ޑިޕްރެޝަން - 2

ކިޔުންތެރިންނޭ! ޓެސްޓް ގެ ނަތީޖާއިން ދެއްކިގޮތުގައި އަހަރެން އިނީ ބަލިވެއެ. ނަމަވެސް ނާއިމް ބުނި ގޮތުގައި ޓެސްޓް ކިޓް އެއީ ސަތޭކަ ޕަސެންޓް އިންނަ އެއްޗެއް ނޫނެވެ.ނާއިމް ގެ އެދުމުގެ މަތިން އަހަރެން ބްލަޑް ޓެސްޓެއް ހެދިމެވެ.ނަތީޖާ އަންނާނެ ގޮތަކާއި ނެދު އަހަންނަށް ވަރަށް ވިސްނުނެވެ.ނާއިމް ގެ ފަރާތުން އެއްވެސް ހާސް ކަމެއް އަހަރެން ނުދެކެމެވެ.

އެއްހަފްތާ ފަސް

ނާއިމް އާއިި އަހަރެން އޭ.ޑީ.ކޭ ހޮސްޕިޓަލަށް ޓެސްޓް ގެ ނަތީޖާ ބަލައި ދިޔައީމެވެ."ކޮންގްރަށްޗުލޭޝަން އޫއާރ ޕްރެގްނެންޓް "އަހަރެން އަތަށް ނަތީޖާ ގަނޑު ދެމުން ޑޮކްޓަރު ބުންޏެވެ.އަހަރެންނެއް ހީވީފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެއްނެވެ. ނާއިމް ގެ ފަރާތުން އެއްވެސް ހާސްކަމެއް ނުފެނުނެވެ.އަހަރެމެން ދިރިއުޅޭ އެޕާޓް މެންޓަށް އަހަރެމެން އަބުރާ އައިމެެވެ.ނާއިމް ގެ މޫނުމަތިން ފެނުނީ އުފާވެރި ކަމެވެ."ނާއިމް ދެން ކިހިނެއް ހަދާނީ؟" އަހަރެން ބުނެލީމެވެ.

"ޝާ!ޑޯންޓް ވޮރީ ވީ ވިލް މެނޭޖް 'ނާއިމް ބުނެލިއެވެ. އެއީ އަހަރެން ނާއިމް ދެކެ ރުޅިއައި ފުރަތަމަ ފަހަރެވެ.ނަމަވެސް ނާއިމް ދެކެ ރުލި އަންނަން އަހަރެންނަށް އީ ކޮން ހައްޤެ ހެއްޔެވެ ؟ ކަމަކީ އަހަރެންގެ ރުހުމުގައި ކުރި ކަމެއްތާއެވެ.

"މިހުރިހާ ކަމެއް ވީމަ ތިބުނަނީ ޑޯންޓް ވޮރީ ވީ ވިލް މެނޭޖް އޭ ! "

" ނޯ ވީ ކާންޓް މެނޭޖް ދިސް އަހަރެން އަޑި ރެޑީއެއް ނޫނޭ މަންމަ އަކަށް ވާކަށް އަހަރެން އަޣި ކިޔަވަން ބޭނުމޭ ކުރިން އުޅުނު ގޮތައް ހެޕިކޮން އުޅެން ބޭނުމޭ ވީ އާރ ނޮޓް މެރީޑް ސޯ ހައު ކޭން ވީ މެނޭޖް " އަހަރެންނަށް ދިޔައީ ރޮވެމުންނެވެ.

"އަހަރެން އަދި ރެޑީ އެއް ނޫން މެރީ ކުރާކަށް އެކަމަކް ޝާ ބޭނުމިއްޔާ އަހަރެން ގެ އެކުވެިއަކާ ވާހަކަދައްކައިގެ ޝާ މެރީ ކުރަން މީހަކު ހޯދައި ދި ފާނަން"ނާއިމް ގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ.

'ވަޓް ތިއީތަ މިޔަދު ނާއިމް އަހަރެންނަށް ދޭންޖެހޭ އެއްބާރުލުމަކީ ތިއީތަ ނާއިމް އަހަރެން ދެކެ ވީ ލޯތްބަކީ .. އަހަރެންނަށް ނާއިމް ގެ އަޅާމުލުމާއި އެހީތެރިކަން އެންމެ ބޭނުން ވި ދުވަހު ތީ ތައް ނާއިމް ކަންތައް ކުރަން ޖެހޭ ގޮތަކީ ؟ އަހަރެން ފާހަނާއި ދިމާއަށް ދުއްވައި ގަތީމެވެ.ފަހަތުން ނާއިމް ވެސް އައެވެ.

"ޝާ ދޮރު ހުޅުވަބަލަ އަހަރެން ވިސްނާނަން ތި ކަމާ" ނާއިމް ބުނި އަޑު އިވުނެވެ.ނަމަވެސް އަހަރެން ނިކުންނަށް ހިޔާލެއް ނުކުރަމެވެ.ނާއިމް ގެ އެއްވެސް އަޑެއް ނީވުމުން އަހަރެން ފާހަނައިިން ނިކުތި ވުޟޫ ކޮއްލައިގެން ނަމާދުކުރުމުގެ ނިޔަތުގައި އެވެ.އިޝާ ނަމާދު ކޮށްލައިގެން އަހަރެން ނިދަން އަރާ އޮޝޯ ތީމެވެ.ރޭގަނޑު ގެ އަޑިރިކަން ދުނިޔެއާއި އަލްވަދާއު ކިޔަމުން ދިޔައިރު އިރު އެރުމުގެ ނިޝާން ތައް އުދަރެހުން ފާޅުވަމުން ދިޔައެވެ.މއަހަރެން ނަށް ހޭލެވުނީ ފަތިސް ނަމާދަށް ސަލާން ދެނިކޮންނެވެ. އަވަހަސް ތެދުވެ ވުޟޫ ކޮލައިގެން ނަމާދަށް އެރީމެވެ .އަދި އަހަރެން ކުރި ކުށަށް ފާފަ ފުއްސަވަެިތޯ ދުޢާ ކުރީމެވެ.

އޭރުވެސް ނާއިމް ގެޔަކަށް ނާދެއެވެ .ފެން ވަރާލުމުގެ ނިޔަތުގައި އަހަރެން އަލަމާރި ހުލުވާލީ ހެދުމެއްނަގާށެވެ. ނަމަވެސް އަހަރެން ސިއްސައިގެން ދިޔައީ އަލަމާރި ގެ ދޮރުފަތުގައި ތައްކޮށްފައި އިން ކަރުދާސް ކޮޅުފެނުނީމައި އެވެ.

=ނުނިމޭ=

    Please log in or register to bookmark.
    960

    2 ޚިޔާލު

    1. This story is very noice . When is neextt partt?

    ޚިޔާލު

    Your email address will not be published.