މީހުންގެ ހިތަކީވެސް ވަރަށް ތަފާތު އެއްޗެކެވެ. ހާއްސަކޮށް އަހަރެންގެ ހިތުގެ ވާހަކަ ދައްކުމުގެ ބޭނުމެއްވެސް ނެތެވެ. ލޯބިވަނީ އެހެން އަންހެއް ކުއްޖެއް ދެކެއެވެ.ނަމަވެސް މި އުޅެވެނީ އެހެން ކުއްޖެއްގެ މޫނުން ހިނިތުންވުމެއް ނުފެނިގެންނެވެ. އަޖައިބެއް ނޫނެއް ހެއްޔެވެ. ހުރިހައި ކަމެއް އެނގި ހުރެވެސް އަހަރެން ޔަޝްމުދެކެ ރުޅި އަންނަންވީ ސަބަބެއް ނުފެނެއެވެ. ނަމަވެސް އެކަމާވެސް ރުޅި މިއާދެވެނީ ޔަޝްމު ދެކެއެވެ. ކޮޓަރީގައި އޮވެއޮވެ ލޮލަކަށް ނިންޖެއް ނައެވެ. ތެދުވެގެން ގޮސް އަހަރެން މަޑުކޮއްލީ ބެލްކަނީގައެވެ. ތެދެކެވެ. މިތަންކޮޅު ހަޤީޤަތުގައިވެސް ވަރަށް ކުޑައެވެ. އަހަންނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަހަރެންގެ ގެއަށް ޔަޝްމު ދާކަށް ބޭނުވާނެއެވެ. އަހަރެންވެސް ބައެއް ފަހަރު އެގެއަށްދާން ބޭނުމެއް ނުވެއެވެ. އެއީ ހަމައެކަނި އަހަރެންގެ ގެއެއް ނޫނެވެ. އެއީ އަހަންނާއި ޒެއިންއާއި ދެމީހުންގެ ގެއެކެވެ.
"ހަލޯ..." ހިޔާލު ތަކުން މިންޖުވެވި ހަމަބިމަށް އާދެވުނީ ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުންނެވެ. އެކޮޅުން ވާހަކަ ނުދައްކައި ގިނައިރުވާން ފެށުމުން އަހަރެން ތަކުރާރު ކޮއްލީމެވެ.
"ހައި ބްރަދަރ... އަމް ބެކް..." ލަސްލަހުން އިވިގެންދިޔަ އެއަޑުން އަހަރެން ހިތުގެ ވިންދު ހުއްޓުނު ކަހަލައެވެ. މިއީ ފެންނަ ހުވަފެނެއް ބާވައެވެ. ހިނދުކޮޅަކަށް ނަމަވެސް އަހަންނަށް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.
"ޒެއިން..." އަހަރެންގެ ދުލުން އެހެން ބުނެވުމާއެކު ފޯނު ކަނޑާލައިފިއެވެ. ދެވަނަ ފަހަރަށް ގުޅައި ގުޅައިވެސް ފޯނެއް ނުނެގިއެވެ.
ދެން ހަމަ ޤައިމުވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނާންނާނެއެވެ. ބައްޕަމެން މޮޅުކަމެއް ކަމަށް ހީކޮށް މިކުރީ ވަރަށް މޮޅުކަމެކެވެ. ދެވަނަ ވިސްނުމަކށް ދޔައީ ޒަލް މަތިން ހަނދާން ވުމުންނެވެ. އަހަރެން އަވަހަށް ޒަލިއަންއަށް ގުޅާލީމެވެ. ފޯނެއް ނުނެގިއެވެ. އަހަންނަށް ކުރިންވެސް އެނގެއެވެ. ނަމަވެސް ގުޅީ ޔަޝްމުއާއި މެދު ވިސްނުމުންނެވެ. އެހެން ހުއްޓައި އަނެއްކާވެސް ފޯނު ރިންގްވިއެވެ. އަހަރެން ވަގުތުން ނަގައި ކަންފަތުގައި ޖަހައިލީމެވެ. ނިއެރާގެ އަޑު އިވުމުން އަހަރެން ނިތަށް އަރައިގެންދިޔަ ރޫތަށް އިރުތުވުން ނޫންކަމެއް ނުވިއެވެ. އަހަރެން މިވަގުތު ބޭނުންވީ އެހެން ކަމަކާއި އަޅައިލާށެވެ.
"ޒެއިޖް ދިޔަ ފަހުންވެސް ވަރަށް މިސްވި..." މަސްތު ވެފައިވާ އެއަޑުން އެހެން ބުނެލިއިރު މިއަދު އަހަރެންގެ ދެކެ އައިސްފައިވާ ރުޅި ފިލާފައިވާ ކަހަލައެވެ.
"ނިއެ.. ނޮޓް އައު..." އަހަރެން ބޭނުންވީ ފޯނުކޯލު ކުރުކޮއްލާށެވެ. އިތުރަށް ބޭކާރު ވާހަކަ ދައްކައި ރުޅި ގަދަވާކަށް ބޭނުމެއް ނޫނެވެ.
"އަޖައިބު.. ޒެއިޖްހާ އަވަހަށް ރުޅި އަންނަ މީހަކު އަހަރެން ނުދެކެން.. ދެންމެ އަހަރެންކައިރީގަ އޮތްއިރު ގައިމު ރުޅިއެއް ނާދޭ... ދުވާލު ކަންތައް ކުރަންވީމަ އެކަނިތަ ޒެއިޖް ފާފަވެރި ވާންވީ..." ނިއެރާގެ އަޑަށް ސީރިއަސްކަމެއް ވެރިވިއެވެ.
"އެކްސްކިއުޒްމީ ނިއެ... ވޯޒް އައު ދެއަރ..." އަހަރެން ހިތަށް އެރި ނުބައި އެއްޗަކުން ކުއްލިއކަށް ބުނެލެވުނެވެ. ހެޔޮނުވާނެއެވެ. އަހަރެން އެތަނުގައި ހުރި ވާހަކަ ނުބުނާށެވެ.
"ދެންމެ އެއްނު ޒެއިޖް ތިދިޔައީ..." ކުއްލިއަކަށް އަހަރެންގެ މޫނަށް ފިނިވެގެން އައީ އެހެނެއް ނޫނެވެ. ލޯމަރާލަމުން އަހަރެން ފޯނު ކަނޑާލީމެވެ. ނިއެރާ ކައިރީގައި އަހަރެން ބުނާނީ ކީކޭ ހެއްޔެވެ. އެއީ އަހަންނެއް ނޫނެވެ. އެއީ އަހަރެންގެ ބޭބެއޭ ބުނާނީ ކިހިނެއް ހެއްޔެވެ. ޒެއިންއަށް ހަމަ ޔަޤީނުންވެސް އެނގެއެވެ. އެހެންނޫންނަމަ އެހެން އަހަންނާއި ކުރިމަތިއެއް ނުލާނެއެވެ.
"އަޑު އިވުނު އަހަންނަށް ލިބެންޖެހޭ ކަމެއް ޒެއިޖް ކޮއްގެން އުޅޭ ވާހަކަ...." ދިއްލުނު ފޯނުން މެސެޖް ފެނުމާއެކު އަހަރެން ފޯނުނަގައި ހޫރާލެވުނީ ގޭތެރެއަށެވެ. މިއީ އަދި ފެށުމެވެ. އެކަން ޔަޤީނެވެ.
ޔަޝްމު
ހެނދުނު ހެނދުނާ ތެދުވެގެން އަހަރެން ބޭރަށް ނިކުތީ ޒެއިޖް އުޅޭތޯ ބަލާލާށެވެ. ބަދިގެ ފަރާތަށް ނިކުތްއިރުގައި އެއްވެސް މީހަކު ނެތެވެ. ކުރިން އަހަރެން ބަހައްޓާފައި ހުރި ނޫޑްލްސް ޕަކެޓްތަކުން ޕަކެޓެއްނަގައި އޭގެއަށް ހޫނުފެން އަޅައިގެން އަހަރެން އިށީނީ ޓީވީ ކުރިމަތީގައެވެ. ހަމަ ޔަޤީނުންވެސް ޒެއިޖް ގެއަކު ނެތެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. އަހަރެން އަވަސްވެލީ ހޮސްޕިޓަލްއަށް ދާށެވެ. މިދެހަފްތާ ނިނުމުން ދެން އަހަންނާ ކްލިނިކަލްއަށް ދާކަށް ނުޖެހޭނެއެވެ. ދެން އަންނަ ދެމެސްޓާރގައިވެސް އޮންނާނީ ތިއަރީއެވެ.
ހޮސްޕިޓަލްއަށް ދިއުމަށް ތައްޔާރު ވެފައި އަހަރެން ގުޅީ އަމްރުއަށެވެ. އަމްރު މިދަނީ ކަމަށް ބުނުމުން އަހަރެން ހިނގައިގަތީ ތިރިއަށް ދާށެވެ. ކުއްލިއަކަށް ފަޔަށް ހުއްޓުން ގެނުވީ ބެލްކަނީގައި ފުނޑުފުނޑު ވެފައިވާ ފޯނު ފެނުމުންނެވެ. އެއީ ޒެއިޖްގެ ފޯނުކަން ޔަގީނެވެ. ދެން އެއްޗެހިވެސް އެހެން ހަލާކު ކުރާނީ ލާރި އޮތް މީހުންނެވެ. އަހަންނަކީ އެފަދަ މީހެއް ނޫނެވެ. އަތުގައި މިއޮތީވެސް މީހަކު ދިން ފޯނެކެވެ. އެންމެނަށް އެއް ފެންވަރަކަށް ނުދެވޭނެއެވެ. މިގަޑީގައި އެތަން ސާފުކުރަން އަހަންނަށް މަޑު ކުރެވޭކަށްވެސް ނެތެވެ. އަހަރެން ދޮރު ލައްޕާލަމުން އަވަހަށް ހިނގައިގަތީމެވެ.
ކާރު އާދޭތޯ އަހަރެން މަޑުކޮއްލައިގެން ހުއްޓައި ލޮލުގައި އަޅައިގައީ ޒެއިޖްއެވެ. ހުދުކުލައިގެ ޓީޝާޓްއަކާއި ގަދަ ޗޮކްލެޓް ކުލައިގެ ޖިންސުގައި ހުރިއިރު އެމޫނުން ފެންނަނީ ތަފާތުކަމެވެ. އަހަރެންގެ ކުރިމަތިން މައިލޯ ޕެކެޓެއް ތުމުގައި ޖަހައިގެން ދިޔައިރު ހީވަނީ އަހަންނަކީ ނުވެސް ދަންނަ މީހެއް ހެންނެވެ. އހަރެންގެ މޫނު ކައިރިން ދިޔައިރުވެސް ހީވަނީ ބަލާލަންވެސް ބޭނުން ނުވާ ހެންނެވެ. އެންމެ ރަނގަޅެވެ. އަހަރެންގެ ބޭނުންވެސް ފުދުނީ ނޫންހެއްޔެވެ. އެކަން ހަނދާން ވުމާއެކު ފަޔަށްވަމުން ދިޔަ ތަދުމަތިން ހަނދާންވިއެވެ. އަހަރެންގެ ފަޔަށް ތަދުވަމުން ދިޔަ ނަމަވެސް އެއިހްސާސް އަދި އެއްފަހަރު ވާންބޭނުމެވެ. އެއީ އަހަރެންގެ ފިރިމީހާއެވެ. ނަމަވެސް ކުރިމަތިން އެދިޔައީ ބަލައިވެސް ނުލައެވެ. އަހަރެން އަދިވެސް އެއްފަހަރު ޒެއިޖްއަށް ބަލާލީމެވެ. ފަހަތަށް އެންމެ ފަހަރަކުވެސް ބަލައިނުލައި އެދިޔައީއެވެ. ނަމަވެސް އެއީ ޒެއިޖްގެ ހިނގުމެއް ނޫނެވެ. އެކަމަކުވެސް އެއީ ޒެއިޖްއެވެ. ފޮނިވެސް ފިރިހެނެކެވެ.
"ކަމަނާ... އާދޭ ލަސްވިތަ؟...." އަމްރު ކާރު މަޑުކޮއްލަމުން ބުނެލިއެވެ. އަހަރެން ބަލާލަމުން ހިނިތުންވެލީމެވެ. އަމްރުއާއި ޒަލިއަން މިހާރަކަށް އައިސް އަހަންނަށް ގޮވަނީ އެނަމުންނެވެ. އަހަރެނަށް އަދިވެސް ބެލެމުން ދިޔައީ ގެއަށް ވަދެގެން ދިޔަ ޒެއިޖްއަށެވެ.
"ހޮސްޕިޓަލްއަށްތަ ދާންވީ؟ ކަމަނާ ކައިފިންތަ؟..." ކާރަށް އަރައި ހަމަޖެހިލުމުން އަމްރު ބުނެލީ ހިނިތުންވެފައެވެ. އަހަރެން ބޯޖަހާލަމުން އަހާލީ ޒަލް ކޮބައިތޯއެވެ. އެހެން ދުވަސް ދުވަހު އެއީ އަހަންނާއެކު ދާން ބޭނުންވާ މީހެކެވެ. މިއަދު އެއުޅެނީ ކީއްވެގެން ކަމެއް ނޭނގެއެވެ.
"ދެންމެ ޒެއިޖް ކީއްވެ އެހާ ރުޅި އައިސްފަ ގޮސް ގެއަށް އެވަނީ؟ އަމްރުއާއެކު ކާރުގަތަ އައީ؟..." އަހަރެން އަމްރުގެ މޫނަށް ބަލާލަމުން އަހާލީމެވެ. އަމްރުގެ މޫނު ކަލަވަރު އެއްކޮށްހެން ބަދަލުވިއެވެ. އަހަންނަށް ބަލާލަމުން އަމްރު ބޯޖަހާލީއެވެ.
"ކީއްވެ އެއްޗެއް ނުބުނީ..." އަހަރެން އަނެއްކާވެސް ތަކުރާރުކޮށް އަހާލީމެވެ.
"ޒެއިޖްވީ ހޮސްޕިޓަލްގެހެން ހީވަނީ... ކަމަނާއަށް ހީވި ގޮތަކަށް ވާނީ...." ވާހަކަ ބަދަލު ކޮއްލަމުން އަމްރު ފެށީ މިރޭގައި އެހެން ގެއަކަށް އަހަރެން ބަދަލުވާނެ ވާހަކައެވެ. އަނެއްކާ އެހެން ތަނަކަށް ބދަލުވާންވީއެވެ. އަދި މިގެއަށް އައިތާ މިއުޅެނީ ސައިވީސް ގަޑިއިރު ނުވެގެންނެވެ. މުއްސަދިންނަށްދެން ބޭނުންވީމާ ބޭނުން ގެއެއްވެސް ގަނެވިދާނެއެވެ. އެއީ ޒެއިޖްއެވެ. ނޫނެކެވެ. ޒެއިޖް ނަމަވެސް ޒެއިޖްއެއް ނޫނެވެ. އަހަރެން މޫނުމަތީގައި އަތުން ޖަހަމުން އަހަރެން އެނބުރިލީ ބޭރަށެވެ.
ކިތަންމެ ބޭނުން ނުވިނަމަވެސް ބައެއް ފަހަރު ބައެއް ކަންތައްތަކާއި އަހަރުމެން ކުރިމަތިލާން ޖެހެއެވެ. ކަމެއް ވެގެން ނޫނީ ކަމަކާއި މަޖުބޫރު ވެގެންނެވެ. ހާލަތު ބަދަލުވާނީ ބަދަލުވާނޭ ގޮތަށް އުޅިގެންނެވެ. އަހަންނަށް އެންމެ ފަހުން ޒެއިޖް ފެނުނުތާ މަހެއް ވެއްޖެއެވެ. އޭގެ ފަހުން އަދި ލޮލަކަށް ނުފެނެއެވެ. ގުޅާލަންވެސް ހިތަށް އަރައެވެ. ނަމަވެސް ގުޅާނީވެސް އަތުގައި ފޯނު ނަންބަރުވެސް އޮވެގެންތާއެވެ. އަހަރެންގެ އަތުގައި އަމިއްލަ ފިރިމީހާގެ ނަންބަރުވެސް ނެތެވެ. ގެއަށް އައިސް ވަދެވުމާއެކު އަހަރެން ވަށައިގެން ބަލައިލީމެވެ. މިހާރު އަހަރެން އުޅެމުން މިގެންދަނީ އެހެން ގެއެއްގައެވެ. ޒެއިޖްގެ ގެއާއި ބަލާފައި ދެގުނަ ކުޑަ ނަމަވެސް އާދައި ގެތަކަށްވުރެ ބޮޑެއެވެ. އަހަންނަށް އެންމެ ކަމުދާ ވަރަށެވެ.
ލައިބްރަރީ ތެރޭގައި ބަހައްޓާފައިވާ ބޮޑު ހުދު ސޯފާގައި އަހަރެން އިށީނދެއިނީ ރައިދާއާއި އެކުގައެވެ، މިއަދު ޒަލްއާއި އަމްރު އަދި އަމްރުގެ އަންހެނުންވެސް އިރުކޮޅަކުން އަންނާނެއެވެ. ބޭރު ދޮރުގައި ޓަކި ޖަހާލި އަޑުއިވުމުން އެދިމާއަށް ހިނގައިގަތީ ރައިދާއެވެ. އެންމެން އެކުގައި އަންނަތަން ފެނުމުން އަހަރެން ހިނިތުންވެލީމެވެ. އަދި ދުރުގައި ބަހައްޓާފައިވާ ޕއްޒާ ފޮށިތަށް ނަގައި މޭޒުމަތީގައި ބެހެއްޓީމެވެ. ޒަލްއާއި އަމްރު ފެށީ ޒެއިޖް ނުފެންނަ ވާހަކައެވެ. އަހަރެން ކައިރީގައި ގެއަށް އާދޭތޯ އަހާލިއެވެ. އަހަންނަށް އޭގެއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ލޯބޮޑުކޮއްލައިގެން އިނދެވުނީއެވެ. އެވަގުތު ފޯނު ރިންގް ނުވިނަމަ ހަމަ ޔަޤީނުންވެސް އެތަނަށް ވިރިގެން ދާނެއެވެ. އަވަސް އަވަހާއި އެތަނުން ތެދުވެގެން އަހަރެން ދުރަށް ހިނގައިގަތީމެވެ. ދެވަނަ ފްލޯގައި ޖަހާފައިވާ ބިއްލޫރިގަނޑޫ ކައިރީގައި މަޑުކޮއްލަމުން އަހަރެން ހަލޯއޭ ބުނެލީމެވެ.
"ޔާރާ ތިއީ މިހިތުގެ ޝިފާ، ޔާރާ ތިއީ ދުލުގެ ދުއާ
ޔަޝްމުގެ ނަން ނުދެއޭ ހިލާ، މިހިތުން ފިލައިގެން ދުވަހަކު ހުވާ"
ލަސްލަހުން އެއަޑު އަހަރެންގެ ކަންފަތަށް އިވިގެންދިޔައީ ވޭނީ ތަދެއް ހެންނެވެ، ހިތުގެ ވިންދު އަވަސްވުމާއެކު އަހަންނަށް ވަށައިގެން ބަލައިލެވުނީއެވެ. އަހަންނަށް އިނގޭ ޅެމެކެވެ. އަހަންނަށް އިނގޭ އަޑެކެވެ.
"ޒެއިޖް...." އަހަރެންގެ ދޫ ހަރަކާތް ކުރީ ބޭއިޙްތިޔާރުގައެވެ. ހިތްބުނީ އެއީ ޒެއިޖް ކަމަކަށެވެ. ނަމަވެސް ކުށްހީއެއް ނަމަވެސް އަހަރެން ބުނެލީ ޔަޤީންކަމާއެކުގައެވެ.
"ރޯންގް...." އެހެން ބުނެފައި ފޯނު ކެނޑުނީއެވެ. އަދިވެސް އަހަންނަށް އިވެމުން ދިޔައީ ފޯނު ކެނޑުނު އަޑެވެ. އެއީ ޒެއިޖް ހެއްޔެވެ.
"ޔަޝްމު... ޔަޝްމު..." އަހަރެން ފަހަތަށް އެނބުރިލީމެވެ. ދުރުގައި ބުރުގާ އަޅައިގެން ހުރި އަންހެންމީހާ އަތުން ހަނާއަޅާލީ ދުރުގައި ހުރި މީހަކަށެވެ. މިގެއަށް މިއަންހެންމީހާ ވެއްދީ ކާކު ހެއްޔެވެ. އަހަރެން އެމީހާގެ ފަހަތުން ހިނގައިގަތީމެވެ. ގޭގެ ދޮރުން ނިކުމެވުމާއެކު އޮތީ ބޮޑު ޖަނބުރޯލުގަސްތަކެއް ލާފައިވާ ބިމެކެވެ. މިއީ މިގޭގައި ކުރިން ހުރިތަނެއް ނޫނެވެ. ކުރިން ލައިބްރަރީގައި ކުރިންހުރި އަންހެންމީހާ ހުރީ ދރުގައި ހަދާފައިވާ ކުޑަ ގެއެއް ކައިރީގައެވެ. ވަށައިގެން ހަދާފައިވާ އުސްއިމާރާތްތަކާއި އެގެ ވަރަށް ތަފާތެވެ.
"ކީއްވެ ދުރުގައި ތިއިންނަނީ... އާދެބަ މަންމައާއެކު މިތަނަށް..." މިފަހަރު އެއަންހެންމީހާ ގޮވީ އަހަންނަށެވެ. އެއީ އަހަރެންގެ މަންމައެވެ. ނަމަވެސް އަހަރެންގެ މަންމަ ހުންނަނީ އެހެނެއް ނޫނެވެ. އެއީ އެހެން މީހެކެވެ. ހިތްބުނަނީ އެއީ މަންމަ ކަމުގައެވެ. މަންމަ ފިޔަވައި އެހެން މީހަކުވެސް އެތަނުގައި އެބަހުއްޓެވެ.
"މަންމާ... ކީއްވެ އަޅުގަނޑުގެ އަތުގަ ރަތްވެފަ މިހިރީ.... މަންމާ... ކީއްވެ އަޅުގަނޑު ނިދާ ހޭލާއިރު ބަނޑުގަ ރިއްސަނީ..." ދުރުން ދުވަމުން އައި އަންހެން ކުއްޖާ އައިސް ހުއްޓުނީ އެއަންހެން މީހާގެ ކުރިމަތީގައެވެ. އެކުއްޖާގެ އަޑު ޖެހުމާއެކު އަހަންނަށް ކުޑަކަކޫ ޖަހާ ލެވިއްޖެއެވެ. މޭމަތިން ހެދުން ބޮނޑިކޮއްލަމުން ރޯންފެށުނީ ބޭއިޙްތިޔާރުގައެވެ. އެކުއްޖާގެ ތަދު އަހަންނަށް އިޙްސާސް ކުރެވެއެވެ.
"މަންމާ.... މަންމާ... ކީއްވެ ޔައްމުގެ ޖަނގިޔަލުގަ ލޭ ހުންނަނީ..." އެއަޑާއެކު އަހަންނަށް އިތުރަށް ބާރަށް ރޯން ފެށުނެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރާނީ ކިހިނެއް ހެއްޔެވެ. ނަމަވެސް އެއަންހެން މީހާ ފެންކަޅިވެފައިވާ ލޮލުން ބަލަންހުރީ އަހަންނަށެވެ. ކައިރީގައި ރޮމުންދިޔަ ކުއްޖާއަށް އެއްވެސް ވަރަކަށް ނުބަލައެވެ.
"ދަރިފުޅު...." އެމީހާ އަހަންނަށް އަތްދިއްކޮލަމުން ބުނެލިއެވެ. އަހަރެން ހުރިތަނުން ކުރިއަށް ފިޔަވަޅެއް އަޅާލީމެވެ. ނަމަވެސް މަންމަ ކައިރިއަށް ދެވޭ ގޮތެއް ނުވިއެވެ.
"މާފް ކުރޭ.... މަންމައަށް...." އަހަރެން އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. އަވަހަށެވެ. ނަމަވެސް ނޭނގޭ ބާރަކުން އަހަރެން ހިފެހެއްޓުނު ކަހަލައެވެ. މޫނަށް އަރައިގެން ދިލަ ތަދާއެކު އަހަރެން ލޯމަރާލީމެވެ. ލޯ ހުޅުވަން ބޭނުން ނުވެ ހުއްޓައި އަހަރެން ލޯހުޅުވާލީ މޫނުގައި ހިފައި ތަޅުވައި ގަތުމުންނެވެ.
"އަމިއްލައަށް މަރު ނުވެވިގެންތަ ތިއުޅެނީ..." ޒެއިޖްގެ ރުޅިއައިސްފައިވާ މޫނު ކައިރިން ފެނުމުން އަހަންނަށް ދެތިން ފިޔަވަޅެއް ޖެހެން އުޅުނީ ފަހަތަށެވެ. ނަމަވެސް އޭގެ ކުރިން ޒެއިޖް އަހަރެން ހިފަހައްޓައިފިއެވެ. އަހަންނަށް ހުރެވުނީ ގޭގެ ޓެރެހުގައެވެ. އެތަނުގެވެސް ފާރުގެ އަރިމަތީގައެވެ. ކުޑަތަންކޮޅެއް ކުރިއަށް ޖެހިލިއަސް ދެވަނަ ބުރިން ވެއްޓޭނެއެވެ،
"ދޫކުރޭ..." ޒެއިޖްގެ އަތު ތެރެއިން ނެއްޓި ގަންނަމުން އަހަރެން ހިނގައިގަތީ ދުރަށެވެ. ގަސްދުގައި ނޫން ނަމަވެސް މިއަދު އަހަރެންވެސް ރުޅި އަތުވެއްޖެއެވެ.
"ޔަޝްމު ހީކުރަނީ އަހަރެން މަޖާ ކަމަށްތަ މިކުރަނީ..." މޫނުގައި އަތް މަތިން ތިރިއަށް ހާކާލަމުން ޒެއިޖް ބުނެލީ ވަރަށް ބާރަށެވެ.
"އިޓްސް ނޮޓް އީޒީ ފޯމީ ޔަޝްމު... އަހަރެން މިހެން އުޅެން އެއްވެސް ވަރަކަށް ބޭނުމެއް ނޫން... ޔަޝްމު އަމިއްލައަށް މަރުވާން ބޭނުން ވިއްޔަ އެހެން މީހަކާ މެރީ ކޮއްފަ ތިކަމެއް ކުރޭ...." ރުޅި އައިސްފައި ހުރިވަރުން އެއަޑުގައިވަނީ ތުރުލުމެއް އުފެދިފައެވެ.
"އަމިއްލައަކަށް މަރުވާކަށް ނޫން އުޅުނީ... އިޓްސް ޖަސްޓް...." ފައްޓާފައިވެސް އަހަރެން ހުއްޓައިލީމެވެ. އަހަރެން އުޅުނީ ދެންމެ އަހަންނަށް ފެނުނު ކަންތައް ކިޔައި ދެވޭތީއެވެ. ނަމަވެސް ކިޔައެއް ނުދެވުނެވެ. އެމީހުން ހީކުރާނީ އަހަންނަކީ މިޔައެއް ކަމަށެވެ.
"ސޮރީ..." ބުނާނެ އެއްޗެއް ނޭނގުމުން އަހަރެން އިސްޖަހާލަމުން މާފަށް އެދުނީމެވެ. ޒެއިޖްގެ މޫނުގައިވި ރުޅިގަނޑު އެއްފަހަރާ ފިލައިގެން ދިޔަ ކަހަލައެވެ. އެމޫނު ކުލަ ބަދަލުވެ އިސްޖަހާލަމުން ނޭފަތުގައި އިނގިލި ޖައްސާލިއެވެ.
"އަހަންނަށް އަބަދު ޔަޝްމު ކައިރިއަކު ނުހުރެވޭނެ... އައި ހޭވްޓު ބީ ވިތް ނިއެރާ ރައިޓް ނައު...." އެހެން ހުރެ ޒެއިޖް ބުނެލި ގޮތުން އަހަރެން ހިތުގައި ޖެހުނެވެ. އަލަށެވެ. އެހެން ހިތަށް މިވީ އަލަށެވެ.
"ޒެއިޖް އެހާ ބާރަށް މައްޗަށް އައީމަ އަހަރެން މިއައީ ކަމެއްވީތަ؟...." ފަހަތުން އަމްރު އައިސް ބުނެލީ ތަންކޮޅެއް ބާރަށެވެ. އަހަރެން އިންތަނުން ގުޑިވެސް ނުލާ އިނީއެވެ.
"އަމްރު ކެންޔޫ ޕްލީޒް ލޮކް ޓެރެސްގެ ދޮރު...." ޒެއިޖް އެހެން ބުނެފައި އެތަނުން ދިޔައީއެވެ. އަހަރެންވެސް އެނބުރި ދިޔައީ އަމްރު މެނާއިއެކުއެވެ. ނަމަވެސް ބޮލުގައި ނުލިފާ ތަދެއް އެބަހުއްޓެވެ. އަހަރެންގެ ހިތުގައި މިހައި ވޭން މިއަޅަނީ ކީއްވެ ހެއްޔެވެ. އަހަންނަށް މިހެން ދިމާވާން މިޖެހެނީ ކީއްވެ ހެއްޔެވެ.
ނުނިދިގެން އަހަރެން ނިކުތީ ބޭރަށެވެ. ކައިރީގައި ހުރި ފިހާރައަށް ވަދެ އަހަރެން ބެލީ ކޯކު ފުޅިއެއް ނެގޭތޯއެވެ. ދެން އަހަރެން ނެގީ ސެނެޓްރޫ ނެޕްކިން(ޕެޑް)އެވެ. މިމަހުގައި އަހަރެން ހަފްތާއެއް ލަސްވެސް ވެއްޖެއެވެ. ފޯނުން ކަލަންޑަރ ބަލާލަމުން އަހަރެން ހިނގައިގަތީ ކައުންޓަރާއި ދިމާލަށެވެ. ގޭގެ ދޮރާއި ހަމައަށް އެރެވުމާއި ހިތަށް ވަތް ނުބައި ވަސްވާހަކުން އަހަރެން ފައި ބިމުގައި ތަތްލައިފިއެވެ. އަނބުރާލާފައި ކައިރީގައި ހުރި ފާމަސީއަށްވަދެ އަހަރެން ވަނީމެވެ. އަދި ބަނޑުބޮޑުތޯ ބަލަން ހަދާ ޓެސްޓްކިޓެއް ގަނެގެން އަވަހާއި އައިސް ގެއަށް ވަނީމެވެ. ދެހިތެއްގައި ހުރެފައި އަހަރެން ފާހާނައަށް ވަނީ އެހިފައިގެންނެވެ. ހިތްވަރު ކޮއްލާފައި އޭތި ކަނޑާލަމުން އިށީނީ ތަށި މަތީގައެވެ.
ކިޓް ބާއްވާފައި އޮންނަތާ މިހާރު 15 ވަރަކަށް މިނެޓް ވެދާއެވެ. އަހަންނަށް އެނަގަން ނުކެރެނީއެވެ. އޭގައިވާ ނަތީޖާއަކުން އަހަރެން މުޅި ދުނިޔެ ބަދަލު ވެދާނެއެވެ. އަތް އޭގެއަށް ދިމާލަށް ހަރަކާތް ކުރިއިރު އަހަރެންގ ހަށިގަނޑު ހީވަނީ ގަނޑުވެފައި ވާހެންނެވެ. މަޑުމަޑުން އެނަގައި އަނެއް ފުށަށް ޖަހާލުމާއެކު ލޮލަށް ފުސްވެގެން އައީ ޖަމާވި ކަރުނައިންނެވެ. މޫނު އައްސިވެ ހިތުގެ ވިންދު ހީވަނީ ތިންގުނައަށް އިތުރުވީ ހެންނެވެ. ގަދަ ރަތް ކުލައިގެން ފެވިފައިވާ ދެރޮނގުބުރި ހީވަނީ ފިބަރ އަކުން ކުރަހާފައި ވާހެންނެވެ.
ނުނިމޭ
ވޮވް ، ސްޓޯރީ އިޒް ރިއަލީ އިންޓްރެސްޓިން ... ލުކިން ފޮވޯޑް ފޯ ދި ނެކްސްޓް ޕާޓް ...
ވާހަކާގަ ވާނުވާ އެނގޭތަ ؟ 😂
ވާހަކަ ދިގު ކޮއްލާފައި އަވަހަށް އަޕް ކުރާނެ ކަމަށް އުންމީދު ކުރަން
Nice story but.. but you make us wait for too long..
ކީއްވެތައް އެހާގިނަދުވަސް ވަނީ...އަނެއް ކޮޅުން ވާނުވާ ނޭނގެ
ކޮންއިރަކުން 11 ވަނަ ޕާޓް ނެއްލާނީ
ވަރަށް ރީތި އަވަހަށް އަޕް ކުރާނެ ކަމަށް އުންމީދުކުރަން
ކޮންއިރަކުން 11 ވަނަ ޕާޓް ނެއްލަނީ
ކޮންއިރަކުން 11 ވަނަ ޕާޓްނެއްލަނީ
ދެން އިން ޕަާޓް އަވަހަށް އަޕްލޯޑް ކޮށްލަދޭނެ ކަމަށްއުންމީދު ކުރަން
ވާހަކަ ވަރަށް ވެސް ރީތި 2 ވަ ނަ ބަޔަށް އިންތިޒާރު ކުރާނަން ❤️😊
ވެން ނެކްސްޓް؟
Writer buneladheyn v noontho dhenn aneh part up kohdheveyne dhuvaheh.. eyrunn konme dhuvahaku check kuraakah nujeheyne ennu.. vaahaka v reethi, ekm up kuraaleh maa lahee... Up vaane dhuvahehves writer bunelaanama.. month aku ehfaharu viyas buneema dhw ingeynee
އައްސަލާމްނއަލައިކުމް... ޢަޅުގަނޑު ޓްރައި ކުރަމުން އެނގޭތޯ މިދަނީ. ނިމުނުހާ އަވަހަކަށް އަޕްލޯޑް ކޮއްލަ ދޭނަން. 12 މެއި ކުރިން އިންޝާ ﷲ
ބުނާ ބަހުގެ އިތުބާރު ކޮބާ
އިޓްސް އަ ފެބިއުލަސް ސޮޓޯރީ.. ވ.ވ.ވ. ރީތި މި ވާހަކަ. އަދި ވ.ރީތި ޕްލޮޓް އެއް އެބައޮތް.. އެމް އަ ބިގް ފޭން އޮފް ޔުއާސް. ވެއިޓިންގ ފޯ ނެކްސްޓް ޕާޓް
ކޮންއިރަކު އަޕްލޯޑްކުރަނީ. ހާދަލަހޭ
މިހާރު ބުނިދުވަހަށް ވުރެވެސް ގިނަ ދުވަސް ވެއްޖެ. އަޅެ ކޮން އިރަކުތަ ނެކްސްޓް ޕާޓް.
ހާދަލަހޭދޯ އަޕްލޯޑްކުރަން
❤️❤️❤️❤️❤️❤️
ކޮބާ 11 ވަނަ ޕާރޓް.އަވަސް ކޮއް ނެރެ ބާ
ކޮބާ
1 މަންތް ވީ
ކޮބާ އަނެއްޕާޓު . ހާދަލަހޭ.
😡😡😭😭😭
ކޮންއިރަކު 11 ވަނަ ބައި ނެއްލަނީ
ރައިޓާ ވާނުވާ އަންގަބަލަ .ވާހަކަ ކޮންއިރަކުންތަ ނެރެނީ
ވަރަށް ރީތި
ޔެސް ކޭން ޔޫ ޕްލީސް އަވަހަށް އަޕްކޮށްދީބަ😏😏
ޔެސް ކޭން ޔޫ ޕްލީސް އަވަހަށް އަޕްކޮށްދީބަ 😘
When next 😍😍
ދެން އިން ޕާޓް
މިހާރު ކިހާ ދުވަހެއް މިވަނީ. އަދިވެސް އަޕްއެއް ނުވޭ !!
އެހެންނޫނީ އަޕްނުވެގެން ތިއުޅޭ ރީޒަން ބުނެދީބަލަ!!
އަޕްނުވެގެން ތިއުޅޭ ރީޒަން ބުނެދީބަލަ!!
ކޮބާ11ވަނަބައި .
މިވަރުން ނުލިޔުނީމަވީނު..
ވަރަށް ރީތި މި ވާހަކަ..... ކިޔާހިތުން ހުރިހާ ޕާޓެއް ވެސް ކީ..... ވެއިޓިން ފޯރ ނެކްސްޑް ޕާޓް........
ވެއިޓް ކުރާނެ ކަމެއްނެއް .. އަނެއްބައި ދެން ނުފެންނާނެ
މި ވާހަކަ ދެން ކުރިއަށް ނުގެންދާ ގޮތަށް ތޯ ތިހުރީ މިހާރު؟؟؟
ވާހަކަ އިތުރަށް ނުލިޔަންޏާވެސް ލިޔުންތެރިޔާ ކިޔުންތެރިންނަށް އަންގާލަ ދެއްވަންވީނުތޯ
އެހެން ސަައިޓެއްގަ ލިޔުނީ ތަ ވާހަކަ؟؟؟
މިވާހަކަ ލިޔުންތެރިޔާ މަރުވީތަ. ހާދަ ގިނަދުވަހެކޭ....
މި ވާހަކަ ދެން ކުރިއަށް ނުގެންދަނީ ތޯ؟؟؟
މި ވާހަކައިގެ އަޕްޓޭޓަކީ ކޮބާ؟
މާފަށް އެދެން އެނގޭތޯ.... މިހާރު ވާހަކަ އިންނާނެ އަޕްލޯޑް ކޮއްލާފަ... ކުޑަ ޕާރސަނަލް ކަމެއް ދިމާވީ އެނގޭތޯ 🙂