ފުއާފް - 22

Tiny Teen Tiffany Tatum Pussy Forced Big Cock  Blondie Fesser cocks her massive ass threesome sex  pakistani sex video  jmac porn  De Williams  Russian teen Izi Ashley tight ass hole Hard fucked real 18 yearsold Tiny babe  sanny levon xnxx son fuck mom dogstyle thick hairy pussy

" އަސްރާ ކިހިނެތްވީ؟ ބަލީތަ އަނެއްކާ؟ " ގުދަށް އޮތް އަސްރާގެ ބުރަކަށީގައި ފިރުމަމުން ދިޔަ އަޙްސަންގެ އަޑުގައިވަނީ ހާސްކަމެވެ.

" ކީކޭ؟ "އަޙްސަން ފަހުން ބުނި ދެބަސް އަސްރާގެ ކަންފަތުގައި ހީވީ ގުގުމަމުން ދިޔަ ހެންނެވެ. އަނެއްކާ އޭނަ އެއިނީ އަރްޒަންގެ ދަރިޔަކަށް ބަލިވެ ބާވައެވެ؟

އަސްރާ އަވަސް އަވަހަށް އަތުގެ އިނގިލިތަކުން ދުވަސްތައް ގުނާލިއެވެ. އާނއެކެވެ. މިދިޔަ މަހާއި މި މަހު ގަވައިދުން ޖެހޭ މައްސަރުތައް ކަންތައް ނުޖެހެއެވެ. ޔަޤީނެވެ. އޭނަ އެއިނީ އަރްޒަންގެ ދަރިޔަކަށް ބަލިވެއެވެ.

" އަސްރާ...؟ " އަސްރާގެ ޖަވާބެއް ނުލިބިގެން އަޙްސަން އަސްރާގެ ކޮނޑުގައި ހިފަހައްޓާލި ވަގުތު އޭނަ ދިޔައީ ސިހިގެންނެވެ.

" ހޫމް. އަހަރެން މިއުޅެނީ ބޮލުގަ ރިއްސާތީ.. ހީވަނީ ކުޑަކޮށް ހުންވައްތަރުވެސް ވާހެން. ކޮޓަރިއަށް ގޮސް އަރާމުކޮއްލަން ބޭނުމީ... " އަސްރާ މިވަގުތު ބޭނުންވީ އަޙްސަންގެ ގާތުން ދުރަށް ދާށެވެ.

" ހޫމް.. ކޮޓަރިއަށްދޭ.. އަހަރެން ދާނަން ބަދިގެ ކަންތައް ހަމަޖައްސާލާފައި... " އަޙްސަން ހީލަމުން އަސްރާގެ ކޮނޑުގައި ފިރުމާލާފައި ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. އަސްރާ މަޑު ހިނގުމެއްގައި ކޮޓަރިއާ ހަމަޔަށް ހިނގަމުން ދިޔައިރު ސިކުނޑީގައި އެނބުރެމުން ދިޔައީ އެންމެ ސުވާލެކެވެ. ދެން ކަންތައް ވާނީ ކިހިނެތްބާވައެވެ؟ އެސުވާލެެވެ.

---

" އަރްޒަން ޕުލީޒް.. އަހަރެންގެ ގާތަށް އައިސް މިއީ ހަޤީޤަތެއް ނޫންކަން ބުނެދީބަލަ... " އަސްރާއަށް ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ފާރުގައި ލައްވެގަނެގެން އިނދެ ރޮމުން ކުރެވުނީ ޝަކުވާއެވެ. މިކަހަލަ ކަމެއް ވެދާނެ ކަމަކަށް އޭނަ ދުވަހަކުވެސް އުއްމީދެއް ނުކުރެއެވެ. ބަނޑުގައި މިއޮތީ އާދައިގެ އިންސާނެއްވެސް ނޫނެވެ. ޖިންނި ނަސްލާ އެކުވެފައިވާ ދަރިޔެކެވެ.

" އަޝޫ... " އިވުނީ އަރްޒަންގެ އަޑެވެ. ތުނި ފޮއްޗެއް ދަމާފައިވާ ކުޑަދޮރުން ބޭރުން އަލިވަމުން ދިޔަ ފަނޑު އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނުވާ އެކޮޓަރިއަށް ވަތް އަރްޒަން ފެނިފައި އަސްރާއަށް ވަގުތުން ދުވެފައި ގޮސް އޭނަގެ ގައިގައި ބައްދާލެވުނީއެވެ.

" ކީއްވެތަ ތިހާ ލަހުން ތިއައީ؟ " އަސްރާއަށް އެންމެ ފުރަތަމަވެސް ކުރެވުނީ ޝަކުވާއެވެ.
" ލަސްވީދޯ؟ ސޮރީ... " އަރްޒަން އަސްރާ ގޮވައިގެން ގޮސް އެނދުގައި އިށީނެވެ.
" އައި މިސްޑް ޔޫ... " އަސްރާ ރޮއެގަނެފައި އަނެއްކާވެސް އަރްޒަންގެ ގައިގައި ބައްދާލިއެވެ.
" މިސްޑް ޔޫ ޓޫ... " އަރްޒަން އަސްރާގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު މަޑުމަޑުން އޭނަގެ ހިއްސުތައް ހޭލައްވަމުން ދިޔަ ކަމުގެ އަސަރުތައް ފެންނަމުން ދިޔައީ އަސްރާގެ ބުރަކަށީގައި ފިރުމަމުން ދިޔަ ދެއަތުން އަސްރާ ލައިގެން ހުރި ހެދުމުގައި އިން ޒިބަކަށް ދަމާލުމުންނެވެ.
---
މަޑުނޫކުލައިގެ ރަޖާ އަޅައިލައިގެން އޮތް އަސްރާއަށް ސިހިފައި ތެދުވެވުނީ ބާރު ގުގުރީގެ އަޑަށެވެ. ފުރާޅުމައްޗަށް ޖެހެމުން ދިޔަ ބޯވާރޭ ތިކިތަކުގެ އަޑު އިވިފައި އަސްރާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަރްޒަން އޭނަގެ ގާތުގައިވާހާ ހިނދަކު އޭނައަށް ކޮންމެ ގޮތެއް ވިޔަސް ހެވެ.
އަސްރާ ކޮޓަރީގައި ހުރި ބޮޑު ގަޑިއަށް ބަލާލި އިރު ދަންވަރު ހަތަރެއްޖަހަން ގާތްވަނީއެވެ. އަނެއްކާވެސް އިރުކޮޅަކަށް ނިދާލަން ވެގެން އެނދުގައި އޮށޯވެ އަރްޒަން އޮތް ފަރާތަށް އެނބުރިލިއެވެ. އަދި އެއްއަތުން އަރްޒަންގެ އެފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. ކުއްލިއަކަށް ގަދަޔަށް ވިދާލި ވަގުތު އަސްރާގެ ގާތުގައި އޮތް ކަމަށް ހީކޮށްގެން ހުރި އަރްޒަންގެ ބަދަލުގައި ހުސްގަޔާ ހަމައެކަނި ސޯޓުގައި އޮތް އަޙްސަންގެ މޫނު ފެނިފައި އަސްރާއަށް ފުންމައިގެން އެނދުން ތެދުވެވުނީ ގަޔަށް ބޮޑު ކައްޓެއް ހެރުނު ފަދައިންނެވެ.
އަރްޒަންގެ ބަދަލުގައި އަޙްސަން އެއޮތީ ކީއްވެ ހެއްޔެވެ؟
---
ހަމަސްފަސް
" ހަމަސްދޯ މިވީ މިހާރު؟ " ހުސްނާ އަސްރާގެ ބަނޑަށް ބަލާލަމުން އަހާލިއެވެ. ދާތިކިތައް ވިދަމުން ދިޔަ މޫނުން އަސްރާ ދާތައް ފުހެލަމުން މަޑުމަޑުން ބޯޖަހާލިއެވެ. މީހަކަށް އޭނަގެ ބަނޑުގައިވާ ދަރިފުޅުގެ ހަޤީޤަތް އެނގިދާނެތީ ބިރުގަންނަނީއެވެ.
" އަޙްސަން ދިޔަފަހުން ހަމަސްދޯ މިވީ.. އޭނަ ދެން ކޮންއިރަކުން އަންނާނީ؟ މިދުވަސްކޮޅު ފިރިމީހާގެ އަޅާލުން އެންމެ މުހިންމުވާނީ... " ހުސްނާ އަސްރާގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.
" ބުނި ވިހަން ކައިރިވީމައި އަންނާނަމޭ.. " އަސްރާ ހަމަޖެހޭކަން ދައްކަމުން ޖަވާބުދިނެވެ.
" އެހެންތަ؟ އެކަމަކު އަވަހަށް އައިއްޔާ ރަނގަޅުވާނީ... ދައްތަ މިދަނީ އިނގޭ. މާދަމާ ކޮންމެހެން ދަރިފުޅު ނަޔަސް ދައްތައަށް ހެޔޮ. ދައްތަ ބިރިއާނިކޮޅެއް ގެނެސްދޭނަން. ދަރިފުޅު ދެން ހަމަޖެހިލައިގެން ނިދާލެވޭތޯ ބަލާ. ހުޅަނގު މޫސުން ފެށުނީމި. މިރޭ ހީވަނީ ވާރެވެސް ވެހިދާނެހެން. ދޮރުތަކާއި އެއްޗެހި ލައްޕައިގެން ނިދާތި... " އަސްރާ ގާތްކޮށްލައި ކުޑަކޮށް ބައްދާލުމަށްފަހު ހުސްނާ ނިކުމެގެން ދިޔައެވެ. ދޮރުތައް ލައްޕާ ހެދުމަށްޓަކައި އަސްރާ ނިކުމެލީ މެދުގޯއްޗަށެވެ. ހުސްނާ ބުނި ފަދައިން އުޑުގައި ވިއްސާރަ ވިލާތައް ޖަމާވަމުން ދިޔައީ ވާރޭ ވެހިގަންނަން ތައްޔާރުވާ ފަދައިންނެވެ. އާދައިގެ މިންވަރަށްވުރެ ބާރަށް ޖެހެމުން އެދިޔަ ގަސްތަކަށް ބަލާލުމުން މިރޭ ބޯވާރެއާއެކު ވައިގަދަވާނެކަން ޔަޤީނެވެ.
" އިނގޭތަ؟ އަހަރެންނަށް އެންމެ ކަމުދަނީ ވާރޭ ވެހޭ ދުވަސް ދުވަސް. އެއްދުވަހަކުން ވާނެ ވާރޭ ވެހޭ ރެއަކު ބީޗް ކައިރިއަށް ދާން. އެ ކަހަލަ ދުވަހަކަށް އަހަރެން އެބަ ވަރަށް އިންތިޒާރުކުރަން... " މެދުގޯތީގައި އުޑަށް ބަލަހައްޓައިގެން ހުރި އަސްރާގެ ހަނދާންނަށް އައީ ކައިވެނީގެ ފުރަތަމަ ރޭ އަރްޒަން ބުނި ވާހަކައެވެ.
ކުއްލިއަކަށް އެއްޗެއް ހިތަށް އެރުމާއެކު އަސްރާއަށް ދުއްވައިގަނެވުނީ ދޮރާށިން ބޭރަށެވެ. ބަނޑުގައިވާ ދަރިފުޅަށްވެސް ބެލުމެއްނެތި ރޭގަނޑުގެ ވަގުތު މީހުން މަދުން ނޫނީ ނުފެންނަ އެރަށުގެ މަގުތަކުން ބާރު ހިނގުމުގައި ގޮސް އަސްރާ ފުއްޓަރު މަގަށް ނިކުތް އިރު ވާރޭ ތިކިތައް ފައިބަން ފަށައިފިއެވެ. ކުރިޔަށްވުރެ މީހާގެ ހިނގުން އަވަސްކުރަމުން އަސްރާ ފުއްޓަރަށް ގޮސް ކެތްތެރިކަމެއްނެތި ދެކޮޅު ހޯދާލީ އެހިތުގައި ރަސްކަންކުރަމުން ދިޔަ އެމީހެއްގެ ސޫރަ ފެނޭތޯއެވެ. އުޑުން ފައިބަމުން ދިޔަ ބޮޑެތި ވާރޭ ތިކިތަކާއި ވަޔާ ބާރުބާރަށް ޖެހެމުން އެދިޔަ ގަސްތަކާއި ބޮޑެތި ރާޅުތައް ނަގާ ބިންދަމުން އެދިޔަ މޫދާއި ބިންމަތީގައިވާ ވެލިތައް ލޮލަށް އަމާޒުވަމުން ދިޔަ މަންޒަރު ނޫނީ އެހެން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. މާޔޫސްވެ ފައިގެ ވަރުދޫވެ ބިންމައްޗަށް ވެއްޓިގަނެވުނު އިރު އަސްރާއަށްވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.
" އަރްޒަން. އާދޭސްކޮއްފައި މިބުނީ. އެއްފަހަރު ނަމަވެސް އަހަރެންގެ ގާތަށް އައިސްދީބަލަ... " ވެލިގަނޑުގެ މަތީގައިވި ދެއަތް ވެލިތަކާއެކު މުއްކަވާލަމުން ލޮލަށް އަންނަމުން ދިޔަ ވެލީގެ ސަބަބުން ލޯ ހަނިކޮއްލާފައި އަނެއްކާވެސް އަސްރާ ދެކޮޅު ހޯދާލީ އަރްޒަންގެ ހިލަމެއް ވޭތޯއެވެ.
" އަސްރާ ކީއްކުރަން އަހަރެންނަށް ތިގޮވަނީކީ؟ " އަސްރާގެ ފުރަގަހުން އަރްޒަންގެ އަޑު އިވިގެން ދިޔައެވެ. ސިކުންތުކޮޅެއްވެސް ލަސްކުރުމެއްނެތި އަސްރާ ބިންމަތިން ތެދުވެ ވެލިފޮޅާލައި އަރްޒަންއާ ކުރިމަތިލިއިރު އެމޫނުމަތީގައި ވިދަމުން ދިޔައީ ހިނިތުންވުމެކެވެ.
" ކީއްވެތަ ކޮންމެ ފަހަރަކު އަހަރެން ދޫކޮއްފައި ތިދަނީކީ...؟ " އަސްރާ އަރްޒަންގެ އަތުގައި ހިފާލިއެވެ.
" ދާން ޖެހިގެން.. " އަރްޒަން އަސްރާގެ އަތްފޮޅުވާލާ އަސްރާއާ ދުރަށް ޖެހިލިއެވެ.
" ކިހިނެތްވެފަތަ ތިހިރީ؟ އަހަރެންދެކެ ލޯބިނުވަނީތަ މިހާރު؟ " އަސްރާގެ މޫނުމަތީގައިވި ހިނިތުންވުން އަނެއްކާވެސް ފިލައިގެން ދިޔައެވެ.
" ފުރަތަމަ އަސްރާއެއްނު އަހަރެންނަށް ތިޖަވާބު ދޭންވީ.. " އަރްޒަންގެ އަޑުގައިވަނީ މަލާމާތެވެ.
" ކީކޭތަ ތިކިޔަނީ؟ އަހަރެން ކީއްވެ އަރްޒަންދެކެ ލޯބި ނުވާންވީކީ؟ " އަސްރާގެ އަޑު މަޑުމަޑުން ކުރެހިގެން ދިޔައެވެ.
" އަސްރާއަކަށް ހަނދާނެއް ނުވޭތަ؟ ތިބަނޑުގައި ތިއޮތް ދަރިފުޅު ދުނިޔެއަށް އައި ގޮތް ވިސްނަބަލަ... " އަރްޒަން އިޝާރާތްކުރީ އަސްރާގެ ބަނޑަށެވެ.
" މިއަހަރެންނާ އަރްޒަން... މިއީ އަރްޒަންގެ ދަރިޔެކޭ... އިނގޭތަ އެކަން؟ " އަސްރާގެ މޫނުގައިވަނީ އުފާވެފައި އެހެނަސް ދެރަވެފައިވާ ކަހަލަ އަސަރުތަކެވެ.
" އަހަރެންގެ ދަރިޔެކޭ؟ އަސްރާ ތިކުޅެނީ ކޮމެޑީ ފިލްމެއްތަ؟ " އަރްޒަންގެ އަޑު ހަރުކަށިވެ މާހައުލުގައި ގުގުމާލައިފިއެވެ. އެބޯވާރޭގައި އެއަޑު ހީވީ ފަސް ހަފަހަރު އިތުރަށް ގުގުމައިގެން ދިޔަ ހެންނެވެ. އަސްރާއަށް ސިހުމެއް ލިބިފައި އަރްޒަންއާ ދުރަށް ޖެހިލެވުނެވެ.
" މިއަރްޒަންގެ ދަރިޔެއް ނޫނިއްޔާ ކާކުގެ ދަރިޔެއް؟ އަހަރެން ގައިމު އިތުރު މީހަކާއެކު އެކަހަލަ ގުޅުމެއް ނުހިންގާކަން އަރްޒަންއަށްވެސް އިނގޭނެ! " އަސްރާއަށް ލިބިފައިވަނީ ހައިރާންކަމެކެވެ.
" ނުހިންގިނަމަ ތިދަރި މިދުނިޔެއަކަށް ނާންނާނެ! ތިއީ އަހަރެންގެ ދަރިޔެއް ނޫން. އަހަރެންގެ ފަރާތުން ދުވަހަކުވެސް އަސްރާއަކަށް ދަރިޔެއް ނުލިބޭ.. ތިއީ އަޙްސަންގެ ދަރިޔެއް... " އަރްޒަންގެ ރާގުގައި އަދި ވެސް ވީ ހަރުކަށިކަމެވެ.
" އެހެން ކިހިނެތްވާނީ؟ އަރްޒަންއާއެކު ގުޅުން ހިންގިތާ ދެމަސްފަހުން މަށަށް އެނގުނީ އަހަރެން ބަނޑުބޮޑުކަން... " އަސްރާއަކަށް އަދިވެސް ވާނުވާއެއް ދެނެގަންނާކަށް ނޭނގުނެވެ.
" ޖިންނި ކުދިން އެހާ ގިނަދުވަހެއް ނުވެ ވިހާނެ. ތިއީ ޖިންނި ކުއްޖެއްނަމަ އެކުއްޖާ މިހާރު ދުނިޔެއަށް އުފަންވީސް. އަސްރާ ތިކިޔަނީ މީގެ ހަމަސްކުރިން އަސްރާ ހޮޑުލައި މައްސަރުގެ ކަންތައް ނުޖެހޭ ވާހަކަ ކަމުގައިވަންޏާ އަސްރާއަށް ތިވަނީ ކުށްހީއެއް ކުރެވިފައި.. އަސްރާ ހޮޑުލައި މައްސަރުގެ ކަންތައް ނުޖެހި ދިޔައީ އެދުވަސްވަރު ރަނގަޅަށް ނުކެވި އުޅެވުނީމައި ހަށިގަނޑުގެ ދިފާއީ ނިޒާމު ދެރަވެގެން. އެކަމަކު އެރޭ އަޙްސަންއާއެކު ގުޅުމެއް ހިންގުނުކަން ހަނދާނެއް ނެތްތަ؟ " އަރްޒަންގެ ރާގު ކުރިޔަށްވުރެ ހަރުކަށިވިއެވެ.
" އެކަމަކު އެރޭ... އަރްޒަނެއް ނޫންތަ އެއީ...؟ ނޫން.. ނޫން... " އަސްރާއަށް މަޑުމަޑުން ވާނުވާ ރޭކާލާން ފެށިއެވެ. އާނއެކެވެ. އެދުވަސްވަރު އަރްޒަން ނުފެނި އުޅުމުގެ ތެރޭގައި ދޭތެރެ ދޭތެރެއިން އޭނަޔަށް އަޙްސަން އަރްޒަންގެ ސިފައިގައި ލޯމައްޗަށް ފެނެއެވެ. ފަހުން އަޙްސަންގެ ސިފައިގައި ފެނުމުން އޭނަ އަޅާނުލަނީއެވެ. ޔަޤީނެވެ. އެރޭ ބޯސަކަރާތްވެފައި ހުރި ވަރުން އަރްޒަންކަމަށް ހިތާ އޭނައަށް ދެވުނީ އަޙްސަނަށް ދަޢުވަތެކެވެ.
" ދެޓް ވޯޒް އަ މިސްޓޭކް!! " އަރްޒަން ދުރަށް ހިނގައިގަތުމުން އަސްރާ އަވަސް އަވަހަށް ގޮސް އޭނަގެ ކުރި ބައްދާ އެހަށިގަނޑުގައި ބައްދާލިއެވެ.
" ދުރަށް ދޭ އަސްރާ... ތިއީ އަޙްސަންގެ ދަރިޔަކަށް ވިޔަސް ތިއީ ހަމަ ތިދަރިފުޅުގެ މަންމަ. އަހަރެން ބޭނުމެއް ނޫން ދެން ތިއާއިލާއަކަށް އުނދަގޫކުރާކަށް.. މީގެ ފަހުން އަހަރެންނަށް ގޮވަން ނަހަދާތި! " އަރްޒަން އަސްރާ ދުރުކޮއްލުމަށްފަހު ދުންކޮޅަކަށްވެ މައްޗަށް އަރައިގެން ދިޔަ މަންޒަރު ބަލަން އަސްރާއަށް ހުރެވުނީއެވެ.
ނުނިމޭ

    Please log in or register to bookmark.
    4k

    13 ޚިޔާލު

    1. ވަރަށް ރީތި ވާހަކައެއް ❤️

    2. ވ. ވ. ވ. ރީތި ❤️ އެކަމް މިހާރު މިވާ ގޮތުން އަރްޒަން ފައިޒަން އަކަށް ނުވިއްޔާ ރަނގަޅު

      10
      1
    3. ކޮންއިރަކު އަނެއް ބައި އަންނަނީ ؟😢 ކާންޓް ވެއިޓް!!!

    4. ކޮންއިރަކު އަނެއް ބައި އަންނަނީ ؟😢 ކާންޓް ވެއިޓް!!!

    5. ވާހަކަ ހަމަ ވަރަށް ސަޅި. 😍
      ވެއިޓިންގް ފޯ ދަ ނެކްސްޓް ޕާޓް. ♥️

      2
      1
    6. ވަރަށް ރީތި ވާހަކައެއް❤️. އަޅެ ކޮންއިރަކު އަނެއް ބައި އަންނަނީ؟؟؟؟؟😢🙏🏻

    ޚިޔާލު

    Your email address will not be published. Required fields are marked *