ހެޔޮކަމެއްގެ ބަދަލު

އެއްސަހަރެއްގައި ވަރަށް ފަގީރުކޮޔެއް އުޅުނެވެ. މިކޮޔެގެ މައިންބަފައިންވަނީ ދިމާވި ހާދިސާއަކާ ގުޅިގެން ނިޔާވެފައެވެ. މިކޮޔެ ކާންބޯންކުރާ މަސަތްކަތަކީ ވަލުން ދަރު ކޮށައިގެން ވިއްކުމެވެ. ކޮންމެދުވަހަކު ވަލަށްވަދެ ވިއްކަން ދަރުކޮށާ އަދި އަދި އެއްބައި ދުވަސްދުވަހު ރުއްރުކުން ބޯން ތާޒާ ކުރުނބާ އަޅާނިމޭއިރު ހުންނަނީ މުޅިން ވަރުބަލިވެފައެވެ. ނަމަވެސް ހިތްވަރުކޮށްލާފައި މަސަތްކަތްކުރަމުންދަނީ އެކަން ނުކުރާނަމަ ބަނޑުފުރާލާނެ ގޮތެއް ނެތީމައެވެ. މިކޮޔެގެ ހުންނަ ހިތްހެޔޮކަމާއި ހިތްތިރިކަމުން އެރަށުގެ ކުދިބޮޑު އެންމެންވެސް މިކޮޔެދެކެ ވަރަށް ލޯބިވެއެވެ.
ވަރަށް ހޫނުގަދަ ދުވަހެކެވެ. އަލިކޮޔެ އޮތީ ވަލަށް ވަދެ ދަރުކޮށާށެވެ. އިރުގެ ރަތްދަކަ އަވި ހީވަނީ އަލިކޮޔެ މުޅިން ފިއްސާލަފާނެހެންނެވެ. ނިތުން ހިލެމުންދިޔަ ދާތިކިތައް އެއްއަތުގެ ނުފުށުން ފޮހެލިއެވެ. ކުދިކުދި މަދިރިތައް އަލިކޮޔެގެގައިން ލޭބޮމުން ދިޔައެވެ. މަދިރިމަރަމުން ދަރުކޮށަމުން މިގަނޑެއް ގަންނަތާ ގާތްގަޑަކަށް ބައިގަނޑިއިރުފަހުން އަލިކޮޔެ ކަތިވަޅި ބިމުގައި ބޭއްވިއެވެ. ކައިރީގައި ހުރި ރުކެއްގެ ބުޑެއްގައި ލެގިލައިގެން އިނދެ ފުން ނޭވާއެއް ބޭރުކޮއްލިއެވެ.

މިހެން ވަރުބަލި ފިލުވާލުމަށްޓަކާ އޮއްވާ އަލިކޮޔެ ނިދިޖެހިއްޖެއެވެ.

މުސްކުޅި ބޭބެއެއް ހިނގަމުން އައިސް އަލިކޮއި އޮތް ދިމާލަށް އަތުވެއްޖެއެވެ. އަލިކޮއިއަށް ހޭލެވުނީ ހަމައެވަގުތުއެވެ. ލޯ އުނގުޅަމުން ވަށައިގެން ހޯދާލީ މިއޮވެވުނީ ކޮންދިމާލެއްގައިތޯ ޔަގީންކޮށްލާށެވެ.

އަލިކޮޔެ ތެދުވެގެން ދަރުތައް ބޮނޑިއަކަށް ފަށަކުން އައްސާލިއެވެ. ދަރުބޮނޑި ހިފައިގެން ހިގައިގަންނަން އުޅެނިކޮށް އެއްކަލަ މުސްކުޅި ބޭބެ ކެއްސާލަމުން އަލިކޮޔާ ވާހަކަ ދައްކަން ފެށިއެވެ. "އެކޮޔެ....އިހަށް މަޑުކޮށްލަބަ...ތީ އެކޮޔެ ކޮށި ދަރުތަކެއްތަ؟ ބޭބެއަށް ދޭންވީނުން ... ބޭބެގެ އާދަނު މިއަދު ހުންއައިސްގެން ދަރުކޮށާކަށް ނުދޭ.. އެކޮޔެ ބޭބެއަށް ހެޔޮކަމެއް ކިއްދީފިއްޔާ އެކޮޔަށް އަބުނރާ އެކަމެއް ލިބޭނެ."
އަލިކޮޔެ ފުންކޮށް ވިސްނާލާފައި ދަރުބޮޑި އެބޭބެއަތަށް ދިއްކޮއްލިއެވެ. އެބޭބެ އަލިކޮޔެއަށް ޝުކުރުއަދާކުރުމަށްފަހު ވަލުން ނުކުންނަން ހިގައިގަތެވެ.
އަލިކޮޔެވެސް ވަލުން ނުކުމެ ދިގުމަގުން ހިގާފައިގޮސް ގެއަށް ވަދެއްޖެއެވެ. ކާގެއަށްގޮސް ކަބަޑު ހުޅުވާލީ ޕާންފޮއްޗެއްހާވެސް އޮތްތޯ ބަލާށެވެ. ނަމަވެސް ބަޑުފުރާލާނެ އެކައްޗެއްވެސް ހަމަ ހިލާ ނެތެވެ. އަލިކޮޔަށް ހަދާނެގޮތް ހުސްވެއްޖެއެވެ. ބަނޑުގައި އަތްހާކާލީ ހައިހޫނުކަން އިހުސާސްވެގެންނެވެ.
ކޮޓަރިއަށް ވަދެ އެނދުގައި އޮތް ބާލީސްދަށް ބަލައިލިއިރުވެސް ރުފިޔާއެއް ނެތެވެ.

މިހެން އަލިކޮޔެ ހުއްޓާ އަޑުއިވުނީ މީހެއް ދޮރުގައި ޓަކިދިން އަޑެވެ. އަލިކޮޔެގޮސް ދޮރުހުޅުވާލިއެވެ.

ދޮރުމަތީގައިއިނީ ދެބައިއުމުރުގެ އަންހެނެކެވެ. "އައްސަލާމްއަލައިކުމް" އެމިހާސަލާންގޮވާލުމުން އަލިކޮޔެ ސަލާމް ބަލައިގަތެވެ. "އަހަންނަށް ކިޔަނީ ސަންފާ... އަހަރެންނަކީ ވާހިދުގެ ކުއްޖެއްގެ އަންހެނުން...ވާހިދު މިގެ ހުންނަތަން ކިޔައިދީގެން މިއައީ އަލިކޮޔެ ބަލާ... ހިނގާ އަހަރެންނާއި އެއްކޮށް."

އަލިކޮޔެ ސަންފައާއެކު ހިގަމުންގޮސް ސަންފަ ވަންގެއަށް ވަނެވެ. ބޮޑު ތަނަވަސްގެއެކެވެ. ހުދު ކުލައިގެ އަގުބޮޑު ފަރްނީޗަރު މެދުގޭގައި އަތުރާލެވިފައިހުރިއިރު ބިމުގައިވަނީ މުށި ކުލައިގެ ޒަމާނީ ތަށިމުށި އަޅައިފައެވެ.

އާޝޯހުވެފައި ބަލަން ހުއްޓާ އެއްކަލަ މުސްކުޅި ބޭބެ ކޮޓަރިއަކުން ނުކުމެގެން އައިސް އަލިކޮޔެގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. "ހައިރާންނުވޭ... މީބޭބެގެ އާދަނުގެ ގޭ ...އާދަނު ކޮންމެދުވަހަކު ވަލަށް ދަރުކޮށަން ދިޔަސް އޭނާއަކީ މިރަށުގައި ގުނާލެވޭވަރު ތަނަވަސް މީހެއް... އަލިކޮޔެގެ ހެޔޮކަމުން އަލިކޮޔެ މަގޭ އާދަނުއަށް ދަރުބޮނޑި ދިނީ.... އެހެންވީމާ އަދަނު ބޭނުންވީ އަލިކޮޔެ މިގެެއަށް ގެނެސް ރަނގަޅު ޖާފަތެއް ދޭން...."

އަލިކޮޔެ ގަބޫލުކުރަން ދަތިވެފައި ބަލަހައްޓައިގެން ހުއްޓެވެ.

މީރުކެއުން ގަނޑަކަށްފަހު އަލިކެޔޮ ބަނޑުފުރާ ބޮޑު ސާގުތައްޓެއްވެސް ބޯލިއެވެ. "ބޭބޭ... ކިހިނެއް އަހަރެންގެ ގޭ ހޯދީ.؟" އަލިފުޅު އަހާލިއެވެ. އެވަގުތަކީ އާދަނު މަސް ބާނައިގެން އައިސް ގެއަށްވަން ވަގުތެވެ. އަލިކެޔޮގެ ސުވާލަށް ޖަވާބު ދިނީ އާދަނުއެވެ. "އެންމެންނަށްވެސް އިނގޭނެ އެއްކަލަ ހިތްހެޔޮ އަލިފުޅޭ އަހާލީމަ... އަހަރުމެން ހަމަ އެގޮތަށް އަހައިގެން ހޯދީ... ދެއްތޯ ބައްޕާ.؟" ވާހިދުއަށް ދޯއެއް އެއްލަމުން އާދަނު އަހާލިއެވެ.
"އާނ... ބައްޕައަށް އެ ދަރުބޮނޑިދިންއިރުވެސް ބައްޕައަށް ހީވިޔޭ މީ އެއްކަލަ ހިތްހެޔޮ އަލިކޮޔޭ..."

އަލިކޮޔެއަށް ގެއަށް އާދެވުނުއިރު އިރުއޮއްސެނީއެވެ. މައްރިބަށް ގޮވަން ދިހަ މިނެޓަށްވެފަ ހުއްޓާ ގިފިއްޔަށް ވަދެ ދާނިން ފެންނަގާ ވަޅުން ވުޟޫކޮށްލިއެވެ.

ނަމާދުކޮށް އަވަދިވެގެން މާތް ﷲ ގެ ހަޟްރަތަށް ޝުކުރުދެންނެވިއެވެ.

ގެއަށްވަދެ އެނދުގެ މަގަތުގައި އިށީނީ މޫނަށް ހިނިތުންވުމެއް ގެނުވަމުންނެވެ. ތެދެކެވެ. މީހަކަށް ހެޔޮކަމެއް ކޮށްދީފިނަމަ ކޮންމެވެސް ގޮތަކަށް އެކަމެއް އަނބުރާ ތިމާއަށް ލިބޭނެއެވެ.
ނިމުނީ

  Please log in or register to bookmark.
  1k

  3 ޚިޔާލު

  1. މާޝާ ﷲ ވަރަށް ފުރިހަމަ.. މި ޒަމާނުގައި މިކަހަލަ ކުދިން އުޅޭނެ ނަމައޭ އަހަރެން ހިތަށް އަރާ.. އެކަމަކު އަހަރެމެންނަށް ކީއް ކުރެވޭނީ.. ނަމަ ނަމައަކަށް ރިހައެއް ނުކެއްކޭނޭ ބުނާ ބީދައިން މި ޒަމާނުގެ ކުދިންނަށް ނަސޭހަތް ދިނުމެކޭ އުޑުޖެހިފަ ބިމުޖެހުމެކޭ އެއްފަދައެވެ.. މި ވާހަކަ ވަރަށް ސަޅި.. އަ

   6
   1
  2. ވަރަށް ރީތިހިނގޭ ކީފް އިޓް އަފް😘

  ޚިޔާލު

  Your email address will not be published.