ގިސްލަމުން ބުނީމޭ ދޫކޮށްނުލާށޭ - 1

*ދީވާނާ ކޮށްލާފާ ވާތީ
ލޯތްބަށް އެދިގެން ރޯލީމޭ
ހޯދަން ނޭދެން ލޯތްބެއް ތީނުން
ލިބެން ނެތުމުން ރޯލީމޭ...........*

ޕާކުގެ މެދެއްހާ ހިސާބުގައި ބަހައްޓާފައި ހުރި ޖޯލިތަކުގެ ތެރެއިން ތިންވަނަ ޖޯލީގައި އިށީނދެގެން އިން މާޔާ އޭނާގެ ހިތުގެ އުދާސްތައް ލަވައެއްގެ ސިފައިގައި ބޭރު ކުރަމުން ދިޔައެވެ. އޭނާގެ އަތުގައި މުށި ކުލައިން ޖަރީކުރެވިފައިވާ ވަރަށް ރީތި ގިޓާރެއް އޮތެވެ.

*ލޯ ކަރުނުން ފުރާ ، ވާ ހާލުގައި
ލޯތްބަށް ޖަހާމީ ސަލާމޭ ހުވާ....
ލޯތްބާއި ރުހުން، ދީފައި ނެތަސް
ހެވޭ ހިތް ހަވާލު ކުރަން ހެޔޮހިތުން.......*

ލޯމަރައިގެން އިނދެ ލަވަ ކިޔަމުން ދިޔަ މާޔާގެ މޫނު މަތީގައި އެއްވެސް ކަހަލަގެ އުޖާލާ ކަމެއް ނެތެވެ. ކުއްލިއަކަށް ޖެހި ބާރު ގުގުރިއަކާއި އެކު ވިދިވިދިގެން މަޑު ދެ ގުގުރި ޖެހިއެވެ. އިސާހިތަކު މާ ލަސްތަކެއް ނުވެ ތުނި ތުނިކޮށް ވާރޭ ވެހެން ފެށިއެވެ. ހީވާ ކަހަލައެ، އަލާވްޔާ މި ކިޔާ ލަވައަށް މޫސުން ވެސް އެއްބާރުލުން ދެނީއެވެ.

މަޑުމަޑުން ވެހެމުން ދިޔަ ވާރޭ ތިކިތައް މާޔާ ތެއްމަމުން ދިޔަނަމަވެސް އޭނާ އެތަނުން ތެދުވާ ކަހަލަ ޙިޔާލެއް ނުކުރެއެވެ. އެހެން އެންމެންނަށް މިއީ އާދައިގެ ލޯބީގެ ލަވައަކަށް ވީނަމަވެސް މި ލަވައަކީ މާޔާއަށް ވަރަށް މާނަ ފުން ލަވައެކެވެ. މި ލަވައިގެ ކޮންމެ ލަފުޒެއް ވެސް ވަނީ އޭނާގެ ދިރިއުޅުމާއި ގުޅިފައެވެ. މާޔާ ހަމަ އެއިން ގޮތަށް ޖޯލީގައި ލަވަ ކިޔަން އިނދާ ވާރޭ ބޯކޮށްލިއެވެ. ވައިގަ ގަދަވެ މާޔާ އިށީނދެގެން އިން ޖޯލި ކައިރީ ހުރި ގަސްތައް ނުކިޔަމަންތެރިކަމާއި އެކި ބާރު ބާރަށް ހެލެން ފެށިއެވެ.

ވާރޭ ވެހެން ފެށުމުން މަގުތައް މަތީގައި ޙަރަކާތްތެރިވެ އުޅުނު މީހުންތައް އަވަހަށް އެމީހުންގެ ގޭގެ ހިޔާވަހިކަމުގެ ދަށަށް ވަދެ ވާރޭއަށް ފިލިއެވެ. އެހެން މީހުންނެކޭ އެއްފަދައިން އަވަހަށް ގެއަށް ދިއުމަށް އަބާން ވެސް ހިނގައިގަތެވެ. ނަސީބު ރަނގަޅު ކަމުން އަބާން ގެއިން ނިކުތް އިރު ނިކުތީ ވާރޭ ވެހި ދާނެކަމަށް ކުޑައެއް ހިފައިގެންނެވެ. އަބާންއަށް އެންމެ އަވަހަށް އޭނާގެ މަންޒިލަށް ވާސިލުވެވެން އޮތީ ޕާކު ހުރަސް ކޮށްފައި ކަމުން އޭނާ އަވަސް ފިޔަވަޅުތަކެއްގައި ޕާކަށް ވަނެވެ.

ތަންކޮޅަކަށް ދެވުނު ތަނާ އަބާންގެ ލޮލުގައި ދުރުގައި ހުރި ޖޯއްޔެއްގައި އިން އަންހެންކުއްޖަކު އަަޅައިގަތެވެ. ވެހެމުން ދިޔަ ބޯ ވާރޭ ތެރޭގައި އެކަނިމާއެކަނި އެކުއްޖާ އިނުމުން އަބާން ކަންބޮޑުވިއެވެ.

އެ އަންހެންކުއްޖާ އިނީ ފަހަތަށް އެނބުރިގެން ކަމުން އަބާންއަށް އޭނާގެ ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު ފިޔަވާ އިތުރު އެއްޗެއް ނުފެނެއެވެ. މަޑު ފިޔަވަޅުތަކެއްގައި މާއިޝް އެކުއްޖާއާއި ދިމާލަށް މިސްރާބުޖެހިއެވެ. ޖޯއްޔާއި ތަންކޮޅެއް ކައިރިވިތަނާއި އަބާންގެ ކަންފަތުގައި އެ ކުއްޖާ ކިޔަމުން ދިޔަ ލަވަ ޖެހުނެވެ.

އަބާންގެ ހިތުގެ ވިންދު އަވަސް ވާން ފެށީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. " އެއީ ހަމަ އެ އަޑު. ހަމަ އެ ލަވަ. އަނެއްކާ އޭނަ މާލެ އައީބާ؟ އެކަމަކު، ނޫން ނޫން މިއީ އޭނާއަށް ވެގެން ނުވާނެ" ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނާޅައި ހުރިތަނަށް ޖަހައިފައިވާ ބުދެއްހެން އަބާން ޙިޔާލުތަކަށް ގެއްލިފައި ހުއްޓެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަބާން ކުރިއަށް ފިޔަވައި ސެއް އަޅާލީ،އެ އަންހެންކުއްޖަކީ ހަމަ އޭނާ ތޯ ބެލުމަށް އޭނާގެ ހިތް އޮބި ނޯންނަ ވަރަށް އެ ދެމުން ދާދިއުމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. އަތުގައި ތުރުތުރު އަޅަމުން ދިޔަ ޙާލު އަބާން އެކުއްޖާގެ ކޮނޑުގައި އަތް ބާއްވާލަމުށްފަހު އެއީ އޭނާއަށް ނުވޭތޯ ދުޢާ ކުރަމުން ލޯ މަރާލިއެވެ.

    Please log in or register to bookmark.
    4k

    19 ޚިޔާލު

    1. ހީކުރަން މި ވާހަކަ ރީތި ވާނެ ކަމަށް....😘
      ވަރަށް ރީތި......
      މީ އެއްކަލަ އާފްޓާ ފިލްމުގެ ޓެސާ އެން ހާރޑަން ދޯ....❤️ ވަރަށް ލޯބި ދެ އެކްޓަރުން......❤️..
      ކީޕިޑް އަޕް..ރީމާ...އޯލް ދި ބެސްޓް👍...

      • ހެއި އެނޯންމަސް........ޔޫ މައި ޓައިޕް ދޯ....
        ތޭންކްސް...މަށަށް ސަޕޯޓް ކުރީތީ.😘
        އާ ޔޫ އެ ގާލް އޮރ ބޯއީ..🤨

    2. ހީކުރަން މި ވާހަކަ ރީތި ވާނެ ކަމަށް....😘
      ވަރަށް ރީތި......
      މީ އެއްކަލަ އާފްޓާ ފިލްމުގެ ޓެސާ އެން ހާރޑަން ދޯ....❤️ ވަރަށް ލޯބި ދެ އެކްޓަރުން......❤️..
      ކީޕިޑް އަޕް..ރީމާ...އޯލް ދި ބެސްޓް👍...

    3. އަބާން. މާއިޝް. މާޔާ. އަލާވްޔާ. ވާނުވާ ނޭނގެ

      • ވާހަކަ ކޮޕީއެއް ނުކުރަން. މި ވާހަަކައަކީ 2020 ވަނަ އަހަރު އަޅުގަނޑު އެސްފިޔައިގަ ވެސް ޕަބްޅިޝްކުރި ވާހަކައެއް

    4. މީތި ނެގެޓިވް ކޮށް ނުނަގާނެ ކަމަށް އުއްމީދު ކުރަން. އެކި ނަން ނަން އެކަކަށްވެސް ބޭނުން ކޮށްފާ ހުރިކަން ފާހަގަ ކުރެވުނު އެހެން ވީމަ އޮޅުންއަރާ ކުޑަކޮށް. އެކަން ރަނގަޅު ކޮށްލާނެ ކަމަށް އުއްމީދު ކުރަން. އެކަން ރަނގަޅުކޮށްލީމަ ވާހަކަ ވަރަށް ފުރިހަމަ ވާނެ

      • ތެންކިޔު ތި ދެއްވި ރިވިއުއަށް. މިއީ އަޅުގަނޑު ކުރިން ލިޔެފައިން ވާހަކައެއް ކަމުން އޭރު ބޭނުންކުރި ދެ ނަން އޮޓޯ ކަރެކްޓް ވެފައި އެއިނީ. އެކަމަށް ވަރަށް ބޮޑަށް މާފަށް އެދެން 😔

    5. މި ވާހަކަ އަދި ނުނިމޭ ކަމަށް އުންމީދު ކުރަން....
      ވާހަކަ ވަރަށް ރީތި........😘

    6. މި ވާހަކައަކީ 2020 ވަނަ އަހަރު އަޅުގަނޑު އެސްފިޔަ ސައިޓްގަ އަޕްލޯޑު ކުރި ވާހަކައެއް. އޭރު އަޅުގަނޑު އެ ވާހަކަ ލިޔުނީ މާއިޝް އަދި އަލާވްޔާގެ ނަމުގައި. ދެން ފަހުން މި ސައިޓުގައި ލިޔަންވީމަ ނަންތަކާ ވާހަކައިގެ ޕްލޮޓް ކުޑަކޮށް ބަދަލު ކޮށްލީ. އެހެންވެ ކުރީގެ ނަންތައް އޮޓޯކަރެކްޓް ވެފައި އެ ހުރީ. އެކަމަށް ވަރަށް ބޮޑަށް މާފަށް އެދެން. ކުރިއަށް އޮތް ތާނގައި މިކަން ރަނގަޅު ކޮށްލާނަން❤️

    7. ވަރަށް ރީތީ ވާހަކަ .. ކޮންއިރަކުން އަނެންބައި ނިކުންނަނީ؟

    8. ވަރަށް ރީތީ ވާހަކަ .. ކޮންއިރަކުން އަނެންބައި ނިކުންނަނީ؟

    ޚިޔާލު

    Your email address will not be published.