަށް ވީ ނޫހުއެވެ. އެއީ ޝިޕުގައި އުޅޭ ނުބައިބައި މީހާއެވެ. އެމީހާގެ މަސައްކަތަކީ ޝިޕުގައި ދެން އުޅޭ މީހުންތައް މަރާލުމެވެ. އޭރުން އޭނާ މޮޅުވާނެއެވެ. ކޮންމެއަކަސް ކެފެޓީރިއާ ތެރެއިން ލާފަ ގޮސް ނޫހު އެޑްމިން އޮފީހަށް ވަދުނެވެ. އާދައިގެ މީހެކޭ އެއްގޮތަށް ހަވާލުކުރެވިފައިވާ މަސައްކަތްތައް ނިންމަން ކަމަށް ހަދައިގެން ހުއްޓެވެ. އިރުކޮޅެއް ނުވަނީސް އެހެން މީހަކު އެތަނަށް އަތުވެއްޖެއެވެ. ލިބުނު ފުރުސަތު ގެ ބޭނުން ހިފާ އޭނާ މަރާލިއެވެ. އަދި ވީއެންމެއަވަހަކަށް އެތާއިން ވެންޓް ބޭނުން ކޮއްގެން އެހެން ތާކަށް ދިޔައެވެ.

ވެންޓް ތެރެއިން ނުކުމެ އަނެއްކާވެސް ނޫހު އެޑްމިން އޮފީހާއި ދިމާއަށް ހިނގައިގަތެވެ. އެއްވެސްކަމެއް ނުވާކަމަށް ހަދައިގެންނެވެ. އެޑްމިން އޮފީހަށް ވަދުނުއިރު އެތާ އެހެން މީހަކު ހުއްޓެވެ. ވަގުތުން އެއްކަލަ މީހާގެ މަރު ރިޕޯޓު ކޮއްލިއެވެ. އަދި އެތަނަށް ދިޔައިރު އެތާހުރި މީހާ ކުރި ކަމެއްކަމަށް ހަދާ އެންމެންގެ ވޯޓާއިއެކު އޭނާ ޝިޕުން ބޭރުކޮއްލިއެވެ. އަސްލު އެކަން ކުރީ ކާކުކަން އެނގޭނީ ކިހިނަކުން ހެއްޔެވެ.

އެޑްމިން އޮފީހުން ނުކުމެ ނޫހުގެ މިސްރާބު ލެބޯޓަރީ އާއި ދިމާއަށް ޖެހީ އިތުރު މީހަކު ފެނޭތޯއެވެ. ދުރު ދަތުރެއް ނުކުރުމުގެ ގޮތުން އޭނާ ވެންޓް ސިސްޓަމް ބޭނުން ކުރިއެވެ. އިސާހިތަކު ނޫހު އަށް ލެބޯޓަރީއަށް ދެވިއްޖެއެވެ. އޭރު އެތަނުގައި ދެމީހުން ތިއްބެވެ. އެމީހުންގެ ކުރިމަތީ ވެންޓް އިން ނުކުމެފިއްޔާ އެމީހުން ރިޕޯޓްކުރާނެކަން އެނގިހުރެ ނޫހު ގްރީންހައުސް އެތެރެއަށް ގޮސް ވެންޓް އިން ނުކުތެވެ. ގްރީންހައުސް އަކީ ލެބޯޓަރީގެ ކުރިމަތީގައި ހުންނަ ތަނެކެވެ. ވެންޓް އިން ނުކުމެ ލެބޯޓަރީއަށް ވަންނަން ނޫހު ހިނގައިގަތެވެ. އެއްކަލަ ދެމީހުން އޭރު ވެސް އެތަނުގައި ތިއްބެވެ. އެތަނުން އެކަކު މަރާލުމަށްފަހު މަރު ރިޕޯޓު ކުރިއެވެވެ. އަދި ޝިޕުގައި ބާކީ ތިބި މީހުންގެ ވޯޓް ހޯދުމުގެ ގޮތުން އޭރު އެތާ ހުރި މީހާއޭ ކިޔައިގެން ތަފާތު ވާހަކަތައް ޗެޓް ބޮކްސްގައި ނޫހު ލިޔަންފެށިއެވެ. އަދި އެންމެންގެ ވޯޓް ހޯދުމަށް ފަހު އެމީހާ ޝިޕުން ބޭރު ކޮއްލިއެވެ. ކާމިޔާބީގެ ނޭވާއެއް ދޫކޮއްލެވޭކަށް އަދިވެސް ނެތެވެ. އަދި އިތުރު އެކަކު އެބަހުއްޓެވެ.

އެންމެ ހިނދުކޮޅެއް ވެސް މަޑުނުކޮއް ނޫހު ސެކިއުރިޓީ އަށް ދިޔައެވެ. އަދި ކޮމްޕިއުޓަރ ހުޅުވާލުމަށް ފަހު އެމީހާގެ ލޮކޭޝަން ޓްރެކް ކުރިއެވެ. އޭނާހުރީ ރިއެކްޓަރ ކައިރީ މަސައްކަތް ކުރާށެވެ. ނޫހު އެތަނަށް ދިޔައީ ވެންޓް ބޭނުން ކޮއްގެނެއް ނޫނެވެ. ނަމަވެސް އެތާހުރިމީހާ ނުކުތުމުގެ ކުރިން އެތަނަށް ދެވިއްޖެއެވެ.

އެމީހާގެ ކުރިމައްޗަށް އަރަން ވެގެން ނޫހު ދުއްވައިގަތެވެ. އެމީހާގެ ކުރިމައްޗަށް އަރާހަމަނުވަނީސް ފޯނު ޗާޖު ގޮސްގެން ނިވިއްޖެއެެވެ. މިފަހަރު ވީގޮތްތާއެވެ. އަވަހަށް ފޯނު ޗާޖަށް ޖެހުމަށް ނޫހު ދިޔައެވެ. ޗާޖަރު ފޯނަށް ޖަހާލުމަށްފަހު ސުވިޗު ޖައްސާލިއެވެ. ކަރަންޓު ނައިސްގެން ބަލާލިއިރު މުޅި ގެއިން ވަނީ ކަރަންޓު ގޮއްސައެވެ.

=ނިމުނީ=

    Please log in or register to bookmark.
    1k

    7 ޚިޔާލު

    1. ގޭމުގެ ވާހަކަ ދައްކަބަލަ ރައްޓެހިންނާ. މިތާ ކޮންެމެހެން ގޭމު ތަފްސީލުކޮށް ލިޔާނެކަމެއް ނެތް 🤦‍♀️

      5
      13
      • ކިޔަން ބޭނުން ނޫނިއްޔާ ނުކިޔަ ހުރެބަލަ.. މީ ތަފާތު ލިޔުމެއް.. ތިކަހަލަ އިޑިއަޓިކް ޕީޕަލް ވޯންޓް އަންޑަރސްޓޭންޑް..😡 ވަރަށް ސަޅި..

        7
        5
        • އަޅެ ސުކޫލަށް ގޮސް މީގެ ވާހަކައެއް ލިޔެލަބަލަ ވާހަކަ ވާހަކައަކަށް ވޭތޯ ބަލާލަން 😂 1/10 ވެސް ނުލިބޭނެ ކަންނޭނގެ. ކަލޭމެންނަށް ވާހަކަ ވަކިކުރަން އެނގޭތަ؟

          2
          4
    2. ވާއު.. އައި އޯލްސޯ ޕްލޭ އެމޯންގް އަސް...😃 ވަރަށް ރީތި މި ވާހަކަ.. ކީޕް އިޓް އަޕް💚

      8
      3

    ޚިޔާލު

    Your email address will not be published.